“މާއިޝް ކޮބާ..؟” މާނާގެ ކިބައިން މާއިޝް ދެކިލުމަށް އެދުމުން މާނާ ރައިޝާ ގވައިގެން ގޮސް ހުއްޓުނީ މާއިޝްގެ ކޮޓަރި ދޮރުމަތީގައެވެ. ފުން ނޭވާއެއް ލާފައި ރައިޝާ އަމިއްލަ މީހާ ހަމައަކަށް އަޅުވާލިއެވެ. ތަޅުގައި ހިފައި، އަނބުރާލި އިރު، އެ ހިތް ދިޔައީ ބާރުބާރަށް ތެޅެމުންނެވެ. ދޮރު ހުޅުވާލުމަށް ފަހު، އެތެރެއަށް ވަތް ވަގުތު ފެނުނު ހިތާމަވެރި މަންޒަރުން އޭނާގެ ހިތަށް ހީވީ ތޫނު ޚަންޖަރެއް ހަރާލި ހެންނެވެ. އަނގަމަތީގައި އަތް އަޅައިލެވުނު އިރު، އެސްފިޔަތައް ފޫދުއްވާލާފައި ކަރުނަތައް […]
މިއާ ޚިލާފަށް އަރޫންގެ ހިތް ދިޔައީ އުފަލުން ނަށަމުންނެވެ. ރިޔާޒް މި ކަން މި ގޮތަށް އެ ކުރަނީ ކިއްވެކަން އެންމެ ރަނގަޅަށް އެނގޭ އެކަކީވެސް އަރޫންއެވެ. މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައިވެސް ރައިޝާ ކިތަންމެ ފަހަރަކުވެސް ނުގޮތަކަށް އޭނާ ކުރެން މާއިޝްގެ ޚަބަރެއް ހޯދަން އުޅޭކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. ނޭނގޭ ކަމަށް ހަދާލައިގެން ހުންނަނީއެވެ. އެހެންނޫނީ ރައިޝާއާއި ކައިވެނި ކުރުމަށް މި ލިބޭ ފުރުޞަތު ދާނީ ވަޔަށްކަން އޭނާއަށް އެނގއެވެ. ނަމަވެސް އޭނާއަށް […]
ރިއާޝް ކުރަމުންދާ ހިތާމަތައް ކުޑަ ވަގުތުކޮޅަކަށް ނަމަވެސް، ދުރުކޮށްލަން ކުރެވިދާނެ ކަމަކާއި ދޭތެރޭގައި ނައިރާ ދިޔައީ ވިސްނަމުންނެވެ. އެވަގުތު ކުއްލިއަކަށް ކަމެއް ހަނދާންވީ ފަދައަކުން ރިއާޝްއާއި ދުރުވެލަމުން، ނައިރާ ތެދުވެ އަލަމާރިއާ ދިމާއަށް މިސްރާބު ޖެހިއެވެ. “ނައި ކޮންތާކަށް ތި ދަނީ..؟” ނައިރާ ތެދުވުމުން ރިއާޝްއަށް އަހާލެވުނެވެ. އެހެންނަމަވެސް، ނައިރާ ވަކި ޖަވާބެއް ނުދީ، ހިނގަމުން ގޮސް އަލަމާރިން އެއްޗެއް ހިފައިގެން އައިސް ރިއާޝްގެ އަތަށް ލައިދިނެވެ. “މީ ކޯޗެއް..؟” ރަތްކުލައިގެ ކަރުދާހުން ނިވާކޮށްފައިވާ އެ އެއްޗަކާއި […]
“ނޫން.. ދެން.. އިނގޭ އަރޫން އަދީލްކަން ކިޔަނީ.. އެކަމް… ކޮންވަރޒޭޝަންއެއް ފަށާނެ ގޮތެއް ނޭނގުނީމަ އެހެން އެހުނީ.. މާ ބޮޑަށް އޮކްވާރޑް ވީމަ..” އަރޫންގެ ޖަވާބުން އަނެއްކާވެސް ރައިޝާގެ ހިތަށް ލިބިގެން ދިޔައީ ފޫހިކަމެކެވެ. އަރޫންގެ ބަސްމަގާއި، ޢަމަލުތައް ހުރިގޮތް ރައިޝާއަށް ކަމަކު ނުދިޔައެވެ. އެހެންނަމަވެސް، އެއްޗެކޭ ނުބުނެ، ކެތް ކޮށްލައިގެން ރައިޝާ ހުރީ، ރިޔާޒްއަށް ވެވިފައިވާ ވަޢުދުގެ މަތިން ހަނދާން ވުމުންނެވެ. އެހެންނޫންނަމަ، މިހާރު ރުޅިއައިސްގެން ގޮސް، ކުރިމަތީގައި މި ހުރި ފިރިހެނާގެ މޫނުމަތީގައި ބޮނޑިއެއް […]
