ކޮންމެއަކަސް، ކުރިއަށް ކަންތައް ވާނޭ ގޮތެއް ނޭނގޭ ޙާލު ކޮންމެ މީހަކުވެސް ދިޔައީ އެމީހެއްގެ ދިރިއުޅުން އާރާސްތު ކުރެވޭތޯ ބަލަމުންނެވެ. ބުރަ މަސައްކަތާއި އެކީ ހޯދުނު ރަނގަޅު ނަތީޖާއިން ޔައިނާއަށް ސްކޮލަރޝިޕެއް ލިބުމުން އުފާވި ނަމަވެސް، ބައްޕައާއިި، މިލާންއާއި ވަކިވާން ޖެހޭތީ އެ ހިތަށް ފުރިހަމަ ހަމަޖެހުމެއް ނުލިބެއެވެ. މިލާންވެސް އޭނާގެ މިޔުޒިކް ކެރިއަރ ބައްޓަން ކުރުމުގެ މަސައްކަތް ފެއްޓި އިރު، ލައުރާގެ މިސްރާބަކަށްވީ އާރޓް އެންޑް ޑިޒައިނިން ކޮލެޖަކަށް ދިޔުމެވެ. އަފާންއާއި ޒާރާވެސް ދެ މަގަކުން […]
ތުގާ ދިޔުމުން ރުޅިވެރިކަންވީ ލޮލަކުން ޒާރާ އަފާންއާ ދިމާލަށް ބަލައިލިއެވެ. ޒާރާ ބަލައިލުމުން އަފާން ތުންފަތުގައިވީ ހިނިތުންވުން ވަގުތުން ފަރުދާ ކޮށްލިއެވެ. އެވަގުތު ޒާރާގެ ލޯ ދަތުރު ކުރީ އަފާންގެ ކަސްރަތީ މޭމައްޗަށެވެ. ޒާރާގެ މި ޢަމަލު ފެނުމުން އަފާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އަފާންއާ ދިމާލަށް ބަލަން ހުރެފައި ޒާރާ އަފާންގެ ގޮށްތައް އަޅުވަން ފެށިއެވެ. ހުރިހާ ގޮށްތަކެއް އަޅުވައި ނިމުމުން ޒާރާ އެތަނުން ދިޔައީ އެއްވެސް އެއްޗެކޭ ނުބުނެއެވެ. ޒާރާ ދިޔުމުން އަފާންއަށް ހީލެވުނެވެ. […]
އެނދުމަތީގައި ދެފައި މޭގައި ޖައްސާލައިގެން އިށީންދެގެން އިން ލައުރާ ދިޔައީ އަދިވެސް ގިސްލަމުންނެވެ. މުޅި ކޮޓަރިތެރޭގައި ހުރި އެއްޗެހި ވަނީ އެތަން މިތަނަށް އުކާފައެވެ. ސްޓަޑީ ޓޭބަލް މަތީގައި ހުރި ފޮތްތައްވެސް ވަނީ އެކި ތަންތާނގައެވެ. އަލަމާރި ތެރޭގައި ހުރި ހެދުންތައްވެސް ހުރީ ތިރިއަށް އުކާލާފައެވެ. ޑްރެސިންގ ޓޭބަލް މަތީގައި ހުރި ހުރިހާ އެއްޗެއްވެސް ތިރިއަށް ވަރާލާފައި ހުރި އިރު، ސެންޓު ފުޅިއަކާ، ފުށް ދަޅެއް ތަޅައިގެން ގޮސްފައި އޮތެވެ. އެނދުމަތީގެ ބެޑްޝީޓާއި، ބާލީސްތައްވެސް އޮތީ ބިންމަތީގައެވެ. […]
“އަހަރެންނަކަށް ދެން ކެތެއް ނުވާނެ މި ވާހަކަ ނުބުނެއެއް.. މިހާރު ބުނަން ވީމަ ބިރުވެސް ގަނޭ އެބަ.. ތި ރީތި ސޫރައިގެ ކުރިމައްޗަށް އަރާފައި ބުނާނެހާ ހިތްވަރެއް އަހަރެންގެ ނެތް ކަންނޭނގެ.. އުންމީދު ކުރަން އަހަރެންގެ އިޙްސާސްތައް ޤަބޫލު ކުރާނެކަމަށް.. އަހަރެން… އަހަރެން ވަރަށް ލޯބިވޭ.. ވަރަށް ވަރަށް ބޮޑަށް ލޯބިވޭ.. ތީ އަހަރެންގެ ފުރަތަމަ ލޯބި.. އަދި އެންމެ ފަހުގެވެސް ލޯބި.. ތި ލޯތްބާ ދުރަށް ދާކަށް އަހަރެންގެ ހިތް އެއްވެސް ޙާލެއްގައި ނޭދެ.. ތި […]
