Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔަ ލޯތްބަށް އެދެވޭތީ… 32

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories1K Comments
March 23, 2025 8 Mins Read
15 Comments

“އެކަމަކު.. ބައްޕަ ދުވަހަކުވެސް ހިއެއް ނުކުރަން ބައްޕައަށް މާޒީގައި ކުރެވުނު ކުށުގެ ސަބަބުން ދަރިފުޅުގެ ހަޔާތް ބަރުބާދުވެގެން ހިނގައިދާނެ ކަމަކަށް.. ބައްޕައަށް މައާފު ކުރޭ ދަރިފުޅާ.. މިއަދު ބައްޕަ އަކީ ދަރިފުޅުގެ ވެސް ކުށްވެރިއެއް..” އިސްދަށަށް ޖަހައިގެން ހުރެ ޝަޔާމްއާ ވީ ދިމާއަށް އެނބުރިލަމުން ޝިޔަލް ބުނެލިއެވެ. އެހެނަސް، ޝިޔަލް ބުނި އެއްވެސް ވާހަކައަކަށް ރައްދެއް ނުދީ އިން ޝަޔާމް، ޝިޔަލްއާ ދިމާއަށް ބަލައިލުމެއްވެސް ނެތި، އެ ކޮޓަރިން ނުކުމެގެން ދިޔައީއެވެ. ލޯބިވާ ދަރިފުޅު ހަގީގަތުގައި ވެސް އޭނާއާއި ދޭތެރޭގައި ހިތް ގޯސްވެއްޖެ ކަން އިހުސާސް ކުރެވުމާއެކު ޝިޔަލްގެ މުޅި ދުނިޔެ އެފުށްމިފުށަށް ޖެހުނު ކަހަލައެވެ. ދުވަހަކުވެސް ޝަޔާމްގެ މަޢާފު ނުލިބޭނެޔޭ ހީވެ، ޝިޔަލްގެ ހިތް ކުދިކުދި ވިއެވެ. މޫނުމަތީގައި އަތް އަޅައިލެވުމާއެކު، ގިސްލަގިސްލާފައި ރޯން ފެށުނީ ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުންނެވެ. އެހެނަސް މި ވޭނާއި ސަޒާ އޭނާއަށް ހައްގު ކަމަށް ވެސް އަމިއްލަ ހިތުގެ ކަނަކުން ގޮވަމުން ދިޔައެވެ.

ޝިޔަލްގެ ކޮޓަރިން ނުކުތް ޝަޔާމް ގޮސް ވަނީ އޭނާގެ އަމިއްލަ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަދެ ދޮރު ޖެހުމާއި އެކު، ޝަޔާމްގެ ބަޑި ފަޅައިގެން ދިޔައެވެ. ގިސްލަގިސްލާފައި ރޮމުން ބިންމައްޗަށް ތިރިވި ގޮތުން ހީވީ، މިއޮށް ހުރިހައި އިރަކު ހިތުތެރޭގައި ބަންދުކޮށްގެން އުޅުނު އިހުސާސްތައް އެއްފަހަރާ ބޭރުކޮށްލަން އުޅުނު ހެންނެވެ.

މިއަދު އޭނާ “ސުޕަހީރޯ”ގެ ގޮތުގައި ދެކުނު ބައްޕަ އޭނާގެ ހިތް ކުދިކުދި ކޮށްލައިފިއެވެ. ދުވަހަކުވެސް ނުފިލާނޭ ވަރުގެ ކޫރުމެއް އެ ހިތުގައި އަޅުވައިފިއެވެ. އޭނާގެ އުފަން ބައްޕަ އަކީ އެހައި ގޯސް މީހެއްކަން ގަބޫލު ކުރަން އަދިވެސް އޭނާއަށް އުނދަގޫ ވަނީއެވެ. އޭނާއަށް ހެވާ ނުބައި ދަސްކޮށްދީ، ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރި ބައްޕަ އެހައި ބޮޑު ފާފައަކަށް އަރައިގަނެފައިވާ ކަމަށް ހީކުރެވިފައި ވެސް ނެތީއެވެ.

ޔައިނާ އާއި މިލާންގެ ނަފްރަތު އޭނާގެ ބައްޕައަށް ހަމަ ހައްގެވެ. ހަގީގަތުގައި މިލާން ރުޅި އައި ވަރު އަދި ކުޑައެވެ. ޝަޔާމްއަށް ވިސްނައިލެވުނީ މީހަކު ޔަލީންއަށް އެފަދަ ކަމެއް ކޮށްފި ނަމަ އޭނާއަށް ވާނޭ ގޮތެވެ. އެމީހެއްގެ ފުރާނަ ދުއްވައިލަން ވެސް ފަސްނުޖެހޭ ވަރަށް އޭނާ އެމީހަކަށް ނަފްރަތު ކުރާނެއެވެ. ވީއިރު، މިލާންގެ ހިތުގައި އަދި ކިހައި ވަރަކަށް ވޭން އަޅާނެ ހެއްޔެވެ؟ މިރޭ ވެސް ޝިޔަލް ފެންނަ އިރަށް ޔައިނާއަށް ވީ ވަރު ހަނދާން ވުމުން ޝަޔާމް އިންތިހާއަށް ހިތުގައި ޖެހުނެވެ. ޔަގީނުންވެސް އެހައި ވަރު ވާނީ އަދިވެސް އެރޭ އޭނާގެ ބައްޕަގެ ސަބަބުން އެ ހިތުގައި ލެވުނު ޒަޚަމުން ލޭ ފައިބާތީ ތާއެވެ. އަދިވެސް އެ މަންޒަރުތައް އިޔާދަ ވުމުން އިންތިހާއަށް ބިރުގަންނާތީ ތާއެވެ.

