Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 8

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories1K Comments
July 21, 2022 9 Mins Read
3 Comments

“އަހަރެންނަކަށް ދެން ކެތެއް ނުވާނެ މި ވާހަކަ ނުބުނެއެއް.. މިހާރު ބުނަން ވީމަ ބިރުވެސް ގަނޭ އެބަ.. ތި ރީތި ސޫރައިގެ ކުރިމައްޗަށް އަރާފައި ބުނާނެހާ ހިތްވަރެއް އަހަރެންގެ ނެތް ކަންނޭނގެ.. އުންމީދު ކުރަން އަހަރެންގެ އިޙްސާސްތައް ޤަބޫލު ކުރާނެކަމަށް.. އަހަރެން… އަހަރެން ވަރަށް ލޯބިވޭ.. ވަރަށް ވަރަށް ބޮޑަށް ލޯބިވޭ.. ތީ އަހަރެންގެ ފުރަތަމަ ލޯބި.. އަދި އެންމެ ފަހުގެވެސް ލޯބި.. ތި ލޯތްބާ ދުރަށް ދާކަށް އަހަރެންގެ ހިތް އެއްވެސް ޙާލެއްގައި ނޭދެ.. ތި ލޯތްބާ ދުރުގަ ހުރުމަކީ އަހަންނަށް ކުރެވޭނެ ކަމެއް ނޫން.. އެހެންވީމަ ވަރަށް އުންމީދާއެކީ މި އަހަނީ.. އަހަރެންގެ މި ލޯބި ޤަބޫލު ކުރާނަންތަ..؟ އަހަންނަށް ތި ހަޔާތުގެ ހިއްސާދާރަކަށް ވުމުގެ ނަސީބު ލިބިދާނެތަ..؟” އެވަގުތު ހިތަށް އައި ގޮތަށް ހުރިހާ އެއްޗެއް ބުނުމަށްފަހު، މިލާން ފުން ނޭވައެއް ދޫކޮށްލިއެވެ. ޔައިނާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން މިލާންގެ ހިތް ނުބައި ގޮތަކަށް ތެޅިލިއެވެ. ވަރަށް ހިތްވަރުކޮށްފައި، މިލާން ޔައިނާގެ ކުރިމައްޗަށް އެނބުރުނެވެ. އެވަގުތު ފެނުނު މަންޒަރަކުން ހީވީ މިލާންގެ މުޅި ދުނިޔެވެސް ހުއްޓުނު ހެންނެވެ.

“ލައު… ލައުރާ…” ކުރިމަތީގައި ހުރި ލައުރާއަށް ބަލަހައްޓައިގެން ހުރެ، މިލާނަށް ބުނެވުނެވެ. އެވަގުތު ލައުރާގެ ލޮލުން ފައިބާފައި ހުރި ކަރުނަތަކާއި އެކު އެ ތުންފަތުގައިވީ ހިނިތުންވުން މިލާންއަށް ނުފެނުނީ އެމީހުންނާ ހައެއްކަ ފޫޓު ދުރުގައި ހުރި ޔައިނާ ފެނުމުންނެވެ. ޔައިނާގެ ދެލޯ ކަރުނުން ބަރާވެފައިވީ އިރު އެ ހިތުގައި އަޅަމުން ދިޔަ ވޭން އެނގޭހާ ވެއެވެ. “މިއްލު-” މިލާންގެ ބަސްތަކުން އުފާވެގެން ގޮސް ބުނާނެ އެއްޗެއް ނޭނގިފައި ހުރި ލައުރާ އެއްޗެކޭ ބުނަން އުޅުނު ނަމަވެސް ފުރިހަމަ ނުކުރެވުނީ މިލާން އޭނާ ދުރުކޮށްލާފައި ކުރިޔަށް ހިނގައިގަތުމުންނެވެ. މިލާން ދިޔުމާއެކު ސުވާލު އުފެދިފައި ހުރެ، ލައުރާއަށް ފަހަތް ބަލައިލެވުނެވެ. އެވަގުތު އެ ހިތުގައި ހީވީ މީހަކު ވަޅި އަޅައި ކޮށާލި ހެންނެވެ. ޔައިނާ ދުވެފައި ދިޔަ އިރު މިލާންވެސް ޔައިނާއަށް ގޮވަމުން ދުއްވައިގަތްތަން ފެނި، ލައުރާގެ ހިތަށް އަސަރު ކުރީ އިންތިހާއަށެވެ. ދާދި ދެންމެއަކު ވެފައި ހުރި އުފާ ދެތިން ސިކުންތެއްގެ ތެރޭގައި އޮޔާ ބެހިގެން ދިޔަ ގޮތެއްވެސް ނޭނގުނެވެ. ހީވީ އެތައް ދުވަހެއް ވަންދެން ގަދަ އަޅާ ހޯދުމަށް މަސައްކަތް ކުރި އެއްޗެއް ލިބުމަށްފަހު، ސިކުންތެެއް ފަހުން އަތުން ބީވެގެން ދިޔަ ހެންނެވެ. ގިސްލަގިސްލާފައި ރޯން ފެށުނު އިރު ލައުރާއަށް ދެކަކޫ މައްޗަށް ތިރިވެވުނެވެ.

*** ** ***

އޭނާއާ ދިމާލަށް އަންނަމުން ދިޔަ މިލާން ފެނި، ޔައިނާއަށް ދުއްވައިގަނެވުނެވެ. އެ ހިތުގައި އެވަގުތު އަޅަމުން ދިޔަ ވޭން ދެނެވޮޑިގެންވަނީ މާތްﷲ އެވެ. މިވަގުތު މިލާންއާ ކުރިމަތިލާން ބޭނުން ނުވާތީ، ޔައިނާ ބޭނުންވީ މިލާންއާ ވީހާވެސް ދުރަކަށް ދާށެވެ.

