Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ވާށެ އޯގާ ހިތާ 13

maroon Level 810 Stories100 Comments500 Comments100 Login1K Comments100 Stories
July 6, 2017 10 Mins Read
77 Comments

ތިބާ އަނެކާގެ ހަނދާނުގައި ހޭދަކުރާ ވަގުތަކީ އަނެކާވެސް ތިބާގެ ހަނދާނުގައި ހޭދަކުރާ ވަގުތެއްކަން ޒިޔަމް އާއި ޒީން މިހާރު އެދަނީ ސާބިތުކޮށްދެމުންނެވެ، ޒީންގެ ހިޔާލީ އޮއިވަރުގައި ޖެހި ޒިޔަމް އެދަނީ ސާހިލްއާއި ހިސާބަށް ދެވޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތިއެވެ. ނަސީބުގައި ނެތް ލޮތްބަކަށް ހިތް އެދި އާދޭސް ކުރަމުން ކުރަމުން ދަނީއެވެ. އެހިތުގައި ދެވަން އެހެން ނަމެއް ލިޔެވޭނެ ޖާގައެއް ނެތެވެ. ލޮލަށް ނިދިނައިސްގެން ދެފަރާތަށް ފުރޮޅި ފުރޮޅި ޒިޔަމް އޮތެވެ. ލޯމެރޭ ހިދު ސިފަވެގެން އެދަނީ އެ ތަސްވީރެވެ. ލޯ ހުޅުވާލާއިރު ކައިރީގައި ނެތުމުން ހިތުގައި ރިއްސާލައެވެ.

ޒީންގެ ހާލަކީވެސް މިއީއެވެ. ޒިޔަމް އަށް ޒީންގެ ހަދާނުގައި ކެވެލި ކޮޅެއް އޮތް އިރު ޒީންގެ އަތުތެރޭގައި އެއޮތީ ޒިޔަމް ދިން ހުދުކުލައިގެ ރުމާލެވެ. ޒިޔަމް ފަދައިން ޒީންއަށްވެސް އިހްސާސް ކުރެވެމުން ދަނީ މިއީ ކުށެއް ކަމެވެ. އެކަމަކު ދެމީހުންގެ ސަބަބު ހާސްބައި ތަފާތެވެ. ޒީން ބިރުގަންނަނީ ނަފުރަތުގެ މައްޗަށް ލޯބި ގަދަވެދާނެތީއެވެ. ހަ އަހަރުގެ ރުޅިވެރިކަން ލޯތްބަށް ބަދަލު ވެދާނެތީއެވެ.

އެރޭ ފާއިތުވެގެން ދިޔައީ އެގޮތަށެވެ. އޭގެ އަނެއް ދުވަހަށް އިރުގެ އަލިކަން ދުނިޔެ މައްޗަށް ވެރިވެގެން އައީ ޒީން އާއަޒުމެއް ކަނޑައަޅައިގެންނެވެ. ޒިޔަމްގެ ހުރިހާ ހަނދާނެއް ހިތުން ފޮހެލުމަށެވެ. ބައްޕަ މާދަމާ މާލެ އަންނާތީ ޑޮކްޓަރުގެ އެޕޮއިންޓުމެންޓު ހެދުމާއި ބައްޕައަށް ބޭނުންވާ އެހެން ކަންތައް ކޮށްދިނުމާއިގެން ޒީން ދުވަސް ފެއްޓިއެވެ.

ސާއިމް ބައްޕަ ފަރާތުން ލިބުނި ސިޓީ ތަކުރާރުކޮށް ކިޔާލައި ނިއްމަނީ ފުން އަސަރުތަކެއް ކުރުވަމުންނެވެ. މައިންބަފައިން ފުރަތަމަ ފަހަރަށް ދެކި ލުމަށް ހިތްވަނީ އަވަސްވެފައެވެ. ނަމަވެސް ޑޮކްޓަރަކަށް ވުމާއި އެކު އެހެން ކުއްލިއަކަށް ޗުއްޓީ ނަގައިގެން ދިޔުމަކީ ދަތިކަމެކެވެ. ސާއިމްއަށް ޗުއްޓީއެއް ލިބެން އޮތީ އަދި ތިން ދުވަސް ފަހުންނެވެ. އެހެންކަމުން ކެތްތެރިވުން ނޫން ގޮތެއް ނެތެވެ.

ޒީން އަށް ހޮސްޕިޓަލުން އެޕޮއިންޓުމެންޓު ލިބެން އޮތަސް ކުލިނިކަށް ދާން ނިއްމީ ސާއިމް އަށް ފަސޭހައިން ދެއްކޭނެ ގޮތް އޮތުމުންނެވެ. ބައްޕަގެ ބަލިހާލަތަށް ބަލައި ސާއިމްއަކީ އެކަމަށް އެއްމެ އެކަށޭނެ ޑޮކްޓަރުކަން ޒީންއަށް ވިސްނުނެވެ. އެހެންކަމުން ބައްޕަ އައުމުން ސީދާ ސާއިމްއަށް ދައްކާލެވޭނެ ގޮތް ސާއިމްއާއި ގުޅައިގެން ހެދިއެވެ.

ޒީން އޮފީހުން ވަކިވުމާއި ގުޅިގެން ޝަމްހާއަށް ހަމަޖެހުމެއް ލިބުނެވެ. ޝަމްހާ ހީކުރީ އޭނާގެ ދަލުގައި ޒީން ޖެހުނީ ކަމަށެވެ. ޒިޔަމް އޮޅުވާލައިފައިވާ ހަގީގަތް އެގުމުން ޒީން ކަނޑާލީކަމަށެވެ. މިއީ ޝަމްހާގެ މަގުސަދާއި ހަމަޔަށް ވާސިލްވުމަށް އެޅީ ފުރަތަމަ ފިޔަވަޅެވެ.  ޒިޔަމް އޭނާގެ ހައްގަކަށް ހަދައިފައި ނޫނީ ދޫދޭކަށް ބޭނުމެއް ނޫނެވެ. އެހެންކަމުން ޝާހިދު ކައިރީ ބުނެގެން ޒީން ކުރިން ހުރި މަގާމް އޭނާއަށް ލިބޭނެ ގޮތްހަމަޖެއްސިއެވެ.

“ހަލޯ ޒިޔަމް” ފަރި ހިގުމެއްގައި އައިސް ޝަމްހާ ޒިޔަމްގެ ޑެސްކު ކައިރިއަށް ހުއްޓިލިއެވެ. ޝަމްހާ ދެކެ އައިސްފައިވާ ރުޅިއެއްގެ ސަބަބުން ޒިޔަމް އިސްއުފުލައި ނުބެލިއެވެ.

“ކިހިނެތްވީ” މަސައްކަތަށް ގެބިގެން އިންކަމަށް ހަދައިގެން ޒިޔަމް އަހައިލިއެވެ.

“ތޭންކްސް ޖޮބް ދިނީމަ. ދެން މާބޮޑަށް ޒީންއާއި ހެދި ނޫޅޭ. އެއްމެ ފުރަތަމަ ދުވަހުވެސް ބުނީމެއްނު ޒީން އަށް ފަރުވާ ދިނުމަށްވުރެ ނުދިނުންވެސް މާރަގަޅުވާނޭ. އެއްމެ ފަހުން ބަލާބަ ޒައިކޮށްއަށް ހަދާލި ގޮތް” ޝަމްހާގެ ކޮންމެ ބަހަކާއި އެކީ ޒިޔަމްގެ ރުޅިގަނޑު ދިޔައީ ގަދަވަމުންނެވެ. އެއްމެފަހުން ކެތްނުކުރެވިގެން ދާން ހިގައިގަތެވެ.

“ޒިޔަމް” ޝަމްހާ ޒިޔަމްގެ ކުރިމައްޗަށް އަރައި ދެކޮނޑޫގައި ހިފާލިއެވެ.

“ޒީން ދެކެ ތިއަންނަނީ ބޭކާރު ރުޅިއެކޭ. އޭނައާއި ދޭތެރޭ ތިހާވަރަށް ނުވިސްނަބަލަ.”ހަމްދަރުދީވާކަމަށް ހަދައިލައިގެން ޝަމްހާ ވާހަކަ ދެއްކިއެވެ. އައި ރުޅި ކޮންޓުރޯލުން ނައްޓައި ޒިޔަމް ޝަމްހާގެ އަތް ފޮޅުވާލިއެވެ. އެޔާއި އެކު އަރައިގެން ހުރީ އުސް ފައިވާނަކަށް ވުމުން ޝަމްހާ ނުވެއްޓުނީ ކިރިއާއެވެ. ޒިޔަމް އެކަމަށް އަޅާއިނުލައި އެތަނުން ދިޔައެވެ. ފަހަތް ބަލާލުމެއްނެތި ޒިޔަމް ދިޔުމުން ޝަމްހާ ދެބުމަ ގޮށްޖަހާލިއެވެ.

