Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ވާށެ އޯގާ ހިތާ 14

maroon Level 810 Stories100 Comments500 Comments100 Login1K Comments100 Stories
July 7, 2017 9 Mins Read
74 Comments

“ލައްބަ” ދެލޯ މަރާލަމުން ޒިޔަމް ބައްޕަގެ ބަސް ގަބޫލުކުރީ ކިރިއާ އަޑު އިވޭ ވަރަށެވެ. އެހިތުގެ ވިންދު މިހާރު ވަނީ އަވަސްވެފައެވެ.

ސިޓިން ރޫމް ހަމަހިމޭންވެފައި ވަނީ ޝާހިދުގެ ވާހަކައަށެވެ. ޒީންއާއި ޒިޔަމްއަށް އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބި އިންއިރު އެތައް ވާހަކަތަކެއް އެބަލުމުން ކިޔާދެމުން ދިޔައެވެ. ޒީން އާއި ސާއިމްވެސް އިނީ އެއީ ކޮން ކުއްޖެއްކަން އެގެން ނުލާހިކު ބޭނުންވެފައެވެ. ޝަމްހާ ހަމަޖެހޭކަން މޫނުމަތިން ދެއްކިއަސް ހިތްވަނީ އަވަސްވެފައެވެ. އެހަމަޖެހުމުން އެ ކުއްޖާއަކީ ޝަމްހާ ކަން ޝަމްހާއަށް ހިވާ ކަހަލައެވެ.

“ޒިޔަމްއަށް ބައްޕަ މިހޯދައިދިނީ ވަރަށް އަހުލާގު ރަގަޅު މޮޅަށް ކިޔަވައިގެން ހުރި ކުއްޖެއް. ދެކުދިންގެ ކައިވެނި ސާއިމް އާއި ޒައިނާ އާއި އެކީ ކުރެވެން ބައްޕަމެން ބޭނުން. ދަރިފުޅާ ޒިޔަމް… ބައްޕަ ދަރިފުޅުގެ ކައިވެނި ޒީން އާއި ކުރެވެން ވަރަށް ބޭނުން. ފަރުހާދު އާއި ވާހަކަ ދައްކައިގެން ބައްޕަ ވަނީ ރުހުންވެސް ހޯދާފަ. ދެކުދިން އެއްތަންވީމަ މިވާހަކަ ދައްކަން މިތެބެނީ.. ދޯ ފަރުހާދު” ޒީންގެ ނަން ކަންފަތުގައި އިވުމާއި އެކު އެއް ސޯފާއެއްގައި ތިބި ޒީން އާއި ޝަމްހާ ކޮޅަށް ތެދުވެވުނެވެ. ދެމީހުންގެ މޫނު މަތިންވެސް ފެންނަމުން ދަނީ ހައިރާންކަމެވެ. ޝަމްހާ ރުޅިވެރި ގޮތަކަށް ޒީން އަށް ބަލަން ހުރިއިރު ޒީން އަށް ހުރެވުނީ ފަރުހާދަށް ބަލަހައްޓައިގެންނެވެ. ދެލޯ ބޮޑު ކޮށްގެންނެވެ. މިއީ ހަގީގަތްކަމަށް ގަބޫލް ނުކުރެވިފައެވެ.

ޒިޔަމްއަށް ވެސް އިށީދެގެން ނުއިދެވުމުން ކޮޅަށް ތެދުވިއެވެ. މިވަގުތު ބުނާނެ އެއްޗެއް ނޭނގިފައެވެ.

“ބައްޕާ މީ؟؟ ” ލިބުނު ހައިރާންކަމާއި އެކީ އަތް ދިއްކޮށްލަމުން ޒީން އަހައިލިއެވެ.

” ކިހިނެތްވަނީ ޒިޔަމް. އެއީ އަހުލާގު ރަގަޅު ޒުވާނެއް. ބައްޕައަށް އެނގޭ ޒިޔަމް ދަރިފުޅަށް ދެރައެއް ނުދޭނެކަން. އެއީ ހަރުދަނާ ޒުވާނެއް. ދަރިފުޅުގެ ބެލެނެވެރިކަން ބައްޕަ ހަވާލުކުރަން ބޭނުމީ ޒިޔަމް ކަހަލަ ބައްޕައަށް އިތުބާރު ކުރެވޭ ފަރާތަކާއި” ފަރުހާދު ތެދުވެ ޒީންގެ އަތުގައި ހިފައި ޒީންއަށް ލިބިފައިވާ ހައިރާންކަން ފިލުވައި ދެވޭތޯ އުޅުނެވެ.

ޒިޔަމް ދިޔައީ ޒީންގެ ހަރަކާތްތައް ބަލަމުންނެވެ. ޒީން މިކަމާއި ނުރުހޭ ވަރު ފެނިފައި ހިތުގައި އިތުރު ރިހުމެއް އުފެދިއްޖެއެވެ. އާއިލާ ކުއްޖެކޭ ބުނުމުން ޒިޔަމް އާއި ޝަމްހާވެސް ހީކުރީ އެކުއްޖަކަށް ވެގެން ދާނީ ޝަމްހާ ކަމަށެވެ. ޝާހިދު ޝަމްހާއާއި ދޭތެރޭ ފަހަކަށް އައިސް ބަހައްޓާ ގާތްކަން ފެނިފައިވާތީއެވެ.

“ޝާހިދު! މީ އަހަރަމެން ނިއްމާފައި އޮތް ގޮތެއް ނޫނެއްނު” ޝާހިދުގެ ބޭބެ މޫސަގެ ހަރުކަށި އަޑުން އެއްމެން އެދިމާލަށް ބަލައިލިއެވެ.

“އާން ބޭބެ. އަޅުގަނޑުގެ ނިއްމުން ބަދަލުކޮށްފިން. މިއީ އަހަރެންގެ ދަރިފުޅަށް އަދި މިއާއިލާއަށްވެސް އެއްމެ ރަގަޅު ގޮތް.” ސިޓިންރޫމުގައި ތިބި އެއްމެން މިހާރު ތިބީ ކޮޅަށެވެ. ތަނަށް ވެރިވެފައިވާ ނުތަނަވަސްކަމުގެ ގޮތުންނެވެ.

“ދެން މަގޭ ދަރިފުޅޯ.. އަހަރަމެން މީ އާއިލާގެ ބަޔެއް ނޫންތަ. އެގޭތަ ޝަމްހާ ޒިޔަމް ދެކެ ލޯބިވާވަރު. އެދުވަހު އެވާހަކަ ނުބުނީ އޭގެ ބޭނުމެއް ނެތީމަ. ތި ޒީންއަށް ވުރެ ޝަމްހާ އެތަށް ގޮތަކުން ރަގަޅުވާނެ” ޒީން އާއި ދިމާލަށް އިގިލި ދިއްކޮށްލަމުން މޫސަ ބުނެލިއެވެ. ރުޅިވެރިކަމާއި އެކީގައެވެ.

“ޒިޔަމްވެސް އެބުނީނު އޭނައަށް ކަމުދާ ކުއްޖެއް ނެތޭ.. ދެން ކީއްވެ ތިހާ ކުއްލި ބަދަލެއް ތިގެނައީ” ޝަމްހާގެ މަންމަ ފަރީދާ މޫސައާއި އެއްބައިވިއެވެ.

