އަޒަލް ގެޔަށް ލައިދިނުމަށްފަހު، މިސްކިތަށް ގޮސް މަޣްރިބް ނަމާދު ކޮށްލައިގެން ޔައިލް ދިޔައީ ސީދާ ގެޔަށެވެ. ސިޓިންރޫމު ސޯފާގައި ޤުރުއާން ކިޔަވަން އިން ޔަލީނަށް އަވަސް ނަޒަރެއް ދިނުމަށްފަހު ޔައިލް ގޮސް ކޮޓަރިއަށް ވަނެވެ. ކޮޓަރިއަށް ވަން ގޮތަށް ޔައިލް އުއްޑުން އެނދުމައްޗަށް ވެއްޓިގަތެވެ. ސީލިންގަށް ނަޒަރު ހުއްޓާލައިގެން، އެއް އަތް ނިތްމަތީގައި، އަނެއް އަތް ބަނޑުމަތީގައި ބާއްވާލައިގެން އޮތް އިރު ޔައިލްގެ ޚިޔާލީ ތަސްވީރުގައި ކުަޖެހެމުން ދިޔައީ މިއަދު އަޒަލްއާއި އެކު ހޭދަކުރެވުނު އުފާވެރި ވަގުތުކޮޅެވެ. […]
“ދެން ދޮންތި އާރޫއަށް ފަހުން ތި ހުރިހާ ވާހަކައެއް ކިޔައިދޭނަން.. އިހަށް ދޭ ނިދަން.. ދޮންތިވެސް ވަރަށް ޓަޔަރޑް..” އަޒަލް އެހެން ބުނެލުމާއެކު މޫނަށް ވައްތަރެއް ޖައްސައިލާފައިވެސް، އާރާ ތެދުވިއެވެ. “އާރޫ ބޭނުން ތި ރިއާންއަކާ މީޓް ކުރަން..” ދޮރުން ނުކުންނަމުން އާރާގެ ދުލުން އެންމެ ފަހުން ނުކުތް ޖުމުލައަކީ އެއީއެވެ. އާރާ ނުކުތުމާއިއެކު އަޒަލްއަށް އެނދުމައްޗށް ވެއްޓިގަނެވުނެވެ. އާރާ ކުރި ސުވާލުތަކާ ގުޅިގެން ހިތަށް ވެރިވެފައިވީ އުނދަގޫކަމުގައި ގެނބިގެން ދިޔަ އަޒަލްއަށް ހަމަބިމަށް އާދެވުނީ ގާތުގައި […]
“އަޒް.. އަހަންނަށް އެނގޭ އަހަރުމެން ދިމާވިތާ އަދި މާ ގިނަ ދުވަސްތަކެއް ނުވާ ކަން.. އެކަމަކުވެސް އިތުބާރު ކުރޭ.. ހަމަ ހަގީގަތުގަވެސް އަހަންނަށް އަޒަލް ފެނުނު ފުރަތަމަ ދުވަހުވެސް އަޒަލް ދެކެ ލޯބި ވެވުނު.. ފުރަތަމަ ނަޒަރުން ލޯބި ވެވޭ ކަމަށް އަހަރެން ޤަބޫލު ކުރީ އެދުވަހު.. ދުވަހަކަށްވުރެ ދުވަހެއް އަހަރެން އަޒް ދެކެ ވާ ލޯބި އިތުރުވޭ.. އަހަންނަށް އަޒް ވަރަށް ވަރަށް ކަމުގޮސްފި.. އަޒް.. އަހަރެންގެ މިލްކަކަށް ވެދީފާނަންތަ..؟” އެއްކަކޫ މަތީގައި އިށީންނަމުން ރިއާން […]
“އަސްލު ނޭނގެ.. އެއީ ބައްޕަމެން ސްކޫލްގަ އުޅުނު އިރު.. އޭގެ ކުރިންވެސް ބައްޕައަށް މަންމަ ފެނޭ.. އެކަމް ފަހުން ފަހުން އައިސް މަންމައާ މެދު ދެކެވޭ ގޮތް ބަދަލުވާން ފެށީ.. އަބަދު މަންމަ ދެކޭ ހިތްވޭ.. ގިނަ ދުވަސްދުވަހު ސްކޫލަށްވެސް ދަނީ އެ ބޭނުމުގަ.. މަންމަ ނުފެނި ދާ ދުވަހެއް ވެއްޖެއްޔާ މޫޑު އެއްކޮށް ޙަރާބުވާނެ.. ގިނަ ދުވަސްދުވަހު މަންމަ ދާނެ އޭރު ޒާއްތައާ އެކީ ތުނޑިއަށް.. ދެން ބައްޕަވެސް އޭރު ދާނެ ކޮންމެ ދުވަހަކު ފުޓުބޯޅަ […]
އާރާ ދިޔަ ދިމާއަށް ބަލަން އިން ޒައުލްއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ދެންމެ އޭނާގެ ދުލުން ބޭރުވީ އެއްވެސް ލަފްޒަކީ އޭނާ އަމިއްލައަށް ބޭނުން ވެގެން ބުނި އެއްޗެއް ނޫނެވެ. އެއީ އޭނާ އަމިއްލަ ހިތަށް ވިސްނައިދޭން ބޭނުންވާ ގޮތެވެ. ނަމަވެސް އަމިއްލަ ހިތުގެ ހާލު ޒައުލްއަށް އެނގެއެވެ. އެ ހިތް އެދެމުން ދަނީ އާރާއަށް ކަންވެސް އެނގެއެވެ. ނަމަވެސް އެ ދެމެދުގައި އޮތް ގުޅުމުގެ ސަބަބުން ޒައުލްއަށް އެކަން ފާޅު ކުރަން ކެރިދާނެ ހެއްޔެވެ؟ ނޫނެކެވެ. […]