ޔައިނާ ދުއްވައިގަތުމުން މިލާންއަށް މަޑަކުން ނުހުރެވުނެވެ. ޔައިނާއަށް ގޮވަމުން މިލާންވެސް ޔައިނާގެ ފަހަތުން ދުއްވައިގަތީ ދެންމެ އެ ފެނުނީ ޙަޤީގަތެއް ނޫން ކަމަށް ޔައިނާއަށް ސާބިތު ކޮށްދިނުމަށެވެ. “އިނާ.. ޕްލީޒް.. މަޑުކޮށްބަލަ..” ޔައިނާއަށް އަޑު އިވޭ ވަރަށް ބާރަށް އެހެން ބުނަމުން މިލާން އިހަށްވުރެވެސް ދުވުން ބާރުކޮށްލިއެވެ. ޔައިނާ އޭނައަށް ގެއްލިދާނެ ކަމުގެ ބިރު ހީވުމުން މިލާންގެ ހަށިގަނޑުގައި މަޑު ތުރުތުރެއް އުފެދުނެވެ. ދުވުން އިހުނަށްވުރެ ބާރުކޮށްލެވުނެވެ.

މާ ގިނަ އިރުތަކެއް ނުވެ މިލާން ގޮސް ޔައިނާގެ ގައިގައި ފަހަތުން ބައްދައިލިއެވެ. “އައިމް ސޮރީ އިނާ.. އިނާ ތި ހީކުރާ ކަހަލަ ކަމެއް ނޫނޭ އެއީކީ..؟” ޔައިނާގެ ކަނދުރާގައި މޫނު ފޮރުވާލަމުން މިލާން ބުނެލިއެވެ. އޭރު މިލާންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަކުން ޔައިނާގެ ހެދުން ދިޔައީ ތެމެމުންނެވެ. “ހުއްޓާލާ މިލާން.. ޕްލީޒް.. ގަދަކަމުން މިލާންގެ އަތް އޭނާގެ އުނަގަނޑުން ނައްޓުވާލަމުން ޔައިނާ މިލާންއާވީ ފަރާތަށް އެނބުރުނެވެ. އޭރު އެ ދެލޮލުން ފެންނަމުން ދިޔައީ ދެރައާއި ނަފްރަތެވެ. އެ ދެ އިޙްސާސް އެއްވެގެން ކުރެވޭ އިހްސާސް އެ ދެލޮލުން ނުހަނު ރީއްޗަށް ފެންނަން ހުއްޓެވެ.

“އައިވް ހޭޑް އިނަފް އޮފް ޔޫ.. މިލާން ހީކުރީތަ އަހަންނަކީ މިލާން ބޭނުންހާ ގޮތަކަށް ގެންގުޅެވޭނެ ކުޅޭ އެއްޗެކޭ..؟ އިއްޔެ ލައުރާ ކައިރި އަހަންނޭ ކިޔައިގެން ދެއްކި ވާހަކައަށްފަހުވެސް އަހަންނަކަށް ނޭނގެ މިލާންއަށް އިތުބާރު ކުރެވުނީ ކީއްވެ ކަމެއް.. ކީއްވެތަ އަހަރެންނަށް މިލާން ދެކެ އެހާ ވަރަށް ލޯބި ވެވުނީ..؟ މިލާން ކީއްވެތަ އަހަރެންގެ އިޙްސާސްތަކަށް ޤަދަރު ނުކުރެވެނީ..؟ އަހަރެން ދެކެ ލޯބި ނުވިޔަސް އެންމެ ރަނގަޅޭ.. އެކަމް ކަނޑައެޅިގެން އަހަރެން މިލާން ދެކެ ލޯބިވާކަން އެނގިހުރެ ކީއްވެހޭ މިލާން އެގޮތަށް ކަންތައް ކުރީ..؟ މިލާންއަށް އިނގޭތަ.. މިއަދު މިލާން އަހަރެން ކައިރި މިތަނަށް އަންނާށޭ ބުނީމަ އަހަރެން އައީ ހާދަ އުފަލުން ހުރެޔޭ.. ހާދަ ފޮނި އުންމީދަކާ އެކުގައޭ.. އެކަމް އަހަރެން މިހާރު ދެރަވޭ އާދެވުނީތީވެސް.. އަހަރެން އެކަމާ ދޭތެރޭ ރިގްރެޓް ކުރަން.. މިލާން މިއަދު އަހަރެން މިތަނަށް ގެނައީ މިލާން ލައުރާއަށް ލޯބި ހުށައަޅާ މަންޒަރު އަހަންނަށް ދައްކަންތަ..؟ ކީއްވެ މިލާން..؟ ކީއްވެ..؟” ހިތުގައި ހުރި ހުރިހާ ޝަކުވާއެއް ބޭރުކޮށްލުމަށްފަހު ޔައިނާއަށް ގިސްލަގިސްލާފައި ރޯން ފެށުނެވެ. ޔައިނާގެ ގިސްލުމުގެ އަޑު އިވުމުން މިލާނަށް ހީވީ އޭނާގެ މުޅި ދުނިޔެވެސް ފުނޑު ފުނޑުވި ހެންނެވެ.