“ޒީން އަކީ މިއާއިލާއަށް ހާއްސަ ކުއްޖެއް. ހުރިހާ ގޮތަކުންވެސް. އެއީ ސާއިމްގެ ކޮއްކޮ. އަހަރެން ބޭނުން ސާއިމް އާއި އޭނަގެ އާއިލާ އެއީ އަހަރަމެންގެ ބަޔަކަށް ހަދަން. ބޭބެ ކިތައްމެ ނުރުހުނަސް މިކަން ނިމިފަ މިއޮތީ. އަހަންނަށް އެނގޭނީ އަހަރެންގެ އާއިލާއަށް އެއްމެ ރަގަޅު ގޮތް. އެދެކުދިން ކައިވެނި އިން ޝާ ﷲ ޒައިނާ އަދި ސާއިމްގެ ކައިވެންޏާއި އެކީ ކުރެވޭނެ” ޝާހިދު އޭނާގެ ގޮތުގައި ވަރުގަދައަށް ހިފަހައްޓާލަމުން ބުނެލިއެވެ.

“ހިނގާ ދާން ދަރިފުޅާ. ބަޔަކު ފެނުނީމަ އަމިއްލަ އާއިލާ މަތިން ހަނދާން ނައްތާލާ މީހުންވެސް އުޅޭ” މޫސަ އައި ރުޅިން ހުއްޓުން އަރާފައި ހުރި ޝަމްހާގެ އަތުގައި ހިފައިގެން ދާން ހިގައިގަތެވެ. ޝަމްހާ ފަހަތަށް މޫނު އަބުރައި ޒީން އާއި ދިމާލަށް ބަލައިލީ ރުޅިން ރޯވަމުން ދާ ނަޒަރަކުންނެވެ. އުއްމީދުކޮށްގެން ހުރި ކަންތައް މިގޮތަށް ނިމިގެން ދާނެ ކަމަށް ގަބޫލުނުކުރެވެމުންނެވެ. ޒީންއަށް ހިތުގައިވާ ހަސަދައިގެ ވިހަ އިތުރަށް ގަދަވެއްޖެއެވެ.

“ބައްޕަ ތިހާ ބޮޑު ނިއްމުމެއް ނިއްމި އިރު އަޅުގަނޑު ގާތު ބުނެލަން އެއްމެ ރަގަޅެއްނު”ފާޅުގައި ޒީން ނުރުހުން ފާހަގަ ކުރިއެވެ.

“ދަރިފުޅާ.. ބައްޕަ ބޭނުންވީ އެއްމެން އެއްތާކު ތިބެ އެވާހަކަ ދައްކަން. މިއީ ތިހާ ރުޅިއަންނަ ކަމެއް ނޫނެއްނު. ބައްޕައަށް ފެންނަ މަންޒަރުން ދެކުދިންގެ މެދުގައި ރައްޓެހިކަން އެބަ އޮތް. އެގުޅުން އިތުރަށް ވަރުގަދަ ކުރުމުން ކޮބާ މައްސަލައަކީ” ފަރުހާދު ޒީންގެ ނުތަނަވަސްކަން ކުޑަ ކުރެވޭތޯ އުޅުނެވެ.

“އެކަމަކު ބައްޕާ! އަޅުގަނޑު ޒިޔަމް ދެކެ ލޯތްބެއް ނުވެއޭ” އެހެން ބުނެ ބާރު ހިގުމެއްގައި ގޮސް ޒީން ނިކުތީ ބެލްކަންޏަށެވެ.

“އަޅުގަނޑު ދާނީ” ފަރުހާދު އޭނާގެ ބޯހަރު ދަރިފުޅަށް ވިސްނައިދޭން ދާން އުޅުނަމަވެސް އޭނާ ހުއްޓުވީ ޒިޔަމްއެވެ.

 

ޒިޔަމްއަށް ދެވުނު އިރު ޒީން އިނީ ބެލްކަނީގައި ހުރި ގޮނޑިއެއްގައި އިށީދެލައިގެން ބޯ ރޭލުގައި އަޅައިލައިގެންނެވެ. ޒީން އިނީ ބެލްކަނީގެ ދޮރަށް ފުރަގަސް ދީގެންކަމުން ޒިޔަމް އެތަނަށް އައިކަމެއް ނޭނގެއެވެ.

“ޒީން. ވަރަށް ރުޅި އައިސްފަ ދޯ” ޒިޔަމް އިހްތިޔާރު ކުރީ މަޑު މައިތިރިކަމެވެ. ނަމަވެސް ދެތިން މިނެޓު ފާއިތުވެގެން ދިޔައިރުވެސް ޒީން ބަހެއް ނުބުނުމުން ޒިޔަމްއަށް އުދަގޫ ވާ ގޮތްވިއެވެ.

“ޒީން ތިހެން ވާހަކަ ނުދައްކާ އިނުމުން މައްސަލަ ހައްލެއް ނުވާނެ”ޒިޔަމް ބުނެލުމާއި އެކު ޒީން ޒިޔަމްއަށް ބަލައިލިއެވެ.

“މީ ޒިޔަމްގެ ޕުލޭނެއްތަ..”ދެބުމަ ގޮށް ޖަހައިލައިގެން ހުރެ ޒީން ބުނެލިއެވެ.

“ނޫން. އަހަންނަކަށް ނޭނގެ ބައްޕަ ބުނަން އުޅުނީ ޒީންގެ ނަމެއްކަމަށް. އައި އޭމް ސޮރީ ޒީން” ޒިޔަމް ޒީންއަށް ބަލަމުން ވާހަކަ ދެއްކިއެވެ.

“ތި ހުސް ދޮގު. އެހެން ވެއްޖެއްޔާ ތިބުނަނީ ޒިޔަމް ލޯބިވަނީ ޝަމްހާ ދެކެއޭތަ. ޝަމްހާގެ ނަމަށް ހީކޮށްތަ އާއެކޭ ބުނީ” ޒީން ބެލްކަނިން ދުރު ބަލަން ހުރެ ވާހަކަ ދެއްކިއެވެ. ޒިޔަމް ހީކުރި ގޮތާއި ހިލާފަށް ޒީންގެ ރުޅިގަނޑު އަދި މަޑެވެ.

ޒީން ކުރި ސުވާލަށް ޖަވާބު ނުދީ ޒިޔަމް ރޭލުގައި އަތް އަޅައިލައިގެން ޒިޔަމް ވެސް ކުރިމައްޗަށް ބަލަހައްޓައިގެން ހުއްޓެވެ. އެއްޗެކޭ ނުބުނުމުން މިފަހަރު އުދަގޫ ކުރުވީ ޒީން އަށެވެ.

“ބުނެބަލަ، ކާކު ދެކެތަ ލޯބިވަނީ” ޒީން ގޮސް ޒިޔަމްއާއި ޖެހިގެން ހުއްޓުނެވެ.

“ޒީން ބޭނުން ނުވިޔަސް އަދި ރުޅި އަޔަސް އަހަރެން ނެތިން ބައްޕަގެ ނިއްމުމާއި ދެކޮޅު ހަދާކަށް” މަޑުން ހުރެލުމަށްފަހު ޒިޔަމް ބުނެލިއެވެ.

“ޒީންގެ ބައްޕައެއް ނޫން ގޮތް ނިއްމާނީ. މީ އަހަރެންގެ ވެސް ލައިފު. ޒިޔަމް އާއި ޒިޔަމްގެ އާއިލާ ބޭނުންހާ ގޮތެއް ހަދަން ބަހައްޓާފަ ހުރި މީހެއް ނޫން ޒީންއަކީ. ބައްޕަ ގާތު ބުނެގެން މިކަން ހުއްޓުވާނަން” ޒީންގެ އަޑު އިހުނަށްވުރެ ބާރުވިއެވެ.