ކަންތައް ގޮސްފައި އޮތް ހިސާބުން ދެން އެންމެ ރަނގަޅު ގޮތަކީ އޭނާ ވެސް ބަލި ޤަބޫލުކޮށް ޔަލީންއާ ދުރުވުން ކަމުގައި ޝަޔާމްއަށް ނިންމުނެވެ. އޭނާގެ ބައްޕަގެ ސަބަބުން އެހައި ބޮޑު ހިތާމައެއް އެ ޢާއިލާއަށް ކުރިމަތިވެފައިވާ އިރު، އެ ޢާއިލާގެ މީހެއްގެ ކުރިމައްޗަށް އަރަން ވެސް އޭނާއަށް ދެން ނުކެރޭނެއެވެ. އޭނާގެ ބައްޕަ ކުރީ އެހައި ވެސް ހުތުރު ޢަމަލެކެވެ. އެފަދަ ކަންތައްތަކަށް އެންމެ ދެކޮޅު ހަދާ، ބާރަށް ބަސް ބުނާ ޝަޔާމްގެ ދޫ މިއަދު ބަންދުވެފައި ވަނީ، އަމިއްލަ ލޭ ހިނގާ އުފަން ބައްޕަ ވެސް އެއިން މީހަކަށް ވެފައި ވާތީއެވެ.

އެތައް އިރަކު ވިސްނުމަށް ފަހު ޝަޔާމް އޭނާގެ ފަހުގެ ނިންމުން ނިންމިއެވެ. އެންމެ މަސްލަހަތު ރަނގަޅު ގޮތަކީ އޭނާ ވެސް ދެން ޔަލީންއާ ދުރުވުން ކަމުގައި ޝަޔާމްއަށް ވިސްނުނެވެ. ފަހަރުގައި މިލާން އޭނާއަށް ޔަލީންއާ ގުޅުމުގެ ހުއްދަ ދިނަސް، ޝިޔަލްގެ ދަރިއެއްގެ ގޮތުގައި ހުރެ، އެ ޢާއިލާގެ ތެރެއަށް ވަންނާކަށް ޝަޔާމްއަށް ލާހިކެއް ނޫނެވެ. ޙަޔާތުގައި ފުރަތަމަ ފަހަރަށް، ޝިޔަލްގެ ދަރިއަކަށް ވީތީ، އަމިއްލަ ނަފްސު ދެކެ އިންތިހާއަށް ނަފްރަތު ކުރެވުނެވެ.

އެހެނަސް، ޔަލީންއާ ދުރުވާން ހަމައެކަނި ވިސްނައިލިޔަސް، އެ ހިތުގައި އަޅާ ވޭން ދެނެވޮޑިގެން ވަނީ ހެއްދެވި އިލާހެވެ. އެ ހިތުގެ ވިންދާއި ނުލައި ދިރިއުޅޭނެ ގޮތް ހިތަށް އަރުވައިލުމުން އެކަނިވެސް، އެ ހިތް އެކުގައި ކުދިކުދިވެ ފައިބާހެން ޝަޔާމްއަށް ހީވަމުން ދިޔައެވެ. އެހެނަސް، އަމިއްލަ ހިތުގައި އަތް އަޅައިގެން ވިޔަސް ޝަޔާމް އެކަން ކުރާނެއެވެ. އޭނާގެ ބައްޕަގެ ސަބަބުން އެ ޢާއިލާއަށް ލިބުނު ވޭން، އޭނާގެ ސަބަބުން ދެގުނަ ވެގެން ދާން ޝަޔާމް ދުވަހަކުވެސް ނޭދޭނެއެވެ.

*** ** ***

އެނދުމަތީގައި އޮތް ޔަލީންގެ ލޮލުން ފައިބަމުން ދިޔަ ހިމޭން ކަރުނަތިކިތަކާއި އެކު، އިރުއިރުކޮޅާ އެ ދެތުންފަތް ފޫއަޅުވައިލާފައި ނުކުންނަ ވޭނީ ގިސްލުމުގެ އަޑުން ކޮޓަރިތެރޭގެ ހިމޭންކަން ނަގައިލާފައި ވެއެވެ.

“ޔަލް ދެން ތެދުވަން ވީނު އެއްޗެއް ކައިލަން.. މިިހާރު ދެ ދުވަސް ތި ވަނީ ތިހެން އެއްޗެއް ނުކައި އޮންނަތާ..” ޔަލީންގެ ހޭވިފައިވީ އިސްތަށިގަނޑުގައި ފިރުމައިލަމުން އަޒަލް ބުނެލީ، އިންތިހާއަށް ކަންބޮޑުވެފައި ހުރެއެވެ. ނަމަވެސް ޔަލީންގެ ފަރާތުން އެއްވެސް އިޝާރާތެއް ނުވުމުން މިފަހަރުވެސް އަޒަލްއަށް ޖެހުނީ ކަރު އެލުވައިލާށެވެ.

“ޔަލް..” އެވަގުތު ކޮޓަރި ދޮރު ހުޅުވައިލާފައި ބޯ ދިއްކޮށްލި އާރާ ގޮވައިލުމުން، އަޒަލް އެދިމާއަށް ބަލައިލިއެވެ. ދޮރުމަތީގައި ތިބި އާރާ އާއި ޒައުލް ފެނިފައި، އަޒަލް ހިނިތުންވެލާފައި، އެދެކުދިން ގާތު ވަންނާށޭ ބުނެލިއެވެ. އާރާ އާއި ޒައުލް ގޮސް ޔަލީން ކައިރީގައި އިށީނުމުން އަޒަލް އެ ކޮޓަރިން ނުކުތީ، އޭނާ ދިޔުމުން ޔަލީން އާރާ އާއި ޒައުލްއާ ވާހަކަ ދައްކަފާނެތީއެވެ. ކުޑައިރުވެސް ކިރިޔާ ދެރަވާ ވަރުގެ ކަމެއް ވިޔަސް، ޔަލީން އެންމެ ފުރަތަމަވެސް އެކަން ހިއްސާ ކުރަނީ ޒައުލް އާއި އާރާއާ ކަމަށް ވީތީއެވެ.

