Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔަ ލޯތްބަށް އެދެވޭތީ… 30

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories1K Comments
March 20, 2025 9 Mins Read
25 Comments

ކެއުމުގެ ބާކީ އޮތް ބައި އެކިއެކި މަޖާ ވާހަކަތަކުގައި ހޭދަވީ އިރު، އުފާވެރިކަން ވެރިނުވާ އެއްވެސް ހިތެއް ނެތެވެ. ޒައުލް އާއި އާރާ ވެސް ތިބީ ހުރިހައި ކަމެއް ވެސް އެދެމީހުން ބޭނުންވާ ގޮތަށް ވަމުން ދިޔައީތީ ނުހަނު އުފަލުންނެވެ. އަޒަލް އާއި ޔައިލް ވެސް ދޭތެރެއަކުން އެކަކު އަނެކަކަށް ހިނިތުންވުންތައް ރައްދު ކުރަމުން ދިޔަ އިރު، ދެ ހިތުގައިވެސް ދިޔައީ އެއް ރާގެއް ކުޅެވެމުންނެވެ. ޔަލީން ވެސް ޝަޔާމްގެ ޚިޔާލުތަކުގައި އިން އިރު، އެ ހިތުގައި ވެސް ވަނީ އިންތިހާ ދަރަޖައިގެ އުފާވެރިކަމާއި ހިތްހަމަޖެހުމެވެ. ލޯބި ޙާސިލް ކުރެވުނީތީ ހުރިހައި ހިތްތަކެއްގައި ވެސް އެއް ރާގެއް ކުޅެވެމުން ދިޔަ އިރު، އުފަލާއި ހިތްހަމަޖެހުމުން މުޅި މާހައުލުގައި ވަނީ ކުލަޖެހިފައެވެ.

*** ** ***

ސޯފާގައި ޔަލީންއަށް މެސެޖު ކުރަން އިން ޝަޔާމްގެ ތުންފަތުގައި ވަނީ ފުން ހިނިތުންވުމެކެވެ. ދެކެވެމުން ދިޔަ ވާހަކައިގެ ތެރެއިން ޔަލީން ބުނެލާ މަޖާ ވާހަކަތަކުން ބައެއް ފަހަރު ޝަޔާމްގެ ހުނުމުގެ އަޑު ވެސް އިވިލައެވެ.

“ދަރިފުޅާ ކޮން ކުއްޖަކާ މާ ހެވިފަ ވާހަކަ ދައްކަނީ..؟” ކުއްލިއަކަށް ބައްޕަގެ އަޑު އިވުމުން ޝަޔާމް ދިޔައީ ސިއްސައިގެންނެވެ. ބައްޕަ ފެނުމާއި އެކު، ޔަލީންގެ ވާހަކަ ބުނަން މިއަށްވުރެ ރަނގަޅު ވަގުތެއް ނުވާނެޔޭ ޝަޔާމްގެ ހިތަށް އެރިއެވެ.

“ބައްޕާ.. އެބަ އޮތް ވަރަށް ބޮޑު ވާހަކައެއް ބުނަން ވެފަ..” ފޯނު ބާއްވައިލާފައި ޝަޔާމް ތައްޔާރުވެލީ ޔަލީންގެ ވާހަކަ ބުނުމަށެވެ. އެއާއެކު އޭނާގެ ބައްޕަ ވެސް ސޯފާގައި އިށީނީ، ޝަޔާމް ބުނަން އެ އުޅޭ ވާހަކައެއް އަޑުއެހުމުގެ ބޭނުުގައެވެ.

“އަޅުގަނޑު މި އުޅެނީ ކުއްޖަކާ ރައްޓެހި ވެގެން.. ޔަލީން ކިޔަނީ.. އަޅުގަނޑު ޔަލީން ދެކެ ވަރަށް ލޯބިވޭ ބައްޕާ.. ޔަލީން ވެސް އަޅުގަނޑު ދެކެ ވަރަށް ލޯބިވޭ.. ކުރިން ރެއަކު އަޅުގަނޑު ޔަލީންގެ މަންމަމެންނާ ވެސް ބައްދަލު ކޮށްފިން.. އެ އާއިލާ އެންމެން ވެސް ވަރަށް ރަނގަޅު.. އަޅުގަނޑު ދެކެ ވަރަށް ލޯބިވޭ.. ބައްޕާ.. ބައްޕަ މިކަމާ އޯކޭ ދޯ..؟” ޝަޔާމްގެ އަޑުގައި ކޮންމެވެސް ވަރެއްގެ ނުތަނަވަސް ކަމެއް ވިއެވެ.

“ތިކަމާ ދެން ބައްޕަ ބުނާނީ ކީކޭ..؟ ދަރިފުޅު ވެސް މިހާރު ތިހުރީ ބޮޑުވެފަ.. ދުވަސްކޮޅަކުން ދިރިއުޅުމެއް ފަށަން ޖެހޭނެ.. ބައްޕައަށް އެނގޭ ދަރިފުޅުގެ ހޮވުން ގޯހެއް ނުވާނެ ކަން.. އަނެއްކާ ތިހާ ރަނގަޅު އާއިލާއެއްގެ ކުއްޖަކު ވެސް ތިހާ ރަނގަޅުވާނެ އެއްނު.. އެކަމަކު ދަރިފުޅަށް އެނގެން ވާނެ ގޯސް ގޮތާއި ރަނގަޅު ގޮތް.. ކައިވެނީގެ ކުރިން އުޅެގެން ނުވާނެ ގޮތްތައް ހުންނާނެ..” ބައްޕަ ދެމުން ދިޔަ ކޮންމެ ނަސޭހަތެއް ވެސް ޝަޔާމް ކަނުލައި އަޑުއަހަމުން ދިޔައެވެ.

“ބައްޕައާ ޔަލީންއާ ބައްދަލު ކޮށްދޭނީ ކޮން އިރަކުންތަ..؟” އެ ސުވާލު އަމާޒު ވާނޭކަން ޝަޔާމްއަށް މާ ކުރިން ވެސް އެނގެއެވެ.

“ޔަލްގެ ޕޭރެންޓްސް ބުނި ބައްޕައާ މީޓް ކޮށްލަން ބޭނުމޭ.. މާދަމާ ނޫން އަނެއް ދުވަހު ރޭގަނޑު ކެއުމަށް ދާން ދައުވަތު ދީފަ އޮތީ.. ބައްޕަ ދާނަން ދޯ..؟” ޝަޔާމްގެ ސުވާލަށް އޭނާގެ ބައްޕަ ވަގުތުން ބޯޖަހައިލިއެވެ.

