Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިޔަ ލޯތްބަށް އެދެވޭތީ… 33

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories1K Comments
March 23, 2025 8 Mins Read
10 Comments

“އަހަރެން މިރޭ މިތަނަށް މި އައީ ޔަލީންއާ އޮތް ގުޅުން ކަނޑާލަން.. އަހަރެން ބޭނުމެއް ނޫން ދެން އިތުރަށް ޔަލީންއާ މި އޮތް ގުޅުން ބާއްވާކަށް.. މިއީ އަހަރެންގެ ބައްޕަ ވެސް ބޭނުންވާ ގޮތް.. އަހަރެންގެ ބައްޕަ ބޭނުންވާ ގޮތަކާ އަހަރެން ދުވަހަކުވެސް ދެކޮޅެއް ނުހަދާނަން..” ޝަޔާމް ބުނަމުން ދިޔަ ކޮންމެ ޖުމުލައަކުން ޔަލީންގެ ހިތުގެ އެންމެ ފުން މިނަށް ޒަޚަމު ދެމުން ދިޔައެވެ. ބުނާނެ އެއްޗެއް ވެސް ނޭނގިފައި ހުރި ޔަލީންގެ ލޮލުން އިސާހިތަކު ފައިބަން ފެށި ކަރުނަތިކިތަކުން، ރަތްވެފައިވީ އެ ކޯތާފަތް ތެންމާލައިފިއެވެ.

“ޝަޔާމް..” ޝަޔާމްގެ ނަން ކިޔައިލި އިރު ޔަލީންގެ އަޑުގައިވީ އަސަރަކުން ޝަޔާމްގެ ހިތް މަޑު ކަފަކޮޅަކަށް ހަދައިލި ފަދައެވެ. އަމިއްލަ ހިތުގެ މައްޗަށް އޮތް ބާރު ދޫވާހެން ހީވުމުން ޝަޔާމްގެ ހިތްވަރު އެލޭ ގޮތް ވިއެވެ.

“ޔަލީން.. މީ އަހަރެމެން ދެމީހުންނަށް ވެސް އެންމެ ރަނގަޅު ގޮތް.. ޔަލީން ވެސް ދެން އެންމެ ރަނގަޅު ވާނީ އަހަރެންގެ މަތިން ހަންދާން ނައްތައިލާފަ އެހެން މީހަކާ އެކީ ރީތި ދިރިއުޅުމެއް ފެށިއްޔާ.. އަހަންނަށް ވުރެ ޔަލީންއާ މާ އެކަށީގެންވާ، މާ ރަނގަޅު މީހުން ވެސް ޔަލީނަށް ވާނެ..” ޝަޔާމް ދައްކަމުން ދިޔަ ވާހަކަތައް އަޑު އަހަން ހުރި ޔަލީން ބުނާނެ އެއްޗެއް ނޭނގިފައި ހުރެ، ހިމޭން ކަރުނަ އޮއްސަމުން ދިޔައެވެ.

“ޕްލީޒް ޝަޔާމް.. އަހަންނަށް ތިހެން ނުހަދާ.. އަހަރެން ޝަޔާމް ދެކެ ލޯބިވާ ވަރު ޝަޔާމްއަށް ނޭނގެނީތަ..؟ ޝަޔާމް ބުނީމެއްނު އެހާ ފަސޭހައިން އަހަރެން ދޫކޮށެއް ނުލާނަމޭ.. ޝަޔާމް.. އަހަރެންގެ ބައްޕަ ވެސް ގަބޫލެއް ނޫނޭ.. އެކަމަކު އަހަރެމެން ދެމީހުން އަދި މަސައްކަތް ކޮށްލައިފިއްޔާ އަލިމަގެއް ފެނިދާނެ.. ޕްލީޒް.. ތިހެން ނުހަދާ.. ޑޯންޓް ގިވް އަޕް އޮން މީ ސޯ ސޫން..” ޔަލީންގެ ބަސްތަކުން ޝަޔާމްގެ ހިތަށް އަސަރު ކުރީ އިންތިހާއަށެވެ. އެ އާދޭހުގެ ބަސްތަކާއި، ހިމޭން ކަރުނަތަކުން ޝަޔާމް ބަލިކަށި ކުރުވައިފިއެވެ.

“ޔަލީން.. މީ ދެން އަސްލު އެހާ ސީރިޔަސް ކޮށް ކުރިކަމެއް ވެސް ނޫނެއްނު.. އަހަރެމެން އަދި ކިހާ ޒުވާން.. އަދި ދިރިއުޅުމުގަ ބައިވަރު މީހުންނާ ދިމާވާން އޮތީ ކުރިއަށް.. ޔަލީންއަށް ވެސް ދުވަސްކޮޅަކުން އެހެން މީހަކު ދެކެ ލޯބި ވެވިދާނެ.. އަހަންނަށް ވެސް އެހެން ކުއްޖަކު ފެނި ގަޔާ ވެވޭނެ.. ދެން އެހެންވީމަ އަހަރެމެެންގެ އާއިލާ ގަބޫލު ނުވާ އިރު ކީއް ކުރަން ކޮންމެހެން މިކަމުގަ ހިފާ ދަމަނީ..؟” ޝަޔާމްގެ ވާހަކައިން ޔަލީންއަށް ޝަޔާމްއާ ދިމާއަށް ބަލައިލެވުނީ ޤަބޫލު ނުކުރެވިފައެވެ. ހިތާމައިގެ ކަނޑުގައި އޭނާ އޮޔައި ބެހިގެން ދާއިރު ވެސް، ޝަޔާމްއަށް މިއީ ކުޑަ ކަމެކޭ ހީވަނީ ކީއްވެގެންބާވައޭ ޔަލީންގެ ހިތަށް އެރިއެވެ.

