ވަގުތު ފާއިތުވަމުން ގޮސް ހަވީރު ހަތަރެއް ޖަހަން ފަސްމިނެޓަށް ވެއްޖެއެވެ. ހަފްލާއަށް ޔަޝްމް ތައްޔާރު ކުރުމުގައި ހަތަރު ބިއުޓީޝަނުން އަވަދިނެތި އުޅެއެވެ. މޭކަޕްކުރަން ވުމުން ވެސް ޔަޝްމްއަށް އެކަން ބޮޑުވިއެވެ. މޫނުގައި ފާޑުފާޑުގެ އެއްޗެހި ހާކައި ނިމުނުއިރު އޭނަގެ ސޫރަވެސް ވަކިކުރަން ޔަޝްމްއަށް އުނދަގޫވިއެވެ. ބުރުގާވެސް އަޅާފައި ހުރީ މުޅިން ތަފާތު ޑިޒައިނަކަށެވެ. ”ކާކުކަން ވެސް ނޭގޭ މިހާރު، ވަރަށް ހަޑި…” ޔަޝްމް ހިތާހިތުން ކިޔާލިއެވެ. އެކުދިންތައް މަސައްކަތާ މެދު ހިތްހަމަ ޖެހިގެން ތިބެ ދިއުމުން ޔަޝްމް […]
ޔަޝްމް ސިޑީގެ ހަރުފަތައް ގިރާކޮށްލަމުން ގޮސް ޓްރެސްއަށް ނިކުމެވެން ހުރި ދޮރުފަތް ހުޅުވާލިއެވެ. އެއާއެކު އޭނަގެ މޫނުގައި ބޮސްދިނީ ފިނިފިނި ރޯޅިތަކެވެ. ބުރުގާ ނަގައި އިސްތަށިގަނޑު މިނިވަންކޮށްލަމުން އޭނަ ގޮސް ހުއްޓުނީ ރެއިލިންގް ކައިރިއަށެވެ. ދަންވަރުގެ ހަމަހިމޭންކަމުގެ ތެރެއަށް މުޅިރަށް ގެނބިފައި ވާއިރު ރޭގަނޑުގެ ފޭރާން މަތީގައި ތަރިތައް ވިދާބަބުޅަމުން ދާ މަންޒަރު ކިތަންމެހާ ވެސް ފުރިހަމައެވެ. ”މީޓިއޯރ ޝަވާރ ނައިޓް” އަކަށް ވާނެކަމަށް ޚަބަރުތަކުން ބުނެފައި ވުމުން ޔަޝްމް ހުރީ ދުނިތަރިއެއް ފެނިދާނެކަމުގެ އުއްމީދުގައެވެ. އޭނަ […]
އިޒްކާން ގޮސް އެނދަށް ވެއްޓިގަތުމާއެކު ތުނިކޮށްކޮށާލެވިފައިވާ އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ. އޭނަގެ މޫނުމަތިން ފާޅުވަނީ މާޔޫސްކަމެވެ. ދެލޮލުގައި ނުފިލާ ރިހުމެއް ވެއެވެ. އޭނަ ދިގު ނޭވާތަކެއް ލަމުން ދިޔައެވެ. އޭނަގެ ދެލޮލުގައި ކަރުނަތައް ވިދަންފެށީ ލޯކުރިމަތިން ސިފަވާން ފެށި މަންޒަރުތަކުންނެވެ. އިޒްކާން ކުއްލިޔަކަށް އެނދުން ތެދުވުނެވެ. އޭނަގެ ކެތްތެރިކަން ކޯޅުންލާ ހިސާބަށް ގޮސްފިއެވެ. އޭނަ ކުރަމުން މިދާ ދިގު އިންތިޒާރަށް ދުވަހަކުވެސް ނިމުމެއް ނެތީ ބާވައެވެ؟ ފާއިތުވެގެންދާ ކޮންމެ ދުވަހަކާއެކު އޭނަގެ ހިތަށް ލިބެމުންދާ ޒަހަމްތައް […]
ހިމޭންކަމުގެ ވަގުތުކޮޅެއް ފާއިތުވެގެން ދިޔައެވެ. ދާދިގާތުން އިޒްކާންގެ މޫނު ފެނުމުން ޔަޝްމްއަށް ބަލަހައްޓައިގެން އޮވެވުނެވެ. ހަމަހޭވެރިކަން ވުމާއެކު ގޮށްޖެހިގެންދިޔަ އިޒްކާންގެ ބުމަ ފެނުމުން ޔަޝްމްއަށް އުނދޯލިން ތެދުވެވުނު ގޮތެއްވެސް ނޭގުނެވެ. އިޒްކާންގެ ހަށިގަނޑުގެ ހޫނުކަމާއި، ހިތުގެ ވިންދު އިހްސާސްކުރެވުމުން ބުނަން ނޭގޭ ގޮތްތަކެއް ވެގެން ދިޔައެވެ. ނަމަވެސް އެއީ ކުޑަ ހިނދުކޮޅަކަށް ދެމިގެން ދިޔަ އިހްސާސްތަކެކެވެ. ފުންނޭވާތަކެއް ދޫކޮށްލަމުން ޔަޝްމް ހަމައަކަށް އެޅެން މަސައްކަތްކުރިއެވެ. ތަނެއްދޮރެއް ބެލުމެއްނެތި އައިސް ކަންތައް ކުރަންޏާ މިފަދަ ކަންތަކާ ކުރިމަތިލާން ޖެހޭނެއެވެ. […]
ފޯނުން ވާހަކަ ދައްކަމުން އައިސް ޔަޝްމް އުނދޯއްޔަށް ވެއްޓިގަތް އިރު ކަންބޮޑުވުމުގެ އަސަރުތައް އެމޫނުމަތިން ފާޅުވަމުން ދިޔައެވެ. އުނދޯލީގައި ހަމަޖެހިލަމުން އޭނަ ފުންނޭވާއެއް ދޫކޮށްލިއެވެ. އެނޭވާއާއެކު އޭނަގެ ސިކުނޑީގެ ނާރުތަކަށް ވާންކުރަމުން ދިޔަ ޚިޔާލުތައް ވެސް ބޭރުކޮށްލަން ބޭނުންވި ކަހަލައެވެ. ”އަޅެ ޔުމް ޒައުމާ ދައްތައާ ވާހަކަ ދައްކަބަލަ، ނުވެސް ދަންނަ މީހަކާ ކައިވެނިކުރަން މަޖުބޫރުކުރާ އިރު ދައްތަ އެންމެ ފަހަރަކުވެސް ޔުމްގެ އުފާތަކާމެދު ވިސްނާނުލަނީތަ؟…” ޔަޝްމް އޭނަގެ އެކުވެރިޔާގެ ވާހަކަތައް އަޑުއަހަން އޮތްކަމުގައި ވިޔަސް […]