Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔަ ލޯތްބަށް އެދެވޭތީ… 31

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories1K Comments
March 22, 2025 9 Mins Read
16 Comments

ޝަޔާމްގެ ފަހަތުން ވަން މީހާ ފެނުމުން އެހެން އެންމެންގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވި އިރު، ޔައިނާ އާއި މިލާންގެ މޫނުމަތި ކުއްލިއަކަށް ބަދަލުވެގެން ދިޔައެވެ. ޝަޔާމްގެ ބައްޕަ ވެސް އެންމެންނަށް ނަޒަރެއް ދެމުން ގޮސް، މިލާން އާއި ޔައިނާގެ ނަޒަރާ ބައްދަލު ވުމުން، ވަގުތުން މުޅި މީހާ ހުއްޓުން އެރިއެވެ. ހީވި ހީވުން ޔަގީނަށް ބަދަލުވުމާއި އެކު ޔައިނާގެ ދެލޮލަށް ކަރުނަތައް ބޮނޑިވެގަތް އިރު، މިލާންގެ ހިތް ނަފްރަތުން ފުރިގެން އައެވެ. އެ ދެއަތް މުއްކެވިފައިވީ އިރު، ދަތްކުނޑި ވިކައިލާފައި ހުރި ގޮތުން، ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެހެން ހީވެއެވެ. ޔައިނާ އާއި މިލާން އަދި ޝަޔާމްގެ ބައްޕައަށް އައި ބަދަލުތައް ފެނި، ދެން ތިބި އެންމެން ތިބީ ވާނުވާގައެވެ. އެސްފިޔަ ޖަހައިލުމާއެކު ލޮލުން ވެއްޓުނު ކަރުނަ ތިކި ނުހިފެހެއްޓުނު ޔައިނާގެ ދުލުން ބޭރުވީ އެންމެ ނަމެކެވެ.

“ޝިޔަލް..” ޔައިނާގެ ދެތުންފަތް ފޫއަޅުވައިލާފައި ނުކުތް ނަމާއެކު، ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ. މުޅި މީހާ އެއްކޮށް ތުރުތުރު އަޅަން ފެށުމާއި އެކު، އެންމެންގެ މޫނުމަތިން ކަންބޮޑުވުން ފެންނަން ފެށިއެވެ. އިރުކޮޅެއް ނުވެ ބޮލުގައި ހިފަހައްޓައިލަމުން ޔައިނާ ބިންމައްޗަށް ތިރިވި މަންޒަރު ފެނިފައި، ޔައިލް އާއި އަޒަލް އެއްފަހަރާ ޔައިނާ ގާތަށް ދުއްވައިގަތެވެ. ޔައިނާ ބިންމަތީގައި ޖެހުމުގެ ކުރިން ޔައިލް ގޮސް ޔައިނާގެ ގައިގައި ހިފަހައްޓައިލާފައި، ގެނެސް މޭގައި ޖައްސައިލިއެވެ.

“މަންމާ.. އޯކޭތަ..؟ ކިހިނެއްވީ..؟” އަޒަލް ޔައިނާގެ މޫނުގައި ފިރުމައިލަމުން އަހައިލި ނަމަވެސް ޔައިނާއަށް ޖަވާބެއް ނުދެވުނެވެ. ކަރުނަ އޮހޮރެމުން ދިޔަ ދެލޮލުން އަނެއްކާވެސް ޔައިނާއަށް ބަލައިލެވުނީ ޝަޔާމްގެ ބައްޕައާ ދިމާއަށެވެ. ތުރުތުރު އަޅަމުން ދިޔަ އިނގިލިން އެދިމާއަށް ޢިޝާރާތް ކުރި އިރު، އަނެއްކާވެސް އެ ދުލުން ބޭރުވީ ހަމައެކަނި ނަމެކެވެ. “ޝިޔަލް..” ޔައިނާގެ އަޑު ވަނީ ކުރެހިފައެވެ.

ޔައިނާގެ ޙާލަތު ދެކެން ކެތް ނުވެފައި ހުރި މިލާން އަވަސް ފިޔަވަޅުތަކެއްގައި ގޮސް ހުއްޓުނީ ސީދާ ޝަޔާމްގެ ކުރިމަތީގައެވެ. ވަމުން މިދަނީ ކީއްކަމެއް ނޭނގިފައި ހުރި ޝަޔާމްއަށް މިލާންގެ ރުޅިވެރި ނަޒަރު އަމާޒު ވުމުން އިސްޖަހައިލެވުނެވެ.

“ޝަޔާމް ތީ ޝިޔަލްގެ ދަރިއެއްތަ..؟” މިލާންގެ އަޑު ނުކުތީ މަޑުން ނަމަވެސް ހަރުކަށިކޮށެވެ.

“ލައްބަ..” ޖަވާބުގައި ހަމައެކަނި އެހެން ބުނެލަމުން ޝަޔާމް ބޯޖަހައިލިއެވެ. ޔަލީން ވެސް ވާނުވާ ނޭނގިފައި ހުރެ އެއްފަހަރު ޝަޔާމްގެ މޫނަށް، އަނެއް ފަހަރު މިލާންގެ މޫނަށް ބަލަމުން ދިޔައެވެ.

“ހަމަ މިހާރު މިގެއިން ނުކުމޭ.. ޝަޔާމް ވެސް ޝިޔަލް ވެސް.. ޝިޔަލްއާ ގުޅުން ހުރި އެއްވެސް މީހަކަށް މިގޭގެ ހަތަރު ފާރު ތެރެއިން އެއްވެސް ޖާގައެއް ނޯންނާނެ.. ދެމީހުން ވެސް މިގެއިން ނުކުމޭ!” މިލާން އޭނާގެ ފަހުގެ ނިންމުން އިއްވައިލި އިރު، މުޅި ތަނުގައި ބޮމެއް ގޮއްވައިލި ފަދައެވެ. އެންމެންގެ މޫނުމަތިން ހައިރާންކަން ފެންނަމުން ދިޔަ އިރު، ޝިޔަލް ހުރި ގޮތަށް އިސްޖަހައިގެން ހުރީ އިސްއުފުލައިލަން ވެސް ނުކެރިފައިހެން ހީވެއެވެ.

“އެއީ ކީއްވެގެންތޯ..؟” ހިތްވަރު ކޮށްފައި ޝަޔާމް ކުރި ސުވާލުން މިލާންގެ ރުޅިގަނޑު ފަޅައިގެން ދިޔަ ފަދައެވެ.

“އެއީ ކީއްވެގެންތޯ މިހިރަ ޝަޔާމްގެ ލޯބިވާ ބައްޕަ ގާތު އަހާބަލަ.. ބައްޕައަށް އެންމެ ރަނގަޅަށް އެނގޭނީ..” ޝިޔަލްއާއި ދިމާއަށް އިނގިލި ދިއްކޮށްލަމުން މިލާން ހަޅޭއްލަވައިގަތުމާއެކު، ޔަލީންގެ އިތުރުން ޔައިލްގެ ދެލޯ ވެސް ބޮޑުވީ މީގެ ކުރިން މިލާން އެހައި ރުޅި އައިސްފައި ހުއްޓައި އެ ދެމީހުން ދުވަހަކުވެސް ނުދެކޭތީއެވެ.