“ސީރިއަސްކޮށް ކުރި ކަމެއް ނޫނޭ..؟ ސީރިއަސްލީ..؟ ޝަޔާމް އަހަރެން އަދި ދިރިއުޅުމުގަ ކަމަކާ ދޭތެރޭ މިހާ ސީރިއަސް އެއް ނުވަން ދުވަހަކުވެސް.. ޝަޔާމް ނޫން މީހެއް ދެކެ އަހަންނަށް ދުވަހަކުވެސް ލޯތްބެއް ނުވެވޭނެ.. އަހަރެން ޝަޔާމް ދެކެ މިހާ ލޯބިވާ އިރުވެސް، މިކން ޝަޔާމްއަށް ވަނީ ކުޅިވަރަކަށްތަ..؟” ޔަލީންގެ އަޑުގައިވީ ޝަކުވާއެވެ.

“އާނ ޔަލީން.. އަހަރެން ކޮންމެހެން ސީރިޔަސްކޮށް ކުރި ކަމެއް ނޫން މީކީ.. ޔަލީން މާ ވަރަކުން އަހަރެން ފަހަތުން އުޅޭތީ އަހަރެންވެސް ހިތަށް އެރީ މިކަން ކޮށްލާނީއޭ.. އަހަރެން ހިއެއް ނުކުރަން ޔަލީން ވެސް ސީރިޔަސް ވާނެ ކަމަކަށް..” ޝަޔާމް ކޮންމެ ޖުމުލައެއް ވެސް ބުނަމުން ދިޔައީ ހިތާ ދެކޮޅަށް، މަޖުބޫރު ވެގެންނެވެ.

“ތީ ދޮގު.. ހުސް ދޮގު! ތި އުޅެނީ މަޖުބޫރު ވެގެން އަހަންނާ ދުރުވާން ދައްކާނެ ބަހަނާއެއް ނޭނގިގެން.. އެހެން ނޫން ނަމަ މި ހުރިހާ ދުވަހަކު އަހަންނަށް ޝަޔާމްގެ ކިބައިން ތިކަން ފެނުނީސް.. އެކަމަކު އަހަންނާ އެކު ހޭދަވީހާ ދުވަހެއްގަ ޝަޔާމްގެ ދެލޮލުން އަހަރެން ދުށީ ލޯބި.. ބުނެބަލަ.. މީ ދޮގެއްތަ..؟” ޝަޔާމްގެ ކޮނޑުގައި ހިފައި ތަޅުވައިގަންނަމުން ޔަލީން ބުނެލިއެވެ. އެއާއެކު ވަގުތުން ޝަޔާމްގެ ދުލުގައި ތަޅެއް ލެވުނު ފަދައެވެ. ފުރާނައަށް ވުރެ ބޮޑަށް ލޯބިވާ އެ ހިތުގެ ރާނީއަށް ޓަކައި އެ ހިތުގައި އެއްވެސް އިހުސާސެއް ނުވެޔޭ ޝަޔާމް ބުނާނީ ކޮން ދުލަކުން ހެއްޔެވެ؟

“ކީއްވެތަ އެއްޗެއް ނުބުނެ ތިހުރީ..؟ ބުނެބަލަ ޝަޔާމް.. އަހަރެންގެ މި ދެލޮލަށް ބަލާލާފަ ބުނެބަލަ އަހަރެން ދެކެ ލޯތްބެއް ނުވެޔޭ.. އޭރުން އަހަރެން ގަބޫލު ކުރާނަން މި ހުރިހާ ދުވަހު ޝަޔާމް އަހަރެންގެ ބޭނުން ހިފާލީ ކަމަށް.. ލޯބީގެ ނަމުގަ އަހަންނާ އެކީ ކުޅެލީ ކުޅިވަރެއް ކަމުގަ.. ބުނެބަލަ!” ޝަޔާމްގެ މޫނުގައި ދެއަތުން ހިފަހައްޓައިލަމުން، ޔަލީން އޭނާއާ ހަތަރުކަޅި ހަމަ ކުރުވިއެވެ. ޔަލީންގެ ދެލޮލުން ފެނުނު ޖަޒުބާތީ އަސަރަކުން، ޝަޔާމަށް ހިންދިރުވައިލެވުނީ، އެކަން ކުރާނޭހައި ހިތްވަރެއް އެ ނިކަމެތި ހަށީގައި ނެތީތީއެވެ.

“އަހަރެން.. އަހަރެން ޔަލީން ދެކެ.. ލޯތްބެއް ނުވޭ..” އަމިއްލަ ހިތުގައި އަތް އަޅައިލަމުން، ސީދާ ޔަލީންގެ ދެލޮލަށް ބަލަހައްޓައިގެން ހުރެ، ޝަޔާމް އެ ޖުމުލަ ބުނެލި އިރު އޭނާގެ އަޑު އައީ ކެނޑިކެނޑިގެންނެވެ.

ޝަޔާމްގެ ދުލުން އެ ޖުމުލަ ހަމަ ބޭރުވުމާއި އެކު، ގުގުރި އެއް ޖަހައިލިއެވެ. އިސާހިތަކު ބޯ ވާރޭގެ ކަނިތައް އޮއްގާތަކެއް ފަދައިން ހަމަލާ ދޭން ފެށުމާއި އެކު، ޔަލީންއަށް ޝަޔާމްގެ މޫނުން އަތް ދޫކޮށްލެވުނެވެ. ޝަޔާމް ބުނި އެއްޗެއް ޤަބޫލު ނުކުރެވިފައި ހުރެ، އެއް ފިޔަވަޅު ފަހަތަށް އަޅައިލެވުނު އިރު، ވާރޭގެ ކަނިތަކުގެ ޝިކާރައަކަށް ދެމީހުން ވެ ނިމިއްޖެއެވެ. ދެމީހުންގެ ލޮލުން ފައިބަމުން ދިޔަ ކޮންމެ ކަރުނަތިއްކެއް، ވާރޭގެ ފިނިފިނި ތިކިތަކާ އެކުވެގެން، ކޯތާފަތް މަތިން ފިރުކިލާފައި ފައިބައިގެން ދަނީ، ދެ ހިތުގެ އެދުން ވެސް ރަމްޒު ކޮށްދެމުންނެވެ. އެކަކު އަނެކަކުގެ ލޯތްބަށް ދެ ހިތް ވެސް އެދޭ ވަރު ހާމަކޮށްދެމުންނެވެ.