“ޒީން އެޓުލީސްޓު އަހަންނަށް އެއްމެ ޗާންސެއް ދީބަލަ. ޕުލީސް އާދޭސްކުރަން. އޭރުން އަހަރެން މިވާ ލޯބި ޒީންއަށް ދައްކަ ދޭނަން” ޒީންއާއި ދިމާލަށް އެބުރި ޒިޔަމް ބުނެލިއެވެ. އެހިތުގެ އާދޭސް އިއްވާލިއެވެ. ޒީން ފުރުސަތެއް ދޭތޯއެވެ. ނަސީބު އަތުގައި އޮއްވައި ބީވެގެން ދާން ބޭނުންވާނީ ކާކު ހެއްޔެވެ؟

ޒީން އާއި ޒިޔަމް ވާހަކަ ދައްކަން ތިބި އިރު ފަރުހާދު އިނީ ޝާހިދު އާއި ވާހަކަ ދައްކާށެވެ.

“ކީއްވެ އަހަރެން ގާތު ނުބުނީ ޒިޔަމްއާއި އެހެން ކުއްޖަކާއި އިންނަން ކުރިން ހަމަޖައްސާފައިން ވާހަކަ” ސިޓިން ރޫމުގައި ތިބެ ދެމީހުން ވާހަކަ ދެއްކިއެވެ. އެތާގައި އަމީރާވެސް އިނީ ދެންވާނެ ގޮތެއް ނޭނގިފައެވެ.

“އެއީ އެވަރު މައްސަލައެއް ނޫން. ބޭބެ އިސްނަގައިގެން ޝަމްހާއާއި ޒިޔަމްގެ ކައިވެނީގެ ވާހަކަ ދެއްކީ. އެކަންތަކަށް އަހަރެން ހުރީ ރުހި ގަބޫލުވެގެން. އެކަމަކު ބޭބެ ގާތު އޭރުވެސް ތަކުރާރުކޮށް ބުނިން ޒިޔަމްގެ ހިޔާލުވެސް މިކަމުގަ އޮންނާނެއޭ. ޒިޔަމްއަށް ކުޑަ ދުވަސްކޮޅެއް ދީފައޭ އަހަރެން ޔަގީންކޮށް ގޮތެއް ނިއްމާނީ. އެވާހަކަ ދެކެ ވުނު އިރަކު އަހަންނަކަށް ނޭނގެ ޒީންއަކީ އަހަރަމެންނާއި މިހާ ގާތް ކުއްޖެއް ކަމަށް.” ކަންތައް މިހާ އަވަހަށް ބަދަލުވެގެން ދާނެ ކަމަށް ޝާހިދު ހުރީ އޭރު އުއްމީދުކޮށްގެންނެއް ނޫނެވެ.

“އަހަރެންވެސް ބޭނުން ދެއާއިލާ އެއްއާއިލާއަށް ވާން. އެކަމަކު އެއީ އާއިލީ މައްސަލަތަކެއް ކުރިމަތި ކުރުވާފައެއް ނޫން” ފަރުހާދު ދެވަނަ ވިސްނުމަކަށް ދާހެން ޝާހިދުއަށް ހީވިއެވެ.

“ނޫން ފަރުހާދު.. ބޭބެ ގެ ރުޅިގަނޑު އަދި މައިތިރިވެދާނެ ދުވަސްތައް ފާއިތުވެގެން ދާ ވަރަކަށް. އެކަމާ ފަރުހާދު އަޅާލާނެ ކަމެއް ނެތް. އަހަރަމެން މިވަގުތު ބަލަންވީ އެދެކުދިން މިކައިވެންޏަށް ރުއްސޭތޯ. ފަރުހާދު ޒީން އާއި ވާހަކަ ދައްކާ. އަހަރަމެން ދެމީހުން ޒިޔަމްގެ ރުހުން ހޯދާނަން. އަހަންނަށް އެނގޭ ޒިޔަމް އަހަރެންގެ ނިއްމުމަކަށް ދެކޮޅެއް ނުހަދާނެކަން. މިވީހާ ތަނަކަށް އޭނަ ނެތް އެއްވެސް ކަމަކަށް ދެކޮޅު ހަދާފަ. އެޔަގީންކަން އެބަ އޮތް” ފަރުހާދުއަށް ޔަގީންކަން ޝާހިދު ދިނެވެ. ދެއާއިލާ ގުޅުވުމަކީ މިހާރު އޭނާ އެއްމެ އިސްކަމެއް ދީގެން ކުރަން ބޭނުންވާ ކަންތަކެވެ.

“ނޫން.. ޒިޔަމްއަށް މިކަމުގަ ބޭނުންވާ ގޮތަކަށް ކަންތައް ނުނިއްމޭނެ. ބޭބެއާއި ބައްޕައަށްޓަކައި އަހަރެން މިގެޔަށް މިއައީ ވެސް. ކޮންމެހެން ޒިޔަމް ދެކޭ ހިތަކުން ނޫން. އެހެން ނޫނަސް ޝަމްހާ ނުލާހިކު ލޯބި ވެޔެއްނު ޒިޔަމް ދެކެ. ލޯބި ނުވާ މީހަކާއި އެކީ އުޅުމަށްވުރެ ރަގަޅުވާނެ ތިމާ ދެކެ ލޯބިވާ މީހަކާއި އެއްކޮށް އުޅެން” ޒީން އެހެން ބުނެ ދާން ހިގައގަތެވެ. ޒިޔަމްއަށް ހުރެވުނީ ބަލާށެވެ. ގަދަކަމުން ޒީންގެ ލޯތްބެއް ނުހޯދޭނެއެވެ. އެމޭތެރޭ ޒީން ފޮރުވާލަން ބޭނުން ވިޔަސް ރުހުމާއި އެކީ ނޫނީ އެކަން ނުކުރެވޭނެއެވެ. ޒިޔަމްގެ ހިތުގައި އަޅަމުންދާ ވޭން ޒީންއަށް ވިސްނޭނެނަމައެވެ.

“ބައްޕާ ހިގާދާން. މިހާރު ދިހަ ގަޑި ބައިވަނީނު” އަތުކުރީ އޮތް ކަޅު ގަޑިއަށް ބަލާލަމުން ޒީން ބުނެލިއެވެ.

“ދާން ދޯ ތިއުޅެނީ.. ޕުޑިން ކޮޅެއް ހިފައިގެން ދާންވީނު. ހުންނާނީ ތައްޔާރުވެސް ކޮށްފަ.އެބަ އަންނަން ހިފައިން” އަމީރާ ތެދުވެގެން ދިޔައީ ފުރިޖުގައި ހުރި ޕުޑިންތަށި ބަލައެވެ. އެވަގުތު އެތަނަށް ޒައިނާ އަދި ސާއިމްވެސް އަޔެވެ.

“ދަރިފުޅާ ބައްޕަމެން ދާން މިއުޅެނީ” ފަރުހާދު ސާއިމްގެ ގައިގައި ބައްދާލިއެވެ.

“އަޅުގަނޑު ގެޔަށް ލައިދީފާނަން” ސާއިމް ބުނެލިއެވެ.

އަމީރާއަށް ޝުކުރު އަދާކުރުމަށްފަހު ފަރުހާދު ދާން ހިގައިގަތީ އޭނާގެ ދެދަރިންނާއި އެކީގައެވެ.

ކާރު ޒީންގެ ގެޔާއި ހަމައަށް ދަތުރުކުރަމުން ދިޔައިރު ފަރުހާދު ޒީންއާއި މިރޭގެ ކަންތަކާއި ބެހޭ ގޮތުން ވާހަކަ ދެއްކިއެވެ.

“ދަރިފުޅު ނުރުހުނީ ދަރިފުޅު ލޯބިވާ ކުއްޖެއް ހުރީމަތަ” ފަރުހާދު ޒީން އެހާ ނުރުހުންވި ސަބަބު ހޯދަން ބޭނުންވިއެވެ. ޒީން ބޯ ހުރާލިއެވެ.