“ޔަލް.. ދެން އަބަދު ތިހެން އޮވެ ރޯކަށް ނުވާނެ އެއްނު.. އެއްޗެއް ނުވެސް ކަންތަ..؟” ޔަލީންގެ ބޮލުގައި ފިރުމައިލަމުން އާރާ ވާހަކަ ދެއްކި ނަމަވެސް ޔަލީންގެ އެއްވެސް އިޝާރާތެއް ނުވެއެވެ.

“ޔަލް.. އަހަރެމެންނާ ވާހަކަ ދައްކަބަލަ.. ހިތުގަ ހުރި އެއްޗެހި ޝެއަރ ކޮށްލީމަ ވެސް ތަންކޮޅެއް ފަސޭހަ ވާނެ..” ޒައުލް ވެސް ބެލީ ޔަލީންގެ އަނގައިން ބުނެވޭތޯއެވެ. އަބަދުވެސް މަޖާކޮށް، އެންމެ އަނގަގަދަ ކޮށް އުޅޭ ޔަލީންގެ ބަސްމަދުކަމުން ދެމީހުންނަށް ވެސް ދިޔައީ އިންތިހާއަށް އުނދަގޫ ވަމުންނެވެ.

“ޔަލް.. ދޫނީ.. ދެން ވާހަކަ ދައްކަބަލަ..” އާރާ މިފަހަރު ގޮވައިލުމުން ޔަލީން ބާލީސް މަތިން މޫނު ނެގިއެވެ. އެވަގުތު އެ ދުޅަވެފައިވީ ދެލޮލާއި، ރަތްވެފައިވާ މޫނު ފެނި އާރާގެ ހިތުގައި ރިއްސައިލީ އިންތިހާއަށެވެ.

“އަޅޭ ޔަލް.. ކަމް ހިއަރ..” ޔަލީންގެ އަތުގައި ހިފައި ގެނެސް، އޭނާގެ މޭގައި އާރާ ޖައްސައިލުމާއި އެކު، ޔަލީންގެ ގިސްލުމުގެ އަޑު ބާރުވިއެވެ. ޔަލީންގެ ބޮލުގައި ފިރުމަމުން، އާރާ ވެސް އިނީ ޔަލީން ރޯނެ ވަރަކަށް ރޯން ފުރުސަތު ދީގެންނެވެ.

“އާރޫ.. އަހަ.. އަހަރެން.. އަހަރެން ދެން ކިހިނެއް.. ހަދާނީ..؟ އަހަންނަކަށް ނޫޅެވޭނެ.. ޝަޔާމްއާ.. ވަކިންނެއް.. އާރޫ.. ޕްލީޒް.. އަހަރެންގެ ބައްޕަ.. ބައްޕަ އެއްބަސް ކޮށްދީ.. އާރޫ ޕްލީޒް.. އަހަރެން މަރުވެދާނެ..” ޔަލީންގެ އަޑު ކެނޑިކެނޑިގެން އައި ނަމަވެސް، ބުނި އެއްޗެއް އާރާއަށާއި ޒައުލްއަށް ވަރަށް ރަނގަޅަށް ފަހުމް ވިއެވެ. ދެމީހުން އެކަކު އަނެކަކަށް ބަލައިލި އިރު، ދެ ލޮލުގައިވެސް ވީ، އެންމެ ގާތް އެކުވެރިޔާއަށް ޓަކައި އިންތިހާ ދަރަޖައިގެ ހިތާމައެވެ. ޔަލީންއަށް އެހީވާނޭ ގޮތެއް ނުވިސްނޭތީ، އަމިއްލަ ނަފްސަށް ކުރެވޭ ނަފްރަތެވެ.

“ޔަލް.. ހުއްޓާލަބަލަ.. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ވެސް ރަނގަޅު ވާނެ.. އެކަމަކު ޔަލް ތިހެން އަބަދު ރުއީމަ އެއްވެސް ކަމެއް ހައްލެއް ނުވާނެއެއްނު.. ޔަލް ނުވެސް ކައި އޮންނާތީ އެންމެން ވެސް އެ ތިބެނީ ޔަލްއާ ދޭތެރޭ ފިކުރު ބޮޑުވެފަ.. ދޮންތައާ ދޮންތަބެއާ ޔައިއްތައާ ނީލާއްތަ ވެސް.. އަދި މިލާންބެ ހުންނަނީ ވަކިން ހާސްވެ ދެރަވެފަ..” އާރާ ހަމަ މިލާންއޭ ބުނުމާއި އެކު ޔަލީން އާރާއަށް ބަލައިލީ ރުޅިވެރި ނަޒަރަކުންނެވެ.

“ބައްޕަ އަހަރެން ނުކާތީ އަހަރެން ރޯތީ ދެރަވަގެން ކަންބޮޑުވެގެން އުޅެންޏާ އަހަންނާ ޝަޔާމްއާ ދުރު ނުކުރުވީސް.. ތިވަރަށް ދަރިން ދެކެ ލޯބިވާ ބައްޕައެއް ނަމަ ދަރިންގެ އުފަލަށް ވުރެ އަމިއްލަ އެދުން އިސް ނުކުރީސް.. ޝަޔާމްގެ ބައްޕައާ އަހަރެންގެ ބައްޕައާ ޖެހުނު މައްސަލައަކާ އަހަންނާ ޝަޔާމްއާ ކޮން ކަމެއްތަ..؟” ޔަލީންގެ އަޑުގައިވީ ނަފްރަތެވެ. ދުވަހަކުވެސް ބައްޕައާ ދިމާއަށް ޗުއްޕު ވެސް ނުބުނާ ކުއްޖާ މިއަދު ބައްޕަގެ ވާހަކަ ދެއްކި ގޮތުން އާރާގެ އިތުރުން ޒައުލް ވެސް ހައިރާން ވިއެވެ.

