”އަހަރެން ގަސްދުގައި ކުރި ކަމެއް ނޫން އެއީކީ..” ކާރުގެ ޑްރައިވަރު އިސްދަށަށް ޖަހައިލައިގެން އިނެ ފުލުހުންގެ ކުރިމަތީގައި ބުނެލިއެވެ. ”އަހަރެން ދިޔައީ މީހުންތައް އެހެން ނުދަނީ ހެން އަވަހަށް ދާން.. އެކަމަކު ކުއްލިއަކަށް އައިސް މީހަކު ކުރިމައްޗަށް އެރުމުން އަހަންނަށް ކާރުގެ ބުރެކި ޖެއްސުން ވީ އުނދަގޫ ކަމަކަށް.. ވަރަށް ބާރަށް ދާން ދިޔައީ.. އަހަރެން އިނީ ކުރިމަތިން ފެނުނު ކަންތައް ގަބޫލުކުރަން އުނދަގޫވެފައި.. އެއޮށް ކުޑަ ވަގުތު ކޮޅު ތެރޭގައި ހުރިހާ ކަމެއް ވެ ދިޔުމުން.. […]
ޒިރާން ހެނދުނު ގަޑީގައި ފަޒީލް އާއި އެކު ފިހާރައަށް ދާން ނުކުންނަން އެއުޅެނީ ފިހާރައަށް ބޭނުންވާނެ ބައެއް ސާމާނު ގަންނާށެވެ. ޒިރާން އާއި ފަޒީލް ބޭރަށް ނުކުމެ އިރުކޮޅެއްވީ ފަހުން މުޅި ގޭތެރެ ވެސް ހޭލައްވާލީ ބާރުގަދަ އަޑު ފައްގަނޑެއް އިވުމުންނެވެ. އެއާއި އެކު އެންމެން ވެސް ގެއިން ނުކުމެގެން ބޭރަށް ދިޔައީ ވެގެން އުޅޭ ގޮތެއް ބަލާލުމުގެ ޝައުގުވެރިކަން ހުރިލެއް ބޮޑުކަމުންނެވެ. ބޭރަށް ނުކުމި ކައިޒީންމެން އެންމެންގެ ވެސް ލޯތައް ބޮޑުވެގެން ދިޔައީ ކުރިމަތިން ފެންނަމުން […]
އެގޮތަށް އޮވެ ކައިޒީންއަށް ނިދުނު އިރުވެސް ނޭނގުނެވެ. ނިދާފައި އޮތް އިރުވެސް ކައިޒީންއަށް ދިޔައީ ގިސްލެވެމުންނެވެ. އަދި މަޑު މަޑުން ދިޔައީ މަންމައަށް ގޮވެމުންނެވެ. މިއަދު އެހިތުގަ އަޅާ ވޭން ބަޔާންކުރަންވެސް ދަތި ވާނެއެވެ. ***** މެލޭސިއާގެ ކާރުބާރު ބޮޑު ހައިވޭގައި ދުއްވާފައި ވޭން ދިޔައީ ޖެހޭ ވައި ވެސް ކަފަމުންނެވެ. ވޭނުގެ އެތެރޭގައި އިން ކައިޒީން އަށް ހީވީ އީދެއް އައިސްގެން އުޅޭ ހެންނެވެ. ކައިޒީންގެ އަނގައިގައި ނުފެންނަ އެންމެ ދަތެއް ވެސް ނެތެވެ. ހީވަނީ […]
