ޔައިނާގެ ޚިޔާލުތަކުގައި ހުރި އިރު ސްކޫލުގެ ގަޑި ޖެހޭކަންވެސް އޭނާގެ ހަނދާނަކު ނެތެވެ. ޔައިނާ އޭނާއަށް އެ ޖެއްސީ ކޮންފަދަ ޖާދުލެއް ބާވައޭ ހިތަށް އެރުމުން އިތުރަށް ހީލެވުނެވެ. އެފަދަ ޚިޔާލުތަކުގައި ހުރި މިލާންއަށް ހަމަބިމަށް އާދެވުނީ ކޮޓަރި ދޮރުގައި މީހަކު ޓަކި ޖެހުމުންނެވެ. އަވަހަށް ގޮސް ދޮރު ހުޅުވާލި އިރު ފެނުނު ސޫރަ އަކުން މިލާންއަށް ހުރިހާ ދަތްތަކެއް ފެންނަ ވަރަށް ހީލެވުނު އިރު، އުފަލުން އެ ދެލޯ ވިދައިގަތީ ނިކަން ހިތްގައިމު ގޮތަކަށެވެ. “ލައޫ!!” […]
އިރު އޭގެ ރަން ދަޅަތައް ދުނިޔެއަށް ދައްކާލި ވަގުތެވެ. މޫދު ލޮނުގަނޑުން މައްޗަށް އަރައިގެން އައި އިރުގެ ރަން އަލި ވަނީ އުޑުމަތި މަޑު އޮރެންޖު ކުލައަކުން ފާއްދާލާފައެވެ. ނޫ ކުލައިގެ ސާފު ވިދާ ބަބުޅާ ލޮނުގަނޑަށް އެކީހެން އިރުގެ ރަން އަލި އެޅިފައިވާ އިރު ބަލައިލަން ނުހަނު ހިތްގައިމެވެ. މަޑު އޮރެންޖާއި ރީނދޫ ކުލައެއް އެކުލެވިފައިވީ މާހައުލަށް އިތުރު ހިތްގައިމުކަމެއް ގެނެސްދެނީ އެކި ޒާތްޒާތުގެ ދޫނިސޫފާސޫފީގެ ރީތި މިޔުޒިކީ ރާގުތަކުންނެވެ. ޖެހޭ ފިނި ރޯޅިޔާއެކީ ގަސްގަހުގެ […]
*** ހަތް އަހަރު ފަސް *** ވިއްސާ ކޮޓަރީގެ ދޮރުމަތީގައި ހުރި މާއިޝް ދިޔައީ ދެކޮޅަށް ދެކޮޅަށް ހިނގަމުންނެވެ. ހާސްވެފައި ހުރި ވަރުން މޫނުގައި ދާ ތިކިތައް ބަބުޅަމުން ދިޔައެވެ. އިރުއިރުކޮޅާ މޫނުގައި އަތް ހިންގާލައި އިރު، އެ އަތުގައިވީ މަޑު ތުރުތުރު ފާހަގަ ވާހާވެއެވެ. “ދަރިފުޅާ މާއިޝް..” ވަދެގެން އައި މާހީން ގޮވައިލުމުން މާއިޝް ގޮސް މާހީންގެ ގައިގައި އޮޅުލައިގަތީ ކުޑަ ކުއްޖެއް ފަދައިންނެވެ. “ކޮބާ ރައިޝާ..” މާއިޝްގެ ބޮލުގައި ފިރުމައިލަމުން މާހީން އަހައިލިއެވެ. “ވެއްދިތާ […]
ދެމީހުންވެސް ތިބީ މިވަގުތު އެކަކު އަނެކަކާ ދުރުވާހިތް ނުވެފައެވެ. އެކުގައި ތިބުމުން ލިބޭ ހިތްހަމަޖެހުމުން ހިނދުކޮޅަކަށްވެސް ދުރުވާހިތް ނުވެފައެވެ. އެގޮތުގައި ފަސްވަރަކަށް މިނެޓު ތިބުމަށްފަހު، ރައިޝާއަށް ކުއްލިއަކަށް މާއިޝްއާ ދުރުވެވުނީ އެއްޗެއް ރެއަކާލި ފަދައިންނެވެ. މާއިޝްއާ ދުރުވެލައިފައި ރައިޝާ މާއިޝްގެ ބޮލުން ފެށިގެން ފަޔަށް ނަޒަރެއް ދިނެވެ. ވަގުތުން ދެލޯ ބޮޑުވެ، އަނގަމަތީގައި އަތް އަޅައިލެވުނު އިރު، އެ ދެލޮލުގައި ވިދަން ފެށީ އުފާވެރި ކަމުގެ ކަރުނައެވެ. “މާއިޝް… މާއިޝްއަށް… ހިނގޭ……” ޤަބޫލު ނުކުރެވިފައި ރައިޝާއަށް ބުނެވުނެވެ. […]
