Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 4

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories1K Comments
July 3, 2022 9 Mins Read
16 Comments

މާ އަވަސް ފިޔަވަޅުތަކެއްގައި ފޭބުމުގެ ސަބަބުން ލައުރާގެ ފައި ކައްސާލިއެވެ. ވެއްޓެން ދިޔުމާއެކު ވާނެ ތަދު ހިތަށް އަރުވާލެވުމުން ކުޑަކޮށް ހަޅޭލަވައިނެވުނެވެ. މިލާނަށް އެހިސާބަށް އާދެވުނީ ހަމަ އެވަގުތުއެވެ. ވެއްޓެން ދިޔަ ލައުރާ ފެނުމުން ދިގު ފިޔަވަޅުތަކެއްގައި ހަރުފަތްތައް ގިރާކުރުމަށްފަހު ގޮސް ލައުރާގެ އުނަގަނޑުގައި ދެއަތް ވަށާލިއެވެ. ވެއްޓުމުގެ ކުރިން ބާރުގަދަ އަތަކުން އޭނާ ހިފެހެއްޓިކަން އެނގުމުން ލައުރާއަށް ލޯ ހުޅުވައިލެވުނު އިރު ފެނުނު މިލާންގެ ކަޅު ކުލައިގެ ފުން ދެލޮލަށް ގެއްލިގެން ސިޔައީ ސިކުންތެއްގެ ތެރޭގައެވެ. އެހެން އޮވެ އެ ވަގުތުކޮޅު މުޅި ޢުމުރަށްވެސް ދެމިގެން ދާނެ ނަމައޭ ލައުރާގެ ހިތަށް އެރި ނަމަވެސް، މިލާންއަށް ދިޔައީ ލައުރާގެ ބެލުމުން އުނދަގޫ ވަމުންނެވެ.

“ލައު.. ލައު.. ލައޫ…” މިލާން ދެތިން ފަހަރަކު ގޮވައިލުމުން ލައުރާއަށް ސިހުން ގެނުވިއެވެ. ތިބެވެުނު ގޮތް ހަނދާން ވުމުން އަވަހަށް ތެދުވެ، މިލާންއާ ދުރުވެލިއެވެ. އޭރުވެސް އެ މޫނުގައި ލަދުވެތިކަމުގެ އަސަރު ފާޅުވާން ހުއްޓެވެ. “އަމްމް.. ސޮރީ..” ލައުރާއަށް ބުނެވުނެވެ. “އެ އޯކޭ ވާނެ.. ދެންވެސް ބަލައިގެން އުޅެއްޗޭ.. ދެންމެ ކަމެއްވީ ނަމަ ކިހިނެއް ހަދާނީ..” ބަދަލުގައި މިލާންވެސް ހިނިތުންވެލާ، ކުރިއަށް ހިނގައިގަތީ ލައުރާއަށް އަންނަން އިޝާރާތް ކުރަމުންނެވެ. އެއާއެކު ލައުރާ މިލާންގެ ފަހަތުން ދިޔަ އިރު، ދެންމެ ވީ ކަންތަކުން އެ ހިތް އުފަލުން ނަށަނީއެވެ. މިލާންގެ ކުރިމަތީގައި ބޭޒާރުވާން ނޭދޭތީ ހިތާވީ ދިމާލުގައި އަތް އަޅާލާފައި ލައުރާ ކުޑަކޮށް ހަމަޖެހިލިއެވެ. މިލާން އޭނާއާ މެދު ވިސްނާ ވަރު ހާމަ ވެގެން ދިޔުމުން ލައުރާ އުފާވީ އިންތިހާއަށެވެ. އެފަދަ ޚިޔާލުތަކެއްގައި ހުރެ ލައުރާ ދުއްވައިގަތީ އަވަހަށް މިލާންއާ އަރާ ހަމަކުރުމަށެވެ.

*** ** ***

ފެންވަރައިގެން ނުކުމެ ޔައިނާ އަސުރު ނަމާދު ކޮށްލިއެވެ. ނަމާދުކޮށް ނިމިގެން ހަވީރުގެ ޛިކުރުތައް ކިޔައިލިއެވެ. އެއަށްފަހު ލޯގަނޑު ކުރިމަތީގައި ހުއްޓުނީ ރީތިވެލުމަށެވެ. މުޅި ކަނދުރާގައާއި އަތާއި، ފައިގައި ލޯޝަން ލުމަށްފަހު، ލައުރާ އައްސާފައިވީ އޭނާގެ ދިގު އިސްތަށިގަނޑު މިނިވަންކޮށްލިއެވެ. އެއަށްފަހު އިސްތަށިގަނޑުގައި ހެއަރ ކްރީމް ލައި ރިތިކޮށް އޮމާން ކޮށްލިއެވެ. އަބަދުވެސް އިސްތަށިގަނޑަށް ވަރަށް ޚާއްސަ ސަމާލުކަމެއް ދީގެން ގެންގުޅެވޭތޯ ޔައިނާ ބަލައެވެ.

ފުނާ އެޅުމަށްފަހު ޔައިނާ އެ ރިީތި އިސްތަށިގަނޑު ފަހަތަށް ދޫކޮށްލިއެވެ. އަދި ލައިގެން ހުރި ކަޅު ކުލައިގެ އޮފް ޝޯލްޑާރ ޓޮޕާ ގުޅޭހެން ގަދަ ރަތްކުލައިގެ ލިޕްސިޓަކަކުން ތުންފަތް ފަވާލިއެވެ. އެއަށްފަހު ހަމަ ހެދުމާ ގުޅޭނެހެން ކަންފަތުގައި ކޮކާލެއްގެ ބައްޓަމަށްވާ ކުޑަ އެތިކޮޅެއް ލައްވާލިއެވެ. ލައިގެން ހުރި ކަޅު ކުލައިގެ އެ އޮފްޝޯލްޑަރ ޓޮޕާއި، ތިރިން ލާފައި ހުރި އައިސް ބްލޫ ކުލައިގެ ފުޅާ ޖިންސު ޔައިނާއާ ނުހަނު ގުޅެއެވެ. މޫނުމަތީގައި ކޮށްފައިވި ލުއި މޭކަޕުން ޔައިނާގެ ދޮން މޫނަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. މިނިވަންކަމާއެކު ދޫކޮށްލެވިފައިވީ މުށި ކުލައިގެ ބުޅި އިސްތަށިގަނޑުން ޔައިނާގެ ރީތިކަން ފުރިހަމަ ކޮށްދެއެވެ.

ތައްޔާރުވެ ނިމުމަށްފަހު، އެންމެ ފަހު ކަމަކަށް ޔައިނާ އޭނާ އަބަދުވެސް ބޭނުންކުރާ ވެނީލާ މޮއިސްޓް ޕަރފިއުމް ފުޅިން މުޅި ގަޔަށް ޖަހައިލިއެވެ. އެއަށްފަހު ފައިވާން ހަރުގަނޑުގައި ހުރި ކަޅު ކުލައިގެ ތިރި ފައިވާނަކަށް އަރައިގެން ޔައިނާ ނުކުތީ ބޭރަށެވެ. ނުކުތުމުގެ ކުރިން ޒާރާއަށް މެސެޖުކޮށްލާފައި އެބަ ދަން ކަމުގައި ބުނެލިއެވެ. ގެއިން ނުކުމެފައި މިވަގުތު އޮފީހުގައި ހުރި ޔާސިރުއަށް ގުޅާލާފައި އޭނާ މި ދަނީ ޒާރާއާ އެކީ ހިނގާލަން ކަމުގައި ބުންޏެވެ. ޔާސިރުގެ ހުއްދަ ލިބުމުން ޔައިނާގެ މިސްރާބު ހުރީ މާ ދުރުނޫން ހިސާބެއްގައި ހުރި ޒާރާގެ ގެއަށެވެ.

