“ވަރަށް އަވަހަށް އިނގޭނެ..” ޒާރާގެ ލޯމަތީގައި އެ ފޮތިކޮޅު އައްސައިލަމުން އަފާން ބުނެލިއެވެ. އެއާއެކު ޒާރާވެސް އެއްވެސް ސުވާލެއް ނުކޮށް ހުރީ އަފާންއަށް ކުރެވޭ އިތުބާރުގެ ބޮޑުކަމުންނެވެ. “ކުރިޔަށް ހިނގާ..” ޒާރާގެ ދެކޮނޑުގައި ހިފަހައްޓައިލަމުން އަފާން ބުނެލިއެވެ. “އަ.. އަފާން.. ދޫކޮށްނުލައްޗޭ..” އަފާންގެ އަތްމަތީގައި އަތްތިލަ ބާއްވައިލަމުން ޒާރާ ބުނެލީ އޭނާއަށް އެެއްވެސް ތަނެއް ނުފެންނާތީއެވެ. “އަހަރެން އެބަ ހުރީމޭ ޒާރާ.. ޓްރަސްޓް މީ..” އަފާން މަޑުމަޑުން ބުނެލިއެވެ. އަދި ޒާރާ ގޮވައިގެން ތަންކޮޅަކަށް ގޮސް ހުއްޓުނެވެ. […]
އެނދުމަތީގައި ވާހަކަ ފޮތެއް ކިޔަން އިން ޔައިނާއަށް ސިހިފައި ބަލައިލެވުނީ އެތެރެއަށް ވަން މިލާން ފެނިފައެވެ. ވަގުތުން އެނދުން ތެދުވެވުނީ މިލާން އެތަނަށް އައި ބޭނުމެއް ނުވިސްނޭތީއެވެ. އެތެރެއަށް ވަނުމަށްފަހު، މިލާން ދޮރު ލައްޕައިލުމުން ޔައިނާގެ ހިތް ނޭނގޭ ބާރުމިނެއްގައި ތެޅެން ފެށިއެވެ. “ޔައިނާ ކިހިނެތް.؟” މިލާން އަހައިލިއެވެ. “ރަނގަޅު..” ޔައިނާ ޖަވާބު ދިނީ ކުރުކޮށެވެ. “އަހަރެން މާ ވާހަކަ ދިގެއް ނުކުރާނަން.. މި އައީ އެންމެ ސުވާލެއް ކޮށްލަން ވެގެން..” މިލާން އެހެން ބުނުމުން ޔައިނާގެ […]
ޔައިނާ ބާއްވާފައި އޮތް ޕްރައިވެޓް ރޫމަށް ވަދެ، މިލާން ދޮރު ލައްޕައިލިއެވެ. އެއަށްފަހު، އޭސީ ފިނި މަޑުކޮށްލާފައި، ޔައިނާގެ ގައިމަތީގައި އަޅާފައި އޮތް ރަޖާގަނޑު ރަނގަޅުކޮށްލީ ޔައިނާއަށް ފިނިވެދާނެތީއެވެ. އެނދު ކައިރީގައި ހުރި ގޮނޑީގައި އިށީންނަމުން މިލާން ޔައިނާގެ އެ ރީތި މޫނަށް ނަޒަރު ހުއްޓައިލިއެވެ. އެ މޫނުން މިލާންއަށް ފެނުނީ މައުސޫމް ކަމެވެ. އަދިވެސް ކޮލުގައި ނުހިކި ހުރި ކަރުނަތައް ހުރުމުން މިލާންގެ ހިތުގައި ރިއްސައިލިއެވެ. އަމިއްލަ ނަފްސު ދެކެ މިލާންއަށް ރުޅި އާދެވުނީ އަދިވެސް […]
އަފާންގެ އުނގުގައި ބޯ އަޅާލައިގެން ޒާރާ އޮތީ ދެލޯ މެރިމެރިއެވެ. ޒާރާގެ ބޮލުގައި ފރުމަމުން ދިޔަ އިރު، އަފާންގެ ތުންފަތުގައިވީ ހިނިތުންވުމެކެވެ. ނަމަވެސް، އެ ވަގުތުކޮޅަށް ހުރަސް އެޅީ ޒާރާގެ ފޯނު ރިންގު ވުމުންނެވެ. ވަގުތުން ތެދުވެ، ޒާރާ ފޯނަށް ޖަވާބު ދިނީ ގުޅަނީ ބައްޕަކަން އެނގުމުންނެވެ. “ހަލޯ.. ބައްޕާ.. ކޮބާ ޔާސިރުބެ..؟” ޒާރާ އަހައިލީ ކެތް މަދުވެފައި ހުރެއެވެ. ނަމަވެސް، ދެން ޝުޢައިބު ބުނި ބަސްތަކުން ޒާރާއަށް އަނގަމަތީގައި އަތް އަޅައިލެވުނު އިރު، އެ ދެލޮލަށް […]
