އިޝާގެ މޫނު މަތިވަނީ މިލާފައެވެ. މަސައްކަތްކުރާނެ ޝައުގެއް ނެތި ކޮންޕިއުޓަރުގެ ސްކްރީނަށް ގެއްލިފައި އިންނަތާ މިހާރު އެތައް އިރެކެވެ. އިޝާގެ އުޅުން މި ވޭތުވެދިޔަ ހަފްތާއެއް ތެރޭ ބަދަލްވެއްޖެކަން އަރޫޝާއަށް ފާހަގަވިއެވެ. އަބަދުވެސް މަޑުމައިތިރި ކަމަށް ލޯބިކުރާ އިޝާ މިހާރު މާބޮޑަށް އެންމެނާއި އެކަހެރިކަން ފާހަގަވިއެވެ. ވަޒީފާ ދެކެ ނުލާހިކު ޝައުގު ހުންނަ އިޝާގެ މޭޒުމަތި ވަނީ ފައިލްތަކާއި ގަނޑުތަކުން ފުރާލެވިފައެވެ. ފަޒުނާގެ ހާލު ބަލާލަން އެގެއަށް ނުދާތާ ގުޅީ އެންމެ ފަހަރަކުއެވެ. “ހާދަ ބޮޑު ފިކުރެއްގަ” […]
އާމިދުގެ ރުޅިވެރިކަމުގެ ހުޅުގަނޑުން ފަޒުނާގެ ހިތް ދިޔައީ ބިރުން ރޫރޫ އަޅަމުންނެވެ. އެމޫނު މަތިން ފެންނަމުން ދިޔަ ވިހަ ހިނިތުންވުމުން ފަޒުނާގެ ހިތް ދިޔައީ ކުދިކުދިވަމުންނެވެ. އާމިދުގެ މި ނުލަފާކަމުން ސަލާމަތްވުމަށް ސިކުނޑި ދިޔައީ ގޮތެއް ހޯދަމުންނެވެ. ހާސްކަމާއި ބިރުވެރިކަމުގެ ތެރޭގައެވެ. އާމިދު ފަޒުނާއާއި ކާއިރިވުމަށްފަހު އޭނާގެ މޫނުގައި އަތް މަޑުމަޑުން ބީހިލިއެވެ. މި ވިހަ ބީހުލިމުން ފަޒުނާގެ މުޅި ހަށިގަނޑު ބިރުން ތެޅިގަތެވެ. އަދި އަވަސް އަވަހަށް އާމިދުގެ އަތުގައި ބާރަށް ހިފައި ދުރަށްލެވުނެވެ. ފަޒުނާގެ […]
ގަދަ ނިންޖަކުން ނިދިފައި އޮތް އިޝާއަށް ހޭލެވުނީ ފޯނުގެ ރިންގްގެ އަޑަށެވެ. ކަންނެތް ގޮތަކަށް ލޯހުޅުވައިލައި ގުޅަނީ ކާކުތޯ ބަލާލިއެވެ. “އޭޝް”ގެ ނަން ސްކުރީނުން ފެނުމާއެކު މުޅި މީހާގެ ގައިން ނިދިފިލައިފިއެވެ. މޫނު މައްޗަށް ހިނިތުންވުން ގެނެސްދީ ހިތުގެ ތެޅުން އަވަސްކުރުވައިފިއެވެ. “އިޝާ ، ގުޑް މޯނިން. ނިދިފަ އޮތްވާ ދޯ އުދަނގޫ މިކޮށްލެވުނީ. އޭޝް ތިރީގަ މިހިރީ. އާދޭބަ ރެޑީވެގެން” އިޝާގެ ހަލޯއަށްފަހު އޭޝް ބުނެލިއެވެ. “ކިހިނެތްވީ ރޭގަ.” ރޭގަ ވީ ކަންތަކުގެ ހަނދާން އިޝާގެ […]
