ނިދަން އަރާ އޮތް ސާއިމްގެ ސިކުޑީގައި ދައުރު ވަމުންދާ ފިކުރުތަކުން ނިދިން ވަނީ މަހްރޫމް ވެފައެވެ. ކިތައްމެ ވަރަކަށް ބަދަލްކުރަން އުޅުނަސް އޭނާއަކީ ކާކުކަން ބަދަލުކުރެވޭ ކަށް ނެތެވެ. ހަޔާތުގައި އަޒުމް ކަނޑައަޅާ ކޮންމެ ކަމެއް މިހާތަނަށް ކުރަމުން އަޔަސް މައިންބަފައިންގެ ލޯތްބަކީ އޭނާއަށް ތަގުދީރު މަނާ ކޮށްފައިވާ އެއްޗެކެވެ. މަޔެއްގެ ކުލުނާއި ބަފައެއްގެ ރުހުމަކީ ފުރާނައިން އެދޭ ހުވަފެންތަކެވެ. އެއަސަރު މޭތެރޭ އަބަދަށް އެދިއެދި ހުންނާނެއެވެ. ޒީންގެ މިޒާޖު ޑޮކްޓަރަށް ދައްކަން ފެށިފަހުން އިތުރަށް […]
ޒީން އިނީ ގުޑާލަންވެސް ނުކެރިފައެވެ. މާޒީގެ ހަނދާންތައް އަޅުވާފައި ހުރި ފިލްމެއްހެން ސިފަ ވަމުން ދިޔައެވެ. އެތައް އަހަރެއް ފާއިތުވެ ދިޔައިރުވެސް އެހަނދާންތަކާއި ދުރުނުވި ހުރި ހިތްދަތި ކަމެވެ. އަށް އަހަރު ކުރިން އޭ ލެވެލް އިމްތިހާން ނިއްމުމަށްފަހު ޒީންއާއި ޔުމްނު ޗުއްޓީއަށް ދިޔައީ ޒީންގެ އުފަން ރަށް ކ.ގުޅިއަށެވެ. ދެމީހުންވެސް އިމްތިހާން ނިއްމާލީ ނުހަނު ފޮނި އުއްމީދީ ނަތީޖާއެއް ލިބޭނެ ކަމާއި މެދު ކުޑަކޮށްވެސް ޝައްކު ނުކޮށެވެ. ދެ އަހަރުގެ ކިޔެވުމުގެ ނަތީޖާ ވަރަށް ފޮނި […]
މާލޭގެ ބިމުގައި ފައި ބީއްސާލުމާއި އެކު ޒިއަމްގެ ހިތަށް ވެރިވީ އުފާވެރިކަމެވެ. ކިތައްމެ ގިނަ ދުވަހެއް ބޭރުގައި ހޭދަ ކުރުމަށްފަހު އުޅެ ބޮޑުވީ ރާއްޖޭގައި ކަމުން ގައުމަށްޓަކައި އުފެދިފައިވާ ލޯބި މޫނުމަތީވި ހިނިތުންވުމުން ދައްކުވައި ދެއެވެ. މީހުން ބުނާތީ އަޑު އަހަމެވެ. މިޒަމާނުގެ ކުދިން ބޭރަށް ދިޔުމުން އަމިއްލަ ގައުމު މަތިން ހަނދާންނެތެވެ. ބަހާއި ހުލްގު ގެއްލެއެވެ. އެހެން ނަމަވެސް ޒިޔަމް އެފަދައެއް ނޫންކަން އޭނާ ދަންނަ ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. ލައިގެން ހުރީ ވީ ކަރުގެ […]
މިއޮތް ބޮޑު ކޮންކުރީޓު ޖަންގަލި ތެރެއިން އޭނާ އެސޫރަ ހޯދާނީ ކިހިނެތް ހެއްޔެވެ؟ ކިތައްމެ ހަނދާނުން ފޮހެލަން އުޅުނު ކަމުގައި ވިޔަސް އެދުވަސް މަތިން އޭނާ ހަނދާން ނެތޭނެ ހެއްޔެވެ؟ ނަމެއް ނޭނގެއެވެ. ސިކުޑީގެ އެއް ފަރާތުގައި ރައްކާކުރެވިފައި ވަނީ ފުސް މޫނެކެވެ. ގަދަ މެރޫން ކުލައަކަށްދާ އިސްތަށި ގަނޑެކެވެ. ހަމުގެ ކުލަ ދޮނެވެ. އިސްކޮޅު ވަޒަންކޮށްލާކަށް ނޭނގެއެވެ. ކުރި މައްޗަށް އަރައި ވާހަކަ ދެއްކިއަޔަސް ދެވަނަ ފަހަރަށް އެ ސިފަ ނޭނގޭނެ ވަރަށެވެ. އެ އަޑު […]