“ދަރިފުޅު ދެން މާ ހެވިފަ އެ ކުއްޖާއާ ވާހަކަ ދައްކަން އިންދާ ދޯ ބައްޕައަށް މި އާދެވުނީ..؟ އަވަހަށް ކުރިއަށް ގެންދޭ.. ބައްޕަ އެބަ އަންނަން ނަމާދު ކޮށްލައިގެން.. ދަރިފުޅު ވެސް މާ ގިނަ އިރު ނީނދެ ނަމާދު ކުރައްޗޭ..” ޝަޔާމްއާ ދިމާކޮށްލާފައި، އޭގެ ފަހަތަށް ނަސޭހަތެއް ވެސް ދީފައި، ބައްޕަ ތެދުވެގެން ދިޔުމުން ޝަޔާމްއަށް ހިނިތުންވެވުނެވެ. އަވަސްއަވަހަށް ފޯނު ނަގައި، ޔަލީންއަށް މެސެޖު ކޮށްލީ އޭނާގެ ބައްޕަ އެ ގުޅުމަށް އެއްބަސް ވީ ވާހަކަ ބުނާށެވެ.

*** ** ***

އޭގެ އަނެއް ދުވަހު ޔަލީން ކޮލެޖު ނިމުނު ގަޑީގައި ބަލައި އައީ ޝަޔާމް އެވެ. ޔަލީން ގެއަށް ލާފައި ދާން އުޅުނު ވަގުތު ޔައިލް ޝަޔާމް ހިފެހެއްޓީ ގެއަށް ނުވަދެ ދާކަށް ނުވާނެ ނޫންހެއްޔޭ ބުނަމުންނެވެ. ލަދުން ހުރެފައިވެސް، ޝަޔާމް އެންމެ ފަހުން ގެއަށް ވަނީ، ޔައިލް ކުރު ނުކުރުމުންނެވެ.

“މިހާރު މި ދޮންބެގަނޑު ވެސް އުޅެނީ އަބަދު ޝަޔާމް ފަހަތުލައިގެން..” ޔައިލްއަށް ލޯއަޅައިލަމުން ޔަލީން ކުސްތަޅައިލިއެވެ.

“ޖޭ ވީތަ..؟” ޔަލީންއަށް ދޫ ނެރެލަމުން ޔައިލް ބުނެލީ ޖެއްސުމަށެވެ.

“އަނހަ ޝަޔާމް.. ހިނގާ ސައިބޯން..” އެވަގުތު ސިޓިންރޫމަށް ނުކުތް ޔައިނާ ވެސް ޝަޔާމް ފެނުމުން ހިނިތުންވެލިއެވެ.

“ނޫން މިގަޑިިޔަކު ނޫން.. އަޅުގަނޑު ގެއަށް ގޮސް ސައިބޯނީ..” ޝަޔާމް ވަގުތުން މަނާވެގަތެވެ.

“މީތަ މާމަގެ ޔަލް ގެންގުޅޭ ސޮރަކީ..؟ ޔަލްގެ ހޮވުން ހާދަ ފުރިހަމައޭ ދޯ..” އެވަގުތު ކޮޓަރިން ނުކުތް ނީލާ ވެސް ހިނިތުންވެލާފައި، ޝަޔާމްއަށް ތައުރީފު ކޮށްލުމާއި އެކު، ޝަޔާމް ލަދުން ވިރުނު ކަހަލައެވެ.

“ދެން މިހާރު ޝަޔާމް އައި ފަހުން އެކަކަށް ވެސް ޔަލް ފެންނަ ކަމަކަށް ނުވޭ ދޯ..؟ ޔަލް މީ ބޭކާރު މީހެއް.. މިހާރު ހިތަށް އަރާ ޝަޔާމް އިންޓްރޮޑިއުސް ނުކޮށްދެވުނު ނަމައޭ..” ހަށަން ބަނދެލަމުން ޔަލީން ފުއްވައިލުމާއި އެކު އެންމެންނަށް މަޖާވިއެވެ.

“އާއެކޭ ޔަލް މިހާރު ދެން ބޭކާރު.. މިހާރު އެންމެންގެ ފޭވަރިޓް އަކީ ޝަޔާމް..” ޔައިލް ބޭނުންވީ އިތުރަށް ޝަޔާމް ރުޅިއަރުވައިލާށެވެ.

“ދެން މަންމާ!! ބަލާބަލަ ދޮންބެ ކިޔާ އެއްޗެހި!!” ޔަލީން ވަގުތުން ފުއްވައިލުމާއެކު އެންމެން ގާތަށް ހިނި އައެވެ.

“ދެން ދޮންބެ ކިޔާ އެއްޗެއްސަށް އަޅައިނުލާބަލަ.. ޔަލްއަށް އެނގޭނު ދޮންބެއަކީ ބޯހަމަޖެހޭ މީހެއް ނޫން ކަން..” އަޒަލް އޭނާގެ ކޮޅަށް އެރުމާއި އެކު ޔަލީން ކައިރިއަށް ވަގުތުން ހިނި އައެވެ.

“ބޯހަމަނުޖެހެނީ ކާކުކަން ރަނގަޅަށް އަންގާލާނަމޭ..” ނުރައްކާތެރި ނަޒަރެއް އަޒަލްއަށް ދިނުމަށް ފަހު، ޔައިލް އަޒަލް ފަހައި ދުއްވައިގަތުމާއި އެކު، އަޒަލް ވެސް ހަޅޭއް ފަޅޭއް ޖަހަމުން ދުއްވައިގަތެވެ. އެދެމީހުންގެ މަޖާ ޙަރަކާތްތަކަށް ބަލަން ތިބި އެހެން އެންމެންގެ މޫނުމަތީގައިވީ އުފާވެރި ހިނިތުންވުމުން، މުޅި މާހައުލުގައި ކުލަޖެހިގެން ދިޔައެވެ.

ކުދިވެރީންގެ ސަކަރާތް ބަލަން ހުރި ޔައިނާ ހުރީ އިންތިހާއށް އުފާވެފައެވެ. އަޒަލް އެގެއަށް އައި ފަހުން ގޭތެރެއަށް ލިބުނު އާރޯކަމާއި، ޝަޔާމް އެމީހުން ޙަޔާތަށް އައި ފަހުން، މުޅި އާއިލާއަށް ލިބުނު އުފާވެރިކަން ބަޔާން ކުރަން ވެސް ދައްޗެވެ. ޝަޔާމްއަށް ޓަކައި އެ ހިތުގައި އެހައި އަވަހަށް މައިވަންތަކަމުގެ ކުލުނު ޖެހިއްޖެއެވެ. އޭނާއަށް މިހާރު އެންމެ އުއްމީދު ކުރެވެނީ ޝަޔާމް އާއި ޔަލީންގެ ކައިވެންޏަށެވެ. ޝަޔާމްއަށް ވުރެ ރަނގަޅު ބައިވެރިއަކު ޔަލީންއަށް ނުލިބޭނެކަން ޔައިނާއަށް ޔަގީން ވާތީއެވެ.

