”ވިޝޫ…” ކެތްތެރިކަން ކުޑަވެފައި ހުރި ދީމްއަށް ވިޝާއަށް ފޯނު ނުކޮށް ނުހުރެވުނެވެ. އޭނަ ހުރީ ކަން ވީ ގޮތް އޮޅުން ފިލުވަން އިންތިހާއަށް ބޭނުން ވެފައެވެ. ވިޝާ ދިޔައީއްސުރެން ފެށިގެން އެއީ އޭނަގެ ހާލެވެ. އެއްތާކު މަޑުން ހުރެވޭ ކަމަކަށް ނުވެއެވެ. މުޅި މީހާ ވަނީ ހާސްކަމެއްގެ ތެރޭގައެވެ. ހިތަށް ވިސްނައިދޭން ވެސް ދީމް ވަރަށް ބޮޑަށް ބާރު އަޅަމުން ދިޔައެވެ. ނަމަވެސް ބަސްނާހާ ހިތް ވަނީ އޭނަގެ ބާރު ފޯރުވޭ ހިސާބަށް ވުރެ މާ ދުރުގައެވެ. […]
ދެޒުވާނުންނަށް ވެސް ހޮސްޕިޓަލަށް ދެވުނު އިރު މާހައުލު ވަނީ ހަލަބޮލި ވެފައެވެ. އިޒްކާން މެންގެ ފަހަތުން ކަހަލަ ގޮތަކަށް ޔޫސުފްގެ ދެމަފިރިން ވެސް އައެވެ. ބަލްޤީޝްއަށް އެފަދަ ހިތާމަވެރި ހާދިސާއެއް ދިމާވުމުން ނައިސް ޖުވޭރިޔާއަށް ނުހުރެވުނީއެވެ. އަވަސް ފަރުވާދޭ ކޮޓަރިއަށް ދެވުނު އިރު ބޭރުގައި ޔޫޝައުގެ އިތުރުން ރަސަލް ވެސް މަޑުކޮށްލައިގެން ތިއްބެވެ. ރަސަލް ރުޅި ގަދަވެ ޑޮކްޓަރުންނާ ދިމާއަށް ހަޅޭއްލަވާ އަޑު ވެސް އިވެއެވެ. ”ބަލަ މިބުނީނު ބޭރަށް ދިޔުމުގެ ހުއްދަ ދޭށޭ، އަހަރެން ބޭނުމެއް […]
”ޑެމިޓް!…” ސައިކަލު ދުއްވަމުން ދިޔަ ނަވްރަސްއަށް އެންމެ ފަހުން ޖެހުނީ އޭނަގެ ހިތުގެ ގޮވުމަށް އިޖާބަ ދޭށެވެ. ހިމަފޮދު ވާރޭގެ ތެރޭން ސައިކަލުގެ ދުވެލި ބާރުކޮށްލަމުން އޭނަ މިސްރާބު ޖެހީ ކޮލެޖާ ދިމާއަށެވެ. ދުވަސްތަކަށް ފަހު ޔަޝްމް ފެނުނު އިރު މިލައިގެން ގޮސްފައިވާ އެރީތި މޫނާއި ރަތްވެފައިވާ ދެލޮލުން އޭނަގެ ހިތް ރޮއްވާލައިފިއެވެ. އޭނަ ޔަޝްމްއާ ދުރުން އުޅެން މަސައްކަތްކޮށްފިއެވެ. ހިތަށް ވިސްނައިދޭން ވެސް މެއެވެ. ނަމަވެސް ހިތް އެއިން އެއްވެސް ކަމަކަށް އިޖާބައެއް ނުދިނެވެ. މިއަދު […]
މާހުތާބް އާއި ފަލަކް ނުވެސް ކުރާ ކުށެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނެވެ. މަސްތުވާތަކެތި ގެންގުޅުމާއި ބޭނުން ކުރުމުގެ ކުށުގެ ދަށުންނެވެ. ހެއްކަކަށް ގެންދެވުނީ މާހުތާބްގެ ކޮޓަރިން ފެނުނުކަމަށް ބުނި ރަބަރު ޕެކެޓެވެ. ފައިސާއާއި ބާރު ހުރުމުން ބަލްޤީޝް ބޭނުންވި ގޮތަކަށް އެމައްސަލަ ގެންދެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން ވެސް އޭނައަށް އޮތެވެ. މިހާރު ވެސް ކަންތައް ދިޔައީ އޭނަ ބޭނުންވި ފަދައިންނެވެ. ރަސަލް އެކަމަށް ފާޑު ނުކިޔުމުން ހިތަށް ހަމަޖެހުމެއް ވެސް ލިބުނެވެ. ބަލްޤީޝް […]
”ހޫމްމްމް، އެމަންޖެ އައި މީގެ ތިން ހަފްތާ ކުރިން ޓެބްސް ގަންނަން…” ޒުވާނާގެ ޖުމްލައިން ބަލްޤީޝްގެ ނިތަށް ރޫތަކެއް އަރައިގެން ދިޔަ އެވެ. ހިތުގައި ސުވާލުތަކެއް ވެސް އުފެދިގެން ދިޔަ އެވެ. ފަލަކް ޑްރަގްސް ބޭނުން ކުރަނީ ހެއްޔެވެ؟ އެކަން ކުރާތާ ކިހާ ދުވަސް ވެއްޖެ ހެއްޔެވެ؟ ވިސްނާލަމުން ދަނިކޮށް ބަލްޤީޝްގެ ސިކުނޑީގައި ހަނދާނެއް ޓަކި ދިން ފަދައެވެ. އޭނަ ދެން އަވަސް ވެގަތީ މައުލޫމާތު ސާފު ކުރުމަށެވެ. ހިތުގެ ތެޅުން ވެސް ކުއްލިޔަކަށް ބާރު ވެއްޖެއެވެ. […]
