ސިކުނޑިއަށް ވެރިވަމުން ދިޔަ ނައްސި ޚިޔާލުތަކާއެކު ޔައިނާއަށް މިވަގުތު ކުރަން ވިސްނުނީ އިންސާނަކު ކުރާނެ އެންމެ ބޮޑު ފާފައެވެ. ނުކުރާ ކުށެއްގައި ބެދި، ލޯބިވާ އެންމެން އޭނާގެ ޙަޔާތުން ބީވެގެން ދިޔުމަށްވުރެ، އޭނާ މި ދުނިޔެއިން ވަކިވެގެން ދިޔުންވެސް މާ ރަނގަުކަމުގައި އެ ހިތް ބުނަމުން ދިޔައެވެ. ވަގުތާއި ޙާލަތުގެ ނާޒުކު ކަމުން އިތުރު ގޮތަކަށް ވިސްނާނެ ފުރުސަތެއް ނުލިބި، މިއީ އެންމެ ރަނގަޅު ގޮތް ކަމަށް ޔައިނާއަށް ނިންމުނެވެ. ތެދުވެ، ޔައިނާ ހިނގައިގަތީ އެނދާއި ދިމާއަށެވެ. […]
ނިދިފައި އޮތް ޔައިނާއަށް ބަލައިލަމުން ޝިޔަލް ޔައިނާގެ އަންނައުނުތައް ގަޔާއި، ވަކިކޮށްލިއެވެ. އެއަށްފަހު، ބެޑްޝީޓުތަކާއި، ބާލީސްތައް އެކިތަންތަނަށް އުކާލާ، ތަރުތީބު ގެއްލުވައިލިއެވެ. އެއަށްފަހު ޝިޔަލް އޭނާ ލައިގެން ހުރި ޓޝާޓުވެސް ބާލާ، ޔައިނާގެ ކައިރީގައި އޮށޯތެވެ. ދެމީހުންގެ ގައިގައި ރަޖާ އަޅައިލަމުން ޝިޔަލް ޔައިނާގެ މެދުހަށީގައި ބައްދައިލިއެވެ. އެއަށްފަހު، ހިތްހަމަޖެހިގެން އޮވެ، ޝިޔަލް ދެލޯ މަރައިލީ މި ކުރެވެނީ ކިހާ ވަރެއްގެ ކުށެއްކަން އެނގި ހުރެއެވެ. ނަމަވެސް، ދުނިޔެވީ އެދުންތައް މާ ބޮޑަށް މުހިންމު ވުމުން […]
ނަމަވެސް، މިލާންއަށް ނޭނގުނު ކަމަކީ މި ސަތާރަ ގަޑިއިރަށް ފަހު، އޭނާގެ މުޅި ދުނިޔެ އެފުށް މިފުށަށް ޖެހޭނެ ކަމެވެ. އޭނާގެ މުޅި ޙަޔާތް ބަރުބާދުވެގެން ދާނޭ ކަމެވެ. މި ހުރިހާ ދުވަހަކު ޔައިނާއަށް ކުރި އިތުބާރާއި، ޔައިނާއަށްޓަައި އެ ހިތުގައި ވީ ފުން ލޯބި ވަޅުލާ، ކަފުން ކުރަން ޖެހޭނެ ކަމެވެ. ޔައިނާއާއި އެކީ ހޭދަވި ފަސް އަހަރު ދުވަހުގެ ދިގު ދަތުރު މާޒީގެ އަނދުރު ޞަފްޙާތަކަކަށް ވެގެން ދާނޭ ކަމެވެ. ބޯމަތިވާން އުޅޭ ތޫފާނުގެ […]
ގެއިން ނުކުމެގެން ގޮސް ޒާރާ އެރީ އޭނާގެ މެރޫންކުލައިގެ ސައިކަލަށެވެ. އަތުކުރީގައި އޮތް ރިހިކުލައިގެ ގަޑިއަށް ބަލައިލަމުން ޒާރާ ސައިކަލު ދުއްވައިލީ އިތުރަށް އެންމެ މިނެޓެއް ލަސްވިޔަސް، ގަޑި ޖެހޭނެކަން އެނގޭތީއެވެ. ހޮސްޕިޓަލާއި ހަމައަށް ދެވުމުން ޒާރާ ސައިކަލު ޕާރކް ކޮށްލާފައި ގޮސް ވަނީ، ދުވެފައި ކަހަލަ ގޮތަކަށެވެ. އަވަސް ހިނގުމެއްގައި ގޮސް މީޓިން ރޫމަށް ވަދެވުނު އިރު އެތަނުގައި ހުރިހާ މުވައްޒަފުންހެން ހަމައަށް ތިއްބެވެ. އެހެންނަމަވެސް، އަކްމަލް ހާޟިރު ނުވާތީ ޒާރާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. […]
