އަސްރާރު އެދުމުން ޝައިމް ތެދުވެ މަލަކާގެ ފަހަތުން ހިނގައިގަތެވެ. މަލަކާ ހުރީ ބޮޑު ޓެރަސްގެ ފާރުގަޔާއި އެއްކޮށްހެން ގަސް އިންދާފައެވެ. މިރުސް ގަހުން ފެށިގެން އެކިކުލަކުލައިގެ މާ ގަސްތަކެވެ. ސަމީހާ ކުޑަ ބަގީޗާއެކޭ ބުންޏަސް އެތަން ކުޑައޭ ނުބުނެވޭނެއޭ ޝައިމް ހިތަށް އެރިއެވެ. ޓެރަހަށް ފެން ލިބޭ އިސްކުރު ހަލާކުވެފައި ހުރުމުން މަލަކާގެ ބައްޕަ ފާއިޒު ހުރީ މަލަކާގެ އިސްކޮޅުގެ ދެގުނައަށްވާ ވާވަރުގެ ބޮޑު ފެން ޓައްޕެއް އެއްކަނެއްގައި ބަހައްޓާފައެވެ. މަލަކާ ފެންނަގަން ކުޑަ ޓައްޕަކާއި އެއްކޮށް […]
ފަތިސް ނަމާދުކޮށްލައިގެން ޝައިމް ހޮސްޕިޓަލަށް ދާން ތައްޔާރުވިއެވެ. އީޝް އަދި އެއްދުވަހަށް އެޑްމިޓް ކުރަން ނިއްމުމުން ހޮސްޕިޓަލުގައި މަޑުކުރުމަށެވެ. އަޝްވާ ޝައިމްއާއި އެއްކޮށް ދާން އުޅުނު ނަމަވެސް ގޭގައި މަޑުކޮށްލީ ބައްޕަ ވިޔަފާރި ދަތުރު ނިއްމާލުމަށްފަހު ހެނދުނު އަންނާނެ ވާހަކަ ބުނުމުންނެވެ. ޝައިމް ހޮސްޕިޓަލަށް ދިޔުމުން އަޝްވިން އާއި ލިއުޝާ ގެޔަށް ދިޔައީ ތާޒާވެލުމަށެވެ. އީޝް ޝައިމްއާއި ހަވާލުކުރަމުންނެވެ. ” ދޮންބެގެ ދޫންޏާ ކިހިނެތް މިހާރު” އެއް އަހަރަށްދާ އީޝް އޮތީ އައިވީ ގުޅާފައެވެ. ޝައިމް އީޝް […]
“މަލަކާއޭ. ވަރަށް ރީތި ނަން. ސިފަވެސް އެހާ ރީތި. އެހެންވީމަ ވަރަށް ރީތިކޮށް މިބުނަނީ މިތަން މަލަކާއަށް ދެވެން ނެތޭ. ވަރަށް ސޮރީ” ޝައިމް ބުނެލީ ޖެއްސުމުގެ ރާގަކަށެވެ. އެޔާއެކު މަލަކާގެ ރުޅިގަނޑު ކެކެން ފެށިގަތެވެ. އެހާ އުއްމީދުކޮށްގެން ހުރި ކަމެއް އެހެން މީހެއްގެ ސަބަބުން ގެއްލޭތީ އެކަންޏެއް ނޫނެވެ. ޝައިމްގެ ވާހަކަ ދެއްކުމުގެ ރާގުން ވެސްމެއެވެ. “މެޑަމް” ދެމީހުން އަރާރުންވުމުގައި ތިއްބާ ވެއިޓަރު މަލަކާގެ ހޫނު ބުއިން ހިފައިގެން އަޔެވެ. މަލަކާ ކާމިޔާބީގެ ހިނިތުންވުމަކުން ޝައިމްއަށް […]
” ރޭދުވާ ތަކުރާރު ވަމުން ގޮސް މިއަދު އެރި އިރުވެސް އޮއްސެނީއެވެ. އެއާއެކު އަނިދިރިކަމުގެ ސާލެއް އުދަރެސް މައްޗަށް ވެރިކުރުވަމުން ދެއެވެ. ރަތްވިލާތަކުން އުދުމަތީގައި ނަލަ ތަސްވީރެއް ކުރަހަމުން ދެއެވެ. އުޑުމަތި ބަނަ ދުވަހެއް ނަމަވެސް ޖެހޭ ހިތްގައިމު ވައިރޯޅިތަކުން މޭ ފުރިގެން ދެއެވެ. މެންދުރު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ޖައްވުގައި ތާޒާކަން އެކުލެވިގެންވެއެވެ. ގަސްތަކަށް އާރޯކަން ގެނެސްދީފިއެވެ. މިފަދަ ހިތްގައިމު ދުވަސްތައް އައުމުން އަހަރެންގެ ހަނދާނަށް އަންނަނީ ރަށުގައި އުޅުނު އުފާވެރި ދުވަސްތަކެވެ. އެދުވަސްތައް […]
އެކުވެރިޔާއެވެ. އަހަރެންނަކީ ކިހާ ބޮޑު ކުށްވެރިއެއްކަން މިއަދު އަހަންނަށް އިހްސާސް ކުރެވެން ފަށައިފިއެވެ. އަހަރެން ޒަރާގެ ދިރިއުޅުން ވެއްޔާއި މި މޮޑެލީ އެއްމެ ފަހަރަކުވެސް ހަގީގަތާއި ކުރިމަތި ނުލައެވެ. އަހަރެންނަށް ޒަރާއަށް މިދެވެނީ ވޭނެވެ. އަމިއްލަ އެދުން އިސްކުރެވުނީއެވެ. އެކުވެރިޔާއެވެ. ހަގީގަތް ކުރިން އެގުނުނަމަ އަހަރެންގެ ޒަރާ މިހާލަކަށް ނުދިޔައީހެވެ. ޒަރާ އަހަރެން ނޭނގޭ ކަމަށް ހަދައިލީ ޒަރާގެ ކައިވެންޏަށް އިހްތިރާމް ކުރުމުގެ ގޮތުން ހެއްޔެވެ؟ މިއަދު މީ އަހަރެން އުފާ ކުރަން ވީ ވަގުތެވެ. ޒަރާ […]
