ވާރޭގެ ތެތްފިނިކަން ފަޒާގެ ތެރޭގައި ހިފާލާފައި ހުރި ފިނި ވަގުތެވެ. ގަސްގަހުގައި ހުރި ފަތްތަކުގެ މަތީގައި ވާރޭ ތިކިތައް ވިދާ ބަބުޅަމުން ދިޔައީ މުތީތަކެއް ފަދައިންނެވެ. ދޫނިސޫފާފީ ގޮވެލިތަކުން އެ މާހައުލަށް އިތުރު ހިތްގައިމުކަމެއް ގެނުވައިދެއެވެ. މަގުތަކުގައި ފެންބޮޑުވެފައި އޮތްވަރުން ރޭގައި ނިކަން ބޯކޮށް ވާރޭ ވެހިފައިވާކަން އެ މަންޒަރު ފެންނަ ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. ފަތިހުގެ އެ އަރާމު ވަގުތު ތުނިތުނިކޮށް ވާރޭ ކަނިކަނި ޖަހަމުން ދާއިރު، ރަޖާގަނޑުގެ ދަށުގައި، އަރާމުގައި އޮންނަން ކޮންމެ މީހަކުވެސް […]
ރައިޝާ އަކީ އުމުރުން 17 އަހަރުގެ އަންހެން ކުއްޖެކެވެ. އެންމެ ރީތި ހޫރުޕަރީ އަކަށް ނުވިނަމަވެސް، ފިރިހެން ކުދިން ހިތްކިޔާ ކަހަލަ ގޮތެއް ހުންނަ ޒުވާން އަންހެން ކުއްޖެކެވެ. ކިޔަވާ މޮޅުވެގެން ޑޮކްޓަރަކަށް ވުމަކީ ރައިޝާ އެންމެ ކުޑައިރުއްސުރެވެސް ދެކެމުން އަންނަ ހުވަފެނެކެވެ. އަބަދުވެސް ހުރިހާ ސަމާލުކަމެއް ކިޔެވުމަށް ދީގެން ހުންނަ ރައިޝާ އަކީ ލޯބީގެ ކަންކަމާ މުޅިން ދުރުގައި އުޅޭ ކުއްޖެކެވެ. ލޯތްބަކީ ބިލާހެއްކަމުގައި ހިތަށް ވިސްނައިދީގެން ހުންނަ ރައިޝާގެ ހިތުގައި އެންމެ ފުރަތަމަ ޓަކިޖަހާލުމުގެ […]
އަހަންނަކީ ޢާއިލާގައި ހުންނަ އެންމެ ހަގު ކުއްޖާއެވެ. އެހެންކަމުން މަންމައާއި، ބައްޕަ އަހަރެން ދެކެ ވަރަށް ލޯބިވާނެއެވެ. ޚާއްސަކޮށް މަންމަ އަހަރެން ދެކެ ވަނީ އާދަޔާޚިލާފު ލޯތްބެކެވެ. އަހަރެންގެ ދޮށްޓަށް ދައްތައަކާއި، ބޭބެއެއް ހުރިނަމަވެސް، މަންމަމެން އެންމެ އިސްކަން ދޭނީ އަހަންނަށެވެ. އެއީ އަހަރެން އެންމެ ބޮޑާވެ، ކިބުރުވެރިވާ އެއް ސަބަބެވެ. ނަމަވެސް، ދައްތައާއި ބޭބެ ދުވަހަކުވެސް މިކަމާއިމެދު ޝަކުވާއެއް ނުކުރެއެވެ. ބައްޕަ ވަޑާންކޮށްގެން ލިބޭ އެއްޗަކުން ދެކޮޅު ނުޖެހޭތީ، ދައްތަ ވަޒީފާ އަދާކުރަން ފެށީ އުމުރުން […]
ހާދަ މަތިވެރި ގުޅުމެކޭ، ދެމެދުގަ މި އެންމެން އޮންނަނީ ހާދަ އެކުވެރިކޮށް ތެދޭ، އެންމެން އެކީގައި އުޅެލަނީ ބުނަމޭ އައިޝް ލޯބީ އިނގޭ، ހަމަ ލޯބިކަން އިތުރަށް ވެޔޭ ބުނަމޭ އެކީގައި ގޮތްގޮތަށް، ތި މަޖާކުރާ އިރު އުޅެލަނީ ރިލް ސިސީ މީ ދެން ނިކަން ހަމަ، އެންމެ ފުރަތަމަ ދައްތައޭ ރިލް ސިސީ އެކުގައި ކުޅޭ އިރު، ހާދަ ލޯބިން އުޅެލަނީ ޒީން ސިސޫ ވެސް މީ ނިކަން، ހަމަ އެންމެ ލޯބިވި ދައްތައެއް ހިންމަތާ […]