Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 9

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories1K Comments
July 24, 2022 9 Mins Read
5 Comments

އެނދުމަތީގައި ދެފައި މޭގައި ޖައްސާލައިގެން އިށީންދެގެން އިން ލައުރާ ދިޔައީ އަދިވެސް ގިސްލަމުންނެވެ. މުޅި ކޮޓަރިތެރޭގައި ހުރި އެއްޗެހި ވަނީ އެތަން މިތަނަށް އުކާފައެވެ. ސްޓަޑީ ޓޭބަލް މަތީގައި ހުރި ފޮތްތައްވެސް ވަނީ އެކި ތަންތާނގައެވެ. އަލަމާރި ތެރޭގައި ހުރި ހެދުންތައްވެސް ހުރީ ތިރިއަށް އުކާލާފައެވެ. ޑްރެސިންގ ޓޭބަލް މަތީގައި ހުރި ހުރިހާ އެއްޗެއްވެސް ތިރިއަށް ވަރާލާފައި ހުރި އިރު، ސެންޓު ފުޅިއަކާ، ފުށް ދަޅެއް ތަޅައިގެން ގޮސްފައި އޮތެވެ. އެނދުމަތީގެ ބެޑްޝީޓާއި، ބާލީސްތައްވެސް އޮތީ ބިންމަތީގައެވެ. މިވަގުތު ލައުރާގެ ކޮޓަރި އޮތީ މީހަކަށް ބަލައިލަން ކެރޭ ޙާލެއްގައެއް ނޫނެވެ. ނަމަވެސް، އެއިން އެއްވެސް ކަމަކަށް ލައުރާގެ ފަރުވާލެއް ނެތެވެ. ގިސްލަ ގިސްލާފައި ވޭނުން ފުރިގެންވީ އަޑަކުން ރޮމުން ދިޔަ އިރު، ވިސްނެމުން ދިޔައީ ހަމަ އެންމެ ކަމަކާ ދޭތެރޭގައެވެ.

“ކީއްވެ މިލާން… ކީއްވެ…؟” ރޮއެ ރޮއެ އެ ދެލޯ ރަތްވެ، ވަޅުވަދެފައިވާ ޙާލު ލައުރާއަށް މަޑުމަޑުން ސުވާލު ކުރެވުނެވެ. “ވައި ޑިޑް ޔޫ ގިވް މީ ސޯ މެނީ ފޯލްސް ހޯޕް..؟” އަދިވެސް ލައުރާއަށް ދިޔައީ ރޮވެމުންނެވެ. “އަހަންނަށް ކީއްވެތަ މިލާން ދެކެ ލޯބި ވެވުނީ..؟ ކީއްވެ..؟ މިލާ ނޫނީ އެހެން ކުއްޖަކު މަށަށް ހަމަ ނުފެނުނީތަ..؟” ލައުރާއަށް ދިޔައީ އަދިވެސް ހިތާހިތާ ޝަކުވާ ކުރެވެމުންނެވެ. މިވަގުތު އެ ހިތުގައި އަޅަމުން ދިޔަ ވޭން އެންމެ ރަނގަޅަށް ދެނެވޮޑިގެންވަނީ މާތް ﷲއެވެ. އެގޮތުގައި އެތައް އިރަކު ރޯން އޮތުމަށްފަހު ލައުރާއަށް ނިދުނީ ދަންވަރު ދޭއްވެސް ޖެހި ފަހުންނެވެ.

*** ** ***

ހެނދުނު ހޭލި ގޮތަށް ޔައިނާ އަވަސްވީ ފަތިސް ނަމާދު ކޮށްލުމަށެވެ. އާދައިގެ މަތިން ފަތިސް ނަމާދު ކޮށްލުމަށްފަހު ޔައިނާ ޤުރުއާން ކިޔަވާލިއެވެ. އެއަށްފަހު، ކޮފީއެއް ހަދައިލުމަށްފަހު، ގޮތިތެރެއަށް ނުކުތެވެ. ގޯތިތެރޭގައި ހުރި ޖަނބުރޯލު ގަހުގައި އެލުވައިފައި ހުރި އުނދޯލީގައި އިށީނދެ، އެތާ ހުރި ކުޑަ މޭޒުމަތީގައި ޔައިނާ ކޮފީމަގު ބަހައްޓާލިއެވެ. އެއަށްފަހު، ފޯނު ނަގައި ހުޅުވާލިއެވެ.

“ގުޑް މޯނިން ލަވް..” މިލާންގެ ފަރާތުން ލިބިފައި އޮތް ލޯބިވެތި ލަފްޒުތައް ކިޔައިލުމުން ޔައިނާގެ ހިތް އުފަލުން ފުރުނެވެ. ޖަވާބުގައި ޔައިނާވެސް ހެނދުނުގެ ތަހުނިޔާ ފޮނުވައިލިއެވެ. މާ ގިނަ އިރުތަކެއް ނުވެ މިލާންގެ ޖަވާބު ލިބުނެވެ. އެގޮތުގައި އެތައް އިރަކު ދެ ލޯބިވެރިން ވާހަކަ ދެއްކުމުގައި ހޭދަކުރިއެވެ. ދެމީހުންވެސް ވަކިވެލީ ހަވީރު ތުނޑިން ބައްދަލު ކުރުމަށް ނިންމަމުންނެވެ.

*** ** ***

ޔައިނާއާ ވާހަކަ ދައްކާލުމަށްފަހު މިލާން ފާޚާނާއަށް ވަދެ ފެންވަރާލިއެވެ. ފެންވަރައިގެން ނުކުމެ، ކަޅު ކުލައިގެ ހުޑީއަކާ ނޫކުލައިގެ ޖިންސް ސޯޓެއް ލުމަށްފަހު، ތިރިޔަށް ފޭބީ ބަނޑުހައިވެފައި ހުރި ވަރުންނެވެ. އޭރު މަނާލްވެސް މޭޒު ކައިރި ކޮފީ ބޯން އިން އިރު މިލްނާ ގޯތިތެރެ ކުނިކަހަން އުޅެއެވެ. “ގުޑް މޯނިން ނާލު..” މަނާލްގެ ކޮލުގައި ހިފައިލަމުން މިލާން ހީލިއެވެ. “މޯނިން ދޮންބޭ..” މަނާލްވެސް ބަދަލުގައި ހިނިތުންވުމެއް ރައްދު ކޮށްލިއެވެ. މަނާލްއާއި ދެމީހުން އެކީ ސައިބޮމުން ދިޔަ އިރު، އެ ދެމެދުގައި އެތައް ވާހަކައެއް ދެކެވެމުން ދިޔައެވެ.