“ދެން ކޮބާ މައްސަލައަކީ.. އިނީމަ ލޯބިވެސް ވެވޭނެއޭ.. އިނގޭ. ބައްޕަ ބޭނުން ކާފައޭ ކިޔާލާފަ ގޮވާލާނެ ކުދިންތައް. ދަރިފުޅު ނޫޅޭ ފިރިހެން ކުއްޖަކަށް ބަލާކަށްވެސް. ދުނިޔޭގަ އުޅޭއިރު އެކުގައި އުޅޭނެ ބައިވެރިއެއްވެސް ހުންނަންވާނެ އެއްނު. ކީއްވެތަ އެހެން އުޅެނީ.” ފަރުހާދު ކެތްތެރިކަމާއި އެކު ވާހަކަ ދެއްކިއެވެ.

“ފިރިހެނުން ގޯސްކަމުންނެއްނު ބާލާލަންވެސް ނުކެރެނީ” ޒީން އެހެން ބުނެލުމާއި އެކު ސާއިމްއަށް ލޯގަނޑުން ޒީންއާއި ދިމާލަށް ބަލާލެވުނެވެ. ޒީން ޒިޔަމް ދެކެ ރުޅި އަންނަ ސަބަބު ކުރިންވެސް އެގޭ ހާލުގައެވެ. ހިތުގައި ކޮއްކޮއަށްޓަކައި ހަމްދަރުދީ އުފެދުނެވެ.

“ތިބުނީ ބައްޕަވެސް ގޯހޭތަ. ބޭބެވެސްތަ” ޒީން ބޯ ހޫރާލިއެވެ. “އެހެންވީމަ ޒީންއަށް ކިހިނެތް އެގެނީ ޒިޔަމްއަކީ ގޯސް ކުއްޖެއްކަން. ބައްޕަ ބޭނުން މިކައިވެނި ކުރެވެން . ހީކުރަން ދަރިފުޅު ދެކޮޅު ނުހަދާނެކަމަށް” ފަހު ޖުމްލަ ފަރުހާދު ބުނެލީ ތަންކޮޅެއް ހަރުކަށިކޮށެވެ. ޒީން އިސްޖަހައިލިއެވެ. ބައްޕައަށް އޭނަގެ ހިތި މާޒީ އެގޭނެނަމައޭ ހިތަށް އެރިއެވެ. ނުބުނު ކެތްކޮށްގެން މިހުންނަނީ ބައްޕަ އެވާހަކަ ގަބޫލުކުރާނެ ކަމުގެ ޔަގީންކަމެއް ނެތީމައެވެ. މިއީ ކައިވެނި ނުކުރަން ދައްކާ ބަހަނާއެއް ކަމަށް ހީކޮށްފާނެއެވެ. ނޫނީ އޭރުން އިތުރު ވާނީ މައްސަލައެވެ. އެހުރިހާ ކަމަކާއި ކުރިމަތިލާނެ ހިތްވަރެއްވެސް ނެތީއެވެ.

ޝަމްހާ ވިސްނަމުން ދިޔައީ ޒީންއާއި ޒިޔަމްގެ ކައިވެނި ހުއްޓުވޭނެ ގޮތެއް ފެނޭތޯއެވެ. އެއްމެ ފަހުން ޖެހި މަޅިން ޒީން ސަލާމަތްވީ ކިހިނެތް ކަމެއް ނޭނގެއެވެ.

އޭގެ އަނެއް ދުވަހު ޝަމްހާ މާކޯނި ގެޔަށް ދިޔައީ ސީދާ ޝާހިދުއާއި ބައްދަލުކޮށްލުމަށެވެ. އެތެރެއަށް ވަންނަން މަރުހަބާ ކީ ޝަމްހާ އެކުގައި ހިފައިގެން އައި ތޫފާންގެ ބޮޑުކަން ނޭނގިއެވެ.

“ބޭބެ ތިހާ ބޮޑު ނިއްމުމެއް ނިއްމިއިރު ޒީންގެ ހަގީގަތް ހޯދައިލިންތޯ” ހަސީނާ ގެނައި ޖޫސްތަށިން ފޮދެއް ބޯލަމުން ޝަމްހާ އަހައިލިއެވެ.

“އާން. ޒީން އަކީ އެހެން ކުދިންނަށް ނަމޫނާ ކުއްޖެއް” ކުރުކޮށް ފޮނިކޮށް ޝާހިދު ޒީން ސިފަކޮށްދިން ގޮތުން ޝަމްހާއަށް ދަތްކުޑިވިކާލެވުނެވެ.

“ބޭބެ އަށް ތިކުރެވެނީ ކުށްހީއެއް. އާން ޒީންއަކީ ކިޔަވައިގެން ހުރި މޮޅު ކުއްޖެއް. އެކަމަކު އެނގޭތަ އެއީ ބޯބޮޑުވެސް މީހެއް. ބޭބެއަށް ނޭނގުނަސް ޒީންވަނީ ޒައި އަށް ވަރަށް ގެއްލުން ދީފަ. އެއްމެ ރެޔަކުން. ހަނދާންވޭތަ ޒައި ބަލިވެގެން މިދިޔަ ހަފުތާގަ އުޅުނެއްނު. އަތުން ފިތް ނަގައިންނާއި އެއްކޮށް. އެދުވަހުގެ ހަގީގަތް އެއްވެސް މީހެއް ބޭބެއަށް ކިޔާ ދިންތް” ސީރިއަސްކަން މޫނުމަތިން ދައްކަމުން ޝަމްހާ ވާހަކަ ދެއްކި އިރު ހިތް އޮތީ ނަށަނަށައެވެ.

“ތިކިޔާ އެއްޗެއް ނުވިސްނުނު. ތަންކޮޅެއް ސާފުކޮށް ބުނެދޭންވީނު” ޝާހިދު އަހާލިއެވެ.

“އެދުވަހު ޒީން ޒައިނާގެ ކުރީގެ ބީއެފް އާއި ދެމީހުން ރާވައިގެން ޒައި ގެންދިޔައީ ގެޔަކަށް. އެގެޔަށް ގޮސް ޒައިއަށް މީހަކު ހާނިކަ ކުރީ. ނަސީބެއް އަތުގައި ނަގާފައި ހުރި ފިތްތައް ފިޔަވައި އިތުރު އަނިޔާއެއް ނުލިބޭކަން. އެރޭ ޒިޔަމްއަށް އޭގެ ކުރިން ގުޅުނުކަން އެއީ ޒައިގެ ނަސީބު. ބޭބެ އަހަރެން މިދައްކާ ވާހަކަ ގަބޫލުކުރޭ” ޝާހިދުއަށް ދެއްމެ އިވުނު ވާހަކަތައް ގަބޫލު ނުކުރެވިފައި އިނެވެ.

“އެކަމަކު ކީއްވެ ޒީން އެކަހަލަ ކަމެއް ޒައިނާއަށް ކުރަންވީ. އެދެކުދިންނަކީ ނުލާހިކު ގާތްކޮށް އުޅޭ ކުދިންކަމަށް ބޭބެ ހީކުރީ” ޝާހިދު އޭނާގެ ޝައްކުތައް ކިޔާދިނެވެ.

“ބޭބޭ.. އަޅުގަނޑަށްވެސް ނޭނގޭނީ ތިކަން. ކީއްވެ ކަމެއް.” މީހުން ހައްލާލަން ޝަމްހާ ވަރެއް ނޯންނާނެކަން އޭނާ ދިޔައީ ސާބިތުކޮށްދެމުންނެވެ.