ޒިޔަމް ސާއިމްގެ ކޮޓަރީގެ ބޭރުގައި ބައްޕަޔާއި އެކު އިނެވެ. ވެއިޓިންގައި ބައިވަރު މީހުން ތިބި ނަމަވެސް ސާއިމްވަނީ ޒީން އައުމުން ވަގުތުން ދައްކާލެވޭނެ ގޮތް ހަދައިދީފައެވެ. މިހާރު މަޑުކޮށްގެން އެތިބީ ސާއިމްގެ ކޮޓަރީގައި މިވަގުތު އިން ބަލިމީހާ ނިމޭނެ އިރަކަށެވެ. ޒީން ނުތަނަވަސްވަމުން ދަނީ މިތަނުން ޒިޔަމްއަށް ފެނިދާނެތީއެވެ. މޫނުގެ އެއްފަރާތުގައި ފައލް ބާއްވައިގެން އިނީ ޒިޔަމްއަށް ފެންނާނެ ކަމުގެ ފުރުސަތު ކުޑަވާނެތީއެވެ.

ވަގުތަކީ އޮފީހުގައި އުޅުމަށްފަހު ޒިޔަމް ސައިބޯން ގެޔަށް ދާން އުޅުނު ވަގުތެވެ. އަށްވަނަ ބުރިން ސިދާ ތިރިއަށް ދެވެން ލިފުޓެއް ހުއްޓަސް ފުރަތަމަ ބުރިއަށް އައީ އޭނާގެ ކޮޓަރީގައި އޮތް ފައިލެއް ބަލައެވެ. ޒިޔަމް ކޮޓަރިއާއި ދިމާލަށް އައި ވަގުތު ލޮލުގައި އަޅައިގަތީ ޒީންއެވެ. މޫނުމަތީ ފައިލެއް ބާއްވައިގެން އިނަސް ޒިޔަމްއަށް މިހާރު ޒީން ފާހަގަ ކުރަން އެގޭހާ ވަރަށް އެތަސްވީރު ހިތުގައި ފެވިއްޖެއެވެ. މަޑު ހިގުމެއްގައި އައިސް ޒިޔަމް ޒީން ކައިރިއަށް ހުއްޓިލިއެވެ. މީހެއްގެ ހިލަމެއް ވީހެން ޒީން ފައިލް ނަގައި ބަލާލިއިރު ކުރިމަތީ ހުރި ޒިޔަމް ފެނި ލޯ ކުޑަކޮށްލެވުނެވެ.

 

“މިތާ ކީއްކުރަނީ” ޒިޔަމް ސުވާލުކޮށްލިއެވެ.

“ބައްޕަ ދައްކަން ވެގެން” ފޫހި ރާގަކަށް ޒީން އެހެން ބުނެލީ ޒިޔަމް ދާނެ ކަމުގެ އުއްމީދުގައެވެ.

“ބައްޕައަށް ކިހިނެތްވީ” ޒިޔަމް އަހައިލީ ޝައުގާއި އެކީގައެވެ.

“ޒިޔަމްއަށް ކޮންކަމެއް” ޒީން މޫނު އަބުރާލިއެވެ.

ބައްޕައަށް ކިހިނެތްވީ” ޒިޔަމް އޭނާގެ ސުވާލު ތަކުރާރުކޮށްލިއެވެ.

“ދަރިފުޅާ މީ ކޮން ކުއްޖެއް” ޒިޔަމް ފެނިގެން ފަރުހާދު އަހައިލީ އޭނާގެ ދަރިފުޅަކީ އުމުރުން 24 އަހަރު ފާއިތުވެގެން ދާއިރު ފިރިހެން ކުއްޖަކާއި އެގޮތަށް ވާހަކަ ދައްކާ ކުއްޖަކަށް ނުވުމުންނެވެ.

“ނޭނގެ އަޅުގަނޑަކަށް” ޒީން ބުނެލީ ރުންކުރު ގޮތަކަށެވެ.

“އަޅުގަނޑަކީ ޑރ.ޒިޔަމް ޝާހިދު. އަޅުގަނޑަކީ ޒީންގެ ޑޮކް..”ޒިޔަމް އަށް ބުނެވުނީ އެހާ ވަރަށެވެ. ދެން ފެނިގެން ދިޔައީ ޒީން ޒިޔަމްގެ އަތުގައި ހިފައިގެން އޭނާގެ ކޮޓަރިއަށް ގެންދިޔަތަނެވެ. މަންޒަރު ބަލަން ހުރި ފަރުހާދަށް ހެވިފައި ހުއްޓަސް ހުރީ ވާނުވާގައެވެ.

“ކިހިނެތް ވެގެންތަ ތި އުޅެނީ”  ކޮޓަރީގެ ދޮރު ލައްޕާލުމަށްފަހު ޒީން ހަޅޭތްލަވައިގަތެވެ.

“ކަމެއް ވެގެންތަ މިއުޅެނީ. އަހަރެން އެހިހާވެސް އެއްޗަކީ ޒީންގެ ބައްޕައަށް ކިހިނެތް ވީހޭ..އެއީ ޖަވާބު ނުދެވޭ ވަރުގެ ސުވާލެއްތަ” ސީރިއަސް ރާގަކަށް ޒިޔަމް ބުނެލިއެވެ.

“ޒިޔަމް ނުޖެހޭނެ އަހަރެންގެ އެއްވެސް ކަމަކާއި ބެހޭކަށް. އެވަރިހަމަ އަހަރެންގެ އާއިލާއަށް ވިޔަސް. ބައްޕަ އާއި ވާހަކަ ދައްކައިގެން ނުވާނެ. އަޑު އިވިއްޖެތަ”  ޝަހާދަށް އިގިލި ޒިޔަމްއާއި ދިމާލަށް ދިއްކޮށްލަމުން ޒީން ބުނެލިއެވެ. މިވަގުތު ޒީން ބިރުގަންނަނީ ބައްޕައަށް އޭނާއަށް އިވޭ އަޑުތަކުގެ ހަގީގަތް އެގިދާނެތީއެވެ.

ޒިޔަމް ޒީން އާއި ދިމާލަށް އައިސް ކައިރީގައި ހުއްޓިލިއެވެ.

” އެއްމެ ޝަރުތަކާއި އެކީ” ލުއި ހިނިތުންވުމަކާއި އެކީ ޒިޔަމް ބުނެލިއެވެ. އެއީ ކޮން ޝަރުތެއްތޯ ޒީން އަވަސް އަވަހަށް އަހާލިއެވެ.

“ޒީން އަހަރެންނާއި ވާހަކަ ދައްކާ. އޭރުން ޒީންގެ ބައްޕަ ފެންނަ ހިސާބަށްވެސް ނުދާނަން.. އޯކޭތަ” ޒީން ލެގިލައިގެން ހުރި ފާރުގައި އަތް ވިއްދާލަމުން ޒިޔަމް ބުނެލިއެވެ. ޒިޔަމްގެ އެޝަރުތާއި އެކީ ޒީން އިސްޖަހައިލިއެވެ. ޒިޔަމް ޒީންގެ ދަތްދޮޅީގައި ހިފައި އިސްއުފުލާލަ ދިނެވެ. އަދި ޒީންގެ މޫނަށް ބަލަހައްޓައިގެން ހުރެ އެޝަރުތު ތަކުރާރުކޮށްލިއެވެ. ޒީން ފުން ނޭވާއެއް ދޫކޮށްލިއެވެ.

“ޒިޔަމް ބޭނުމީ ކޮން ވާހަކައެއް ދައްކަން” ރުޅިވެރިކަން ކޮންޓުރޯލްކޮށް ޒީން އަހައިލިއެވެ.

“ޒީން.. ދުވަހަކުވެސް އަހަރެންގެ ވާޙަކަ ހުސްނުވާނެ. ޒީންއާއި ވާހަކަ ދައްކައިގެން ދުވަހަކުވެސް ފޫއްސެއް ނުވާނެ. ބައިވަރު ވާހަކަ އެބަހުރި.. އެއްމެ ފުރަތަމަ ބުނެދީބަލަ އަހަންނަށް ޒީން ދެކެ ލޯބިވުން ހައްގަކަށް ނުވާ ސަބަބު” އެއީ ޒިޔަމްގެ އެއްމެ ބޮޑޫ ޝަކުވާވެސްމެއެވެ.