އެހެނަސް، ޔަލީންގެ ވާހަކަތަކުން އެންމެ ބޮޑަށް އަސަރު ކުރީ އެ ކޮޓަރީގެ ދޮރުމަތީގައި ހުރި މިލާންގެ ހިތަށެވެ. ލޯބިވާ ދަރިފުޅުގެ ހިތް އޭނާއަށް ޓަކައި ޝަކުވާ އާއި ނަފްރަތުން ފުރިފައިވާ ކަން އެނގުމުން އެ ހިތް ކުދިކުދިވީ ފަދައެވެ. ނަމަވެސް، ޔަލީން ކިތަންމެ ދެރަވީ ނަމަވެސް އޭނާއަށް ޝަޔާމްއާ ގުޅުމުގެ ހުއްދައެއް ނުދެވޭނެއެވެ. އެގޮތަށް އޭނާ ކަންތައް ކުރީ ހަމަ ޔަލީނަށް ރަނގަޅަކަށް ކަން ޔަލީނަށް ވިސްނޭނެ ނަމައޭ މިލާންގެ ހިތަށް އެރިއެވެ.

“ޔަލް.. ތިހެން ނުބުނޭ.. ޔަލްގެ ބައްޕަ ވެސް ހަމަ ހުރެފަ އެހާ ބޮޑު ނިންމުމެއް ނުނިންމާނެ.. އެންމެ ފަހަރަކުވެސް ރީއްޗަށް ބައްޕަ ގާތު އަހާލަބަލަ ވީ ގޮތް.. އެހެންނޫނީ ޝަޔާމް ގާތު އަހާލަން ވީނު.. ޝަޔާމްއަށް ފަހަރެއްގަ އޭނަގެ ބައްޕަގެ ފަރާތުން އެނގިފަ ވެސް އޮވެދާނެ އެއްނު.. ވީ ގޮތެއް އެނގުނީމަތާ ތިކަމަށް ހައްލެއް ވެސް ހޯދަން އެނގޭނީ..” ޒައުލް ބެލީ ޔަލީންއަށް ވިސްނައިދެވޭތޯއެވެ.

“ޝަޔާމް ކައިރި އެއްޗެއް އެހޭނީ ވެސް ޝަޔާމް އަހަންނާ ވާހަކަ ދައްކައިގެންނު.. ދެ ދުވަސް ވީ އިރުވެސް އަހަރެން ކުރި މެސެޖަކަސް ރިޕްލައި ދިނީކީ ނޫން.. ގުޅީމަ ފޯނު ނެގީކީ ނޫން.. ޝަޔާމް އެހާ އަވަހަށް އަހަރެން ދޫކޮށްލީ ކަންނޭނގެ.. ހީ ގޭވް އަޕް އޯލްރެޑީ..” އަނެއްކާވެސް އާރާގެ ގައިގައި އޮޅުލައިގަތް އިރު، ޔަލީންއަށް ގިސްލަގިސްލާފައި ރޮވެން ފެށުނެވެ.

“އެއްކަލަ ޔަލް.. ތިހާ ނެގެޓިވްކޮށް ނުވިސްނަބަލަ.. ވެދާނެ އެއްނު ޝަޔާމްގެ ބައްޕަ ޝަޔާމްއަށް ޔަލްއާ ވާހަކަ ދެއްކުން މަނާ ކުރީ ކަމަށްވެސް.. އަހަރެން ޝަޔާމްއާ ގުޅައިގެން ވީ ގޮތް އޮޅުންފިލުވާނަން.. ދެން އެވަރަށް ނުވިސްނާ..” ޔަލީންގެ ބޮލުގައި ފިރުމައިލަމުން ޒައުލް ބުނެލިއެވެ. ޒައުލް ޝަޔާމްއާ ވާހަކަ ދައްކާނެ ކަމަށް ބުނުމުން ޔަލީންގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ.

*** ** ***

ޒާރާމެން ގޭގެ ސިޓިން ރޫމުގައި ތިބި އަފާންއާއި، ޒާރާއާއި، ޔައިނާއާއި، މިލާންއާއި، އަޒާންގެ އިތުރުން ލައުރާ ވެސް ދައްކަމުން ދިޔައީ ޝަޔާމް އާއި ޔަލީންގެ ވާހަކައެވެ.

“އެކަމަކު ހާދަ ހީނުވެޔޭ ޝިޔަލްގެ ދަރިއަކަށް ވެދާނެހެން ވެސް.. އާރޫ ބުނި ވިއްޔަ އާރޫއާ ޒައުލްއާ އެކީ ޔަލްއާ ޝަޔާމް ނުލާހިކު ގިނައިން އުޅުނޭ.. އަބަދުވެސް ވަރަށް މަޑުމަޑުންނޯ ހުންނާނީ.. އުޅޭ ގޮތުން ވެސް އެނގޭނެޔޯ ޔަލް ދެކެ އޭނަ ލޯބިވާ ވަރު.. އަނެއްކާ އެހާ ހަރުދަނާ ވަޒީފާއެއްގަ އެ އުޅެނީ.. ކާކު ހީވެސް ކުރާނީ..” ޒާރާއަށް ވެސް ޝަޔާމްގެ ފުށުން ޝިޔަލްގެ އެއްވެސް ސިފައެއް ނުފެނުނީތީ، އެކަން ގަބޫލު ކުރަން އުނދަގޫވިއެވެ.

“ކޮންމެ މީހަކު ވެސް ފުރަތަމަކޮޅު ހުންނާނީ އެހެން.. ޝިޔަލް ވެސް އޭރު ވަރަށް ހަރުދަނާ.. ޑޮކްޓަރަކަށް ވާން ކިޔަވަމުން ދިޔައީ.. ކާކު ހީވެސް ކުރާނީ އެވަރުގެ ބޮޑު ކަމެއް ކޮށްފާނެޔޭ ވެސް..” މިލާން ބުނެލުމާއި އެކު ދެން ތިބި އެންމެން ވެސް އެއްބަސް ވިއެވެ.