އުފާވެރި މަޖާ ދަތުރަކަށްފަހު އެންމެން ދޯންޏަށް އެރީ މާލެ ދިޔުމަށެވެ. އިޝާ އަޝްފާގު އަތުގައި ހިފައިގެން އެންމެނާއި ދުރުން ވާހަކަ ދައްކަން އިން އިރު އަޝްފާނާއި އަރޫޝާއަށް އެމަންޒަރު ބަލަން ދުރުގައި ތެބެވޭ ވަރެއްނޫނެވެ. ދެމީހުން އެކަކު އަނެކަކާއި ސައްލާ ކުރަމުން ދިޔައީ ދެން ކަންތައް ކުރަންވީ ކިހިނެތް ކަމާއި މެދުގައެވެ. “އެއްކަން ނިމޭއިރަށް ހުވާ އަނެއްކަމެއް ކުރިމަތިވާނެ” އަރޫޝާ ހުރީ ހިތްހަމަނުޖެހިފައިކަން އޭނާގެ އަޑުން ސާފުވެއެވެ. “ރުޝް ބުންޏަސް އަހަންނަކަށް ނުހުރެވޭނެ ބޭބެ ކައިރީ ނުބުނައެއް. […]
ދަތުރުގެ އެއްމެހާ ބައިވެރިން ދޯންޏަށް އަރައި ހަމަޖެހިލިއެވެ. އަޝްފާގު ކުރިން ގޮސް ހުރީ އިޝާއަށް ނުފެންނަ ހިސާބުގައެވެ. އިޝާ ގެންނަން ބަހަނާއަކަށް ދެއްކީ އޮފީސް ދަތުރަކަށް ވުމުން އެންމެން އަންނަން ޖެހޭނެކަމެވެ. އަންނަން ދެކޮޅު ހެދި ނަމަވެސް އަޝްފާގު ނުދާ ވާޙަކަ ބުނުމުން ދޫ ދިނީއެވެ. ދީނާ މިދަތުރުގައި ނުގެންނަން އަރޫޝާމެން ބޭނުންވި ކަމުގައި ވިޔަސް އޮފީސް ދަތުރަކަށް ވުމުން ނައުމަށް އެދެން އެއްވެސް މީހަކަށް ނުކެރުނީއެވެ. އޮފީސް ތެރޭގައި ދެކެވޭ ސިއްރު ވާހަކަތަކުން އިޝާއާއި އަޝްފާގުގެ […]
އޭޝް އޭ ބުނެ އަޝްފާގަށް އިގިލި ދިއްކޮށްލިތަން ފެނި އެންމެންގެ ލޯ ބޮޑު ވެގެން ދިޔައެވެ. އެވަގުތު ފެން ކޯވަރެއް ބޯން އިން ފަޒުނާއަށް ކޮށި އަރާގޮތްވިއެވެ. “އޭޝް އޭ” އަޝްފާނާއި އަރޫޝާއަށް ހައިރާންކަމާއި އެކީ އަހާލެވުނެވެ. “އަމްމްމް.. އައި ޝުޑް ގޯ” ހިތުގައި އުފެދުނު ހުރިހާ ޝަކުވާއެއް ބޭރުކޮށްލި އިރު އިޝާއަށް އޭޝްއަކީ ކާކު ކަން ބޭޒާރުކޮށްލެވުނުކަން އެނގި ތިރީ ތުންފަތުގައި ދަތްއަޅައި ގަނެވުނެވެ. “ދަނީ” އިޝާ ރޮބެޓެއްހެން ދާން އުޅުމުން އަރޫޝާ ގޮސް އޭނާ […]
“ބޭބޭ އިޝާ ބާތްޑޭ އެބައާދެއެއްނު ހިގާބަލަ ކަމެއް ރާވަން” ހެދުނު ސައި ބޯން އިން އަރޫޝާއާއި ދިމާލަށް ހައިރާންކަމާއި އެކު ބަލައިލެވުނީ ކުއްލިއަކަށް އޭނަ ކައިރީ އިޝާގެ ވާހަކަ ދައްކަން ފެށުމުންނެވެ. “ކީއްކުރަން… އިޝާ. އަމްމް. ބޭބެ” އަޝްފާގަށް ބުނެވުނު ނުބުނެވުނު އެއްޗެއް ނޭނގި އަނގައޮޅޭ ގޮތްވިއެވެ. “ހާދަ ވަރެއް ތިވަނީ. އަނެއްކާ ކޮށި އެރީތަ” އަޝްފާގަށް ވީ ގޮތް ފެނި އަރޫޝާއަށް ހެވުނެވެ. “ނޫނޭ.. ކީއްކުރަން ބޭބެ ކައިރީ އިޝާގެ ވާހަކަ ތިދައްކަނީ އައުޓް އޮފު […]
“މަޑުން ހުރެބަލަ. މަ ކީއްކޮށްގެންތަ ތި އުޅެނީ” އަޝްފާންގެ ރުޅިގަނޑުވެސް މަތަކުރެވޭ ގޮތް ނުވިއެވެ. ހިތުގައި ބަދަލް ހިފުމުގެ ރޫހު އާލާވިއެވެ. …….. “ކޮން އަޑެއްތަ އެއިވެނީ” އޮފީހަށް އަލަށް ވެއްދި ދެކުދިންނަށް އޮފީހުގެ މާހައުލު ކިޔާދެމުން ގޮސް އަޝްފާންގެ ކެބިންއާއި ހަމަވި އިރު އިވުނު އަޑުފައްގަނޑަކުން ކޮންމެވެސް ކަމެއް ވެއްޖެކަމުގެ އިހުސާސް އަރޫޝާއަށް ވިއެވެ. އަވަސް އަވަހަށް ދޮރު ހުޅުވާލިއިރު ފެނުނު މަންޒަރުން ހަޅޭއްލަވައި ނުގަނެވުނީ ކިއިރާއެވެ. އަޝްފާގު ބިންމަތީ ބަނޑުގައި އަތް އަޅައިގެން ވޭނުގައި […]