“ޒިޔަމް.. އެއްވެސް މީހެއް އެމީހެއް ލޯބިވާ މީޙަކަށް ތަދުކުރާނެތަ. ފޫނުބެއްދޭ އަދަވަޅަކަށް ވައްޓާލާނެތަ.. ޒިޔަމް ޒީން ދެކެ ލޯބިވާ ވާޙަކަ ތިބުނަނީ. އެކަމަކު ޒިޔަމް..ކީއްވެ ޒީން ދެކެ ތިހާ ލޯބިވަންޏާ އެހެން ހެދީ” ދުރަށް ބަލަމުން ޒީން ވާހަކަ ދެއްކިއެވެ. ޒީންގެ ފެންކަޅިވެފައިވާ ދެލޯ ޒިޔަމްއަށް ފެނުނެވެ.

“ޒީން އަހަރެން ގަސްދުގައެއް ނޫނޭ.. އަހަރެންނަށް އެގިގެން އެކަހަލަ އެއްވެސް ކަމެއް ނުކުރާނަން. ޒީން ގަބޫލުކުރިއަސް ނުކުރިއަސް މިހިތަށް ކުޅަދާނެއެއްނޫން ޒީންއަށް އެއްވެސް ގޮތަކުން ދެރައެއް ލިބުން. އަހަރެން އަމިއްލަ ނަފުސު ކުށްވެރިކުރަން އެހެން ހެދުނީތީ.. ޒީން.. އަހަރެން ކޮންކަމެއް ކޮށްދޭންވީ އަހަރެން މިވާ ލޯބި ޒީންއަށް ސާބިތުކޮށްދޭން. ޒީން ބުނޭ ކޮންމެ ކަމެއް ވިޔަސް. ޒިޔަމް މިހިރީ އެކަމެއް ކުރަން ތައްޔާރަށް” ޒީންގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން ޒިޔަމް ވާހަކަ ދެއްކިއެވެ. ދެމީހުންގެ ނަޒަރު ސީދާ ކުރަމުންނެވެ.

“ޒީން ދެކެ ތިހާ ލޯބިވަންޏާ ޒިޔަމްއަށް ކޮށްދެވެން އޮތީ އެއްމެ ކަމެއް. އެއީ ޒީންއާއި ދުރުގަ ހުރުން. ޒީން ފެންނަ ހިސާބަށްވެސް ނާދޭ.. ޒީން ބޭނުމެއްނޫން ދުނިޔޭގަ ހުރިހާ ދުވަހަކު ޒިޔަމްގެ ހިޔަނިވެސް ޒީންގެ ހަޔާތަށް އެޅެން. ޒިޔަމްއަށް އެކަން ވާނެތަ”  ޒީން ކޮށްލި ޝަރުތާއި އެކު ޒިޔަމްގެ ހިތް ކުދި ކުދިވެގެން ދިޔައެވެ، އަތުން ދޫވެގެން ދިޔައިރުވެސް ބަލަހައްޓައިގެން ހުރެވުނީއެވެ. ޒީން ދިޔުމާއި އެކު ވީ ދެރައިން ޒިޔަމް އަތް މުއްކަވާފައި ފާރުގައި ޖަހާލިއެވެ. އަތުގެ ހުޅުތަކަށް ލިބޭ ތަދާއި އެކު ހިތުގެ ރިހުން ފަޑުވޭތޯއެވެ. ނަމަވެސް…..

ޒީން ނިކުމެގެން ގޮސް ބޭރު ބަލާލިއިރު ފަރުހާދު ފެންނަން ނެތެވެ. ސާއިމްގެ ކޮޓަރި ބަލާލިއިރު އެތާގައި ހުރުމުން ޒީން އެތެރެއަށް ވަނެވެ.

” ބައްޕަ އެކަނި ބަހައްޓާފަ ޒީން ކޮންތާކަށް ގޮސް ތިއައީ” ސަމާސާގެ ރާގެއްގައި ސާއިމް އަހާލިއެވެ.

” އެމަންޖެ ޑރ.ޒިޔަމް އަތުގަ ހިފައިގެން އެކޮޓަރިއަށް ވަނީ.. އެއީ ދަރިފުޅުގެ ރައްޓެއްސެއްތަ” ފަރުހާދު އަހައިލިއެވެ. ސާއިމްއަށް ބަލާލެވުނީ ޒީންއަށެވެ. ޒިޔަމްއާއި ޒީންގެ ހަގީގަތް އެގޭ މަދު މީހުންގެ ތެރޭގައި އޭނާވެސް ހިމެނޭތީ ކަންތައް ވެގެން ދިޔަ ގޮތް އެގެން ބޭނުންވިއެވެ.

“ބައްޕައަށް ކިހިނެތް ވެގެން ތޯ އުޅެނީ..”ޒީން މައުޟޫ ބަދަލުކޮށްލިއެވެ.

“ޒީން އެބަޖެހޭ ބައްޕަ ވަރަށް ރަގަޅަށް ބަލަން. ކޮލެސްޓުރޯލް އެހާ މަތީގަ. ބުލަޑު ކައުންޓް ވަރަށް ދަށް. ބައްޕައަށް ބޭނުންވާނެ ޒީންގެ އެހީ. މަންމަ ކައިރީ ބުނެގެން ބަލާ ބައްޕައަށް ރަގަޅު ކާނާ ކައްކާފަ ދެވޭތޯ. އަޅުގަނޑު ބޭނުން އިތުރު ޓެސްޓުތަކެއް ހަދާލަން. ރަށުން ހަދާފައި ހުރި ޓެސްޓުތައް ޗެކުކޮށްލަން. ބޭހެއް ދޭނީ ނަތީޖާ ލިބުނީމަ. އިހަށް އުޅެމާ ކަސްރަތާއި ކާނާއިން ރަގަޅު ކުރެވޭތޯ” ސާއިމް ޒީންއަށް އިތުރު ކަންތައްވެސް އޮޅުން ފިލުވައިދިނެވެ. މިއީ ޒީންގެ ބައްޕައަށް ވުމުން ސާއިމް އެހެން ބަލިމީހުންނަށް ބަހައްޓާ ގާތް ކަމަށްވުރެ އިތުރު ގާތްކަމެއް ފަރުހާދަށް ދިނެވެ.

“ދަރިފުޅު ކޮންތާކުން މިހާ ރަގަޅު ޑޮކްޓަރެއް ހޯދީ. މީ ނަމޫނާ ޑޮކްޓަރުންނަކީ.. ވަރަށް ބޮޑަށް ޝުކުރިއްޔާ ތި ދެއްވި އެހީއަށް” ފަރުހާދު ސާއިމްއާއި ސަލާމްކޮށްލިއެވެ. އަދި ދަމުން ސާއިމްގެ އޯގާތެރިކަމަށް ތައުރީފުވެސް ކުރިއެވެ.

“ޒީން” ޒީން ދޮރުން ނިކުތުމުގެ ކުރިން ސާއިމް ގޮވާލިއެވެ.

“ކީކޭ” ދެބުމަ މައްޗަށް އަރުވާލަމުން ޒީން އަހައިލިއެވެ.

“ބައްޕަ ރަގަޅަށް ބަލައްޗޭ” ޒީން ބޯ ޖަހައި ހިނިތުންވެލަމުން ދިޔައެވެ.

ރޭގަނޑުގެ ކެއުމަށްފަހު ޒީން ފަރުހާދު އަދި ޔުމްނު ޓީވީ ބަލަން ސޯފާގައި ތިއްބެވެ.

“ދަރިފުޅާ ބައްޕަ އެބަ އޮތް ވަރަށް މުހިއްމު ވާހަކައެއް ދައްކާލަންވެފަ” ފަރުހާދު ނުކެރި އިދެ ބުނެލިއެވެ.

“ކޮން ވާހަކައެއް ބައްޕާ” ބައްޕަގެ ކޮނޑުގައި ބޯ އަޅާލަމުން ޒީން އަހާލިއެވެ.

“ބައްޕަ މިއުޅެނީ މީހަކާއި އިންނަން” ޒީން އަށް ލިބުނު ހައިރާންކަމާޢި އެކު ކޮޅަށް އިށީންނަމަން ފަރުހާދަށް ބަލާލިއެވެ.

“ބައްޕަ ހީކުރަން ދަރިފުޅަށް ވިސްނޭނެ ކަމަށް. ދަރިފުޅަށް ނޭގުނަސް މަންމަ މަރުވުމަށްފަހު ބައްޕަ މިއުޅެނީ ވަރަށް އެކަނިވެރިކޮށް.”ފަރުހާދު ވާހަކަ ދެއްކީ ޒީންގެ މޫނަށް ބަލަހައްޓައިގެން ހުރެއެވެ.