“އައްސަލާމުޢަލައިކުމް..” ޒާރާގެ ގެއަށް ވަނުމުގެ ކުރިން ޔައިނާ ސަލާމް ގޮވައިލިއެވެ. “ވަޢަލައިކުމުއްސަލާމް.. އަހަނ ޔައިނާތަ..؟ އަވަހަށް ވަދޭ.. ޒާރާ އެބައުޅޭ ކޮޓަރީގަ.. ބުންޏޭ ޔައިނާއާ އެކީ ހިނގާލަން ދާން އުޅޭ ވާހަކަ..”  ޔައިނާ ހަމަ ފެނުމާއި އެކީ ހިތުންވެލާފައި ޒާރާގެ މަންމަ ޒައިނަބް ބުނެލިއެވެ. ބަދަލުގައި ޔައިނާވެސް ހިނިތުންވެލީ ޒައިނަބްގެ ފަރާތުން ޔައިނާއަށްޓަކައިވާ މައިވަންތަ ކުލުނު ފެނުމުންނެވެ. މީގެ ކުރިންވެސް ޒައިނަބް ވަނީ އެތައް ގޮތަކުން އޭނާއަށް އެހީވެދީފައެވެ. ޔައިނާ އެ ގެއަށް ދާ ކޮންމެ ފަހަރަކު ކަންތައް ކޮށްދެނީ އަމިއްލަ ދަރިއެއް ފަދައިންނެވެ. ޔައިނާގެ ގޭ ކައިރިން ދާ ފަހަރަކު ވިއްޔާ އެ ގެއަށް ނުވަދެއެއް ނުދާނެއެވެ. ޔައިނާއަށް މީރު ކާ އެއްޗެހި ކައްކައިގެން ޒައިނަބު އެތައް ދުވަހަކު ގެންގޮސްދެއެވެ. ޒައިނަބްގެ އޯގާތެރިކަމާއި ލޯތްބަކީ ޔައިނާ އަބަދުވެސް ޝުކުރުވެރިކަމާއެކު ބަލައިގަންނާނޭ ކަމެކެވެ.

މަޑުމަޑުން ގޮސް ޔައިނާ ޒާރާގެ ކޮޓަރީގެ ދޮރުގައި ޓަކި ޖެއްސެވެ. އެތެރެއިން ހުޅުވާށޭ ބުނި އަޑަށް ޔައިނާ ދޮރު ހުޅުވާލާފައި ވަނެވެ. “މަށަށް އޭރުވެސް އިނގޭ ޒާއަށް ގަޑިއަށް ތައްޔާރު ނުވެވޭނެކަން..” ލޯގަނޑު ކުރިމަތީގައި ހުރެ ޝޯލް އަޅަމުން ދިޔަ ޒާރާއާ މުޚާތަބު ކޮށް ޔައިނާ ބުންޏެވެ. “ދެން މި ނިމުނީއޭ ޔައީ.. ޖަސްޓް ފައިވް މޯރ މިނެޓްސް..” އަނގަޔަށް ޕިން ޖަހާ ދެތުންފަތް ފިއްތައިގެން ހުރެ ޒާރާ ޖަވާބު ދިނެވެ. ލާފައި ހުރި ހުދު ކުލައިގެ ގަޔަށް ދޫ ބަޓަރފްލައި ހެދުމާއި، އައިސްބްލޫ ކުލައިގެ ޖިންސުގައި ޒާރާ ފެންނަލެއް ވަރަށް ރީއްޗެވެ. ބޮލުގައި އޮތް މެރޫން ކުލައިގެ ޝޯލް ރީތި ގޮތަކަށް އޮޅާލާފައި ވުމުން ޒަމާނީކަމަށް ދައްކައެވެ. ގަދަ މެރޫން ކުލައިގެ އެ ޝޯލްގެ ތެރެއިން ޒާރާގެ “ޑަސްކީ” ކުލައިގެ މޫނު ފެންނަނީ ނިކަން ލޯބި ގޮތަކަށެވެ. “ހިނގަ ދާން..” އެންމެ ފަހު ކަމަކަށް ރަތްކުލައިގެ ލިޕްސްޓިކަކުން ދެތުންފަތް ފަވާލުމަށްފަހު، ޒާރާ ގަޔަށް ސެންޓުކޮޅެއް ޖަހައިލިއެވެ ފައިވާން ހަރުގަނޑުން ކަޅު ކުލައިގެ ބޫޓެއް ނެގުމަށްފަހު އެއަށް އަރާ، ޔައިނާއަށް އައުމަށް ޢިޝާރާތް ކޮށްލިއެވެ.

“މާޝާﷲ ޒާ ހާދަ ރީއްޗޭ..” ޔައިނާއަށް ބުނެވުނެވެ. “ހެހެ.. ތެންކްޔޫ ލޯބިގަނޑާ.. ޔައި އަދި މާ ބޮޑަށްވެސް ރީތި، މާޝާﷲ..” ލުއި ހުނުމަކާއެކު ޔައިނާގެ ކޮލުގައި ހިފައިލަމުން ޒާރާ ބުނެލިއެވެ. “އޭ ދެން ހިނގާ އަވަހަށް ދަމާ.. މިހާރު ހަތަރުގަޑި ދިހައެއްވެސް ހިނގައިފި..” އަތުކުރީ ގަޑިއަށް ބަލައިލަމުން ޔައިނާ ބުނެލީ ޒާރާއަށް ޝުކުރު އަދާކުރުމަށްފަހުއެވެ. އެއާއެކު ޒާރާވެސް އަވަސްއަވަހަށް ބޫޓަށް އަރައިގެން ނުކުތެވެ. ގެއިން ނުކުތް ޔައިނާއާއި ޒާރާގެ މިސްރާބަކަށް ވެފައިވަނީ އެ ރަށުގެ އަނެއް ފަރާތުގައި އޮންނަ ހިތްގައިމު ތުނޑިއެވެ.

*** ** ***

ލައުރާއާއި އެކީ ހިނގަމުން އައިސް ތުނޑިއާ އަރާ ހަމަވާ އިރަށް މިލާންގެ ދެލޯ އަވަހަށް ހޯދާލީ ޔައިނާއެވެ. އެވަގުތު އެތަނުން ޔައިނާ ނުފެނުމުން މިލާންގެ ހިތް މާޔޫސްވިއެވެ. އެވަގުތު މިލާނަށް އެ ޚިޔާލުތަކުން ބޭރުވެވުނީ ލައުރާ އޭނާއާއި ވާހަކަ ދައްކަން ފެށުމުންނެވެ.