*** ** ***

އެރޭ ކުއްލި މީޓިން އެއް އޮވެގެން އޮފީހަށް ދިޔަ ޔައިލް އެތައް އިރެއް ވާންދެން އޮފީހުގައި އުޅެން ޖެހުނީ ނުހަނު ބުރަކޮށެވެ. ލަސްވާނެތީ، ކުރީބައިގައި އަޒަލްއަށް މެސެޖު ކޮށްލާފައި އޭނާއަށް މިރޭ އަވަހަށް ގެއަށް ނުދެވޭނޭ ވާހަކަ ޔައިލް ބުނެލިއެވެ. ދިހައެއް ޖެހި އިރު މިލާން ގެއަށް ދިޔަ ނަމަވެސް، ޔައިލްއަށް ގެއަށް ދެވޭ ގޮތް ނުވީ އޭނާ ކުރަން ހުރި މަސައްކަތްތައް ގިނަ ކަމުންނެވެ. ހުރިހައި ކަމެއް ނިންމައިލާފައި ޔައިލްއަށް އޮފީހުން ސަލާމަތް ވެވުނު އިރު ދަންވަރު ބާރަ ވެސް ޖަހައިފިއެވެ.

ގެއަށް ވަން އިރު ޔައިލްއަށް ގޭތެރެއިން މަރުޙަބާ ކީ އަނދިރިކަމެވެ. މިވަގުތު އެންމެން ވެސް ތިބޭނީ ނިދާފައި ކަން އެނގޭތީ، ލަސް ފިޔަވަޅުތަކެއްގައި ޔައިލް ދިޔައީ އޭނާގެ ކޮޓަރިއާ ދިމާއަށެވެ. ތަޅުގައި ހިފައި އަނބުރައިލި އިރު، ދޮރު ތަޅުނުލައި ހުރުމުން ޔައިލް އެތެރެއަށް ވަނެވެ. ކޮޓަރިތެރެ ވެސް އެއްކޮށް އަނދިރިކޮށް އޮޮތުމުން ޔައިލް ހައިރާންވީ އަޒަލް އަކީ ދުވަހަކުވެސް ހުރިހާ ބޮތްކެއް ނިވާލައިގެން ނިދާ މީހެއް ނޫންކަން އެނގޭތީއެވެ. އަނދިރީގެ ތެރެއަށް ދެލޯ ހޭނޭނެ ވަގުތެއް ނުދީ، ޔައިލް ނިދާ ބޮކި ޖައްސައިލިއެވެ. އެއާއެކު ކޮޓަރިތެރެއަށް ވެރިވެގެން ދިޔަ ރަން އައްޔާއި އެކު، ލޮލަށް ފެނުނު މަންޒަރުން ޔައިލްއަށް ދެލޯ ބޮޑުކޮށްލެވުނެވެ.

ކޮޓަރީގެ އެކި ހިސާބުތަކުގައި އުކައިލެވިފައި ހުރި ރަތް ކުލައިގެ ފިނިފެންމާ ފިޔަތަކުންނާއި، އެނދުމަތީގައި ހުރި ފިޔަތަކުން ޔައިލްއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ދެން ގެންނަންވީ ޙަރަކާތެއް ނޭނގިފައި ހުރި ޔައިލްގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައީ، ބެލްކަނިން ނުކުމެގެން އައި އަޒަލް ފެނުމުންނެވެ. އަޒަލްގެ އަތުގައި އޮތް ކޭކަށް ވުރެ ބޮޑަށް ޔައިލްއަށް ސަމާލުކަން ދެވުނީ، އަޒަލް ލައިގެން ހުރި ރަތްކުލައިގެ ސެޓިން ފޮތީގެ ހެދުމަށެވެ. ކަކުލަށްވުރެ މައްޗަށް ފަސްބައި ހުރި އެ ހެދުމުން އަޒަލްގެ ކޮނޑާއި، ބުރަކަށީގެ ބޮޑު ބައެއް ވަނީ ހާމައަށެވެ. އެ ދިގު އިސްތަށިގަނޑު މިނިވަންކަމާއި އެކުގައި ދޫކޮށްލެވިފައި އޮތް އިރު، ވިހުރެމުން ދިޔަ ގޮތުން ބަލައި ފޫހި ނުވާނެއެވެ.

“ހެޕީ ބަރތްޑޭ، ހަޒްބެންޑް..” ޔައިލްގެ ގާތުގައި ހުއްޓެމުން އަޒަލް ބުނެލީ، އެންމެ ރީތި ހިނިތުންވުން އެ ތުންފަތަށް ވެރިކޮށްލަމުންނެވެ. މިއަދަކީ އޭނާގެ ސައްބީސް ވަނަ އުފަންދުވަސް ކަން ވެސް ޔައިލް ހަނދާންވީ ދެނެވެ.

“ކޭކު ނުފަޅާނަންތަ..؟” އަޒަލް އަހައިލުމާއި އެކު، ހަމަބިމަށް އާދެވުނު ފަދައިން ޔައިލް އަވަސްއަވަހަށް ދެފަރާތަށް ބޯހޫރުވައިލިއެވެ. އެނދު ކައިރީގައި ހުރި ކުޑަ މޭޒު މަތީގައި ކޭކު ބަހައްޓައިލުމަށް ފަހު، އަޒަލް ޔައިލްގެ އަތުގައި ހިފައިގެން ގެންގޮސް އެނދުގައި ބޭންދިއެވެ. އެ ހުރިހައި އިރަކު ވެސް ޔައިލްގެ ނަޒަރު އަޒަލްއާ ވަކިނުވެއެވެ.

ރަތް ކުލައިގެ ރިބަން އައްސާފައިވީ ވަޅި އަޒަލް ދިއްކޮށްލުމުން ވެސް ޔައިލް އެ އިން ގޮތަށް އިނުމުން، އަޒަލް ޔައިލްގެ އަތުުތެރެއަށް ވަޅި ލައިދިނެވެ. ދެންވެސް ޔައިލްގެ ފަރާތުން އިޝާރާތެއް ނުވުމުން، އަޒަލްއަށް ޖެހުނީ ޔައިލްގެ އަތުގައި ހިފަހައްޓައިގެން އިނދެ ކޭކު ފަޅާށެވެ. ކޭކު ފަޅާފައި، އަޒަލް ޔައިލްއަށް ކޭކުކޮޅެއް ލެވުމުން ވެސް، ޔައިލް އިން ގޮތަށް އިނީއެވެ. ޔައިލްގެ ތޫނު ނަޒަރު އެންމެ ފަހަރަކުވެސް އޭނާގެ މޫނުން ނުނެއްޓޭތީ، އަޒަލް ލަދުގަތެވެ.

“ޔައިލް..” އަޒަލް ގޮވައިލުމާއި އެކު، ހޭވެރިކަން ވީ މީހެއް ފަދައިން ޔައިލް ކޭކޮޅު ކައިލިއެވެ. އެއަށްފަހު ބާކީ އޮތް ކޭކުކޮޅު، ޔައިލް އަޒަލްއަށް ލަވައިދިނެވެ.