“އިނާ.. ޕްލީޒް.. އަހަރެން ދައްކާ ވާހަކަ އަޑު އަހާބަ.. ހެޔޮ ނުވާނެ..” ޔައިނާގެ މޫނުގައި ދެ އަތުން ހިފަހައްޓަމުން އާދޭހުގެ ރާގެއްގައި މިލާން އެދުނެވެ. “ކީއްކުރަންހެއްޔޭ.. އިތުރަށް އަހަރެންގެ ހިތަށް ތަދު ކުރަންތަ..؟” ވޭނުން ފުރިގެންވީ އަދަކުން ޔައިނާ ބުނެލިއެވެ. ވަގުތުން މިލާންއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. “އިނާ.. ޕްލީޒް.. އަހަންނަށް އެކްސްޕްލެއިން ކޮށްދޭން އެންމެ ޗާންސެއް ދީބަލަ.. އަހަރެން މިއަދު މިތަނަށް އައީ އިނާއަށް ލޯބި ހުށައަޅަން ވެގެން.. އެކަމް އޭގެ ކުރިން ލައުއަށް މެސެޖު ކޮށްފަ ހަމަ މިގަޑިއަށް، މިތަނަށް އަންނާށޭ ބުނެވުނުކަން ހަނދާން ނެތުނީ.. ހަމަ ހުވާކޮށްފަ މި ބުނަނީ.. އަހަރެން ހީކުރީ އޭރު އެއީ އިނާ ކަމަށް.. މާ ފަހުން އެތާ ހުރީ ލައުކަން އެނގުނީވެސް.. ސޯ ޕްލީޒް.. އަހަރެންގެ ވާހަކަ ގަބޫލު ކޮށްބަލަ.. އަހަރެން ލޯބިވަނީ އިނާ ދެކެއޭ.. ހަމައެކަނި އިނާ ދެކެ.. އައި ޕްރޮމިޒް..” ޔައިނާގެ މޫނުގައި ހިފަހައްޓާލައިގެން ހުރެ މިލާން ބުނަމުން ދިޔަ ކޮންމެ ލަފަޒެއް ދިޔައީ ޔައިނާގެ ހިތުގައި ބިންވަޅު ނެގެމުންނެވެ. އެހެންމަވެސް، އަދިވެސް މިލާންގެ ވާހަކަ ޤަބޫލު ކުރާކަށް އެ ހިތް އެއްބަހެއެއް ނުވެއެވެ. “އަހަންނަށް ކިހިނެއް އިނގެނީ މިލާން ތެދު ހެދިޔަސް ދޮގު ހެދިޔަސް..؟” ޔައިނާގެ ސުވާލުން މިލާނަށް ވިސްނައިލެވުނެވެ. އައި ކުއްލި ޚިޔާލާއެކީ ފޯނު ނަގައި، މީހަކަށް ގުޅައިލިއެވެ. ދެތިން ރިންގާއެކު ވަގުތުން އެކޮޅުން ފޯނު ނެގިއެވެ.

“ޔޯ ދޮންބޭ.. ކޮބާ ކިހިނެތްވަނީ ޕްރޮޕޯޒަލް..؟ ޔައި ދައްތަ ބުނީ ކީކޭ..؟” އެކޮޅުން ވާހަކަ ދެއްކި މަނާލްގެ އަޑު ޔައިނާއަށް ކިތަންމެ ރީއްޗަށްވެސް އިވުނެވެ. ޔައި ދައްތައޭ ބުނުމުން ހައިރާންވެފައި ޔައިނާއަށް މިލާންއާ ދިމާލަށް ބަލައިލެވުނެވެ. އޭރު މިލާން ހުރީ ހިނިތުންވެލައިގެންނެވެ. “ޔައި ދައްތަގެ ޖަވާބަކީ ޔެސް..” މިލާން އެހެން ބުނުމުން ޔައިނާގެ މޫނު އެކީ ރަތްވިއެވެ. “އަޅޭ ކޮންގްރާ ދޮންބޭ!! އައިމް ސޯ ހެޕީ ފޯރ ޔޫ.. ޔައި ދައްތައަށް ސަލާމް ބުނައްޗޭ.. ބައިދަވޭ ޓްރީޓް ދޭންވާނެ އިނގޭ..” މަނާލްއަށް އުފަލުން ގޮސް އުޅެވޭ ނޫޅެވޭ ގޮތްވެސް ނޭނގުނެވެ. “އޮފްކޯރޒް.. ލެޓްސް ގޯ ފޯރ އައިސްކްރީމް ޓުނައިޓް.. އޯކޭ ބާއި ފޯރ ނައު.. ތެންކްސް ނާލު..” ފޯނު ކަނޑައިލުމަށްފަހު މިލާން ޔައިނާއާ ދިމާލަށް ބަލައިލިއެވެ.

“އަދިވެސް ގަބޫލެއް ނުކުރެވޭތަ..؟” މިލާން އަހައިލުމުން ސިހިފައި ޔައިނާއަށް މިލާންއާ ދިމާލަށް ބަލައިލެވުނެވެ. “ގަބޫލު ނުކުރެވެންޏާ މި އޮތީ އަނެއް ހެކި..” ދެން މިލާން ދައްކައިލީ އޭނާގެ ފޯނުގެ ވޯލްޕޭޕަރއަށް ލާފައި އިން ޔައިނާގެ ފޮޓޮއެވެ. އެއާއެކު ޔައިނާގެ ދެލޯ ބޮޑުވިއެވެ. “އަދިވެސް ހެކި ބޭނުން..؟” ދެން މިލާން އޭނާގެ ފޯނުގެ ޕާސްވޯޑު ޖެހިއެވެ. ޔައިނާގެ އުފަންދުވަހުގެ ތާރީޚު ޖެހުމާއެކު ފޯނު ހުޅުވުނު މަންޒަރު ބަލަން ޔައިނާއަށް ހުރެވުނީ ޝޯޚު ވެފައެވެ.

“މިހާރު ޤަބޫލު ކުރެވިއްޖެތަ..؟ އަހަރެން ލޯބިވަނީ އިނާ ދެކެއޭ.. ހަމައެކަނި އިނާ ދެކެ.. އެ ނޫން އަންހެން ކުއްޖަކަށް އަހަރެންގެ ހިތުން އެއްވެސް ޖާގައެއް ނޯންނާނެ.. ދުވަހަކުވެސް ނޯންނާނެ..” ދުވަހަކުވެސް ދޫކޮށްނުލާނަމޭ ބުނާ ފަދައިން ޔައިނާގެ ގައިގައި ބައްދާލަމުން މިލާން ބުނެލިއެވެ. ޔައިނާއަށް ހޭވެރިކަންވީ ދެނެވެ. ވަގުތުން މިލާންގެ ހަށިގަނޑުގައި އަތް ވަށާލާފައި ހިނިތުން ވެވުނު އިރު އަނެއްކާވެސް ރޮވެން ފެށުނެވެ. ނަމަވެސް، މިފަހަރު އެއީ ދެރަވެގެންނެއް ނޫނެވެ އުފަލުން ގޮހެވެ. ޔައިނާ އަނެއްކާވެސް ރޯން ފެށުމުން މިލާން ކަންބޮޑުވިއެވެ. ޔައިނާ ގަޔާ ދުރުކޮށްލަމުން ޔައިނާގެ ކަރުނަތައް ފުހެލައިދިނީ ލޯތްބާ އެކީއެވެ.