ޝާހިދު ވަގުތުން ގުޅައިލީ އޭނާގެ ދެކުދިންނަށާއި ސާއިމްއަށެވެ. ތިން މީހުންވެސް ތިބީ ކްލިނިކު ޑިޔުޓީގައި ކަމުން ޝާހިދު ގުޅުމުން އެއްކޮށް އައެވެ.

“ކިހިނެތްވީ ތޯ ބައްޕާ” ފޯނުން ވާހަކަ ދެއްކި އިރު ބައްޕަގެ އަޑުގައި ވި ސީރިއަސްކަން އިހުސާސްކުރެވި ޒިޔަމް ގެޔަށް ވަދެ މަޑުނުވެ އަހާލިއެވެ.

“ޝަމްހާ މިދައްކަނީ ކޮން ވާޙަކައެއްތަ. ބައްޕަ މިހިރީ ގަބޫލުކުރަންވެސް ދަތިވެފަ. ޒައި އަށް އެރޭ އަނިޔާކުރީ ޒީންއޭ. އެއީ ތެދެއްތަ. އެހެންވެތަ ބައްޕަމެން ކައިރީ އެވާހަކަ ނުބުނީ” ޝާހިދު ހާސްވެފައި ހުރިވަރުން އިށީދެގެން އިދެވޭ ވަރެއް ނޫނެވެ. ތިން މީހުންނަށް އެކަކު އަނެކަށް ބަލާލެވުނެވެ. ސާއިމް އޭނާގެ ފޯނު ނަގަން އުޅުމުން ޒިޔަމް އަދި މަޑު ކުރުމަށް އެދުނެވެ.

“ބައްޕާ… ހީވޭތަ ޒީން އެކަހަލަ ކަމެއް ކޮށްފާނެހެން. އެހެންނޫނަސް ޒީން އެކަހަލަ ކަމެއް ކުރިކަން އެގޭނަމަ އަހަރަމެން ޒައި އާއި ކައިރިއަށްވެސް ޒީން ނުގެންނާނަމެއްނު” ބައްޕަގެ ކޮނޑުގައި ހިފައިގެން ހާސްކަން ފިލުވައި ދެވޭތޯ ޒިޔަމް އުޅުނެވެ. ޝާހިދު ބޯ ޖަހައިލިއެވެ.

“ދެން ކީއްވެ ޒީންގެ ނަންބަރުން ޒައިއަށް މެސެޖުއައިސްފަ އޮތީ. އަދި ކީއްވެ އެމެސުޖަ ޒީންގެ ނަން އޮންނަންވީ”ހަށަމް ބަދެލަމުން ޝަމްހާ ބެލީ މައްސަލަ އޭނާ ކޮޅަށް އަބުރާލެވޭތޯއެވެ.

“ތެދެއް ޝަމްހާ އެކީއްވެތަ؟” ޝަހާދަށް އިގިލި ދިއްކޮށްލަމުން ޒިޔަމް ޝަމްހާއާއި ދިމާލަށް ދިޔައެވެ. ޝަމްހާއަށް ކުޑަކޮށް ފަހަތަށް ޖެހުނަސް އަޒުމް ވަރުގަދަކަން ދައްކައިލީ ގަދަކަމުން ހިނިތުންވެލައިގެންނެވެ.

“ޝަމްހާއަށް އެގޭތަ މީ ޓެކްނޮލޮޖީގެ ޒަމާނޭ. މީހުން ފޯނުން ސުކެޗިއުލް ކޮށްގެންވެސް މެސެޖު ފޮނުވޭކަން. އޭގެ އަނެއް ދުވަހު ޒީން އަހަރެން ކުރިމަތީ އިންދާ ޒީންގެ ފޯނުން ޒައިގެ ފޯނަށް އައި މެސެޖު ދައްކަންތަ” ޒިޔަމް އޭނާގެ ފޯނުން ނަގާފައިވާ މެސެޖުގެ ފޮޓޯއެއް ދައްކާލިއެވެ.

‘ ލޮލް.. މިރޭ ގެޔަށް ދެވުމުން ބޭބެއަށް ވަރަށް ސަލާމް ބުނެދޭތި”

“މީ ޒީންގެ ކަމަކަށް ނުވާނެ އެތައް ސަބަބެއް އަހަރެން ބުނެދީފާނަން . ކިހިނެތް ޒީންއަށް ހާޝިމްއަކީ ކާކުކަން އެގުނީ. ދެވަނަ ކަމަކަށް ކީއްވެ ޒީންގެ ފޯނުން މިވަގުތު މިމެސެޖު ދާންވީ. އެފޮނުވަން ސެޓިން ހެދި މީހަކަށް ރޭގަޑާއި ދުވާލު ވަކިކުރަން ނޭގުނީ ކަންނޭނގެ. ތިންވަނަ ކަމަކަށް ކީއްވެ ޒީން ޒައިއަށް ގެއްލުމެއް ދޭން ބޭނުންވާނީ. އެއްމެ ސަބަބެއް ބުނެދީބަލަ.އަދިވެސް ކިޔަންވީތަ އޭ!” ލޯޔަރެއްހެން ވާހަކަ ދެއްކިއިރު ޝަމްހާގެ މޫނުމަތީގެ ކުލަވަރު އެއްކޮށް ބަދަލުވާތަން އެތާ ތިބި އެއްމެނަށް ފެންނާނެވެ.

“ނޭނގެ މަށަކަށް. ކީއްވެ ޒީންގެ ނަން އޭނގަ އޮތީ” މިވަގުތު ހިފެން އޮތް ހަމައެކަނި ޕޮއިންޓުގައި ޝަމްހާ ހިފާލިއެވެ.

“ނުދަންނަންތަ މީހުންގެ ބޮލުގައި އިލްޒާމް އަޅުވާކަން މީހުން. ޒީންއަށް ގެއްލުމެއް ދޭން އެމީހެއް ކުރިކަމެއް މީ. އެކަމަކު އެރޭވުން ކާމިޔާބެއް ނުވި” ބައްޕައަށް ބަލާލަމުން ޒިޔަމް ބުނެލިއެވެ.

“ބައްޕައަށްވެސް ހީވަނީ ތިހެން. އެކަމަކު ޒީންއަށް ގެއްލުމެއް ދޭން ބޭނުންވާނީ ކާކުބާ” ޒިޔަމް އަދިވެސް އެމީހަކީ ޝަމްހާކަން ހާމަނުކުރިއެވެ. މިހުރިހާ ކަމަކަށް ފަހު ޝަމްހާ އެކަންތައް ދޫކޮށްލާނެ ކަމުގެ އުއްމީދުގައެވެ.

ޝަމްހާ އިތުރަށް އެތާ ނުހުރެ ދާން ހިގައިގަތީ އޭނާގެ ކޮޅު ބަލިވާހެން ހީވުމުންނެވެ. ޒިޔަމް ސާއިމް އަތުން ފޯނު ނަގައިގެން ޝަމްހާގެ ފަހަތުން ނުކުތެވެ. އަދި ޝަމްހާ މަޑު ކުރުވައި ސާއިމްގެ ފޯނުގައި ރިކޯޑު ކުރެވިފައިވާ އޯޑިޔޯގެ އަޑު އިއްވާލިއެވެ. ޝަމްހާ ބިރުން ހަލާކުނުވީ ކިރިއާއެވެ. މިކަންތައް ފަޅާ އަރައިފިނަމަ އޭނާއަށް އަބަދަށް ޒިޔަމް ގެއްލުނީއެވެ. އަދި މަންމަމެންނަށް ދައްކާނެ މޫނެއްވެސް ނޯންނާނެއެވެ.