“އޭ.. ދޮންބެ ބުނީމެއްނު އިއްޔެ އަސްލު ކޮންފެސް ކުރެވުނީ ލައު ދައްތައަށޭ.. އެވާހަކަ ފަހުން ލައު ދައްތައާ ދެއްކިންތަ..؟” ކުއްލިއަކަށް ކަމެއް ހަނދާންވީ ފަދައިން މަނާލް ބުނެލިއެވެ. އެވަގުތު މިލާންގެ ދެލޯ ބޮޑުވެގެން ދިޔައީ ފަހުން އެކަމުގެ މަތިން ކުޑަކޮށްވެސް ހަނދާން ނެތުމުންނެވެ. ޙަގީގަތުގައި އޭނާ ހުރީ ފަހުން ލައުރާއާ އެ ވާހަކަ ދައްކަން ނިންމައިގެންނެވެ. އެހެން ހުއްޓާ، އެކަން ހަނދާނުން ކައްސައިލީއެވެ “އޯހ ޝިޓް.. ދޮންބެ ހަނދާނެއްވެސް ނެތް..” ނިތުގައި ޖަހައިލަލުމް މިލާންއަށް ބުނެވުނެވެ. “ލައު ހުންނާނީ މިހާރު ވަރަށް އޮކްވާރޑް ވެފަ ދޯ..” މަނާލްއާ ދިމާލަށް ބަލައިލަމުން މިލާން އަހައިލިއެވެ. “ނޭނގެ ދޯ.. ލައު ދައްތައަށް ފެންނާނު ދޮންބެ ޔައި ދައްތައާ އެއްކޮށް ދިޔަ ތަން.. އިނގޭނެ ކަންނޭނގެ ދެން މިހާރު.. އެކަމްވެސް ބުނެލާ.. އެކަމުގެ ސަބަބުން ދޮންބެމެންގެ ފްރެންޑްޝިޕަށް އަސަރު ކޮށްފާނު.. ޔޫ ބޯތް ޑޯންޓް އީވެން ލައިކް އީޗްއަދަރ.. ދެން ދޮންބެ ލޯބިވެޔޭ ހީކޮށް ލައު ދައްތަ އަންކޮމްފީ ވެދާނު.. ޔޫ ކާންޓް ޓޭކް އެނީ ރިސްކް.. ސޯ ޖަސްޓް ޓެލް ހަރ..” މަނާލްގެ ވާހަކައާ އެއްބައިވަމުން މިލާން ބޯ ޖަހައިލިއެވެ.

ސައިބޮއެ ނިމުނު ގޮތަށް މިލާން ލައުރާއަށް ގުޅައިލިއެވެ. އެއިން ކޮންމެ ފަހަރަކުވެސް ފޯނު ނިވާލާފައިވާ ކަމުގައި ބުނުމުން މިލާން ނިންމީ ލައުރާގެ ފޯނު ޗާޖަށް ޖަހާފައި އޮތީ ކަމުގައެވެ. ފަހުން ލައުރާމެން ގެއަށް ދާން ނިންމަމުން މިލާން ނުކުތީ ގެއިން ބޭރަށެވެ.

*** ** ***

ނިދިފައި އޮތް ލައުރާއަށް ހޭލެވުނީ ހެނުނު ދިހައެއްވެސް ޖެހި ފަހުންނެވެ. ރޭގަ އެހާ ލަހުން ނިދުމުންނާއި، އެހާ ގިނަ އިރު ރޮއެފައި ހުރުމުގެ ސަބަބުން އެ ރީތި ދެލޯ ވަނީ ރަތްވެ، ވަޅުވަދެފައެވެ. ތެދުވެ، ލައުރާއަށް މުޅި ކޮޓަރިތެރެއަށް ނަޒަރު ހިންގައިލެވުނެވެ. އެވަގުތު ކޮޓަރިތެރެ އޮތް ގޮތުން، ބޮލަށް އުނދަގޫ ވިއެވެ. މަޑުމަޑުން އެނދުން ތެދުވި ލައުރާއަށް ކޮޅަށް ނުހުރެވުނީ ގައިގައި މަޑު ތުރުތުރެއް އުފެދިފައި ވާތީއެވެ. އެއާއެކު، ބޮލަށް ބަރުވެފައި ހުރުމުން ދެއަތުން ބޮލުގައި ހިފަހައްޓާލެވުނެވެ. އެނދުގެ ފަޑީގައި ހިފަހައްޓައިގެން ލައުރާ މަޑުމަޑުން ދެ ފިޔަވަޅު ކުރިޔަށް އެޅިއެވެ. އެޙާލުގައިވެސް ލައުރާ ކޮޓަރިތެރެ ސާފު ކުރުމަށް އަވަސްވެގަތީ އެ ކޮޓަރިތެރެ އެހެން އޮތް ތަން ފެނިއްޖެ ނަމަ މަންމަގެ ސުވާލާ ކުރިމަތިލާން ޖެހޭނެތީއެވެ. އޭނާގެ ހިތުގައި މިވަގުތު އަޅަމުންދާ ވޭން އަދި އެއްވެސް މީހަކާ ޙިއްސާ ކުރަން ބޭނުން ނުވާތީއެވެ.

ހުރިހާ އެއްޗެއް ހުރި ތާކު ބެހެއްޓުމަށްފަހު، ލައުރާ ކޮޓަރި ކުނިކަހާ، މޮޕު ލިއެވެ. އެއަށްފަހު ފާޚާނާއަށް ވަދެ ފެންވަރާލީ ހޫނުވެފައި ހުރުމުންނެވެ. ފެންވަރައިގެން ނުކުމެ، ލައުރާ އަތްކެނޑި ނޫކުލައިގެ ޓޮޕެއް ލުމަށްފަހު، ތިރިން ކަކުލާ ހަމައަށް އަރާ ޖިންސް ސޯޓެއް ލިއެވެ. އެއަށްފަހު މަތިން ކަޅު ކުލައިގެ ޖެކެޓެއް ލުމަށްފަހު، ލައުރާ ގޮސް ލޯގަނޑު ކުރިމަތީގައި ހުއްޓުނެވެ.