“އެންމެ ރަނގަޅު.. މިވަގުތުން ފެށިގެން އަހަރެމެންގެ ގުޅުން މި ނިމުނީ.. މިހާރުން ފެށިގެން އަހަރެން ޝަޔާމްއެއް ނުދަންނަން..” ޔަލީންގެ ދެތުންފަތް ފޫއަޅުވައިލާފައި ނުކުތް ބަސްތައް ވާރޭގެ ތެރެއިން ވެސް ޝަޔާމްގެ ކަންފަތް ދޮށުގައި ގުގުމައިގަތެވެ. ވަގުތުން ދެލޯ މަރައި ބާރުކޮށްލަމުން، ޝަޔާމްއަށް ނޭވާ ހިފަހައްޓައިލެވުނީ، އެ ހިތަށް ކުރި އަސަރަކުންނެވެ. ގިސްލެވެމުން ދިޔަ ޔަލީން އޭނާއަށް ފަސްއެނބުރި، ދާން ފެށުމާއި އެކު ޝަޔާމްއަށް ކުރިއަށް އަތް ދިއްކޮށްލެވުނެވެ. އެހެނަސް، ދެން އޭނާ ޔަލީން ހުއްޓުވާނީ ކޮން ހައިސިއްޔަތަކުން ހެއްޔެވެ؟

ޔަލީން ލޯކުރިމަތިން ގެއްލުމާއި އެކު ޝަޔާމްގެ ކެތްތެރިކަން ކޮޅުންލައިގެން ދިޔައެވެ. ދެއަތުން މޫނު ފޮރުވައިލެވުނު އިރު، ގިސްލަގިސްލާފައި ރޯން ފެށުނެވެ. ދެފައިން ވާގި ދޫވެގެން، ދެކަކޫ މައްޗަށް ތިރިވެވުނު އިރު، ޝަޔާމް އެކުގައި ތެމި ފޯވެއްޖެއެވެ.

“ޔަލީން.. އައި ލަވް ޔޫ.. އަހަރެން ވަރަށް ލޯބިވޭ ޔަލީން ދެކެ.. ދުވަހަކުވެސް ދުރަށް ދާކަށް ބޭނުމެއް ނޫން.. އެކަމަކު މިއަދު އަހަންނަށް މިނޫން ގޮތެއް ނެތީ.. އައިމް ސޮރީ ޑާލިން..” ގިސްލުމުގެ ތެރެއިން ޝަޔާމްގެ ދެތުންފަތް ފޫއަޅުވައިލާފައި ނުކުތް ލަފްޒުތައް، ވެހެމުން ދިޔަ ބޯ ވާރޭގެ ތެރެއަށް ފޭދިގެން ދިޔައީއެވެ. ހީވީ ޝަޔާމްގެ ހިތާމައިގައި އެ ވާރޭ ވެސް ބައިވެރި ވަމުން ދިޔަ ހެންނެވެ.

ޔަލީން ގޭތެރެއަށް ވަނުމާއި އެކު، ސިޑިބަރިއާ ނިވާވެގެން ހުރި ޔައިލް އެތަނުން ނުކުތެވެ. ޔަލީން ގޭތެރެއަށް ވަނުމުން ޔައިލް ދޮރުމަތީގައި ހުރި ކުޑައެއް ހިފައިގެން ޔައިލް ބޭރަށް ނުކުމެ ބަލައިލިއެވެ. އޭރު ޝަޔާމް އިން ހާލު ފެނުމާއި އެކު ޔައިލް އިންތިހާއަށް ދެރަވިއެވެ. ދެންމެ ޝަޔާމް ޔަލީންއާ ދިމާއަށް ބުނި ކޮންމެ ލަފްޒަކީ ވެސް މަޖުބޫރު ވެގެން ބުނި އެއްޗެއް ކަން ޔައިލްއަށް ޔަގީންވީ، ޝަޔާމްއަށް ވެފައި އިން ވަރު ފެނުމުންނެވެ. ކުޑަ ހުޅުވައިލަމުން އަވަސް ފިޔަވަޅުތަކެއްގައި ޔައިލް ޝަޔާމް ކައިރިއަށް ދިޔުމަށް މިސްރާބު ޖެހިއެވެ.

ވާރޭ ތެރޭގައިި އިން ޝަޔާމްއަށް އިސްއުފުލައިލެވުނީ، ދާދި ދެންމެއަކު އެ ހަށިގަނޑަށް ކުރަމުން ދިޔަ ވާރޭގެ އަސަރު ކެނޑުނީތީއެވެ. މައްޗަށް ބަލައިލި އިރު ކުޑައެއް ދިއްކޮށްގެން ހުރި ޔައިލް ފެނިފައި ޝަޔާމްއަށް ވަގުތުން ކޮޅަށް ތެދުވެވުނެވެ. އިސްޖަހައިލެވުނީ ޔައިލްއާ ހަތަރުކަޅި ހަމަކުރާނޭ ހިތްވަރު ވެސް ނުކުރެވުމުންނެވެ.