“މި އެއްމެނަށް އަޑު އިއްވަން ބޭނުން ނުވަންޏާ ޒައި އާއި ޒީންއާއި ދުރުގަ ހުރޭ. ހަދާން ކުރާތި ޒީންއަށް ކުޑަ ނަމަވެސް ގެއްލުމެއް ދޭން އުޅޭކަންވެސް އެގިއްޖެނަމަ…އަޑު އިވިއްޖެތަ” ޒިޔަމް ދިނީ ވަރުގަދަ އިންޒާރެކެވެ. އެމީހެއް ފޭހުނު އޮލޮށި ހެރޭނީ އެމީހެއްގެ ލޮލަށެވެ. ޒީންއާއި ދިމާލަށް އެއްލި ތީރުގެ މިސްރާބު އެބަދަލުވީ ޝަމްހާއާއި އެއްކޮޅަށެވެ.

ޒީން ބުރަކޮށް އުޅުނީ ބައްޕަގެ ހިދުމަތުގަޔާއި މާދަމާ އޮތް ޔުމްނުގެ ކައިވެންޏަށް ބޭނުންވާ ހުރިހާ ކަމެއް އިންތިޒާމް ކުރުމުގައެވެ. ޔުމްނުގެ އެދުމުގެ ގޮތުން ޒިޔަމްގެ އާއިލާވެސް ކައިވެނީގެ ހަފްލާގައި ބައިވެރިވެއެވެ. ޔުމްނުގެ ބައްޕަ ޒާހިދުއާއި މަންމަ ހަސީނާވެސް ވަނީ މާލެ އައިސްފައެވެ. ދަރިފުޅުގެ އުފާވެރި ދުވަހުގައި ބައިވެރިވުމަށެވެ.

ޒީން މިއަދު ގިނަ ވަގުތު ހޭދަކުރީ ދަރުބާރުގޭގައެވެ. އެތާގައި ހަފްލާގެ ކަންތައް އިންތިޒާމް ކުރެވެމުން ދަނީ ހަމަޖެހިފައިވާ ގޮތަށްތޯ ބެލުމަށެވެ. ގެޔަށް އާދެވުނު އިރު އެއްމެން ނިދަން ދިޔައިރުވެސް ސޯފާގައި ދެފައި ވަށްކޮށްގެން ޔުމްނު އިނެވެ. ޔުމްނު ފެނި ޒީން ރަގަޅަށް ބަލާލިއެވެ.

“ނުނިދަނީތަ” ޔުމްނު ކައިރީގައި އިށީންނަމުން ޒީން އަހާލިއެވެ.

“ބިރުގަންނަނީ… މީ ހާދަ ބޮޑު ކަމެކޭ.. މުޅި ލައިފު އެއްކޮށް ބަދަލުވަނީ” ޔުމްނު ޒީންގެ ކޮނޑުގައި ބޯ އަޅާލަމުން ބުނެލިއެވެ.

“ޔުމް ލޯބިވެޔެއްނު ރީޝްދެކެ. ރީޝްވެސް ލޯބިވެޔެއްނު ޔުމް ދެކެ” ޒީންގެ ބަހަށް އެއްބަސްވުމުގެ ގޮތުން ޔުމްނު ބޯޖަހާލިއެވެ.

“އެހެންވީމަ ކޮބާ މައްސަލައަކީ.. ލޯބިވަންޏާ އެއްކޮށް އުޅެވޭނެ. އެހެންނޫނަސް މިގޭގައެއްނު އުޅެނީ. ޒީން ހުންނާން ކަމެއް ވެއްޖެއްޔާ އަބަދުވެސް އެހީވާން. ދެން ދާންވީނު ނިދަން. މާދަމާ ވަރަށް ބިޒީވާނެ އިނގޭ” ޒީން އެދުނެވެ.

“ހޫހޫ.. ލޯބީގެ އެކްސްޕާޓަކަށް ވެގެން ނޫޅޭ..މެރީ ކުރަން އުޅޭއިރު ލޯބިވެސް ނުވޭ” ޔުމްނު ދާން ހިގައިގަތީ އަދިވެސް ހިތް ބިރުގެންފައިވާ ހާލުގައެވެ. ނަމަވެސް އެކުވެރިޔާގެ ބަސްތަކުން ލުޔެއް ލިބިއްޖެއެވެ.

“ޒީންގެ ޕުލަސް ވަން އަކީ ޒިމް އިނގޭ” ފަހަތަށް އެބުރި ޔުމްނު ބުނެލިއެވެ. ޒީން ނޫނެކޭ ބުނެ ހަޅޭތްލައިވައިގަތެވެ.

“ކަމް އޯން.. ޔުމް މެރީ ކުރާތީ ދޭ ހަދިޔާއެއްގެ ގޮތުން”ދެލޯ ބޮނޑުކޮށްގެން ޒީން ހައްލާލެވޭތޯ ޔުމްނު އުޅުނެވެ.

“އޯކޭ.. ހަމައެކަނި މެރީ ކުރާތީ ޔެސް މިބުނަނީ.. އެހެން ނޫންނަމަ ނޫނެކޭ ބުނާނީ” ޔުމްނު ދޫނުކުރާނެކަން އެނގި ޒީންއަށް ޖެހުނީ އެއްމެފަހުން އެއްބަސްވާށެވެ.

އެނދަށް ނިދަން އަރައި ޒީން ފޯނު ނެގިއެވެ.

“މާދަމާ ރޭ ޔުމް ވެޑިންއަށް ޒީންގެ ޕުލަސް ވަންގެ ގޮތުގައި ދެވޭނެތަ” މެސެޖު ލިޔެލުމަށްފަހު ޒީން ޒިޔަމްއަށް ފޮނުވާލިއެވެ.

“ޔެސް ދެވޭނެ” ދެތިން މިނިޓެ ތެރޭ ޒިޔަމްގެ ޖަވާބު ލިބުނެވެ.

“ތޭންކްސް ޒިމް J ” ޒީން ފޮނުވާލިއެވެ.

“އެނީޓައިމް.. ގުޑް ނައިޓް. ޓީ.ސީ ..އައި ލަވް ޔޫ” ޒިޔަމްގެ މެސެޖު ކިޔާލުމާއި އެކީ ޒީންއަށް ހިނިތުންވެވުނީ ބޭއިހްތިޔާރުގައެވެ.

“ގުޑް ނައިޓް” ޒީން މެސެޖު ފެނުމާއި އެކު ޒިޔަމްއަށް ހިނިތުންވެވުނެވެ. ޒީން އޭނާއަށް އެފަދަ ދައުވަތެއް ދޭނެކަމަށް ކުރިން އުއްމީދުކޮށްގެން ނެތުމުންނެވެ. ޒީން ލޯބިވާ ވާހަކަ ނުބުންޏަސް މިވަރުންވެސް އެލޯތްބަށް ފެންބޮއިގެންފައިވާ ޒިޔަމްގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބިއްޖެކަން ޔަގީނެވެ.

 

ސާއިމް އަދި ޒިޔަމް ކޮފީއަކަށް ރެސްޓޯރެންޓަކަށް ދިޔައީ ކްލިނިކު ޑިޔުޓީ ނިއްމާފައެވެ. އެމީހުންނާއި އެކު ޝާހުވެސް ބައިވެރިވިއެވެ. ޝާހު ބުރަކޮށް އުޅޭތީ ބައްދަލުވެވެނީ މިހެން ދިމާވާ ދެތިން ކޮފީއަކުންނެވެ.

