ޒީން އާއި އަރައި ހަމަވުމުން ޒިޔަމް އިތުރަށް ހިނިތުންވެލިއެވެ. ” އަހަރެން ޒީންގެ ހަސްބެންޑަށް ހަދައިދޭން ކެރިދާނެތަ” ޒިޔަމް އޭނާގެ އެދުން މިފަހަރު އިއްވާލީ ތަފާތު ބަސްތަކަކުންނެވެ. ޒިޔަމްގެ މޫނަށް ބަލަން ހުރެފައި ޒީން ޒިޔަމްގެ މޭގައި ބޯއަޅައިލީ އެވަގުތު ލޮލުން އޮހެރެމުން ދިޔަ އުފާވެރިކަމުގެ ކަރުނަތައް ވަންހަނާ ކުރާނެ އިތުރު ގޮތެއް ނެތުމުންނެވެ. އަދި މަޑުމަޑުން ބޯ ޖަހައިލީ އާބަސް ބުނުމުގެ ގޮތުންނެވެ. ޒީންގެ އެކުޑަ ހަރަކާތުން ޒިޔަމްއަށް ލިބުނު އުފާ އެތައް ހާސް ގުނައެއް […]
މަސައްކަތަށް ގެބިގެން އިން ޒިޔަމް ސިއްސައިގެން ދިޔައީ މީހަކު ބާރަށް ދޮރުގައި ތަޅައިގަތުމުންނެވެ. ބަލާލިއިރު ސާއިމް އެތެރެއަށް ނުވަދެ ދޮރު ތަންމިނަށް ހުޅުވައިގެން ހުއްޓެވެ. “ކިހިނެތްވީ” ޒިޔަމް އަހާލިއެވެ.ސާއިމް ޖަވާބު ދިނުމުގެ ބަދަލުގައި ޒިޔަމްއާއި ދިމާލަށް އެއްޗެއް އެއްލާލިއެވެ. ޒިޔަމް ހުޝިޔާރު ކަމާއި އެކީ އެހިފިއެވެ. އަދި އެޔަށް ބަލާލިއެވެ. “އަސްލުވެސްތަ” ހައިރާންވެފައި ޒިޔަމް އަހާލިއެވެ. ހިތް އަވަސްވެފައި ވާ ހާލުގައެވެ. “އަވަހަށް ދާން އުޅޭ” ދެބުމަ މައްޗަށް އަރުވާލުމަށްފަހު ސާއިމް ބުނެލީ ހިނިތުންވެލަމުންނެވެ. “އެކަމަކު ކިހިނެތް” […]
ދެތިން މިނިޓަށް ދެމިގެން ދިޔަ އެރިކޯޑިން ނިމެންދެން އެއްމެނަށް ތިބެވުނީ ހުއްޓުން އަރާފައެވެ. ޒީންގެ ލޮލުން އޮހެމުން ދިޔަ ކަރުނަތައް ފިޔަވައި އިތުރު ހަރަކާތެއް ނެތެވެ. ޒިޔަމް މޫނުގައި އަތް އަޅައިގެން ބާރަށް ފިއްތައިގެން އިނެވެ. ސާއިމްއާއި ޒައިނާ ތިބީ އިސްޖަހައިލައިގެންނެވެ. ޝަމްހާގެ މޫނުމަތިން ސީރިއަސްކަން ފެނުނަސް ހިތް ނަށަމުން ދަނީ އޭނާގެ ރޭވުމުގެ އެއްބައި ފުރިހަމަ ކުރެވުނުހެން ހީވުމުންނެވެ. “ޒީން… ކޮންމެހެން މަޖުބޫރުވެގެންނެއްނޫން މިގަޑީ ވާހަކަ ދައްކަންވީ. މީ ހަގީގަތް ކިޔާދޭންވީ ވަގުތު. އަހަރެން ބޭނުމެއްނޫން […]
ޒީން ސިއްސައިގެން ދިޔައީ އަތުގައި އޮތް ފޯނު ރިންގުވާން ފެށުމުންނެވެ. ހިތްތޮޅިލީ ފާރަލާންއޮވެ މީހަކަށް ފަޅާއެރީހެން ހީވަމުންނެވެ. އެކޮޅުން ގުޅަމުން ދިޔައީ ޔުމްނުއެވެ. މިއަދަކީ އެމީހުން ހަނީމޫނަށް ފުރަން އޮތް ދުވަސްކަމުން ފިހާރައަށް ދާން ޔުމްނު ވަނީ އެދިފައެވެ. އެހެންކަމުން ޒީން ފޯނު ނެގިއެވެ. ފޯނު ކަންފަތުގައި ޖަހަމުން ޒީންގެ ލޯ އަމާޒުކޮށްލީ ޒިޔަމްގެ ކެބިންއަށެވެ. އެޔާއި އެކު ފެނުނު މަންޒަރުން އަތުގައި އޮތް ފޯނު ނުވެއްޓުނީ ކިރިއާއެވެ. ދެލޯ ބޮޑުކޮށްލެވުނެވެ. ހިތް ތެޅިގަތެވެ. ޝަމްހާގެ މޫނުގައި […]
