ޒިވާންއަށް އޭނަގެ ޖުމުލަ ފުރިހަމަ ނުކުރެވުނީ ކުއްލިޔަކަށް ކެއްސަން ފެށުމާއެކުގައެވެ. އެއާއެކު ނިކަން އަވަހަށް މާއީ ޒިވާންގެ މޭމަތިން ބޯހިއްލާލިއެވެ. އޭރު އޭނަގެ މޫނުމަތިން ފެންނަނީ ކަންބޮޑުވުމެވެ. އޭނަ އަވަސްވެގަތީ ނަރުހަކަށް ގޮވުމަށެވެ. ނަމަވެސް އޭގެ ކުރިން ޒިވާން ވަރަށް ބާރަށް މާއީގެ އަތުގައި ހިފަހައްޓާލިއެވެ. ޒިވާންގެ އެހަރަކާތާއެކު މާއީގެ ހިތުގެ ވިންދު އަވަސް ވާން ފެށިއެވެ. ނޭވާ ވެސް ފުން ވެގެން ދިޔަ ހިނދު އޭނަގެ ހިތަށް ބިރުވެރިކަން ސަވާރުވެގެން ދިޔައީ ޒިވާންއަށް ކަމެއް ވާނީއޭ […]
ފަތިހަށް އަލިވިލިގެން އައިއިރު ވެސް ވެހެމުން ދިޔަ ވާރެއަށް އެއްވެސް ބަދަލެއް ނާދެއެވެ. އިހުނަށްވުރެ ވައި ބާރުވެފައިވާއިރު އިރުއިރުކޮޅާ ޖައްވު އަލިކޮށްލާ ވިދުންތަކާ ވިދިގެން އިވިގެންދަނީ ބާރު ގުގުރީގެ އަޑެވެ. ވާރޭގެ ސަބަބުން ތެތްފިނިކަން ސަވާރުވެފައިވާ، އިސްކޮޅުގެ ދިގުމިނުގެ ކުޑަދޮރު ކައިރީގައި މަޑުކޮށްލައިގެން ހުރި މާއީގެ ނަޒަރު ސީދާ ވެފައިވަނީ ބޭރުތެރޭގައި އުފެދިފައި އޮތް ތޫފާނަށެވެ. ހަލަބޮލި ވެފައި އޮތް މާހައުލުގެ ތެރެއަށް ނަފުސު ދޫކޮށްލަން އެދެވުނު ކަމުގައި ވިޔަސް އެކަމެއް އޭނައަކަށް ނުކުރެވުނެވެ. ވިސްނެމުން ދިޔަ […]
މުތާގެ އައު ވާހަކައެއް ކިޔުންތެރިންނަށް https://vfp.mv މެދުވެރިކޮށް މިހާރު ކިޔާލަންލިބޭނެއެވެެ. އުއްމީދަކީ މިވާހަކަ ވެސް ކިޔުންތެރިންނަށް ކަމުދާނެ ކަމަށް، އަދި މުތާގެ ކުރީގެ ވާހަކަތަކަށް ލިބުނު ފަދަ ތަރުހީބެއް މިވާހަކައަށް ވެސް ލިބިގެންދާނެ ކަމަށެވެ.
ޖެހި ބާރުގަދަ ގުގުރީގެ ސަބަބުން ސިހިފައި ހާތިބުއަށް ލޯހުޅުވާލެވުނެވެ. އެހިނދު އޭނައާއި ދިމާއަށް ވަޅި ދިއްކޮށްލައިގެން ހުރި ބަރްކާ ފެނުމާއެކު ކުއްލިއަކަށް ހާތިބު ތެދުވާން އުޅުނެވެ. އަދި ބަރްކާގެ އަތުގައި އޮތް ވަޅި ފޮޅުވާލަން އުޅުނެވެ. ނަމަވެސް ހުޝިޔާރުވެގެން ހުރި ބަރްކާ އޭނަގެ އަތުގައި އޮތް ވަޅި ހާތިބުގެ އަތުގެ މުލައްދަނޑިއަށް ހަރާލިއެވެ. އެއާއެކު ހާތިބުގެ ވޭނީ ހަޅޭކުގެ އަޑު އިވުނެވެ. އެންމެ ސިކުންތެއް ވެސް ނަގާލުނާ ދެވަނަ ހަމަލާ ދޭން ބަރްކާ އަވަސްވެގަތެވެ. އޭނަ ހީކުރިގޮތާއި […]
ހިތްފަޅައިގެންދާ ޖަޒުބާތުތަކާއެކު ރޮމުން ދިޔަ ޝާޢާގެ ކުރިމައްޗަށް ހާތިބު ހުއްޓުނެވެ. ޝާޢާގެ ގިސްލުމާއި ލޮލުން ފައިބަމުންދާ ކަރުނަތަކުން އޭނަގެ އުފާވެރިކަން ދެގުނައަށް އިތުރުވި ކަހަލައެވެ. އޭނަގެ ތުންފަތަށް މަލާމާތުގެ ހިނިތުންވުމެއް ވެރިވިއިރު ކުރެވުނު ކަންތަކާ މެދު އެހިތުގައި ކުޑަމީސް ޖަޒުބާތެއް ނުވާ ކަހަލައެވެ. އެއްވެސް ކުށެއް ނެތް އިންސާނެއްގެ ފުރާނަ ދުއްވާލެވުމުން އެކަމާ މެދު ދެރަ ވެސް ނުވެއެވެ. އެއާ ޚިލާފަށް ޝާޢާއަށް ލިބިފައިވާ ފުން ހިތާމަތަކުން އޭނަގެ ހިތަށް ފިނިކަން ލިބިފައި ވިއެވެ. އޭނަ ޝާޢާގެ […]