“އަޅެ އަނެއްކަ ރޮނީ..؟” ކަންބޮޑުވެފައިވީ އަޑަކުން މިލާން އެއްސެވެ. “އުފަލުން..” ކަރުނައިގެ ތެރެއިން ޔައިނާ ހިނިތުންވުމުން މިލާންއަށްވެސް ހިނިތުންވެވުނީ އިޚްތިޔާރަކާ ނުލައެވެ. “އަހަރެން ވަރަށް ލޯބިވޭ އިނާ ދެކެ.. ވަރަށް ވަަރަށް ވަރަށް ބޮޑަށް ލޯބިވޭ..” ޔައިނާގެ ނިތުގައި މަޑުމަޑުން ބޮސްދެމުން މިލާން ވައިއަޑުން ބުނެލިއެވެ. މިލާންގެ ތުންފަތުގެ އިޙްސާސްވުމުން ޔައިނާއަށް ދެލޯ މަރައިލެވުނެވެ. އެވަގުތު ވީ އުފާ ބުނެދޭންވެސް ނޭނގުނެވެ. “އަހަރެން މާ ބޮޑަށް ލޯބިވޭ.. ދުވަހަކުވެސް މިލާންއާ ވަކިވާކަށް ބޭނުމެއް ނޫން..” ޔައިނާގެ ޖަވާބުން މިލާންގެ ހިތް އުތުރި އަރައިގަތެވެ. ދެމީހުންވެސް ތިބީ ދެ ހިތުގެ ތެޅުން އިޙްސާސްވާހާ ކައިރީގައެވެ. “އެހެންވީމަ ދުވަހަކުވެސް އިނާއާ ވަތްކެއް ނުވާނަން.. ދުވަހަކުވެސް ތި ނޫން ލޯތްބެއް ހޯދާކަށް ނޭދެން..” މިލާންގެ ދުލުން އިވުނު ލަފްޒުތަކާއެކީ ޔައިނާގެ މޫނު އެކީ ރަތްވެގެން ދިޔަ އިރު އެ ތުންފަތުގައި ރަކި ހިނިތުންވުމެއް ކުޅެލާފައި ވިއެވެ.

ހަމަ އެވަގުތެވެ. “ޒާރާ ކަންތަކޭ.. ހާދަ އަނގަ ފަޅައިގެންނޭ ދޯ ތި އުޅެނީ.. ދެން އެމީހުން ހައްތަހާ ގިނައިން އެއްޗެހި ކިޔާނީނު..” ތުނޑިމަތިން ހިނގަމުން ދިޔަ އަފާން ދިޔައީ ޒާރާ ކުށްވެރި ކުރަމުންނެވެ. “އަފާން ފެށީމަ ދޯ އެކަން އެގޮތަށް ނިމުނީވެސް.. އަހަރެން އޭރުވެސް ބުނީމެއްނު އަފާންގެ ހެލްޕެއް ބޭނުމެއް ނޫނޭ.. ބުނީމަވެސް ވެއްޖެ ވިއްޔަ އަހަރެންގެ އަތުގަ ހިފައިގެން ދުވަން..” ޒާރާ ހަށަން ބަނދެލައި، ތުންކޮޅު އޫކޮށްލިއެވެ. ޒާރާގެ މައުސޫމް ޢަމަލުތަކުން އަފާންގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔަ ކަހަލަ އިޙްސާސެއް ކުރެވުނެވެ.

“ހޯން ދެން ހެވޭ.. ތި ތުންކޮޅުވެސް މިހާރު ހީވަނީ ގޮސް އެމެރިކާގަ އޮތްހެން..” ޒާރާގެ ބޮލުގައި މަޑުމަޑުން ޖަހާލަމުން އަފާން ބުނެލިއެވެ. “ހެވޭ.. އަފާންއާ ބެހޭ ކަމެއް ނޫނެއްނު..” ޒާރާވެސް އަފާންގެ މުލައްދަނޑީގައި ޖަހައިލިއެވެ. “އައްދޯއި.. ތަދުވެއްޖޭ..” ޒާރާ ޖަހައިލީ ކިތަންމެ މަޑުން ނަމަވެސް، އަފާން ތަދުވާކަމަށް ހެދުނެވެ. “ސޯ ފޭކް.. ފިލްމު ކުޅެން ދާންވީނު..” ޒާރާ ބުނެލިއެވެ. “ދޯ.. ހަމަ އަސްލަށްވެސް.. އައި ހޭވް ދަ ލުކްސް.. ދަ ސްކިލްސް.. ދަ އެވްރީތިންގ.. ލޯބީގެ ފިލްމެއްގަ ލީޑްރޯލް ކުޅެލަން މަ ވަރަށް ސަޅި ވާނެ..” އިސްތަށިގަނޑުގައި އަތް ހިންގާލަމުން އަފާން ފޮނިވެލިއެވެ. “އުހުނ.. އަފާން އެންމެ ސަޅި ވާނީ ކުޑަކުދިންގެ ފިލްމެއްގަ ބޯހަމަނުޖެހޭ މީހެއްގެ ބައި ކުޅެލަން.. އާފްޓަރ އޯލް، ޔޫ ހޭވް ދަ ލުކްސް، ދަ ސްކިލްސް، ދަ އެވްރީތިނގ.. ރައިޓް..؟” ލާނެތް ގޮތަކަށް ހީލަމުން ޒާރާ ބުނެލި ވާހަކައިން އަފާން އަނގަ ޗޭކޮށްގެން ހުއްޓެވެ. “ޔޫ ތެލުލި ބަނބުކެޔޮ..” ރުޅި އައިސް ރަތްވެފައި ހުރެ އަފާން ޒާރާއާ ދިމާލަށް ބުނެލިއެވެ. “މައިންޑް ޔުއަރ ލެންގުއޭޖް، ޔޫ ފިހުނު އަލުވި..” ޒާރާވެސް ރުޅި އައިސް ބުނެލިއެވެ. “ޔޫ ކުޅިކާޖާ..” “ޔޫ ޒިލޭބި..” “ޔޫ މާގުޅަ..” “ޔޫ ހަނޑުލު ގުޅަ..” “ޔޫ ފުށްގުޅަ..” “ޔޫ ކަދުރު ގުޅަ..” ހުރިއްޔާ ހުރިހާ ޢީދު ހަދިޔާއެއްގެ ނަން އެކަކުއަނެކަކާ ދިމާލަށް ކިޔަމުން ދިޔަ ދެމީހުންގެ ޒުވާބު ހުއްޓުނީ އެހިސާބާ މާ ދުރު ނޫން ހިސާބަކުން އިވެމުން ދިޔަ އަޑުންނެވެ.