“އަޅުގަނޑަކަށް ނޭނގުނު ޔަލީންގެ ބައްޕަ އަޅުގަނޑުގެ ބައްޕައަށް ތިހާ ނަފްރަތު ކުރަން ޖެހުނު ސަބަބެއް.. އެކަމަކު އަޅުގަނޑުގެ ބައްޕައާ ދިމާއަށް އަޑުހަރުކޮށް ވާހަކަ ދެއްކުމުގެ ހައްގެއް އެއްވެސް މީހަކަށް ނޯންނާނެ.. އަމުދުން އަޅުގަނޑުގެ ކުރިމަތީގަ.. އެއީ އަޅުގަނޑު ކިތަންމެ އިހްތިރާމު ކުރާ ފަރާތަކަށް ވިޔަސް..” ޝަޔާމްގެ އަޑުގައި ވެސް ހަރުކަށިކަން އެކުލެވިގެން ދިޔައީ، މަންމައަކާ ނުލައި އޭނާ ބަލައި ބޮޑުކުރި ބައްޕައާ ދިމާއަށް މީހަކު ބަދު ބަހެއް ބުނާ އަޑު އަހަން ކެތް ނުވުމުންނެވެ.

ޝަޔާމްގެ ވާހަކައިން މިލާން އައިސްފައި ހުރި ރުޅި އިތުރަށް ގަދަވިއެވެ. އަލިފާން ކަނި ބުރާ ވަރުގެ ރުޅިވެރި ނަޒަރެއް ޝަޔާމްއަށް ދިނުމަށް ފަހު މިލާން ދެން އެނބުރުނީ ޔަލީންއާ ދިމާއަށެވެ. މަލެއް ފަދަ ދަރިފުޅުގެ މޫނުމަތީގައި އޮޅިފައިވީ ހިތާމައިގެ ސާލުން ވެސް މިވަގުތު އެ ހިތަށް އަސަރު ނުކުރި ކަން އެނގުނީ ދެން މިލާންގެ ދުލުން ބޭރުވި ލަފްޒުތަކުންނެވެ.

“މީގެ ފަހުން ޔަލީން މި ފިރިހެނާއާ އެއްވެސް ގުޅުމެއް ބާއްވައިގެން ނުވާނެ.. މިހާ ހިސާބުން ޔަލީންއާ ޝަޔާމްގެ ގުޅުން ނިމުނީ!” މިލާން އޭނާގެ ނިންމުން އިއްވައިލުމާއެކު ޔަލީންގެ ދެލޮލަށް ބޮނޑިވެފައިވީ ކަރުނަތައް ކޯތާފަތް މައްޗަށް ފައިބައިގަތުމާއެކު، ޝަޔާމްގެ ދެލޯ ވެސް ބޮޑުވިއެވެ. މިލާންގެ އެ ޖުމުލަ އިވުމުގެ ކުރިން ފުރާނަ ގެންދެވި ނަމައޭ ވެސް ޝަޔާމްގެ ހިތަށް އެރިއެވެ. އެހެނަސް މިވަގުތު އިތުރަށް މަސްލަހަތު ގޯސްކުރަން ބޭނުން ނުވާތީ، ޝަޔާމް އެތަނުގައި ހުންނަން ދެކޮޅު ހެދިއެވެ.

“ބައްޕާ ހިނގާ ދާން..” ޝިޔަލް އަށް ގޮވައިލަމުން، ފަސް އެނބުރު ޝަޔާމްގެ ފިޔަވަޅުތައް މަޑުޖެހުނީ ޔަލީންގެ ވޭނީ ރުއިމުގެ އަޑު އިވިފައެވެ. ވަގުތުން މެއަށް ވާން ވެލައިގެން ދިޔަ އިރު، ދެލޯ މަރައި ބާރުކޮށްލެވުނީ، އެ އަޑު އަހަން ހިތަށް ކެތް ނުވުމުންނެވެ.

“ޝަޔާމް ނޫން.. ޕްލީޒް.. ނުދޭ.. އަހަރެން ދޫކޮށްލާފަ ނުދޭ.. ޝަޔާމްއާ ނުލާ އުޅެން ވެއްޖެއްޔާ އަހަރެން މަރުވެދާނެ.. ޕްލީޒް ނުދޭ..” ދުވެލާފައި އައިސް ޝަޔާމްގެ އަތުގައި ހިފައިލަމުން ޔަލީން ބުނެލި އިރު، ޔަލީންއަށް ގިސްލެވެން ފަށައިފިއެވެ. ހިތަށް ކުޅަދާނަ ނުވުމުން ޝަޔާމް ފަސްއެނބުރި ޔަލީންއާ ކުރިމަތި ލަމުން، ޔަލީންގެ ކަރުނަތައް ފުހެލައިދީފައި ނުރޯށޭ ބުނެލިއެވެ.

“އަހަރެންގެ ދަރިފުޅުގެ ގައިގަ އަތް ނުލާތި!” އައި ގޮތަށް އައިސް ޔަލީންގެ އަތުގައި ހިފައި، ޝަޔާމްއާ ދުރު ކުރުވަމުން މިލާން ބުނުމާއި އެކު، ޔަލީން ގާތަށް ވެސް ރުޅި އައެވެ. ވަގުތުން މިލާންގެ އަތް ފޮޅުވައިލާފައި، އަނެއްކާވެސް ޔަލީން ގޮސް ޝަޔާމް ކައިރީގައި ހުއްޓުނެވެ.

“ޔަލީން ތި ފިރިހެނާއާ އެކު އުޅެންޏާ އަހަރެން މީ ޔަލީންގެ ބައްޕަ ކަން ހަނދާން ނައްތައިލާ! އިއްޔެ ދުވަހަކު ފެނުނު ފިރިހެނަކަށް ޓަކައި ޔަލީން ބައްޕަގެ އެދުމާ ބޮލައިލާ ޖެހީތީ ހަމަ ހައިރާން ވެއްޖެ! އެހާ ގޯސް ތަރުބިއްޔަތެއް ދީގެންތަ އަހަންނަށް ޔަލީން ބޮޑު ކުރެވުނީ..؟” މިލާންގެ ކޮންމެ ޖުމުލައެއް ރުވާފައި ދިޔަ ތީރެއްހެން ހެރުނީ ސީދާ ޔަލީންގެ މެޔަށެވެ.