ވަގުތު އައިސް ޖެހިއްޖެކަން އެޒުވާނާއަށް ވަގުތުން ނަގައިގަނެވުނެވެ. ހަށިފުރާ ނޭވާއެއް ލުމަށްފަހު ގެނައި އަވަސް ހަރަކާތާއެކު އެޒުވާނާ އޭނަގެ ފުރިހަމަ އިސްކޮޅުގެ މައްޗަށް ތެދުވެލިއެވެ. އަދި ހަށިގަނޑުގައި ހަރުލާފައި ހުރި ވެލިތައް އަވަސްއަވަހަށް ފޮޅާލިއެވެ. އޭރު ލުއި ފިޔަވަޅުތަކެއްގައި އައި މެދު އުމުރުގެ އަންހެންމިހާ އެޒުވާނާއި އަރާހަމަކުރަނީ އެވެ. ”ދަރިފުޅު ވާނީ މިތާނގައިކަން އެނގޭތީވެ މަންމަ މިއައީ… ވަގުތު އައިސް ޖެހިއްޖެކަން އެބައިނގޭ ދޯ؟…” ބަރްކާ އޭނަގެ ފިރިހެންދަރިފުޅުގެ މޫނަށް ބަލާލަމުން ބުނެލިއެވެ. އޭނަގެ ދެލޮލުން ފެންނަމުން […]
ނިދިން ހޭލެވުނު ޝާޢާގެ ނޭވާ އުފުރިގެންދާން ވަނީ ކައިރިވެފައެވެ. މުޅި މީހާ ދަލުން ފެންވެރިފައިވާއިރު އެމޫނުގެ ކުލަވަރު ވެސް ވަނީ ފަނޑުވެފައެވެ. މީހާ ހަމައަކަށް އަޅުވަން އުޅޭ ހާލު ޝާޢާ އެނދުން ތެދެވުނެވެ. އަދި ކޮޓަރީގެ ބޮކިތައް ދިއްލާލަމުން ގޮސް ހުއްޓުނީ ރީތިވާ މޭޒު ކުރިމައްޗަށެވެ. ކަރުގައި އަނިޔާގެ އެއްވެސް ނިޝާނެއް ނުވެއެވެ. އެހެނަސް އަރުތެރޭގައި ރިހުމެއް އުފެދިފައިވާހެން ޝާޢާއަށް އިހުސާސްކުރެވުނެވެ. އިރުކޮޅެއް ވަންދެން މޫނު ބަލާ ލޯގަނޑުން ފެންނަމުން ދިޔަ ސޫރައަށް ބަލަން ޝާޢާ ހުއްޓެވެ. […]
ޖެހިލި ރޯޅިއާއެކު ހަށިގަނޑަށް އިހުސާސްކުރެވުނު އާދަޔާ ޚިލާފު ފިނިކަމުގެ އަސަރާއެކު ސިހިފައި ޝާޢާއަށް ލޯހުޅުވާލެވުނެވެ. އެއާއެކު އޭނަގެ ނިދިފިލައި ދިޔައީ ހިއްސުތަކުގައި އަޅުވާލި އިންޒާރުގެ ރަނގަބީލުންނެވެ. ފަޅިސިކުންތުކޮޅެއްގެ ތެރޭގައި ހިތަށް ހާސްކަމާއި ބިރުވެރިކަން ވެރިވެގެން ދިޔައީ އޭނައާއި ބައްދަލުކުރި މާހައުލުގެ ސަބަބުންނެވެ. ދެލޯބޮޑުކޮށްލަމުން ފަރާތްފަރާތަށް އޭނަ ނަޒަރު ހިންގާލިއެވެ. އޮވެވުނީ ބިންމަތީގައިކަން ވެސް އޭނައަށް ރޭކާލާން ވަގުތު ނެގި އެވެ. އަވަސްވެފައިވި ހިތާއި ކުރުވަމުން ދިޔަ ނޭވާތައް ހަމައަކަށް އަޅުވަން މަސައްކަތްކުރާ ހާލު ފެތުރިފައި އޮތް އަނދިރިކަމަށް […]
Hey guys, mutha ge new story ”ruhey thoa kalaa” sun in kiyaalan libeyne… thakohlheh lahun inform kurevuni thi sorry, hope kuran mutha ge eheniheh vaahaka thakah kiyuntherin dhin fadha tharuheebeh new story ah ves libyne kamah Thank you