“ޝްޝްޝް..” ޝަހާދަތް އިނގިލި ތުންފަތުގައި ޖައްސާލަމުން އަފާން ޒާރާއަށް އަޑު މަޑުކުރުމަށް އިޝާރާތް ކޮށްލިއެވެ. އެއާއެކު ޒާރާވެސް ހިމޭންވެ އިވެމުން ދިޔަ އަޑަށް ސަމާލުކަން ދިނެވެ. އަޑު އިވެމުން ދިޔަ ދިމާލަށް އަފާން ހިނގައިގަތީ ޒާރާގެ އަތުގައި ހިފައިގެންނެވެ. އެހިސާބަކީ ޢާއްމުކޮށް މީހުން އައިސް އުޅޭ ހިސާބެއް ނޫން ކަމުން އަފާންގެ ހިތުގައި އިވެމުން ދިޔަ އަޑާއި ދޭތެރޭ ޝައުގުވެރިކަން އުފެދުނެވެ. ހިސާބަކަށް ދެވުނު ފަހުން ދެމީހަކު ފެންނަ ވަރު ވިއެވެ. އެތާ ހުރި ބިޔަ ހިރުނދު ގަހެއްގެ ނިވަލަށް ވަދެ، އަފާންއާއި ޒާރާ އެއީ ކޮން ބައެއްތޯ ބަލަން ފެށީ އެދެމީހުން ތިބިލެއް ކައިރިކަމުންނެވެ. އެއާއެކު، އެ ދެމެދުގައި ދެކެވޭ ވާހަކަތައް އަފާންއާއި ޒާރާގެ ކަންފަތާ ހަމައަށް ފޯރަން ފެށިއެވެ.

” “އެހެންވީމަ ދުވަހަކުވެސް އިނާއާ ވަތްކެއް ނުވާނަން.. ދުވަހަކުވެސް ތި ނޫން ލޯތްބެއް ހޯދާކަށް ނޭދެން..” އެ އިވުނީ މިލާންގެ އަޑު ކަމާއި މެދު އަފާން އަދި ޒާރާގެ ހިތުގައިވެސް އެއްވެސް ޝައްކެއް ނެތެވެ. “އަހަރެންވެސް..” ދެން އެ އިވުނީ ޔައިނާގެ އަޑުކަން ޒާރާއަށް އެނގުނީ މިއީ ހަވީރުކަން އެނގޭ ފަދައިންނެވެ.

“އަފާންގަނޑާ.. ޔައިއާ މިލާންއާ..” ޒާރާއަށް އެހެން ބުނެވުނީ ތަންކޮޅެއް ބާރަށެވެ. ވަގުތުން އަފާން ޒާރާގެ އަނގަމަތީގައި އަތް އެޅިއެވެ. މިލާންއާއި ޔައިނާއަށްވެސް މީހަކު އެއްޗެއް ބުނިހެން ހީވުމުން އެދިމާއަށް ބަލައިލެވުނެވެ. ވަގުތުން އަފާން ހުށިޔާރުކަމާއެކީ ޒާރާގެ އުނަގަނޑުގައި ހިފައި، ބޮޑަށް ނިވާވެލިއެވެ. ޒާރާ ގަހުގައި ޖައްސާލަމުން އަފާން ޒާރާގެ ކުރިމަތީގައި ހުރީ ނިވާވެވޭނީ އޭރުން ކަމަށް ވީތީއެވެ. އަފާންގެ ޙަރަކާތުން ޒާރާއަށް ލިބުނު ކުއްލި ސިހުމުގައި އަފާންގެ ދެލޮލަށް ބަލައިލެވުނެވެ.

އަފާންގެ އެއް އަތް ޒާރާގެ އަނގަމަތީގައި އެޅިފައިވާ އިރު، އަނެއް އަތް ވަނީ އަދިވެސް ޒާރާގެ އުނަގަނޑުގައި ވަށާލެވިފައެވެ. އެވަގުތު އަފާންގެ އަސަރުގަދަ ދެލޯ ފެނުމުން ޒާރާގެ ހިއްސުތައް މަޑުވެލިއެވެ. އަފާންގެ ކޮނޑުގައި ބާވާލެވިފައިވީ އޭނާގެ ދެ އަތުން އަފާން ލައިގެން ހުރި ކަޅު ކުލައިގެ ހުޑީ ދެ އަތަށް ބޮނޑިކޮށްލެވުނެވެ. އަފާންގެ ޙާލަކީތޯއެވެ. ޒާރާއާ ހަތަރުކަޅި ހަމަކުރެވުމުން އެ ފުން ދެލޮލުގެ ތެރެއަށް ފީނައިގަނެވުނީ އިޚްތިޔާރަކާ ނުލައެވެ.

ދެމީހުންނަށް އެކަކު އަނެކަކުގެ ލޮލަށް ގެއްލިފައި އިރުކޮޅަކު ތިބެވުނެވެ. ޒާރާގެ ޙިއްސުތައް މަސައްކަތް ކުރަން ފެށީ ކުއްލިއަކަށެވެ. ތިބެވުނު ކައިރިކަން ރޭކާލުމުން ޒާރާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އަފާންއަށް ގޮވަން މަސައްކަތް ކުރި ނަމަވެސް، އެކަން ކާމިޔާބު ނުވީ އަފާން އޭނާގެ އަނގަ މަތީގައި އަތް އަޅާފައި ވުމުންނެވެ. އަދިވެސް އަފާން ބަލަން ހުރުމުން ޒާރާގެ ހިތަށް އުނދަގޫ ވަމުން ދިޔައެވެ. އެހެންކަމުން، ކޮންމެ ކަމެއް ވިޔަސް ހެޔޮ ކަމަށް ޒާރާ ގައިހުރި ބާރެއްލައި، އަފާންގެ އަތުގައި ދަތް އެޅިއެވެ.