ރަތްވެފައިވާ އޭނާގެ ދެލޮލަށާއި، ދުޅަވެފައިވާ މޫނުމަތި ފެނުމުން ލައުރާއަށް އަނެއްކާވެސް އިއްޔެގެ ޙާދިސާ މަތިން ހަނދާން ވިއެވެ. އެއާއެކު އެ ދެލޮލަށް ކަރުނަތައް ބޮނޑިވެގަތް ނަމަވެސް، ހިތްވަރުކޮށްލާފައި، ތިރީ ތުންފަތުގައި ދަތް އަޅާލަމުން އެ ކަރުނަތައް ހިންދާލިއެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ލައުރާ އަމިއްލަ ނަފްސަށް ވަޢުދެއް ވިޔެވެ. “މިލާންއާއި ޔައިނާގެ ގުޅުމަށް އަހަރެންގެ ސަބަބުން އެއްވެސް ހުރަހެއް ކުރިމައްޗެއް ނުވާނެ.. ހަމަ އެ ގޮތަށް މިލާންއާއި ޔައިނާގެ ގުޅުމުން އަހަރެންނާ މިލާންގެ އެކުވެރިކަމެއްވެސް ބަދަލެއް ނުވާނެ.. އަހަރެން މިލާނަށްޓަކައި އުފާ ކުރާނަން.. މިލާން ދެކެ ކިތަންމެ ލޯބި ވިޔަސް، މި ލޯބި ވަޅުލައި، ކަފުން ކުރާނަން.. އެންމެ ފަހު ވަގުތާ ހަމައަށްވެސް އަހަރެން ހުންނާނީ މިލާންގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި.. ދުވަހަކުވެސް ދެގޮތެއް ނުވެ، މިލާންގެ ޙަޤީގީ އެކުވެރިއެއްގެ ގޮތުގަ އަހަރެން ހުންނާނަން.. މީ އަހަރެން މިއަދު ވާ ވަޢުދެއް..” މޫނު ފުހެލަމުން ލައުރާ އޭނާގެ އަމިއްލަ ނަފްސަށް ވަޢުދު ވިއެވެ.

އިތުރަށް މިކަމާ ހަދާ ރޯކަށް އޭނާ ބޭނުމެއް ނޫނެވެ. މިލާންގެ ޙަޔާތުން އެކުވެރިކަމުގެ ޖާގައެއް ލިބުނީތީވެސް އޭނާ އެކަމާ އުފާ ކުރެއެވެ. ދެން އޭނާ މިލާންއާ ބައްދަލު ކުރާނީ މިލާންއާއި ޔައިނާގެ ގުޅުމަށް މަރުޙަބާ ކިޔަމުންނެވެ. ކިތަންމެ އުނދަގޫވެ، ދެރަވިޔަސް، ވަގުތާ އެކީ އެކަންކަމަށް އާދަވާނެކަން އޭނާއަށް އެނގެއެވެ. ރީތިވެލުމަށްފަހު، ލައުރާ ކޮޓަރިން ނުކުތީ މިލާން ކޮށްފައި އޮތް މެސެޖަށް ޖަވާބު ދެމުންނެވެ.

*** ** ***

ލައުރާގެ ގޭ ދޮރުމަތީގައި މިލާން ހުރީ ލައުރާ މި ނުކުންނަނީ ކަމުގައި ބުނުމުންނެވެ. ލައުރާ ނުކުތުމާއި އެކު، މިލާން ލައުރާއަށް ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. ބަދަލުގައި ލައުރާވެސް މިލާންއަށް ރީތި ހިނިތުންވުމެއް ރައްދު ކޮށްލިއެވެ.

“ލައު.. ލޮލަށް ކިހިނެއް ވެފަ..؟” ލައުރާގެ ދެލޯ ރަތްވެފައި ވުމުން މިލާން ކަންބޮޑުވެފައި، އެއްސެވެ. “ރޭގަ ކުޑަކޮށް ބަލިކޮށޭ އުޅުނީ.. ދެން އެވަރުންވެސް އޮވެވުނީ ޑްރާމާ ބަލަން.. ނިދުނީވެސް ދޭއް ޖެހި ފަހުން.. އެހެންވެ އެއީ..” ލައުރާ ޖަވާބު ދިނުމުން މިލާން ދެފަރާތަށް ބޯ ހޫރުވާލިއެވެ. “ސާބަސް.. ލައު ކައިރި ކިތައް ފަހަރުތަ ބުނާނީ އެހާ ލަސްވަންދެން ހޭލާ ނުހުންނާށޭ.. ބުނާ އެއްޗެއް އަޑު އަހަނީކީ ނޫނޭ..” ދެމީހުން އެކީ ހިނގައިގަންނަމުން މިލާން ބުނެލިއެވެ. “ހޫނ ދެން ތިއެއް ނޫނޭ.. ލަވަރ ބޯއި ކިހިނެއްތަ..؟ ސިންގަލްް ޓައިމް ފަހަނަ އަޅާ ގޮއްސި ދޯ..” އެއް މިޔަކަނިން ހީލަމުން ލާނެތް ގޮތަކަށް ލައުރާ ބުނެލިއެވެ. “އަހަހަ.. އަސްލުވެސް.. އޭ ތިއެއް ނޫނޭ.. މަ ބުނީ އިއްޔެގަ ވީ ކަންތަކާ-” “ސާބަސް.. މަށަށް އެނގޭ އެއީ ޔައި ކައިރި މިއްލު ބުނަން ބޭނުންވި ވާހަކަތަކެއްކަން.. މަވެސް އެހާ މޮޔަ އެއް ނޫނޭ.. ފަހުން ތި ދެމީހުންނަށް މަރުހަބާ ކިޔަން ދާން އުޅެފަވެސް ދެކުދިންނަށް ކުޑަ ޕްރައިވެޓް ޓައިމްކޮޅެއް ދޭންވެގެން ނުދިޔައީ..” ހިނިގަނޑެއް ޖަހައިލަމުން ލައުރާ ބުނެލި ގޮތުން މިލާންގެ ހިތަށް ފިނިކަމެއް ލިބުނެވެ. “އޯހ.. ނަސީބެއްނު.. އަހަރެން ހުރީ ލައު ހިތަށް އަރާފާނެ އެއްޗަކާ ދޭތެރޭ ވަރަށް ބިރުން..” މިލާން ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލިއެވެ. “ހޫމް ތިއެއް ނޫނޭ.. ކޮންއިރަކުންތަ ޖީއެފްއާ އަހަރެން މީޓްކޮށްދޭނީ..؟ ޔޫ ގޮޓް އަ ގްރޭޓް ކެޗް އިނގޭ.. ޔައި އަކީ ވަރަށް ރަނގަޅު ކުއްޖެއް.. އެހާ ރީތި.. އެންމެން އެ ތިބެނީ މަށަށް މަށަށް ކިޔާލަ ކިޔާލަ..” ލައުރާގެ ވާހަކައިން މިލާނަށް ހީލެވުނެވެ. “އަސްލަށްވެސް.. އައިމް ސޯ ލަކީ.. ޔައިއާ މީޓް ކުރަން ހިނގާ ހަވީރުން..” މިލާން ބުނެލިއެވެ. “މަށަށް ހަމަ އޯކޭ.. އޭ އަދި ސައިވެސް އޮތީ އިނގޭ..” ލައުރާ މިލާންއާ ދިމާކޮށްލިއެވެ.

