Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 10

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories1K Comments
July 27, 2022 9 Mins Read
5 Comments

ތުގާ ދިޔުމުން ރުޅިވެރިކަންވީ ލޮލަކުން ޒާރާ އަފާންއާ ދިމާލަށް ބަލައިލިއެވެ. ޒާރާ ބަލައިލުމުން އަފާން ތުންފަތުގައިވީ ހިނިތުންވުން ވަގުތުން ފަރުދާ ކޮށްލިއެވެ. އެވަގުތު ޒާރާގެ ލޯ ދަތުރު ކުރީ އަފާންގެ ކަސްރަތީ މޭމައްޗަށެވެ. ޒާރާގެ މި ޢަމަލު ފެނުމުން އަފާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އަފާންއާ ދިމާލަށް ބަލަން ހުރެފައި ޒާރާ އަފާންގެ ގޮށްތައް އަޅުވަން ފެށިއެވެ. ހުރިހާ ގޮށްތަކެއް އަޅުވައި ނިމުމުން ޒާރާ އެތަނުން ދިޔައީ އެއްވެސް އެއްޗެކޭ ނުބުނެއެވެ. ޒާރާ ދިޔުމުން އަފާންއަށް ހީލެވުނެވެ. ޔުނީފޯމްގެ ގިރުވާން ރީތިކޮށްލަމުން އަފާން ކްލާހަށް ވަނުމަށް ހިނގައިގަތް އިރުވެސް އެ މޫނުމަތީގައިވީ ހިނިތުންވުން ފިލައިނުދެއެވެ. ޒާރާގެ އެފަދަ ޢަމަލުތަކުން މިހާރަކަށް އައިސް އޭނާ އެހާ އުފާވަނީ ކީއްވެކަމެއްވެސް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ ޒާރާ ފެނުމުން، ކުރިން ނުވާ ގޮތްތަކެއް މިހާރު އެ ހިތަށް ވާ ކަމެވެ.

ޒާރާގެ ފަހަތުން ގޮސް ކްލާހަށް ވަން އިރުވެސް އަފާންގެ ނަޒަރު ހުއްޓިފައިވަނީ ޒާރާއަށެވެ. މަޑުމައިތިރިކަމާއެކު ގޮނޑިގައި އިށީން ޒާރާއަށް ބަލަން އަފާންއަށް ހުރެވުނެވެ. ދޮރުކަނީގައި ލެނގިލައިގެން، ދެ އަތް ޖީބަށް ޖަހައިލައިގެން ޒާރާއާ ދިމާލަށް ބަލަން ހުރެވުނު އަފާންގެ ތުންފަތުގައިވީ ރީތި ހިނިތުންވުމެކެވެ.

ޔައިނާއާ އެކީ ކްލާހަށް ވަންނަން އައި މިލާންއަށް އަފާންގެ ޙަރަކާތްތައް ފެނުނެވެ. އަފާން ޒާރާއާ ދިމާލަށް ބަލަން ހުރި ގޮތުން މިލާންގެ ތުންފަތުގައި ކުޅެލީ ލާނެތް ހިނިތުންވުމެކެވެ. ވަގުތުން ޔައިނާއަށް އެ މަންޒަރު ދައްކާލީ އަފާންގެ ހިތުގައި ޒާރާއާއި ދޭތެރޭގައި އޮންނަނީ އާދައިގެ އެކުވެރިކަމުގެ އިޙްސާސެއް ނޫންކަން އެނގޭތީއެވެ.

“އަޅެ މަށަށް ހާދަ ހީވޭ އެ ދެމީހުން އެކަކު އަނެކަކާ ގަޔާވާހެން..” އަފާންއަށް އަޑު އިވިދާނެތީ މިލާން ބުނެލީ ވަރަށް ސިއްރުންނެވެ. “އަސްލުވެސް.. މަށަށްވެސް ވަރަށް ހީވޭ.. ދެން އެދެމީހުން ވެއްޖެ އެއްނު ކޮންމެސް ފިޔަވަޅެއް އަޅަން..” ޔައިނާވެސް މިލާންއަށް ތާއީދު ކުރިއެވެ. “އެދެމީހުން ދެން ކަމެއް ނުކުރަންޏާ ފިޔަވަޅު އަޅަން ޖެހޭނީ މަށަށް..” މިލާން ބޭނުންވީ ކޮންމެ ގޮތެއް ހަދާފައިވެސް ޒާރާއާ އަފާން ގުޅުވާށެވެ. “ހުރޭ ދިމާކޮށްލާނަން މިފަހަރު..” ލާނެތް ރާގަކަށް ބުނެފައި މިލާން ކުރިޔަށް ހިނގައިގަތެވެ. “އޭ ދެން ސާބަސް.. މިލާންވެސް އަބަދު އެދެމީހުންނާ ދިމާކުރުން ނޫން ކަމެއް ނުކުރާނެ.. އެމީހުން ލަދު ގަންނާނެއްނު އެވަރަށް އަޅުވާ ކިޔަންޏާ..” ޔައިނާ މިލާންގެ އަތުގައި ހިފައި ހުއްޓުވިއެވެ. “އެޔޭ މީގެ ބޭނުމަކީ.. އެދެމީހުން ލަދު ގަންނަވާލުން.. އޭރުން ދެމީހުންނަށްވެސް އެދެމީހުންގެ އިހުސާސްތައް ދެނެގަންނަން ފަސޭހަ ވާނީ.. ދޭ ބޯތް ލަވް އީޗްއަދަރ.. މަށަށް ހަމަ ޔަގީން.. ދެމީހުންވެސް އެކަން ގަބޫލު ކުރަން ބޭނުން ނުވާތީ މައްސަލައަކީ..” އެހެން ބުނުމަށްފަހު، މިލާން ގޮސް އަފާންއާ ނުހަނު ގާތުގައި ހުއްޓުނެވެ. މިލާންގެ ޙަރަކާތްތަކުން ދެފަރާތަށް ބޯ ހޫރުވަމުން ޔައިނާވެސް ގޮސް އަތާ ހުއްޓުނެވެ. މިލާންއާއި ޔައިނާ އެތަނަށް އައުމުންވެސް އަފާންއަށް ރޭކާލީ ހެނެއް ހިޔެއް ނުވެއެވެ. އޭނާ ހުރީ ހުރި ގޮތަށް ޒާރާއަށް ގެއްލިފައެވެ.