“ޒައި އަށް އެކަން ކުރި މީހެއް އެގިއްޖެތަ މިހާރު” ޝާހުކޮށްލި ސުވާލުން ސާއިމްއާއި ޒިޔަމްއަށް އެކަކު އަނެކަކަށް ބަލާލެވުނެވެ.

“ތިވާހަކައެއް ނޫނޭ. މީނަ މީހަކާއި އިންނަން މިއުޅެނީ. މަގޭ ކޮއްކޮއާއި” އެއީ ދެމީހުންވެސް މާ ގަޔާވާ މައުޟޫ އަކަށް ނުވާތީ ބަދަލުކޮށްލިއެވެ.

“ސެޓުކޮށްލީ ދޯ އެއްމެ ފަހުން..” ޝާހު ދިމާކޮށްލިއެވެ.

“ނޫން. އެރޭންޖު މެރިޖެއް” ޖަވާބު ދިނީ ސާއިމްއެވެ.

“އެއީ ކިހިނެތްވީ ކަމެއް. ނަސީބު ގަދައެއްނު މީނަ” ހަކުރު އަޅައި ކޮފީ ތަށި ގިރާލަމުން ޝާހު އެހިއެވެ.

ސާއިމް ވީ ގޮތް ޝާހުއަށް ކިޔައިދެމުން ދިޔައެވެ. ޒިޔަމް އަށް ހުރެވުނީ ހިނިތުންވެފައެވެ. އެވާހަކަ ކިޔައިދެމުން ދަނިކޮށް މޭޒުމަތީ އޮތް ޒިޔަމްގެ ފޯނަށް މެސެޖެއް އަޔެވެ. މެސެޖު ކިޔައިލުމާއި އެކު މީހާ ދިޔައީ ތުރުތުރު އަޅައިގެންނެވެ. ހިތް ބިރުން ތެޅިފޮޅިގަތެވެ. އައީ ޝަމްހާގެ މެސެޖެކެވެ. ފޮޓޯއަކާއި އެއްކޮށް ފޮނުވާފައިވާ މެސެޖުގައި އޮތީ “ދެން ކިހިނެތް ހަދާނީ. މިއަދު ހެކި މިއޮތީ އަހަރެންގެ އަތުގައި. ބާރުވެސް J ” މިހެންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maroon

Level 810 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

ހިތުގެ މިލްކުވެރިޔާ (ތިންވަނަ ބައި)

Next

މިލްކު ކޮށްލީ ހިތޭ……14

Next
July 7, 2017

މިލްކު ކޮށްލީ ހިތޭ……14

Previews
July 7, 2017

ހިތުގެ މިލްކުވެރިޔާ (ތިންވަނަ ބައި)

74 Comments!

  1. Shaa says:
    July 7, 2017 at 6:43 pm

    Woww maroon … awsome .. mashaa allaah

    1. maroon says:
      July 7, 2017 at 7:48 pm

      Thanku shaa ???

  2. maroon says:
    July 7, 2017 at 6:44 pm

    This is the 14th episode…kuruvaane cause my iyye part kuruvyma genesdhey bayakah vyma.. loves. Tc..

  3. aisha says:
    July 7, 2017 at 6:46 pm

    Yey me first dhow..vatah reethi mi part ves masha allah..keep it up..waiting for the next part♡♡♡♡♡

    1. maroon says:
      July 7, 2017 at 7:49 pm

      Thanku aisha ???
      First vias second vias v happy vejje kiyaalyma ?

  4. aisha says:
    July 7, 2017 at 6:47 pm

    Oops.sorry im 2nd : )

  5. sem says:
    July 7, 2017 at 6:50 pm

    Wow v nice when next part

    1. maroon says:
      July 7, 2017 at 7:49 pm

      Thanku sem???

  6. ???? says:
    July 7, 2017 at 6:56 pm

    Yeyyy mee first dhww…..? vaahaka hama varah salhi ingey. …. waiting for the next part n keep it up roon ????

    1. ???? says:
      July 7, 2017 at 6:58 pm

      Oh sorry …. I am 4th

    2. maroon says:
      July 7, 2017 at 7:50 pm

      Thanku dear. So happy to read ur comment.. tc ???

  7. maroon says:
    July 7, 2017 at 7:14 pm

    Readers “J” aky aslu happy face ?…
    Word document ga type koffa copy paste kuryma change vefa einee

  8. Reader says:
    July 7, 2017 at 7:16 pm

    Its zeen. ???
    Lets see what will happen next. Waiting

    1. maroon says:
      July 7, 2017 at 7:51 pm

      Yup shahid buny zeenge name. Lets see what will happen dhn. Thanku reader ???

  9. Aiy says:
    July 7, 2017 at 7:18 pm

    V v reethi mi part vs?Kiyaa hithun indhaa nimunee… dhn vaany kihineh baa?? Next part avahah up kohdhehchey ingey…waiting waiting…?

    1. maroon says:
      July 7, 2017 at 9:05 pm

      Aiy ?
      Next ep sundayga kiyaalama ? thanku aiy

  10. Naana says:
    July 7, 2017 at 7:24 pm

    Masha allah…..vvvv salhii mi part vx….eagerly waiting 4 nxt part……

    1. maroon says:
      July 7, 2017 at 9:06 pm

      Thanku naana ???

  11. sam♥ says:
    July 7, 2017 at 7:24 pm

    wow love u roon …♡♡♡shamhaaa i hate u …… plx zim n zee dhuru nukuraathiii sam v dhera vaaane…. waiting next part …….. roon libihjethaaa

    1. maroon says:
      July 7, 2017 at 7:26 pm

      Hey sam pinktish or sithu??..thanku for the comment ???

    2. sam♥ says:
      July 7, 2017 at 7:30 pm

      kyve ehn thibunanyyy rooon

    3. maroon says:
      July 7, 2017 at 7:35 pm

      I got 2 mails.. one from pinktish and other from sithu.. which one is u?

    4. sam♥ says:
      July 7, 2017 at 7:54 pm

      sithu 🙂

  12. Reader says:
    July 7, 2017 at 7:28 pm

    God. Kon kamehbaa ei?
    Waiting
    Next part?

    1. maroon says:
      July 8, 2017 at 6:08 am

      Next part tmrw ??

  13. Some one says:
    July 7, 2017 at 7:38 pm

    Alhe koyaaahithun indha nimijje! Thnkx avahah genesdhiniima! Alhe maroon story nimmaa than dww! Alhe kn irakun tha nxt prt??

    1. maroon says:
      July 7, 2017 at 9:03 pm

      Thanku some one.. heheheh.. nimmaathan kadaeetha ? ???

  14. Noor says:
    July 7, 2017 at 8:08 pm

    Story is Awsm dear..

    1. maroon says:
      July 7, 2017 at 9:01 pm

      Thanku noor ??

  15. Aamin says:
    July 7, 2017 at 8:43 pm

    Woow… ? mi part vs varan reethi… nd shamha Kaarin salaamai vaani kon dhuvahakun ba… ekam vs varan varan reethi igy…?next part avahan up konladhechey?

    1. maroon says:
      July 7, 2017 at 9:02 pm

      Shamha dhw ?
      Hehe. Thanku aamin ??

  16. Xna says:
    July 7, 2017 at 8:51 pm

    V Salhi???.. I’m also trembling wth fear☠☠☠..hmmm interesting,.. marooon vaavu
    Rangalhu ??? ??

    1. maroon says:
      July 7, 2017 at 9:02 pm

      Hahaha xna ??
      Thanku lots ?

  17. reysh says:
    July 7, 2017 at 8:51 pm

    Nice…waiting for next part ??

    1. maroon says:
      July 7, 2017 at 9:02 pm

      Reysh ???
      Thanku ?