“ޝަޔާމް ކީއްވެ ދޮގުު ހެދީ..؟” ޔައިލް އަހައިލުމާއި އެކު ދޭނެ ޖަވާބެއް ނޭނގިފައި ޝަޔާމް ހުރި ގޮތަށް އިސްޖަހައިގެން ހުރީއެވެ. އޭރު ވާރޭ ވެސް ތުނިކޮށްލައިފިއެވެ.

“ދޮންބެއަށް އެނގޭ ޝަޔާމް ޔަލް ދެކެ ލޯބިވާ ކަން.. އެހެންނޫން ނަމަ ތިހެން ޝަޔާމް ނުއެއް ރޯނެ.. ބައްޕަ ނުގަބޫލުވެގެން އަދި ޝަޔާމް ތިހާ އަވަހަށް ގިވް އަޕް ނުކުރޭ.. އަހަންނަށް އަހަރެންގެ ބައްޕަ ވަރަށް ރަނގަޅަށް އެނގޭ.. އަހަރެންގެ ބައްޕައަށް އެހެން ރުޅިއައިސްގެން މާ ގިނަ ދުވަހަކު ނުހުރެވޭނެ.. ޕްލީޒް ޝަޔާމް.. ތިހެން ނުހަދާ.. އަހަރެންގެ ކޮއްކޮ ރޮއެރޮއެ ހަލާކު ވެދާނެ..” ޔައިލްގެ އަޑުގައި ވީ އާދޭހެވެ.

“ދޮންބެއަށް ދޮންބެގެ ބައްޕަ އަހަންނާ އެހާ ނުގަބޫލުވާ ސަބަބު އެނގޭ ނަމަ ތިހެން ނުބުނާނެ.. އަހަރެންގެ ބައްޕައާ ދޮންބެގެ ބައްޕައާ ޖެހުނު މައްސަލަ އެނގޭ ނަމަ ދޮންބެ ވެސް އަހަންނާ ޔަލީންއާ އެއްކޮށް އުޅޭކަށް ބޭނުމެއް ނުވާނެ..” ޝަޔާމް އެހެން ބުނުމާއި އެކު ޔައިލްގެ ނިތަށް ރޫ ގިނަ ވެގެން ދިޔައެވެ.

“ދޮންބެގެ ބައްޕައާ ޝަޔާމްގެ ބައްޕައާ ޖެހުނު މައްސަލައަކާ ޔަލްއާ ޝަޔާމްއާ ކޮން ކަމެއްތަ..؟” ޔައިލްގެ އަޑުގައި ކޮންމެވެސް ވަރެއްގެ ހިތްހަމަނުޖެހުމެއް އެކުލެވިގެން ދިޔައެވެ.

“ދޮންބޭ.. މިކަމުގަ ހަގީގީ ކުށްވެރިއަކީ އަހަރެންގެ ބައްޕަ.. އަހަންނަށް ކިޔައިދޭން އެހާ ފަސޭހަ ވާހަކައެއް ނޫން އެއީކީ.. އެންމެ ރަނގަޅު ވާނީ ދޮންބެގެ ބައްޕަ ގާތު ދޮންބެ އަމިއްލައަށް އެހިއްޔާ.. އޭރުން ދޮންބެއަށް ވެސް ވަރަށް ރަނގަޅަށް އެނގޭނެ އަހަންނާ ޔަލީންއަށް ގުޅެވެން ނެތީ ކީއްވެކަން..” ޝަޔާމްއަށް ބުނެވުނީ އެވަރަށެވެ.

“އެހެންވީރު ކީއްވެ ޔަލް ގާތު އެހެން ނުބުނީ..؟ ކީއްވެ ބުނީ ޝަޔާމް ސީރިއަސް ކޮށް ކުރި ކަމެއް ނޫނޭ..؟” ޔައިލް އަހައިލުމާއި އެކު ޝަޔާމްއަށް ދެލޯ މަރައިލެވުނެވެ.

“އޭރުން ޔަލް އަހަރެން ދެކެ ރުޅި އަންނާނެ.. އަހަންނަށް ނަފްރަތު ކުރާނެ.. އޭރުން ޔަލްއަށް އަހަރެން މަތިން ހަނދާން ނައްތައިލަން ފަސޭހަ ވާނެ.. ޔަލް ކުރާ ހިތާމަ ވެސް ލުއި ވާނެ..” ޝަޔާމްގެ ޖަވާބުން ބުނާނެ އެއްޗެއް ނޭނގިފައި ޔައިލްއަށް ހުރެވުނީއެވެ.

“ދެން އަހަރެން ދަނީ ދޮންބޭ.. ހިތްހެޔޮ ކުރާތި.. ކުޑަ ދުވަސްކޮޅެއް ވިޔަސް ދޮންބެއާ އެކުގައި ހޭދަކޮށްލަން ލިބުނީތީ އަހަރެން އަސްލުގަވެސް ވަރަށް އުފާ ކުރަން.. އަހަރެންގެ އެއްބަނޑުއެއްބަފާ މީހެއް ނެތް އިރު އަހަންނަށް އެންމެ ފުރަތަމަ ބޭބެއެއްގެ ގޮތުގައި ދެކެވުނީ ދޮންބެ.. ދޮންބޭ.. އަހަންނަށް ހަމަ އެންމެ ކަމެއް ކޮށްދީ.. އަހަރެންގެ ޔަލީން އަހަންނަށް ބަލައިދީ.. ޔަލް އަކީ އަހަރެންގެ މުޅި ފުރާނަ.. ޓޭކް ކެއަރ އޮފް ހަރ ޕްލީޒް..” ޔައިލްގެ ކޮނޑުގައި ޖަހައިލަމުން ޝަޔާމް އޭނާގެ ފަހު ބަސް އިއްވައިލާފައި، ފަސް އެނބުރުނެވެ. ޝަޔާމް ގޮސް މަގުމައްޗަށް ނުކުންނަންދެން ވެސް ޔައިލްއަށް ހުރި ގޮތަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ލޯބިވާ ކޮއްކޮގެ ފުރަތަމަ ލޯބި، އެ ކޮއްކޮގެ އަތުން ބީވެގެން ދިޔަ ހިތްދަތި ގޮތް ބަލަން ޔައިލްއަށް އިންތިހާއަށް އުނދަގޫވިއެވެ.