އެކަކު އަނެކަކުގެ ލޮލަށް ގެއްލިފައި ތިބި ދެ ޒުވާނުންނަށް ނަޒަރު ބަދަލުކޮށްލަން އެނގުނީ، އަނެއްކާވެސް ރުކަކުން ކާށްޓެއް ވެއްޓުނު އަޑަށެވެ. ތިބެވުނުގޮތް އިޙުސާސްވުމާއެކު، ޔަނާލް ޒައުލްގެ މޭގައި އަތް އަޅައި ކޮއްޕައިލާފައި ކޮޅަށް ތެދުވިއެވެ. ނުވާކަމަށް ހަދަމުން ޒައުލްވެސް ކޮޅަށް ތެދުވިއެވެ. ދެންމެ ހިނގައި ދިޔަ ކުޑަކުޑަ “އެކްސިޑެންޓް” އަށް ފަހު، ދެމީހުންވެސް ތިބީ އެކަކު އަނެކަކާ ދިމާއަށް ބަލައިލަންވެސް ނުކެރިފައިހެން ހީވެއެވެ. އިސްނެގީ އާރާވެ. ދާން ހިނގާށޭ ބުނެފައި އޭނާ ކުރިޔަށް ހިނގައިގަތުމުން، ޒައުލްވެސް އާރާގެ […]
އާރާއާއި ޔަލީން އެހެން ބުނުމުން އެންމެން އެކުގައި ގެސްޓް ހައުސްއިން ނުކުތެވެ. އެރަށުގައި އޮންނަ ކުޅިއަށް ދެވުމުން އެންމެ ފުރަތަމަވެސް މުޅި ތަނުގައި ދުވަން ފެށީ ޔަލީންއެވެ. ފެންގަނޑު ކައިރީގައި އުޅުނު ބޮޑެތި ކަކުނިތައް އަތަށް ނަގައިގެން ޔަލީން އަޒަލްގެ ފަހަތުން ދުވަން ފެށުމާއެކު، އަޒަލްގެ ހަޅޭކުގެ އަޑު މުޅި މާހައުލުގައި ގުގުމައިލިއެވެ. އަންހެން ކުއްޖަކަސް، ޔަލީން ވަކި ފިރިހެން ކުއްޖަކަށް ދުލެއް ނުކުރެއެވެ. އެހާ ހަލަނި ވެފައި، އެހާ ސިޔާސަ ވާނެއެވެ. މުޅި ތަނުގައި ދުވެދުވެފައި […]
“ނަމެއްވެސް ނުބުނާނަންތަ..؟” އެ ޒުވާނާގެ ބަރު އަޑުން އެހެން އަހައިލުމާއެކު، އަޒަލްގެ ގައިން ހީބިހި ނަގައިގަތެވެ. “އަޒަލް..” އަޒަލްއަށް ނަން ބުނެވުނީވެސް އަމިއްލަ އިޚްތިޔާރަކައި ނުލައެވެ. “އަޒަލް.. ކުއްޖާހާ ނަންވެސް ރީތި..” އެ ޒުވާނާގެ ދުލުން ނުކުތް ތަޢުރީފުގެ ލަފްޒުތަކާއެކު އަޒަލްއަށް ލަދުން އިސްދަށަށް ޖަހައިލެވުނެވެ. “އަހަންނަށް ކިޔައީ ރިއާން.. އުންމީދު ކުރަން އަދި ދިމާވާނެ ކަމަށް..” އޭނާގެ ރީތި ހިނިތުންވުމާއެކު އެހެން ބުނެފައި، ރިއާން ސައިކަލު ދުއްވައިލިއެވެ. ރިއާން ލޮލުކޮޅަށް ގޮސް އޮބައިލަންދެންވެސް އަޒަލްއަށް އެހުރި […]
އަރައިގެން އައި އިރުގެ ރަން ދޯދިތަކަށް ނަޒަރު ހުއްޓާލައިގެން އިން ޒުވާނާގެ މޫނުމަތީގައި ވަނީ ހިތްގައިމު ހިނިތުންވުމެކެވެ. އިރުގެ ރަން ދޯދިތައް އެ ދޮން މޫނަށް އެޅިފައިވާ އިރު، ބަލައިލަން ނުހަނު ހިތްގައިމެވެ. އެ ގަދަ މުށިކުލައިގެ އަސަރު ގަދަ ދެލޯ ހުއްޓިފައިވަނީ، ރަތާއި އޮރެންޖު ކުލައިގެން ފަވައިލެވިފައިވާ، ހާމައަށް އޮތް އުދަރެހަށެވެ. ޖެހެމުން ދިޔަ މަޑުމަޑު، ލުއިލުއި ވައިރޯޅިތަކާއެކު، ކަންފަތު ފޫޅާއި ހަމައަށް ދިގުކޮށްފައިވާ، އެ ޒުވާނާގެ ކަޅުކަން ގަދަ ރާޅު އިސްތަށިކޮޅު ވަޔާ ހޫރެމުން […]