“އަހަރެން ހިއެއް ވެސް ނުކުރަން އަހަރެމެންގެ މާޒީގެ ހިޔަނި މިހާ ހިތި ގޮތަކަށް އަހަރެމެންގެ ދަރީންގެ ދިރިއުޅުމަށް އެޅިދާނެއެކޭ.. އަހަރެންގެ ޔަލީން ހާދަ ހިތާމައެކޭ އެ ކުރަނީ.. އެ ކުއްޖާ ހާދަ ވަރަކަށް ރޮއޭ.. އެއްޗެއް އަރުތެރެއިން ދިރޭ ކަމަކަށް ވެސް ނުވޭ..” ޔައިނާ އެންމެ ދެރަވަނީ ލޯބިވާ ދަރިފުޅު ކުރާ ހިތާމަ ފެނިފައެވެ. އެހެނަސް ދަރިފުޅުގެ ހިތާމަ ލުއިކޮށްދޭން ބުނާނެ ބަހެއް، ކުރާނެ ކަމެއް ވެސް އޭނާއަކަށް ނޭނގެއެވެ.

ހަމަ އެވަގުތު ގޭގެ ދޮރު ހުޅުވައިލާފައި ވަން އާރާ އަށާއި ޒައުލްއަށް އެންމެންގެ ނަޒަރު ހުއްޓުނެވެ. އެ ދެމީހުން އެ އައީ ޔަލީން ގާތަށް ގޮސްފައިކަން އެތަނުގައި ތިބި އެންމެންނަށް ވެސް އެނގޭނެއެވެ.

“ދަރިފުޅުމެންނޭ.. ޔަލް އަދިވެސް ހަމަ އެހެންތަ..؟” ލައުރާ އަހައިލުމާއި އެކު ޒައުލް އާއި އާރާ އެކުގައި ބޯޖަހައިލިއެވެ.

“ޔަލް ހުސް ރޮނީ.. އަޅުގަނޑުމެންނާ ވެސް ވާހަކަ ދެއްކެނީ ކިރިޔަ ކިރިޔާ.. ދެއްކިޔަސް ދައްކަނީ ޝަޔާމްގެ ވާހަކަ..” އާރާ ތަފްސީލް ދިނުމުން އެންމެން ވެސް ދެރަވިއެވެ. އެކަކު ވެސް އެއްވެސް އެއްޗެއް ނުބުނެ ތިބުމުން އާރާ އާއި ޒައުލް ގޮސް ނުކުތީ ބެލްކަންޏަށެވެ.

ބެލްކަންޏަށް ނުކުމެފައި ޒައުލް އެންމެ ފުރަތަމަވެސް އޭނާގެ ފޯނު ނަގާފައި ޝަޔާމްގެ ނަމްބަރަށް ޑައިލް ކޮށްލިއެވެ. ހަތަރުވަނަ ރިންގާއެކު ޝަޔާމް ފޯނު ނެގުމުން ޒައުލް އަވަސްއަވަހަށް ފޯނު ކަންފަތުގައި ޖަހައިލަމުން ހަލޯއޭ ބުނެލިއެވެ.

“ޝަޔާމް.. ކޮންތާކު ތި އުޅެނީ..؟ ފޯނަށް ކިހިނެއް ހަދައިގެން ތި އުޅެނީ..؟ ކީއްވެތަ ޔަލްގެ އެއްވެސް ކޯލަކަށް ޖަވާބެއް ނުދެނީ..؟” ޒައުލް ފުރަތަމަ ވެސް އަހައިލީ އެހެންނެވެ. އެއާއެކު އެދެމެދުގައި ހަމަހިމޭން ކަމުގެ ސުކޫތެއް ހިނގައި ދިޔައީ ޝަޔާމް އެއްވެސް އެއްޗެކޭ ނުބުނުމުންނެވެ. ދެމީހުން ކުރެ އެކަކު ވެސް އެއްޗެކޭ ނުބުނުމުން އާރާ ޒައުލްގެ އަތުން ފޯނު ޖަހައިގަތެވެ.

“ޝަޔާމް.. ޔަލް ރޮއެރޮއެ ހަލާކު ވަނީ އެ.. އެހާ އަވަހަށް ގިވް އަޕް ނުކުރޭ.. ޔަލް މަރުވެދާނެ.. އޭނަ ހާދަ ހިތާމައެކޭ އެ ކުރަނީ.. އެއްޗެއް ކެވެނީކީ ވެސް ނޫން.. ކޮޓަރިން ނުކުންނަނީކީ ނޫން.. އަހަރުމެންނަށް އެނގޭ ޝަޔާމް ވެސް ހުންނާނީ ވަރަށް ދެރަވެފަ ކަން.. ބަޓް ވީ ކޭން ސްޓިލް ފިކްސް ދިސް..” އާރާ ބެލީ ޝަޔާމްއަށް ވިސްނައިދެވޭތޯއެވެ.

“ތެދެއް ޝަޔާމް.. އަހަރެމެން ވެސް މި ތިބީ ދެމީހުންނަށް ހެލްޕް ވާށޭ.. ޔަލްގެ ބައްޕައާ ޝަޔާމްގެ ބައްޕައާ ދޭތެރޭގައި ޖެހިފަ އޮތް މައްސަލައެއް އެނގުނީމަ އަހަރެމެންނަށް ހައްލެއް ވެސް ހޯދިދާނެ.. ޝަޔާމް ބައްޕަ ގާތު އަހާލައިގެން ވީ ގޮތެއް ހޯދަން ވީނު..” އާރާ ފޯނު ސްޕީކަރަށް ލުމާއި އެކު ޒައުލް ވެސް ބުނެލީ، ޝަޔާމްއަށް ހިތްވަރުދޭ ރާގެއްގައެވެ.