“ޕްލީޒް ބައްޕާ.. ތިހެން ނުހަދާ.. އާދޭސް ކުރަން.. އަޅުގަނޑު ޝަޔާމް ދެކެ ވަރަށް ލޯބިވޭ.. ޝަޔާމްއާ ނުލައި އަޅުގަނޑަކަށް ނޫޅެވޭނެ.. ޕްލީޒް ތިހެން ނުހަދާ..” ޝަޔާމްގެ އަތުގެ މުލައްދަނޑީގައި ހިފައި، ބާރުކޮށްލަމުން ޔަލީން ބުނެލިއެވެ. އެެއާއެކު ޝަޔާމް ވެސް ކަރުނަވީ ދެލޮލުން މިލާންއަށް ބަލައިލީ، އޭނާއަށް ރަހުމު ކުރާށޭ ބުނާ ފަދައަކުންނެވެ.

“އަހަރެންގެ މި ނިންމުމަކީ ފަހުބަސް.. ޔަލީން އުޅޭނެ ގޮތަކަށް ޔަލީން އުޅޭ! ބައްޕަ މިހެން މި ބުނަނީ ޔަލީންއަށް ވެސް ރަނގަޅަކަށް.. އެކަމަކު ބައްޕައަށް ވުރެ ޝަޔާމް މުހިއްމު ވަންޏާ ޝަޔާމްއާ އެކީ ދޭ! އެކަމަކު ހަނދާން ކުރާތި! ޝަޔާމްއާ އޮތް ގުޅުން ކުރިއަށް ގެންގޮސްފި ނަމަ ތީ އަހަރެންގެ ދަރިއެއް ނޫން! އަހަރެންގެ ޔަލީން އަހަންނަށް މަރުވާނެ!” މިލާންގެ ވާހަކައިން ޝޮކެއް ލިބުނީ ޔަލީންއަށް އެކަންޏެއް ނޫނެވެ. ޔައިލް އާއި އަޒަލްއަށް ވެސް އެކަކު އަނެކަކާ ދިމާއަށް ބަލައިލެވުނީ، މިލާން އެހިސާބަށް ދާން ޖެހުނު ސަބަބެއް ނުވިސްނިފައެވެ.

“ބައްޕާ.. ތީ އެކަމް ތަންކޮޅެއް ބޮޑު ވަރެއްނު.. ބައްޕައާ ޝަޔާމްއާ ދޭތެރޭގަ ވީ ކަމެއް ވިޔަސް އެކަމަކާ ޔަލްއާ ޝަޔާމްއަށް ކޮން ކަމެއް..؟ ތިހެން ބުނާ އިރު ޔަލް އެއީ ބައްޕަގެ ހުރި ހަމައެކަނި އަންހެން ދަރިފުޅުކަން ބައްޕަ ހަނދާން ނެތީތަ..؟ ޔަލް ދެކެ ކުޑަކޮށްވެސް ބައްޕަ ލޯބި ނުވަނީތަ..؟” ލޯބިވާ ކޮއްކޮ ރޯ މަންޒަރު ދެކެން ކެތް ނުވެގެން، ޔައިލް ޔަލީންގެ ދިފާއުގައި ތެދުވިއެވެ. އެހެނަސް ޔައިލްގެ އެ ބަސްތައް ވެގެން ދިޔައީ މިލާންގެ ނަފްރަތުގެ ހުޅުގަނޑަށް ޕެޓްރޯލް އެޅުން ފަދަ ކަމަކަށެވެ.

“ޔައިލް މިކަމާ ދުރުގަ ހުރޭ.. ޔައިލް އަކަށް ނޫން ޔަލީންއަށް އެންމެ ރަނގަޅު ގޮތް އެނގޭނީ.. އަހަންނަށް.. ޔަލީން ދެކެ ލޯބި ވާތީ ޔަލީންއަށް ރަނގަޅަކަށް މިހެން މި ބުނަނީ.. ޔައިލް ވެސް އަހަަރެންގެ ނިންމުމަށް ގޮތް ކިޔަންޏާ ޔަލީން ދިޔަ މަގުން ދޭ!” ދުވަހަކުވެސް އެގޮތަށް ރުޅި އިސްކޮށްގެން ބާރަށް އެއްޗެއް ނުބުނާ ބައްޕަ، މިއަދު އެހައި ރަހުމު ކުޑަކޮށް ވާހަކަ ދެއްކުމުން ޔައިލް ހިތުގައި ޖެހުނެވެ. އެހެނަސް، ބައްޕައަށް އެހައި ބޮޑު ބަދަލެއް އައިސްގެން، އެހައި ބޮޑު ނިންމުމެއް ނިންމާނީ، އޭގެ ފަހަތުގައި ކޮންމެވެސް ބޮޑު ސަބަބެއް އޮވެގެން ކަން ޔައިލްއަށް ޔަގީން ވެއެވެ.

“ޔަލް.. އަހަރެން މި ދައްކާ ވާހަކަ އަޑު އަހާބަލަ..” ކަންތައްތައް މާ މައްޗަށް ދާން ފެށުމުން، ރޮވެމުން ދިޔަ ޔަލީންގެ މޫނުގައި ދެއަތުން ހިފަހައްޓައިލާފައި، ޝަޔާމް ބުނެލީ ވިސްނައިދޭ ރާގަކަށެވެ.

“މިވަގުތު އެންމެ ރަނގަޅު ވާނީ އަހަަރެން މިގެއިން ދިޔައިއްޔާ.. އެހެންނޫނީ ކަންތައްތައް މާ މައްޗަށް ހިނގައިދާނެ.. ކޮންމެ ގޮތެއް ވިޔަސް ޔަލްގެ ބައްޕަ އެހާ ރުޅި އަންނާނީ ކޮންމެސް ބޮޑު ކަމެއް ވީމަ.. އަކަމަކުވެސް، ޔަލްގެ ބައްޕައެއް ކަމަކު ވެސް އަހަރެންގެ ބައްޕައާ ދިމާއަށް އެއްޗެއް ބުނާ އަޑު އަހާކަށް އަހަންނަކަށް ކެތެއް ނުކުރެވޭނެ.. އަހަރެންގެ ބައްޕައަކީ އަހަރެންގެ ހުރި ހަމައެކަނި އާއިލާ.. އަހަރެން ގެއަށް ގޮސް ބައްޕަ ގާތުން ހުރިހާ އެއްޗެއް އޮޅުންފިލުވާނަން.. އިހަށް އެކަމަކު ދަނީ.. އިނގޭ..؟” ޝަޔާމް ބެލީ ޔަލީންއަށް ވިސްނައިދެވޭތޯއެވެ. އެހެނަސް، ޔަލީން ދެންވެސް ޝަޔާމް އަތުގައި ހިފައި ރޮއެގަތުމުން، ޝަޔާމްއަށް ފަސްއެނބުރި ދިޔުމަށް އުނދަގޫ ވިއެވެ.