“ޑިޑް ޔޫ ލައިކް ދަ ސަޕްރައިޒް..؟” އަޒަލް އަހައިލީ އުއްމީދާ އެކުގައެވެ.

“އައި ލަވްޑް އިޓް..” ހިނިތުން ވެލަމުން ޔައިލް ބުނެލީ ހިތުގެ އަޑިންނެވެ.

“އެންމެ އަހަރަކުވެސް ޔައިލް ހަނދާނެއް ނުހުރޭ ޔައިލްގެ އުފަން ދުވަސް އައިސް ޖެހޭ އިރުވެސް.. ކޮންމެ އަހަރަކުވެސް ސަޕްރައިޒެއް ދޭތީ އަހަރެން ބޭނުންވީ މިއަހަރު ވެސް ހަމަ އެހެން ވާން.. އެކަމަކު އެހެން އަހަރުތަކާ މި އަހަރު ވަރަށް ތަފާތު ދޯ.. އެހެންވެ ސަޕްރައިޒް ވެސް ތަފާތު ކޮށްލީ..” އަޒަލް އިނީ ވަރަށް ހިތްހަމަޖެހިފައިކަން އޭނާގެ އަޑުން އެކަނިވެސް އެނގެއެވެ.

“އަހަންނަށް ވަރަށް ކަމުގޮއްސި.. ސަޕްރައިޒް ވެސް.. އަދި އަޒް ވެސް..” ސީދާ އަޒަލްގެ ލޮލަށް ބަލަހައްޓައިގެން އިނދެ، ޔައިލް ބުނެލި ވާހަކައިން އަޒަލްގެ މޫނަށް ވަގުތުން ޖަންބުކުލަ ވެރިވިއެވެ. ލަދުން އިސްދަށަށް ޖަހައިލި އިރު، ހިނދަކަށް ވުރެ ހިނދެއް ޔައިލް ކައިރިވަމުން ދިޔުމުން އެ ހިތަށް އެނގުން ވެލައިގެން ދިޔައެވެ.

“ރެޑް ލުކްސް ގޯރޖަސް އޮން ޔޫ ޕްރިންސެސް..” އަޒަލްގެ ކަންފަތް ދޮށުގައި ވައި އަޑުން ޔައިލް ކޮށްލި ތައުރީފާ އެކު، ކަނދުރާއަށް އެޅިގެން ދިޔަ ޔައިލްގެ ހޫނު ނޭވާއިން، އަޒަލްއަށް ދެލޯ މަރައިލެވުނެވެ. އެނދުގެ ބެޑްޝީޓް ދެއަތަށް ބޮނޑިކޮށްލެވުނު އިރު، ޔައިލްގެ ތުންފަތުގެ އިޙުސާސް ކުރެވުމުން، އަޒަލްއަށް ޔައިލްގެ ނަމުން ގޮވައިލެވުނެވެ.

“މޭ އައި..؟” އަޒަލްއާ ދުރުވެލާފައި، ޔައިލް އަހައިލީ އަޒަލްގެ ނުރުހުމުގައި އިނގިލި ކުރިވެސް އެ ހަށިގަނޑުގައި ޖައްސައިލަން އޭނާ ނޭދޭތީއެވެ. ޔައިލް ކޮށްލި ސުވާލެއްގެ ޖަވާބެއްގެ ގޮތުން، ލަސްލަހުން އަޒަލް ބޯ ޖަހައިލި އިރު، އެ ތުންފަތްމަތީގައި ކުޅެލާފައިވި ލަދުރަކި ހިނިތުންވުމުން ޔައިލްއަށް އިތުރު ހިތްވަރެއް ލިބިގެން ދިޔަ ފަދައެވެ. ކުރިއަށްވުރެ ވެސް ބޮޑަށް އަޒަލްއާ ކައިރިވެލި އިރު، އަޒަލް ވެސް ޔައިލްގެ ކޮންމެ ޙަރަކާތެއްގައި ފުރިހަމައަށް ބައިވެރި ވަމުން ދިޔައީ، އެ ވަގުތުކޮޅުގެ ފޮނިމީރުކަން ދެހިތަށް ވެސް އިޙުސާސް ކުރެވެމުން ދިޔައީތީއެވެ. އެ ފިނިފިނި ރޭ ވެގެން ދިޔައީ، ދެމަފިރިންގެ ދެމެދުގައިވީ ހުރިހައި ފަރުދާއެއް ކެހި، އެކަކު އަނެކަކަށް މުޅި ހިތާއި ހަށިގަނޑު ހިބައިން ދެވުނު ރެޔަކަށެވެ.

މުޅިން އައު ދުވަހަކަށްް މަރުޙަބާ ކިޔަމުން އެރި އިރުގެ ރަން ދޯދިތައް ކުޑަދޮރު ފޫއަޅުވައިލާފައި އައިސް އެޅުނީ ސީދާ ޔައިލްގެ ލޮލަށެވެ. އުނދަގޫ ގޮތަކަށް އެސްފިޔަތައް ތަޅުވައިލާފައި، ދެލޯ ހުޅުވައިލި ޔައިލްގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ކައިރީގައި ފުން ނިންޖަކުން ނިދައިލާފައި އޮތް އޭނާގެ ލޯބިވާ އަނބިމީހާއެވެ. އެއްލި ވާފަށެއް ހެން އޭނާގެ ހަނދާނުގެ ވާފަށް ރޭގައި އަޒަލްއާއި އެކުގައި ހޭދަވި ކޮންމެ ސިކުންތަކާ ގުޅިގެން ދިޔުމުން، އެ ތުންފަތަށް ރަކި ހިނިތުންވުމެއް ވެރިވިއެވެ. ލަސް ޙަރަކާތަކާއި އެކު، މަޑުމަޑުން އަޒަލްގެ ރީތި މޫނުގައި އަތް ބީއްސައިލި އިރު، ޔައިލްއަށް އަމިއްލަ ތުންފަތުގައި ދަތް އަޅައިލެވުނެވެ.

ނިދީގައިވެސް ޔައިލްގެ ލުއިލުއި ބީހިލުން އިހުސާސް ކުރެވުނު އަޒަލް ލަސްލަހުން އޭނާގެ އެސްފިޔަތައް ތަޅުވައިލާފައި ދެލޯ ހުޅުވައިލިއެވެ. ކަޅިޖަހައިނުލާ އޭނާއަށް ބަލަން އޮތް ޔައިލް ފެނުމާއި އެކު، ރޭގެ ހަނދާންތައް އަޒަލް ވަށައިލިއެވެ. ވަގުތުން މުޅި މޫނަށް ޖަންބުކުލަ ފާއްދައިލި އިރު، ލަދުން އަޒަލްއަށް މޫނުމަތީގައި އަތް އަޅައިލެވުނީ، ޔައިލްއާ ހަތަރުކަޅި ހަމަކުރާނޭ ހިތްވަރު ވެސް ނެތިގެންނެވެ.