“މަންމާ…”އޭ ކިޔައި ބާރަށް ގޮވުން ފިޔަވައި އިޝާއަށް އިތުރުކަމެއް ނުކުރެވުނެވެ. ކާރު ކޮންޓްރޯލުން ނެއްޓި އިޝާގައިގައި ޖެހުމާއި އެކު އޭނާގެ ހަބަރު ހުސްވެ ބިންމައްޗަށް ވެއްޓުނެވެ. ކާރުގައި އިން ޑްރައިވަރު ކާރުން ފައިބާ އިޝާއަށް ވީގޮތް ބެލުމަށް އަވަސްވެގަތެވެ. ވަގުތަކީ މަޣްރިބް ނަމާދަށް ބަންގި ދެމުންދިޔަ ވަގުތު ކަމުން އެހެން މީހެއްގެ ހިލަމެތް މަގުން ފެންނާކަތްނެތެވެ. ބާރު ހިނގުމެއްގައި ގައި އައިސް މޫނުވަތަށް ވެއްޓިފައިއޮތް އިޝާގެ ކޮނޑުގައި ޑްރައިވަރު ހިފާލިއެވެ. އޭރު އޭނާގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރު […]
ބޯކޮށް ވެހެމުން ދިޔަ ވާރޭ ތުނިކޮށްލަމުން ގޮސް އެއްކޮށް ހުއްޓާލާފިއެވެ. މުޅި ޖައްވަށް ތާޒާކަން ގެނެސްދީފިއެވެ. ނަމަވެސް އިޝާގެ މޫނުމަތި ވަނީ މިލާފައެވެ. އެއްގަޑިއިރާއި މިނެޓްތައް ފާއިތުވެއެދަނީ އޭޝްގެ އިންތިޒާރުގައި އިދެއެވެ. ގުޅާ ކޮންމެ ފަހަރު ފޯން ބިޒީކޮށްލަނީއެވެ. “ސޮރީ، ބިޒީ” ގެ މެސެޖަކަށް ފަހު ދެން ގުޅާލި އިރު ފޯން ނިއްވާލާފައި އޮތުމުން އެކަމާ މާބޮޑަށް ދެރަވިއެވެ. އިޝާގެ މޫޑް ރަގަޅުކުރަން ފަޒޫއާއި އަރޫ މަސައްކަތް ކުރިނަމަވެސް އޭނގެން އެއްވެސް އަސަރެއް އިޝާގެ ހިތަކަށް ނުކުރެއެވެ. […]
“އޭން! ކޮންކަމަކާ ތި ހެވެނީ މާވަރަކަށް؟!!” ފަހަތުން އައިސް އިޝާގެ ފޯނަށް ބަލާލަމުން އަރޫ އަހާލިއެވެ.”އެއީ މީހެއްނޫން” ސިއްސައިގެންގޮސް އިޝާއަށްބުނެލެވުނެވެ. “މީހެއްނޫނޭ؟؟….ބަަލަ ކާކުތަ ބުނީ މީހެކޭ..ގައިމު މަށެއް ނުބުނަން” ދެބުމަ ކޮޅަށްޖަހަިލަމުން އަރޫ ބުނެލިއެވެ. އަރޫ އެހެން ބުނުމާއެކު އިޝާއަށް ލޯމަރާލެވުނީ ދެވުނު ޖަވާބާއި މެދު ވިސްނާލެވުމުންނެވެ. “ދެން ބުނޭ ކާކުކަން” އިޝާގެ ފޯން ޖަހައިގަންނަން މަސައްކަތް ކުރަމުން އަރޫ ބުނެލިއެވެ. ނަމަވެސް އިޝާގެ ހުޝިޔާރުކަން މާ ވަރުގަދައެވެ. އަރޫގެ ކޮންމެ ސުވާލަކަށް އިޝާގެ ޖަވާބަކަށްވީ ފަހުން […]