“މިއްލޫ.. މިތަން ހާދަ ހިތްފަސޭހައޭ ދޯ.. މިތަނަށް އައިއްސިއްޔާ ދެން ދާހިތެއްވެސް ނުވޭ.. ހާދަ ރީތި ވައިވެސް ޖެހޭ އެބަ މިތަނަށް..” އަރައިގެން ހުރި ރަތްކުލައިގެ ހައި ހީލްސް ބާލާފައި ލައުރާ ގޮސް ދޮންވެލިގަނޑަށް ފައިތިލަ ކޮއްޕާލިއެވެ. އެއާއެކު ދެއަތް މައްޗަށް އުފުލައިލާ، ދެލޯ މަރާލީ ޖެހެމުން ދިޔަ ފިނި ރޯޅިތަކުގެ ހިތްހަމަޖެހުން އެންމެ ފުރިހަމަ ގޮތުގައި ހޯދަމުންނެވެ. ޖެހެމުންދިޔަ ވައިގެ ތެރޭގައި ލައުރާގެ ކަޅުކަން ގަދަ ފަން، ދިގު އިސްތަށިގަނޑު މިނިވަންކަމާއެކު އުދުހެމުން ދިޔައެވެ.

ލާފައި ހުރި ރަތް ކުލައިގެ އަތް ކުރު ޓޮޕާއި އެކު ތިރިން ލާފައި ހުރި ކަޅު ކުލައިގެ ސްކިނީ އެ ލޫޅާފަތި ހަށިގަނޑާ ކިތަންމެހާވެސް ގުޅެއެވެ. އެ ހެދުމުގެ ކޮނޑާވީ ދިމާލުގައި ރަތްކުލައިގެ ބޮޑު މަލެއް އިނުމުން ޝާހީ ގޮތެއް ހުއްޓެވެ. އެ ހެދުމާއި ގުޅޭނެހެން މޫނުގައި މޭކަޕް ކޮށްފައި ހުރުމުން ލައުރާ ވަރަށް ރީއްޗެވެ. ނަމަވެސް، އެ ރީތިކަން ފެނި، މިލާންގެ ހިތަށް އެއްވެސް އަސަރެއް ނުކުރީ އެ ދެލޯ ހޯދަނީ އެހެން ސޫރައެއް ކަމަށް ވީތީއެވެ. އެ ސޫރަ ފެނޭތޯ އަނެއްކާވެސް ދެކޮޅު ހޯދާ ބަލައިލެވުނެވެ. މި ފަހަރު މާޔޫސްވެގެން ކަރު އެލުވައިލާކަށް ނުޖެހުނެވެ. މާ ދުރު ނޫން ހިސާބަކުން ޒާރާގެ އަތުގައި ހިފާލައިގެން އެ އަންނަނީ އެ ހިތުގެ މަލިކާއެވެ.

ޔައިނާ ފެނި މިލާނަށް ހީވީ އޭނާގެ މުޅި ދުނިޔެވެސް ހުއްޓުނު ހެންނެވެ. ގަޑީގެ ކަށިވެސް އޭނަ ޔައިނާއާ ދިމާލަށް ބަލާނެ ވަރަކަށް ބަލަންދެން ހުއްޓިގެން އިން ކަހަލައެވެ. އެ ކަޅު ކުލައިގެ ހެދުމުގައި ޔައިނާ ހާދަ ރީއްޗޭ މިލާންގެ ހިތަށް އެރިއެވެ. ޔައިނާގެ ރީތިކަމުން މިލާންގެ ހިތަށް އޭގެ އެންމެ ފުންމިނަށް އަސަރު ކުރުވި ކަހަލައެވެ. ލާފައި ހުރި ޓޮޕުން ޔައިނާގެ ދޮން ކަނދުރާއާ ދެކޮނޑު ހާމައަށް އޮތްތަން ފެނި މިލާންގެ ދެބުމަ ގޮށް ޖެހުނެވެ. އަވަހަށް ވަށާ ހޯދާލެވުނީ އެތަނުގައި ފިރިހެން ކުދިން ތިބިތޯ ބަލައިލާށެވެ. ދެތިން ކުއްޖަކު އެތަ ތިބި އިރު އެ ކުދިންގެ ނަޒަރު ޔައިނާއަށް ހުއްޓިފައިވީތަން ފެނި މިލާންގެ އަތް މުއްކެވުނެވެ. ވަގުތުން އެދިމާލަށް ހިނގައިގަނެވުނު ނަމަވެސް، ހުއްޓެން މަޖުބޫރުވީ ލައުރާ މިލާންގެ އަތުގައި ހިފުމުންނެވެ.

“މިއްލޫ.. ބުނީމެއްނު ފޯ ތަރޓީގަ ދާނަމޭ.. މިހާރު އެއޮށް ތަރޓީ ފައިވް ވީ..” ލައުރާގެ ބަހަށް މިލާނަށް ހޭވެރިކަން ވިއެވެ. ވިސްނައިލެވުނެވެ. ޔައިނާގެ މައްޗަށް އޭނައަކަށް އެއްވެސް ޙައްޤެއް ނެތެވެ. ވީ އިރު، އެމީހުން ކައިރި ޔައިނާއަށް ނުބަލަން ބުނުމުން ހިތަށް އަރާނީވެސް ކީކޭ ހެއްޔެވެ؟ ޚުދު ޔައިނާއަށްވެސް އޭނާގެ ސަބަބުން އުނދަގޫ ވެދާނެއެވެ. އަދި ލައުރާއަށް އެނގިއްޖެއްޔާ ވާނެ ގޮތެއްވެސް އެނގެނީކީ ނޫނެވެ. ޚިޔާލުތަކަށް ގެއްލިފައި ހުރި މިލާނަށް ހަމަބިމަށް އާދެވުނީ ލައުރާ އަނެއްކާވެސް ގޮވައިލުމުންނެވެ.

“މިއްލޫ.. ގަޑި ޖެހުނީނު..” ލައުރާ އެހެން ބުނުމުން މިލާނަށް އޯހ އޭ ބުނެވުނެވެ. “އާނ ދެން… ލައު ކިހިނެއް ގެއަށް ދަނީ..؟” މިލާން އެއްސެވެ. “ޑޯންޓް ވޮރީ މިއްލޫ.. އަހަރެން ގޮސްދާނަމޭ އެކަނި..” ލައުރާ ހީލިއެވެ. “ނޫނޭ.. ގެ އެހާ ދުރުގަ ހުރި އިރު ލައު ނުވާނެ އެކަނި ދާކަށް.. މަ ކުޅެ ނިންމާފަ އަންނާނަން ލައު ބަލާ.. އޭރުން މަށާ އެކީ ދާނީ.. އޯކޭ..؟” މިލާން ބުނެލިއެވެ. “ހްމްމް.. އޯކޭ..” ލައުރާގެ ޖަވާބު ކުރެވެ. “ބަލައިގެން އުޅެއްޗޭ.. މީހަކު ކަމެއް ކުރިޔަސް ބުނައްޗޭ.. ދަނީ އިނގޭ.. ޓޭކް ކެއަރ ޑާލިން..” އެއް އަތުން ލައުރާގެ ކޮލުގައި އަތް ޖައްސާލުމަށްފަހު އަނެއް އަކުން ބޫޓު ހިފައިގެން މިލާން ގޮސް ބައިސްކަލަށް އެރިއެވެ. ލައުރާއަށް ހަނާ އަޅަމުން މިލާން ބައިސްކަލު ދުއްވާލީ ކުޅޭ ދަނޑާ ދިމާލަށެވެ.