އަޒަލް ލަދުގަތީކަން އެނގުމާއި އެކު ޔައިލްގެ ލުއިލުއި ހުނުމުގެ އަޑު އަޒަލްގެ ކަންފަތުގައި ޖެހުނެވެ. ދާދި ދެންމެއަކު ހޭލުމުން އެ ބަރު އަޑު، އިހުނަށް ވުރެވެސް ބަރުވެލާފައި ހުރުމުން، އަޒަލް އާޝޯޚުވިއެވެ. ހޭވިފައިވީ އިސްތަށިގަނޑުންނާއި، ޒުވާން މޫނުމަތީގައިވީ އަސަރުތަކުން އަޒަލްގެ ހިއްސުތައް ހޭލައްވައިލި ފަދައެވެ. އެ ވަރުގަދަ ހަށިގަނޑާއި، ފިރިހެންވަންތަ އަދާތަކުން އަޒަލް ބަލިކަށި ކުރުވައިފިއެވެ. އުމުރުން ވީހާ ދުވަހަކު އެކުގައި އުޅެވުނު އިރު، މީގެ ކުރިން ޔައިލްގެ އެ ރީތިކަން ފާހަގަ ނުކުރެވުނީ ކީއްވެގެން ބާވައޭ އަޒަލްގެ ހިތަށް އެރިއެވެ.

“ތިވަރަށް ނުބެލިޔަސް އަހަންނަށް އެނގޭ އަހަރެން ހޭންސަމް ކަން..” އެއްލޯ މަރައިލަމުން ޔައިލް ލާނެތް ރާގެއްގައި ބުނެލުމުން އަޒަލް ވަގުތުން ރަކިވިއެވެ. އަނެއްކާވެސް ދެއަތުން މޫނު ފޮރުވައިލެވުނު އިރު، ލުއި ހުނުމަކާއި އެކު ޔައިލް އޭނާގެ ގަޔާ އަޒަލް ކައިރި ކޮށްލިއެވެ. ޔައިލްގެ ހަށިގަނޑުގެ ހޫނުކަން އިހުސާސް ކުރެވުމާއި އެކު، އަޒަލް ވެސް ޔައިލްއާ ދުރުވާނެ ބޭނުން ނުވެފައި އޮވެ، އިތުރަށް ޔައިލްގެ މޭތެރޭގައި ބޮނޑިވެލީއެވެ. އެ ހޫނުގައި ވިރިގެން ދާން އެދި އަޒަލްގެ ހިތް ގޮވަމުން ދިޔައެވެ.

*** ** ***

“ދެން މިހާރު ތި ދެމީހުން ކަންތައް ވެސް ތި އޮތީ ނިމިފަ އެއްނު.. މިހާރު ނުޖެހޭނެ އެއްނު ސިއްރު ކުރާކަށް..” ޔަލީން ވާހަކަ ދެއްކީ ކުރިމަތީގައި ތިބި އާރާ އާއި ޒައުލްއާއެވެ. ޔަލީން ބުނި ވާހަކައާ އެއްބަސް ވުމަށް ކައިރީގައި އިން ޝަޔާމް ބޯ ޖަހައިލި އިރު، ޒައުލް އާއި އާރާ ހިނިތުންވެލިއެވެ.

“އަސްލު މަ ހުރީ ހާދަ ބިރުންނޭ މަންމަމެން ބުނާނެ އެއްޗެއް ނޭނގޭތީ.. އެކަމް އަލްޙަމްދުލިﷲ، ހުރިހާ ކަމެއް ވެސް ދިޔައީ ރަނގަޅަށް..” އާރާގެ އަތުގައި ހިފައިލަމުން ޒައުލް ބުނެލި އިރު، އެ މޫނުމަތީގައި ވަނީ ހިތްގައިމު ހިނިތުންވުމެކެވެ.

“އަދި ޔަލް ގާތު އެބަ އޮތޭ ވަރަށް ބޮޑު ވާހަކައެއް ބުނަން ވެފަ.. ވީކެއް ވަރު ވެއްޖެ ބުނަން އުޅޭތާ.. އެކަމް އަދި ނުބުނެވިގެން މި އުޅެނީ..” އާރާ ބުނެލުމާއި އެކު ޔަލީން ވަގުތުން އެއީ ކޮން ވާހަކައެއް ހެއްޔޭ އަހާލައިފިއެވެ.

“އާރޫ އަކީ އަސްލު މަންމަމެންގެ ދަރިއެއް ނޫން.. މި ބުނީ، ބައިލޮޖިކަލް ދަރިއެއް ނޫނޭ..” އާރާ ބުނެލި ވާހަކައިން ޔަލީންގެ އިތުރުން ޝަޔާމްގެ ދެލޯ ވެސް ބޮޑުވިއެވެ.

“ވަޓް؟! އެކަމް މިހާ ދުވަސްވީ އިރު ތިކަހަލަ ކަމެއްގެ ހިންޓެއް ވެސް ނުވޭނު.. ކިހިނެއް ކުއްލިއަކަށް..؟ އާރ ޔޫ އެޑޮޕްޓެޑް..؟” ޔަލީން އިނީ ލިބުނު ޝޮކުގެ ސަބަބުން ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ.

“ސޯޓް އޮފް.. އެކަހަލަ ގޮތެއް ދެން.. އަސްލު އާރޫގެ މަންމަ އަކީ އާރޫގެ އާންޓް.. އާރޫގެ އަސްލު މަންމަ އަށް ކިޔަނީ ޒާޔާ.. ޒާޔާ އަކީ މަންމަގެ ސިބްލިންގްއެއް..” ހުރިހާ ވާހަކައެއް ފެށިގެން ނިމެންދެން އާރާ ޔަލީންއަށް ކިޔައިދިން އިރު ވެސް ޔަލީން އިނީ ގަބޫލު ނުކުރެވިފައެވެ. އާރާގެ ކައިރީގައި އިން ޒައުލް އުފާވީ، މިއަދު އާރާއަށް ފަސޭހަކަމާއި އެކު އެ ވާހަކަ ދައްކައިލެވުނީތީއެވެ. ވެދިޔަ ކަންތަކަށް ފަހު، އާރާ ވަރަށް ބޮޑަށް ހަމައަކަށް އެޅިއްޖެކަން ޒައުލްއަށް ޔަގީން ވެއްޖެއެވެ.

“އޯއެމްޖީ.. އެހެންވެތަ ކުރިން ރޭ ފެމިލީ ޑިނަރގަ ޒައުލް ބުނީ މިހާރު ދެމީހުންނަށް ނުގުޅެވެން ވީ އެއްވެސް ސަބަބެއް ނެތޭ..؟ އޭރު އެނގޭތަ ތީ އަސްލު ކަޒިންސް ނޫން ކަން..؟” ކުއްލިއަކަށް ކަމެއް ހަނދާންވީ ފަދައަކުން ޔަލީން އަހައިލިއެވެ.