“ނޫން .. ބައްޕަ ކީއްވެ އެކަނި ވާންވީ. އަޅުގަނޑުވެސް މިހިރީނު” ޒީން ދެކޮޅު ހަދާނެކަން ފަރުހާދަށް ކުރިންވެސް އެގެޔެވެ.

“ދަރިފުޅާ.. ތީ މިހާރު ނުވިސްނޭ ވަރުގެ ކުޑަ ކުއްޖެއްނޫން ދޯ.. ބައްޕަ ހުރީ މިވާޙަކަ ދަރިފުޅު ގާތު ދައްކާނެ ގޮތެއް ނޭނގިފަ. އެކަމަކު މިއަދު ޑރ.ސާއިމް އާއި ވާހަކަ ދެއްކި ފަހުން ކޮންމެހެން މަޖުބޫރު . ޑރ.ސާއިމް ކިޔާދިން ގޮތުން ދަރިފުޅު ފަޔަށް ވަރަށް ބޮޑު ގެއްލުމެއް ލިބުނު އެކްސިޑެންޓެއްގެ ސަބަބުން. ބައްޕައަށް ޔަގީން ދަރިފުޅު ބައްޕަ ގާތު އެވާހަކަ ނުދެއްކީ ބައްޕަ ވެދާނެ ދެރައަކަށް ވިސްނާފަކަން. އަދި ބައްޕައަށް ކުރިމަތިވެދާނެ އުދަގުލެއްގެ ސަބަބުން ކަމަށްވެސް. އެކަމަކު ބައްޕަ މީހަކަޢި އިނުމުން ބައްޕައާއި ދަރިފުޅުގެ ހިދުމަތުގައި އެހެން މީހެއް ހުންނާނެއެއްނު. ދަރިފުޅާ ނުރޮއި..” ޒީންގެ ލޮލަށް ޖަމާވި ކަރުނަތައް ފެނި ފަރުހާދު ބުނެލިއެވެ.

“ބައްޕަ އެހެން މީހަކާޢި އިނަސް މަންމަ ދެކެ ލޯބި ވައްޗޭ.. އެމަގާމް އެހެން މީހަކަށް ނުދެއްޗޭ” ހިންދިރުވާލައި ޒީން ބުނެލިއެވެ. އަދި ލޮލުން އޮހެރުނު ކަރުނައާއި އެކު އަވަސް ފިޔަވަޅު ތަކެއްގައި ގޮސް ކޮޓަރިއަށް ވަނެވެ.

ޒީން ފަރިތަކަމާއި އެކު ޒިޔަމްގެ ނަމްބަރު ފޯނުގައި ޖަހާލިއެވެ. ނަމަވެސް ގުޅަން ފިތައް އޮބާލުމުގެ ބަދަލުގައި އެނދު މައްޗަށް ފޯނު އެއްލާލިއެވެ. ދެރަވެގެން ނުތަނަވަސްވާ އިރު ޒީންއަށް މިގުޅެނީ ޒިޔަމްއަށެވެ.  ޒީންއަށް ހުރިހާ ވާހަކައެއް އެއްވެސް ފަރުދާ އެއް ނެތި ހިއްސާ ކުރެވޭ ފަރާތަކީ ޒިޔަމްއަށް ވެއްޖެއެވެ. ހަމައެކަނި ޒިޔަމްއެވެ. އެއްވެސް ބިރުވެރިކަމެއް ނެތިއެވެ. ދެރަވާ ވަގުތު ހިތާމަތައް ފިލުވައިދޭން ބޭނުންވަނީ ޒިޔަމްއެވެ. މިވީ ކިހިނެތް ހެއްޔެވެ؟

އޭގެ ދެދެވަސް ފަހުން ސާއިމް ސިޓީގައި ބުނެފައިވާ އެޑުރެސް ހުންނަ ރަށަށް ދިޔައެވެ. ނަސީބު އަދި ބައްދަލުކުރާ ގޮތް ނުވުމުން އެބުރި އަންނަން ޖެހުނީ މާލެއަށެވެ. ގުޅޭނެ ފޯނު ނަންބަރެއް އަދި ނަންވެސް އެގިއްޖެއެވެ.

މާލޭގައި ފައި ބީއްސާލުމާއި އެކު ސާއިމް އޭނާ އަތުގައި އޮތް ފޯނު ނަންބަރަށް ގުޅާލިއެވެ.

“ހަލޯ.. އަޅުގަނޑަކީ ޒައިން.. ޒައިން ކިޔާ ދަރިއެއް ހުރޭތޯ” ހިތް އަތަށް ނަގައިގެން ސާއިމް ވާހަކަ ދެއްކިއެވެ.

“އާން ހުންނާނެ.. ތީ ޒައިންތަ” އެކޮޅުން ވާހަކަ ދެއްކި ފަރުހާދު އިންތަނުން ތެދުވިއެވެ.

“ލައްބަ” ތެޅިތެޅި އޮތް ހިތަކާއި އެކީ ސާއިމް ބުނެލިއެވެ.

“”ބައްޕަގެ ދަރިފުޅާ.. މީ ހަގީގަތްތަ” ފަރުހާދުގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ފައިބާން ފެއްޓިއެވެ. ހަރުކަށި މިޒާޖެއްގެ މީހަކަސް އެމޭތެރޭގައިވެސް އޮންނަނީ އިހްސާސުން ފުރިފައިވާ ހިތެކެވެ.

“ކޮންތާކު ތިހިރީ” ތުރުތުރު އަޅާވަރުން ފަރުހާދު އަތުން ފޯނު ނުވެއްޓި ހިފެހެއްޓެނީ ކިރިއާއެވެ.

“މޭލޭގަ.. ބައްޕަވެސްތަ”ސާއިމް ބައްޕާއޭ ބުނެ މީހަކަށް މުހާތަބު ކުރި  ފުރަތަމަ ފަހަރު މީއެވެ.

“އާން.. ބައްޕަ ބޭނުން ދަރިފުޅާއި ބައްދަލުކޮށްލަން.. ކޮންތާކަށް ދާންވީ” ވަގުތަކީ ދަންވަރު އެކެއް ޖެހި ވަގުތުކަމުގައި ވިޔަސް ފަރުހާދަށް ހެވެ. ގަމީސް ލައިގެން ނިކުތީ ދޮށީ ދަރިފުޅު ދެކިލުމަށެވެ. އެތައް އަހަރަކަށް ފަހުއެވެ. ސާއިމް ބުނި ތަނަށް ފަރުހާދު ދިޔައެވެ. ހިތް އުފަލުން ފުރިފައިވާ ހާލުގައެވެ.

ފަރުހާދަށް ސާއިމް ބުނި ޕާކަށް ދެވުނު އިރު ދެކޮޅަށް ހިގާލަ ހިގާލައި ސާއިމް ހުއްޓެވެ. “ޒައިން” ސާއިމްއަށް އަޑު އިވޭވަރަށް ފަރުހާދު ގޮވާލިއެވެ. ސާއިމް ފަހަތަށް އެބުރު ވަގުތު ކުރިމަތީ ހުރި ފަރުހާދު ފެނި ހިނިތުންވެވުނެވެ. ފަރުހާދު އަވަސް ހިގުމެއްގައި ސާއިމްއާއި ދިމާލަށް ދިޔައެވެ. އަދި ސާޢިމްގެ ގައިގައި ބައްދާލިއެވެ. ދެން ދުވަހަކުވެސް ދޫނުކުރާނަމޭ ބުނާ ފަދައަކުންނެވެ.

“ބައްޕާ” ސާއިމްއަށް ގޮވައި ލެވުނީ ރޮވޮފައިވާ އަޑަކުންނެވެ.

“ދަރިފުޅާ.. ބައްޕަގެ ޖާން” ފަރުޙާދު އަދިވެސް ހުރީ ބައްދާލައިގެންނެވެ.

“ދަރިފުޅަކަށް ނޭނގޭނެ ބައްޕަ މިވާ އުފަލެއް.. ކުރިން ތީ މަގޭ ދަރިފުޅުކަން އެގުނުނަމަ” ވީ އުފަލުން ފަރުހާދަށް ބުނެވުނީ އެހާ ވަރަށެވެ. ލޮލުން ނީރައިލީ އުފާވެރިކަމުގެ ކަރުނައެވެ.

“ޒީން އަކީ އަޅުގަނޑުގެ ކޮއްކޮތަ.. ކޮބާ މަންމަ” އެހިސާބުން ފަރުހާދު ސާއިމްގެ ގައިން ދޫކޮށްލައި އިސްޖަހައިލިއެވެ.

