މިޝްޔާގެ ހަޅޭކުގެ އަޑު އިޒްކާންގެ ކަންފަތުގައި ގުގުމާލީ ހޮނު ގުގުރިއެއްގެ ސިފައިގައެވެ. މޫނަށް ވެރިވެގެން ދިޔަ ހާސްކަމާއި އެކު އޭނައަށް ކޮޓަރިއާއި ދިމާއަށް ދުއްވައިގަނެވުނު ގޮތެއް ވެސް ނޭގެއެވެ. އޭރު މުޅި މީހާ ވަނީ ހާސްކަމެއްގެ ތެރޭގައެވެ. ނިތުގައި ދަލުގެ އަސަރު ހުއްޓެވެ. މޭގައި އޮތް ހިތް ވެސް ދިޔައީ ރޫރޫއަޅަމުންނެވެ. އިރުކޮޅެއްގެ ތެރޭ އެތިކޮޅުތަކަށް ބުރައިގެން ހިނގައިދާނެހެން ވެސް ހީވެއެވެ. އިޒްކާން ތަޅުގައި ހިފާލުމާއެކު ލިބިގެން ދިޔައީ އިތުރު ނުތަނަވަސްކަމެކެވެ. ދޮރު ހުރީ ތަޅުލާފައެވެ. ހިތް […]
”މިޝޫ…” އިޒްކާންގެ އަޑު ކުރެހިގެން ދިޔައެވެ. އޭނަ އަވަސް ފިޔަވަޅުތަކެއްގައި ގޮސް މިޝްޔާގެ ތުނި ހަށިގަނޑުގައި ބައްދާލިއެވެ. އަދި މޫނުގައި ބޮސްދިނެވެ. އިޒްކާންގެ އޯގާތެރިކަމާއި ލޯބިން މިޝްޔާގެ ހިތުގައިވާ ޒަހަމްތަކަށް ޝިފާއެއް ކަމަށް ވެގެން ދިޔައެވެ. އިޒްކާން މިޝްޔާގެ އަތްތިލައަށް ބޮސްދިނެވެ. އެހިނދު ފެނުނު ރަތްކުލައިގެ ނިޝާންތަކުން ދެލޯ މަރާލެވުނީ ހިތަށް ކުރި ފުން އަސަރުތަކެއްގެ ސަބަބުންނެވެ. އޭނަގެ ހިތުގެ ނާރުތަކަށް ވާންވަމުންދާ ކަމުގެ އިހުސާސްކުރެވުނެވެ. ”ތަދުވޭތަ؟…” އިޒްކާން ފިރުމަމުން ބުންޏެވެ. އޭނައަށް މިޝްޔާގެ ކަރުގައިވާ ނިޝާން […]
ތުރުތުރު އަޅަމުން ދިޔަ އަތަކުން މިޝްޔާ ފުރަތަމަ ވެސް ބެލީ އޭނަގެ ހަށިގަނޑު ނިވާކުރެވޭތޯ އެވެ. ގަމީސްކޮޅުގެ ގޮށްތައް އެޅުވުނުއިރު އޭނައަށް ގިސްލެވެނީއެވެ. ލޮލަށް ޖަމާވެފައިވާ ބޮޑެތި ކަރުނަތިކިތައް ފުލުފުލުން ފައިބަމުން ދިޔައެވެ. ބިރުން ގޮސް މީހާ ހުއްޓިދާނެހެން ވެސް ހީވެއެވެ. ރާކިން އިނީ މިޝްޔާއަށް ބަލާށެވެ. ހަމަޖެހުމުގެ އަސަރު އެމޫނުމަތިން ފާޅުވެއެވެ. ތުންފަތްމަތީގައި ސިއްރުވެރި ހިނިތުންވުމެއް ވެސް ވެއެވެ. މިޝްޔާއަށް އޭނަގެ ކަރުން ނަގަމުން ދިޔަ ދިލަ އިހުސާސްކުރެވެއެވެ. މުޅި ހަށިގަނޑުގައި ވޭން އަޅާ ކަހަލައެވެ. […]
