އެހެނަސް ހިތުގެ ކަނަކުން ޔާނިއު ދިޔައީ ރައިހާން އާއި ލިވްޔާ ގުޅޭތޯ ދުޢާ ކުރަމުންނެވެ. ނިމްޝާގެ ސަބަބުން ރައިހާންގެ ހިތުގައިވީ ޒަޚަމްތަކުގެ ފަރުވާއަކަށް ލިވްޔާ ފުދޭނެކަން ޔާނިއުއަށް ޔަގީންވެއެވެ. އެހެނަސް ރުހުމުގެ ލޮލަލުން ލިވްޔާއާ ދިމާއަށް ބަލައިވެސްނުލާން ހުވާކޮށްގެން ރައިހާން ހުރި އިރު، އެދެމީހުންގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދާނެ ގޮތެއް ހޯދުމުގައި ޔާނިއުގެ ތޫނު ސިކުނޑިވެސް މިފަހަރު ވީ ނާކާމިޔާބެވެ. ޔާނިއުއެކޭ އެއްފަދައިން ލައިނީވެސް ބޭނުންވަނީ ހަމަ އެގޮތެވެ. އޭރުން ޔާނިއުއާ ކައިވެނި ކުރުމަށް ފަހުވެސް […]
ކުޑައިރުއްސުރެ އަމިއްލަ ވިޔަފާރިއެއް ފެށުުމުގެ ހުވަފެން ދެކެމުން އައި ޔާނިއު އެ ހުވަފެން ކަފުންކޮށް ވަޅުލާފައި، ލޯބިވާ ބޮޑުބޭބެ ހަމައެކަނި ހަނދާން ކަމުގައިވާ “އޭ.އާރް މެމޯރިއަލްސް” ގައި މަސައްކަތް ކުރަން ފެށީ އެއްބަނޑުއެއްބަފާ ކޮއްކޮގެ ގޮތުގައި ދެކެމުން އައި ރައިހާންގެ އެދުމުގެ މަތިންނެވެ. ބިމުއަޑީގައި ވަޅުލެވެމުން ދިޔަ “އޭ.އާރް މެމޯރިއަލްސް” އަލުން ނަގައި ކޮޅަށް ޖެހުމުގައި އެއް އަހަރު ވާންދެން ހޭބޯނާރައި މަސައްކަތް ކުރި މީހަކީ އޭނާއެވެ. ކުރި ބުރަ މަސައްކަތުގެ ފޮނި ނަތީޖާއެއްގެ ގޮތުން އެންމެ […]
ނަސީބު ރަނގަޅު ކަމުން ހަމަ ނުކުތުމާއި އެކު ވަރަށް ފަސޭހައިން ޓެކްސީއެއް އަތުޖެހިއްޖެއެވެ. ޓެކްސީއަށް އަރާފައި ދާންވީ އެޑްރެސް ބުނެލުމާއި އެކު ޑްރައިވަރު އޭނާގެ ދަތުރު ފެށިއެވެ. ދާން ބޭނުންވީ މަންޒިލަށް ދެވެންދެން ލިވްޔާ ދެން ކުރި ކަމަކީ އިންޓަވިއުގައި ކުރާނެ ކަމަށް ލަފާކުރެވޭ ބައެއް ސުވާލުތަކަށް ދޭނެ ޖަވާބުތައް ހިތުގައި ރާވައިލުމެވެ. ބޭނުންވީ މަންޒިލަށް ވާސިލްވެވުމުން ލިވްޔާ ޑްރައިވަރަށް ފައިސާ ދައްކާފައި ކާރުން ފޭބިއެވެ. އެއަށްފަހު ކުރިމަތިން ފެންނަން ހުރި ބާރަ ބުރީގެ އިމާރާތަށް ބަލައިލަމުން […]
ލަސްތަކެއް ނުވެ އެމެދުގައި ކައިވެނީގެ މަޝްވަރާތައް ކުރެވެން ފެށުމާއި އެކު ޔާނިއު އާއި ލައިނީގެ މޫނުމަތިން އުޖާލާ ހިނިތުންވުމެއް ފެންނަން ފަށައިފިއެވެ. އިރުއިރުކޮޅާ ދެމީހުން ދެމީހުންނަށް ބަލައިލާ އިރު، އެކަކު އަނެކަކުގެ ހައްގަކަށް ވެވޭތީ އުފާވެފައިވާ މިންވަރު ދެމީހުންގެ ލޮލުން ވެސް ހާމަވަމުން ދިޔައެވެ. ހުރި ހަމައެކަނި ދަރިފުޅުގެ ކައިވެނި ވީ އެންމެ ކުލަގަދަކޮށް ކުރުމަށް އަތުކުރި އޮޅާލައިގެން ތިބި ހަލީމްއާއި ޒީނާގެ ދެފައި ވެސް އެއްތާކު ނުޖެހެއެވެ. އިރުގަނޑެއް ވާންދެން އެމީހުންގެ ވާހަކައިގައި ބައިވެރިވާން އިނދެފައި […]