“ޔަލް.. ޑާލިން.. އަޑު އަހާބަލަ.. މިހިސާބުން އަދި އަހަރެމެންގެ ވާހަކަ ނިމުނީކީ ނޫނޭ.. ޔަލްއަށް ހީވޭތަ އަހަރެން އެހާ ފަސޭހައިން ޔަލް ދޫކޮށްލާނޭ..؟ އެއަށްވުރެ މާ ބޮޑަށް އަހަރެން ޔަލް ދެކެ ލޯބިވޭ.. އެކަމް މިވަގުތު އެންމެ ރަނގަޅު ގޮތަކީ އަހަރެން މިތަނުން ދިޔުން.. އެހެންނޫނީ ކަންތައްތައް ހައްތަހައި ގޯސްވާނީ.. އިނގޭ..؟ އަހަރެން ވަރަށް ލޯބިވޭ ޔަލް ދެކެ.. އިރާދަ ކުރެއްވިއްޔާ އަހަރެމެންނަށް އަދި ގޮތެއް ފެންނާނެ.. ޓޭކް ކެއަރ އޮފް ޔުއަރސެލްފް ޑާލިން.. އައި ލަވް ޔޫ ސޯ މަޗް..” ޔަލީންގެ ނިތުގައި ބޮސްދިނުމަށް ފަހު، ގަދަކަމުން ކަހަލަ ގޮތަކަށް ޔަލީންގެ އަތް ނައްޓުވައިލަމުން ޝަޔާމް ފަސްއެނބުރުނީ، އަމިއްލަ ހިތުގައި އަތް އަޅައިގެން ހުރެއެވެ. ދެލޮލުގައިވީ ކަރުނަތަކަށް މިނިވަން ވާން ފުރުސަތު ދެމުން، ޝަޔާމް ލަސް ފިޔަވަޅުތަކެއްގައި ގޮސް ގެއިން ނުކުތެވެ. ޝަޔާމްގެ ފަހަތުން ޝިޔަލް ވެސް ނުކުތެވެ.

ލޯ ކުރިމަތިން ޝަޔާމްގެ ސޫރަ ގެއްލިގެން ދިޔުމާއި އެކު، ޔަލީންއަށް އަޑުން އަޑު ނަގައި ރޮއެގަނެވުނެވެ. ގައިން ވާގި ހުސްވެގެން ޔަލީން ދެކަކޫ މައްޗަށް ތިރިވުމާއި އެކު، އެ މަންޒަރު ބަލަން ކުޅަދާނަ ނުވެގެން އަޒަލް އައިސް ޔަލީންގެ ގާތުގައި އިށީނދެފައި، ޔަލީންގެ ގައިގައި ބައްދައިލިއެވެ. މި މަންޒަރު ބަލަން ހުރި މިލާންއަށް ދަރިފުޅުގެ ނާޒުކު ހާލު ފެނިފައި، އެ ހިތުގައި ރިއްސައިލި ނަމަވެސް، އެކަން ފާޅު ކުރަން އެ ހިތް ދެކޮޅު ހެދިއެވެ. އިތުރު އެއްޗެކޭ ނުބުނެ މިލާން ޔައިނާ އަތުލަފި ކޮށްލައިގެން ގޮސް، އެދެމީހުންގެ ކޮޓަރިއަށް ވަދެ ދޮރު ޖެހިއެވެ. މިލާން އާއި ޔައިނާ ދިރުމާއެކު، ޔަލީންއަށް ނަޒަރެއް ދީފައި، ޔައިލްގެ ބުރަކަށީގައި ފިރުމައިލާފައި، ނީލާ ވެސް ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.

އެންމެން ދިޔުމާއި އެކު، ޔައިލް ވެސް ގޮސް ޔަލީންގެ ގާތުގައި އިށީނދެލާފައި، ޔަލީންގެ ބޮލުގައި ފިރުމައިލިއެވެ. ޔައިލް ގޮވައިލުމާއި އެކު، ޔަލީން އަޒަލްގެ ކޮނޑުމަތިން ބޯ ހިއްލައިލާފައި، ޔައިލްގެ މޭތެރޭގައި ބޮނޑިވެލިއެވެ. ޔަލީންގެ ގައިގައި އެއް އަތް ވަށައިލަމުން، އަނެއް އަތުން ޔަލީންގެ ބޮލުގައި ފިިރުމަމުން ދިޔަ ޔައިލްގެ ދެލޯ ވެސް ވަނީ ފެންކަޅިވެފައެވެ. ލޯބިވާ ކޮއްކޮ ހިތްހަމަޖައްސައިދޭން ބުނާނެ އެއްޗެއް، ކޮށްދޭނެ ކަމެއް ނުވިސްނުމުން ޔައިލްއަށް އަމިއްލަ ނަފްސު ދެކެ ވެސް ރުޅި އާދެވުނެވެ. އެހީއަކަށް އެދޭ ފަދައިން އަޒަލްއަށް ބަލައިލެވުނު އިރު، އަޒަލް ވެސް ފެންކަޅިވެފައި އިނުމުން ޔައިލް ދެރަވިއެވެ.

“ދޮންބޭ.. ޔަލް އަސްލުވެސް.. ވަރަށް.. ވަރަށް ލޯބިވޭ ޝަޔާމް ދެކެ.. ދޮންބެ ޕްލީޒް.. ޔަލްއަށް އެހީވެދީ.. ޔަލްއަށް.. ޔަލްއަށް ނޫޅެވޭނެ ޝަޔާމްއާ ނުލައެއް.. ޕްލީޒް..” ޔައިލްގެ މޭގައި ބޯއަޅާލައިގެން އޮވެ ޔަލީން ތަކުރާރުކޮށް ބުނަމުން ދިޔައީ އެހެންނެވެ.

“އައި ޕްރޮމިޒް ޔޫ ޔަލް.. އައި ވިލް ޓްރައި މައި ބެސްޓް.. ދޮންބެ ވަރަށް މަސައްކަތް ކުރާނަން ބައްޕަ އޯކޭ ކުރެވޭތޯ އިނގޭ.. ދޮންބެ ޔަލްއަށް ޝަޔާމް ހޯދައިދޭނަން.. އައި ޕްރޮމިޒް ޔޫ ދޫނި..” ޔަލީން ހިތްހަމަޖައްސައިދިނުމަށް ޓަކައި ޔައިލް ވައުދުވީ ނަމަވެސް، އެކަން ކުރާނެ ގޮތެއް ޚުދު ޔައިލް އަކަށް ވެސް ނޭނގެއެވެ.

“ދެން ހުއްޓައިލާ ޔަލް.. ޝަޔާމް ވެސް ދެރަވާނެ ޔަލް ތިވަރަށް ރޮންޏާ.. އަވަހަށް ހުއްޓައިލާ..” ޔަލީންގެ ބޮލުގައި ފިރުމައިލަމުން އަޒަލް ބުނެލިއެވެ.