މިޝްޔާ އިޒްކާން ގާތު ހުރިހާ ވާހަކައެއް ހާމަކުރިއެވެ. އިޒްކާންއަށް ޝޮކެއް ލިބުނެވެ. އޭނަގެ ނިތަށް އަރައިގެން ދިޔަ ރޫތަކާއި ގޮށްޖެހިގެން ދިޔަ ބުމައިން އިޒްކާން ރުޅިއައިސްފިކަން މިޝްޔާއަށް ނަގައިގަންނަން ގިނަ އިރެއް ނުނެގިއެވެ. ”މިޝޫ ކީއްވެތަ އަހަރެން ގާތު ނުބުނީ؟، އެހާ ބޮޑަށް އަހަރެން ދުރުކޮށްލީތަ؟…” މުށްކެވިފައިވާ އިޒްކާންގެ އަތުގައި މިޝްޔާ ހިފިއެވެ. ”މިހާ ހިސާބަށް ގޮސްފާނެއެކޭ ހިތަކަށް ވެސް ނާރާ، ޒޭން ޕްލީޒް ރުޅި ފިނިކޮށްބަލަ، ރުޅި އިސްކޮށްގެން އެއްވެސް ކަމަކާ މެދު ރަގަޅަކަށް ނުވިސްނޭނެ…” […]
ޖެހިގެން އައި ހަފްތާގައި މިޝްޔާއަށް ލައްވާލީ ނައިޓް ޑިއުޓީއެވެ. މިޝްޔާ ނައިޓް ޑިއުޓީއަށް ދާ ދުވަސްތަކަކީ އިޒްކާން އެންމެ ފޫހިވާ ދުވަސްތަކެކެވެ. ޝަކުވާތައް ވެސް އެހާ ގިނަވާނެއެވެ. ހުސްވަގުތެއް ލިބޭއިރަށް މިޝްޔާ އިޒްކާންއަށް ގުޅާނެއެވެ. ދެމީހުން އެތައް އިރެއް ވަންދެން ވެސް ފޯނުގައި ތިބެދާނެއެވެ. ނަމަވެސް މާދަމާ މުހިންމު މީޓިންގްއެއް އޮތުމުން އިޒްކާންއަށް ޖެހުނީ ތަންކޮޅެއް އަވަހަށް ނިދާށެވެ. ނިދުމުގެ ކުރިން އޭނަ މިޝްޔާއާ އެތަކެއް ވާހަކައެއް ދެއްކިއެވެ. ފޯނު ބޭއްވިއިރު މިޝްޔާ އިނީ ހިނިތުންވެލައިގެންނެވެ. ރޫޚާއަށް […]
”ޔަޝްމް…” އަސަރުން ފުރިގެން ވި އަޑަކުން ނަވްރަސް ގޮވާލިއެވެ. އެއަޑުން ޔަޝްމްގެ ލޯލިތައް ކޮޅަށް ގެނުވިއެވެ. ވަށައިގެން ވި މަންޒަރުތައް ގަނޑުވެގެން ދިޔަ ފަދައެވެ. ބަލަން ހުރެވުނީ ނަވްރަސްގެ ދެލޮލަށެވެ. ނަވްރަސް އޭނައަށް އެއްޗެއް ބުނެދޭން އުޅޭ ކަހަލައެވެ. ޔަޝްމްގެ ހިތުގެ ތެޅުން އިންތިހާއަށް އަވަސް ވެގެން ދިޔައެވެ. އެދެމެދަށް ވެރިވެފައި އޮތް ހިމޭންކަމުގެ ތެރޭން އެއަޑު އިވޭނެ ބާވައެވެ. ނަވްރަސް ފުންނޭވާއެއް ދޫކޮށްލިއެވެ. ދެން ވެސް ފާއިތުވެގެން ދިޔައީ ހިމޭންކަމުގެ ވަގުތުކޮޅެކެވެ. ދުލުގައި ބަސްމޮށުން ތެރިކަމެއް […]