ސާއިމް އަދި ޒިޔަމް ކޮފީއަކަށް ރެސްޓޯރެންޓަކަށް ދިޔައީ ކްލިނިކު ޑިޔުޓީ ނިއްމާފައެވެ. އެމީހުންނާއި އެކު ޝާހުވެސް ބައިވެރިވިއެވެ. ޝާހު ބުރަކޮށް އުޅޭތީ ބައްދަލުވެވެނީ މިހެން ދިމާވާ ދެތިން ކޮފީއަކުންނެވެ. “ޒައި އަށް އެކަން ކުރި މީހެއް އެގިއްޖެތަ މިހާރު” ޝާހުކޮށްލި ސުވާލުން ސާއިމްއާއި ޒިޔަމްއަށް އެކަކު އަނެކަކަށް ބަލާލެވުނެވެ. “ތިވާހަކައެއް ނޫނޭ. މީނަ މީހަކާއި އިންނަން މިއުޅެނީ. މަގޭ ކޮއްކޮއާއި” އެއީ ދެމީހުންވެސް މާ ގަޔާވާ މައުޟޫ އަކަށް ނުވާތީ ބަދަލުކޮށްލިއެވެ. “ސެޓުކޮށްލީ ދޯ އެއްމެ ފަހުން..” […]
“ލައްބަ” ދެލޯ މަރާލަމުން ޒިޔަމް ބައްޕަގެ ބަސް ގަބޫލުކުރީ ކިރިއާ އަޑު އިވޭ ވަރަށެވެ. އެހިތުގެ ވިންދު މިހާރު ވަނީ އަވަސްވެފައެވެ. ސިޓިން ރޫމް ހަމަހިމޭންވެފައި ވަނީ ޝާހިދުގެ ވާހަކައަށެވެ. ޒީންއާއި ޒިޔަމްއަށް އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބި އިންއިރު އެތައް ވާހަކަތަކެއް އެބަލުމުން ކިޔާދެމުން ދިޔައެވެ. ޒީން އާއި ސާއިމްވެސް އިނީ އެއީ ކޮން ކުއްޖެއްކަން އެގެން ނުލާހިކު ބޭނުންވެފައެވެ. ޝަމްހާ ހަމަޖެހޭކަން މޫނުމަތިން ދެއްކިއަސް ހިތްވަނީ އަވަސްވެފައެވެ. އެހަމަޖެހުމުން އެ ކުއްޖާއަކީ ޝަމްހާ ކަން […]
ތިބާ އަނެކާގެ ހަނދާނުގައި ހޭދަކުރާ ވަގުތަކީ އަނެކާވެސް ތިބާގެ ހަނދާނުގައި ހޭދަކުރާ ވަގުތެއްކަން ޒިޔަމް އާއި ޒީން މިހާރު އެދަނީ ސާބިތުކޮށްދެމުންނެވެ، ޒީންގެ ހިޔާލީ އޮއިވަރުގައި ޖެހި ޒިޔަމް އެދަނީ ސާހިލްއާއި ހިސާބަށް ދެވޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތިއެވެ. ނަސީބުގައި ނެތް ލޮތްބަކަށް ހިތް އެދި އާދޭސް ކުރަމުން ކުރަމުން ދަނީއެވެ. އެހިތުގައި ދެވަން އެހެން ނަމެއް ލިޔެވޭނެ ޖާގައެއް ނެތެވެ. ލޮލަށް ނިދިނައިސްގެން ދެފަރާތަށް ފުރޮޅި ފުރޮޅި ޒިޔަމް އޮތެވެ. ލޯމެރޭ ހިދު ސިފަވެގެން […]
DEAR READERS..ALHUGADU 12TH PART TYPE KURAN VARAH TRY KOFFIN.. BUT EGGOTHAKASVES LIYEVEY GOTHEH NUVI ..DHIVEHINVES,,ENGLISH inves LETINUNVES.. HAMA EH LETTER LIYEFA ANEH LETTER LIYAA IRAH WRITTEN LETTER CHANGE VANY..SO EVAAHAKA VARAH HITHAAMA AAI EKU ENMEHAA KIYUNTHERINNAA HISSAA KOLLAN. Mi vaahaka vany admin aa ves hissaa kurevifai .. so masssala halluveehaa avahakah vaahakaige kuriah huri part […]
ޒައިނާ ނިދަން ދިޔައިރުވެސް ޒިޔަމްއަށް ވިސްނެމުން ދިޔައީ އެކަހަލަ ކަމެއް ކޮށްފާނެ މީހަކާއި މެދުގައެވެ. އެހެންކަމުން ސިޓިން ރޫމުގައި އޮތް ޒައިނާގެ ދަބަސް ހާވާލީ ޖަވާބު ލިބޭނެ ކަމުގެ އުއްމީދުގައެވެ. ޒައިނާގެ ފޯނުގެ ޕިން ކޯޑު ޒިޔަމްއަށް އެނގޭތީ އެއްމެ ފުރަތަމަވެސް ބަލަން ފެއްޓީ ފޯނެވެ. ޒައިނާ ހަމަ ހުރެފައި އެކަހަލަ ތާކަށް ނުދާނެކަން އެނގޭތީއެވެ. ކޯލް ލޮގު ބަލާލިއިރު އެއްމެ ފަހުން ގުޅާފައި އިނީ ސޭވްނުކޮށް އިން ނަންބަރަކަށެވެ. ދެފަހަރު ގުޅާފައި އޮތަސް އެކޮޅުން ފޯނު […]