“ކަލޯ ގަޔާ އަދި އިނގޭތަ..؟ އިއްޔެ މިކަމެއް ފަޅާއަރައިގެން މި އުޅުނީ އަހަރުން ކްލާހުގަ ތިބި އެންމެ އަނގަ ގަދަ ދެ މިތުރުންނަށް.. އެމީހުންނަށް ޖޫގޯ ދީގެންނާ ނާލުއަށް އައިސްކްރީމް ދީގެން މަގޭ ޖީބު މިހާރު ހުސްވެއްޖެ..” މިލާން އިއްޔެގެ ހަނދާންތައް އާކޮށްލިއެވެ. “ހަހަހާ.. ތި ބުނީ ޒާރާއާ އަފާންއާ..؟ ވަރެއްގެ ދެމީހުންނޭ ދޯ ތީވެސް.. އޭ އަދި އަޑު އެހިން އިއްޔެ އެސެމްބްލީއަށް ނުގޮސް ދެމީހުން ރޮމޭންސް ޖައްސަން ތިބި ވާހަކަވެސް..” މިލާން ޒާރާއާއި އަފާން ސިފަކޮށްދިން ގޮތުން ލައުރާއަށް ނުހީ ނުހުރެވުނެވެ. “އޭ އާނ އަދި އެ ވާހަކަ ކިޔައެއް ނުދެވެ ދޯ..؟ އެނގޭތަ އެދެމީހުން……” އިއްޔެ ވީ ހުރިހާ ކަމެއް އަކުރުން އަކުރަށް މިލާން ކިޔައިދިނެވެ.

“އަދި މި އަފާން ހީވަނީ އަންހެން ކުއްޖެއްހެން.. ޒާރާއަށްވުރެ އޭނަ މާ ލަދުން އުޅުނީ.. ހީވަނީ އައިސްކްރީމެއްހެން ވިރިގެން ފައިބާހެން..” މިލާންއާއި ލައުރާ އެފަދަ މަޖާ ވާހަކަތަކެއްގައި ތިބެގެން ހިނގަމުން ދިޔަ އިރު ދެމީހުންގެ މިސްރާބަކަށް ވެފައވީ މާ ދުރު ނޫން ހިސާބުގައި އޮންނަ ޕާކެވެ. މިލާންއާއެކީ ހީހީފައި ސަކަރާތް ޖަހަމުން ދިޔަ އިރު ލައުރާގެ ހިތުގައި މިވަގުތު އަޅަމުންދާ ވޭން އެއްވެސް މީހަކަށް ނޭނގޭނެއެވެ. އެހާވެސް ލައުރާ ހިތްވަރު ގަދައެވެ.

*** ** ***

ތުނޑިމަތީގައި މިލާންއާއި ޔައިނާއަށް އިންތިޒާރު ކުރަމުން ދިޔަ ލައުރާ ހުރީ ދެކޮޅަށް ހިނގާލަ ހިނގާލައެވެ. ތަންކޮޅެއް ދުރުން ޔައިނާގެ އަތުގައި ހިފައިގެން އަންނަމުން ދިޔަ މިލާންް ފެނި، ލައުރާގެ ހިތް ތެޅިލިއެވެ. އެދެމީހުންނަށް ފުރަގަސް ދެމުން ލައުރާ ދެލޯ މަރާލައި، އަތް މުއްކަވާލިއެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ލައުރާ އަމިއްލަ ނަފްސު ތައްޔާރު ކޮށްލިއެވެ. މިކަހަލަ ކިތަންމެ މަންޒަރެއް އަދި ފެންނާނެ ކަމަށް ހަނދާން ކުރަމުން ލައުރާ ގަދަކަމުން ހިނިތުންވެލިއެވެ. އެނބުރި އެމީހުންނާ ދިމާލަށް އެނބުރުނު ލައުރާގެ މޫނުމަތީގައިވަނީ ރީތި ހިނިތުންވުމެކެވެ. މިލާންމެން އައިސް އެހިސާބަށް އަރާ ހަމަވުމުން ލައުރާ ހިނިތުންވެލާފައި މަޑުމަޑުން ޔައިނާގެ ގައިގައި ބައްދާލިއެވެ. ޔައިނާވެސް ހިނިތުންވެލަމުން ލައުރާގެ ގައިގައި ބައްދާލިއެވެ.

“ކޮންގްރޭޖުލޭޝަން އިނގޭ ޔައީ..” ޔައިނާއާ ދުރުވެލަމުން ލައުރާ ބުނެލިއެވެ. “ތެންކިއު ވަރަށް ބޮޑަށް..” ބަދަލުގައި ޔައިނާވެސް އޭނާގެ އެންމެ ރީތި ހިނިތުންވުން ހަދިޔާ ކޮށްލަމުން ބުނެލިއެވެ.

“އެހެމް އެހެމް.. އޭމް އައި ތަރޑްވީލިންގ ހިއަރ..؟” ކަރުކެހިލުމަށްފަހު މިލާން ބުނެލި ވާހަކައިން ލައުރާއާއި ޔައިނާ ގާތަށްވެސް ހިނި އައެވެ. “ޔޫ ޖަސްޓް ސްޓޯލް މައި ގަރލްފްރެންޑް ފްރޮމް މީ..” ދެރަވާ ކަމަށް ހެދެމުން މިލާން އިސްޖައިލިއެވެ. “އަމައްޔާއި.. ކޮންމެހެން ޝާހްރުކް ނުހެދުނަސް ހެވޭ.. މިހިރީ ކަލޭގެ ލޯބިވާ.. އަވަހަށް ގެންދޭ..” ލައުރާވެސް ލާނެތްކަމާ އެކީ ބުނެލި ވާހަކައިން މިލާންއަށާއި ޔައިނާއަށްވެސް ހެވެވުނެވެ.