“އާހްހްހް މަންމާ މަ މަރައިފިޔޭ!!!” ކުއްލިއަކަށް އަތަށް ތަދުވުމުން އަފާންއަށް ހަޅޭލަވައިގަނެވުނެވެ. އަފާންގެ ހަޅޭކުގެ އަޑަށް އަމިއްލަ ދުނިޔެއެއްގައި ތިބި ޔައިނާއާއި މިލާންއަށްވެސް ސިހިފައި އެދެމީހުންނާ ދިމާލަށް ބަލައިލެވުނެވެ. “އާއްދިއްޔޯއި ޒާރާ ގަނޑާ!! ތަދުވެއްޖޭ!!” ދެފަރާތަށް އަތް ހޫރުވަމުން އަފާން ބެލީ ދިލަ ކެނޑުވޭތޯއެވެ. “ސޮރީ ސޮރީ.. ވަރަށް ބޮޑަށް ތަދުވިތަ..؟” އަފާންއަށް އެހާ ތަދުވެދާނެކަމަކަށް ޒާރާ ހިޔެއް ނުކުރެވެ. އަފާން ތަދުވެގެން އުޅެން ފެށުމުން ޒާރާ ހާސްވެފައި އަފާންގެ އަތުގައި ހިފައިލިއެވެ. ދަތް އަޅާފައިވީ ތަނަށް ޒާރާ މަޑުމަޑުން ފުމެމުން ދިޔަ އިރު، އަފާންއަށް ހުރެވުނީ ޒާރާއާ ދިމާލަށް ބަލާށެވެ. ވަމުން ދިޔަ ތަދުގެ މަތިންވެސް އޭނާ އެވަގުތު ހަނދާނެއް ނެތެވެ.

“އަފާން.. ޒާރާ.. މިތާ ކީއްތި ކުރަނީ..؟” ސިހިފައި އަފާންއަށާއި ޒާރާއަށް ބަލައިލެވުނީ މިލާންގެ އަޑު އިވުމުންނެވެ. އޭރު މިލާން ހުރީ ޔައިނާގެ ކޮނޑުގައި އަތް ވަށާލައިގެންނެވެ. ހައިރާންކަން ދެމީހުންގެ މޫނުމަތިންވެސް ފެންނަން ހުއްޓެވެ.

“”ވެއިޓް ވެއިޓް.. އަހަރުންނޭ ތި ސުވާލު ކުރަން ޖެހޭނީ.. ކައެމެން ދެމީހުން ލޯބިވޭ ލޯބިވޭ ކިޔާފަ ޖެހިފިތިގެން މިތާ ކޮން ގަނޑެއް ތި ގަންނަނީ..؟ ވަރަށް ސިއްރުން ދޯ ތި އުޅެނީ.. ބުނޭ.. ކިހާ ދުވަހެއް ވެއްޖެ މިކަމެއް ހިނގާތާ..؟” މިލާން ދެން ފަށާނީ އޭނާއާ ޒާރާއާ ދިމާކުރަންކަން އެނގޭތީ، އަފާން އަވަހަށް ބެލީ ހުރިހާ ކަމެއް އެމީހުންގެ ބޮލުގައި އެޅުވޭތޯއެވެ.

“ބްރޯ ބްރޯ.. ޗިލް.. ހަމަ ދެންމެއޭ.. ދިސް ޕްރިޓީ ގަރލް އިޒް މައިން ނައު..” އިތުރަށް ޔައިނާ ގެނެސް ގަޔާ ކައިރި ކޮށްލަމުން މިލާން ލޯބިން ފުރިގެންވީ ނަޒަރަކުން ޔައިނާއަށް ބަލައިލިއެވެ. އެވަގުތު މިލާންގެ އެ ޢަމަލުން ޔައިނާގެ މޫނު އެކީހެން ރަތްވިއެވެ. “އޯހޯ.. ހާދަ ބްލަޝްވާ ކުއްޖެކޭ ދޯ މި އުޅެނީ.. ބުނަން މިލާން.. ކަލޭ ޔައިނާ ރޮއްވައިފިއްޔާ ނިމުނީ.. ދުނިޔޭގަ އުޅޭކަށް ލާހިކެއް ނޫން..” މިލާންއާ ދިމާލަށް ލޯ އަޅައިލަމުން ޒާރާ އިންޒާރު ދިނެވެ. “ޑޯންޓް ވޮރީ ޒާ.. އަހަރެން ދުވަހަކުވެސް އިނާ ދެރައެއް ނުކުރާނަން..” މިލާންގެ ޖަވާބުން ޔައިނާއަށް ލަދުން އިސްޖަހައިލެވުނު އިރު އަފާންއާއި ޒާރާގެ ހޯބޯ ލެއްވުމުގެ އަޑު މުޅި އެހިސާބުގައި ގުގުމައިލިއެވެ.

“ހޯން ދެން ތިއެއް ނޫނޭ.. ކައެ މެން ދެމީހުން އެކަނި މީހުން ނޫޅޭ ހިސާބެއްގަ މާ ސިއްރު ސިއްރުން ތި އުޅެނީޔޯ..؟” އެއްބުމަ އަރުވައިލަމުން މިލާން އެއްސެވެ. އެއާއެކު، އަފާންއާއި ޒާރާގެ ދުލުގައި ތަޅެއް ލެވުނު ފަދައެވެ. ކަންތަކާ ޖެހުނީތާއޭ އަފާންގެ ހިތަށް އެރިއެވެ.