ޓީޗަރު ކިޔަވައިދޭން ފެއްޓުމުން ހުރިހާ ކުދިން އެކީ ހިމޭން ވިއެވެ. މުޅި ކްލާސްތެރެ އެކީ ހިމޭންވުމުން ޒާރާއަށް އަފާންއާ ދިމާލަށް ބަލައިލެވުނެވެ. އިއްތިފާޤުން އެވަގުތުވީ އަފާންވެސް ޒާރާއާ ދިމާލަށް ބަލައިލި ވަގުތަށެވެ. ދެމީހުންގެ ނަޒަރު ސީދާ ވުމުން ހީވީ ގައިގައި ކަރަންޓު ޖެހުނުހެންނެވެ. ޒާރާ ވަގުތުން ބޯޑަށް ސަމާލުކަން ދިން އިރު އަފާންވެސް ފޮތުގައި ގަލަން ޖައްސައި، ލިޔާ ކަމަށް ހެދުނެވެ. *** ** *** ގެއަށް ވަދެ އެންމެ ފުރަތަމަވެސް ޔައިނާ ފާޚާނާއަށް ވަދެ ފެންވަރާލިއެވެ. […]
ާޒާރާގެ ޖަވާބުން ހިތްހަމަ ނުޖެހިފައި ހުރި އަފާން އިތުރު ދެ ފިޔަވަޅު ޒާރާއާ ގާތަށް އެޅިއެވެ. އަފާން އެހާ ގާތުގައި ހުރުމުން ޒާރާއަށް ފަހަތަށް ޖެހެވުނެވެ. ޒާރާ ފަހަތަށް އަޅާ ކޮންމެ ފިޔަވަޅަކ އެކީ އަފާންވެސް ދިޔައީ ކުރިޔަށް ފިޔަވަޅެއް އަޅަމުންނެވެ. ހިތަށް އުނދަގޫވެފައި ހުރި ޒާރާއަށް އެއްޗެއް ނުވެސް ބުނެވުނެވެ. ޒާރާ ގޮސް ފާރުގައި ޖެހުމުން ހާސްވިއެވެ. އެއާއެކު އަފާން ދެއަތް ޒާރާގެ ދެފަރާތުން ފާރުގައި ވިއްދާލާފައި، ނުދެވޭނެހެން ޒާރާ ހައްޔަރު ކޮށްލިއެވެ. އަފާންގެ އެ […]
“އޯހް ގޯޑް.. ސްޓޮޕް އިޓް ޔޫ ބޯތް.. ޕްލީޒް..” ފަހަތުން ޔައިނާގެ އަޑު އިވުމުން ޒާރާއާއި އަފާން އެކީ ފަހަތް ބަލައިލިއެވެ. އޭރި ޔައިނާ އިނީ އެމީހުން ކުރަމުން ދިޔަ ޒުވާބުން ހީހީ ބަލިވެފައެވެ. އަފާންއާއި ޒާރާއަށް އެތާ އެހެން މީހުންވެސް ތިބިކަން ރޭކާލީ ޔައިނާ ގޮވައިލުމުންނެވެ. އެއާއެ ޒާރާޢަށް އިސްޖަހައިލެވުނެވެ. އަފާންއަށް ބޯ ކަހައިލެވުނެވެ. އެދެމީހުންގެ ޢަމަލުތަކުން ޔައިނާއަށް ނުހީ ނުހުރެވުނެވެ. “ތި ދެމީހުންނަށް ވާ ހަމަ ސާބަސް އިނގޭ.. ދެމީހުން ދެމީހުންނާ ދިމާވެއްޖެއްޔާ އަބަދު […]
މާ އަވަސް ފިޔަވަޅުތަކެއްގައި ފޭބުމުގެ ސަބަބުން ލައުރާގެ ފައި ކައްސާލިއެވެ. ވެއްޓެން ދިޔުމާއެކު ވާނެ ތަދު ހިތަށް އަރުވާލެވުމުން ކުޑަކޮށް ހަޅޭލަވައިނެވުނެވެ. މިލާނަށް އެހިސާބަށް އާދެވުނީ ހަމަ އެވަގުތުއެވެ. ވެއްޓެން ދިޔަ ލައުރާ ފެނުމުން ދިގު ފިޔަވަޅުތަކެއްގައި ހަރުފަތްތައް ގިރާކުރުމަށްފަހު ގޮސް ލައުރާގެ އުނަގަނޑުގައި ދެއަތް ވަށާލިއެވެ. ވެއްޓުމުގެ ކުރިން ބާރުގަދަ އަތަކުން އޭނާ ހިފެހެއްޓިކަން އެނގުމުން ލައުރާއަށް ލޯ ހުޅުވައިލެވުނު އިރު ފެނުނު މިލާންގެ ކަޅު ކުލައިގެ ފުން ދެލޮލަށް ގެއްލިގެން ސިޔައީ ސިކުންތެއްގެ ތެރޭގައެވެ. […]
“ސަރ.. އަޅުގަނޑު ވަރަށް ބޮޑަށް ފާޚާނާއަށް ދާން ވެއްޖެ..” މިލާން ބުނެލި މަޖާ ގޮތުން ހުރިހާ ކުދިންނަށާއި ޓީޗަރަށްވެސް ހެވުނު އިރު، ލައުރާ އިނީ ނެގިމަޑުވެފައެވެ. މިލާން ކުރަން އެ އުޅޭ ކަމެއް ދެނެގަންނާކަށް ލައުރާއަށް މާކަ އުނދަގުލެއް ނުވިއެވެ. “މިލާން.. އަހަރުމެން އެންމެންނަށްވެސް އިނގޭ މިލާން ދާނީ ފާޚާނާއަށް ނޫންކަން.. މިދިޔަ ހަފްތާގަވެސް ސަރ ފާޚާނާޢަށް ފޮނުވާލީމަ ޖެހިގެން ހުރި ކްލާސް ކުއްޖަކާ އެއްކޮށް މިލާން ކޮމްޕިޔުޓަރ ލެބަށް ވަދެ، ސަކަރާތް ޖެހީ.. ދެން ނުފޮނުވާނަން..” […]