“އަސްލުވެސް ވަރަށް އުފާވޭ ތި ދެމީހުން ގުޅުނީމަ.. ޔޫ ބޯތް އާރ ސޯ ޕަރފްކްޓް ފޯރ އީޗްއަދަރ.. ވަރަށް ލޯބި ކަޕްލްއެއް..” ހިތްމަތީ ގާގަނޑެއް ބާއްވައިގެން ހުރެ ލައުރާ ބުނެލިއެވެ. “ތެންކިޔު ތެންކިޔު ބެސްޓީ..” މިލާން ޝުކުރު އަދާކުރިއެވެ. “އޭއި.. އާދެބަ މިތާ ހުންނަން.. ދެމީހުންގެ ފޮޓޮއެއް ނަގާލަން ވެގެން..” ލައުރާ އެހެން ބުނުމުން މިލާންއާއި ޔައިނާ ގޮސް ލައުރާ އެ ބުނި ތާކު ހުއްޓުނެވެ. “ދެން މިއްލު ޔައިގެ ވެއިސްޓްގަ އަތް ބާއްވާލާފަ ކިސް ހަރ ފޯރހެޑް.. ޔައިގެ ދެ އަތް މިއްލުގެ ކޮނޑުމަތީ ބާއްވާ..” ލައުރާ ހަމަ އެހެން ބުނުމާއެކީ މިލާން ޔައިނާގެ އުނގަނޑުގައި ހިފައި، އޭނާއާ ކައިރިއަށް ދަމާލިއެވެ. މިލާން ކަންތައް ކުރި ގޮތުން ޔައިނާއަށް ލަދުން އިސްޖަހައިލެވުނެވެ. “އަޅޭ ޔައީ.. ތިހާ ލަދުން އުޅޭކަށް ނުވާނެޔޭ..” ލައުރާ ޔައިނާއާ ދިމާކޮށްލުމުން، ލަދުން ހުރެވެސް، ޔައިނާ އޭނާގެ ދެ އަތް މިލާންގެ ކޮނޑުމަތީގައި ބާއްވާލިއެވެ. މިލާންގެ ތުންފަތް އޭނާގެ ނިތްކުރީގައި ޖެހުނު ކަމުގެ އިޙްސާސް ވުމުން ޔައިނާއަށް ދެލޯ މަރާލެވުނެވެ. ލައުރާ ފޮޓޯ ނެގީ ހަމަ ސީދާ އެވަގުތުއެވެ. ފޮޓޯ ކިތަންމެހާވެސް ރީއްޗެވެ. ފޮޓޯ ނަގާ ނިމުނު ފަހުންވެސް ޔައިނާ އާއި މިލާން އެގޮތަށް ތިބުމުން ލައުރާ ކަރުކެހެލިއެވެ.

“އެހެމް އެހެމް.. ދުރުވާކަށް ނުވޭތަ..؟” ލައުރާގެ އަޑަށް ސިހިފައި ޔައިނާ މިލާން ކޮއްޕައިލުމުން ނުވެއްޓުނީވެސް ކިރިޔާއެވެ. މިލާންއަށް ވީ ގޮތުން ލައުރާގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. “އޭ މިއްލު.. ކޮބާ ޓްރީޓް..؟” ލައުރާ އެއްސެވެ. “މާތްކަލާކޯ.. ވަރުގަދަ ސައެއްނު ދެން މި އޮތީ.. ހިނގަ ޖޫގޯ ބޯން ދާން..” މިލާން ބުނެލިއެވެ. “އުހުން ދެން އެހެން ދުވަހަކުން ދޯ.. މިއްލުއާ ޔައިއާ ދޭ މިއަދު.. އަހަރެން ދާނަން އެހެން ދުހުކުން..” ލައުރާ ހީލިއެވެ. “ގެއަށް ދާންތަ ތި އުޅެނީ..؟” މިލާން އެހުމުން ލައުރާ ނޫނެކޭ ބުންޏެވެ. “އަދި އިރުކޮޅަކުން ދާނީ..” ލައުރާގެ ޖަވާބާއި އެކީ މިލާން އޯކޭއޭ ބުނެފައި ޔައިނާއާ އެކީ ހިނގައިގަތެވެ. ދިޔުމުގެ ކުރިން ޔައިނާ ހިނިތުންވެލާފައި ލައުރާއަށް ހަނާ އަޅައިލިއެވެ. ބަދަލުގައި ލައުރާވެސް ހިނިތުންވެލައި، އެކަން ތަކުރާރު ކޮށްލިއެވެ.

ހީކުރި ގޮތާއި ޚިލާފަށް ލައުރާއާ އެކުވެރި ވެވުމުން ޔައިނާގެ ހިތަށް ލިބިފައިވަނީ ބުނަން ނޭނގޭ ފަދަ ހިތްހަމަޖެހުމެކެވެ. ކުރިން ލައުރާއާ ދޭތެރޭ އެގޮތަށް ދެކެވުމުން ދެރަވެސް ވިއެވެ. ލައުރާ ކަހަލަ ރަނގަޅު އެކުވެރިއެއް ލިބުނީތީ އުފާކުރާ ޙާލު، ޔައިނާ މިލާންއާ އެކީ ހިނގާފައި ދިޔައެވެ.

ޔައިނާއާއި މިލާން ހަމަ ދިޔުމާއި އެކު ލައުރާ މިއޮށް ހުރިހާ އިރަކު ހިފަހައްޓައިގެން ހުރި ކަރުނަތައް ފައިބަން ފެށިއެވެ. އެދެމީހުން އެކީ ފެނުމުން ހިތަށް މިހާ އަސަރު ކޮށްފާނެކަމަކަށް އޭނާ ހިޔެއް ނުކުރެއެވެ. އިޙުސާސްތައް ކޮންޓްރޯލް ކުރުމަކީ މިހާ އުނދަގޫ ކަމެއްކަން ކުރިން އޭނާ ނުދެނަހުއްޓެވެ. ނަމަވެސް، މިކަމަށް އާދަވުން ނޫން ގޮތެއް ނެތްކަމަށް ލައުރާ ޤަބޫލު ކުރީ މިލާންއާއި ޔައިނާގެ ގުޅުމަށް އުފަލުން މަރުޙަބާ ކިޔަމުންނެވެ. ޔައިނާ ފަދަ ރަނގަޅު ކުއްޖެއް އޭނާގެ އެންމެ ގާތް ރަޙުމަތްތެރިޔާގެ ހަޔާތަށް އައުމުން ލައުރާ އުފާކުރިއެވެ.

