ލެޕްޓޮޕު ހުޅުވޭތޯ އުޅެއުޅެ ހުޅުވޭ ގޮތެއް ނުވިއެވެ. މަލަކާގެ ހާސްކަން ދިޔައީ އިތުރުވެގެންނެވެ. ދެން ކަންތައް ކުރާނީ ކިހިނެތް ކަމާއި މެދު ވިސްނާލުމުން މޮޅު ހިޔާލެއް ލިބުނެވެ. އެއްމެ މިނެޓެއްވެސް ލަސްކުރުމެއް ނެތި މަލަކާ ލެޕްޓޮޕް އަތަށް ނަގައިގެން ދުއްވައިގަތީ ނިއަމްގެ ގެޔާއި ދިމާލަށެވެ. ނިއަމް އަކީ އައިޓީ ކިޔަވައިގެން ހުރި މީހަކަށް ވުމުން ހައްލުކުރަން އެނގިދާނެ ކަމުގެ އުއްމީދުގައެވެ. އެގެޔަށް ގޮސް މަލަކާ ވީހާވެސް އަވަހަކަށް މައްސަލަ ހައްލުކޮށް ދިނުމަށް އެދުނެވެ.ޝައިމްގެ އެއްޗަކަށް ވުމުން ދެކޮޅު […]
އެތައް މިނެޓްތަކެއް ވަންދެން ވިސްނަން އިނުމަށްފަހު ޝައިމް އޭނާގެ ހިތުގެ ބަސް މިފަހަރު އިސްކުރިއެވެ. ނުދާން ސިކުޑީން ގޮވަމުން ދާއިރު އިންތަނުން ތެދުވެ އެދަނީ މަލަކާއާއި ދިމާލަށެވެ. ފަސްއެބުރި ބެލުމެއް އަދި ޖެހިލުންވުމެއް ނެތިއެވެ. “މަލަކާ” ޝައިން ގޮވާލިއެވެ. މަލަކާގެ ހިޔާލުތަކުގެ ވާފަށް ކަނޑައިގެން ދިޔައީ ނަން އިވުމުންނެވެ. “ޝައިމް ކިހިނެތްވީ” ޝައިމް އެކަނި ހުރުމުން މަލަކާ އަހައިލީ ކަމެއް ވީކަމަށް ހީކުރަމުންނެވެ. “އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނެލަން” ޝައިމް ބުނެލީ ގަދަކަމުން ހިނިތުންވެލަމުންނެވެ. “ކޮން […]
ދޮރާއި ދިމާލަށް ބަލާލުމަށްފަހު މަލަކާ އަޝްވާއާއި އެކީ ދާން ހިނގައިގަތީ އަޝްވާ ހުރީ ދޫދޭ ގޮތަކަށް ނޫންހެން ހީވާތީއެވެ. މަލަކާ އަޝްވާގެ ފަހަތުން ދިޔައިރު ހިތުގައި އެކި ސުވާލުތައް އުފެދި ފުނިޖެހެމުން ދިޔައެވެ. ބައްޕަ އެހެން ބުނަންވީ ކީއްވެ ބާއެވެ؟ ބައްޕައަށް ކުރެވުނީ ކޮން ކުށެއް ހެއްޔެވެ؟ އަދި ކުށެއް ކުރެވިފައިވާނަމަ ބައްޕަ އެބުނާހެން އޭނާއަށް އޭގެ އަދަބު ލިބެންވީ ކީއްވެ ހެއްޔެވެ؟ މަޑު ފިޔަވަޅުތަކެއްގައި ގޮސް ދޮރާއި ހަމައަށް އާދެވިއްޖެއެވެ. އޭރު އަޝްވާގެ މޫނުމަތީގައި ވަނީ […]
“ރުޅި އައިމަ ވަރަށް ލޯބި” ޝައިމް މަލަކާގެ ނޭފަތުގައި ހިފާލަމުން ބުނެލީ މަޖާވެލާފައެވެ. އެޔާއެކު މަލަކާ ވެސް ބަދަލުގައި އަނެއްކާވެސް އައިސިންގެ ހަމަލާއެއް ޝައިމްއަށް ދިނެވެ. ކޮންމެ ފަހަރަކުވެސް އޭނާއަށް ފަސޭހައިން ކާމިޔާބު ލިބޭތީ މަލަކާގެ މޫނުމައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ. މަލަކާ ހިނިތުންވެފައި ހުރި ތަން ފެނި ޝައިމްއަށް ހަމަޖެހުން ލިބިގެން ދިޔައެވެ. އެހިނިތުންވުން ދެކިލުމަށް ޝައިމް ހުރީ ގުރުބާން ވާން ތައްޔާރަށް ކަން މަލަކާއަށް އެނގޭނެ ނަމައެވެ. “މަލަކާ” ދެމީހުންގެ ރުޅިވެރިކަން ސަކަރާތުން އެކަކު […]