“ތެދެއް ޔަލް.. ދެން ހުއްޓައިލާ.. ކޮޓަރިއަށް ގޮސް ފްރެޝް ވެލައިގެން އަވަހަށް ނިދަން އޮށޯވޭ ދެން.. މާ ބޮޑަށް މިކަމާ ނުވިސްނާތި އިނގޭ..؟ ދޮންބެ ހުރިހާ ކަމެއް ވެސް ހަމައަކަށް އަޅުވާނަން..” ޔަލީން އަތުލަފިކޮށްގެން ހުރެ ކޮޅަށް ތެދުވަމުން ޔައިލް ބުނެލިއެވެ. އޭރު ޔަލީންގެ ގިސްލުން ހުއްޓިފައިވީ ނަމަވެސް، ދެލޮލުން ކަރުނަ ހުސް ނުވެއެވެ.

“ގުޑްނައިޓް ޔަލް.. ސްލީޕް ވެލް..” ޔަލީންގެ ނިތުގައި ބޮސްދެމުން ޔައިލް ބުނެލުމާއި އެކު ޔަލީން ގަދަކަމުން ހިނިތުން ވެލިއެވެ. އެއްޗެކޭ ބުނާނޭ ހިތްވަރު ނުކުރެވުމުން، ލަސް ފިޔަވަޅުތަކެއްގައި ގޮސް ކޮޓަރިއަށް ވަދެ ދޮރު ޖެހިއެވެ. އެއަށްފަހު އެއްޗެހި ބަދަލު ކުރުމެއް ވެސް ނެތި ޔަލީން އެނދުމައްޗަށް ވެއްޓިގަތެވެ. އެެއާއެކު އަނެއްކާވެސް ޔަލީންގެ ވޭނީ ގިސްލުމުގެ އަޑުން ކޮޓަރިތެރެ ގުގުމައިލިއެވެ. އެ ދެލޮލުން ފައިބަމުން ދިޔަ ކޮންމެ ކަރުނަތިއްކެއް ޔަލީން ބޯ އަޅައިގެން އޮތް ބާލީސް ތެންމަމުން ދިޔަ އިރު، ހިނދުކޮޅެއްގެ ތެރޭގައި ޔަލީން ބޯއަޅައިގެން އޮތް ހިސާބުން އެ ބާލީހުގެ އުރަ އެއްކޮށް ތެމި ފޯވެއްޖެއެވެ.

*** ** ***

އެނދުމަތީގައި އިން ޔައިނާއަށް ގިސްލަގިސްލާފައި ރޮވެމުން ދިޔަ އިރު، ކުޑަދޮރު ކައިރީގައި ހުރި މިލާންގެ ދެލޯ ވެސް ވަނީ ފެންކަޅިވެފައެވެ. އިރުކޮޅަކުން ޔައިނާގެ ރުއިމުގެ އަޑު އަހަން އިތުރަށް ކެތް ނުވުމުން މިލާން ގޮސް، އެ އަތުތެރޭގައި ޔައިނާ ފޮރުވައިލިއެވެ.

“ޔައީ.. ދެން ހުއްޓާލަބަލަ.. ޕްލީޒް..” ޔައިނާގެ ބޮލުގައި ފިރުމަމުން މިލާން ބުނެލީ އާދޭހުގެ ރާގަކަށެވެ. އެހެނަސް ޔައިނާ ހަމައަކަށް އަޅުވަން ފަސޭހަ ނުވާނޭ ކަން ވެސް އޭނާއަށް އެނގެއެވެ. މީގެ އަހަރުތަކެއް ކުރިން ޔައިނާގެ ހަޔާތުގައި އައި އެ ބިރުވެރި ރޭ، މިރޭ އެތައް ފަހަރަކު، އަލުން އެ ލޮލުގެ ކުރިމަތީގައި ތަކުރާރުވާނޭ ކަން މިލާނަށް އެނގެއެވެ. ޔައިނާގެ ލޮލުން ފައިބަމުން ދިޔަ ކޮންމެ ކަރުނަތިއްކަކާއި އެކު، މިލާންގެ ހިތުގައި ޝިޔަލްއަށް ޓަކައިވީ ނަފްރަތު އެތައް ގުނައެއް އިތުރު ވަމުން ދިޔައެވެ. އެ ނަފްރަތު މިއަދު ޝަޔާމްއަށް ވެސް ކުރެވެން ފެށުނެވެ.

“ކީއްވެތަ މިހެން މިވީ..؟ ޔަލް އެންމެ ލޯބިވީ ޝަޔާމް މި ވީ އަހަރުމެންގެ ދިރިއުޅުން ބަރުބާދު ކޮށްލި ޝިޔަލްގެ ދަރިއަކަށް.. ތަގުދީރު އަހަރެމެންނާ މި ކުރަނީ ކޮން ކަހަލަ ސަމާސާއެއް..؟” ރުއިމުގެ ސަބަބުން ޔައިނާގެ އަޑު އައީ ކެނޑިކެނޑިގެންނެވެ.

“ކޮންމެ ކަމެއް ވެސް މެދުވެރި ވާނީ ސަބަބަކާ ލައިގެން.. އެކަމަކު ދެން ޔަލީންއަށް ޖެހޭނީ ޝަޔާމްގެ މަތިން ހަނދާން ނައްތައިލަން.. ޝިޔަލްގެ ދަރިއެއް ވިއްޔާ ލިބިފަ ވެސް ހުންނާނީ ޝިޔަލްގެ ތަރުބިއްޔަތު.. އޭނައާ އިނދެގެން ޔަލީންއަށް ކޮން އުފަލެއް ލިބޭނީ..؟” މިލާން ވާހަކަ ދައްކަމުން ދިޔަ ގޮތުން އެކަނިވެސް، އެއްވެސް ހާލެއްގައި ޝަޔާމް އާއި ޔަލީން ގުޅުނަ ނުދޭނެކަން ދޭހަވާހައި ވެއެވެ.

“އެކަމަކު އަހަންނަށް ހީވެސް ނުވޭ.. މިލާން.. ޝަޔާމްގެ އެއްވެސް ކަމަކުން އަހަންނަށް ޝިޔަލްގެ ސިފައެއް ނުފެނެ.. އެހާ ހަރުދަނާ، މަޑުމައިތިރި، ކިޔަމަންތެރި ކުއްޖަކު.. ކާކު ހީވެސް ކުރާނީ ޝިޔަލްގެ ދަރިއެކޭ.. މިލާން.. އަހަރެން ވަރަށް ދެރަވޭ.. އަހަރެންގެ ޔަލީން.. އަހަރެންގެ ޔަލީން.. އެ ކުއްޖާ ހާދަ ދެރަވާނޭ.. ހާދަ ވަރަކަށް ރޯނޭ.. އަހަންނާ ހަދާ..” ޔައިނާގެ ގިސްލުމުގެ އަޑު އަނެއްކާ ވެސް ބާރު ވިއެވެ.