*** ** ***

“އަސްލު ލައު ހާދަ ސްވީޓްއޭ ދޯ.. އަހަރެން މިހާރު ދެރަވޭ ކުރިން ލައުއާ މިލާން އެއްކޮށް ފެންނަ އިރަށް ޖެލަސް ވެވޭތީ.. ދެއަރސް ނޯ ރީޒަން ޓު ބީ ޖެލަސް އެޓް އޯލް..” ޔައިނާގެ ވާހަކައިން މިލާންއަށް ހިނިތުންވެވުނެވެ. “އޮފްކޯރޒް.. އަހަރުން ދެމީހުންގެ މެދުގަ އޮންނަނީ ހަމައެކަނި އެކުވެރިކަން.. ޔޫ އާރ ދަ އޮންލީ ގަރލް އައި ލަވް.. ވަރަށް ވަރަށް އުފާވޭ ޔައި އަހަންނަށް ތިވަރަށް ޓްރަސްޓް ކުރާތީ..” ހިނިތުންވަމުން މިލާން ޔައިނާގެ ނޭފަތުގައި މަޑުމަޑުން ހިފައިލިއެވެ. “އައި ލަވް ޔޫ މިލާން.. ވަރަށް ބޮޑަށް ލޯބިވޭ..” ޔައިނާގެ ދުލުން އެ އިވުނު ލަފްޒުތަކާ އެކީ މިލާންގެ ހިތް އުފަލުން ފޮޅުނެވެ. “ލަވް ޔޫ މޯރ މައި ލަވް..” ޔައިނާގެ ނިތުގައި ބޮސް ދެމުން މިލާންވެސް ބުނެލިއެވެ.

*** ** ***

“ޕޮއް!!” ކްލާސް ފެށުމުގެ ފަނަރަވަރަކަށް މިނެޓު ކުރިން ސްކޫލް ގޯތިތެރޭގައި ހުރި ބެންޗެއްގައި އިށީނދެލައިގެން އިން ޒާރާ ސިއްސައިގެން ދިޔައީ ފަހަތުން އައިސް އަފާން އޭނާ ސިއްސުވައިލުމުންނެވެ. އެއާއެކު، ރުޅި އައިސްފައި ހުރެ ފަހަތް ބަލައިލި ޒާރާގެ ކަންފަތުން ހީވަނީ ދެންމެ ދެންމެ ދުންވެސް އަރާފާނެ ހެންނެވެ. “އަފާން ގަނޑާ.. ކިހާ ބޮޑުވެއްޖެ އުނދަގުލެއްތަ ދެން ކަލެއާ ހެދި..” ދެ އަތުން އަފާންގެ މޭމަތީގައި ޖަހަމުން ޒާރާ ހަޅޭ ލަވައިގަތެވެ.

“އައު އައު އައުޗް.. ޒާރާ ގަނޑާ އޭ މަޑުކޮށްބަލަ.. ތަދުވޭ..” އަފާން އެހެން ބުނުމުން ޒާރާ ޖެހުން ހުއްޓައިލިއެވެ. އޭރުވެސް ޒާރާ މޫނު ހަދައިގެން ހުރުމުން އަފާން ވިސްނައިލީ ޒާރާ ހެއްވައިލާނެ ގޮތަކާ ދޭތެރޭގައެވެ. “އައުޗް.. އަޅެ ހާދަ ތަދުވެއްޖޭ..” މޭމަތީގައި ފިރުމަމުން އަފާން ތަދުވާ ކަމަށް ހެދުނެވެ. އަފާންއަށް ކޮންމެ ގޮތެއް ވިޔަސް ހެޔޮ ކަމަށް ނުބަލަން ނިންމައިގެން ހުރި ޒާރާއަށް އެންމެ ފަހުން އަފާންއާ ވާހަކަ ނުދައްކާވެސް ނުހުރެވުނެވެ.

“އޭ.. އަސްލަށްވެސް ތަދުވިތަ..؟” ކަރުކެހިލަމުން ޒާރާ އަފާން ކުރެން އެއްސެވެ. “ތަދުވި ހެއްޔޭ..؟ ކިރިޔާތަ..؟ ކުރިން ދުވަހަކު މަގޭ އުޅަނބޮށި.. އިއްޔެ މަގޭ އަތް.. މިއަދު މަގޭ މޭމަތި.. ޒާރާއާ ދިމާވެއްޖެއްޔާ މަށަށް މިކަހަލަ އަނިޔާއެއް ނުލިބޭ ފަހަރެއް ނުދޭ..” އަފާން ބުނެލިއެވެ. “އެހެންވީރު މަށާ ދިމާނުވެ ހުރީމަ ވީނު.. އޭރުން ނުލިބޭނު ތިކަހަލަ އަނިޔާއެއްވެސް..” ޒާރާ ބުނެލިއެވެ. “ދިމާނުވެ ހުންނާނީވެސް ކިހިނެއް..؟ މިއޮށް ކުޑަ ކުޑަ ރަށުގަ ދިމާނުވެ މީހަކަށް އުޅެވޭތަ..؟ އެއްޗެކޭ ބުނާ އިރުވެސް ތި ގަޅި ސިކުނޑިން ވިސްނާލާފަ ބުނެބަލަ..” ޒާރާގެ ބޮލުގައި މަޑުމަޑުން ޖަހައިލަމުން އަފާން ބުނެލިއެވެ. “މިހާރު މެޔަކަށް ތަދެއް ނުވޭ ދޯ..” އަފާން އުޅުނު ގޮތުން ޒާރާއަށް އަހައިލެވުނެވެ. ޒާރާ ހަމަ އެހެން އަހައިލުމާއެކީ އަފާން އަނެއްކާވެސް ތަދުވާކަމަށް ހެދުނެވެ.

“އަޅޭ ހާދަ ތަދުވޭ އެބަ.. ޒާރާ މިފަހަރުވެސް ބޭސް އުނގުޅައިދޭންވީނު.. އިއްޔެގަ ބޭސް އަޅައިދިން ގޮތަށް..” އެއްލޯ މަރައިލަމުން އަފާން ބުނެލި ގޮތުން ޒާރާގެ މޫނު ރަތްވިއެވެ. “ޗީޑި.. ޔޫ ޑޯންޓް ނޯ ހައު ޓު ފްލަރޓް.. ސޯ ސްޓޮޕް އިޓް..” އިސްދަށަށް ޖަހައިލަމުން ޒާރާ ބުނެލިއެވެ. “އައިމް ނޮޓް ފްލަރޓިން. ޖަސްޓް ޓެލިން ޔޫ ދަ ޓްރުތް.. ސީރިޔަސްކޮށޭ.. ޔުނީފޯމް ބާލަންވީތަ..؟ އޯކޭ..” އެ ހުރި ގޮތަށް ހުރެ އަފާން ޔުނީފޯމްގެ ގޮށްތައް ނައްޓަން ފެށުމުން ޒާރާއަށް ލޯމަތީގައި އަތް އަޅައިލެވުނެވެ. “އޭ އަފާންގަނޑާ.. މީހަކަށް ފެނިދާނެ އިނގޭ..” ލަދުން ހުރި ނަމަވެސް، ޒާރާ ބުނެލިއެވެ. “އޯހ.. އެހެންމަ ޒާރާ ނޫން އެހެން މީހަކަށް މަ މިހެން ހުއްޓަ ފެނިގެން ނުވާނެޔޭ ދޯ ތި ބުނަނީ.. އޯކޭ އޯކޭ.. މަ މީ ޒާރާގެ ހައްގެކޭ..” އަފާން އެހެން ބުނެލީ އެއްމިޔަކަނިން ހީލަމުންނެވެ. އޭނާގެ މަޤްސަދަކަށްވީ ޒާރާ ލަދުގަންނަވައިލުމެވެ. އެކަން ކާމިޔާބުވެސް ވިއެވެ.