މިލާން ދިޔުމުން މިއޮށް ހުރިހާ އިރަކު ލައުރާ ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށްލިއެވެ. މިލާން އެހާ ލޯބިން ވާހަކަ ދައްކާ އިރު ލައުރާގެ ހިތް ތެޅިގަންނަނީ އެޔެއް މިޔެއް ބަލައިފަކާ ނޫނެވެ. މިލާން އޭނައާ ދޭތެރޭ ވިސްނާ ވަރު ފެނުމުން ހިނދުކޮޅަކަށް ނަމަވެސް، ޔައިނާއާ ދޭތެރޭގައި އުފެދިފައިވާ ޝައްކުގެ މަތިން ލައުރާ ހަނދާން ނެތުނެވެ. ހިނިތުންވެލައިފާ ދޮންވެލިގަނޑު މަތީ އިށީނދެލައި، ލައުރާ އޭނާގެ ފޯނު ނެގިއެވެ.

ދެންމެ މިލާންއާއި ލައުރާގެ ދެމެދުގައިވީ ހުރިހާ ކަމެއް ޔައިނާއަށް ފެނުނެވެ. އެ ދޭތެރޭގައިވާ ގާތް ގުޅުމުން ޔައިނާގެ ހިތަށް ލިބިފައިވަނީ ނުތަނަވަސް ކަމެވެ. އެ ދިމާލަށް ނަޒަރު ހުއްޓާލި ގޮތަށް އެހެން ދިމާލަކަށް ބަލައިލަންވެސް ޔައިނާއަކަށް ނޭނގުނެވެ. ލައުރާއާއި މިލާންއާ ދެމެދުގައިވީ ގާތްކަމުން ޔައިނާގެ ހިތަށް އަސަރު ކުރީ ގަސްތަކާ ނުލައެވެ. އެ ރީތި ދެލޮލަށް ކަރުނަތައް ޖަމާވި އިރު، ހުއްޓުވާކަށްވެސް ޔައިނާ މިފަހަރަކު ނޫޅުނެވެ.

“ޔައީ.. ކިހިނެއްތަ ވަނީ..؟” މިއޮށް ހުރިހާ އިރަކު ޔައިނާއާ ދިމާލަށް ނަޒަރު ހުއްޓާލައިގެން ހުރި ޒާރާއަށް ނާހާ ނުހުރެވުނެވެ. އެންމެ ގާތް އެކުވެރިޔާގެ ލޮލުން ކަރުނަ ފެންނާކަށް ފަހަރެއްގައިވެސް ޒާރާ ނޭދެއެވެ. ޔައިނާއަށް ދިމާވި ކޮންމެ ކަމެއްގައިވެސް ޒާރާ ވާނީ މީގެ ކުރިންވެސް އޭނާގެ އެންމެ ފުރިހަމަ އެއްބާރުން ދީފައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެ އެއްބާރުލުން ލިބޭނެކަން ޔަޤީނެވެ.

“ޔައީ.. އަޅެ ކީއްތަވީ..؟ އަހަރެން ކައިރި ބުނެބަ.. ބުނީމަ ދޯ އެހީވާންވެސް އިނގޭނީ..” ޔައިނާގެ ގައިގައި މަޑުމަޑުން ބައްދާލަމުން ޒާރާ ބުނެލިއެވެ. މީހެއްގެ އެފަދަ ލޯތްބާއި އޯގާތެރިކަމަށް އެވަގުތު ބޭނުންވެފައި ހުރިލެއް ބޮޑު ކަމުން ޔައިނާއަށްވެސް ޒާރާގެ ގައިގައި ބައްދާލަމުން ރޯން ފެށުނެވެ. ޔައިނާގެ މަޑު ގިސްލުމުގެ އަޑު އިވުމުން ޒާރާ ވަރަށް ކަންބޮޑުވިއެވެ. އަވަސްއަވަހަށް ބަލައިލެވުނީ އެތަނުގައި މީހަކު ހުރިތޯއެވެ. ދެންމެ އެތާ ތިބި ފިރިހެން ކުދިންވެސް މިތާކު ނެތެވެ. ތަންކޮޅެއް ދުރުގައި އިށީނދެގެން އިން ލައުރާއާއި، އެހިސާބުގައި ގުޑި އަރުވަން އުޅުނު ދެތިން ކުއްޖެއްް ފިޔަވާ މިވަގުތު ތުނޑީގައި އެއްވެސް މީހެއް ނެތްކަމީ ނަސީބެކޭ ޒާރާގެ ހިތަށް އެރިއެވެ.

“ޔައީ.. ހިތްވަރުކޮށްފަ ވީ ގޮތް ކިޔައިދީބަލަ..” ޔައިނާގެ ބޮލުގައި ފިރުމާލަމުން ޒާރާ ބުނެލިއެވެ. އެއާއެކު ޒާރާގެ ކޮނޑުން ބޯ ނަގައި، ޔައިނާ ނޭފަތް ދަމާލިއެވެ. މޫނު ފުހެލަމުން އޭނާގެ ހިތުގައިވީ ހުރިހާ ޝަކުވާއެއް ޒާރާއާ ހިއްސާކުރަން ނިންމީ އެ ހިތަށް ކުޑަވެސް ތަސައްލީއެއް ލިބޭތޯއެވެ.

“ޒާ.. ޚުދު އަހަންނަކަށްވެސް ނޭނގެ އަހަންނަށް ވާ ގޮތެއް.. މި ވާހަކަތައް ކިޔައިދިނީމަ ޒާ އަހަންނާ ދިމާލަށް މަލާމަތްވެސް ކޮށްފާނެ.. އެކަމަކު މިއީ ޙަޤީގަތް.. އަހަންނަކަށް ނޭނގެ މިލާން ފެނުނީމަ އަހަންނަށް ވާ ގޮތެއްވެސް.. މި ހިތް ތެޅެގަންނަނީ އެހެންނެއް ނޫން.. މިލާން އަހަންނާ ދިމާލަށް ބަލައިލާ، ހިނިތުންވުމެއް ހަދިޔާ ކޮށްލާ ކޮންމެ ފަހަރަކު އަހަރެންގެ ހިތް އުފާވޭ.. މިލާން ލައުރާއާ އެއްކޮށ ހުންނަ ކޮންމެ ފަހަރަކު އަހަރެންގެ ހިތް ހީވަނީ ފަޅައިގެން ގޮސްދާނެހެން.. އަހަންނަށް ކުރެވެނީ ދެރައާއި ރުޅި އެކުލެވިގެންވާ ކަހަލަ އިޙްސާސެއް.. މިއަދުވެސް ލައުރާ ކައިރި މިލާން އަހަންނަކީ އޭނައަށް ޚާއްސަ މީހެއް ނޫނޭ ބުނީމަ ނޭނގެ ވީ ގޮތްވެސް.. ވަގުތުން ރޮވެން ފެށުނު.. ހަމަ އެގޮތަށް މިއަދު އަތިރިމަތީގަ.. އަހަރެމެން… އަހަރެމެން ދެމީހުން ވެއްޓުނީ އެކަކު އަނެކަކު ގައިމައްޗަށް.. އެންޑް ދެން… ހީ .. ހީ.. ހީ ކިސްޑް މައި ޗީކް.. އެގަޑީގަ އަހަރެން ވީ އުފާ ނޭނގެ ބުނެދޭނެ ގޮތެއްވެސް.. އަހަރެން ހާދަ އުފަލެއް ވިޔޭ.. އެކަމަކު ފަހުން ލައުރާ ކައިރި އަހަންނަކީ އެއްވެސް އޭނައަށް އެއްވެސް މީހެއް ނޫނޭ ބުނީމަ މި ހިތުގަ ހީވީ މީހަކު ވަޅި އަޅައި ކޮށައިލިހެން.. އެހާވެސް ތަދުވި.. އެގަޑީގަ އަހަންނަށް ވިސްނުނު މިލާން މިއަދު ހެނދުނު އެގޮތަށް ކަންތައް ކުރީ އަހަރެން ދެކެ ލޯބި ވާތީކީ ނޫންކަން.. މިލާން ނޫން އެހެން ކޮންމެ މީހަކު ހުއްޓަސް ކަންތައް ކުރާނީ ހަމަ އެހެންނެއްނު.. އެ ސިޓުއޭޝަންގެ ބޭނުން ހިފާލާނެއްނު.. ޒާ ދެކުނީމެއްނު ދެންމެވެސް މިލާންއާ ލައުރާއާ އުޅުނު ގޮތް.. އިޓް.. އިޓް ހަރޓްސް ޒާ.. އިޓް ހަރޓްސް އަ ލޮޓް..” ގިސްލަގިސްލާފައި ޔައިނާ ދައްކަމުން ދިޔަ ވާހަކަ އަޑު އަހަން ޒާރާ އިނީ ކެތްތެރިކަމާ އެކުއެވެ. ޔައިނާ ދެއްކި ހުރިހާ ވާހަކަތަކާއި މެދު ޒާރާ ފުންކޮށް ވިސްނައިލިއެވެ. ޔައިނާއަށް ވާނުވާ ދެނެގަންނާކަށް ޒާރާއަކަށް މާކަ އުނދަގުލެއް ނުވިއެވެ.