ފަތިސް ނަމާދުގެ ބަންގީގެ އަޑަށް މަލަކާއަށް ހޭލެވުނެވެ. ފެންވަރާލައިގެން އައިސް ނަމާދަށް އެރީ އާއަޒުމަކާއި ގެންނެވެ. ނަމާދުކޮށް ނިމިގެން އެތައް އިރަކު މުސައްލަ މަތީ ﷲ ހަޟުރަތުގައި ދުއާ ދެންނެވުމުގައި ވަގުތު ހޭދަކުރިއެވެ. މަންމައަށް ހެޔޮ ވިސްނުން ދެއްވައި ޝައިމްއާއި ދެމީހުންގެ މުސްތަގުބަލު އުޖާލާކުރައްވާތޯއެވެ. މުސައްލަ ފަތް ޖަހާލުމަށް ފަހު މަލަކާ ބޭރަށް ނުކުތީ ކޮންމެ ދުވަހެއްގެ އާދައިގެން މަތިން ބަދިގެ ފަރާތް ކުނި ކަހާލުމަށެވެ. މަންމަ މިގަޑީ އުޅޭނީ މާމަމެން ގޭގައި ކަމުން މަންމަ އާއި […]
“ނިއަމް އަހަރެން..ކީއްވެ” މަލަކާއަށް ބުނަން އުޅުނު އެއްޗެއް ފުރިހަމަ ނުކުރެވުނީ ބުނަންވީ ކީއްކަމެއް ނޭނގޭތީއެވެ. “މަލަކާ ވިލް ޔޫ މެރީ މީ” ނިއަމް އޭނާގެ ފަހަތުން މާބޮޑިއެއް ދިއްކޮށްލަމުން ބުނެލިއެވެ. އެޔާއެކު މުޅި ތަނަށް ހަމަހިމޭންކަން ވެރިވިއެވެ. މަލަކާ ބުނާނެ އެއްޗެއް ނޭނގިފައި ހުރި އިރު ޝައިމް އަށް އޭނާ ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު ގަބޫލުކުރަން ދަތިވެފައި ހުއްޓެވެ. މަލަކާ އެލޯތްބަށް އާބަސް ބުނިތާ އަދި މިވީ އަތުން ގުނާލެވޭހާ މަދު ގަޑިއިރުތަކެކެވެ. އެހާ އަވަހަށް […]
އެ ފެންނަނީ އަޝްވާގެ އަތުގައި މީހަކު ބާރަށް ހިފަހައްޓައިގެން ހުރެ ކުރިއަށް ދާން ހުރަސް އަޅާ މަންޒަރެވެ. އެދިމާލަށް ދާ ވަރަކަށް އަޝްވާގެ މޫނު މަތީގައިވާ ހާސްކަން މަލަކާއަށް ފެންނަމުން ދެއެވެ. އަނެއްކާ ނުބައި ފިރިހެނެއްގެ ޝިކާރައަކަށް އަޝްވާ ވެގެން ދަނީބާވައެވެ. “ހަމަ މިހާރު އަޝްވާ އަތުން ދޫކޮށްލާ” މަލަކާއަށް އެމީހުންގެ އަޑު ފޯރާ ހިސާބަށް ދެވުމުން ހިތްހަމަނުޖެހިފައި ބުންޏެވެ. ނަމަވެސް އެމީހާ ހުރީ މަލަކާގެ އެއަމުރަށް އަމަލުކުރަން ތައްޔާރަކަށް ނޫނެވެ. އެހެންކަމުން މަލަކާ އޭނާގެ ހިގުން އިތުރަށް […]
މަލަކާ އެއްފަހަރު ޝައިމްއަށް އަނެއް ފަހަރު ދޮރު ކުރިމަތީގައި ހައިރާންވެފައި ހުރި އަޝްވާއަށް ބަލާލުމަށްފަހު އިސްޖަހައިގެން ހަލުވި ހިނގުމެއްގައި އެތަނުން ނުކުމެގެން ދިޔައެވެ. ޝައިމް ހުރި ފިޔަވަޅު މަތީގައި ހުރެ ނުކުމެގެން ދިޔަ މަލަކާއަށް ބަލަހައްޓައިގެން ހުއްޓެވެ. “ދޮންބޭ އޯކޭތަ ހުރިހާ ކަމެއް” އަޝްވާއަށް މިއީ ޝައިމްއާއި މަލަކާ އެގޮތަށް ފެނުނު ފުރަތަމަ ފަހަރެއް ނޫނެވެ. ހޮސްޕިޓަލުން އެމަންޒަރު ފެނުނު ފުރަތަމަ ދުވަހު މާ ބޮޑު ކަމަކަށް ނުހަދައި އަޅާނުލިޔަސް އެކަން މިރޭ ތަކުރާރު ވުމުން ކޮންމެވެސް […]
ޝައިމްމެން މައުރިބު ނަމާދުން ފައިބައިގެން އައިއިރު ބަދިގޭގެ ސުފުރާމަތި ވަނީ އެކިކަހަލަ ކާތަކެތިން ފުރާލާފައެވެ. ކުޅިތާކެއްޗާއި ފޮނި ކާތަކެއްޗަކެވެ. އަދި އެކި ވައްތަރުގެ ބުއިންތަކެވެ. “ޝައިމް ދޭބަލަ މަލަކާއަށް ގޮވާލަން. ދެނަމާދު ދޭތެރޭ ބޭރަށް ނުދާށޭ ބުންޏަސް އެމަންޖެއަކަށް ނުހުރެވޭނެ ނުނިކުމެ. ދެއްމެ ދުށިން ފޯނު ހިފައިގެން އެދިމާލަށް ނިކުތްތަން” މަލަކާއަކީ ހުރި ހަމައެކަނި ދަރިފުޅުކަމުން ސަމީހާ އަދިވެސް ދެވެން އޮތް އެއްމެ ފުރިހަމަ ރައްކާތެރިކަމެއް މަލަކާއަށް ދެއެވެ. ޝައިމް ދެކޮޅު ހޯދަމުން ބޭރަށް ނިކުތް އިރު […]