“ޗީޑި ދެން ނޫން.. ހަމަ މިހާރު ގޮށްތައް އަޅުވަންވީ އިނގޭ.. މަށެއް ނޫޅެން ބަލާ ހިތަކުންނެއް.. މަށަށް ވަރިހަމަ އަފާން ތިހެން ހުއްޓަ މީހުންނަށް ފެނުނަސް.. އައި ޑޯންޓް ކެއަރ..” އެހެން ބުނުމަށްފަހު އަދިވެސް ލޯ މަތީގައި އަތް އަޅައިގެން ހުރެ ޒާރާ ދިޔުމަށް ހިނގައިގަތެވެ. ޒާރާ ދިޔުމުން އަފާންގެ މޫނުމަތީގައިވި ލާނެތްކަމުގެ ކުލަވަރު ވީ އިތުރެވެ. “އޯކޭ.. މައްސަލައެއް ނެތް..” އަފާން އެހެން ބުނުމުންވެސް ޒާރާ ފަހަތް ބަލައިނުލުމުން އެހެން ގޮތަކާ ދޭތެރޭ ވިސްނައިލިއެވެ. އެވަގުތު ސިކުނޑިއަށް އައި މޮޅު ޚިޔާލާއެކީ އަފާންގެ ހިނިތުންވުން އިތުރަށް ފުޅާވިއެވެ.

“އޭ ތުގާ.. އާދެބަ ވަރަށް އަވަހަށް މިކޮޅަށް..” އެހެން ހުރެފައި އަފާން ތުގާއަށް ގޮވައިލުމުން ޒާރާގެ ދެލޯ ބޮޑުވިއެވެ. ތުގާއަކީ އަފާންގެ ފަހަތުން އުޅޭ ކުއްޖެއްކަން ކަނޑައެޅިގެން އަފާންއަށް އެނގޭނެއެވެ. މިކަހަލަ ފުރުސަތެއް ތުގާ ދޫ ނުކުރާނެކަން ޒާރާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. ހިތަށްވީ އުނދަގުލާއި އެކު ޒާރާއަށް ކުރިޔަށް އެންމެ ފިޔަވަޅެއްވެސް ނޭޅުނެވެ. ފަހަތަށް އެނބުރެވުނީ ޒާރާގެ އިޚްތިޔާރުން ބޭރުގައެވެ. ދެފަޔަށް ބާރުލައި ހިނގައިގަތް އިރު ޒާރާގެ އަތް ވީ މުއްކެވިފައެވެ. ދިޔަ ގޮތަށް ގޮސް އަފާންގެ ޔުނީފޯމުން ނައްޓާފައި ހުރި ތިން ގޮށް އިން ތަނުގައި ހިފައި، އެ ކަސްރަތީ މޭމަތި ނިވާ ކޮށްލިއެވެ. އެއަށްފަހު ފަހަތަށް ބަލައިލި އިރު ތުގާ އަންނަތަން ފެނުމުން ލޯ އަޅައިލެވުނެވެ.

“ތުގާ ދޭ އެކޮޅަށް.. އަފާން އެއްޗެއް ބޭނުންވެގެން އެ ގޮވައިލީ.. މިހާރު ލިބިއްޖެ..”  ޒާރާ އެ ބުނީވެސް ދޮގެއް ނޫނެވެ. އަފާން ތުގާއަށް ގޮވީ ޒާރާގެ ސަމާލުކަން ބޭނުންވެގެންނެވެ. އަފާން ބޭނުންވި ކަންތައް އަފާންއަށް ވެއްޖެއެވެ. އެކަން ޒާރާއަށް ނޭނގުނުކަމުގައި ވިޔަސް އަފާންއަށް ވަރަށް ރަނގަޅަށް އެނގެއެވެ. ގަދަކަމުން ތުގާއަށް ހިނިތުންވުމެއް ރައްދު ކުރަމުން ޒާރާ ބުނި ބަހުން ފާޑަކަށް އަނގަ ހަދައިގެން ހުރެފައި، ތުގާ ދިޔައެވެ.

ތުގާ ދިޔުމުން ރުޅިވެރިކަންވީ ލޮލަކުން ޒާރާ އަފާންއާ ދިމާލަށް ބަލައިލިއެވެ. ޒާރާ ބަލައިލުމުން އަފާން ތުންފަތުގައިވީ ހިނިތުންވުން ވަގުތުން ފަރުދާ ކޮށްލިއެވެ. އެވަގުތު ޒާރާގެ ލޯ ދަތުރު ކުރީ އަފާންގެ ތަނަވަސް މޭމައްޗަށެވެ. ޒާރާގެ މި ޢަމަލު ފެނުމުން އަފާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އަފާންއާ ދިމާލަށް ބަލަން ހުރެފައި ޒާރާ އަފާންގެ ގޮށްތައް އަޅުވަން ފެށިއެވެ. ހުރިހާ ގޮށްތަކެއް އަޅުވައި ނިމުމުން ޒާރާ އެތަނުން ދިޔައީ އެއްވެސް އެއްޗެކޭ ނުބުނެއެވެ. ޒާރާ ދިޔުމުން އަފާންއަށް ހީލެވުނެވެ. ޔުނީފޯމްގެ ގިރުވާން ރީތިކޮށްލަމުން އަފާން ކްލާހަށް ވަނުމަށް ހިނގައިގަތް އިރުވެސް އެ މޫނުމަތީގައިވީ ހިނިތުންވުން ފިލައިނުދެއެވެ. ޒާރާގެ އެފަދަ ޢަމަލުތަކުން މިހާރަކަށް އައިސް އޭނާ އެހާ އުފާވަނީ ކީއްވެކަމެއްވެސް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ ޒާރާ ފެނުމުން، ކުރިން ނުވާ ގޮތްތަކެއް މިހާރު އެ ހިތަށް ވާ ކަމެވެ.