އެންމެ ފަހުން މި ދެލޯބިވެރިން ކުރަމުން އައި ދިގު އިންތިޒާރު ނިމުމަކަށް އަންނަނީއެވެ. ދެން އެންމެ އުންމީދު ކުރެވޭނީ އެކަކު އަނެކަކުގެ ދާއިމީ ޙައްޤަކަށް ވާ ދުވަހަށެވެ. އެ ދުވަސް އަންނާކަށް ދެންމާ ގިނަ ދުވަހެއް ނެތެވެ. މާތްﷲ ގެ އިރާދަފުޅާއެކީ މި ގުޅުން އަބަދުވެސް މި ގޮތުގައި ލަހައްޓަވާނެއެވެ. އެކަކު އަނެކަކުގެ ދެލޮލަށް ބަލަން ތިބި ދެމީހުންގެ ހިތުގައިވެސް ލިޔެވިފައިވަނީ އެކައްޗެކެވެ. ކުރެވެމުން ދިޔައީ އެއް ދުޢާއެކެވެ. މި ގުޅުން ދެގޮތެއް ނުވެ އަބަދުވެސް މި ގޮތުގައި […]
އަލައިނާ ނުކުމެގެން ދިޔުމުން ރައިޝާ ދޮރު ޖަހާލާފައި އައިސް އެންމެންގެ ކުރިމައްޗަށް ވާ ގޮތަށް ހުއްޓުނެވެ. އޭރު އެންމެންގެ މޫނުވެސް ވަނީ އިސްދަށަށް ޖެހިފައެވެ. ރިޔާޒްގެވެސް މެއެވެ. އޭނާއަށް ހެދުނީ ކިހާ ބޮޑު ގޯހެއްކަން މިއަދު އޭނާއަށް ވިސްނިއްޖެއެވެ. އަމިއްލަ ދަރިފުޅުގެ ކުރިމަތީގައި ލަދުން އިސް ޖަހައިގެން ހުންނަން ޖެހުމުން ވީ ދެރައާއި އެކު، ވަގުތުން މަޢާފަށް އެދެންވެސް ބޭނުންވިއެވެ. ރައިޝާއާއި މާއިޝް އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވާ އިރު، އެ ދެމީހުން ދުރު ކުރުވުމުގެ […]
މާ ބޮޑު ފިކުރަކާނުލާ ދޮރު ހުޅުވާލި ނުހާގެ ދެލޯ ބޮޑުވެގެން ދިޔައީ ލިބުނު ސިހުމަކުންނެވެ. ކުރިމަތީގައި ހުރި ސޫރަ އަކީ އޭނާ ދެން ދުވަހަކުވެސް ފެންނާނެ ކަމަށް އުންމީދު ކޮށްގެން ހުރި މީހެއް ނޫނެވެ. ލިބުނު ސިހުމާއި އެކު، އަނގަމަތީގައި އަތް އަޅައިލެވުނު އިރު، އެ ހިތް ދިޔައީ ނެގިނެގިފައި ޖެހެމުންނެވެ. ކުރިމަތިވާން މި އުޅެނީ ކޮންފަދަ މުޞީބާތެއް ބާވައޭ އޭނާގެ ހިތަށް އެރި ނަމަވެސް، ހިތުގެ ކަނެއްގައި ކުޑަކުޑަ އުފާވެރިކަމުގެ ހުޅުކޮޅެއް ރޮއެވެފައި ވިއެވެ. އޭނާގެ […]
އެވަގުތު އެ ހިތް ޝަކުވާއިން ފުރި، ބަންޑުން ވަމުން ދިޔައީ އަމިއްލަ ޢާއިލާއާ ދޭތެރޭގައެވެ. ދެންމެވެސް ނުހާގެ ކައިރީގައި އަހާ ހިތްވިއެވެ. މަންމަގެ އުނގުގައި ބޯ އަޅައިގެން އޮވެ، ހިތުގައިވީ ހުރިހާ ޝަކުވާއެއް ބޭރުކޮށްލަން އެދެވުނެވެ. ނަމަވެސް، އެކަން އެގޮތަށް ނުކުރީ، ރައިޝާ ރާވާފައިވަނީ އެހެން ގޮތަކަށް ކަމަށް ވީތީއެވެ. އޭނާއަށް ލިބުނު އަނިޔާތަކުގެ ބަދލުގައި ޢާއިލާއަށް އަނިޔާއެއް ނުދޭނެއެވެ. އަމިއްލަ ޢާއިލާގެ ކިބައިން ބަދަލު ހިފުމަކީ އޭނާ ދުވަހަކުވެސް ކުރާނޭ ކަމެއް ނޫނެވެ. ނަމަވެސް، ދެން […]