“ޔެސް.. އަހަރުމެންނަކީ އަސްލު ކަޒިންސް ނޫން ކަން އެނގުނީމަ އެހާ ފަސޭހައިން މަންމަމެން ގާތު ބުނަން ކެރުނީ..” ޒައުލް ޖަވާބު ދިނެވެ.

“އަޅޭ.. މި ހުރިހާ ދުވަސްވީ އިރު ހީވެސް ނުވޭ.. އެހެންނު ވާނީ.. އެހައި ވަރަށް ޒާއްތައާ އަފާންބެ އާރޫ ދެކެ ލޯބިވޭ ވިއްޔަ..” ޔަލީން އުފާވީ ޒާރާ އާއި އަފާން އާރާ ދެކެ އެވަރަށް ލޯބިވާތީއެވެ. އުފަން ދަރިއަކަށް ނުވާ އިރުވެސް، އެވަރަށް އާރާއަށް ލޯބި ދޭތީއެވެ.

“އަސްލުވެސް.. މަންމަމެން ހާދަ ރަނގަޅޭ.. ހާދަ އުފާވޭ އާރޫ ދެކެ މަންމަމެން އެހާ ލޯބިވާތީ..” އާރާ ވެސް ޔަލީންއާ އެއްބަސްވިއެވެ.

“ދެން އާރޫގެ ވާހަކަ ބާއްވަބަލަ.. ކޮން އިރަކުންތަ ޝަޔާމްގެ ބައްޕަ ޔައިއްތަމެންނާ މީޓް ކުރަނީ..؟” އާރާ ބޭނުންވީ މައުޟޫ ބަދަލުކޮށްލާށެވެ.

“މިރޭ މީޓް ކުރަނީ.. ދެން އެހެންނޫނަސް ކޮންމެހެން މީޓް ނުކުރިޔަސް މި ކަންތައް މި އޮތީ ނިމިފައެއްނު..” ޝަޔާމް ބުނެލީ ލާނެތް ރާގަކަށެވެ.

“އެބުނާހެން.. މިހާރުވެސް މަންމަމެން ހީވޭ މަށަށް ވުރެ ބޮޑަށް ޝަޔާމް ދެކެ ލޯބިވާހެން.. އަދި މާމަ ޝަޔާމް ދެކެ ވަނީ އަމަށަކު ލޯތްބެއް ނޫން.. މިއަދުވެސް ކިޔައިފި މިރޭ ޝަޔާމް ކާން އަންނަ އިރު ސާގު ބޮނޑިބަތް ހަދަން ވާނެޔޯ.. ޝަޔާމްގެ ފޭވަރިޓްއެއް ނޫން ހެއްޔޯ.. ހުވާ މި ބުނީ ފޯރިއެއް ހުރޭ..” ޔަލީންގެ ވާހަކައިން އެތަނުގައި ތިބި އެންމެން ކައިރިއަށް ވެސް ހިނި އައެވެ. ކިތަންމެ ރުޅި އައިސްފައި އިން ކަމަށް ހެދިގެން އިނަސް، އާއިލާ އެންމެން ވެސް ޝަޔާމްއާ އެހައި ރުހޭތީ ޔަލީން ވަރަށް އުފާވެއެވެ.

“ދެން އަހަރުމެން އެންމެންގެ ލަވް ސްޓޯރީ ވެސް މި އޮތީ ކޮމްޕްލީޓް ވެފަ އެއްނު.. އިރާދަކުރެއްވިއްޔާ ދެން ހުރިހާ ކަމެއް ވެސް ދާނީ ރަނގަޅަށް..” ޒައުލް ބުނެލީ ނުހަނު އުފާވެފައި އިނދެއެވެ. އެ ވާހަކައާ އެއްބައިވަމުން ޔަލީން އާއި ޝަޔާމް ހިނިތުންވެލީ، ކުރިއަށް އޮތް ވަރުގަދަ ތޫފާނުގެ ހިލަމެއް ވެސް ނުވާ ޙާލުގައެވެ. ލޯބިން ބިނާކުރަމުން އައި ލޯބީގެ ގަނޑުވަރު ފުނޑުފުނޑުވާން އުޅޭ ކަމުގެ ޚިޔާލެއް އަދި ފިކުރެއް ވެސް ނެތިއެވެ.

*** ** ***

ދެނަމާދުދޭތެރޭގެ ވަގުތު ޔައިނާ އާއި އަޒަލްގެ އިތުރުން ޔަލީން ވެސް ބަދިގޭގައި އުޅުނީ މިރެއަށް ކެއްކުމަށެވެ. ނީލާ ވެސް ޝަޔާމްއަށް މީރުވާނެހައި އެއްޗަކުން މޭޒުމަތި ރަމަތަ ކުރަމުން ދިޔައެވެ. ކުކުޅު ރިހައާއި، ތަރުކާރީ ބަތާއި، ޑެވިލްޑް ޗިކަން އާއި، ސެލެޑާއި، ރޮށީގެ އިތުރުން ޕާސްތާ ވެސް ތައްޔާރުކޮށްފައި ހުއްޓެވެ. ފޮނި އެއްޗަކަށް ހެދީ ޝަޔާމްއަށް އެންމެ މީރު ސާގު ބޮނޑިބަތެވެ. ބޯން ފެޝަން ފުރުޓު ފަންޏާއި ކުރުނބާ ފަނި ހުރި އިރު، މޭޒުމަތި ނިކަން ތިޔާގި ކަމަށް ދައްކަމުން ދިޔައެވެ.

“ދަރިފުޅުމެން ދެން ދޭ އިޝާ ނަމާދު ކޮށްގެން ފެންވަރަން.. މަންމަ ބަދިގޭގަ މޮޕު ލާފަ އެބަ ދަން..” ޔައިނާ ބުނުމާއި އެކު އަޒަލް އާއި ޔަލީން ބަދިގެއިން ނުކުތެވެ.