“ޑޯންޓް ވޮރީ ޔަލް.. ޝަޔާމް ވެސް.. އަހަރެން ތި ދެކުދިންގެ ލޯބި ދެކުދިންނަށް ހޯދައިދޭނަން..” ޔައިލް އެވަގުތު އަމިއްލަ ނަފްސަށް ވަޢުދުވީ ހަރު އަޒުމަކާ އެކީއެވެ. ޔަލީން އާއި ޝަޔާމްގެ ދިރިއުޅުން އާރާސްތު ކުރުމަށް ޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް އޭނާ ކުރާނެއެވެ.

ގޭތެރެއަށް ވަން ޔައިލް ގޮސް ޔަލީންގެ ކޮޓަރި ދޮރުމަތީގައި ހުއްޓިލިއެވެ. ތަޅުގައި ހިފައިލި އިރު ދޮރު ތަޅުލާފައި ހުރުމުން ޔައިލް މާޔޫސްވިއެވެ. އެއާއެކު އެތެރެއިން އިވިގެން ފަނޑު ގިސްލުމުގެ އަޑުން ޔައިލް އިތުރަށް މާޔޫސްވިއެވެ. އެހެނަސް މިވަގުތު ޔަލީން އޭނާއާ ވާހަކަ ދައްކަން ބޭނުން ނުވާނެކަން އެނގޭތީ ޔައިލް ފަސްއެނބުރި ހިނގައިގަތީއެވެ.

ލަސް ފިޔަވަޅުތަކެއްގައި ޔައިލް ގޮސް އޭނާގެ ކޮޓަރި ދޮރު ހުޅުވައިލާފައި އެތެރެއަށް ވަނެވެ. އެވަގުތު ފާޚާނާއިން ނުކުތް އަޒަލް ފެނުމުން ޔައިލްއަށް އަޒަލްއަށް ބަލައިލެވުނެވެ. އޭނާގެ ގަމީހެއް ލައިގެން ހުރި އަޒަލް ދިޔައީ އަތުގައި އޮތް ތުވާލިން ތެތްކޮށް އޮތް އިސްތަށިގަނޑު ހިއްކަމުންނެވެ. ޔައިލްގެ ހުދު ކުލައިގެ ގަމީހެއް ލައިގެން ހުރި އިރު، އެ ގަމީސް އަޒަލްގެ ގަޔަށް ނުހަނު ދޫކޮށް ހުރި އިރު، ކަކުލަށް ވުރެ ތަންކޮޅެއް މައްޗަށް އަރައެވެ. ތެތްކޮށް އޮތް އިސްތަށިގަނޑުން ތަޅަމުން ދިޔަ ފެންތިކިތަކުން އަޒަލްގެ ކަނދުރާއާއި ކޮނޑު ތެންމަމުން ދިޔަ އިރު، އެއިން ކޮންމެ ފެންތިއްކަކާ މެދު ޔައިލްއަށް ހަސަދަވެރި ވެވުނެވެ. އަޒަލްގެ އެ ޖާދޫވީ ސޫރަ ފެނުމުން އެކަނިވެސް ޔައިލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ވަގުތުން އަޒަލްއާ ދިމާއަށް ޔައިލްއަށް ދެވުނީ ދަގަނޑަށް ދަގައްފާނު ދަމާ އުސޫލުންނެވެ.

އޭނާގެ ގާތަށް އަންނަމުން ދިޔަ ޔައިލް ފެނި އަޒަލްގެ ތުންފަތަށް ލަދުރަކި ހިނިތުންވުމެއް ވެރިވިއެވެ. އަތުގައި އޮތް ތުވާލި އަތަށް ބޮނޑިކޮށްލެވުނު އިރު، ޔައިލް އައިސް ކުރިމަތީގައި ހުއްޓުމުން އިސްޖަހައިލެވުނެވެ.

“މައި ކްލޯތްސް ލުކް ވޭ ބެޓަރ އޮން ޔޫ ޕްރިންސެސް..” އަޒަލްގެ އުނަގަނޑުގައި އަތް އަޅުވައިލާފައި، އޭނާގެ ކައިރިއަށް ދަމައިލަމުން ޔައިލް ކޮށްލި ތަޢުރީފުން އަޒަލް އިތުރަށް ލަދުގަތެވެ.

އިހުނަށްވުރެ ވެސް ބޮޑަށް އަޒަލް އޭނާގެ ގަޔާ ކައިރިކޮށްލަމުން، ޔައިލް އަޒަލްގެ ހަށިގަނޑުގައި ދެ އަތް ވަށައިލިއެވެ. އަޒަލްގެ ކަނދުރާގައި މޫނު ފޮރުވައިލަމުން ޔައިލް ފުން ނޭވާއެއް އެތެރެ ކޮށްލިއެވެ. އެއާއެކު ނޭފަތުގެ ހިނދުރިއަށް އެނގުންވެލައިގެން ދިޔަ މީރު ވަހުން ޔައިލްގެ ރޫހާއި ޖިސްމަށް ތާޒާކަން ލިބުނު ފަދައެވެ. އަދިވެސް ބޮޑަށް އަޒަލް އެ އަތުތެރޭގައި ފޮރުވައިލި ޔައިލް ހީވީ، އެއަށްވުރެ ވެސް ބޮޑަށް އަޒަލްއާ ގާތް ވާން ބޭނުން ވެގެން އުޅުނު ހެންނެވެ. އަޒަލްގެ ސަބަބުން އޭނާގެ ސިކުނޑީގައި އުފެދިފައިވީ ހައިޖާނުގަނޑު އިރުކޮޅަކަށް ނަމަވެސް ފިލައިގެން ދިޔަހެން ހީވިއެވެ.