“ރިލޭކްސް މިލާން.. ދެ ރަހުމަތްތެރިންވެސް ބައްދާލަފާނެއްނު.. މިލާންވެސް ލައުރާއާއި އެކީގައި އުޅެނީ އެހެންނެއްނު..” އެތަކެއް ވާހަކައެއް ދައްކައިގެން މިލާން ބެލީ އަމިއްލަ ނަފްސު ހަމައަކަށް އެޅުވޭތޯއެވެ. ނަމަވެސް، އެ ފޮޓޮއިން އޭނައަށް ތަފާތު ކަމެއް ފާހަގަ ވަނީއެވެ. އެހެންޏާ ނުކުރެވޭ ކަހަލަ އިޙްސާސެއް ކުރެވެނީއެވެ. އޭނާއަށް އެ ފޮޓޯތައް ފޮނުވަނީ ކާކުކަމެއްވެސް އަދި އެނގިފަކާ ނެތެވެ. އެ ފޮޓޯތައް ފޮނުވިޔަސް އަޅައެއްވެސް ނުލައެވެ. އެކަމާއި ބެހޭ ގޮތުން ޔައިނާއާ ސުވާލެއްވެސް ނުކުރެއެވެ. އެއީ ޔައިނާއަށް އޭނާ އިތުބާރު […]
“ޔަލް.. އެބަ އަންނަން އިނގޭ ފާޚާނާއަށް ވަދެލާފަ.. ޖަސްޓް ގިވް މީ ފައިވް މިނެޓްސް..” ޔައިނާ ތެދުވެގެން ފާޚާނާއަށް ދިޔުމުން ޝިޔަލްއަށް އެދިމާއަށް ބަލަހައްޓައިގެން އިނދެވުނެވެ. “އޯހ ވަޓް ޑިޑް ޔޫ ތިންކް ޔައިނާ..؟ ޔައިނާ ހީކުރީ އަހަރެން އެހާ ފަސޭހައިން ޔައިނާ ދޫކޮށްލާނެ ކަމަށްތަ..؟ ނޯ ވޭ.. އަހަރެން ޔައިނާ ޙާސިލް ކުރާނަން.. އަހަރެން މީ މިހާތަނަށްވެސް ބޭނުން ކޮންމެ ކަމެއް ކޮށްފަ ނޫނީ ދޫކޮށްލާ މީހެއް ނޫން.. މިފަހަރުވެސް ވާނީ އެހެން.. ޔައިނާ ބަލައްޗޭ.. […]
އެމީހާގެ ކައިރީގައި ހުދުކުލައިގެ އަތްދިގު ގަމީހަކާއި ނޫކުލައިގެ ޖިންސެއްގައި ހުރި ފިރިހެން މީހާވެސް ލައުރާމެންނަށް ހިނިތުންވުމެއް ދިނެވެ. އޭރު އެމީހާގެ އަތުތެރޭގައި ތިން އަހަރަށް ދާ ލޯބި ލޯބި އަންހެން ކުއްޖަކުވެސް އިނެވެ. ދެން މިލާންގެ ލޮލުގައި އަޅައިގަތީ އެ ފިރިހެން މީހާގެ އަނެއް އަތުގައި ހިފާލައިގެން ހުރި ނުވަ އަހަރަށްދާ ފިރިހެން ކުއްޖާއެވެ. މިލާން އެ ކުއްޖާއާ ދިމާލަށް ހީލުމުން އެ ކުއްޖާވެސް ލޯބި ހިނިތުންވުމެއް ރައްދު ކޮށްލި އިރު، މަތީ މެދު ދެދަތް ވެއްޓިފައި […]
ފްލައިޓު ރަންވޭއިން ނަށްޓާލި މަންޒަރު ބަލަން މިލާންއަށް ހުރެވުނީ ކަރުނަވީ ދެލޮލާއި އެކީއެވެ. ފްލައިޓް ގޮސް ލޮލުކޮޅަށް އޮބާލަންދެން ބަލަން ހުރެފައި، އަފާންމެންނާއި އެކީ މިލާން ހިނގައިގަތީ ގެއަށް ދިޔުމަށެވެ. ކުރިޔަށް މި އޮތީ ދެ ލޯބިވެރިން ކަޑައްތު ކުރަން ޖެހޭ ދިގު، އުނދަގޫ ރާސްތާއެއްކަން ހަނދާން ކުރަމުން މިލާން ކަރުނަތައް ފުހެލިއެވެ. ކުރިޔަށް އަންނަން އޮތް ރޯޅީގެ ގަދަކަން ނޭނގި ހުރެ، މިލާން ދިޔައީ އޭނާގެ ހިތުގެ ޢަޒުމު ވަރުގަދަ ކުރަމުންނެވެ. އަންނަން އުޅޭ ތޫފާނުގެ […]
“އެ ސޮރު އެ ހުރީ ހަމަ ރަނގަޅަށްވެސް ދީވާނާ ވެފަ..” މިލާން ގާތަށް ހިނި އައީ އަފާން އުޅުނު ގޮތުންނެވެ. “ހޭނެ ކަމެއް ނެތް.. އެއީ ހަމަ މިލާންވެސް އޭރު އުޅުނު ގޮތޭ..” ޔައިނާ ހަނދާންކޮށްލަ ދިނުމުން މިލާން ކުޑަކޮށް ލަދުރަކި ވިއެވެ. އަވަސްއަވަހަށް މައުޟޫ އޮޅުވާލަމުން މިލާން އެހެން ވާހަކައެއް ފެށިއެވެ. އެގޮތުގައި އިރުކޮޅަކު ތިބުމަށްފަހު ދެމީހުންވެސް ގޮސް އެމީހަކަށް ޚާއްސަ ކުރެވިފައިވީ ކޮޓަރިއަކަށް ވަނީ ފެންވަރައިގެން ނަމާދު ކޮށްލުމަށެވެ. *** ** *** ފެންވަރައިގެން […]