“ލައި އެއްބަސްވާނެ ކަމުގެ ޔަގީންކަން ލިބެންދެން އަހަރެން ރަސްމީކޮށް ނާހަ މި ހުންނަނީ… އެކަމަކު ދެން ބޭނުން އެންމެ ސިކުންތެއް ވެސް ލަސްކުރާކަށް.. ލައި ނޫން އެހެން ކުއްޖަކު އަހަރެންގެ އަނބިމީހާގެ މަގާމަށް ގެންނާކަށް އަހަރެން ދުވަހަކުވެސް ބޭނުމެއް ނޫން.. އަހަރެންގެ ހިތް އަބަދުވެސް އެދޭ މަންޒިލަކީ ތީ.. އަހަރެން ވަރަށް ލޯބިވޭ ލައި.. އަބަދުވެސް ލައި އުފަލުގައި ބަހައްޓަން އަހަންނަށް ކުރެވުނު ކޮންމެ ކަމެއް ވެސް ކުރާނަން.. ލައި.. މުޅި އުމުރަށް އަހަރެންގެ ހައްގަކަށް ވެދޭނަންތަ..؟” […]
“ލިވީ ކިތަންމެ ޖޭ ވިޔަސް ކުޑާ ވާނީ ބައްޕަގެ ފުރަތަމަ ދަރިފުޅަށް.. ފުރަތަމަ ދަރިފުޅު އަބަދުވެސް ރަންވާނެ..” ދޫ ނެރެލަމުން ލައިނީ އިތުރަށް ލިވްޔާ ރުޅި އަރުވައިލިއެވެ. އެއާއެކު ފެށުނު ދެބެންގެ ކޯޅުން ބަލަން އަނީސް އޮތީ ހެވިފައެވެ. މިޒަމާނުގައި މައިންބަފައިން މުސްކުޅިވެ ބަލިވާ ދުވަހު ނުބަލަން ވެގެން ދަރީން އެއްކުއްޖަކު އަނެއް ކުއްޖަކާ ޖައްސާލައިގެން އުޅޭ އިރު، އޭނާގެ ދެ ދަރީން ކޯޅެމުން އެ ދަނީ އޭނާއަށް އެންމެ ބޮޑަށް ޚިދުމަތް ކޮށްދިނުމުގެ ޝަރަފު ލިބިގަތުމަށް […]
އިރު އޮއްސެމުން ދިޔަ ހިތްގައިމު ވަގުތުކޮޅެވެ. މުޅި އުދަރެސް ރަތާއި އޮރެންޖު ކުލައިން ފެވެމުން ދިޔައީ ކުޅަދާނަ ކުރެހުންތެރިއެއްގެ ފިއްސަކުން ކުލަތައް ބުރުއްސައިލާނޭހައި ވެސް ފުރިހަމައަށެވެ. ތުނިތުނި ވިލާތައް ޖެހެމުން ދިޔަ ލުއިލުއި ވައިރޯޅިތަކާ އެކުވެގެން އުދަރެސް ފަޅުވިލުވައިދެމުން ދިޔަ ނަމަވެސް، ކަނޑުގެ ލޮނުގަނޑުގެ ތެރެއަށް އިރު ގެއްލިގެން ދިޔުމާއި އެކު އުދަރެހަށް ވެރިވި އަނދިރިކަމާއި އެކުގައި އުޑުގައި ނަށަމުން ދިޔަ ވިލާތަކުގެ ކުލަ ވެސް ފަނޑުވާން ފަށައިފިއެވެ. އިސާހިތަކު ދޫނިސޫފާސޫފީގެ މިޔުޒިކީ ރާގުތަކުން މާހައުލުގެ ހަމަހިމޭންކަން […]
ރީއްޗެވެ. ހާދަހައި ރީއްޗެވެ. ހާދަ ފުރިހަމައެވެ. އެ ލަދުރަކި ހީލުމެވެ. ހިތިފަތު ބުމައެވެ. ކުރަނގި ދެލޮލެވެ. ދިގު އެސްފިޔަތަކެވެ. މާ ދޮން ނުވިޔަސް އޮމާން މޫނެވެ. މޭކަޕެއްގެ އެހީއާ ނުލައި ވެސް އެއީ ހަމަ އެންމެ ފުރިހަމަ ފަތްމިންޏެކެވެ. އަބަދު ވެސް ލާފައި ހުންނަ ދޫ ހެދުންތަކާއި، އަޅާފައި ހުންނަ ބޮޑު ބުރުގާތަކުގެ ސަބަބުން ހަށިގަނޑުގެ ވަނާތައް ވަންހަނާ ކުރެވިފައި ވުމަކީ އަހަރެންގެ ސަމާލުކަން އިތުރަށް އޭނާއަށް ހުއްޓުނު ކަމެކެވެ. ފުރަތަމަ އަހަންނަށް އޭނާ ފެނުނީ އޭނާ […]
ނޯޓް: މިއީ ބައެއް ކިޔުންތެރިންގެ އެދުމުގެ މަތިން ޝަޔާމް އާއި ޔަލީން، އަދި ޒައުލް އާއި އާރާގެ ދިރިއުޅުުގެ ބޮޑު ހިއްސާއެއް ވެސް ހިމެނޭ ގޮތަށް ގެނެސްދޭ އިތުރު (ބޯނަސް) އެޕިސޯޑެކެވެ. **ތިން އަހަރު ފަސް** “މިހާ ހިސާބުން މިގަޑީގެ ޚަބަރުތައް ދަންނަވާ ނިމުނީ.. ޚަބަރު ބެއްލެވީތީ ޝުކުރިއްޔާ.. އެންމެ ބޭފުޅުންނަށް ވެސް ބާއްޖަވެރި، އަމާން، ރައްކާތެރި ރެޔަކަށް އެދެމުން ވަކިވެލަން.. ވައްސަލާމުޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހް..” އެންމެ ފުރިހަމަ ހިނިތުންވުމަކާއި އެކު ޔަލީން އަލްވަދާޢު […]