ފެންއަރުވާ ވަޑާމުގެ ވަށައިގެން ރާނާފައިވާ ތިރި ފާރުމަތީ އިށީންދެލައިގެން އިން އިޒްކާން ފެނި މިޝްޔާގެ ހިތުގެ ތެޅުން ކުރިއަށް ވުރެ ބޮޑަށް ބާރުވެގެން ދިޔައެވެ. އޭނަ ކުރިއަށް އަޅަމުން ދިޔަ ފިޔަވަޅުތަކަށް ވެސް ލަސްކަމެއް އަތުވެއްޖެއެވެ. ލަސްލަހުން ސިޑީގެ ހަރުފަތްތަށް ގިރާކުރަން ފެއްޓިއެވެ. މިޝްޔާ ފެނުމުން އިޒްކާން އޭނަ އިން ތަދުން ތެދުވުނެވެ. އަދި ޖިންސްގެ ޖީބަށް އަތްޖަހާލައިގެން ހުރެ މިޝްޔާ ގާތަށް ދިއުމަށް ހިނގައިގަތެވެ. އިޒްކާންގެ ތުންފަތުގައި ވި ހިނިތުންވުން އިތުރަށް ފުން ވެގެން ދިޔައެވެ. […]
”ހުއް… ތިހާ ވަރަށް މިޝްޔާ ދެކެ ކޮންސާރން ވާ މީހެއްނަމަ ދެވަނަ ކައިވެންޏެއް ނުކުރީހެއްނު!، އެވެސް އެކުއްޖާއަށް އޮޅުވާލައިގެން، އެވަރުން ވެސް މަންމަމެން އިތުބާރު ކުރަނީ މީނައަށް… އެކަމަކު ދަންނާތި، ހަޤީޤަތް ދާއިމަށް ނުފޮރުވޭނެކަން! ދެން ރަގަޅުވާނީ މިތަނުން ދިއައްޔާ…. ކަލޭގެ ފަހަތުގައި ފޮރުވިފައިވާ ޝައިތާނާ އެ ޔަޝްމްއަށް ފެންނާނެ ދުވަހަކަށް އަހަރެން ދުޢާ ކުރާނަން، ކަލެއަށް ދުވަހަކު އުފަލެއް ނުލިބޭނެ ހެން….” ”ދީމް!” ކުއްލިޔަކަށް ޖުވޭރިޔާގެ އަތުގެ ހޫނު އެތިފަހަރެއް ދީމްގެ ކޯތާފަތަށް އެރިއެވެ. އެފަދަ […]
ޔަޝްމް ރީތިވާން ހުއްޓާ އިޒްކާންގެ ފޯން ވައިބްރޭޓް ވާ އަޑު އިވުނެވެ. ފޯނަށް އޭނަގެ ސަމާލުކަން ދެވުނީ ކީއްވެގެން ކަމެއް ނޭގެއެވެ. ލޮލުގެ ހިމަކޮޅުން ސޯފާ ކުރިމަތީ ހުރި ކުޑަ މޭޒަށް ނަޒަރު ހިންގާލެވުނެވެ. ދެފަހަރު ރިންގްވާން ފެއްޓުމުން ފޯނު ނަގަން ވީތޯ އޭނަގެ ހިތާ ސުވާލުކޮށްލެވުނެވެ. ފަހަރެއްގައި މުހިންމު ކޯލަކަށް ވެސް ވެދާނެއެވެ. ޔަޝްމް ލުއި ފިޔަވަޅުތަކެއްގައި ގޮސް ފޯނަށް ޖަވާބު ދޭން އުޅުނު ވަގުތު އޭނަ ހުއްޓުން އެރިއެވެ. ފޯނުގެ ސްކްރީނަށް ބަލަން ހުރެވުނީ […]
ޔަޝްމްއަށް ހޭލެވުނީ އިޒްކާން ނިދީގައި އޮވެ ވާހަކަ ދައްކާހެން ހީވުމުންނެވެ. ބާލީހުން ބޯ ހިއްލާލުމާއެކު އިޒްކާން ނިދީގައި އޮވެ އުނދަގޫތަކެއް ތަހައްމަލް ކުރަމުންދާ ތަން އޭނައަށް ފެނުނެވެ. އެއާއެކު ނިދިފިލައިގެން ދިޔައެވެ. ޔަޝްމް އެނދުން ތެދުވަމުން ގޮސް ސޯފާއާއި އަރާހަމަކޮށްލިއެވެ. ”އިޒްކާން!…” ނިދީގައި އޮވެ ތެޅިފޮޅެމުން ދިޔަ އިޒްކާންއަށް ޔަޝްމް ގޮވާލިއެވެ. އޭނަ ހުރީ ބިރުގެންފައެވެ. އިޒްކާން ލަމުން ގެން ދިޔަ ފުން ނޭވާތަކުން އޭނަގެ ބިރުވެރިކަން ދެގުނައަށް އިތުރުވެގެން ދިޔައެވެ. ޔަޝްމް ދެތިން ފަހަރު ގޮވާލުމުން […]