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories1K Comments

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

އެދުވަހު ލޯބިން 6

Next

އެ ޖަންގަލީގެ ތެރެއިން… ޓްރެއިލާރ

Next
July 27, 2022

އެ ޖަންގަލީގެ ތެރެއިން… ޓްރެއިލާރ

Previews
July 24, 2022

އެދުވަހު ލޯބިން 6

5 Comments!

  1. Nayaa Nayaa says:
    July 24, 2022 at 11:14 am

    Salaam everyone..
    Here’s the 9th part..
    Hope y’all loved this part as well..
    Please let me know your thoughts in the comment section..
    Next part insha allah day after tomorrow submit kohlaanan..
    Take care all <3

  2. Ryyn says:
    July 24, 2022 at 7:22 pm

    Mi prt ves vrh vrh vrh rythi. Masha allah <3 alhei lau ah haadha dhera gotheley dhw evy 😭 Lau vrh hiyhvarugadha aslu ves 🥺 afaan aa xaara aa ulhey goiyh haadha majaley dhw.. aslu afaan thugaa ah gowaalyma xaa J we eyy dhw 😂 dhn afaan ah ves xaa dheke lwbivevuny dhw 😁 waiting 4 nxt prt 😊

  3. Nayaa Nayaa says:
    July 24, 2022 at 11:41 pm

    In reply to @Ryyn
    Aweee thankiu so much dearrr 😘♥️
    Dhwww nayaa vx aslu vx vrh dhera vey lau ah vaa gothun.. she’s so strong dhw aslahvx 😞
    Ahaha yes zaara j v..dhn afaan ah vx zaara dheke lwbi vevuny kanneynge dhw.. let’s see dhn vaane goiy..hehe
    Next part insha’Allah maadhamaa noon aneh dhuvahu submit kohlaanan.. keep waiting ♥️😀
    Btw saw ur cmnt on 7th prt ingey..but unfortunately reply kurumuge kurin cmnt section iny close vefa.. thanks ingey for the lovely cmnt on that prt as well.. Ly dhooni 😘♥️

  4. ReeshA CoronA ŘęęśhÅ ÇøřõňÄ says:
    July 25, 2022 at 7:20 pm

    Afaan: Kuch kuch hota haiii Zara….
    Zara: Haaan kuch kuch hota hai Afaan..
    Hoe hoeyyyy saabaheyyyy koyaaa mi vaahaka ah hoonu aiythila badi ehh👏👏👏👏👏🔥🔥🔥👏👏👏👏👏
    Brww waah waah
    Ma mihaaru mi kiyan fashaifiyyaa ehkoh kiyaa ninmaafa noony tab in aiy dhoo nukuran.. Aan ehengnaa kiyan indhefa seelavaigathas dhanee viyya faahaana ah tab baahvvaafa.. Ekm mihaaru ehkoh epi kiyaa nunimenys ma lolu fiya vx jahaa nulan.. Ehaaa vx kiyaa hiy veyy..ey koyaa Alhe mi afaan aa zaara ulhey gothun anehkkaa vx mashah khiyaalee folaa kehken fashaifi mashaa thaks ge🙈🙉🙊🙆🙇😇
    Alheyyyy lauraaaaaaa…. Best of luck… Hiy varu kurey dhariyaa.. Ma mee fireheneh nama ma mihaaru manje ah loabi hifaigen dhiyaeemus.. Aan Aman vx ithurah dhiri hureven nethyma Naina ah Rohit ge loabi hoadhaidhiny vihyyaa.. Egothah Milaan ge loabi Lau ah liben nethyma ma dheefaanan loabi

    Nuhifaanan dhw magey loehbaku? Ok… Ekm dhn…
    Brw naseebakun mi vaahakaiga noolhey dhw evil ggolaeh… 👍
    Ey kalo haadha feykey mihaaru esfiya.. Cover fennaakah nuhurey… Manje ah feney tha??. Ma nulaahiku salhi cover eh laifa innaanee mihaaru
    Ey eba annan mi massala balaafa.. Anehkkaa cmnt section vx dhe cmnt kuraa irah bandhu kureyey😡😡😡😡aaaarifaaaaaaaa

  5. Nayaa Nayaa says:
    July 25, 2022 at 7:36 pm

    In reply to @Reesha Corona
    lmao fr brwww.. afaan nd zaara rly be like that fr.. lol
    ahaha ty ty ty lwbskolhuuuu
    eyyyy alheyhhhhhh dhn manje dhwww.. vrh bodah shukuriyyaa ey hama buneveyny.. ahaha tab hifaigen gos faahaanaa ah vx vadhebila.. its cool brw.. lmaooo
    lmao laura ah manje lwbi husha alhany ey..? ohh firiheneh nama ey dhw buny.. haha.. dhn laura ah vaa gotheh vx engidhaanethaa dhw vhk kuriyah dhaa varakun.. klw mashakah neynge thi kiyaa aman eh rohit eh naina eh.. ma balaa ehchisseh noon theekee..lol
    evil gola eh dhww?? adhi eh noolhe.. ekm hama fenives dhaane ingey.. this story contains a lot of twists.. hehe.. assu zaara nd afaan vx eii story feshunu iru laan reyvifa thibi characters thakeh nooney.. vaki hisaabakun e khiyaalu aisgen e dhemeehun vx lee.. mihaaru enme dhera vany trailer ga emeehunge bai nuliyevuneema..tbh zaara nd afaan ge scenes liyaa iru ma vx ladhun is jehey.. dhn hini aisgen gos falhaigen dhaa faharu vx aadhey.. dheravegen gos fen kalhivaa bai bai vx aadhey.. yaina nd milaan ge scenes liyaa iru vx evareh nuvey.. ekm zaara nd afaan ge scenes liyaa iru its veru enjoyable..
    hehe manje dhn khiyaaly folaa kakkan v hama beynun meehakaa eky.. masheh nethin hutuvaakah.. mihaaru thi meehegge mathin ma neiy handhaaneh vx.. manje buneema mi handhaan v vx.. lol
    ey asluvx vrh kada mihaaru mi site.. covers mashah feney.. manje ge stry ge cover vrh reehchey.. ey ma buny ingeythr cmnts nufennnany keevve kan.. eii login vefa innaathy.. logut vefa balaa iru hurihaa vhk egge huirhaa cmnts feney.. ekm login veema fennaany hama ekani amilla vaahakaiga hunna cmnts ekani.. dhn cmnt section close kurany two days veema ennu.. dhn neynge mashakah.. ma mi dhany vhk lliyan.. klw mihaaru 18 vana episode liye nimeny mi.. lol.. scl feshen vaa irah episode kolheh liyefa bahattan ma mi uheny.. eyrun dhn haftha aku episode eh namaves up kuraany… egoiy rangalhennu??

Comments are closed.

Next Episodeހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 10←


All Right Reserved!