“އެހެމް އެހެމް..” މިލާން ކަރުކެހެލީ އަފާންގެ ސަމާލުކަން ހޯދުމަށެވެ. ނަމަވެސް އަފާންއަށް އެހާ ގާތުންވެސް އެ އަޑު އިވުނު ކަމަކަށް ނުވިއެވެ. އަފާން ހުރި ގޮތުން މިލާނަށް ބޯހޫރުވާލެވުނެވެ. “ނޫނޭ ވާ ވަރުތަކެއް ވެފަ އެބަ ހުއްޓޭ ދޯ..” ތަންކޮޅެއް ބާރަށް މިލާން އެހެން ބުނުމުން ސިހިފައި އަފާންއަށް މިލާންއާ ދިމާލަށް ބަލައިލެވުނެވެ. އަތުގައި އޮތް ފޮތަށް ގެއްލިފައި އިން ޒާރާއަށްވެސް އެދިމާއަށް ބަލައިލެވުނެވެ.

“އެ.. ކީކޭ..؟” ލިބުނު ސިހުމާއެކު އަފާންއަށް ބުނެވުނީ އަޅައަޅައިގަންނަމުންނެވެ. “ކައެ ދެން ވެއްޖެ އެއްނު ތިކަން އަވަހަށް ނިންމަން..” އަފާންގެ ކޮނޑުގައި ޖަހައިލަމުން މިލާން ބުންޏެވެ. “ތި ބުނީ..؟ ކޮން ކަމެއް..؟” މިލާން އެ ދައްކަނީ ކޮން ވާހަކައެއްކަން އެނގި ހުރެވެސް އަފާން ނޭނގޭ ކަމަށް ހެދުނެވެ. ކޮންމެހެން ނޭނގޭ ކަމަށް ހަދާނެ ކަމެއް ނެތް.. ކައެއަށް ހަމަ އެނގޭނެ މަ މި ދައްކަނީ ޒާގެ ވާހަކަ ކަން..” އަފާންގެ ބޮލުގައި ޖަހައިލަމުން މިލާން ބުންޏެވެ. “ޕިސް.. މިލާން ކައިރި ކިތައް ފަހަރުތަ މަ ބުނަންވީ އަހަރުމެން ދެމީހުން ދޭތެރޭގަ އެއްވެސް ގުޅުމެއް ނެތޭ..؟ އޭނނ..؟” އެ މައުޟޫ އޮއްބައިލުމުގެ ގޮތުން އަފާން ބެލީ ރުޅިވެރިކަން އަޑަށް ގެނެސްގެން ވާހަކަ ދެއްކޭތޯއެވެ. “ކޮންމެހެން މާ ރުޅި އާދެވޭ މީހަކަށް ހެދޭނެ ކަމެއް ނެތް.. ތީ އިއްޔެވެސް އައިސްކްރީމެއް ހެން ވިރިގެން ފޭބި މީހެކޭ.. ދެންވެސް ބުނެބަލަ ޒާ ކައިރި..” މިލާން އަނެއްކާވެސް ބުނެލިއެވެ. “އަޅެ ކޯޗެއްތަ..؟” އަފާން އަދިވެސް ދިޔައީ ނޭނގޭ ކަމަށް ހެދެމުންނެވެ. “ދެން ކޮންމެހެން ނޭނގޭ ކަމަށް ހެދޭނެ ކަމެއް ނެތް.. މަށަށް އެނގޭ އަފާން ޒާ ދެކެ ލޯބިވާ ކަން..” ދެން މިލާން ބުނެލި ވާހަކައިން އަފާންގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. “ވަޓް..؟ މަ..؟ ލޯބި..؟ އެވެސް ޒާރާއާ..؟ ނެވަރ އެވަރ!! އެއަށްވުރެ މާ ރަނގަޅުވާނެ ތުގާއާ ރައްޓެހިވިޔަސް..” ހިތުގައިވީ އިޙްސާސްތައް މިލާންއަށް އެނގެން ބޭނުން ނުވާތީ އަފާންއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. ނަމަވެސް އެ އަޑު ޒާރާއަށް ނީވެ ނުދިޔައެވެ.

އަތުގައި އޮތް ފޮތަށް ބާރުކޮށްލެވުނު އިރު، ޒާރާއަށް ދެ ދަތްޕިލަވެސް ޖައްސާ ބާރުކޮށްލެވުނެވެ. އަފާންގެ ދުލުން އެ ބަސްތައް އަޑު އިވިގެން އޭނާއަށް އެހާ އަސަރު ކުރަންވީ ސަބަބެއް އެއްގޮތަކަށްވެސް ނުވިސްނުނެވެ. މިލާންއަށާއި ޔައިނާއަށްވެސް ޒާރައާ ދިމާލަށް ބަލައިލެވުނީ އަފާން އެހެން ބުނި އަޑު ޔަޤީނުންވެސް ޒާރާއަށް އިވޭނެކަން އެނގޭތީއެވެ. ޒާރާގެ މޫނުމައްޗަށް އެރި ކުލަވަރު ޔައިނާއަށްވެސް މިލާނަށްވެސް ވަރަށް ރީތިކޮށް ފެނުނެވެ. އަފާންއަށްވެސް ފެންނާނެކަން ގައިމެވެ. އިތުރަށް އެތާނގައި ހުންނަންވެސް ޒާރާގެ ހިތެއް ނޭދުނެވެ. ތެދުވެ، ކްލާސް ދޮރުމައްޗަށް އެރިއެވެ. “ތަންކޮޅެއް..؟” އިސްދަށަށް ޖަހައިގެން ހުރެ ޒާރާ ނުކުންނަން ތަން ދިނުމަށް އެދުމުން އަފާން އެއްކައިރިވެލިއެވެ. ޒާރާ ނުކުމެގެން ގޮސް ލައިބްރަރީއަށް ވަންނަންދެންވެސް އަފާންއަށް ބަލަހައްޓައިގެން ހުރެވުނެވެ.

