ކްލިނިކް ހުޅުވުމުގެ ރަސްމިއްޔާތު އޮތީ ހެނދުނު ނުވައެއް ޖަހާ އިރުގައެވެ. ޒިޔަމް ހެނދުނު ހެނދުނައި ތެދުވެގެން ހުރިހާ ކަމެއް އިންތިޒާމް ކުރެވިފައި ވަނީ ރަގަޅަށްތޯ ބެލުމަށް އެތަނަށް ދިޔައެވެ. ޒިޔަމް ކްލިނިކަށް ދިޔައިރު ޝަމްހާ ލޯގަނޑު ކުރިމަތީގައި ފަރިވަމުން ދިޔައީ ބޮޑު ރަސްމިއްޔާތަށް ތައްޔާރުވުމަށެވެ. ޒީންއަށް ގަޑި ޖެހޭ އިރުވެސް ލޯގަނޑުން ޖާގައެއް ނުލިބޭނެކަން އެނގި ފާހަނާއިގައި ހުރި ލޯގަނޑުގެ ބޭނުން ހިފިއެވެ. ސިޓިންރޫމުގައި ހުރި ޒިޔަމް އިރުކޮޅުކޮޅައި އަތުކުރީ އޮތް ގަޑިއަށް ބަލަމުން ދިޔައީ ޝަމްހާއާއި […]
ސާއިމްގެ ދޫވެފައިވާ ހިތް އެދެމުން ދިޔައީ ޒައިނާއަށް އެހިތުގެ ހާލަތު ކިޔާ ދިނުމަށެވެ. ނަމަވެސް އޭގެ ކުރިން ޒިޔަމްގެ ހިޔާލް ހޯދަން ބޭނުމެވެ. ޒިޔަމްއަކީ އެއްމެ ގާތް އެކުވެރިޔާއަށްވެ ހުރެ ކޮއްކޮ އެއް ކައިރިއަށް ދިޔުމުގެ ކުރިން ކޮންމެހެން އަހަން ޖެހޭނެކަމަށް ސާއިމް ގަބޫލުކުރެއެވެ. އެހެންކަމުން މިރޭ ޒިޔަމް އެގެޔަށް މެޗް ބަލަން އައުމުން އެވާހަކަ ދައްކަން ނިއްމައިގެން ސާއިމް ހުއްޓެވެ. ޒިޔަމް ފިޔަވައި މާކޯނީގޭ އާއިލާގެ އެހެން މެމްބަރުން ރޭގަނޑުގެ ކެއުމަށް އިންސާފުކުރަމުން ދިޔައެވެ. […]
“ދަރިފުޅާ ޒިޔަމް ކިހިނެތްވާނެ މިގޮތް. ޒީންގެ އެކްޕީރިއަންސް އެބަހުރި ކޮންމެހެން ސިއްހީ ދާއިރާ ނޫންކަމުގައި ވިޔަސް. އަނެއްކޮޅުން އެޑްމިން އޮފިސަރ އެއްގެ ގޮތުގައި ޒީން އޯވާ ކުއަލިފައިވޭ” ޒިޔަމްގެ ބަސް ހޯދާލުމަށް ޝާހިދު އަހާލިއެވެ. ‘އޯކޭ” ޒިޔަމް ބުނެލިއެވެ. ހީވަނީ އެނޫން ގޮތެއް ނެތިގެން ބުނީހެންނެވެ. އެހެންވިޔަސް ޒީން ހުރީ އުފަލުންނެވެ. ހީކުރި ވަރަށް ވުރެ ކައިރިން ޒިޔަމްއާއި އެއްކޮށް މަސައްކަތް ކޮށްލަން ލިބުމުން މަގުސަދާއި ހަމައަށް ވާސިލްވާން ފަސޭހަވާނެތީއެވެ. “އެހެންވީމަ ކޮން ދުވަހަކުން ޒީންއަށް ނުކުމެވޭނީ. […]
“ޒީން މަންމަ މަރުވުމުގެ ކުރިން ޒީން މާ ބޮޑަށް މީހުންނާއި ދުރުން އުޅުނު ވާހަކަ ޔުމްނު ކިޔާދިން. ވީކެއް ކުރިން ކަމަށް ބުނީ… ކިހިނެތްވީ ޒީން އެގޮތަށް އުޅުނު ވާހަކަ ޔުމްނު ބުނަންވީ” ޒިޔަމް އެގެން ބޭނުންވާ ހުރުހާ ސުވާލެއްގެ ޖަވާބު ހޯދަން އަޒުމް ކަނޑަ އަޅައިގެން އިނެވެ. “ޒީންއަށް… މީހަކު ޒީން ރޭޕް ކުރީ” ޒިޔަމް އާއި އެއްގޮތަށް ޒީންވެސް މިއަދު ހުރީ ވަރުގަދަ އަޒުމަކާއިގެންނެވެ. ޒީންގެ ޖުމްލަ ކަންފަތުގައި ޖެހުމާއި އެކު ޒިޔަމް ދިޔައީ […]