ޔަޝްމްގެ ވާހަކަތައް ހަމަނުޖެހޭކަން ނަވްރަސްއަށް އެނގުނެވެ. ޔަޝްމް ބުނާ ފަދައިން މިޝްޔާއަކީ ޔަޝްމްގެ ގާތް ރަހުމަތްތެރިއެއްނަމަ މިޝްޔާއަށް ދިމާވި ހިތާމަވެރި ހާދިސާ ޔަޝްމްއަށް ނޭގުން އެއީ ހައިރާންވާންޖެހޭ ވަރުގެ ކަމެކެވެ. އޭނައަށް ވަނީ މިޝްޔާގެ މައިންބަފައިންނާ ވެސް ބައްދަލުވެފައެވެ. އެއީ ހިތްހެޔޮ ބައެކެވެ. އެމީހުން ޔަޝްމްއަށް އޮޅުވާލަފާނެ ކަމާމެދު ވެސް ހިތުގައި ޝައްކު އުފެދުނެވެ. ޔަޝްމް އޭނަ ގާތު ދޮގު ހަދަނީ ބާވައެވެ! އޭނައަށް ކަމެއް ސިއްރުކުރަން އުޅެނީ ބާވައެވެ! ނަވްރަސް އެޚިޔާލުތަކާ ދުރުވާން ބޭނުން ވިއެވެ. […]
ވެހެމުން ދިޔަ ވާރެއަށް ބަދަލެއް ނާދެއެވެ. ހުއްޓާލުމެއް ނެތި ވާރޭ ވެހުމުގެ ނަތީޖާއަކަށް ވީ މަގުތަކުގައި ފެން ބޮޑުވުމެވެ. މަންޒިލާ ހަމައަށް ދެވެނީ ބޮޑެތި ފެން އާރުތައް ހުރަސްކޮށްގެންނެވެ. ދޭތެރެއަކުން ވިދާލާއިރު މުޅި ފަޒާ އަލިކޮށްލައެވެ. ރޯޅިތައް ވެސް އޭގެ ހަރުކަށިކަން ދައްކާލަމުން ދިޔައެވެ. ކުޑަތަކަށް ވެސް އެ ގަދަފަދަ ރޯޅިތަކާ ހަނގުރާމަ ކުރެވޭކަމަކަށް ނުވެއެވެ. ކޮލެޖް ނިމުމާއެކު ފުރަތަމަވެސް ޒޯޔާ ގުޅާލީ ނަވްރަސް އަށެވެ. އަދި މި ވިއްސާރާގައި އޭނަ ބަލާނަޔަސް ރަގަޅު ވާނެ ކަމަށް […]
”ނަވްރަސް!…” ޔަޝްމްގެ ދުލަކާ އަމައަށް އެލަފްޒުތަކެއް ނައެވެ. ޔަޝްމް ހުރީ ކުރިއަށް ހިނގައިގަންނަން ނޭގިފައެވެ. މީހާ ވަނީ ގަނޑުވެފައެވެ. މިއީ ހަޤީޤަތެއް ބާވައެވެ؟ ކުރިމަތިން ފެންނަން އެއިނީ ދެވަނަ މީހެއް ނޫނެވެ. އެއީ ޒޯޔާގެ ދޮންބެ އެވެ. ޔަޝްމްއަށް ހިންދިރުވާލެވުނެވެ. އެތަނުން ނުކުމެގެން ދާން ސިކުނޑި ބާރުއެޅިކަމުގައި ވިޔަސް އޭނަގެ ހިތް ބުނަނީ އެހެން އެއްޗެކެވެ. ޔަޝްމްއަށް ނޭވާލާން ހަނދާންވީ ވެސް އިރުކޮޅެއް ފަހުންނެވެ. ފުރަގަހުން ލެއްޕިގެން ދިޔަ ދޮރުން ކޮޓަރިއަށް ވެރިވެފައި އޮތް ހިމޭންކަން މުގުރާލައިފި […]