“ކޮބާ.. ކަމެކޭ ހީވެއްޖެ..؟” އަފާންއާ ދިމާލަށް ބަލައިލަމުން މިލާން ބުނެލިއެވެ. “ކީއްތަވީ..؟” އަފާންގެ ޖަވާބުން މިލާންއަށް އަނގަ ޗޭކޮށްގެން ހުރެވުނެވެ. “ކައެ ހަމަ އަސްލަށްވެސް އެހާ ގަޅީތަ..؟ ނޫނީ ގަޅި ކަމަށް ހެދެނީތަ..؟” އަފާން އުޅެމުން ދިޔަ ގޮތުން މިލާން ފާޑަކަށް ހިތްހަމަ ނުޖެހުނެވެ. “އަޅެ.. ޒާރާ އެ ދިޔައީ އޭނަގެ ކްލާސް އޮތީމައޭ.. މިއަދު ފުރަތަމަ ކްލާސް ޒާރާ އޮންނާނީ އަހަރުމެންނާ ވަކިންނޭ..” އަފާން ޖަވާބު ދިނެވެ. “ޑޫ ޔޫ ތިންކް ދެޓް އިޒް ދަ އޮންލީ ރީޒަން ވައި ޝީ ލެފްޓް..؟” މިފަހަރު އަހައިލެވުނީ ޔައިނާއަށެވެ. “އާނ.. ދެން އެ ނޫން ވަކި ކޮންކަމަކާ..؟” އަފާން ކޮނޑު އަރުވައިލިއެވެ. “މަށަކަށް ދެން ނުވާނެ މިކަމެއް.. މަވާ ސަލާން..” ކިތަންމެ ވަރަކަށް ކިޔަސް އަފާން ގޮތް ދޫނުކުރާނެކަން އެނގޭތީ މިލާންއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. ޔައިނާގެ އަތުގައި ހިފައިގެން މިލާން ގޮސް އިށީނީ އަފާން އޭނާ ގާތު އެއްވެސް ވާހަކައެއް ބުނަން އަދި ތައްޔާރު ނޫނީ ކަމަށް ނިންމަމުންނެވެ.

ޔައިނާއާއި މިލާން ދިޔުމުން އަފާންއަށް އަތް މުއްކަވާލެވުނެވެ. މުޅި މޫނާއި އިސްތަށިގަނޑުގައި އަތް ހިންގައިލެވުނީ ޚުދު އޭނައަށްވެސް އޭނާގެ ހިތަށް ކުރަމުން މި ދާ އިޙްސާސްތަކަށް ދޭނެ ނަމެއް ނޭނގުމުންނެވެ. އަނެއްކާ ޒާރާގެ ޢަމަލުތަކުން ނަގަންވީ މާނައެއްވެސް އޭނައަކަށް ނޭނގުނެވެ. އެއްފަހަރު ޒާރާ އުޅޭ ގޮތުން އޭނަ ދެކެ ލޯބިވެޔޭ ހީވެފައި އަނެއް ފަހަރު އުޅޭ ގޮތުން ހީވަނީ ރުޅިން އޭނާ ފިއްސާލަން އުޅޭ ހެންނެވެ. މި ޙާލެއްގައި އަދި ކިހާ ދުވަހަކު ކެތް ކުރަން ޖެހޭނެބާއޭ ހިތަށް އަރާ ޙާލު އަފާންވެސް ގޮސް ގޮނޑީގައި އިށީނެވެ. ބޮލުގައި އުފެދެމުން ދިޔަ ހައިޖާނުގަނޑުން ސަލާމަތް ވުމަށް ޓަކައި އެއަރޕޮޑްސް ނަގައި ކަންފަތަށް ޖަހައިލުމަށްފަހު އެޑް ޝީރަންގެ “ޕަރފެކްޓް” ލަވަ އަޅުވައިލިއެވެ. އެ ރީތި އަޑުން ކިޔާފައިވި މާނަފުން ލަވަ އަޑު އަހަމުން އަފާން ދެލޯ މަރައިލީ ލަވައިގެ ހިތްހަމަޖެހުން އެންމެ ފުރިހަމަ ގޮތުގައި ހޯދަމުންނެވެ.

ކްލާސް ފެށެން ފަސް މިނެޓަށް ވީ ފަހުންވެސް ލައުރާގެ ޚަބަރެއް ނުވިއެވެ. ލައުރާ މިއަދު ނާންނަނީބާވައޭ މިލާންގެ ހިތަށް އެރިއެވެ. ފޯނު ނަގައި، ބަލައިލީ ނާދެވޭނެއޭ ކިޔައި ލައުރާ މެސެޖު ކޮށްފައި އޮތްތޯ ބަލައިލުމަށެވެ. ނަމަވެސް، ލައުރާގެ އެއްވެސް މެސެޖެއް ފެންނަން ނެތުމުން މިލާންއަށް ޖެހުނީ ފޯނު ނިވާލާށެވެ.

މިލާންގެ ހަރަކާތްތަކަށް ބަލަން އިން ޔައިނާއަށް ކޮންމެވެސް ކަމެއް ގޯސްވިހެން ހީވިއެވެ. “މިލާން.. ކަމެއް ގޯސްވީތަ..؟” މިލާންގެ ކޮނޑުގައި އަތް ބާއްވާލަމުން ޔައިނާ އަހައިލިއެވެ. “ލައު ނާންނާތީވެ.. މި ހިތަށް އަރަނީ އަނެއްކާ ކަމެއް ވީ ބާވައޭ..” މިލާންގެ އަޑުގައި ކަންބޮޑުވެފައިވީ ކަމުގެ އަސަރު އެކުލެވިފައި ވިއެވެ. “އޯހ.. ވެދާނެ އެއްނު ކުޑަކޮށް ބަލިވީ ކަމަށްވެސް.. ފަހުން ގުޅާލާފަ ނޫނީ އެ ގެއަށް ގޮއްސަ ބަލާލަބަ ލައު ރަނގަޅުތޯ..” ޔައިނާ ބުނި ބަހަށް ތާއިދު ކުރަމުން މިލާން ބޯ ޖަހައިލިއެވެ.

“ކޮންގްރޭޖުލޭޝަން!!!!!” ކުއްލިއަކަށް ކްލާހަށް ވަދެގެން އައި ކުދީންތަކެއް އެއްފަހަރާ މިލާންއާއި ޔައިނާއާ ސަލާމް ކުރަން އަތްދިއްކޮށްލަމުން މަރުހަބާ ކިޔެވެ. މި ވަނީ ކީއްކަން ނޭނގި ހުރެވެސް މިލާންއާއި ޔައިނާ އެކުދިންނާ ސަލާމްކޮށްލިއެވެ.