“ދަރިފުޅުގެ މަންމަ ބައްޕަމެންނާއި ވަކިވިތާ ހަ އަހަރުވެއްޖެ” ލޮލުން ވެރުނު ކަރުނަ ފަރުހާދު ފުހެލިއެވެ.

“އޭނ!!!! “ސާއިމް އެކަން ގަބޫލުކުރާކަށް ބޭނުން ނުވިއެވެ. މަންމަ ފެންނާނެ ކަމަށް ރޯ ކުރި އުއްމީދުގެ ހުޅުކޮޅު މި ނިވުނީ ކިހާ އަވަހަކަށެވެ.

ދެބަފައިން އެތައް އިރަކު ވާހަކައިގައި ވަގުތުތައް ޙޭދަކުރިއެވެ. މަންމަ ނެތަސް ބައްޕައެއްގެ ލޯބި ދެން ލިބޭނެތީ އެހިތް ނަށާވަރެއް އެކަމުގައި ދުވަސްތައް ހޭދަ ކުރި މީހަކަށެވެ. އެއްޗެއްގެ އަގު ވަޒަން ކުރެވޭނީ އެއްއެއްޗެއް ނެތް މީހަކަށެވެ. ނޫނީ އެއެއްޗެއް ބީވުމުންނެވެ. އެހެންކަމުން މައިންބަފައިންގެ ލޯބި ލިބޭ ދުވަހު އޭގެ އަގު ވަޒަންކުރަމާ!

 

“ދަރިފުޅާޢި ސާއިމްއާއި ކޮން ގުޅުމެއް އޮންނަނީ” ފޮތް ނަގައިގެން އިން ޒައިނާ މަންމަގެ އަޑު އިވިގެން ބަލާލިއެވެ.

“ފުރެންޑެއް. ކިހިނެތް ވީތޯ” ބޯ ކަހާލަމުން ޒައިނާ ބުނެލިއެވެ.

“ހަމަ އެކަނި ފުރެންޑެއްތަ. އެހެން ގުޅުމެއް ނޯވޭތަ” އަމީރާ އައިސް ޒައިނާ ކައިރީގައި އިށީނެވެ. ޒައިނާ ހިނިތުންވެލިއެވެ.

“ކޮންމެހެން މަންމަގެ ދަރިއަކަށް ވީމައެއްނު މިބުނަނީ. އެކަމަކު މަންމަ ވަރަށް އުފާވާނެ ދެކުދިން އެކުގައި އުޅޭތަން ދެކެން. ސާއިމް އަކީ ވަރަށް ރަގަޅު ކުއްޖެއް” އަމީރާ ބުނެލިއެވެ.

ޒައިނާ ނުކެރި އިދެ އަތުގައި ސާއިމް އަޅުވަދިން އަގޮޓި ދައްކާލިއެވެ. “ސާޢިމް އެހީ މެރީ ކުރަން” އެހެން ބުނެ ޒައިނާ ތިރީ ތުންފަތުގައި ދަތްއަޅައިގަތެވެ.

“އަސްލުވެސްތަ” އަމީރާއަށް ދުނިޔޭގެ ހުރިހާ އުފަލެއް ލިބުނަ ކަހަލައެވެ. ސާއިމް އެވަނީ އޭނާގެ ދަރިއަކަށެވެ. އެއާއިލާގެ މެމްބަރަކަށެވެ. އުފަލުން ގޮސް އަމީރާ ޒައިނާގެ ގައިގައި ބައްދާލިއެވެ. ސާއިމް އިންނަން އެހުމުން ޒައިނާއަށް ވުރެ ބޮޑަށް އުފާވަނީ އަމީރާހެން އެމަންޒަރު ބަލަން ހުރި ކޮންމެ މީހަކަށް ފެންނާނެއެވެ. ފަޑުވުމެއް ނެތި ފުޅާ ހިނިތުންވުމަކާއި އެކީ ދުއްވާއިގަތީ ޝާހިދުއަށް އެ ހަބަރު ދޭށެވެ. މަންމައަށް ވީވަރު ފެނި ޒައިނާޢަށް ހެވުނެވެ.

“ޒީން ދަރިފުޅާ.. ބައްޕަ ދެކެ ރުޅި އައިސްތަ އަދިވެސް” ފަރުހާދު ސޯފާގައި އިން ޒީންއާއި ޖެހިގެން އިށީނެވެ.

“ނޫން” ކުރު ގޮތަކަށް ޒީން ބުނެލިއެވެ.

“އާދެބަލަ ބައްޕައާއި އެކީ ތާކަށް ގޮސްލަން” ފަރުހާދު އެދުނެވެ.

“ކޮންތާކަށްތޯ ބައްޕާ” ޒީން އަހައިލިއެވެ.

“ރެސްޓޯރެންޓަކަށް. ބައްޕަ ވަރަށް ބަޑުހައިވެއްޖެ” ބަޑުގައި އަތް ހާކާލަމުން ފަރުހާދު ބުނެލިއެވެ. ބައްޕަ އަކީ ދުވަހަކުވެސް ރެސްޓޯރެންޓަކަށް ކާން ދާން ބޭނުން ނުވާ މީހެއްކަން އެގި ޒީން ލޯ ކުޑަކޮށްލަމުން ބަލާލިއެވެ.ފަރުހާދު ހިނިތުންވެލައިގެން ހުރުމުން ޒީންއަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. އެހެންކަމުން ތެދުވެގެން ގޮސް ތައްޔާރުވާން ފެއްޓިއެވެ.

ފަރުހާދު އާޢި ޒީން ދިޔަ ޓެކްސީ ހުއްޓުނީ މާފަންނު ޝެލް ބީންސް  ކުރިމައްޗަށެވެ. ޒީން ފަހަތުން ފަރުހާދު މައްޗަށް އަރަމުން ދިޔައީ އަތުގައި އޮތް ފޯނުން މީހަކާއި ވާޙަކަ ދައްކަމުންނެވެ. ޒީން ހުރީ ތަންކޮޅެއް ކުރީގައި ކަމުން ފަރުހާދު ދައްކަމުން ދިޔަ ވާހަކަ ސާފެއް ނުވެއެވެ. ފުރަތަމަ ބުރިއަށް އެރުމާއި އެކު ޒީން ލޯ ތަންމިނަށް ހުޅުވިގެން ދިޔައީ އެތާގައި އިށީދެގެން ތިބި މީހުން ފެނުމުންނެވެ. އެމީހުން ނުފެންނަ ކަމަށް ހަދައިގެން އަދި ޒީންއަށް އެމީހުން ނުފެންނާނެ ކަމަށް އުއްމީދުކޮށްގެން އަވަސް ހިގުމެއްގައި ގޮސް ނިކުތީ ސުމޯކިން އޭރިއާއަށެވެ. އަދި ފާރުގައި ލެގިލައިގެން މޭމަތީ އަތް ޖައްސާލުމަށްފަހު ފުން ނޭވާއެއް ބޭރުކޮށްލިއެވެ. އެތާ ތިބި އެއްމެންގެ ނަޒަރު ހުއްޓިފައި ވަނީ އޭނާއަށްކަން ނޭގިއެވެ.

“ދަރިފުޅާ .. ސިގިރޭޓުވެސް ބޮންތަ.. އާދެބަ މިފަރާތަށް” ފަރުހާދު ހެމުން ބުނެލިއެވެ. ޒީން ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރާލިއެވެ.

“ދެން ދަރިފުޅާ.. އާދޭ!!” ފަރުހާދު ދެވަނަ ފަހަރަށް އެދުމުން ޒީން މަޑު ފިޔަވަޅުތަކެއްގައި ގޮސް ނިކުތެވެ. ދޮރުން ބޭރުވުމާއި އެކު ހިގުން އަވަސްވެ އެއްމެ ކަނުގައި ހުރި މޭޒާއި ދިމާލަށް ދިޔައެވެ.

“މިހާރު ކޮންތާކަށް ތިދަނީ” ފަރުހާދު ބުނެލިއެވެ. ޒީން ހުރީ ފަހަތް ބަލާލަންވެސް ނުކެރިފައެވެ.

“ބައްޕަ އާދޭ މިތަނަށް.. ތިތާ މީހުން އެބަ ތިއްބެއްނު” ޒީން އެދުނެވެ.

ފަރުހާދު އައިސް ޒީންގެ އަތުގައި ހިފައިގެން އެތާގައި ހުރި ދިގު މޭޒާއި ދިމާލަށް ދިޔައެވެ.