“ޔައިލް.. ކަމެއް ވީތަ..؟” ހައެއްކަ މިނެޓު ވާންދެން ޔައިލް އެ ހުރި ގޮތަށް ހުރުމުން އަޒަލްއަށް ކޮންމެވެސް ކަމެއް ގޯސްވެއްޖެ ހެން ހީވިއެވެ. ޔައިލްގެ ކޮނޑުގައި އަތް ޖައްސައިލަމުން، އެ އަތުތެރެއިން ނުކުންނަށް އަޒަލް ގަދަ ހަދައިލި ނަމަވެސް، އެކަން ކާމިޔާބު ނުވީ، އެ ހަށިގަނޑުގައި ވަށައިލެވިފައިވީ ޔައިލްގެ ދެއަތް އިތުރަށް ބާރުކޮށްލުމުންނެވެ.

“ސްޓޭ ލައިކް ދިސް ފޯރ އަ ލިޓްލް ވައިލް ޕްލީޒް..” އަދިވެސް އަޒަލްގެ ކަނދުރާގައި މޫނު ފޮރުވާލައިގެން އޮވެ ޔައިލް ވައި އަޑުން ބުނެލި ޖުމުލައިން އަޒަލްގެ މުޅި ހަށިގަނޑުން ހީބިހި ހިލުވާލައިފިއެވެ. އަޒަލް ވެސް އިތުރަށް ޔައިލްއާ ދުރުވާން ނޫޅެ، އިތުރަށް ޔައިލްގެ މޭތެރޭގައި ބޮނޑިވެލަމުން، ޔައިލްގެ އިސްތަށިގަނޑުގެ ތެރޭގައި އަތް ހިންގައިލިއެވެ. ބޮލުގައި ރިއްސައިގަނެފައި ހުރި ޔައިލްއަށް އަޒަލްގެ އެ ޢަމަލުން ވީ އަރާމަކުން، ދެލޯ މަރައިލަމުން ހހިނިތުން ވެވުނެވެ. އޭނާގެ ހުރިހައި ކަންބޮޑުވުންތަކަކާއި ފިކުރުތައް އަޒަލްގެ އެންމެ ބީހިލުމަކުން ވެސް ނެތިދާ ގޮތުން ޚުދު ޔައިލް ވެސް ހައިރާން ވިއެވެ.

އިރިކޮޅަކުން ޔައިލް އަޒަލްއާ ދުރުވެލުމާއި އެކު، އަޒަލްގެ ޔައިލްގެ މޫނުގައި ދެއަތުން ހިފަހައްޓައިލިއެވެ. އަނެއްކާވެސް ކަމެއްވީތޯ ޔައިލް ގާތުގައި އަހައިލި އިރު، އެ އަޑުގައި ވީ އިންތިހާ ދަރަޖައިގެ ލޯތްބާއި އޯގާތެރި ކަމެވެ. ޔައިލްގެ އަތުގައި ހިފައިގެން ގެނެސް އެނދުމަތީގައި އިށީނދެފައި، އަޒަލް އަނެއްކާވެސް އެ ސުވާލު ތަކުރާރު ކޮށްލިއެވެ.

“ޔަލްއާ ޝަޔާމްގެ ކަންތައް.. އަޒް.. ދެންމެ ޝަޔާމް އެ ދިޔައީ މިގެއަށް އައިސް ޔަލްއާ އޮތް ގުޅުން ކަނޑާލާފަ..” ދެންމެ ހިނގި ހުރިހާ ކަމެއް ފެށިގެން ނިމެންދެން ޔައިލް އަޒަލްއަށް ކިޔައިދިނެވެ. ޔައިލްގެ ވާހަކަތައް ކަނުލައި އަޑުއަހަން އިން އަޒަލް ވެސް ހުރީ ޔަލީންއާ ދޭތެރޭ އިންތިހާއަށް ކަންބޮޑު ވެފައެވެ.

“ދެން ޔައިލް އެހާ ބޮޑަސް އެކަމާ ނުވިސްނާ.. އިރާދަކުރެއްވިއްޔާ އަދި ގޮތެއް ފެންނާނެ.. ޔަލް އެކަންޏެއް ނުވާނެޔޭ.. އަހަރެމެން ވެސް މިތިބީނު..” ޔައިލްގެ އަތުގައި ހިފައިލަމުން އަޒަލް ހިތްވަރު ދިނެވެ.

“އަހަރެން މާދަމާ ބައްޕައާ މި ވާހަކަ ދައްކާނަން.. އަހަރެން ބޭނުން ބައްޕައާ ޝަޔާމްގެ ބައްޕައާ ދޭތެރޭގައި ޖެހުނު މައްސަލަ ހޯދަން.. އޭރުން ވެސް އަހަންނަށް މިކަމަށް ހައްލެއް ހޯދަން ފަސޭހަ ވާނެ..” ޔައިލް ބުނީ އޭނާ ވިސްނާފައި އޮތް ގޮތެވެ. އަޒަލް ވެސް އެ ގޮތަށް ތާއީދު ކުރަމުން ޔައިލްގެ ކޮނޑުގައި ބޯ އަޅައިލިއެވެ. ހަމަ އެވަގުތު އަނެއްކާވެސް ބޯކޮށް ވާރޭ އޮއްސައިގަތުމާއި އެކު، ދެމީހުންނަށް ވެސް ސިހުމެއް ލިބުނެވެ.

“ޔައިލް ހިނގާ ތެމެން ދާން..” ބެލްކަނިން ބޭރުު ބަލައިލި އަޒަލް ވަގުތުން ޔައިލް ގާތު ކިޔަން ފެށިއެވެ.