“ބަލާބަލަ ހަމަ އަހަރުމެންނަށް އަންގާވެސް ނުލައޭ ހުރިހާ ކަމެއް ނިންމާލައިގެން މި ތިބީ.. ހަމަ ސައި ދޭން ޖެހިދާނެތީވެ އަހަރުމެންނަށް އެހާ ސިއްރުން އެ އުޅެނީ..” އަރީންގެ ބަހުން މިލާންއަށާ ޔައިނާއަށް ހުރިހާ އެއްޗެއް ސާފުވިއެވެ. “ނޫނޭ ދެން ސިއްރު ކުރާކަށް ނޫން.. އަދި ހަމަ އެންމެ ދެ ދުވަހޭ ވީ.. ހުކުރު ހޮނިހިރުގަ ދިމާނުވެވުނީމަ ދެން ނުބުނެވޭނު.. އެހެން ނޫނަސް ދެން ތި އޮތީ އެނގިފައެއްނު..” މިލާން ހީލިއެވެ. “އެކަމް ކިހިނެއް އަރީމެންނަށް އެނގުނީ މިކަން.؟” ޔައިނާ އެއްސެވެ. “މި އަފާން އެރޭ ސްޓޯރީއަށް ލައިގެން އުޅުނީ ކައެމެން ދެމީހުންގެ ފޮޓޮއެއް.. އިންނަނީ ކޮންގްރޭޖުލޭޝަން ފޯރ ދަ ނިއު ކަޕްލްއޭ ޖަހާފަ..” އަރީން ބުނުމުން މިލާންއަށާއި ޔައިނާއަށް ވަގުތުން އަފާންއާ ދިމާލަށް ބަލައިލެވުނެވެ. “ހެހެ.. ސޮރީ ބްރޯ.. މަށަށް ނުހުރެވުނީއޭ ދެން ހަމަ އެމީހުންނަށް ނާންގާ..” މައުސޫމްކަމާއެކީ އަފާން ބުނެލި ގޮތުން މިލާންއާއި ޔައިނާ ގާތަށްވެސް ހިނި އައެވެ.

“އިނާ.. މިހާރު އެމީހުންނަށްވެސް އެ އިނގުނީ.. ދެން ރަށުތެރެއަށް ފެތުރޭކަށް ނުނަގާނެ މާ ގިނަ ދުވަހެއް..” އަރީންމެން ދިޔުމުން މިލާން ޔައިނާ ގާތު ބުނެލިއެވެ. “އަސްލަށްވެސް.. ތިކަމާ ދޭތެރޭ މިހާރު މި ވިސްނެނީ..” ޔައިނާ އިނީ ހިސާބަކަށް ހާސްވެފައެވެ. “އަހަރުން ދެން ނެތެއްނު ނިމޭކަށް ބާކީ މާ ގިނަ ދުވަހެއްވެސް.. އަންނަ މަހު އެގްޒާމް ނިމޭ އިރަށް ހަމަ ނިމުނީނު.. އެހެންވީމަ ފެމިލީއާ މި ވާހަކަ ދައްކަންވީނު..” މިލާންގެ ބަހަށް ޔައިނާއަށް ތާއިދު ކުރެވުނެވެ. “އަސްލުވެސް.. އެހެންމީހެއްގެ ފަރާތުން ބައްޕައަށް މި ވާހަކަ އަޑު އިވިއްޖެއްޔާ ކަމަކު ނުދާނެ..” މިލާންގެ އާއިލާއިން އޭނައާ މެދު ދެކެފާނެ ގޮތަކާ ދޭތެރޭ ކަންބޮޑު ވިޔަސް ޔައިނާ އެކަން ނުދައްކާވޭތޯ ބެލިއެވެ. ހަމަ ޔަޤީނުންވެސް އޭނާގެ އުފަލަށް ޔާސިރު ހުރަސް ނާޅާނެކަން ޔައިނާއަށް އެނގެއެވެ. ހަމަ އެފަދައިން މިލާންއަށްވެސް އޭނާގެ މައިންބަފައިން މި ގުޅުމަށް އެއްބަސްވާނެކަން އެނގެއެވެ. ވީ އިރު، މިކަން ސިއްރު ކުރަންވީ އެއްވެސް ސަބަބެއް ނެތެވެ.

*** ** ***

“ޒާރާ..” އެންމެ ފަހު ކްލާސް ނިމުނު ގޮތަށް އަފާން ޒާރާއަށް ގޮވައިލިއެވެ. ނަމަވެސް، އެ އަޑު އިވޭ ކަމަށްވެސް ނުހަދާ ޒާރާ ގޮސް ކްލާހުން ނުކުތެވެ. ޒާރާގެ މި ޢަމަލުން އަފާން ހައިރާންވިއެވެ. މިހާތަނަށް ދުވަހަކުވެސް ޒާރާ އޭނާ ބުނި އެއްޗަކަށް ރައްދެއް ނުދީ ގޮސްފަކާ ނުވެއެވެ. ޒާރާ އޭނައަށް ޖަވާބު ނުދީ ދިޔުމުން އަފާންގެ ހިތަށް އަސަރު ކުރިއެވެ. ޒަރާގެ އެ ކުޑަ ކުޑަ ޢަމަލުންވެސް އަފާންގެ ހިތަށް އެހާ ތަދުވީ ކީއްވެބާއޭ ހިތަށް އެރިއެވެ. ދެވަނަ ފަހަރަށްވެސް ޒާރާއަށް ގޮވަމުން އަފާން ދުއްވައިގަތީ އަވަހަށް ޒާރާއާ ދިމާކުރުމުގެ ބޭނުމުގައެވެ.

“ޒާރާ..” ޒާރާއާ ހައެއްކަ ފިޔަވަޅު ދުރުގައި ހުރެ އަފާން ގޮވައިލިއެވެ. ނަމަވެސް، ދެންވެސް ޒާރާ އަޅައިނުލައި ދިޔުމުން އަފާން ހިތްހަމަ ނުޖެހުނެއެވެ. ހަމަ ޔަޤީނުންވެސް ޒާރާއަށް އޭނާ ގޮވި އަޑު އިވޭނެއެވެ. ވީ އިރު، ފަސްދީފައި ދިޔުމުގެ ބޭނުމަކީ ކޮބައިބާވައޭ އަފާންގެ ހިތަށް އެރިއެވެ.