“ޝްޝް ޔައިނާ.. ތިހެން ނުބުނެބަލަ.. އެއީ ޔައިގެ ކުށެއް ނޫނޭ.. އެހެން ހިތަށް ނާރުވައްޗޭ.. މި ހުރިހާ ކަމެއްގަ ވެސް ކުށްވެރި ވާނީ ޝިޔަލް.. އެއްފަހަރު އަހަރެންގެ އަންހެނުންގެ ދިރިއުޅުން ހަލާކު ކޮށްލާފަ މިހާރު އަހަރެންގެ ދަރިފުޅުގެ ދިރިއުޅުން ވެސް ހަލާކު ކޮށްލައިފި..” އެންމެ ފަހު ޖުމުލައާއި އެކު މިލާންގެ ދަތްކުނޑު ވިކިގެން ދިޔައީ، އެ ހިތް ޝިޔަލްއާއި މެދު ނަފްރަތުން ފުރިގެން ދިޔުމުންނެވެ. އެރޭ އެތައް އިރަކު ޔައިނާ މަސަލަސް ކުރުމުގައި މިލާން ހޭދަކުރި ނަމަވެސް، ޔައިނާ ހަމައަކަށް އެޅުނީ ހަމަ ކިރިޔާއެވެ.

*** ** ***

ކުޑަދޮރުން ބޭރަށް ނަޒަރު ހުއްޓާލައިގެން ހުރި ޝިޔަލްގެ ނަޒަރު ވަނީ އެއް ދިމާއަކަށް ހުއްޓިފައެވެ. ކާރޫބާރޫ ބޮޑު މަގުތައް ފަދައިން އޭނާގެ މުޅި ހަށިގަނޑުގެ ތެރޭގައި ވެސް މިވަގުތު ވަނީ ހައިޖާނުގަނޑެއް އުފެދިފައެވެ. އަމިއްލަ މީހާގެ މާޒީގެ ކަޅު ހިޔަނި، ލޯބިވާ ދަރިފުޅުގެ އުފާވެރި ދިރިއުޅުމަށް އެޅުނީތީ، އޭނާއަށް އަމިއްލަ ނަފްސު ދެކެ ރުޅި އާދެވުނީ އިންތިހާއަށެވެ. މީގެ އަހަރުތަކެއް ކުރިން އެޅުނު ކަތި ފިޔަވަޅެއްގެ ސަބަބުން މިއަދު އޭނާގެ ދަރިފުޅުގެ ހިތުގައި ކުރުމެއް އަޅުވައިލެވިއްޖެއެވެ.

“ބައްޕާ..” ޝަޔާމްގެ އަޑު ކަންފަތުގައި ޖެހުމުން ޝިޔަލްއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ދެލޮލަށް ބޮނޑިވެފައިވީ ކަރުނަތައް ހިންދައިލަން މަސައްކަތް ކުރަމުން، ޝިޔަލް ޝަޔާމްއަށް ބަލައިލިއެވެ.

“ބައްޕައާ ޔަލީންގެ ބައްޕައާ ޖެހުނީ ކޮން މައްސަލައެއް..؟” އެ ސުވާލު ކުރިމަތިވާނޭކަން އޭނާއަށް މާ ކުރިން ވެސް އެނގެއެވެ. އެހެނަސް، މާޒީގެ ކަޅު، އަނދިރި ޞަފްޙާތައް ލޯބިވާ ދަރިފުޅުގެ ކުރިމަތީގައި ނިއުޅުވައިލަން ޖެހިދާނެ ކަމަކަށް އޭނާ ދުވަހަކުވެސް ހިއެއް ނުކުރެއެވެ. ހުރިހައި ކަމެއް އެނގުމަށް ފަހު ޝަޔާމް އޭނާއަށް އިންތިހާއަށް ނަފްރަތު ކުރާނޭ ކަން ޝިޔަލްއަށް އެނގެއެވެ. އެހެން ހިތަށް އަރުވައިލެވުމުން އެކަނިވެސް ޝިޔަލްގެ ހިތް ގެނބިގެން ދިޔަ ކަހަލައެވެ. އެހެނަސް މިއަދު ރެކެވޭކަށް ނެތެވެ. ކުރި ކުށަށް ލޯބިވާ ދަރިފުޅުގެ ކުރިމަތީގައި ޢިއުތިރާފުވެ، އެ ދަރިފުޅުގެ ނަފްރަތު ޙައްޤުވުން ނޫން މަގެއް ފެންނާކަށް ނެތެވެ. ފަހަރުގައި މިއީ އޭނާ ކުރި ކުށުގެ ޢަޒާބު ދުނިޔެމަތީގައި ދައްކަވަން އޮތް ގޮތް ތާއޭ ވެސް އޭނާގެ ހިތަށް އެރިއެވެ.

ފުން ނޭވާއެއް ދޫކޮށްލަމުން ޝިޔަލް ހުރިހާ ވާހަކައެއް ވެސް ފެށިގެން ނިމެން ދެން ޝަޔާމްއަށް ކިޔައިދިނީ އެންމެ އަކުރެއް ވެސް ވައްޓައިނުލައެވެ. އޭނާ ދައްކަމުން ދިޔަ ވާހަކަތައް އަޑު އަހަން އިން ޝަޔާމްގެ މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ ކުލަވަރުތަކުން ޝިޔަލްގެ ހިތަށް ތަދުވިއެވެ. އެ ދަރިފުޅު އޭނާއާއި މެދުގައި ދެކޭ ގޮތް މިރޭ މުޅީން ބަދަލު ވާނޭކަން އޭނާއަށް ޔަގީން ވިއެވެ.

ޝިޔަލްގެ ވާހަކަ ނިމުނު އިރު ޝަޔާމްގެ ހިތުގައި އެތައް ކަންތައްތަކެއް ހިނގަމުން ދިޔައެވެ. އެހެނަސް އެއިން އެއްވެސް ވާހަކައެއް ދުލާ ހަމައަށް ގެނައުމަށް ނުކުޅެދިފައިވީ ޝަޔާމްގެ ދުލުގައި ތަޅެއް އެޅުވިގެން ދިޔައެވެ. އެ ހިތުގައިވީ މުޅީން ވެސް ވޭނީ ޝަކުވާއެވެ. އަބަދުވެސް އޭނާގެ “ރޯލް މޮޑެލް”ގެ ގޮތުގައި ބަލަމުން އައި ލޯބިވާ ބައްޕައަކީ ހަމަ އެހައި ދަށް ފެންވަރެއްގެ މީހެއް ހެއްޔެވެ؟ އަބަދާ އަބަދު އޭނާއަށް ރަނގަޅު ނަސޭހަތް ދޭ ބައްޕަ އަކީ ހަމަ އެހައި ގޯސް މީހަކަށް ވެދާނެ ބާވައެވެ؟ މިއަދު އޭނާ އެހައި ރަނގަޅު، ހަރުދަނާ ޒުވާނަކަށް ހަދާފައި ވެސް އެ ހުރީ ހަމަ އެ ބައްޕަގެ ތަރުބިއްޔަތެވެ. ބައްޕަ އަކީ އެހައި ގޯސް މީހެއް ނަމަ، އޭނާއަށް އެހައި ރަނގަޅު ތަރުބިއްޔަތެއް ނުދެވުނީހެވެ. ވީއިރު، އެ ބުނާ ފަދަ ބޮޑެތި ފާފަތަކަށް ވެސް އަރައިގަތީ ހަމަ އޭނާގެ ބައްޕަކަން ޤަބޫލު ކުރަން ޝަޔާމްއަށް އުނދަގޫ ވަނީއެވެ.