ޔަލީން ކޮޓަރިއަށް ދިޔަ ގޮތަށް ގޮސް ފެންވަރައިގެން ނުކުމެ، އަލަމާރި ހުޅުވައިލިއެވެ. ކަނޑުނޫކުލަ އަކީ ޝަޔާމްއަށް އެންމެ ރީތި ކުލައަށް ވާތީ، ޔަލީން ލީ އެ ކުލައިގެ ގަޔަށް ދޫ އަބާޔާއެކެވެ. އިޝާ ނަމާދު ކޮށްލައިގެން ރީތިވެލާފައި، ހަމަ އެކުލައިގެ ޝޯލްއެއް މޭމައްޗާއި ބުރަކަށި ނިވާވާނޭހެން އަޅައިލުމާއިި އެކު، ޔަލީންގެ ރީތިކަން ދެގުނަވީ ފަދައެވެ. އެއްވެސް މޭކަޕެއް ނުކޮށް، ހަމައެކަނި ލިޕްގްލޮސް އަކުން އެ ތުންފަތް ފަޅުފިލުވައިލެވިފައިވީ ނަމަވެސް، ޔަލީންގެ ރީތިކަމަށް އެއްވެސް އުނިކަމެއް ނާދެއެވެ. ހުރިހައި ކަމެއް ނިމުމުން ޔަލީން ގަޔަށް ސެންޓުކޮޅެއް ބުރުވައިލިއެވެ. އެއަށްފަހު ލޯގަނޑު ކުރިމަތީގައި ހުއްޓި ހުރެ، ފުން ނޭވާއެއް ދޫކޮށްލީ، ފުރަތަމަ ފަހަރަށް ޝަޔާމްގެ ބައްޕައާ ބައްދަލު ކުރާތީ، ކޮންމެވެސް ވަރަކަށް ހާސްވެފައި ހުރެއެވެ.

ތައްޔާރުވެގެން ޔަލީން ކޮޓަރިން ނުކުތް އިރު، އެންމެން ވެސް ސިޓިންރޫމުގައި ތިއްބެވެ. ބަލައިލި ކޮންމެ މީހަކަށް ވެސް ޔަލީން ހުރީ ކޮންމެވެސް ވަރަކަށް ހާސްވެފައިކަން ދޭހަވާނެއެވެ.

އިރުކޮޅަކުން ގޭގެ ބެލް އަޅައިލި އަޑު އިވުމުން، އެންމެންނަށް އަވަސް ނަޒަރެއް ދީފައި ޔަލީން ގޮސް ދޮރު ހުޅުވައިލިއެވެ. ކުރިމަތީގައި ހުރި ޝަޔާމް ފެނިފައި ޔަލީން ހުރިހާ ދަތްތަކެއް ފެންނަ ވަރަށް ހިނިތުންވެލި އިރު، އެތެރެއަށް ވަންނަން ދަޢުވަތު ދިނެވެ. ޔަލީންއަށް ލޮބުވެތި ހިނިތުންވުމެއް ރައްދުކޮށްލަމުން، ޝަޔާމް އެތެރެއަށް ވަދެފައި، އޭނާގެ ބައްޕައަށް ވަނުމަށް ޢިޝާރާތް ކޮށްލިއެވެ. ޝަޔާމްގެ ބައްޕަ އެތެރެއަށް ވަންނަމުން ޔަލީންއަށް ހިނިތުންވުމެއް ރައްދުކޮށްލުމުން، ޔަލީން ވެސް ހިނިތުންވެލިއެވެ.

ޝަޔާމްގެ ފަހަތުން ވަން މީހާ ފެނުމުން އެހެން އެންމެންގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވި އިރު، ޔައިނާ އާއި މިލާންގެ މޫނުމަތި ކުއްލިއަކަށް ބަދަލުވެގެން ދިޔައެވެ. ޝަޔާމްގެ ބައްޕަ ވެސް އެންމެންނަށް ނަޒަރެއް ދެމުން ގޮސް، މިލާން އާއި ޔައިނާގެ ނަޒަރާ ބައްދަލު ވުމުން، ވަގުތުން މުޅި މީހާ ހުއްޓުން އެރިއެވެ. ހީވި ހީވުން ޔަގީނަށް ބަދަލުވުމާއި އެކު ޔައިނާގެ ދެލޮލަށް ކަރުނަތައް ބޮނޑިވެގަތް އިރު، މިލާންގެ ހިތް ނަފްރަތުން ފުރިގެން އައެވެ. އެ ދެއަތް މުއްކެވިފައިވީ އިރު، ދަތްކުނޑި ވިކައިލާފައި ހުރި ގޮތުން، ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެހެން ހީވެއެވެ. ޔައިނާ އާއި މިލާން އަދި ޝަޔާމްގެ ބައްޕައަށް އައި ބަދަލުތައް ފެނި، ދެން ތިބި އެންމެން ތިބީ ވާނުވާގައެވެ. އެސްފިޔަ ޖަހައިލުމާއެކު ލޮލުން ވެއްޓުނު ކަރުނަ ތިކި ނުހިފެހެއްޓުނު ޔައިނާގެ ދުލުން ބޭރުވީ އެންމެ ނަމެކެވެ.

“ޝިޔަލް..”

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories1K Comments

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

ތީ އޭ ހަނދަކީ 27

Next

ލޯބީގެ ކުރި ދަތުރުގެ ކިޔުންތެރިންނަށް

Next
March 20, 2025

ލޯބީގެ ކުރި ދަތުރުގެ ކިޔުންތެރިންނަށް

Previews
March 20, 2025

ތީ އޭ ހަނދަކީ 27

25 Comments!

  1. Ishu says:
    March 20, 2025 at 10:34 pm

    Oh…… Just as i thought
    Yal n shayaam dhuru nukurahcheyy
    Vrh curious kohlaafa thi ninmaalee
    When next???
    Can’t wait to read the next part
    Lysm

    1. Nayaa Nayaa says:
      March 21, 2025 at 1:58 am

      Thank you ishu love ❤️
      Next part mihaaru mi ulhenii submit kohlan vegen
      Lym ❤️

  2. pumpkin says:
    March 20, 2025 at 10:50 pm

    alhey noooo
    shayaaam n yal dhuru nukurahchyy
    next part kiyaafa roveyne hama
    😭
    azz n yail cute kamnn blush vs eba veyy
    masha allah mi part vs vrh reethi
    curiously waiting for the next part
    when next?
    tc ly nayooo

  3. Reem says:
    March 20, 2025 at 10:59 pm

    Ohh noh the ending! Varah unexpected. Too much curious now. Can’t believe that shiyal will come after so many years. But this part is my fav part. Can’t wait to see what will happen next. Nayaa ge stories kiyaigen i got some ideas to write my own story. Your writing skills really inspires me to write. Story liyan fashaafa iny. Varah avahah mi site in reem ge 1st story fenigen dhaane. You are my biggest inspiration don’t forget it. Ly 💗

    1. Nayaa Nayaa says:
      March 20, 2025 at 11:06 pm

      omggg hii reem dear<33
      missed you lots inge.. saw ur comment on the previous part too ekam vrh busy koh ulhuniima evves comment akah reply eh nudhevunu :((
      aww thats a great news!! cant wait to read your storiesss!! alheyy it makes me soo happy that so many ppl are getting inspired by me to write.. asluves hama ufalun rovey varu vey!
      lym dear <333

  4. Aalerrr says:
    March 20, 2025 at 11:13 pm

    Masha Allah mi part vx vrh reethi ❤️💯
    When’s next part???
    Curiously waiting for the next part 🙂✨