“ޒާރާ.. މަޑުކޮށްބަލަ..” ތިންވަނަ ފަހަރަށްވެސް ގޮވުމުން ޒާރާ އަޅާނުލައި ދިޔުމުން އަފާން ރުޅި އައެވެ. މިފަހަރު ގޮވުމުގެ ބަދަލުގައި ގޮސް ޒާރާގެ އަތުގެ މުލައްދަނޑީގައި ހިފައި އޭނައާވީ ފަރާތަށް އަނބުރައިލިއެވެ. އަފާންގެ އެ ކުއްލި ޢަމަލުން ޒާރާއަށް ސިހުން ލިބުނު ނަމަވެސް، މޫނުމައްޗަށް ރުޅިވެރިކަމުގެ އަސަރު ގެނައީ ސިކުންތެއްގެ ތެރޭގައެވެ.

“އަފާން.. ކީއްތަ ތި ކުރަނީ..؟ އަތުން ދޫކޮށްލާ އިނގޭ.. މީހަކަށް ފެނުނީމަ މާ ރީއްޗެއް ނުވާނެ..” ޒާރާގެ އަޑުގައިވީ ރުޅިވެރިކަމާއި ނަފްރަތުން އަފާންގެ ހިތަށް އަސަރު ކުރަމުން ދިޔަ ނަމަވެސް، ކުޅަދާނަކަމާއެކީ އެ އިޙްސާސް ފޮރުވައިލަމުން އަފާންވެސް ރުޅިވެރިކަން އިސް ކުރިއެވެ. “ނުކުރާނަން ދުލެއް.. މަށަށް ވަރިހަމަ މީހަކަށް ފެނިގެން ކޮންމެ އެއްޗެކޭ ކިޔަސް..” އަފާންގެ އަޑުގައިވީ ރުޅިވެރިކަމުން ޒާރާގެ ހިތަށްވެސް ތަދުވަމުން ދިޔައެވެ. ނަމަވެސް، އެކަން ޤަބޫލު ކުރާކަށް ދެމީހުންކުރެ އެކަކުވެސް ބޭނުމެއް ނުވިއެވެ.

“އަފާންއަށް ކޮންމެ ކަމެއް ވަރިހަމަ ވިޔަކަސް މަށަށް ވަރިހަމައެއް ނޫނޭ..” ޒާރާވެސް ދޫކުރާކަށް ބޭނުމެއް ނުވިއެވެ. “އެންމެ ފުރަތަމަވެސް އަހަރެން ގޮވި އިރު ޒާރާ ޖަވާބު ދިން ނަމަ މިހެންނެއް ނުވީހެއްނު.. ހާދަ ވަރަކަށް އަހަރެން ޒާރާއަށް ގޮވައިފީމޭ..” އަފާންގެ އަޑުން އޭނާ ރުޅި އައިސްފައި ހުރި ވަރު ހާމަވަމުން ދިޔައެވެ. “މިހާރު ދެން ކީއްކުރަން މަށަށް ގޮވަނީ.. އަހަރެން މީ އަފާންގެ ކާކު..؟ އަފާންއަށް އެއްވެސް ގޮތަކުން މުހިންމު މީހެއްތަ..؟ އޭމް އައި ޔުއަރ ފްރެންޑް..؟ ނޯ.. އައިމް ޖަސްޓް ޔުއަރ އެނަމީ.. އަފާން ބޭނުންވީމަ އައިސް ޖެއްސުން ކޮށްލާފަ، ރުޅި އަރުވާލަން ހުންނަ މީހެއްނު އަހަންނަކީ..” ޒާރާގެ ވާހަކަތަކުން އަފާންގެ ހިތަށް ހީވީ ތީރުތަކެއް ހެރެމުން ދިޔަ ހެންނެވެ. އެހާވެސް އެ ހިތަށް އެވަގުތު ތަދުވިއެވެ. “ތީތަ ޒާރާ ދެކޭ ގޮތަކީ..؟ ޒާރާ ދެކެނީ އަހަންނަކީ ތިކަހަލަ މީހެއްގެ ގޮތުގަތަ..؟ ޒާރާގެ ނަޒަރުގަ އަހަރެމެންނަކީ ހަމައެކަނި އެކަކު އަނެކަކަށް ނަފްރަތު ކުރާ ދެ ދުޝްމިނުންތަ..؟” މިފަހަރު އަފާންގެ އަޑުން ވަރަށް ރީއްޗަށް ދެރަވެފައި ހުރިކަން އެނގެއެވެ. އަފާންގެ މިލާފައިވި މޫނުމަތި ޒާރާއަށް ފެނުމުން އެ ހިތަށްވެސް ތަދުވިއެވެ. “އާނ.. އެއީ އަހަރެން ދެކޭ ގޮތަކީ.. އަހަރެމެންނަކީ ހަމައެކަނި އެކަކު އަނެކަކަށް ނަފްރަތު ކުރާ ދެ ދުޝްމިނުން.. އެ ނޫން ގުޅުމެއް ދުވަހަކުވެސް އަހަރުން ދެމީހުންގެ ދޭތެރެއަކު ނުބޭއްވޭނެ..” ޒާރާގެ ޖަވާބުން އަފާންގެ ހިތަށް ހީވީ މީހަކު ފައިން އަރާ ޗިސްޗިސް ކޮށްލިހެންނެވެ. ރައްދުގައި ބުނާނެ އެއްޗެއްވެސް އަފާންގެ ދުލަކަށް ނައެވެ. ހީވީ ދުލުގައި ތަޅެއް ލެވިފައިވީ ހެންނެވެ.