“އެކަމަކު ބައްޕަ ތައުބާ ވީން.. ހަތަރު އަހަރު ޖަލުގައި ހޭދަކޮށްފައި ބައްޕަ އެތަނުން ނުކުތީ މުޅިން އައު މީހެއްގެ ގޮތުގަ.. މުޖުތަމައި ބަލައިގަންނަ ވަރުގެ މީހަކަށް ވުމަށް ޢަޒުމު ކަނޑައަޅައިގެން.. އެތައް ފަހަރެއްގެ މަތިން ޔައިނާ އާއި މިލާންގެ ކައިރިން މަޢާފަށް އެދެން މަސައްކަތް ކުރިން.. އެކަމަކު އެދެމީހުން ކުރިމައްޗަށް އަރާނެ ހިތްވަރެއް ވެސް ބައްޕަ އަކަށް ނުކުރެވުނު.. އެހެން ނޫނަސް ބައްޕަ ކުރީކީ އެދެމީހުންގެ މާފު ހައްގުވާ ވަރުގެ ކަމެއް ވެސް ނޫން..” ޝިޔަލް ދައްކަމުން ދިޔަ ވާހަކަ އަޑު އަހަން އިން ޝަޔާމްގެ ދެލޮލުން ދިޔައީ ހުއްޓުމެއް ނެތި ކަރުނަ ފައިބަމުންނެވެ.

“ދަރިފުޅުގެ މަންމައާ ދިމާވުމާ އެކު ބައްޕައަށް މުޅިން އައު ހަޔާތެއް ލިބިގެން ދިޔަ ކަހަލަ.. ދަރިފުޅުގެ މަންމަ ބައްޕަ ދެކެ ލޯބިވީ ބައްޕަގެ އަނދިރި މާޒީއާއި، އުނި ސިފަތަކާ ވެސް އެކީގަ.. އެހާ ހެޔޮލަފާ ރަނގަޅު އަނތްބެއް ލިބުނުކަމީ ބައްޕަގެ ނަސީބު.. ދަރިފުޅުގެ މަންމަގެ އަތުގައި ހިފައިގެން، މަންމަގެ ލޯބިން ހިތްވަރު ލިބިގަނެގެން ބައްޕަ މުޅީން ބަދަލުވީން..” ހިތާމައިގެ ސާލެއް އޮޅިފައިވީ ދަރިފުޅުގެ މޫނަށް ބަލަން ކުޅަދާނަ ނުވުމުން ޝިޔަލް އަނެއް ފަރާތަށް އެނބުރުނެވެ.

“ކައިވެންޏަށް އަހަރެއް ވީތަނާ ދަރިފުޅު ލިބުނު.. ދަރިފުޅު މިދުނިޔެއަށް އުފަންވި ދުވަހަކީ ބައްޕަގެ ޙަޔާތުގަ އައި އެންމެ އުފާވެރި، އަދި އެންމެ ހިތާމަވެރި ދުވަސް.. އެދުވަހު ދަރިފުޅުގެ މަންމަ މި ދުނިޔެއާ އަލްވަދާޢު ކީ، ބައްޕަގެ ކިބައިން ހަމަ އެންމެ ކަމަކަށް އެދިފަ.. އެއީ ހެޔޮލަފާ ކުއްޖެއްގެ ގޮތުގައި ދަރިފުޅު ބޮޑު ކުރުން.. އެދުވަހު ބައްޕަ ޢަޒުމު ކަނޑައެޅިން.. ދުވަހަކުވެސް ބައްޕަ އެޅި ފަދަ ކަތި ފިޔަވަޅެއް ދަރިފުޅު އެޅިޔަ ނުދޭން.. އެންމެން ލޯބިވާ ފަދަ ބަސްއަހާ، ހަރުދަނާ ކުއްޖެއްގެ ގޮތުގައި ދަރިފުޅު ބޮޑު ކުރަން..” އެހިސާބަށް ބުނެފައި ޝިޔަލް ހުއްޓައިލީ، އަރުތެރެ ބެދޭހެން ހީވުމުންނެވެ. އިތުރަށް ވާހަކަ ދައްކަން އެ ހިތަށް ކުޅަދާނަ ނުވީއެވެ.

“އެކަމަކު.. ބައްޕަ ދުވަހަކުވެސް ހިއެއް ނުކުރަން ބައްޕައަށް މާޒީގައި ކުރެވުނު ކުށުގެ ސަބަބުން ދަރިފުޅުގެ ހަޔާތް ބަރުބާދުވެގެން ހިނގައިދާނެ ކަމަކަށް.. ބައްޕައަށް މައާފު ކުރޭ ދަރިފުޅާ.. މިއަދު ބައްޕަ އަކީ ދަރިފުޅުގެ ވެސް ކުށްވެރިއެއް..” އިސްދަށަށް ޖަހައިގެން ހުރެ ޝަޔާމްއާ ވީ ދިމާއަށް އެނބުރިލަމުން ޝިޔަލް ބުނެލިއެވެ. އެހެނަސް، ޝިޔަލް ބުނި އެއްވެސް ވާހަކައަކަށް ރައްދެއް ނުދީ އިން ޝަޔާމް، ޝިޔަލްއާ ދިމާއަށް ބަލައިލުމެއްވެސް ނެތި، އެ ކޮޓަރިން ނުކުމެގެން ދިޔައީއެވެ. ލޯބިވާ ދަރިފުޅު ހަގީގަތުގައި ވެސް އޭނާއާއި ދޭތެރޭގައި ހިތް ގޯސްވެއްޖެ ކަން އިހުސާސް ކުރެވުމާއެކު ޝިޔަލްގެ މުޅި ދުނިޔެ އެފުށްމިފުށަށް ޖެހުނު ކަހަލައެވެ. ދުވަހަކުވެސް ޝަޔާމްގެ މަޢާފު ނުލިބޭނެޔޭ ހީވެ، ޝިޔަލްގެ ހިތް ކުދިކުދި ވިއެވެ. މޫނުމަތީގައި އަތް އަޅައިލެވުމާއެކު، ގިސްލަގިސްލާފައި ރޯން ފެށުނީ ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުންނެވެ. އެހެނަސް މި ވޭނާއި ސަޒާ އޭނާއަށް ހައްގު ކަމަށް ވެސް އަމިއްލަ ހިތުގެ ކަނަކުން ގޮވަމުން ދިޔައެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories1K Comments