“މީ.. އަސްލު.. އަނޭ…” އެއްޗެއް ބުނަން އުޅުނު ނަމަވެސް، ބުނާނެ އެއްޗެއް އަފާންއަކަށް ނޭނގުނެވެ. “ކޮބާ.. މަ ބުނީމެއްނު.. މަށަށް އޭރުވެސް އިނގޭ މި ދެމީހުންގެ ދެމެދުގަ ކޮންމެސް ސިއްރު ގުޅުމެއް އޮންނަކަން.. މިފަހަރު މި އޮތީ ރެޑްކޮށް ހިފާފަ..” މިލާން އަތްޖަހައިލިއެވެ. “އޭ އުހުނ.. އަސްލު ވީ ގޮތަކީ މަ ތުނޑިއަށް އައި ތަނުން މި އަފާންގަނޑާ ދިމާވީ.. ދެން އަހަރުން ވާހަކަ ދައްކަމުން ދައްކަމުން އާދެވުނީ މި ހިސާބަށް.. އަހަރުންނަސް އަޑު އިވުނީ ދެން މިތަނުން ބަޔަކު ވާހަކަ ދައްކާ އަޑު.. އެހެންވެ އެއީ ކޮން ބައެއްތޯ ބަލަން ވެގެން މިތާ ތިބީ.. ސާބަސް މިލާނަށް.. ކަމުގެ ޙަޤީގަތް ނުބަލާ ދޮގު ވާހަކަ ނުދައްކަބަލަ..” އަވަސްއަވަހަށް ޒާރާ އެހެން ބުނީ މިލާންއަށް އޮޅުންއެރިޔަ ނުދޭންވެގެންނެވެ. މިލާންގެ ދުލުން ދެން އެ ވާހަކަ ފެތުރެން މާ ގިނަ އިރެއް ނުނަގާނެކަން އެނގޭތީއެވެ.

“އާނ.. ދެން އަދި މި ޒާރާގަނޑު މާ ބާރަށް ވާހަކަ ދެއްކީމަ މަ އޭނަ އަނގަމަތީގަ އަތްއެޅީ.. އަތް އެޅި ތަނާހެން މަގޭ އަތުގަ ހަފައިގަތީ.. ހުވާ މި ބުނީ އަދިސް އެބަ އަތަށް ތަދުވޭ..” އަފާން އަތާ ދިމާލަށް ބަލައިލިއެވެ. “އަފާން ނުޖެހޭނު ކޮންމެހެން މަގޭ އަނގަމަތީގަ އަތް އަޅާކަށް.. އަތް ނޭޅި ނަމަ އެހެންނެއް ނުވީހެއްނު..” އެވަގުތުކޮޅު އަފާން އޭނައަށް ބަލަން ހުރި ގޮތް ހަނދާންވުމުން ލަދު ގަންނަ ގޮތް ވިޔަސް، ޒާރާވެސް ރައްދު ދިނީ ލަދުވެތިކަން ފަރުދާ ކޮށްލަމުންނެވެ. “ޒާރާވެސް މަޑުން ހުރި ނަމަ އަނގަމަތީ އަތް އަޅާކަށް ނުޖެހުނީހެއްނު.. ކީއްވެތަ މަޑުން ނުހުރެވުނީ..؟” ބަދަލުގައި އަފާންވެސް ވަރުގަދަ ރައްދެއް ދިނެވެ. “ހެވޭ.. އެކަމްވެސް ނުޖެހެ-”

“އޯހ ގޯޑް.. ސްޓޮޕް އިޓް ޔޫ ބޯތް. ކަލޭމެން ދެމީހުން ޒުވާބު ކުރަން ފަށައިފިއްޔާ އިނދެގެން އުޅޭ މުސްކުޅި ދެމަފިރިންނަކަށް ދުލެއް ނުކުރޭ..” މިއޮށް ހުރިހާ އިރަކު މަޑުން ހުރި ޔައިނާވެސް އެދެމީހުންނާ ދިމާކޮށްލިއެވެ. “ހޯން.. ހެވޭ.. ނުވެސް އުޅެން އަފާންއާ ވާހަކަ ދައްކާ ހިތަކުންނެއް..” ޒާރާ ގޮސް ޔައިނާގެ ކައިރީގައި ހުއްޓުނެވެ. “މަށެއްވެސް ނޫޅެން ޒާރާ ދައިތަގަނޑާ ވާހަކަ ދައްކާ ހިތަކުންނެއް..” އަފާންވެސް ދޫ ނެރެލިއެވެ.

“އޭ ޔައިީ ކޮންގްރާ އިނގޭ.. މިލާންއަށްވެސް..” ޔައިނާގެ ގައިގައި ބައްދާލަމުން ޒާރާ އެދެމީހުންނަށް މަރުޙަބާ ކިޔެވެ. “ތެދެއް.. ކޮންގްރާ.. އޭ މަ ބުނީ.. ސައި ދޭންވާނެ އިނގޭ..” މިލާންއާ އަތާއަތް ޖަހައިލަމުން އަފާންވެސް ބުނެލިއެވެ. “އޭ އާނ އަދި މިލާންއަށް އިނގޭތަ މި ޔައި ވަރަށް ޖެލަސްވާނެ މިލާންއާ ލައުރާއާ އެއްކޮށް އުޅުނީމަވެސް.. ކުރިން ދުހުކުވެސް މިލާން ލައުރާއާ ދިމާލަށް ޑާލިންއޭ ކިޔާފަ ގޮވީމަ ހީވަނީ ދެންމެ ދެންމެ ރޯން ފަށާފާނެހެން..” ޒާރާ އެހެން ބުނުމުން ޔައިނާ ޒާރާގެ ގައިގައި ބޮނޑިއެއް އަޅައިލިއެވެ. “ޕިސް ޕިސް.. ހާދަ އަނގަވެސް ގަދައޭ ދޯ..” އެވަގުތުކޮޅުވެސް އަފާންއަށް ޒާރާ ދިމާކޮށްނުލައި ނުހުރެވުނެވެ.

“އޭ އަސްލުތަ..؟ އަޅޭ ނޮ ނީޑް ޓު ބީ ޖެލަސް.. އަހަރެން ލޯބިވަނީ އިނާ ދެކެއޭ.. ހަމަ އެކަނި އިނާ ދެކެ.. އައި ޕްރޮމިޒް.. ލައުއަކީ ހަމައެކަނި އަހަރެންގެ ބެސްޓް ފްރެންޑް..” ޔައިނާގެ ކޮލުގައި މަޑުމަޑުން ހިފައިލަމުން މިލާން ޔަޤީންކަން ދިނެވެ. ވަގުތުން ޔައިނާގެ މޫނު އުޖާލާވީ މިލާންގެ ފަރާތުން އިވުނު ލަފްޒުތަކުންނެވެ.