“މިއޮށް ފަދަ ރޭގަނޑު..؟ ދެންމެއެއްނު އަޒް ފެންވަރައިގެން ވެސް ތި އައީ..؟ އަނެއްކާ ތެމުނީމަ ރޯގާ ވެދާނެ..” އަޒަލްއަކީ ކިރިޔާ ވާރޭކޮޅެއްގައި ޖެހިލިޔަސް ރޯގާ ޖެހިގެން ގޮސް ހަލާކުވާ މީހެއް ކަން ޔައިލްއަށް އޮޅިފަކައި ނެތެވެ. އެހެނަސް، މިވީހާ ތަނަށް ވެސް އަޒަލް ތެމެން ބޭނުން ވެއްޖެ ނަމަ، އެކަން ހުއްޓުވޭނޭ އެކަކު ވެސް ނުހުންނާނޭ ކަން ޔައިލް ދަނެއެވެ.

“ޕިސް.. އޯކޭ ވާނެ.. ހިނގާބަ..” ޔައިލްގެ އަތުގައި ހިފައި، ދަމައިލަމުން އަޒަލް ގޮސް ބެލްކަނީގެ ދޮރު ހުޅުވައިލިއެވެ. އޭނާ ބޭނުންވީ ކޮންމެ ގޮތެއް ހަދާފައި ވެސް ޔައިލްގެ ކަންބޮޑުވުންތަކުން އެ ވިސްނުން އިހަށް ދުރު ކޮށްލާށެވެ.

ޔައިލް ބެލްކަނީގެ ދޮރުމަތީގައި ހުރުމުން އަޒަލް ވާރޭގެ ތެރެއަށް ދުއްވައިގަތެވެ. ވެހެމުން ދިޔަ ބޯ ވާރޭގެ ތިކިތަކުގެ ފިނިފިނި ޙަމަލާތަކާ އެކު، އަޒަލްގެ ހިތަށް ލިބުނު ހިތްހަމަޖެހުން ބަޔާން ކުރަން ވެސް ދައްޗެވެ. ވަގުތުން ދެއަތް ފުޅާކޮށްލާފައި، ވާރޭގެ ތެރޭގައި އެނބުރެން ފެށި އަޒަލްއަށް ބަލައިލަމުން، ޔައިލް ބެލްކަނީގެ ދޮރުގައި ލެނގިލާފައި ހަށަން ބަނދެލިއެވެ. އަޒަލްގެ ކޮންމެ ޙަރަކާތެއް އެ ހިތުގައި ރައްކާ ކުރެވެމުން ދިޔަ އިރު، ޔައިލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އަޒަލް އެނބުރިލައި ގޮތަކުން އެ ތެމިފައިވީ ދިގު އިސްތަށިގަނޑު އަޒަލްގެ މޫނަށް ޙަމަލާ ދޭ ގޮތް ޔައިލްއަށް ނުހަނު ކަމުދިޔައެވެ. ވާރޭގެ ތިކިތައް އެ އޮމާން މޫނުގަޔާއި، ލޫޅާފަތި ހަށިގަނޑުގައި ބޮސްދެމުން ދިޔަ ގޮތުން ޔައިލްއަށް ހިންދިރުވައިލެވުނެވެ. އިރުކޮޅަކުން އަޒަލް ތެމިފޯވުމާއި އެކު، ލައިގެން ހުރި ހުދު ގަމީސް އެ ހަށިގަނޑުގައި ތަތް ލަވާފައި ހުރި ގޮތުން ޔައިލްގެ އިހުސާސްތައް ކޮޅުން ލައިގެން ދާން ފެށިއެވެ. ތުންފަތުގައި ދަތް އަޅައިލަމުން ޔައިލް ކުރިއަށް ފިޔަވަޅެއް އަޅައިލީ، އިތުރަށް ކެތް ކުރާނެހައި ހިތްވަރު ނެތުމުންނެވެ. އަޒަލްގެ ޖާދޫގައި ޖެހި، އެ ހިތް ދީވާނާ ވުމުންނެވެ.

އަމިއްލަ ދުނިޔެއެއްގައި އުޅެމުން ދިޔަ އަޒަލްއަށް ހަމަބިމަށް އާދެވުނީ އޭނާއާ ދިމާއަށް ބަލަހައްޓައިގެން ހުރި ޔައިލް ފެނުމުންނެވެ. އެ ތޫނު ނަޒަރުން ވަގުތުން އަޒަލްގެ ހިތުގެ ވިންދު އަވަސް ކުރުވައިފިއެވެ. އިރުކޮޅެއް ނުވެ ޔައިލް އޭނާއާ ގާތަށް ފިޔަވަޅު އަޅަން ފެށުމާއި އެކި، އަޒަލްއަށް ހިންދިރުވައިލެވުނެވެ.

ވަރޭގެ ތެރެއަށް ނުކުތުމާއި އެކު ޔައިލް ވެސް އިރުކޮޅެއްގެ ތެރޭގައި ތެމިފޯވެއްޖެއެވެ. ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ޔައިލް އަޒަލްގެ ކުރިމަތީގައި ހުއްޓިފައި، އަޒަލްގެ ބޮލުން ފެށިގެން ފަޔަށް ބަލައިލިއެވެ. ޔައިލްގެ އެ ކަތި ނަޒަރުން ވަގުތުން އަޒަލްގެ ކޯތާފަތް އެކީ ރަތްވެގެން ދިޔަ އިރު، އިސްދަށަށް ޖެހުނެވެ. ތެމިފައި ހުރި އިރު، ޔައިލް ލައިގެން ހުރި ބެއިޖް ކުލައިގެ ޓީޝާޓް އެ ހަށިގަނޑަށް ހިފައިލާފައިވީ ގޮތުން، ލަދުގަތް ނަމަވެސް އަޒަލްއަށް ހިތާހިތުން ތައުރީފް ކޮށްލެވުނެވެ. އެއާއެކު ޔައިލް އޭނާގެެ އަތްދަނޑި މައްޗަށް އަޒަލް އުފުލައިލަމުން ހިނގައިގަތީ އެތެރެއަށް ވަންނާށެވެ. އެއިން އެންމެ ފަހަރަކުވެސް ޔައިލްގެ ނަޒަރު އަޒަލްގެ މޫނުން ވަކި ނުވެއެވެ.