“ބައްޕ މިއައީ ވަރަށް މުހިއްމު ބަޔަކާއި ދަރިފުޅު ބައްދަލުކޮށްލަން ބޭނުންވާތީ.. އިސްޖަހައިގެން ލަދުން ނުހުރޭ.. މިއާއިލާއެއްގެ ގޮތުގައި ދެކެން ވީ ބައެއް” ޒީން ބަލައިލީ ކުރިމަތީ ލާނެއް ހިނިތުންވުމަކާއި އެކީ އިން ޒިޔަމްއަށެވެ. ޒީން ތުން އަބުރާލިތަން ފެނި ޒައިނާއާއި ސާޢިމްއަށް ނުހީ ނުތިބެވުނެވެ. ސާއިމް ތެދުވެގެން އައިސް ޒީން ކައިރިއަށް ހުއްޓިލިއެވެ.

“ސޭމް” ޒީން ހުރީ ވާނުވާގައެވެ. ސާއިމް އެތާގައި ހުރި ކަމެއް އަދި މިއެގުނީއެވެ.

“ދެން ސޭމް އެއް ނުކިޔޭނެ އިނގޭ..ބޭބެ ކިޔަންވާނީ މީގެ ފަހުން” އުފާވެރި ރާގެއްގައި ސާޢިމް ބުނެލިއެވެ. އެޔާއި އެކު އެއްމެނަށް ޒީން ވަކިވަކިން ބަލާލިއެވެ. އެއްމެންގެ ނަޒަރު ހުއްޓިފައި ހުރުމުން ހައިރާންކަން އިތުރުވިއެވެ. މިއީ ފެންނަ ހުވަފެނެއް ނޫންބާއެވެ؟

“ކީކޭ” ސުވާލު މާކުން ޒީންގެ މޫނުމަތި ފުރުނެވެ.

“ބައްޕާއާއި މަންމަގެ ދޮށީ ދަރިފުޅުމީ.. މިހާ ގިނަ ދުވަސްކޮށްފަ ބައްދަލުވާނެ ކަމުގެ އުއްމީދުގައެއްނޫން ބައްޕަ ހުރީ، ވަރަށް އުފާވެއްޖެ” ޒީންއަށް ވިސްނައި ދެވޭތޯ ފަރުހާދު އުޅުނެވެ.

“އާދޭ.. ކޮޅަށް ހުރެގެން ނޫން ދޯ ވާހަކަ ދައްކާނީ. ބައިވަރު ވާހަކަ ދައްކަން އެބަހުރި”

ތެދެކެވެ. ބައިވަރު ވާހަކަ ދައްކަން އެބަހުއްޓެވެ. ކެއުން ކުރިއަށް ގެންދިޔަ ވަރަކަށް އެއްމެނަށް މި އާ އާއިލާގެ މައުލޫމާތު ލިބިގެން ދިޔައެވެ.

“ކިހާ ސަޅި.. ވީ އާރ ފެމިލީ”  މިބައްދަލުވުމުގައި ސާއިމްއާއި ޒައިނާގެ ކައިވެނީގެ ވާހަކަ ފޯރިއާއި އެކީ ދެކެވުނެވެ. އެއްމެން ހީހީ ފައި ވާހަކަ ދެއްކި އިރުވެސް ޒީންގެ ނުސީދާ ބަހުގެ ހަމަލާތައް ޒިޔަމްއަށް އަމާޒުވަމުން ދިޔައެވެ. ޒިޔަމްގެ އެދުމުގެ މަތިން ޝާހިދު ވަނީ ޒީން އަކީ އޭނާގެ ޕޭޝަންޓެއްކަން ފަރުހާދު ގާތުގައި ނުބުނުމަށް އެދިފައެވެ. އެހެންވެއްޖެނަމަ ޒީންގެ ރުޅީގެ ހުޅުގަނޑު އިތުރަށް ގަދަވާނެތީއެވެ.

“އެހެންވީމަ ސާއިމްތައް ކިޔަންވީ ނޫނީ ޒައިންތަ” ޒީން އަހައިލިއެވެ.

“ތިއިން އެއްވެސް އެއްޗެއް ނޫން. ބޭބެ ކިޔަންވީ. ދެން އެއްމެން ސޭމް. ޒައި ލޯބި އޯކޭ ސާއީ ކިޔަސް” އެއް ލޯމަރާލަމުން ސާއިމް ބުނެލިއެވެ.

“އޯކޭ ބިގް ބުރޯ.. އަދި ދުވަސް ނަގާނެ ފަރުތަވެލަން” ޒީން ހެމުން ބުނެލިއެވެ.

“އަދި ކިރިއާ ދޯ މި އާއިލާ ފުރިހަމަ މިވީ ދޯ ޝާހިދު” އަމީރާގެ މޫނުމަތިން ކުރިން ނުފެންނަ އުޖާލާކަމެއް މިއަދު އެބަ ފެނެއެވެ.

“ރަގަޅު ވާހަކައެއް.. ބައްޕަމެންނަށް ވަރަށް އުފާވެރި ދުވަހެއް” ޝާހިދު ބުނެލިއެވެ.

“އެހެންވީމަ ސޭމް އެއްފަހަރާ ދެ ބައްޕަ ދޯ މިލިބުނީ.. މަންމައަކާއި އެކީ” ޒިޔަމް ބުނެލިއެވެ.

“އާން. އަސްލު ބައްޕައާޢި ދެވަނަ ބައްޕަ. ލޭގެ ގޮތުން ނުންވިޔަސް ދެވަނަ މަންމައެއް ވަރަށް އުފާވެއްޖެ. އެއްމެން އަޅުގަނޑާއި އެކީ ހޭދަ ކުރި ދުވަސްތައް ކިތައްމެ މަދަސް ހުސް ނުވާ ވަރަށް ލޯބިވޭ” ސާއިމްއަށް އެފަލުން ރޮވުނެވެ.

“ދެން ތި ސަބަބެއް އެކަންޏެއް ނޫނެއްނު. ޒައި އާއި މެރީ ކުރީމަ ބައްޕައާއި މަންމައެއްނުންތަ ކިޔާނީ” ޒީން ހިޔާލެއް ފާޅުކުރިއެވެ. އެއްމެނަށް ހެވުނެވެ. ސާއިމް ކައިރީގައި އިން ޒައިނާގެ ކޮނޑުގައި ހިފައި ގަޔާއި ކައިރިކޮށްލިއެވެ.

އެކުޑަ ބައްދަލުވުން ނިމިގެން ދިޔައީ އެއްމެންގެ ހިތް އުފަލުން ފޮޅުވަމުންނެވެ. ސާޢިމްއަށް އެތައް ދުވަހަކަށް ފަހު އާއިލާއެއްގެ ލޯބި ލިބެން ފެށީއެވެ. ޒީން އަށް އިތުރު އާއިލާގެ މެމްބަރެއް ލިބުނީއެވެ. ބޭބެ އެކެވެ. ނުރައްކާގައި ހިމާޔަތްކޮށްދީ އުފަލާއި ހިތާމައިގައި ބައިވެރިވާނެ ފަރާތެކެވެ. ޝާހިދުއާއި އަމީރާއަށް ގެއްލުނު ދަރިފުޅު ލިބުނީއެވެ. އިތުރު ގުޅުމަކުން އެއާއިލާއާޢި ގުޅެނީއެވެ. ފަރުހާދު އެއްމެނަށް ވުރެ އުފާވެރިއެވެ. މިއަދު ލިބޭ ހަމައެކަނި ދެރައަކީ ދަރިފުޅު ދެކިލަން ލޯބިވާ އަބިމީހާ ނެތުމުންނެވެ. ފާތުމަ ވާނެ އުފާ ވަޒަން ނުކުރެވޭހާ ބޮޑުވާނެކަން ފަރުހާދަށް އެގެޔެވެ.

“އޭ!!! އެހެންވީމަ އެގިއްޖެ ދޯ އެއްމެންގެ ނަން ޒެޑް އަކުރުން ފެށޭ ސަބަބު..ޒައިނާ.ޒިޔަމް.ޒީން.ޒައިން” ޒީން ކުއްލިއަކަށް ވިސްނުމުން ބުނެލިއެވެ. ސާއިމް ޒައިނާ އަދި ޒިޔަމްއަށްވެސް ވިސްނާލެވުނެވެ. ކިހާ ފޮނި އިއްތިފާގެއް ހެއްޔެވެ؟

އެއްމެ ކެއުމަކުން އަދި އެއްމެ ބައްދަކުވުމަކުން މިކަން ނިއްމާލާކަށް އެއްވެސް މީހެއް ބޭނުމެއް ނޫނެވެ. އާއިލާއަށް ލިބުނު އުފާވެރިކަން ހިއްސާކުރުމަށް މާކޯނި ގޭގައި  ކުޑަ އެހެން ނަމަވެސް އުފަލުން ބޮޑު ކެއުމެއް އިންތިޒާމް ކުރިއެވެ. މި އާއިލާގެ އިތުރުން ޝާހިދުގެ ބޭބެގެ ދެމިފިރިންނާއި އެމީހުންގެ އަންހެން ދަރިފުޅު ޝަމްހާވެސް ބައިވެރިވިއެވެ. ކޮންމެ މީހަކުވެސް ޝަމްހާގެ މަކަރުވެރިކަން ސިއްރުކޮށްގެން ތިބީ ބޮޑު ބޭބެއަށް ކުރާ އިހްތިރާމެއްގެ ގޮތުންނެވެ. ނަމަވެސް ޝަމްހާއަށް އެމީހުން ސަމާލުވާނެއެވެ.