“އަޅޭ.. ލޯބި ކަޕްލްއެއް ދޯ..” އަފާން އޭނާގެ ފޯނުން ޔައިނާއާ މިލާންގެ ފޮޓޮއެއް ނަގައިލިއެވެ. “ދޯ.. އޭ ހިނގާ ޖޫގޯ ބޯން ދާން.. މިލާންގެ ޓްރީޓް.. ހީކޮށްލާ ދެން ޓްރީޓް ދެވުނީއޭ..” ޒާރާ ބުނެލިއެވެ. “ޕިސް ޕިސް.. އަބަދު ކާން ކާން ކާން.. އެ ނޫން އެއްޗެއް ނީނދޭ ދޯ މި ގަޅި ސިކުނޑިއަކު..” ޒާރާގެ ބޮލުގައި ޖަހައިލަމުން އަފާން ބުންޏެވެ. “އޯކޭ އޯކޭ.. އަނެއްކާ ފަށާނީކީ ނޫން.. ލެޓްސް ގޯ ފޯރ ޖޫގޯ..” ޔައިނާގެ އަތުގައި ހިފައިގެން މިލާން ހިނގައިގަތެވެ. ފަހަތުން އެކަކު އަނެކަކަށް ކުދި ކިޔަމުން އަފާންއާއި ޒާރާވެސް ދިޔައެވެ. މިލާންއާއި ޔައިނާގެ ފަހަތުން ކުސްތަޅަމުން ދިޔަ އިރު ޒާރާއާއި އަފާން ކުޑަކުއްޖަކަށް ދޫ ނުކުރެއެވެ. އެކަމާ ހަދާ ބޮލަށް އުނދަގޫ ވުމުން މިލާންއާއި ޔައިނާ އެއްޗެކޭ ބުނާ އިރު، އެއީ އަފާންއާއި ޒާރާގެ މައިންބަފައިންނޭވެސް ހީވެއެވެ.

*** ** ***

އެނދުމަތީގައި ދެފައި މޭގައި ޖައްސާލައިގެން އިށީންދެގެން އިން ލައުރާ ދިޔައީ އަދިވެސް ގިސްލަމުންނެވެ. މުޅި ކޮޓަރިތެރޭގައި ހުރި އެއްޗެހި ވަނީ އެތަން މިތަނަށް އުކާފައެވެ. ސްޓަޑީ ޓޭބަލް މަތީގައި ހުރި ފޮތްތައްވެސް ވަނީ އެކި ތަންތާނގައެވެ. އަލަމާރި ތެރޭގައި ހުރި ހެދުންތައްވެސް ހުރީ ތިރިއަށް އުކާލާފައެވެ. ޑްރެސިންގ ޓޭބަލް މަތީގައި ހުރި ހުރިހާ އެއްޗެއްވެސް ތިރިއަށް ވަރާލާފައި ހުރި އިރު، ސެންޓު ފުޅިއަކާ، ފުށް ދަޅެއް ތަޅައިގެން ގޮސްފައި އޮތެވެ. އެނދުމަތީގެ ބެޑްޝީޓާއި، ބާލީސްތައްވެސް އޮތީ ބިންމަތީގައެވެ. މިވަގުތު ލައުރާގެ ކޮޓަރި އޮތީ މީހަކަށް ބަލައިލަން ކެރޭ ޙާލެއްގައެއް ނޫނެވެ. ނަމަވެސް، އެއިން އެއްވެސް ކަމަކަށް ލައުރާގެ ފަރުވާލެއް ނެތެވެ. ގިސްލަ ގިސްލާފައި ވޭނުން ފުރިގެންވީ އަޑަކުން ރޮމުން ދިޔަ އިރު، ވިސްނެމުން ދިޔައީ ހަމަ އެންމެ ކަމަކާ ދޭތެރޭގައެވެ.

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories1K Comments

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

ތީ އޭ ހަނދަކީ 14

Next

އެދުވަހު ލޯބިން 5

Next
July 22, 2022

އެދުވަހު ލޯބިން 5

Previews
July 21, 2022

ތީ އޭ ހަނދަކީ 14

3 Comments!

  1. Nayaa Nayaa says:
    July 21, 2022 at 1:01 pm

    Salaam dear readers ♥️
    Mi othy 8 vana part vx kiyaalan libifa dhw.. Finally Milaan and Yain vx gulhuny dhw.. Ekam dhen Laura ah vaany kihinehbaa..?
    Let me know your view on this story.. Both positive and negative comments are welcomed ♥️..
    Hope y’all will like this episode as well ♥️..
    Next part insha’Allah maadhamaa submit kohlaanan ♥️..
    Keep waiting all ♥️..
    Love y’all the most ♥️..
    Stay safe and take care all ♥️..

  2. lau.laala786@gmail.com lau laalu says:
    July 22, 2022 at 12:00 am

    manjeyy heyo nuvaane thihen hadhan mamee laura nama yo magey hiyy falhaigen gos dhaane
    ma haadha dhera eh veyey ingeytha 😭😭😭😭
    mashah hama heevanee laura akee mashey… milaan akee dhen ingeynu??… yaina akee eynarahhtehi vaan ulhunu manje ey… naseebakun eyna rahttesseh nuvi 😏😏😏🤩
    ma varah ufaa vey ekamaa,,,,……… ekamaku, dhen alheyy ma manje aaahaadha bodah private talk eh jahhsan beynumeyyy😭😭😭😭😭😭😭😭
    eyyyhhh dhen varah salaan ma dhanee manje magey vhk ah kohhfa in cmnt ah reply dheyn taa taa byeee love you loabi gandoooooo so freaking muchhhhhhhh

  3. Nayaa Nayaa says:
    July 22, 2022 at 11:40 am

    In reply to @lau laalu
    alheyyyyy ma vx dhera vey laura ah vaa gothun.. ekm keeh dhw kuraany vx..
    ey ey eyhhhh maduuuu.. mashah neyngi vrh gina kanthah hingaifi dhw mi dheytherein.. hehe.. alhe ma vx beynumey manje aa tok kuran prvt koh.. ekm dc use nukuraathy dhw dhn mihaaru… yk..
    arn vrh salaam thikolhah vx ingey.. hurihaa kudhinnah vx vrh salaam bunahchey magey faraathun.. byeeee
    lwbi vey mooreeeeee dhoony <333

Comments are closed.

Next Episodeހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 9←


All Right Reserved!