އެނދާ ހަމައަށް ގޮސްފައި ޔައިލް އަޒަލް އެނދުމަތީގައި ބާއްވައިލިއެވެ. އެއަށްފަހު އަޒަލްއާ ދިމާއަށް ގުދުވެލަމުން ޔައިލް އެ މޫނަށް ފުންކޮށް ނަޒަރު ހިންގައިލިއެވެ. ޝަބްނަމްގެ ތިކިތައް ފަދަ ވާރޭގެ ފެންތިކިތައް ވިދައި ބަބުޅަމުން ދިޔަ އެ މޫނުގެ އެތަން މިތަނުގައި ޔައިލް ބޮސްދޭން ފެށީ ދީވާނާއެއް ފަދައިންނެވެ. ޔައިލްގެ ކޮންމެ ޢަމަލެއްގައި ފުރިހަމައަށް ބައިވެރި ވަމުން ދިޔަ އަޒަލް ދެލޯ މަރައިލަމުން، ޔައިލްގެ އިސްތަށިގަނޑުގެ ތެރެއަށް އަތްތިލަ މަހައިލިއެވެ. ޔައިލްގެ ކޮންމެ ޢަމަލަކުން ދައްކުވައިދެމުން ދިޔައީ އޭނާ އަޒަލް ދެކެ ލޯބިވާ މިންވަރެވެ. އަޒަލްއަށް އެ ހިތް އެދޭ މިންވަރެވެ. ހިނދުކޮޅެއްގެ ތެރޭގައި ޔައިލްގެ ހުރިހާ ކަންބޮޑުވުންތަކެއް ފިލައިގެން ދިޔަ އިރު، އެ ހިތާއި ސިކުނޑީގައި ރަނިކަން ކުރަމުން ދިޔައީ ހަމައެކަނި އަޒަލްއެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories1K Comments

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

އެކްޓަރ(ޓީޒަރ)

Next

މާރެސް – 2

Next
March 23, 2025

މާރެސް – 2

Previews
March 23, 2025

އެކްޓަރ(ޓީޒަރ)

10 Comments!

  1. Yaann says:
    March 23, 2025 at 3:36 pm

    Masha Allah….
    vrh reethi ❤️❤️❤️…
    big fan ❤️
    waiting for the next part…

  2. Vaahaka moya says:
    March 23, 2025 at 3:44 pm

    When next???
    Mi part vx varah varah reethi….
    Can’t wait for next part…..
    Please upload next…

  3. yail says:
    March 23, 2025 at 3:44 pm

    big fan….
    vrh reethi ❤️…
    Masha Allah…
    keep it up ❤️❤️❤️…
    waiting for the next part…

  4. Aalerrr says:
    March 23, 2025 at 5:00 pm

    Masha Allah mi part vx vrh reethi ❤️💯
    When’s next part???
    Curiously waiting for the next part 🙂✨

  5. Anonymous says:
    March 23, 2025 at 5:14 pm

    Alheyh hama rovijje🥲 Ma Sha Allah v reethi mi part vx ♥️ pls yal and shayaam dhuru nukurahchey 🥺milaan mennah vissneyne nama dhw ♥️ waiting for the next part when next…

  6. Cutie girl says:
    March 23, 2025 at 5:15 pm

    Mi part ves ves v reethi masha Allah
    Curiously waiting for next part
    Keep it up
    Alhey yal and shayaam dhuru nukurachey
    Aaroo and zaul ves
    Azal and yail ves
    They all are made for each other
    Aww yail and azal haadha rom ey😍
    Haadha curious kohlaafa thi nimaaly
    I appreciate your hard work
    I think milaan akah ves nuhureveyne egothah rulhineh
    Thihaa busy koh ulhemen ves vaahaka kiyaalan libeythee v ufaavey
    Tc ❤️😘
    Ly naayoo ❤️😗

  7. 💋 says:
    March 23, 2025 at 7:25 pm

    Masha Allah vrh reethi mi part vc
    Alhe yaleen aa shayaam ah v gothun hama rovijje ekm edhemyhun anekkaa vc gulhuvahchey
    Azz aa yail ge bai kiyaafa hama blush vefa innany 😂😭
    Next part ah vrh inthizaaru kurevey
    Keep it up

  8. gurrrrl says:
    March 23, 2025 at 7:37 pm

    mashallah vrh reethi mi part ves
    when next part cant wait for it
    proud of you naaya sis
    keep it up
    luv you

  9. 🫦 says:
    March 23, 2025 at 8:45 pm

    This is the most beautiful story I have ever read ❤️❤️❤️😍😍🥰😋
    Pls upload next

  10. Nayaa Nayaa says:
    March 24, 2025 at 1:42 am

    Subuhanallah miadhu mi othii 3 parts ekkoh kiyaalan libifa dho.. Hehe.. Thank you for the sweet comments hurihaa kudhin ❤️
    Miadhu dhen ehaa baivaru parts kiyaalan libuneema miadhah dhen fudheyne kanneynge dhw.. hehe.. ehenveema next episode dhen submit kohlaanii maadhamaa 🥰
    Thanks again everyone for the endless love and support! ❤️

Comments are closed.

Next Episodeތިޔަ ލޯތްބަށް އެދެވޭތީ… 34←


All Right Reserved!