    1. Nayaa Nayaa says:
      March 21, 2025 at 2:13 am

      Thank youu aalaa ❤️
      Next part mihen mi ulheni submit kohlan vegen

  5. 🍍 says:
    March 21, 2025 at 12:36 am

    Wow ekm haadha kiyaa hithun hutta ey thi nimmaaly ehn part akah inthizaaru kuraa vrh vureh bodah dhn oii part ah inthizaaru kurevey 😅
    Hama vrh vrh vrh reethi mi part vc masha allah 😘
    Neynge dhn kuriah vaane gotheh vc ekm shayaam aa yaleen dhuru nukurahchey
    Can’t wait for next part
    Keep it up nayaa sis

    1. Nayaa Nayaa says:
      March 21, 2025 at 1:57 am

      thank youuu darl ❤️
      ehehe ehenveema next part mihaaru mi submit kohlany inge..ehaa gina iru inthizaaru kuruvaakah nuvaane ennu dhw..hehe

  6. na.ell says:
    March 21, 2025 at 12:52 am

    alheyyyyy nooo
    shayaam and yaleen dhuru nukurahcheyyy
    finally shiyal dhahkaalee dhw ehaa dhuvas thakakah fahu
    i can’t wait for the next part
    mi part ves vrh vrh reethi masha allah ..
    and yess i’m sorry if i have said anything in my earlier comments that upset you . that was not my intention. i was just trying to write a good comment about the story and share my thoughts in a positive way. i truly appreciate your work and didn’t mean to cause any offense. i just have a feeling that my comments upset u so…sorry… hehe
    keep up the good work nayu siss <33

    1. Nayaa Nayaa says:
      March 21, 2025 at 1:56 am

      thank you sooo muchh for this lovely comments dear ❤️
      hehe dhen let’s see dhw story dhaa gotheh
      whaaattt noo your comment was the absolute sweetest in the last part as well hama i absolutely loved it! what made you think that I was upset about it?? Last 2 parts ge comments ah reply nukurevuny hama busy kamun..but hurihaa comments eh ves hama keen including yours and I loved your comment darl! i wasn’t upset at all ingey there was no need to be upset.. you can always share your honest thoughts and alhugandu hama abadhuves balaigannaanan in sha allah 🥰❤️

  7. Its just me says:
    March 21, 2025 at 1:57 am

    Oh noo it’s reallyy him 😭 shayaam and yal dhuru nukurahchey pls 🥺 mi part vx v reethi Ma Sha Allah emme curious v hisaabun thi nimmaalee 😅😅 when next 😁 curiously waiting for the next part ♥️

    1. Nayaa Nayaa says:
      March 21, 2025 at 2:15 am

      hehe curious vaa hisaabun ninmaaleema ennu next part kiyaa hiyy vaany dho..
      Thanks dear ❤️
      Next part mihaaru submit kohlan mi ulhenii

  8. Naberr🤍 says:
    March 21, 2025 at 3:19 am

    NAAYU YK WHAT ehmme furathama ves shayaam n yal ge vhk bufefa n thoofaanuge vhk othyma nabaa ah heevi Shiyal is shayaam dad eyyy
    Plxxxx yal n shayaam dhuru nukurahcheyyy
    Curiously waiting for next part
    Ly🤍

  9. Alana says:
    March 21, 2025 at 3:40 am

    I knew it….. shayaam ge bappa shiyal kan
    Vara reethi mi part…. I’m getting sooo curious
    Love it 💖💖💖

  10. Nadhoo says:
    March 21, 2025 at 3:55 am

    Aara ei shayaamge kokko tha?

  11. gurrrrl says:
    March 21, 2025 at 4:15 am

    omg yyaleen n shayaamm
    alheyy dhru nukurahche puleex
    they both are made for each other
    btw when next part i cant wait hama kiyaalaa hithun
    keep it up
    vrh curious
    ly

  12. Anonymous says:
    March 21, 2025 at 5:08 am

    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    Alhey shayaam and yaleen dhuru nukurachey
    Azal and yail so romantic 😍
    Aaroo and zaul ves
    They all are made for each other
    I appreciate your hard work
    Thihaa busy koh ulhemen ves vaahaka kiyaalan libeythee v ufaavey
    Your my fav author ❤️
    Tc ❤️
    Ly naayoo ❤️😚

  13. Cutie girl says:
    March 21, 2025 at 5:08 am

    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    Alhey shayaam and yaleen dhuru nukurachey
    Azal and yail so romantic 😍
    Aaroo and zaul ves
    They all are made for each other
    I appreciate your hard work
    Thihaa busy koh ulhemen ves vaahaka kiyaalan libeythee v ufaavey
    Your my fav author ❤️
    Tc ❤️
    Ly naayoo ❤️😚

  14. Bbgirlthah says:
    March 21, 2025 at 5:41 am

    Hama heevi gothah evee😭
    Can’t wait,when next?

  15. Bbgirl says:
    March 21, 2025 at 5:44 am

    I knew it !!Hama heevi gothah evee😭
    Can’t wait,when next?
    And one more thing your my fav writer
    Love you naayooo💗

  16. UNKNOWN GURLL says:
    March 21, 2025 at 2:07 pm

    Nooo shayaam and yaleen dhuru nukurachey pls they are made for each other
    BTW mi part ves vrh vrh reethi
    Can’t wait when next part
    Lysm

  17. Tabassum says:
    March 21, 2025 at 6:47 pm

    Alhey alheyy my poor yaleen 💔💔 haadha dhera vaaneye ekujjafulhu…
    I hope ejehifai oyy massalaeh ves halluvaane kamah!
    V v v kiyaahithun kiyaa vaahaka eh mii . Al’hamdulillah!! Naayage stories thah free koh kiyan libeykan hihi ❤️❤️❤️

  18. Anonymous says:
    March 22, 2025 at 12:20 am

    When next… can’t Wait for the next part….. curiously waiting for the next part…. please be fast naayu..
    I can’t sleep without reading next part 😭😭😭…,

  19. Cutie girl (2nd comment) btw says:
    March 22, 2025 at 4:06 am

    Sure! Here’s a thoughtful and warm compliment you can share:

    “I just wanted to say how much I admire your storytelling, Naayaa. Your writing has a way of drawing readers in—each scene feels vivid and alive, making it easy to get lost in the world you’ve created. The way you develop your characters with such depth and emotion makes them feel real, and their journeys are both captivating and relatable. It’s clear how much heart you put into your work, and it truly shines through in every chapter. Thank you for sharing your talent—I’m excited to see where your story goes next!”

    Let me know if you’d like any tweaks or if you want to mention anything specific!
    V reethi trailer
    Curiosity waiting for the next trailer

Comments are closed.

Next Episodeތިޔަ ލޯތްބަށް އެދެވޭތީ… 31←


All Right Reserved!