އޭނާގެ މުލައްދަނޑީގައި ހިފަހައްޓައިގެން ހުރި އަފާންގެ އަތުގެ ބާރު މަޑުމަޑުން ދޫވަމުން ދާ ކަމުގެ އިހްސާސް ޒާރާއަށް ކުރެވުނެވެ. އެއާއެކު، އަވަސްއަވަހަށް އަފާންއަށް ފުރަގަސްދީފައި ދިޔުމަށް ހިނގައިގަތެވެ. އިތުރަށް އެންމެ ވަގުތުކޮޅަކު އެތަނުގައި ހުއްޓަސް އެނާގެ އިޙުސާސްތައް ބޭޒާރުވެދާނުކަމުގެ ހީ ކުރެވުނެވެ. “ޒާރާ.. މަޑުކޮށްބަލަ.. އަހަރެން ބޭނުން ޒާރާއާ ވާހަކަ ދައްކަން..” ފަސްދީފައި ޒާރާ ދާތަން ބަލަން ކެތް ނުވުމުން އަފާން ބުނެލިއެވެ. އެވަގުތު ޒާރާގެ ފިޔަވަޅުތައް މަޑު ޖެހުނެވެ. “އަހަންނާ ކޮން ވާހަކައެއް ދައްކަން އޮންނާނީކީ..؟ ތި ދައްކަން ބޭނުންވާ ވާހަކައެއް ގޮސް ތުގާއާ ދައްކަބަލަ.. އޭނަ އަހަންނަށްވުރެ މާ ރަނގަޅަށް އަފާންގެ ވާހަކަތައް އަޑު އަހާނެ..” ބުނަން ބޭނުންވީ ވާހަކަ ބުނުމަށްފަހު ޒާރާ ދިގު ފިޔަވަޅުތަކެއްގައި ހަލުވި ކަމާއެކީ ގޮސް ގޭޓުން ނުކުތެވެ. ޒާރާ ދިޔުމާއި އެކު މިއޮށް ހުރިހާ އިރަކު އަފާން ހިފަހައްޓައިގެން ހުރި ކަރުނަތައް އޭގެ މަޤާމު ދޫކޮށް ފައިބައިގަތެވެ.

ޒާރާގެ ވާހަކަތަކުން އެ ހިތަށް ތަދުވީ އިންތިހާއަށެވެ. މިއަދު އޭނައަށް ވަރަށް ރަނގަޅަށް ޒާރާގެ ހިތުން ލިބިފައިވީ މަޤާމު އެނގިއްޖެއެވެ. ކަރު އެލުވައިލަމުން ހިނގައިގަތް އިރުވެސް އަފާންގެ ހިތަށް ދިޔައީ ތޫނު ތަދެއް ވާ ކަމުގެ އިޙުސާސް ކުރެވެމުންނެވެ. ނަމަވެސް، އަފާންއަށް ނޭނގުނު ކަމަކީ، މިވަގުތު އޭނާގެ ހިތުގައި އަޅަމުން ދިޔަ ވޭން ޒާރާގެ ހިތުގައިވެސް ހަމަ އެވަރަށް އަޅަމުން ދާ ކަމެވެ. ޤަބޫލު ކުރަން ކިތަންމެ ބޭނުން ނުވިޔަސް، އޭނާއަށް ޒާރާ ދެކެ ލޯބި ވެވިފައިވާ ކަމެވެ.

*** ** ***

“ލައޫ..” ތިން ފަހަރު ގުޅައިގެން ލައުރާ ފޯނު ނެގުމުން މިލާން ގޮވައިލިއެވެ. “އާނ ކީކޭ..” ޖަވާބުގައި ލައުރާ ބުނެލީ އެހެންނެވެ. “ބަލީތަ..؟ މިއަދު ސްކޫލަށް ނާންނާތީ..” މިލާން އެއްސެވެ. “ކުޑަކޮށް ބޮލުގަ ރިއްސާތީވެ މި އުޅެނީ.. ދެންމެ މި އައީ ކައިގެން.. ބޭސް ކާން އުޅެނިކޮށް ތި ގުޅީ..” އެނދުމަތީގައި ހަމަޖެހިލަމުން ލައުރާ ޖަވާބު ދިނެވެ. “އޯހ.. އެހެން ދޯ.. ޓޭކް ކެއަރ އިނގޭ..” މިލާން ބުނެލިއެވެ. “ހްމްމް.. ތެންކްސް..” ލައުރާ ހީލިއެވެ.

“ބައި ދަ ވޭ، މި އުޅެނީ މަންމަމެން ގާތު މަށާ ޔައިގެ ރިލޭޝަންޝިޕްގެ ވާހަކަ ބުނަން ވެގެން..” ދެން މިލާން ފެށި ވާހަކައިން ލައުރާގެ މޫޑު ގޯސްވި ނަމަވެސް، އެކަން ނުދައްކާވޭތޯ ބެލިއެވެ. “އޯހ.. ރަނގަޅު ޑިޒިޝަންއެއް ތީ.. މިހާރު ދެން ދެމީހަކު ރަށްޓެހިވެގެން އުޅެންޏާ ރަށުތެރެއަށް ފެތުރޭކަށް މާ ގިނަ ދުވަހެއް ނުނަގާނެ.. އެހެން މީހެއްގެ ފަރާތުން އިވުމަށްވުރެ މިއްލު އަމިއްލައަށް ބުނީމަ ކަނޭނގެ މިލްނައްތަމެންވެސް ހިތްހަމަ ޖެހޭނީ ދޯ..” ހީކުރި ގޮތަށް ލައުރާގެ އެއްބާރުލުން ލިބުމުން މިލާން ހިތްހަމަޖެހުނެވެ. “އާނ.. މަ ދެން އެކަމް ފާޑަކަށް ބިރު ގަނޭ.. އިނާގެ ބައްޕައާ މީޓް ކުރަން..” މިލާން ބުނެލިއެވެ. “ސާބަސް.. ތީ އެވަރު ކަމެއް ނޫނޭ.. ޔައިގެ ބައްޕައަކީ ވަރަށް ކޫލް މީހެކޭ ޔައި ބުނެއެއްނު.. ޑޯންޓް ވޮރީ ޓޫ މަޗް.. ޖަސްޓް ޓްރައި ޓު މޭކް އަ ގުޑް ފަރސްޓް އިމްޕްރެޝަން.. މިއްލުއަށްވެސް އިނގޭނެ ކަންނޭނގެ ޔައި އަކީ ޔާސިރުބެ މަންމައަކާ ނުލައި ވަރަށް ލޯބިން ބަލާ ބޮޑު ކޮށްފަ ހުރި ކުއްޖެއްކަން.. އެހެންވީމަ ޔާސިރުބެއަށް ޔަގީންކޮށްދީ މިއްލުވެސް ހަމަ ޔައިއަށް އެހާ ލޯބި ދީގެން އެހާ ކެއަރ ކޮށްގެން ގެންގުޅޭނެ ކަން..” ކިތަންމެ ހިތަށް ތަދުވީ ނަމަވެސް، ލައުރާ ހުރިހާ ވާހަކައެއްވެސް ދެއްކީ މިލާންއަށް ރަނގަޅުވާނެ ހެންނެވެ. ލައުރާއަށް ޝުކުރު އަދާކުރަމުން މިލާން ފޯނު ކަނޑާލީ ރަނގަޅަށް ކެއުމަށާއި، އަރާމު ކުރުމަށް ހަނދާން ކޮށްދެމުންނެވެ.