ނައިރާގެ ފާޚާނާ ދޮރުމަތީގައި ހުރެގެން ރީޝާ ދެކޮޅަށް ދެކޮޅަށް ހިނގަމުން ދިޔަ އިރު، އިޔާޝާ އިނީ އެނދުމަތީގައި ހުރި ބާލީސްތަކާއި ކުޅޭށެވެ. ހާސްވެގެން ރީޝާ ދެއަތް ދެއަތާ މޮޑެމުން ދިޔަ އިރު، ނައިރާއަށް ވުރެ ބޮޑަށް ރީޝާ ހާސްވެފައި ހުރިހެން ހީވެއެވެ. “ނައީ..؟ ކޮބާ..؟” ފާޚާނާ ދޮރުގައި ޖަހާލަމުން ރީޝާ ގޮވާލީ ނައިރާގެ ޚަބަރެއް ނުވުމުންނެވެ. ނައިރާ ފާޚާނާއަށް ވަތްތާ ފަނަރަ މިނެޓް ވީ އިރުވެސް ނައިރާގެ އެއްވެސް ޚަބަރެއް ނުވުމުން ރީޝާ ކުޑަކޮށް ހާސްވިއެވެ. “ނައީ… […]
ދިހަ ވަރަކަށް ފިޔަވަޅު ދުރުގައި އެމީހާ ހުއްޓުމުން އިސްއުފުލާލައި، އެމީހަކާއި ދިމާއަށް ބަލައިލެވުނެވެ. އެވަގުތު ދެލޯ ދިޔައީ ބޮޑުވެގެންނެވެ. އެ ސުރާއަކީ ދުވަހަކުވެސް އޭނާއަށް އޮޅޭނެ ސޫރައެއް ނޫނެވެ. އެއީ އޭނާގެ ހިތް މިލްކު ކުރުމުގައި ކާމިޔާބު ކުރި، އެމީހަކާއި އެކު މުޅި ދިރިއުޅުން ވޭތުކުރަން ބޭނުންވާ ފަރާތެވެ. އެހެންނަމަވެސް، އެ ސޫރަ ފެނުމުން ލިބުނު އުފަލަށްވުރެ ހިތާމަ މާ ބޮޑެވެ. ގައިގެ އެކި ތަންތަން ޒަޚަމްވެފައި ހުރި އިރު، ހޯސްލާފައި ލޭ އަންނަމުން ދިޔައެވެއެމީހާ ހިނގަމުން […]
އެއް އަތުން ސޫޓްކޭސް ދަމަމުން އަނެއް އަަތުން ދަބަހެއް ހިފައިގެން ފްލައިޓުން ފޭބި ރައިޝާއަށް އެ އެންމެންގެ ނަޒަރު ހުއްޓުނެވެ. ލާފައި ހުރި ރަތް ކުލައިގެ ޓޮޕާއެކު ތިރިން ލާފައި ހުރި އައިސް ބްލޫ ކުލައިގެ ޖީންސްގެ އިތުރުން ބޮލުގައި އަޅާފައި އޮތީ ކްރީމް ކުލައިގެ ޝޯލްއެކެވެ. މޫނުގައި ފުދޭވަރަކަށް މޭކަޕްކޮށްފައި ހުރި އިރު، އަރައިގެން ހުރި ހައިހީލްސްއާއި އެއްކޮށްވެސް އެއްވެސް އުނދަގުލަކާއި ނުލާ އޭނާ ހިނގަމުން ދިޔައެވެ. ފްލައިޓުން ފޭބުމަށްފަހު ރައިޝާ ވަށައިގެންވާ މާހައުލަށް ނަޒަރު […]
މިކަންތައްތައް މިހެން ވަމުން ދާތާ އަހަރެން ވާން ކައިރިވެފައިވީ އިރު، ރައިޝާއަށް ހަމަޖެހިލައިގެން ނިދާލެވުނު ރެއެއް ނާދެއެވެ. އެ ހިތަށް ހަމަޖެހުން ގެނެސްދިން ދުވަހެއް ނާދެއެވެ. މާލެ ދެވެންދެން އޭނާ މިޙާލުގައި އުޅެން ޖެހިއްޖެނަމަ، ވާނޭ ގޮތެއް އެނގެނީކީވެސް ނޫނެވެ. އޭނަ މޮޔަވެދާނެއެވެ. ސަބަބެއް ނުބުނެ، މާއިޝް ކުއްލިއަކަށް އޭނާއާއި ވަކިވުމުން އެ ހިތުގައި މާއިޝްއާ ދޭތެރޭގައި ވަނީ ޝަކުވާއެވެ. ނަފްރަތެވެ. އެހެންނަމަވެސް، ސުވާލަކީ މާއިޝްގެ އެ ކުއްލި ވަކިވުމުގެ ފަހަތުގައި އޮތީ ކޮން ސަބަބެއް ބާވައެވެ؟ […]
ދެމަފިރިން އެކުގައި ނަމާދުކޮށްލުމަށްފަހު، ރިއާޝް ނައިރާގެ ބޮލުގައި އޭނާގެ އަތް ބާވާލާފައި، ފިރިމީހާ އަނބމީހާގެ މައްޗަށް ކުރުން ސުންނަތް ވެގެންވާ ދުޢާ ކޮށްލީ، މި ގުޅުމުގައި ބަރަލާތް ލައްވާތޯ ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުންނެވެ. ނަމާދުކޮށް ނިމިގެން ނައިރާ ދޮޅިއާއި އިސްޓާކީނު މުސައްލަތެރެއަށް ލާފައި މުސައްލަ އޮޅާލިއެވެ. މުސައްލަ އަލަމާރި ތެރެއަށް ލާފައި އެނބުރުނު ވަގުތު އޭނާގެ މޫނު ގޮސް ޖެހުނީ ރިއާޝްގެ ތަނަވަސް މޭމަތީގައެވެ. އެ ކަސްރަތީ ހަށިގަނޑު ހާމައަށް ފެންނަން ހުރުމުން ނައިރާ ލާން […]