“އަހަރެން އަމިއްލައަށް ޔަލީންއާ ވާހަކަ ދައްކާނަން.. އެކަމަކު އަދި ކުޑަ ދުވަސްކޮޅެއް ދީ.. އެހައި ތަނަށް ޔަލް ބަލައިދީ.. ޓޭކް ކެއަރ އޮފް ހަރ ފޯރ މީ ޕްލީޒް..” ހަމައެކަނި އެހެން ބުނުމަށް ފަހު ޝަޔާމް ފޯނު ކަނޑައިލުމުން އާރާ އާއު ޒައުލްއަށް އެކަކު އަނެކަކާ ދިމާއަށް ބަލައިލެވުނެވެ. ޝަޔާމްގެ އަޑުގައިވީ ކުރަކި ކަމުން އޭނާ ވެސް ރޮއެފައިވާ ކަން ދެމީހުންނަށް ވެސް ފާހަގަ ވިއެވެ.އެހެނަސް، ޝަޔާމް ޔަލީން ދެކެ ވާ ލޯބި އެންމެ ރަނގަޅަށް އެނގޭނީ ވެސް އެދެމީހުންނަށެވެ. އެއްވެސް ހާލަތެއް މެދުވެރި ވެގެން، ދުވަހަކުވެސް ޝަޔާމް ޔަލީން ދޫކޮށްލަފާނެއެކޭ އެއިން އެކަކުގެ ހިތެއް ވެސް ނުބުނެއެވެ.

*** ** ***

ޢިޝާ ނަމާދުން އަވަދިވެގެން މުސައްލަ މަތީގައި ދެއަތް އުފުލާލައިގެން، ލޯ މަރާލައިގެން އިން ޔަލީންގެ ދުލުން އެންމެ ލަފްޒެއް ބޭރު ނުވި ނަމަވެސް، ކޯތާފަތް މަތިން ފިރުކިލާފައި ފައިބަމުން ދިޔަ ކޮންމެ ކަރުނަތިއްތަކުން، އެ ހިތުގައިވީ ދުޢާ އިއްވަމުން ދިޔަ ފަދައެވެ. އެ ހިތުގެ ހަމަޖެހުން އަނބުރައި ދެއްވުމަށް އެދި ވެރި ރައްބުގެ ޙަޟްރަތުގައި އެތައް ފަހަރަކު ދެންނެވުނު އިރު، އެ ހިތުގެ ހަމަޖެހުން ކަމުގައިވީ ޝަޔާމްގެ ސޫރަ އެ ހިތުން ފަނޑު ނުވެއެވެ.

އިރުކޮޅެއް ވާންދެން އެ އިން ގޮތަށް އިން ޔަލީންއަށް ލޯ ހުޅުވައިލެވުނީ އެނދުމަތީގައި އޮތް ފޯނަށް މެސެޖެއް އައި އަޑަށެވެ. ވަގުތުން މުސައްލަ މަތިން ތެދުވެގެން ގޮސް ފޯނު ނެގީ، ލިބުނީ ޝަޔާމްގެ މެސެޖަކަށް ވުމަށް އެދި ދުޢާ ކޮށްލަމުންނެވެ. ފޯނު ހުޅުވައިލި އިރު އޭނާ ހީކުރި ގޮތަށް ޝަޔާމްގެ މެސެޖެއް ލިބިފައި އޮތުމުން ޔަލީންގެ މިލާފައިވީ މޫނުމަތި ވަގުތުން އުޖާލާ ވެގެން ދިޔައެވެ. އަވަސްއަވަހަށް މެސެޖު ހުޅުވާފައި ކިޔައިލި ޔަލީންގެ ތުންފަތަށް ވަގުތުން ހިނިތުންވުމެއް ވެރިވިއެވެ.

“އަހަރެން އެބަ ހުރިން ތިރީގަ.. ވަރަށް އަވަހަށް ފައިބާ.. ހަމަ މިވަގުތު ބައްދަލު ކުރަން ބޭނުން..” ޝަޔާމްގެ މެސެޖު ކިޔާފައި ޔަލީން އަވަސްއަވަހަށް ދޮޅިއާއި އިސްޓާކީނު ބޭލިއެވެ. ލައިގެން ހުރި އަތްދިގު ޓީޝާޓާއި، ކަޅު ކުލައިގެ ހަރުވާޅު ރަނގަޅު ކޮށްލަމުން، އާދައިގެ ކުޑަ ވަށް ބުރުގާކޮޅެއް ބޮލަށް މަހައިލުމަށް ފަހު، އިތުރު ކަމެއް ކުރުމެއް ނެތި އަވަސްއަވަހަށް ކޮޓަރިން ނުކުތެވެ.

“ޔަލް ކޮންތާކަށް..؟” ޔަލީން މާ ބާރަށް ދުވެފައި ދާތަން ފެނުމުން، ސިޓިންރޫމުގައި އިން ޔައިލް އަހައިލިއެވެ. އެހެންނަމަވެސް ޔައިލްގެ އަޑު އިވުނު ކަމަށް ވެސް ނުހަދާ، ޔަލީން ނުކުމެގެން ދިިޔުމުން ޔައިލް ހާސްވިއެވެ. ވޭތުވެގެން ދިޔަ ހަފްތާއެއްހައި ދުވަސް ތެރޭގައި ޔަލީން ކޮޓަރިން ވެސް ނުނުކުންނަ އިރު، ކުއްލިއަކަށް ދުވެފައި ގޮސް ގެއިން ބޭރަށް ނުކުތުމުން ޔައިލް ކަންބޮޑުވިއެވެ. ވަގުތުން ޔަލީންގެ ފަހަތުން ޔައިލް ވެސް ނުކުތީ، ޔަލީން އެކަނި ދޫކޮށްލަން އެ ހިތް ނޭދުމުންނެވެ.