ކެއުމަށް އިންސާފުކޮށް ނިއްމާލުމަށްފަހު ދަރިންނާއި މައިބަފައިން ސިޓިންރޫމްގައި ތިއްބެވެ. ބޮޑު ސިޓިން ރޫމުގައި އެކި ވާހަކައާއި ސަމާސާކުރުންތައް ކުރިއަށް ދިޔައެވެ. އަމީރާއާއި ޝާހިދުއާއި ޖެހިގެން ޒިޔަމް ދެން ޒައިނާ އަދި ސާއިމް އިނެވެ.ފަރުހާދު އާއި ޒީން އެއްފަރާތެއްގައި ތިބި އިރު ޝަމްހާއާއި އޭނާގެ މައިންބަފައިން ޒީންމެންނާއި ޖެހިގެން ތިއްބެވެ.

“ސާއިމްއާޢި ޒައިނާގެ ކައިވެނި މަންމަ ބޭނުން ވީހާވެސް އަވަހަކަށް ކުރަން” އަމީރާ ވާހަކަ ދައްކާލަމުން ބުނެލިއެވެ.

“ބައްޕަވެސް ވަރަށް އެދޭ ކަމެއްތީ. ދަރިފުޅާ ޒިޔަމް.. އިންނާނެ ކުއްޖެއް ހޯދައިފިންތަ.. މިހާރު ދުވަސް ދެވިއްޖެހެން ބައްޕައަށް ހީވަނީ.. ގަޔާވާ ކުއްޖެއް އެބަ ހުރިތަ” ޒިޔަމްއަށް ބަލާލަމުން ޝާހިދު ބުނެލިއެވެ. ޒިޔަމްއަށް ބަލާލެވުނީ ޒީންއަށެވެ.

“ނޫން” ޒީންގެ ނަން ހިތުގައި އޮތަސް ދުލަކާއި ހަމަޔަށް ނައެވެ.

” ބައްޕައަށް އެގޭ ދަރިފުޅު ބައްޕަގެ ނިއްމުމަކާއި ދެކޮޅު ނުހަދާނެކަން. އެއީ މި އާއިލާ ކުއްޖެއް. ބައްޕަ ބުނާ ކުއްޖަކާއި އިންނަން ކެރިދާނެތަ” ބައްޕަގެ ވާހަކަ އަޑު އިވުމާއި އެކީ ޒިޔަމްއަށް ހިންދިރުވާލެވުނެވެ. އަރުތެރޭގައި ލަމުން ދިޔަ ހިތްދަތި އަސަރު ހިންދިރުވާލާ ކޮންމެ ފަހަރަކު އޭގެ އަސަރު މުޅި ހަށިގަނޑަށް ފެތުރިގެން ދެއެވެ.

“ލައްބަ” ދެލޯ މަރާލަމުން ޒިޔަމް ބައްޕަގެ ބަސް ގަބޫލުކުރީ ކިރިއާ އަޑު އިވޭ ވަރަށެވެ. އެހިތުގެ ވިންދު މިހާރު ވަނީ އަވަސްވެފައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maroon

Level 810 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

އަންވާރު ސީސަން 2 (ފަސްވަނަ ބައި)

Next

ކަލާ ހަނދާން ނުވޭ ހެއްޔެވެ…

Next
July 7, 2017

ކަލާ ހަނދާން ނުވޭ ހެއްޔެވެ…

Previews
July 6, 2017

އަންވާރު ސީސަން 2 (ފަސްވަނަ ބައި)

77 Comments!

  1. niha says:
    July 6, 2017 at 10:43 pm

    inthizaaru ga in da up vi… mi first

    1. maroon says:
      July 6, 2017 at 11:18 pm

      Nihaaaaa thanku lots for waiting ❤

  2. maroon says:
    July 6, 2017 at 10:45 pm

    Sorry readers. Maroon v busy dhuvaheh offyhuga.. ?hedhunu dhiya gothah mirey aadhevuny.. thanku for waiting. Love u all.. ??
    There will be alot of mistakes. Since this ep is a bit short will upload a new one by tmrw hopefully ??

  3. Yax says:
    July 6, 2017 at 11:04 pm

    zeen ah hadhaa bala ehkuhjaa!!
    please!!!!

    1. maroon says:
      July 7, 2017 at 12:40 am

      Yax thanku ??
      Lets see dhw kon kujjehge kan ?

  4. Aiy says:
    July 6, 2017 at 11:05 pm

    Wow ? Mi part vs v reethi… next part dhigukohlahchey… shamhaa ge vaahaka dhw bunan e ulhenee.. ehn nuhadhahchey…I hate shamha… waiting for next part?

    1. maroon says:
      July 7, 2017 at 12:41 am

      Thanku aiy???.. vedhaane shamha ahves.. n yh i hate hate too

  5. Reen says:
    July 6, 2017 at 11:10 pm

    Vaahaka v reethi waiting for next part

    1. maroon says:
      July 7, 2017 at 12:42 am

      Thanku reen ??

  6. Xna says:
    July 6, 2017 at 11:11 pm

    Vvrythi??? waiting 4tom

    1. maroon says:
      July 7, 2017 at 12:42 am

      Thanku xna ??

  7. AKI says:
    July 6, 2017 at 11:11 pm

    alhey shamha aa marry nukuraathi pls …. v reethi mi part ves

    1. maroon says:
      July 7, 2017 at 12:43 am

      Ziyam kairee thihen bunema ?
      Thanku aki ???

  8. ???? says:
    July 6, 2017 at 11:19 pm

    samhaa ey nubunahchey ??…zeen ey buney mihaaru evess gey kuhjjeh nun??

  9. Afy says:
    July 6, 2017 at 11:20 pm

    V v v salhi

    1. maroon says:
      July 7, 2017 at 12:43 am

      Thanku afy ??

  10. Aamin says:
    July 6, 2017 at 11:22 pm

    Alhey stry was beautiful? konkuhjjaka ba marry Kuran bunaani… Zeen ah hadhanchey plz plz waiting waiting

    1. maroon says:
      July 7, 2017 at 12:44 am

      Thanku aamin.. ??
      Lets see zee or shamha thw

  11. Adha? says:
    July 6, 2017 at 11:23 pm

    Aaarrrchaaa!? Mi part hama superb dear.. heevany film ehge thankolheh belum hen..? so emotional.. finally saaee got his family?but plxxx e shamhaa gandu nan nubnunuvaathi ingey dear.. xeen ge nan bunuvaany ingey..? I’m waiting for the next ep.. ly.. tc..❤❤??

    1. maroon says:
      July 7, 2017 at 12:45 am

      Adha ❤
      Thanku v bodah abadhuves thihaa support dheythy ?
      Balamaa dhw.. tc loves ???

  12. Reader says:
    July 6, 2017 at 11:24 pm

    Alhe maadhamaa reyganduge kurin up kohdhevidhaanetha?
    Haadha reehchey mi part. ???

    1. maroon says:
      July 7, 2017 at 12:45 am

      Reader ll try my best. Thanku ???

  13. Addu manje says:
    July 6, 2017 at 11:27 pm

    Varah reethi.. like i said zeen and saaim are siblings.. hehehe.waiting for nxt part.
    🙂

    1. maroon says:
      July 7, 2017 at 12:46 am

      Yh u are right hehe.. thanku addu manje ???

  14. sheen says:
    July 6, 2017 at 11:28 pm

    v nice waiting 4 nxt

    1. maroon says:
      July 7, 2017 at 12:46 am

      Thanku sheen ??

  15. annoying reader says:
    July 6, 2017 at 11:42 pm

    finally the story is here. yeay i was right zain and zeen are siblings. plz ziyam ge dad shamha ge nan nukiychey. zeen Nd ziyam marry kuruvi ma reethi vaani. waiting for nxt part

    1. maroon says:
      July 7, 2017 at 12:48 am

      Annoying reader. Yh.. lets see ziyamge dadge nimmun ???