“ޔައި.. ކާމް ޑައުން.. ހަމަ ޖެހިބަ.. ފަރސްޓް އޮފް އޯލް.. އަހަރެން ދުވަހަކުވެސް ޔައި ބުނާ ވާހަކައަކަށް ޖޯކެއް ނުޖަހާނަން އިނގޭ.. ނެވަރ ތިންކް ލައިކް ދެޓް.. ޔޫ ކޭން އޯލްވޭޒް ޝެއަރ އެނީތިންގ ވިތް މީ..” ހިނިތުންވެލަމުން ޒާރާ ޔައިނާގެ ބޮލުގައި ފިރުމައިލިއެވެ. ޒާރާގެ ޖަވާބުން ޔައިނާގެ ހިތަށް ފިނިކަން ލިބުނެވެ.

“އެހެންވީރު ޒާ ބުނެބަ.. އަހަންނަށް މިހެން މި ވަނީ ކީއްވެ..؟ ކީއްވެތަ އަހަރެންގެ ހިތަށް މިވާ ކަންތައްތަކުން އެއްވެސް ހިތްހަމަޖެހުމެއް ނުލިބެނީ..” ކަރުނަވީ ދެލޮލާއެލު ޔައިނާ އެހިއެވެ. “ޔައީ.. ތިހެން އަހާ އިރުވެސް ޔައިއަށް އިނގޭނެ ކަންނޭނގެ ތީގެ ޖަވާބު.. ޔައި މިލާން ދެކެ ލޯބިވޭ.. ޔައިއަށް ތި ހުރިހާ ގޮތްތަކެއްވެސް ތި ވަނީ މިލާން ދެކެ ލޯބިވާތީ.. އައިމް ނޮޓް ޝުއަރ އިފް ދެޓް އިޒް ލައިކް އޯރ ލަވް.. އެކަމް ހަމަ ގައިމުވެސް އެކަހަލަ ކޮންމެސް ފީލިންގްއެއް ޔައިގެ ހިތުގަ  މިލާނަށްޓަކައި ވޭ..” އިރުކޮޅަކު ވިސްނަން އިނުމަށްފަހު ޒާރާ ބުނެލިއެވެ.

“އެކަމަކު މިލާން ލޯބިވަނީ ލައުރާ ދެކެ އެއްނު..” ޔައިނާއަށް ނޭފަތް ދމާލެވުނެވެ. “ވަޓް..؟ ނޯ ވޭ.. އައި މީން.. ދޭ އާރ ޖަސްޓް ބެސްޓީޒް.. އެމީހުން އުޅޭލެއް ކްލޯޒް ކަމުން ޔައިއަށް ތިހެން ތި ހީވަނީ.. އަހަންނަކަށް ހިޔެއް ނުވޭ މިލާން ލައުރާ ދެކެ ލޯބިވާނެ ހެންނެއް.. ދެން އެ ހުންނަ ފްލަރޓީ ގޮތްގަނޑު.. އެއީ އަބަދުވެސް މިލާން އުޅޭ ގޮތެއްނު.. އޭގެ މާނައެއް ނޫން ދޯ މިލާން ލައުރާ ދެކެ ލޯބިވެޔެކޭ.. ޝީ އިޒް ޖަސްޓް ހިޒް ބެސްޓް ފްރެންޑް..” ޒާރާ ބުނެލިއެވެ.

“އެކަމް އަހަންނަށް ފެނޭ މިލާން ލައުރާއާ އެކީގައި އުޅޭ ގޮތް.. ޑާލިން ކިޔަކިޔާފަ އޭނަ ލައުރާއާ ވާހަކަ ދައްކަނީވެސް.. ދެމީހުން އުޅޭނީވެސް އެހާ ގައިގޯޅި ވެގެން.. އަނެއްކާ މިލާން ލައުރާއަށް އެހާ ކެއަރ ކުރެ.. އަނެއްކޮޅުން ލައުރާއަކީވެސް ވަރަށް ސްވީޓް ކައިންޑް ކުއްޖެއް.. އެހާ ރީތި.. ދެއަރޒް ނޯ ވޭ މިއޮށް ހުރިހާ އަހަރުތަކެއް ވީ އިރު މިލާންގެ ހިތުގަ ލައުރާއާ ދޭތެރޭ އެއްވެސް ފީލިންގްސްއެއް ނޯވެ ދާނެ ގޮތެއް..” އަދިވެސް ޔައިނާއަށް ހުރިހާ ކަމެއް ނެގެމުން ދަނީ ނުބައިކޮށެވެ.