މިލާން ފޯނު ބޭއްވުމުން ލައުރާއަށް ފުން ނެވާއެއް ދޫކޮށްލެވުނެވެ. އެހެނަސް، މިފަހަރު އެ ދެލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ނުފައިބައެވެ. އަމިއްލަ ނަފްސު ވަރުގަދަކޮށް، ހަރުދަނާ ކުރުމަށް ކުރަމުން ދިޔަ މަސައްކަތުގެ ފޮނިމީރުކަން ފެންނަން ފަށައިފިކަން ލައުރާއަށް އިހްސާސްވިއެވެ. ނަމަވެސް، އަދިވެސް ރާސްތާ އޮތީ ކުރިޔަށެވެ. މުސްތަޤުބަލުގައި ވާނެ ގޮތެއް އެއްވެސް މީހަކަށް ނޭނގޭނެއެވެ. ހީ ނުކުރާ ގޮތަކަށްވެސް ކަންތައްތައް ވެގެން ގޮސްފާނެއެވެ. ތަޤުދީރުގެ ނިޔާ ނިމިފައިވަނީ އެންމެ އިންސާފުވެރިކޮށް ކަމަށް ޤަބޫލު ކުރަން އެންމެންނަށްވެސް މަޖުބޫރެވެ.

*** ** ***

ދުވަސްތައް ފާއިތުވަމުން ގޮސް ހަތަރު މަސް ދުވަސް ފާއިތުވެގެން ދިޔައީ ހީވެސް ނުކުރާހާ ހަލުވިމިނެއްގައެވެ. ޔައިނާއާއި މިލާންގެ ލޯބީގެ ގުޅުން ކުރިލައި ހެދެމުން ދިޔައެވެ. ދެފަރާތުގެ ޢާއިލާގެ ރުހުން ލިބިގެން ކުރިޔަށް ގެންދެވޭ މި ލޯބީގެ ގުޅުމުން މިލާންއާއި ޔައިނާގެ ހިތަށް އުފާ ލިބުނުކަމުގައި ވިޔަސް، ލައުރާގެ ހިތަށް އަދިވެސް ލިބެމުން ދިޔައީ ވޭނާއި ހިތްދަތިކަމެވެ. ނަމަވެސް، އެއިން އެއްވެސް ކަމެއް އެއްވެސް މީހަކަށް ނާންގާ، ލައުރާ އަދިވެސް ދިޔައީ މިލާންގެ އެންމެ ގާތް އެކުވެރިޔާގެ ރޯލް ވަރަށް ފުރިހަމަކަމާއި އެކު އަދާކުރަމުންނެވެ. ވަގުތާއި އެކީ ލައުރާއާއި ޔައިނާގެ އެކުވެރިކަންވެސް ދިޔައީ ބަދަހި ވަމުންނެވެ.

ިމިއާ ޚިލާފަށް އަފާންއާއި ޒާރާގެ ގުޅުން ދިޔައީ ދުވަހަކަށްވުރެ ދުވަހެއް ހީނަރު ވަމުންނެވެ. އަފާން ކިތަންމެ ވަރަކަށްވެސް ޒާރާއާއ ވާހަކަ ދެއްކޭތޯ މަސައްކަތް ކުރެއެވެ. ނަމަވެސް، އެކަމުގައި ޒާރާގެ އެއްވެސް އެއްބާރުލުމެއް ނުލިބޭތީ، އެ ގުޅުން ވަނީ މޮހެވިފައެވެ. ޔައިނާއާއި މިލާންގެ އެހީއާއި އެކީ އަފާން ކިތަންމެ ފަހަރަކުވެސް ޒާރައާ ވާހަކަ ދެއްކޭތޯ އުޅެއެވެ. ނަމަވެސް، ކޮންމެ ފަހަރަކުވެސް ކަރު އެލުވައިލަން ޖެހެނީ އަފާންއަށެވެ. ޒާރާ ދެކެ ލޯބި ވެވިއްޖެކަން ޤަބޫލު ކުރަން އަފާންއަށް މަޖުބޫރުވީ ނަމަވެސް، ޒާރާ ހުރީ އަދިވެސް ގޮތްދޫކުރާ ގޮތަކަށް ނޫނެވެ.

ކޮންމެއަކަސް، ކުރިއަށް ކަންތައް ވާނޭ ގޮތެއް ނޭނގޭ ޙާލު ކޮންމެ މީހަކުވެސް ދިޔައީ އެމީހެއްގެ ދިރިއުޅުން އާރާސްތު ކުރެވޭތޯ ބަލަމުންނެވެ. ބުރަ މަސައްކަތާއި އެކީ ހޯދުނު ރަނގަޅު ނަތީޖާއިން ޔައިނާއަށް ސްކޮލަރޝިޕެއް ލިބުމުން އުފާވި ނަމަވެސް، ބައްޕައާއިި، މިލާންއާއި ވަކިވާން ޖެހޭތީ އެ ހިތަށް ފުރިހަމަ ހަމަޖެހުމެއް ނުލިބެއެވެ. މިލާންވެސް އޭނާގެ މުސްތަޤްބަލް ބައްޓަން ކުރުމުގެ މަސައްކަތް ފެއްޓި އިރު، ލައުރާގެ މިސްރާބަކަށްވީ އާރޓް އެންޑް ޑިޒައިނިން ކޮލެޖަކަށް ދިޔުމެވެ. އަފާންއާއި ޒާރާވެސް ދެ މަގަކުން ހިނގަން ޖެހުނު އިރު، އެ ދެ ހިތުގެ ޙާލު އަދިވެސް ވީ އެކަކު އަނެކަކަށް ވަންހަނާ ކުރެވިފައެވެ. ޒާރާ ނަރސިން ކޯހެއް ހަދަން ވެގެން ކައިރި ރަށަކަށް ފުރި އިރު، ބިޒްނަސްގެ ދާއިރާއިން ކިޔެވުމަށް އަފާން ޖެހުނީ މާލެއަށް ދާށެވެ. އެކަކު އަނެކަކާއި ވަކިވާން ޖެހޭ ދުވަސް ކައިރި ވަމުން އަންނަ ވަރަކަށް މިލާންއާއި ޔައިނާގެ ހިތްވެސް ދިޔައީ ނުތަނަވަސް ވަމުންނެވެ.