“ހެހެހެ. ފަހަށް ތިބޭނީ ފަސް.. މިކޯއްޗެއް ގަމީހުގަ” ޒިޔަމްގެ ގަމީހުގައި ނެއްޓިފައި ހުރި ރޮނދި ފަށެއް ފެނުމުން ޝަމްހާ އެތަނަށް އިގިލި ދިއްކޮށްލިއެވެ. އަދި ޒިޔަމް ކައިރިއަށް ޖެހިލައި އެރޮނދި ބުރިކޮށްލަން އުޅެނެވެ. ޒީންއަށް ފުރަތަމަ ބުރިން ތިރިއަށް ފޭބި ތަނާ އަތް ދަބަސް ޒިޔަމްގެ ކޮޓަރީގައި ބާއްވާފައި އާދެވުނު ހަނދާން ވިއެވެ. އެވަގުތު އެތާގައި ކަސްޓަމަރ ސާވިސް ކުއްޖެއް ފެންނަން ނެތުމުން އަމިއްލައަށް ގޮސް އެ ނަގަން ޖެހުނެވެ. ވަރަށް ކެތްކޮށްލާފައި ޒިޔަމްގެ ކޮޓަރިއާއި ހިސާބަށް […]
ޒިޔަމްއަށް އެތަނަށް އާދެވުނު އިރު ސާއިމް ހުރީ ޒީންއަށް ބޭނުންވާ ޓެސްޓުތަކެއް ހެދުމަށް ލޭ ނަގާށެވެ. ޒިޔަމް އައިސް ވެގެން އުޅޭ ގޮތް އެހުމުން ސާއިމް ވީ ގޮތް ކިޔާ ދިނެވެ. ދުޅަވެފައިވާ ތަން ބަލާލުމަށް ޒިޔަމް ޒީންގެ ފައިގެ މަތީގައި އަޅާފައި އޮތް ފޮތިގަނޑު ކަހާލިއެވެ. ޒިޔަމް ޒީންގެ ދުޅަވެފައިވާ ފަޔަށް ބަލައިލުމާއި އެކު ލާން އުޅުނު ނޭވާ އަރުތެރޭގައި ތާށިވީހެން ހީވިއެވެ. ދެތިން ފަހަރު އެސްފިޔަ ޖަހާލުމަށްފަހު ބެލި އިރުވެސް ފެންނަނީ ހަމަ ކުރިން […]
“ޒީން އަހަންނަކަށް ނުވިސްނުނު ޒީން ތިކިޔާ އެއްޗެއް. ތަންކޮޅެއް ސާފުކޮށް ބުނެދޭންވީނު” ޒިޔަމްވެސް އޭނާއިން ސޯފާއިން ތެދުވިއެވެ. ޒީން ތުހުމުތުގެ އިގިލި ދިއްކުރަމުން އެދަނީ ކީއްވެގެން ކަމެއް ހިޔާލަށް ނައުމުންނެވެ. ޒީން ޒިޔަމްއަށް ބަލާލިއެވެ. އެބެލުމުގައި ވަނީ ޖަވާބު ބޭނުންވާ އެތައް ސުވާލުތަކަކެވެ. ކުރަން ބޭނުންވާ ޝަކުވާތަކެވެ. އެރޭގެ އެއްވެސް ކަމެއް ޒިޔަމް ހަނދާން ނެތީ ހެއްޔެވެ؟ ވޭނުގައި ރޭދުވާ ބޭކާރު ކުރިއިރު ޒީންއަކީ ކާކު ކަންވެސް ޒިޔަމްއަށް ނޭނގެނީ ހެއްޔެވެ؟ ޒިޔަމްގެ ނަޒަރުވެސް ހުއްޓިފައި […]
“ޔުމްއަށް ޔަގީން ޒީން ކޮންމެ ކުށެއް ކުރިއަސް ޒީގެ މަންމަ ޒީ އަށް މާފުކުރާނެކަން. ޒީގެ މަންމަ ޒީ ދެކެ ވާ ލޯބި ފެނި އަހަރެން ބައެއް ފަހަރު ޖެލަސްވެސް ވޭ.. ޝީ އިޒް ދަ ޕާފެކް މަދާރ ފޯ ޔޫ.. ބަލާބަ..” ޔުމްނު ޒީން އަތުގައި ހިފާލީ ޒީންގެ މޫނުމަތިން ހިތާމައިގެ އަސަރު ފާޅުވާން ފެށުމުންނެވެ. ” އޯކޭ.. މިސާލަކަށް ޒީ އަށް ކަމެއް ކުރެވުނީ ޔޯ.. އެކަމެއްގެ ބޮޑުކަމުން ހުރެދާނެ ރުޅިއައިސް ހިތް ހަމަ […]
ހާޝިމް އުޅެނީ ރައްޓެހި ފިރިހެން ކުދިން ތަކަކާއި އެކީ ދެރޫމް އެޕާރޓުމެންޓެއްގައެވެ. މިއީ ޒައިނާ މިގެއަށް އައި ފުރަތަމަ ފަހަރެވެ. އެތެރެއަށް ވަދެގެން އައި ޒައިނާގެ ނަޒަރު ދެ ކޮޓަރީގެ ތަނަށް ހިންގާލިއެވެ. ގޭގެ ހަތަރު ބިތް ކޮންކުރީޓުން ހަދާފައި ހުއްޓަސް އެތޭރޭގައި ގިނައީ ލަކުޑި ފިލާތަކެވެ. ހީވަނީ ޕާރޓިޝަން ޖަހައި ވަކި ކޮށްފައި ހުރިހެންނެވެ. ޒައިނާ އެތެރެއަށް ވަދެގެން އައި އިރު ޓީވީ އިން ގޭމް ކުޅެން ފިރިހެން ކުދިންތަކެއް ތިއްބެވެ. ހާޝިމް ޒައިނާ ގެ […]