  16. Naana says:
    July 6, 2017 at 11:45 pm

    Masha allah…..vrh salhi mi partvx….
    waiting 4 nxt part…..

    1. maroon says:
      July 7, 2017 at 12:48 am

      Thanku naana??

  17. Some one says:
    July 6, 2017 at 11:52 pm

    Alhe v salhi!! Plxxx plxx maaadhan up khdhiibaa! Plxxx!!! I can’t wait!!! Kn fadha hisaabakun nimmaalaafa! Alhe eii xiin tha nuuniii shamhaa tha? N shaahidh beybe ge dhemafiringe dhari shamhaa? Eyeh gt nuvi!!! Shamhaa n xiyan eii cousins tha?

    1. maroon says:
      July 7, 2017 at 12:50 am

      Ekkala get vumuge bai dhah kujjaa dhw miulheny hehe ??
      Yh they r cousins. Kurin ep ehga bunefa innaane. Anyway thanku lots thihaa gayaavegen kiyathy ?

  18. Laara says:
    July 6, 2017 at 11:54 pm

    No no no shamha ey nubunahcheyy. Plxxxx plxxxx

    1. maroon says:
      July 7, 2017 at 12:50 am

      Zeeen or shamhaa.. lets see dhw.. thanku laara ??

  19. mary says:
    July 6, 2017 at 11:58 pm

    Maashaa allah v rythi

    1. maroon says:
      July 7, 2017 at 12:51 am

      Thanku mary ??

  20. Tutee ? says:
    July 7, 2017 at 12:14 am

    Please zeen aa ziyam aa marry kuru wahchey. …mi story vrh vrh vrh vrh vrh rythi .. Ingey dhw mihaa varah nubunyas hama superb ?????

    1. maroon says:
      July 7, 2017 at 12:51 am

      Thihaa varah bunyma egijje hehe.. thanks tutee ???

  21. Afy says:
    July 7, 2017 at 12:21 am

    Pls pls pls pls ziyam and zee

    1. maroon says:
      July 7, 2017 at 12:52 am

      Lets see.. thanku afy ??

  22. Azuna says:
    July 7, 2017 at 1:23 am

    V reethi zeen n ziyam pls pls. One more part pls

    1. maroon says:
      July 7, 2017 at 8:10 am

      Thanku azuna ??

  23. khajja says:
    July 7, 2017 at 2:21 am

    Alhey maroon konkahala pointakaththa thinimmaaly ?? stry v rythi v touchin masha allah zeen n ziyam gulhuvaapls ziyam ge dad yageenunves bunaany zeen ge vaahaka aee mihaa dhuvas koffa family e ggothah dhekeven feshunyma n saaim aai zeen dhuru nukoh gaathuga gengulhenfasey ha avves zeen ge vaahaka bunaany ehen vejjeyyaa samhaa fakyru hiyy hutteyne dhw kykkuraany eyrun hageegaiyves falhaa araanekanneynge ehisaabun anyway stry v rythi thanks n ly gud nyt?????????❤❤❤❤?????

    1. maroon says:
      July 7, 2017 at 8:11 am

      Maroon varubali vyma ehaa hisaabun nimmaaly… love ur comment…lets see dhw kon kujje kan ???
      Tc loves ?

  24. Azoo says:
    July 7, 2017 at 2:31 am

    Reethi pertemee v.v.v.

    1. maroon says:
      July 7, 2017 at 8:12 am

      Thanku azoo.
      So glad..???

  25. yaanaa says:
    July 7, 2017 at 6:39 am

    This story is gorgeous..?I luv it a lot ?? loves yaanaa ?

    1. maroon says:
      July 7, 2017 at 8:13 am

      Thanku yaanaa… loves from maroon ???

  26. Xxxx says:
    July 7, 2017 at 7:02 am

    Hey dear story iz awesome as always..????? waiting..waiting…☺☺ n ziam iz only 4 zeen.

    1. maroon says:
      July 7, 2017 at 8:13 am

      Hahaha.. thanku lots…xxxx ???

  27. Quin says:
    July 7, 2017 at 7:38 am

    Mi den vahakehtha.. emmen thihae rithi vegen kiya risoneh nufeNey ??

    1. maroon says:
      July 7, 2017 at 8:14 am

      Quin ves kiyaaly ehnu.. thanku ?

  28. sam♥ says:
    July 7, 2017 at 8:03 am

    hiii roon kihineh …. sorry bxy kamun adhii story kiyaa milevunyy hehee…. zaena. zain Ziyam. zeen wow lovely coupleS ♡♡♡♡ rooon ge stry haadha lovely ey alhey ….. ♡. thankoo mihaa lobii stry ehh up kohdheythiiii ….love u so much rooon ♡♡♡♡
    ehme hihthelhun hisaabun nihmaa thilyy … waiting next part ….
    LOVE U ROON♡

    1. maroon says:
      July 7, 2017 at 8:09 am

      Sam ??
      Thanku lots ?
      Quick question pinktish or sithu??

  29. Ziyam says:
    July 7, 2017 at 8:22 am

    Shamha ah nuhadhaathi …… Please……. Zeen ah hadhaaadnee….. Please

    1. maroon says:
      July 7, 2017 at 8:42 am

      Thanku ziyam… zim ?
      Lets see dhw.. ??

  30. Suwa says:
    July 7, 2017 at 8:34 am

    Varah rythi story???…. Plx shamhaa yaa marry kuran nubunachey ??… I hate her??

    1. maroon says:
      July 7, 2017 at 10:21 am

      Thanku suwa.. ?? i hate her too

  31. dhooni says:
    July 7, 2017 at 9:39 am

    vvvvvvv reethi mi part ves

    1. maroon says:
      July 7, 2017 at 10:21 am

      Thanku dhooni??

  32. Belle says:
    July 7, 2017 at 9:45 am

    Noo. Not shamha. I think I’ll stop reading if it’s shamha.?

    1. maroon says:
      July 7, 2017 at 10:22 am

      Thihen vejje nama v dhera vaane.. ?
      Thanku belle ??

  33. G says:
    July 7, 2017 at 11:47 am

    dhen kon irakun aupaateh kiyaalan libeyvaru vaanee

  34. Reader says:
    July 7, 2017 at 1:27 pm

    Maadhan tha up vaanee?

  35. Reader says:
    July 7, 2017 at 1:34 pm

    I want her to be Shamhaa. Eyrah story maa reethi vaane kanneynge. Eyrun v gina problems annaane anekkaa. Story dhiguvaane. Heevanee Zeen ey bunefiyyaa maa avahah story nimeyne hen. Mivaahaka nimeykah beynumeh noon. Haadha reehchey. Kurin ves buni gothah mireyge kurin up kohdheyne kamah unmeedhu kuran

    1. Adha? says:
      July 7, 2017 at 2:49 pm

      Haan i also think shamhaa ey bunaany.. eyrah ok vaane.. maroon.. make xeen feel regret for wat shes going to lose.. kudakn xeen thalhuvaalaafa xeen angain xiam dheke loabi vaa vaahaka bunuvaa.. eyrah it would be nice..??❤

    2. Adha? says:
      July 7, 2017 at 2:51 pm

      Btw i want ask something.. is it compulsory to give the phone number if i want register??

    3. maroon says:
      July 7, 2017 at 3:36 pm

      Yes dear ?
      Compulsory but only admin ah number egeyny

    4. maroon says:
      July 7, 2017 at 3:36 pm

      M trying my best dear.. lets see dhw dhn vaane goiy.. v happy vejje gayaa vegen kiyaathy ???

  36. Minha says:
    July 7, 2017 at 3:10 pm

    Alhey ekujaaaku shamha ey nubunaathi plxx ??

    1. maroon says:
      July 7, 2017 at 3:35 pm

      Lets see dhw ?

  37. Anonymous says:
    July 7, 2017 at 4:10 pm

    Kn irakun nxt prt

    1. maroon says:
      July 7, 2017 at 5:41 pm

      Before 7. For sure

  38. ninni says:
    July 7, 2017 at 4:32 pm

    No No No shamha ey nubunaathi plx plx.. . Zeen n Ziam gulhuneema reethuvaanee.

    1. maroon says:
      July 7, 2017 at 5:41 pm

      Higaa dhw balama ?? thanku ninni

  39. maroon says:
    July 7, 2017 at 4:54 pm

    Hey readers around 7 ga next ep upload kurevey varu vaany ?

  40. Adha? says:
    July 7, 2017 at 5:06 pm

    Its ok dear.. nd thanks 4 the help

Comments are closed.

Next Episodeވާށެ އޯގާ ހިތާ 14←


All Right Reserved!