ދުވެފައި ގޮސް ގެއިން ނުކުތް ޔަލީންގެ ފިޔަވަޅުތައް މަޑުޖެހުނީ ގޯތިތެރޭގައި ހުރި ޝަޔާމް ފެނުމުންނެވެ. ކަޅު ކުލައިގެ ހުޑީއަކާ ކަޅު ކުލައިގެ ޖިންސެއްގައި ހުރި އިރު، އިހުނަށް ވުރެ ވެސް ދިގުވެފައިވާ އިސްތަށިގަނޑު މިހާރު ކަންހުޅިއާ ހަމައަށް އަރާ އިރު، އިހުނަށްވުރެ ބޯކޮށް ތުނބުޅި މަތިމަސް ވެސް ފަޅާފައި ހުރުމުން ތަފާތު ކަމަށް ދައްކަމުން ދިޔައެވެ. ހޭވިފައިިވީ އިސްތަށިގަނޑު ވަޔާ ހޫރެމުން ދިޔަ އިރު، ޝަޔާމްއަށް އައިސްފައިވީ ބަދަލުތަކުން ޔަލީންގެ ހިތުގައި ރިއްސައިލިއެވެ. އޭނާ އެކޭ އެއްފަދައިން ޝަޔާމް ވެސް ފާއިތުވެދިޔަ ދުވަސްތައް ހޭދަކުރީ ވޭނާއި ހިތާމައިގައި ކަން އެނގޭހައި ވިއެވެ.

އިތުރަށް ދުރުގައި ހުންނަން ކެތް ނުވުމުން ޔަލީން ދެފައިގައި ހުރި ބާރެއް ލާފައި ގޮސް ޝަޔާމްގެ އަތުތެރެއަށް ވަނެވެ. ޝަޔާމްގެ ކޮނޑުގައި ބޯއަޅާލައިގެން އޮވެ ޔަލީން ގިސްލަގިސްލާފައި ރޮމުން ދިޔައީ، ހިތުގައިވީ ހުރިހައި އުދާހެއް އެއްފަހަރާ ބޭރުކޮށްލަން ހެން ހީވެއެވެ.

ޔަލީން އައި ގޮތަށް އައިސް އޭނާގެ ގައިގައި އޮޅުލައިގަތުމުން ޝަޔާމްއަށް ދެލޯ މަރައި ބާރުކޮށްލެވުނެވެ. ކަންފަތުގައި ޖެހުނު ޔަލީންގެ ވޭނީ ގިސްލުމުގެ އަޑުން ޝަޔާމްގެ ހިތަށް ވާން ވެލި އިރު، ކުރަން އައި ކަންތައް ކުރުމަށް އޭނާއަށް ނިހާޔަތަށް އުނދަގޫ ވެގެން ދިޔައެވެ.

“ޝަޔާމް.. ކީއްވެތަ އަހަރެން ގުޅީމަ ފޯނު ނުގަނަނީ..؟ އަހަރެން ހާދަ ހާސްވިޔޭ.. އަހަރެން ހީކުރީ ޝަޔާމް ދެން އަހަަރެން ދޫކޮށްލީ ކަމަށް..” ޝަޔާމްގެ ކަނދުރާގައި ވަށައިލެވިފައިވީ އަތް ބާރުކޮށްލަމުން، ޔަލީން ބުނެލި ވާހަކައިން ޝަޔާމްގެ ދެލޯ ކަރުނުން ފުރުނެވެ. މިއަދު އޭނާ އެތަނަށް އައީ ޔަލީންގެ އަތުން ދޫކޮށްލާށޭ ދެން އޭނާ ބުނާނީ ކިހިނަކުން ހެއްޔެވެ؟ އެންމެ ލޯބިވާ މަލިކާގެ ހިތް އަމިއްލަ ދެ އަތުން ކުދިކުދި ކޮށްލާނޭ ހިތްވަރު އޭނާ ހޯދާނީ ކިހިނެއް ހެއްޔެވެ؟

“ޔަލީން..” އިރުކޮޅެއްގެ ހިމޭންކަމަކަށް ފަހު ޝަޔާމް ޔަލީންގެ ނަމުން ގޮވައިލުމާއި އެކު، ޔަލީން ޝަޔާމްއާއި ދުރުވެލިއެވެ. ސީދާ ޝަޔާމްގެ ދެލޮލަށް ޔަލީން ބަލައިލުމާއި އެކު، އެ ދެލޮލުން ފެނުނު އަސަރަކުން ޝަޔާމްގެ ދޫ ބަންދުވީ ފަދައެވެ. އެ މޫނުމަތީގައި އޮޅިފައިވީ ހިތާމައިގެ ސާލުން ޝަޔާމް އޭނާގެ މަގްސަދު ފުރިހަމަ ކުރުމަށް ފަސް ޖެހުނެވެ. އެހެނަސް، މަޖުބޫރު ވެފައި ހުރި ޝަޔާމްއަށް މިއަދު ފަހަތަށް ޖެހެވޭކަށް ނެތެވެ.

“އަހަރެން ބޭނުމެއް ނޫން ދެން ޔަލީންއާ އެކީ އުޅޭކަށް..” ފަޒާގެ ތެރެއަށް ފުން ނޭވާއެއް ދޫކޮށްލަމުން ޝަޔާމް ބުނެލި ޖުމުލަ ޔަލީންއަށް އަޑު އިވުނީ ހޮނު ގުގުރިއެއްގެ ސިފައިގައެވެ.

“ކީކޭ..؟” ޝަޔާމް ބުނި އެއްޗެއް ގަބޫލު ނުކުރެވިފައި ހުރެ، ޔަލީންއަށް އަހައިލެވުނީ ވައި އަޑުންނެވެ.