“ލައުރާ!! ފަހުގެ އިންޒާރު މި ދެނީ!! ޔައިނާއަކީ އަހަންނާ ލޭގެ ގުޅުމެއް ނުހިނގިޔަސް އަހަރެންގެ އަމިއްލަ ކޮއްކޮއެއް ކަހަލަ ކުއްޖެއް.. އޭނައަށް ހަޑިވާ ގޮތަށް އެއްވެސް ވާހަކައެއް ދައްކައިފިއްޔާ އަހަންނެއް މަޑަކުން ނުހުންނާނަން!! އެ ވަރިހަމަ ލައުރާއަކަސް މިލާންއަކަސް.. އަޑު އިވިއްޖެތަ..؟!” އަފާން ހުރީ ލޮލުން އަލިފާން ކަނި ބުރާ ވަރު ވެފައެވެ. “މަށަށް ހީވަނީ ލައުރާ ޔައިނާއޭ ކިޔައިގެން ތި ހުރިހާ ވާހަކައެއް ދައްކާ އިރު ޔައިނާއެއް ނޫން ކަންނޭނގެ ގޯހީ.. ލައުރާ ކަންނޭނގެ ތިބުނާ […]
އެއަށްފަހު އަފާން ގެނައި ކުއްލި ހަރަކާތާއި އެކު ޒާރާއަށް ދެލޯ ބޮޑުކޮށްލެވުނީ އެފަދަ ކަމަކަށް އުއްމީދުވެސް ނުކޮށް ހުއްޓާ އެހެން ވުމުންނެވެ. ކުރާނެ ކަމެއް، ހަދާނެ ގޮތެއް، ބުނާނެ އެއްޗެއް ނޭނގިފައި ހުރި ޒާރާއަށް ހުރި ގޮތަށް ހުރެވުނީއެވެ. ނަމަވެސް، ދެންވެސް އަފާން ހުއްޓާކަށް ނޫޅުނެވެ. އެގޮތުގައި ތިރީހަކަށް ސިކުންތު ހޭދަވުމާއެކު ޒާރާ އަފާންގެ މޭގައި އަޅާ، ދުރަށް ކޮއްޕައިލިއެވެ. އެއަށްފަހު، މާނޭވާ ލަމުން އަފާންއާއި ދިމާލަށް ބަލައިލީ ރުޅިވެރިކަމުން ފުރިގެންވާ ނަޒަރަކުންނެވެ. “އަފާން ކީކޭ ހިތަށް […]
“އައިޝަތު ނީލާ.. ސާޅީސް ތިން އަހަރު.. ދިވެހި ރާއްޖެ..” މިވީ ކިހިނެތް ހެއްޔެވެ؟ އެއީ ރާއްޖެ މީހެއް ހެއްޔެވެ؟ ނަމުން ހީވަނީ އެހެންނެވެ. ނަމަވެސް، އެމީހާ ވައްތަރީ ރާއްޖޭން ބޭރު މީހަކާއެވެ. އެކަމަކު އެމީހާގެ ރައްޔިތުކަން އެ އޮތީ ރާއްޖޭގައެވެ. ރާއްޖޭގެ ރައްޔިތަކަށް ބަދަލުވީކަމަށްވެސް ވެދާނެއެވެ. ޝައުޤުވެރިވެފައި ހުރެ، ޒާރާ އިތުރަށް އެ ރިޕޯޓު ކިޔައިލިއެވެ. އޭގައި ވާ ގޮތުން ނަމަ، އޭނާ މިތަނަށް ގެނެވުނީ އެކްސިޑެންޓެއް ހިނގައިގެންނެވެ. އެނގޭ ގޮތުގައި ޢާއިލާގެ އެއްވެސް މީހަކު ނެތެވެ. […]
“ލައު.. އަހަރެން ދެން ކިހިނެއް ހަދާނީ..؟” ލައުރާގެ ކޮނޑުގައި ބޯ އަޅާލައިގެން އޮވެ މިލާން ޝަކުވާކުރަމުން ދިޔައީ ކުޑަ ކުއްޖެއް ފަދައިންނެވެ. “ފަސް އަހަރު… ފަސް އަހަރު ދުވަސް.. މި ފަސް އަހަރު ދުވަހު ވެ ނިމިދިޔަ ހުރިހާ ކަންތައްތަކަކީ އިނާއަށް އެއްވެސް އެއްޗެއް ނޫން ދޯ..” މިލާންގެ ވާހަކަތަކުން ލައުރާގެ ހިތަށް ދިޔައީ އިންތިހާއަށް ތަދުވަމުންނެވެ. ކުޑަ އިރުއްސުރެ އޭނާ އެންމެ ލޯބިވީ ފަރާތް މި ޙާލުގައި ވާތަން ބަލަން ކެތްވާނީ ކިހިނެއް ހެއްޔެވެ؟ އާއެކެވެ. […]
ފަސްއަހަރު ދުވަހު އެއްކޮށް އުޅުނު ލޯބިވެރިޔާ ބޭވަފާތެރި ވުމުން އަސަރު ނުކުރާނީ ކޮން ހިތަކަށް ހެއްޔެވެ؟ ނަމަވެސް، މިއަދުވެސް އޭނާ ބޭނުންވަނީ ޔައިނާގެ އެ ކުށް ފޮރުވާށެވެ. އެހެން މީހުންގެ ކުރިމަތީގައި ޔައިނާގެ އެ ޙަޤީގަތް ނިއުޅުވާލާކަށް އޭނާ ބޭނުމެއް ނުވެއެވެ. އެއީ ޔައިނާ ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. ޔައިނާ އޭނާއާއި ދޭތެރޭގައި ކޮންމެ ފަދަ ގޮތަކަށް ކަންތައް ކުރި ކަމުގައި ވީ ނަމަވެސްއެވެ. ޔައިނާ ދެކެ ނަފްރަތު ކުރަން ކިތަންމެ ބޭނުންވީ ނަމަވެސް، އެކަމެއްވެސް […]