“އޯހ ޔައީ.. ދެން ތިކަމާ ނުވިސްނަބަ.. މިސާލަކަށް މިލާން ލައުރާއާ ޑޭޓް ކުރީ އޯ އިނގޭ.. މިސާލެއް އިނގޭ ހަމައެކަނި.. އެހިސާބުން ޔޫ ކޭން މޫވް އޮން.. އެކަމް… އަހަންނަށް ފެނޭ ކްލާހުގަ މިލާން ޔައިއާ ދިމާލަށް ބަލައިލާ ގޮތްވެސް.. އަނެއްކޮޅުން ތި ބުނީ މިއަދު ހެނދުނުވެސް ހީ ކިސްޑް ޔުއަރ ޗީކްސްއޭ.. މިލާން ކިތަންމެ ފްލަރޓީ ވިޔަސް މަށަކަށް ހިޔެއް ނުވޭ އޭނަ އަންހެން ކުއްޖެއްގެ ބޭނުމެއް ހިފާލަފާނެ ހެންނެއް.. އޭނައަކީ އެހާވެސް ގޯސް ކުއްޖެއް ނޫން..” ޒާރާ ބުނެލިއެވެ. ޒާރާގެ ވާހަކަތަކުން ޔައިނާއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ. ހިތުގައިވީ ހުރިހާ އެއްޗެއް ބޭރުކޮށްލެވުމުން އެ ހިތަށް ވަރަށް ބޮޑަށް ލުއިވިހެން ހީވިއެވެ. ޒާރާގެ މަދަދަށްޓަކައި ޝުކުރުވެރިވާ ޙާލު ޔައިނާ ހިނިތުންވެލިއެވެ. އިތުރަށް ޔައިނާ ދެރަވެފައި ހުރިތަން ބަލަން ބޭނުން ނުވާތީ ޒާރާ ވާހަކަ އޮޅުވައިލިއެވެ. ދެން ޒާރާ ދައްކަން ފެށި މަޖާ ވާހަކަތަކުން ޔައިނާއަށްވެސް ނުހީ ނީނދެވުނެވެ.

“ޕޮއް!!!” ކުއްލިއަކަށް ފަހަތުން އައި ފިރިހެން ކުއްޖެއް ޒާރާގެ ކޮނޑުގައި އަތް ޖައްސާލާފައި ސިއްސުވައިލިއެވެ. އެއާއެކު، ޒާރާއަށް ސިހިފައި ފަހަތް ބަލައިލެވުނެވެ. ބިރު ގަތް ވަރުން އޭރުވެސް ޒާރާއަށް ދިޔައީ މާނޭވާ ލެވެމުންނެވެ. އޭރުވެސް އެ ފިރިހެން ކުއްޖާ ބަނޑުގައި އަތް އަޅައިގެން ހުރެ ހޭތަން ފެނުމުން ޒާރާ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ.

“އަފާން ގަނޑާ!! ހޭނެ ކަމެއް ނެތް އިނގޭ..” ރުޅި އައިސް ރަތްވެފައި ހުރެ ޒާރާ އަފާންއާ ދިމާލަށް ހަޅޭލަވައިގަތެވެ. އެއާއެކު އަފާންގެ ހުނުން ވީ އިތުރެވެ. “އަދިވެސް ހެނީއޭ.. ހަމަ އަންނަ ގޮތަށް އައިސް ސިއްސުވާލަން ޖެހޭތަ..؟ ދެން ވަރަށް މޮޅު ކަމެއް ދޯ ތި ކުރެވުނީ..؟” ދެލޮލަށް ލޭ އަރާ ޙާލު ޒާރާ ބުންޏެވެ. “ހަހާ.. ޒާ.. ޒާރާ.. ރުޅި.. އައިސް… ހުރީމަ.. ޖަހަނީ… ފިހުނު.. ފިހުނު ބަނބުކޭލެއް ވައްތަރު..” ހެވޭ ވަރުން އަފާންއަށް އެހެން ބުނެވުނީވެސް އުނދަގުލުންނެވެ. “ފިހުނު ބަނބުކޭލޭ..؟ އެހެންތަ..؟ މަ ޖަހަނީ ފިހުނު ބަނބުކޭލެއް ވައްތަރު ކަމަށް ވަންޏާ ކަލޭ ޖަހަނީ ކެއްކި އަލުވިއެއް ވައްތަރު..” ޒާރާ އެހެން ބުނުމާއެކު އަފާން ހުނުން ހުއްޓާލާ ޒާރާއާ ދިމާލަށް ބަލައިލިއެވެ. “ދޮގު ވާހަކަ ނުދައްކާ.. ދޮގު ހަދާ ކުދިން ދާނީ ނަރަކައަށް.. ޒާރާއަށް އަހަރެން ކެއްކި އަލުވި ވައްތަރު ޖެހިޔަސް އަހަރެންގެ އެންމެ ނަޒަރަކަށްވެސް ފިދާވާ ކިތަންމެ އަންހެން ކުއްޖެއް އުޅޭނެ..” ފަން އިސްތަށިކޮޅުގައި އަތް ހިންގާލަމުން އަފާން އެއްބުމަ އަރުވާލިއެވެ. އެއާއެކު ޒާރާ އައިސްފައި ހުރި ރުޅިވީ އިތުރެވެ. “މަގޭ ހިތަށް އަރާ އެމީހުންނަށް އަފާންގެ ކޮން ސިފައެއް ރީތިވެގެން ބާވައޭ އެވަރަށް ބަލަނީވެސް.. ހުވާ މި ބުނީ.. އެއްވެސް ރީއްޗެއް ނޫން..” ޒާރާ ތުން އަނބުރާލިއެވެ. “އެހެންތަ..؟ މަގޭ ކޮން ސިފައެއްތަ ޒާރާއަށް ހަޑީ..؟” އަފާން އަހައިލިއެވެ. “ބުނަންވީތަ..؟ ފަހުން ނުބުނައްޗެ މަ އެއްޗެހި ކީއޭ.. އަފާން އެހީމަ މި ބުނަނީ.. މަށަށް ކަލޭގެ އެއްވެސް ސިފައެއް ރީއްޗެއް ނޫން.. ތި އިސްތަށިގަނޑު ހީވަނީ އުލެއްގަ އޮޅާފަ ހުރި ސްޕެގެޓީ ތަކެއް ހެން.. ތި މޫނުވެސް ހީވަނީ ފެނުކެއްކި އަލުތްވެއް ހެން.. ތި ދެ ބުމަ ދޭތެރޭ އޮތް ޖާގަ ބޮޑުކަމުން އެތާ ސިނަމާލެ ބްރިޖްވެސް އެޅިދާނެ.. އަދިވެސް ކިޔަން ވީތަ..؟” ހިތަށް އައި ހުރިހާ އެއްޗެއް ކިޔާލާފައި ޒާރާ ހުއްޓައިލިއެވެ. “އޮހޯން.. ކިޔާނެ ކަމެއް ނެތް.. ތިވަރުން ފުދޭ..” ޒާރާގެ ވާހަކަތަކުން އަނގަ ސަކަރާތްވެފައި ހުރި އަފާންއަށް ބޯ ކަހައިލުން ފިޔަވާ އިތުރު ކަމެއް ނުކުރެވުނެވެ.