“އަހަރެން މިރޭ މިތަނަށް މި އައީ ޔަލީންއާ އޮތް ގުޅުން ކަނޑާލަން.. އަހަރެން ބޭނުމެއް ނޫން ދެން އިތުރަށް ޔަލީންއާ މި އޮތް ގުޅުން ބާއްވާކަށް.. މިއީ އަހަރެންގެ ބައްޕަ ވެސް ބޭނުންވާ ގޮތް.. އަހަރެންގެ ބައްޕަ ބޭނުންވާ ގޮތަކާ އަހަރެން ދުވަހަކުވެސް ދެކޮޅެއް ނުހަދާނަން..” ޝަޔާމް ބުނަމުން ދިޔަ ކޮންމެ ޖުމުލައަކުން ޔަލީންގެ ހިތުގެ އެންމެ ފުން މިނަށް ޒަޚަމު ދެމުން ދިޔައެވެ. ބުނާނެ އެއްޗެއް ވެސް ނޭނގިފައި ހުރި ޔަލީންގެ ލޮލުން އިސާހިތަކު ފައިބަން ފެށި ކަރުނަތިކިތަކުން، ރަތްވެފައިވީ އެ ކޯތާފަތް ތެންމާލައިފިއެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories1K Comments

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

ލޯތްބާއިއެކު މަންމައަށް

Next

އެކްޓަރ(ޓީޒަރ)

Next
March 23, 2025

އެކްޓަރ(ޓީޒަރ)

Previews
March 23, 2025

ލޯތްބާއިއެކު މަންމައަށް

15 Comments!

  1. vaahaka moya says:
    March 23, 2025 at 1:13 pm

    Alheyyyyy haadha reethi hisaabakunney thi ninmaalee….
    Miadhu next part submit koh dhevidhaane thr???
    Hama kiyaahithun….
    Can I ask you a question????
    Are you from B.thulhaadhoo????
    Eii chekey hee nukurahcheyy… hama ahaalee

  2. vaahaka moya says:
    March 23, 2025 at 1:13 pm

    Alheyyyyy haadha reethi hisaabakunney thi ninmaalee….
    Miadhu next part submit koh dhevidhaane thr???
    Hama kiyaahithun….
    Can I ask you a question????
    Are you from B.thulhaadhoo????
    Eii chekey hee nukurahcheyy… hama ahaalee
    Ly

  3. Vaahaka moya says:
    March 23, 2025 at 1:15 pm

    Alhey dhe faharah comment kuryma vx pending ah dhiyaee…
    Comment publish v ma reply dhehcheyy

  4. aisha says:
    March 23, 2025 at 1:22 pm

    alhe yal and shayaam dhuru nukurahcheyy😭😭😭😭

  5. leeshaa says:
    March 23, 2025 at 1:29 pm

    omg…. yal fakeeru 😭
    alhun vx roe roe dhemihjje…
    keeh kuraanee mihaaru mi anna baithah kiyaafa hithah haadha asareh kureyey
    hama hithah araa thi friction world ah dheveyne nama ey
    ekm nudheveyne viyya kithamme beynun viyas…
    aslu alhun men rashuga vx thikahala kameh hingi ey like parents ah dhimaavi kameh ga parenrunge enemy ge dhari akaa e meehunge kuhjjaku marry kuran ulhunee..
    e dhekudhin parents aa meet nukoh marriage aa hama ah dhiyaee
    emme fahun marry kuran court ah goss van thanun parentun meet vegen halhey lavaa..
    e dhekudhin dhuru kuree..
    and the boy committed suicide 😭
    btw when next part?
    avahah up kohdhehchey
    lysssm nayu 💗

  6. UNKNOWN GURLL says:
    March 23, 2025 at 1:29 pm

    Shayaam and yaleen dhurunukurachey
    Mi part ves v reethi

  7. ❤️ says:
    March 23, 2025 at 1:34 pm

    Whyyy 😭
    Hama kiriyaa nurovi huri mi ep ky iru
    So heart touching 🥹
    Heevany hama vhk therey ulhevey hen
    Vrh reethi vhk masha allah ♥️
    When next episode?

  8. Aalerrr says:
    March 23, 2025 at 2:14 pm

    Masha Allah mi part vx vrh reethi ❤️💯
    Sifa kurunthah vrh furihama 🔥
    Yal n shayaam dhuru nukurahcheyy🥺
    When’s next part???
    Curiously waiting for the next part 🙂✨

  9. aaa says:
    March 23, 2025 at 2:32 pm

    admin kobaa next part

    1. Anonymous says:
      March 23, 2025 at 2:36 pm

      Nayaa submit kuree ma eiinun tha libeynee….

    2. Anonymous says:
      March 23, 2025 at 2:55 pm

      Hahaha

  10. Nayaa Nayaa says:
    March 23, 2025 at 2:47 pm

    Thank you for the sweet comments everyone! And sorry that I haven’t been able to reply to each comment separately.. I’ve been really busy.. ehenve reply nukurevenii
    Thanks for your endless support everyone! Your support truly means a lot to me! 💕
    Next part dhenme submit kohlaifin.. Admin upload kohdhinhaa avahakah kiyaalan libeyne
    Thanks again! 💕💕

  11. Cutie girl says:
    March 23, 2025 at 3:13 pm

    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    Alhey yal fakeeru haadha dhera vaane ey 😫
    Mi part kiyaafa rovijje 😭
    Shayaam and yal dhuru nukurachey
    Aaroo and zaul ves
    Azal and yail ves
    They all are made for each other
    I appreciate your hard work
    Thihaa busy koh ulhemen ves vaahaka kiyaalan libeythee v ufaavey
    Your my fav author ❤️
    Haadha curious kohlaafa thi nimaaly
    Tc 💖😘
    Ly naayoo ❤️

  12. ree says:
    March 23, 2025 at 3:48 pm

    Masha Allah…
    vrh salhi…
    pls dont seperate shayaam and yal 😭😭😭…
    they r made for each other

  13. gurrrrl says:
    March 23, 2025 at 7:24 pm

    alheyyy yal haadha dhera eh vaane eyyy shayaamuu

Comments are closed.

Next Episodeތިޔަ ލޯތްބަށް އެދެވޭތީ… 33←


All Right Reserved!