ބޮޑުކޮޓަރީގައި އިން ބަލްޤީޝްއަށް އެތެރެއަށް ވަދެގެން އައި ޔޫޝައު ފެނި ގޮވާލެވުނެވެ. އޭނަ ހުންނަނީ ޔޫޝައުގެ މިޒާޖަށް އައިސްފައިވާ ކުއްލި ބަދަލުތަކުގެ ސަބަބުން އިންތިހާއަށް ކަންބޮޑުވެފައެވެ. ދީމް އެގެއިން ދިޔަ ފަހުން ޔޫޝައުގެ ސަމާސާ މިޒާޖު ކެނޑި އަބަދު ފެންނަނީ ފިކުރުބޮޑުވެފައި ހުންނަތަނެވެ. ރުންކުރުވެފައެވެ. ޔޫޝައު މާޔޫސްވެ ދެރަވެފައި ހުންނަތަން ދެކެން ބަލްޤީޝްގެ މައިލަގޮނޑިއަށް ކެތެއްނުކުރެވޭނެއެވެ. އިޒްކާންގެ ދިރިއުޅުން ހަމައަކަށް އެޅެން ފެށިއިރު ޔޫޝައު އެދަނީ ހިތާމައިގެ ކަނޑުގައި އަރަގުވަމުންނެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ އޭނައަށް ކުރެވުނު […]
ޖުވޭރިޔާ އިނީ ހިމޭނުންނެވެ. ދީމް ސައި ނިންމާލާފައި ދާން ތެދުވެލުމުން އޭނަ ދީމްއަށް ގޮވާލިއެވެ. ދީމް މަންމައަށް ބަލާލިއެވެ. ފުރަތަމަ ވެސް މަންމަ އޭނަގެ ނިންމުމާމެދު ހިތްހަމަ ނުޖެހޭނެކަން އޭނައަށް އެނގެއެވެ. އަމިއްލަ ދަރިންނަށް ވުރެ މަންމައަށް މުހިންމު ވަނީ ހިލޭ މީހުންނެވެ. ޔަޤީނެވެ. އެއުޅެނީ އޭނަގެ ނިންމުން ބަދަލުކުރުވާށެވެ. ނަމަވެސް އޭނަ އަކީ މަންމަ ހީކުރާހާ ނުވިސްނޭ ކުއްޖެއް ނޫނެވެ. ”ދަރިފުޅުގެ ބައްޕަ ވަނީ އެޕޮއިންޓްމެންޓް ހައްދާފަ، އެއީ ރާއްޖޭގަ މިވަގުތު ހުރި އެންމެ މޮޅު […]
ޔޫޝައު ބުމަ ކައިރިކޮށްލަމުން ސައިކަލުން ފޭބިއެވެ. މުށްކެވިފައިވާ އަތް ޖިސްންގެ ޖީބަށް ކޮށްޕާލަމުން އޭނަ ފުންނޭވާއެއް ދޫކޮށްލިއެވެ. ފަލަކްގެ ދުލުން ބޭރުވި ކޮންމެ ލަފްޒަކުން އޭނަގެ ސިކުނޑި ރުޅިވެރިކަމުން ފިއްސާލައި ފިއެވެ. އެކަން އޭނަގެ ދެލޮލުން ސާފުކޮށް ހާމަކޮށްދެއެވެ. ”އައެމް ސޮރީ ފަލަކްއަށް ގޯސް މެސެޖެއް ދެވިފައިވާނަމަ، އެވަގުތު އެކުރެވުނު ކަންތައް އަހަރެން ރިގްރެކްޓް ކުރަން…. ފަލަކް އަހަންނާ މެދު ތިދެކޭ ނަޒަރުން ދުވަހަކު ވެސް އަހަންނަށް ފަލަކްއާ މެދު ނުދެކެވޭނެ، އެކަން ދުވަހަކު ނުވާނެ، އަހަންނަށް […]
”އަދިވެސް ހުރީތަ؟ އަޑެއް ނީވެނީތަ؟…” ދީމް ބުމަ ކައިރިކޮށްލަމުން ދޮރާ ދިމާއަށް އިޝާރާތް ކޮށްލިއެވެ. ޖުވޭރިޔާ ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. އޭނަ ގޮސް ދީމްގެ އަތުގެ މުލައްދަނޑީގައި ހިފާ އޭނައާ ދިމާއަށް އަނބުރާލިއެވެ. ”މަންމާ…” ދީމް ޖުވޭރިޔާއަށް ބަލާލިއެވެ. އޭނަ ހުރީ ގޮތް ދޫ ކުރާކަހަލަ ގޮތަކަށް ނޫނެވެ. މަންމަ ރުޅި އައިސްފައި ހުއްޓެއްކަމަކު ހުއްޓާލާކަށް އޭނަ ނޫޅުނެވެ. ”ދީމް، ކޮޓަރިއަށް ދޭ!…” ހަރުކަށިކަމާއެކު ޖުވޭރިޔާއަށް ބުނެވުނެވެ. އޭނަ ހުރީ ދީމްގެ ސަބަބުން ވަރަށް ބޮޑަށް […]
”އިޒްކާންއާ ދެކުދިން މައްސަލައެއް ޖެހުނީތަ؟…” ޔަޝްމްގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ޒައުމާއަށްވެސް ކޮށްލެވުނީ ސުވާލެކެވެ. އޭނަ ހުރީ ކަންބޮޑުވެފައެވެ. ކުއްލިޔަކަށް ޔަޝްމް އެމައުޟޫއުއަށް ދާނީ ކޮންމެ ވެސް ކަމެއް ހިނގީމައެވެ. މީގެ ކުރިން ވެސް ޔަޝްމް އޭނައާ އެސުވާލު ކުރިމަތި ކުރުވާފައި ނެތެވެ. އޭނަ އިޒްކާންގެ މާޒީ ކިޔައިދޭން އުޅުމުން ވެސް ޔަޝްމް މުހިންމު ކަމަކަށް ހަދާ ނުލިއެވެ. ”ނޫނޭ، މައްސަލައެއް ނުޖެހޭ، ވީ އާރ ހެޕީ، ދެން އެކަން އެނގެން ބޭނުން ވާތީ މަންމަ […]