މިއަދު ނާއިމް އަހަރެން އެގެޔަށް ގެންދިޔައީ ރޯދަމަހަށް އެގޭގެ ބަދިގޭގެ ކުޑަ މަރާމާތެއް ކޮށްލުމަށެވެ. އަހަރެމެންނަށް ގެއަށް ދެވުނު އިރު ޒަރާ އާއި ނާއިމްގެ މަންމަ ބަދިގޭގެ ކަބަޑުތައް ހުސްކޮށް ތައްޔާރީތައް ވަމުން ދިޔައެވެ. އަހަރެން ނާއިމްގެ މަންމައަށް ގޮވާލުމަށްފަހު މޭޒު ކައިރީގައި ހުރި ގޮނޑިއެއްގައި އިށީނީމެވެ. “މުނާޒުގެ އަންހެނުން ކޮބާ” ނާއިމްގެ މަންމަ އަހާލިއެވެ. އަހަރެންނަށް ބަލާލެވުނީ ޒަރާއަށެވެ. ޒަރާ ހުރީ އަހަންނަށް ފުރަގަސްދީގެން ކަމުން ޒަރާއަށް އެކަމެއް ނޭނގޭނެއެވެ. “އަޅުގަނޑު އަދި މީހަކާއި ނީންނަން” […]
ހޮސްޕިޓަލުން ނިމިގެން ލަސްނުކޮށް އަހަރެން ދިޔައީ ނާއިމްގެ ގެއަށެވެ. ބާރު ހިގުމެއްގައި ގޮސް ގޭގެ ދޮރުގައި ޓަކި ޖަހާލީމެވެ. އޭރު އަހަރެންގެ ހިތް ދިޔައީ ބާރު ބާރަށް ތެޅެމުންނެވެ. “ނާއިމް އެބައުޅުއްވާތޯ” ދޮރު ހުޅުވީ ނާއިމްގެ މަންމައެވެ. ” ނޫން، ނާއިމްގެ ރައްޓެއްސެއް ދޯ” އަހަރެން ދިޔަ ވަގުތަކީ ނާއިމް ބޭރުގައި އުޅުނު ވަގުތެކެވެ. ނާއިމް ނެތުމަކީ އަހަރެން އުއްމީދުކޮށްގެން ހުރި ކަމަކަށް ނުވި ނަމަވެސް ނާއިމް ނެތުމުން އަހަރެންގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ. ޒަރާއާއި ސީދާ […]
އަހަރެންނަށް އޮފީހަށް ދެވުނު ވަގުތަކީ ނާއިމް ސައިކަލުގައި އެތަނަށް މަޑުކުރި ވަގުތެވެ. ނާއިމްގެ ސައިކަލުގެ ފަހަތުގައި ޒަރާ އިނެވެ. އެތަން ނުފެންނަ ކަމަށް ހަދައި އަހަރެން އެތެރެއަށް ދާން އުޅުނީމެވެ. “މުނާޒު.. ކަމެއް ކޮށްދީބަލަ” ނާއިމްގެ އަޑު އިވުމުން ގަދަކަމުން ހިނިތުންވެލަމުން އަހަރެން ބަލައިލީމެވެ. “ޒަރާ މީޓިންގ ނިމެންދެން ތި އޮފީހުގައި ބޭންދިދާނެތަ. މީޓިންގް ނިއްމާފަ ދެމީހުން ތާކަށް ދާންވެގެން” ނާއިމް އެދުނެވެ. “އޯކޭ.. ހަނީމޫނަކަށް ނުދަންތަ” އަހަރެންނަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. “ޒަރާ ބޭނުމެއް ނުވޭ […]
މަންމަ އަބަދުވެސް އަހަންނަށް ދޭ ނަސޭހަތެއް ހިއްސާކޮށްލާނަމެވެ. ދަރިފުޅާއެވެ. ދުނިޔެއަކީ ކެހިވެރި ތަނެކެވެ. އިންސާފަކީ މަދު ބަޔަކަށް ލިބޭނެ އެއްޗެކެވެ. ނަމަވެސް ކެތްތެރިވާށެވެ. އެއްމެ އޯގާވަންތަ ރަސްކަލާނގެ އަހަރެންމެންގެ ހާލަތު ދެނެވޮޑިގެންވާނެއެވެ. މިއަދު ނުލިބޭ އިންސާފު މާދަމާ ލިބޭނެއެވެ. އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނެއެވެ. ދުއާ ކުރާށެވެ. މަދަދު ދެއްވާނެއެވެ. ބޭރުގައި މާސްޓާރސް އަށް ކިޔެވުމަށްފަހު އަހަރެން މާލެ އައީމެވެ. އެއާރޕޯޓުން އަހަންނަށް މަރުހަބާ ކިޔަން ލައިނަކަށް އެތުރިގެން އަހަރެންގެ އާއިލާގެ މެންބަރުން ތިއްބެވެ. މާބޮނޑިއާއި ހަދިޔާތަކާއި […]