“އެހެންމަ ޒާރާ ހާދަ ވަރަކަށް މަށާ ދިމާލަށް ބަލާފަ އެބަ ހުއްޓޭ ދޯ..؟” މޫނުމަތިން “ކަޑަ”ވެފައި ހުރި ކަން ފޮރުވަމުން އަފާން އެއްމިޔަކަނުން ހީލިއެވެ. އެއާއެކު ޒާރާ ޗޮކެއް ކަނޑާލިއެވެ. “ހުއް.. ވަރަށް.. މަށެއް ނުވެސް އުޅެން އަފާންގަނޑާ ދިމާލަށް ބަލާކަށް.. ވަރަށް ފޫހިވޭ..ދެން މީހަކު ބަލާހިތްވާ ކަހަލަ ރީތި ސިފައެއް ހުރިއްޔާތާ އަދި ބަލާނީވެސް.. ހާދަ ފޮނި މީހެކޭ..” ޒާރާ ދެލޯ ހަނިކޮށްލިއެވެ. “ހެވޭ.. ޒާރާ ނުބެލިޔަސް ބަލާނެ މީހުން ވެޔޭ.. ޒާރާއަށް ރީތި ނުވިޔަސް ރީއްޗޭ ބުނާ މީހުންވެސް އުޅޭ.. މަށަށް ވަރިހަމަ ޒާރާއަށް ކޮންމެ އެއްޗެކޭ ހީވިޔަސް.. ހޫންންން.. ވަރަށް ފޫހިވޭ..” އަފާންވެސް ވަކި ދޫކުރާ ޚިޔާލެއް ނުކުރިއެވެ. “އެކަމެއް ނޭނގެ ވިއްޔަ އަފާން އައިއްސަ-”

“އޯހް ގޯޑް.. ސްޓޮޕް އިޓް ޔޫ ބޯތް.. ޕްލީޒް..” ފަހަތުން ޔައިނާގެ އަޑު އިވުމުން ޒާރާއާއި އަފާން އެކީ ފަހަތް ބަލައިލިއެވެ. އޭރި ޔައިނާ އިނީ އެމީހުން ކުރަމުން ދިޔަ ޒުވާބުން ހީހީ ބަލިވެފައެވެ. އަފާންއާއި ޒާރާއަށް އެތާ އެހެން މީހުންވެސް ތިބިކަން ރޭކާލީ ޔައިނާ ގޮވައިލުމުންނެވެ. އެއާއެ ޒާރާއަށް އިސްޖަހައިލެވުނެވެ. އަފާންއަށް ބޯ ކަހައިލެވުނެވެ. އެދެމީހުންގެ ޢަމަލުތަކުން ޔައިނާއަށް ނުހީ ނުހުރެވުނެވެ.

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories1K Comments

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

ތީ އޭ ހަނދަކީ 13

Next

އަބަދަށް އެކުގައި 28

Next
July 5, 2022

އަބަދަށް އެކުގައި 28

Previews
July 3, 2022

ތީ އޭ ހަނދަކީ 13

16 Comments!

  1. lau.laala786@gmail.com lau laalu says:
    July 3, 2022 at 12:42 pm

    ihihihihihihihhuhuhuhuhuhihohohohohohohoho
    manjeyyy haadha heeveyey kamehhga ulheyhen….
    dhen ma nethin ehen ehcheh bunaakah ekamaku vaa mioh vaahaka ehhh i just love itt
    eyy dhen oii bayah inthizaaru kuran maa dhigu commenteh mibayaku nuliyaanan ok byeeeeeee

  2. Nayaa Nayaa says:
    July 3, 2022 at 2:24 pm

    in reply to @lau laalu
    eyyyyyyyy laaaaaaaa noooo wayyyy brwwww.. thikahala koosani kan kamakah magey life ga neiy vagutheh.. kn loebbeh thr? eyynn?? studies always comes first brw
    anyways, thankiu vrh bodah laugandaaaaaaa
    dhn oiy bai mihaaru iny liye nimifa ekm maadhamaa submit kuraany.. lol.. ma mihaaru 11 vana bai mi ninmany.. mi visnany chuttee thereyga hama liyevunuhaa bodakah liye ninman.. scl feshuneema faseyha vaanennu.. eyrunthaa gavaidhun upload vx kureveyny

    1. lau.laala786@gmail.com lau laalu says:
      July 3, 2022 at 2:51 pm

      ma nubunamey manje kairiaku loabeege kamekey… meega mi vaahakaiga varah kanthah kuran ulheyey ma buny manje life ge kamehh nooon

    2. Nayaa Nayaa says:
      July 3, 2022 at 3:29 pm

      eyyyy ehnthaaaa.. ma heekury manj dhekky magey life ge vhk kamashey..lol..arn dhn vhk ga knthah onnaanethaa dhw..haha

  3. Ryyn says:
    July 3, 2022 at 10:08 pm

    Wowwow! Masha Allaah.. Veh vrh vrh rythi ??..
    Milaan hama makarun dhw thun’di ah dhiyaee.. inaa dhekilaahithun ? hah- eyna J we dhw?. Lols zaa and afaan ge bai kiyaafa hama heveny ? BAKED POTATO? hhehehe.. dhn inn bayah inthizaarukuran..
    Take care nayu! Lyy ❤

  4. ReeshA CoronA ŘęęśhÅ ÇøřõňÄ says:
    July 3, 2022 at 10:57 pm

    Kalooooo fenukehki aluhvveyyyy?????manje heevany magey aluvi basthaa aa dhimaalah ehchihi govaafa huri hen..laaaa kaloooo lwbi zuvaabehh… Ma hithaa vehjje???fenukehki banbukeyloaa??????
    Kalo ey ekm magey hithah vrh asaru kurey eba mioh thineskan loehbakaa hure.. Heyo nuvaane konmes ehgothakah mikan ninman ulhey… Kalo buro ekm fahkaa engey..
    Ey suhbunaa kondu vx neh hedhumeh laigen yainaa?? ¿?? ? ? ? ? ? ? laaaaa kaloooo laaan kerey kamey magey hithah araa… Milaan kalo yaina aa indhefa e manje burugaa alhuvaathi… Ma ladhu ganey????????
    Pis brw dhn laura vx dhw… Dhera dhera
    Ey dhany ey dhn.. Nethey ahdiha sofhaa liyeveykah migady.. Vrh salaamey lwbivaa

  5. Nayaa Nayaa says:
    July 3, 2022 at 11:27 pm

    In reply to @Reesha Corona
    Ahaha meehaku konme ehchekey kiyas manje ah sifa vaany manjege lwbivaa aluvi basthaa..lol
    Haha ikrrrr..aslu ingeythr mi yaina nd milaan ah vure zaaraa and afaan couple mashah maa lwbi..well this is not the first time I loved the second lead couple better..lol.. business proposal drama ga vx i liked youngseo nd sunghoon better than hari and taemoo..ekm hari nd taemoo dheke vs vrh lwbi vey ingey..haha
    Hurey hurey brw..kehtheri vebala koyaa.. vhk nimeynee mi thineskan loebbah vx nimumeh aisgen.. inthizaaru kohlaa brw
    Lmaooooo mashah eyru vx ingey manje yaina laigen huri hedhumaa beheyne kan ?..assu egothah liyuny cux I wanted to write a scene of milaan getting jls..ehnve eii
    Ahaha asluvx dhw..ma vx dhera vey laura ah vaa gothun
    Hoan dhn dhey nidhan..ma vx kendy anime balan..baaaai
    Hoan salaamey lwbivaaaaaaaa???

    1. ReeshA CoronA ŘęęśhÅ ÇøřõňÄ says:
      July 4, 2022 at 3:52 pm

      Pis pis dhn Esoru vihyya mashah reyga huvafenuga vx fenunyy…
      Aain ain ainnn.. Koahchekeyyy yougutey koahchekey? Sukun jehy ey??? Haree tomato ey? Ainn aan tomato haree ey dhw thibuny?