  18. Adha? says:
    July 7, 2017 at 9:09 pm

    I think its xai nd haashim’s pics.. shes gonna blackmail xim… ekam…ummmm.. roon thy varah molhu kuhjeh.. hithahves naaraa gotheh hadhaafaane?? but xeen nd zim dhuru nukuraathi ingeyy..? waiting… gud nyt.. tc.. loves?❤❤

    1. maroon says:
      July 7, 2017 at 9:34 pm

      Maroon liyan feshyma hiyaalu annany.. my assu mi story emme kurin gennan ulhunu gotheh noon..but i am happy with it. Thanku adha ? gdnyt? tc loves ?

  19. Suwa says:
    July 7, 2017 at 9:15 pm

    Anekkaa kon photo eh baa… Waiting for next part…

    1. maroon says:
      July 7, 2017 at 9:33 pm

      Thanku suwa. Lets see dhw ???

  20. thuhthi says:
    July 7, 2017 at 9:17 pm

    i think ehkala rey e rashuga partyga shamha kurikameh hn eii ziyam kairiah vannan vegen.. bt e gadi kotariga huri zeen.. ekan mihigi zeen aa eky.. e photo kanneyge eyna e fonuvy.. varah hyvey eba..
    maroon i want the story little fast.. plx up the story as soooooon as possible.. plxxx dear.. neyva kolhah hifahahtaign miulheny.. i feel like killing tht shamha.. maroon plx kill that shamha.. dhn only zeen nd ziyam can live happily.. plxx..

    1. maroon says:
      July 7, 2017 at 9:32 pm

      That is a theory and maybe that is what happened ? lets see. Sure liyevunuhaa avahah upkohdheynan.. thuhthi thanku lots ???
      Shamha i hate her too ?

  21. Reader says:
    July 7, 2017 at 9:18 pm

    Roon ninmaa goiy v salhi. Konme faharakuves inthizaaru kurevey kahala gothakah ninmaalany.

    1. maroon says:
      July 7, 2017 at 9:30 pm

      Thanku reader… eyrun dhw shauguverivaany bodah ????

  22. yaanaa says:
    July 7, 2017 at 9:19 pm

    Sad vejje ?ekum keep it up..yaanaa kiyaanan?keep it up maroon????

    1. maroon says:
      July 7, 2017 at 9:23 pm

      Oh whats wrong??
      Thanku yaanaa ???

  23. Xxxx says:
    July 7, 2017 at 9:37 pm

    Oh no. What’s going to happen?story v.nice dear??????????

    1. maroon says:
      July 7, 2017 at 11:42 pm

      Lets see dhw dear xxxx ???

  24. Chum handi says:
    July 7, 2017 at 9:40 pm

    omg nothing else to say…. just fabulous….. whn nxt prt…..

    1. maroon says:
      July 7, 2017 at 11:46 pm

      Thanku chum handi … next part sunday ???

  25. khajja says:
    July 7, 2017 at 9:59 pm

    Alhey zeen ebbas vebala marry kuran ziyam aa plx plx v hyvey zeen rape kolli reyga zeen aa ziyam ge pic enhen aee adhi emalhives jehy shamhaa kanneynge v hyvey ehen aee ziyam hury erey vaanuvaaga ehenvyma eyga samhaage athevvaane masha allah v loabi stry v wait nxt prt ah avahah up kolla dhechchey plx plx gud nyt luv u maroon???❤❤???????

    1. maroon says:
      July 8, 2017 at 6:04 am

      Khajja thanku dear ??
      Baeh kudhin eba buney thiheney vy.. lets see dhw ?? loves tc

  26. annoying reader says:
    July 7, 2017 at 10:23 pm

    mi shamhaa mi haadha nulafa vegen ulhey manje ekey dhw. meena ah rangalhu filaavalheh dheeba maroon. v foohi mees gandeh. ladhu ge kan fulheh ves neh. v reethi mi part ves. plz zin and ziyam marry kuru vaathi

    1. maroon says:
      July 8, 2017 at 10:59 pm

      Shamha ah filaa valheh dheyn v dhw ?
      In sha allah
      Thanku annoying reader ??

  27. Aishaa says:
    July 7, 2017 at 10:46 pm

    Ehves faharehgga alhugandu liyaa comment eh upload eh nukurey????? y? admin y? Kon j eh tha eyny.. I am curious.zeen ehbbas vebala dhen avahah ziyam bunyma gabool kohbbala he didnt did that intensively. Kisyney usko dhoakaa dhiyaa. Mujey lagthaahey woh samha hey. Kahaanee bohot achee hai

    1. maroon says:
      July 8, 2017 at 10:58 pm

      Aisha adhi kiriyaa kanneyge approve evy ???
      J aky assu happy face liyan hadhaigen liyevunu ehcheh. And maroon akah neyge hindi eh ? v bodah thanku ???

  28. Some one says:
    July 7, 2017 at 11:46 pm

    Nuuun!!! Kadaeekii nun!!! Maaa bodah kiyaaahiyvaa thnkolhun nimeythii! Bt eii v intlgnt kudhinnah kurevey kameh!!! ?

    1. maroon says:
      July 8, 2017 at 6:05 am

      ??

  29. ninni says:
    July 8, 2017 at 12:59 am

    Maasha Allah. maroon v molhu. I love this story. Maroon ge hiyaalu v furihama. Maroon ge vissnumaai hiyaalu thanavas kohdhevva mirogun furihama kaamiyaabee eh dhevvashi. Aameen

    1. maroon says:
      July 8, 2017 at 6:06 am

      Ninni??❤
      V bodah thanks maroonge faraathun..
      V v v happy vejje ❤ loves ❤❤❤

  30. who am i? says:
    July 8, 2017 at 1:14 am

    wow… salhi kannn ?????❣❣

    1. maroon says:
      July 8, 2017 at 6:07 am

      Thanku dear v bodah ??

  31. Reader says:
    July 8, 2017 at 11:10 am

    Alhe miadhu up nukohdheveyne tha? ????????????

    1. maroon says:
      July 8, 2017 at 11:19 am

      Miadhu njvaane. Maybe tonight ah vedhaane ?

  32. Aferrr says:
    July 8, 2017 at 11:41 am

    Kon photo fonuwymatha
    Ziyam ah ehen v????

    1. maroon says:
      July 8, 2017 at 2:35 pm

      Mirey egeyvaru kohdheynan in sha allah ??

  33. Anonymous says:
    July 8, 2017 at 2:33 pm

    Nice story….alhe miadhu or mirey up kohdheeba……plx plx plx plx plx plx plx plx plx plx ….can’t wait to read nxt prt ..

    1. maroon says:
      July 8, 2017 at 2:36 pm

      Thanku dear.. trying my best ?

  34. maroon says:
    July 8, 2017 at 4:00 pm

    Readers maroon busy vyma mirey thankolheh las gadiehgga upkoh dheveyny. Sorry

  35. ????? says:
    July 8, 2017 at 4:57 pm

    Mivaahaka nunimi kithah baiii adhi eba inntha

    1. maroon says:
      July 8, 2017 at 10:56 pm

      Adhi neyge

  36. Shan says:
    July 8, 2017 at 7:57 pm

    V v v reethi mirey haadakuruko……….

    1. maroon says:
      July 8, 2017 at 8:59 pm

      Ei thursdayge baehvyma kury ? thanku

  37. Reader says:
    July 8, 2017 at 8:40 pm

    Alhe mirey up kohdheeba. Before 12 upkohdheveynetha?

    1. maroon says:
      July 8, 2017 at 8:59 pm

      Up vejje ??

Comments are closed.

Next Episodeވާށެ އޯގާ ހިތާ 15←


All Right Reserved!