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

ލިބިދޭތޯ އިންނާނަން ލޯބިން-3

Next

މި ވާވަރު ބުނެދޭހިތްވޭ…ޓްރެއިލަރ

Next
March 22, 2025

މި ވާވަރު ބުނެދޭހިތްވޭ…ޓްރެއިލަރ

Previews
March 22, 2025

ލިބިދޭތޯ އިންނާނަން ލޯބިން-3

16 Comments!

  1. aisha says:
    March 22, 2025 at 12:51 pm

    mi part ves varah reethi
    alhe shayaam and yaleen dhuru nukurahcheyy
    change milaan ge mind😭😭
    and curiously waiting for the next part🙂

  2. Vampire girl says:
    March 22, 2025 at 1:04 pm

    Maashaa Allah mi part vx varah varah reethi…..
    Alhey kiriyaa nurovuny mi part kiyaafa…..
    Asluvx heevee yaleen akee alhugandu hn…..
    But I like sad stories…..
    Can’t wait for next part…..
    Shiyal islaahu v ma milaan eyna ah maafu kuraane nama….
    Avahah next part submit kohdhehchey …..
    Neynge mirey nidheyne kameii vx dhn oii part nukiyaa 😭😭😅
    LY

  3. Azz says:
    March 22, 2025 at 1:21 pm

    Masha Allah Mi part vx varah reethi<33
    Mi Part kiyaafa rovijje hama.
    Shayaam and Yal dhuru nukurahcheyy…🥲
    Curiously Waiting for next part…
    Lysm Nayu<33333

  4. Nadhoo says:
    March 22, 2025 at 1:23 pm

    oh no… haadha dheraey mi vee goi

  5. Aalerrr says:
    March 22, 2025 at 1:25 pm

    Masha Allah mi part vx vrh reethi ❤️💯
    When’s next part??
    Curiously waiting for the next part 🙂✨
    Next part avahah up koh dhehchey🤍🕊️

  6. gurrrrl says:
    March 22, 2025 at 1:55 pm

    milaaan heyy srs kohtha
    yaleen ah thihen nahadha shayaamge kn kusheh tha othy
    shiyal ehn ulhunas shayaam aki eyah vure basahaa harudhanaa meeheh
    pls yaleen ah shayaam dhuru nukure 😢 btw when next part
    curiously waiting

  7. UNKNOWN GURLL says:
    March 22, 2025 at 2:08 pm

    Its sad don’t break them Btw mi part ves vrh reethi when next part

  8. leeshaa says:
    March 22, 2025 at 2:14 pm

    nayu mi part vx vrh reethi Masha Allah ❤️
    i need a brother like yail 😭
    haadha caring ey…
    brother eh huhttas dhuvahaku kameh nukohdheyne…
    dhombe athun kameh vehjjiyyaa alhun boluga alhuvaanee…
    fahun dhuvahu vx thashi thalhaalaafa mamma kairi bunee kokko kohffa oii kamakoa…
    ekamaku dhombe kameh beynun vaaa irah alhun jehey ekameh kohdhen…
    nukohdheeefiyyaa boluga alhaalaa takinvx meehaku heynethey varu vaane 😭
    anehkkaa reethi kuhjjeh fenihjjeyyaa neyngeyne kokko eh hunna kan vx…
    hurihaa loabiveringe ufan dhuvas handhaan hunna iru amihlla kokko ufan dhuvas handhaaneh nuves hurey..
    anehkkaa alhun schl kudhin bully kureema room ga indhegen roan hedheema comfort eh vx noon kohdhineekee…
    room in nerilee 😭
    btw when next part??
    lyssm nayu sis 💗

  9. leeshaa says:
    March 22, 2025 at 2:16 pm

    btw nayu cmmnt maa dhigu v ma pending ah araafi 😭
    up v ma reply dhehchey

  10. Tabassum says:
    March 22, 2025 at 3:42 pm

    Alhey anekka aneh inthizaaru… Eha engey hithun hutta mijehunii aneh faharu inthixaaru kuran!
    Yaleenge bappa haaaaaaadha rulhi gadhaey hiivi hama kanfathah iveyhn!

  11. Cutie girl says:
    March 22, 2025 at 4:08 pm

    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    Azal and yail gulhuvachey
    Shayaam and yaleen dhuru nukurachey
    Aaroo and zaul ves
    They all are made for each other
    Shayaam ge kon kuseh othy shiyal egothah kanthah kuriyas
    Mi part kiyaafa rovijje 😭
    Yal fakeeru haadha dhera vaane ey 😫
    Milaan ge mind change kuran feney
    Haadha curious kohlaafa thi nimaaly
    I appreciate your hard work
    Thihaa busy koh ulhemen ves vaahaka kiyaalan libeythee v ufaavey
    Tc ❤️😘
    Ly naayoo ❤️

  12. Ishu says:
    March 22, 2025 at 5:00 pm

    Mashaa allah mi part ves varah reethi
    Yal and shayaam dhuru nukurahcheyy
    Past ga hifahahtaigen thibeema future bright eh nuvaane
    Milaan ah ekan visneyne nama dhw
    Anyways when next???
    Can’t wait to read the next part
    Lysm

  13. Mar yam says:
    March 23, 2025 at 12:19 am

    Alhey this part is so emotional 😭
    Anywayss vrh reethi vhk dhaagoi masha allah
    Nayu hama molhee ey ❤️❤️
    Hurihaa kudhinnah vx Ragalhu gotheh vaane dhw adhi insha Allah
    Nayuu i rllyy appreciate ur hard work
    Vrhh ufaavey mikahala vhk thah kiyan libeythee aslu 😊❤️
    Nayu ge hurihaa stories akee vx hama best 💯
    Lysm nayu ❤️

  14. na.ell says:
    March 23, 2025 at 1:14 am

    hama rovvaalaaifi
    shail ves ehury mihr rangalhu vgn milaan ge mind alhe badhalu vaan keeh vaany
    yaleen aa shayaam alhe dhuru nukurahcheyyy
    mi part ves vrh vrh reethi masha allah
    can’t wait for the next part
    keep it up nayuu sis <33

  15. Mar Sha Mar Sha says:
    March 23, 2025 at 2:47 am

    oh no, ehaa reehchah hiriha kameh dhanikoh kihinehtha mi vy.. feeling sad for Yaleen and Shayaam as well as Yaina. Shiyal badhalu ve rangalhu myhakah viyya adhi Yaina aa Milan ge maaf libeyne. very nice inge Nayaa. great work!

  16. Anonymous says:
    March 23, 2025 at 12:41 pm

    Mi part vx varah varah reethi…
    Thee b.thulhaadhoo kuhjeh tha???
    When next???

Comments are closed.

Next Episodeތިޔަ ލޯތްބަށް އެދެވޭތީ… 32←


All Right Reserved!