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories1K Comments

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

ތީ އޭ ހަނދަކީ 15

Next

އެކްސިޑެންޓް

Next
July 30, 2022

އެކްސިޑެންޓް

Previews
July 27, 2022

ތީ އޭ ހަނދަކީ 15

5 Comments!

  1. Nayaa Nayaa says:
    July 27, 2022 at 10:23 pm

    Salaam readers.. Mi othy 10 vana part vx.. Alhugandu unmeedhu kuran mi bai vx thiya enmehaa kiyuntherinnah kamudhaane kamah.. Next part insha’Allah honihiru dhuvahu submit kohlaanan.. Keep waiting all.. Stay safe and take care ♥️

  2. lau.laala786@gmail.com lau laalu says:
    July 28, 2022 at 12:41 pm

    dhariyaaa mashah neyge mi vanee kihineh kameh.. mage hithaai sikundii vee ehen meehegge athga… ma mikamun salaamaiy kohdheee….😌😌😌😭😭😭🤭
    maves dhen hadhan vee laura hadhaa gothah kanneyge… magey hithuga alhaa veyn engeyne enme faraathenves netheyyy…..😭😭😭
    eennnn aaan manje ah neygi kithanme kameh hingaifi… magey kairi meehaku buny hsh dhahtha aa sloppy beybe aa break up vee yoo… ma bunin gabooleh nukuraanamey….
    dhww….. tough life tough love… keeh kuraanee prvt talk eh kuran ulhunas nuvanee eyyyy
    aan salaam bunaanan eyy manjey kobaatha beybe (mmibuny “fahari” ge kurin alhuvaa kee beybe)🤭🤭🤭🤭🤭😏😏😏😏😏😏😏🤫🤗🤗🤗
    hehehheheheh adhives i have those pics…. edit kohhfa huri ehchis vess… damn im missing those days….😂😂😂😂😌😭
    eyyn ma dhaneee dhaan
    take care loabbiiii….
    heskiyaafa bodah mihiy kalaa mathin handhuma kureyyyy…..😂😂😂❤❤❤❤💖💖💖💖💓💓💓💓💓❣❣❣❣💝💝💘💘💘💘💞💞💞💞💞💞💞💗💗💗💗💗💗
    love youuu dhonnnaaaaaaa!!!!!!!!💗💗💗💗💗💗💞💞💞💞💞💞💞💞💘💘💘💘💘💘💝💝💝💝💝💝💝❣❣❣❣❣❣❣❣❣❣❣❣💓💓💓💓💓💓💓💓💓💖💖💖💖💖💖💖💖💖💖❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. Nayaa Nayaa says:
    July 28, 2022 at 12:53 pm

    In reply to @lau laalu
    EYYYYYYYYYYHHHHHHH BRWWW anekkaa kn kameh laigathy mhr?? Eyynnn?? Dhn alhe ma haadha beynumey ingen..ekms….dhn…yk dhw
    Ey aan e dhemeehun brkup vithaa kn zamaameh?? Hama ekkala aharemen ge kanthakaa eky hn ekanthah vejje..but the reason is very complicated assu..btw manje ah kihineh ekan enguny?
    Pss pss laulaaaaaa ma bunefeemennu eii hama ekani frnd ekey..ekm eyna mathin assu vrh vrh vrh miss vey..zamaan vejje vhk dhakkaa nuleveythaa..haadha loabi frnd ekey aslahvx.. missing him dearly 😭😭♥️
    Eyyyy photo thah dhwwww..pss pss dhn manje athuga e bahattaa..hahaha.. majaa dhuvaskolheh dhw eii.. aslahvx vrh miss vey..good old days..
    U too tvgc dear ♥️♥️♥️😘😘
    Ahaha dhooni mathin vx vrh miss vey..thikolhah vrh salaam..emmen mathin vx miss vey hes kiyaaha ♥️
    Lymmmmmm loabs 😘😘♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  4. lau.laala786@gmail.com lau laalu says:
    July 28, 2022 at 1:46 pm

    ma ehy ehhkala soru kairi sloppy beybe ingey heyye. ehyma buny edhemeehun breakuo viyyooo….
    eyy aankeey varah kanthah hingaifi ey….
    😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣😭😭😭😭😭😭😭😏😏😏😏😏😏😏😏🤗🤗🤗🤗🤗🤗🤭🤭🤭🤭🤭🤭🤭 mavaa mee rangalhu meeheh dhww… manje ah esoru mathin handhaan kohhladhinee mi
    gandiya… dhen ehaa miss vanyaa gos vhk dhahhkabala thi hithah fini kameh libeytho balannnnn… dhen e photo thah bahattanekan eii yageen ehcheh dhww… manje nubunyas kuraane kameh eii….😏😏😏🤭🤭🤭
    dhen ma dhekunin zajil ah kohhfa in msg ehh…

    ” so basically i want to tell you is that —– is trying to set me up with you” _ “i knew it…. that b**** will never stop trying”
    ma othy bindhifa e kiyaafa vx…. hahahahah🤣🤣 mae mas kaifa hutteyy vaa varahhhh
    dhen inthizaaru kuraanee ingen vaa dhuvahu hurihaa ehcheh ves kiyai dheenan… ingeyyy kriy kurahchehh will keep you updated… not locked in a room 😆😆

    soo me is goo byeee loves yahhh

  5. Nayaa Nayaa says:
    July 28, 2022 at 2:53 pm

    In reply to @lau laalu’s second cmnt 😂
    Ooooooohhhhhh I seeeee..aight brw
    Ahaha nooney handhaan vey hama eyna mathin abadhu vx..he was someone I cud trust nd feel comfortable around..ekahala frnd eh libeyny vrh madhu bayakah
    EYYYYYYYYYYHHHHHHH BRWWW YOU IDIOT YOU READ MASHAA Z GE MSG THAH?????!!!! IHY BRWWW😭😭😂😂😂 lmaooooo ey arrn manje gain enme ginain hunnaany mas kaifa 🤣🤣
    Ahahaha eyyy that’s the exact same text erey aharun kuri..I remember 😂😂
    Ahaha okie vrh keiy kuraanan..dhimaavaane vrh avahah insha’Allah ♥️
    Okie byeee.. I’m also off to write my story

Comments are closed.

Next Episodeހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 11←


All Right Reserved!