ދެހަފްތާ ފަސް…… ކޮޓަރިއަށް ވެރިވެފައި ވަނީ އުށްބައްތި ތަކުގެ ފަނޑު އަލިކަމެވެ. އެނދުގެ އަރިމަތީގައި ހުރި ކަބަޑު މަތީ ބޮޑު ތިން އުށްބައްތި ބަހައްޓާފައި ހުއްޓެވެ. ހަމައެއާއެކު ރީތިވާ މޭޒު މަތީގައި ވެސް މެއެވެ. އުށްތައް ވިރެމުން ދިޔަ އިރު އޭގެ ލުއި މީރު ވަސް ކޮޓަރި ތެރެއަށް ފެތުރިފައި އޮތެވެ. މަސްތުކަމެއް އެކުލެވިގެން ވާ މަހުލެކެވެ. އެމާހައުލަށް އިތުރު ދިރުމެއް ގެނެސް ދެމުން ދިޔައީ ރީތިވާ މޭޒުގެ ގޮނޑީގައި އިށީންދެލައިގެން އިން ފަލަކްގެ ރީތި ކަމުންނެވެ. […]
އިރުއިރުކޮޅާ ހިތަށް ތޫނު ކަށްޓެއް ހެރޭހެން ވެސް ހީވެއެވެ. ޔަޝްމްއަށް މޫނުގައި އަތް އަޅާލެވުނެވެ. އޭނަ ހިތްވަރު ކުރަން ބޭނުން ވިއެވެ. ނަމަވެސް ހިތުގައި އުފެދިގެން ދިޔަ ހައިޖާން ގަނޑު އޮއްބާލެވޭ ގޮތެއް ނުވިއެވެ. އެތަދު ފާއިތުވެގެންދާ ކޮންމެ މިނެޓަކާއެކު ފުންވަމުން ދާ ކަމުގެ އިހުސާސްކުރެވުނެވެ. ހަމައެއާއެކު ހިތުގައި އޮތް އުއްމީދަށް ވެސް ފަނޑުކަން ގެނެސްދީފިއެވެ. ޔަޝްމްއަށް އިންތިޒާރު ކުރެވުނީ ނަވްރަސް އަށެވެ. ނަވްރަސް އޭނަ ބަލާ އަންނާނެ ކަމަށް ހީކުރެވުނެވެ. އޭނައަށް މަލާމާތް ކުރަމުން ދިޔަ […]
ބަލްޤީޝް ރުޅި މޫނެއް ހަދާލައިގެން ހުރެ ނުކުމެގެން ދިޔައެވެ. ޖުވޭރިޔާގެ ލޮލަށް ބޮޑިވެގެން ދިޔަ ކަރުނަތައް އޭގެ މަގާމް ދޫކޮށް ފައިބައިގަތެވެ. ގޭގެ މައިދޮރު ލައްޕާލަމުން އައިސް އޭނައަށް ބޮޑުކޮޓަރީގައި ހުރި ސޯފާ ގޮނޑިއަށް ތިރިވެވުނެވެ. އޭނައަށް މޫނުގައި އަތް އަޅާލެވުނެވެ. ބަލްޤީޝްގެ ޖުމްލަތައް އެހިތަށް ހެރެމުން ދިޔައީ ވިހަގަދަ ކައްޓެއް ފަދައިންނެވެ. އެފަދައިން އެއްވެސް މީހަކު މިޝްޔާއާއި ދިމާއަށް ލަފްޒެއް ވެސް ބުނުމުގެ ހުއްދަ ދޭން އޭނަގެ ޒަމީރު ދެކޮޅު ހެދިއެވެ. ޖުވޭރިޔާ ވިސްނާލިއެވެ. އޭނަ […]
ވަށައިގެން ވަނީ ކަޅު އަނދިރިކަމެވެ. ހިމޭންކަމެވެ. ވައިރޯޅިއެއް ވެސް ޖެހިލާ އަޑެއް ނީވެއެވެ. އިޒްކާން ދެލޯ ހުޅުވައިގެން އެއަނދިރިކަމުގެ ތެރެއަށް ހޭނެން މަސައްކަތް ކުރިއެވެ. ދުރުން އައްޔެއްގެ ވާހެން ވެސް ހީވިއެވެ. އިޒްކާން އަލިކޮޅާއި ދިމާއަށް ހިނގައިގަތެވެ. ހިމޭންކަން ތޮރުފާލަމުން ކުއްލިޔަކަށް އިވެން ފެށީ އަންހެންކުއްޖެއްގެ ހުނުމުގެ އަޑެވެ. ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑު ވެސް އިވެއެވެ. ނަމަވެސް މަންޒަރު ސާފު ވާގޮތެއް ނުވެއެވެ. އިޒްކާންގެ ހިތުގެ ތެޅުން އަވަސް ވާން ފެށީ އިވެމުން ދިޔަ ލޮބުވެތި […]