      Dhn manje ah engey dhw magey bolah undhagoo vaane kan vahtharu vahtharah hedhun langnaa.. Hahah aaarn dhn vhk salhi kureveynee vx haruvaalhu vx baalaigenehnu..u know what i mean? Uhn mashakah hieh nuvey manje ah getu vaane henneh..
      Pis pis kaley mihaaru Anime vx balan??. Nooney vaa gadha.. E kudey vx balaane

    2. Nayaa Nayaa says:
      July 4, 2022 at 4:04 pm

      pss pss manje ah mihaaru huvafenuga vx e soru fenna varu v?? nooney vaa gadha
      pss pss eyyyy manje gandaaaaaaaa!!!!!! ma mi dhakkany kdrama egge vhk ekey.. mithaaku meehaku nudhakka tomato egge vhk eh vx yogurt egge vhk vx.. manje vx balan fesheema ingeyny.. nulaahiku salhi vaane
      ahaha arn assu magey bolah vx undhagoo vey..hn ingeynu manje ah… lmaooooo cheedi dhn manje vx dhakkaa dirty vhk dhwww.. ekm thi buneekeevx dhogeh noon ingey..lol.. majey mashah getu nuviyyaa dhn kaakah thr getu vaany?? mashah neyngey ehcheh noannaane manje ah ingey ehcheh mi kahala kankamaku..lmao.. manje thy ihah dhuvahakuvx neyngigen magey kairi ekkala ethi ehi meehekey.. handhaan veythr? lol
      arrrrn klw anime balamey mihaaru.. vrh fakkaa ingeythr.. mi chutteega dhn evaraha balan noolheveny vhk liyan ulheythy.. dhenme mi ninmee 12 vana prt liye.. mirey balaanan 13 vx ninmaaleveythw..
      kudey vx anime bala ey..? man eh ingey thy hama.. gadha gola eh

    3. ReeshA CoronA ŘęęśhÅ ÇøřõňÄ says:
      July 4, 2022 at 10:32 pm

      Ahdheyyyyyyy manjey mashah konme re aku hen feney huvafenugaa..
      Ey ey ok ey mashah enge ey business proposal.. Magey class kudhin vx dhhaka ey theege vhk….. Ahanneh noolhne thi balaakah.. Handhaan nahthaalaa..

      Hahahahaha koyaaaaaa???????????dhw aslu vx engey tha ma haadha confuse vefa ey hury.. Adhi vx mashah hama ekameh olhumeh nufilaa.. Ekm dhn ma vx meehakaa inyma engidhaane thaa??… Ey kalo madu kohbala eboathey salhi habareh…. Mihaaru ma miulheny aa khiyaalee folaeh kahkan fashaigeney.. Abhimanyu aa magey.. Abhi ge dhivehi version ah kiyaany abaan engey.. Dhn nickname aky hama abhi… Mihaaru ran vx kiyaifin.. Maadhan rey innany.. Miaehu mehendi elhy.. Dhn ma hama khiyaaoee folaa kahkany mi..
      Ahdhey aarn kalo manje ge lhiyanu gadha vaaney… Heevey tha lahka ekey…
      Ey okklw ma dhany khiyaaly folaa kahkan nidhan endhah aran..
      Aarn adhi eh vhk.. Eba oiy choc eh ma kairy.. Beynun? Ma wedding ah annangnaa dheynee

    4. Nayaa Nayaa says:
      July 4, 2022 at 11:13 pm

      Eyyy klwwww
      Pss pss saabahey brw..varugadha loebbeh thi vany ingey e soru dheke
      Arn dhn mashah ingey eyru vx manje nubalaane kan kdrama eh
      Lmaooooo ma gaathah adhis hini aadhey manje magey kairi e vhk ehi dhuvas mathin handhaan vefa..lol ??????
      Pss pss khiyaalee folaa kurun noon kameh kaley vx nukuran dhww..thi varun dhanyyaa fennaany aluvi vx keti than dhuvaskolhakun ??
      Klw ey ma mihaaru mi dhany manje ge second shaadhee ah dhw..yaash dhonbe aa manje ge shaadhee ah gosseemennu..klw ma dhiyain e dhuhu vx 1 gadi iru kurin..handhaan veythr????
      Eyyyyy chocolate!!!!!! Ma beynunnn!!! Kaley nuvaane mashah nudhy kaigenneh broooo..arn arn chocolate dhenyyaa ma gosdhaanan wedding ah..ey ekm biryani kakkahchey wedding ga.. eyrun hadhiyaa eh gendhan vx ingeyny?????

  6. Nayaa Nayaa says:
    July 3, 2022 at 11:32 pm

    In reply to @Ryyn
    Awwwn thankiu nayoo ge lwbivaa ryyn darlinggg ?♥️
    Aaekey koyaa milaan hama eyna ge inaa dhekilaa hithun makarunney dhw thundi ah e dhiyaee..haha..arrn dhn ryyn ah vx ingeynu mi meehun ge goiy..nikan avahah j vaane ??
    Ahaha zaa nd afaan ge scene dhw? Eii nayoo ge vx fvrt scene..liyunu iruga vx hama heveveny.. liye ninmaafa check kuran vgn preview kohfa kiyaali iru vx hama heveny hama heveny..hahah??
    Dhn in bai maadhamaa submit kohlaanan insha’Allah ♥️
    U too tvgc dear..lwbi vey moree ?♥️

  7. ?YEOJA? says:
    July 4, 2022 at 10:32 am

    Hlwwww naayuuu??
    After a long time a cmnt hehehe ??
    Btwww stryyy isss Hama Masha Allah vrh best
    It’s amajin❤️✨??? overall no worddss and thisss isss soo funnn ?
    Hahahahaa Ril enmen alaagathy zaara and afaan ge zuvaabu?? that was so fun fihunh banbukeyw + fenukehki aluvi hahahah cute couple . ???
    And keep goin like this ingeyyy Insha Allah this stry is gonna be an amajin stry ??
    Waiting for the next parttt ❤️
    Loveee uuuu dhoonyy ✨❤️
    Take care ✨✨??‍♀️

  8. Nayaa Nayaa says:
    July 4, 2022 at 10:50 am

    In reply to @YEOJA
    Heyyyyyy sisyyyyy♥️♥️
    Hehe yesss dhw..so happy to see ur cmnt ingey ♥️
    Awwwwn thankiu soooo much lwbsssss ??
    Ahaha yessss zaara and afaan dhww..hehe yess that was my fvrt prt too..e dhemeehun ge zuvaabu..hehe..dhn hingaa dhw vaa gotheh balamaa..e dhemeehun couple akah vedhaane ekey neiy adhi buneveykah..hama egothah nuvedhaane ekey vx neynge hama eggothakah vx bunaakah..hehe..then let’s see dhwww
    Awww thankiu..yesss will give my best insha’Allah ♥️?
    Nxt prt miadhu submit kohlaanan insha’Allah ♥️
    Love ya mooooorrrreeeeeeeee darlinggggggggggg ♥️♥️♥️♥️♥️
    U too tvgc sis ♥️♥️♥️

    1. ?YEOJA? says:
      July 4, 2022 at 12:35 pm

      Anytimesss loveee
      Hahahhaa yesss.hope best Gotha veythw stry nimey iru I’m soo curious
      Yeyyyyy wowww I’m waiting next part ah ??
      Awwww?❤️✨

  9. Sumaaa Sumaaa says:
    July 21, 2025 at 11:18 pm

    I blame Milaan why is he giving mixed signals to Laura. Tbh Laura & Yaina deserves better

Comments are closed.

Next Episodeހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 5←


All Right Reserved!