ކަައިޒީން އެހެން ބުނުމާއިއެކީ އާރިފާގެ ފައިގައި ތަޅު އެޅުވުނު ފަދައެވެ. ކުރިއަށް އެންމެ ފިޔަވަޅެއްވެސް އަޅާނުލައި ހުރިތާ ހުރީއެވެ. ކައިޒީން އަދި ޒިރާންވެސް ބަލަން ހުރީ އާރިފާއަށެވެ. އެހެންކަމުން އާރިފާ ކުދި ފިޔަވާޅުތައް އަޅަމުން ގޮސް ކައިޒީންގެ ޕޭޕަރުތައް ބަހައްޓާފައި ހުރި މޭޒާ ހަމަ ކޮށްލިއެވެ. އަދި ވަކިވަކިން ޕޭޕަރުތަކަށް ބަލަން ފެށިއެވެ. ”ދަރިފުޅާ.. މަންމަ ވަރަށް ހިތްހަމަ ޖެހިއްޖެ ދަރިފުޅު މިއަދު ތި ގެނަ ނަތީޖާ އާ މެދު.. މަރުހަބާ ދަރިފުޅާ.. ” އާރިފާގޮސް އީނާޝްގެ […]
*ނޯޓް: އީނާޝް ، ކައިޒީން އަދި ނަބާހު އަކީ އެއް އުމުރެއްގެ ތިން ކުދިން. އެކަމު ފުރަތަމަ ބައިގައި އިންނާނެ ލިޔެފައި އީނާޝް ވައްތަރީ 16 އަހަރުގެ ކުއްޖަކާއި އޭ. އަސްލު އެތާ އިންނާނީ 15. އެކަމު އެ ތިން ކުދިންނަށް ވުރެ ކައިޒީން ދޮށި ވާނެ މަހުގެ ގޮތުން. އެއް ގުރޭޑެއްގައި ތިން ކުދިންވެސް އުޅެނީ.* އެންމެން ފަހަތުން ހިނގާފައި ދިޔަ ފަޒީލް އާއި މާޙިލްއަށް އެތަނުގައި ހިނގާ އެއްވެސް ކަމެއް ނޭނގެއެވެ. އެއަށް ވުރެ […]
ކައިޒީން ދިޔުމުން ޒިރާން އަނެއްކާވެސް ގޮސް އިށީންދެލީ ހަމަ ސޯފާގައިއެވެ. ކައިޒީން އެބުނީ ތެދެއް ނޫން ކަމުގައި ޒިރާންގެ ހިތް ބުނަނީއެވެ. އަދި ކައިޒީންއަށް ކަމެއް ވެއްޖެކަމަށްވެސް ޒިރާންގެ ހިތް ދިޔައީ ހުއްޓާ ނުލައި ބުނަމުންނެވެ. ނަމަވެސް ޒިރާންގެ ހިތްހަމަޖައްސާލީ ކައިޒީން އެއީ ދުވަހަކުވެސް އޭނާއަށް ދޮގު ހެދި ކުއްޖަކަށް ނުވާތީ އެކަން ހަނދާންކޮށްލަމުންނެވެ. އަދި އެތާ ނީދެ ޒިރާންވެސް ނިދަން ދިޔައީ ނިދިއައިސްފައި ހުރިލެއް ބޮޑުކަމުންނެވެ. އީނާޝް އެނދުގައި ދެފަރާތަށް ފުރޮޅެމުން ދިޔައީ ނުނިދިގެންނެވެ. އީނާޝްއާއި […]
އަނެ އްކާ ވެސް މިވަނީ އަޅުގަނޑުގެ ޓެސްޓު ތަ އް ފެށެން ކަ އިރި ވެފަ އިވުމުން ވާހަކަ މެދު ކަނޑާލަން ޖެހިފަ އިއއ. ހުރިހާ ކިޔުންތެރިންގެ ފަރާތުން ނިހާޔާތަ އްް މަޢާފަށް އެދެން. އަދި ޓެސްޓު ނިމުނު ހާ އަވަހަކަށް ވާހަކަ އިގެ 13 ވަނަ ޕާޓް ގެނެސްދޭނަން. ހުރިހާ ކިޔުންތެރިން ވެސް ކެތްތެރިކަމާ އިއ އެކު އިންތިޒާރު ކުރަ އްވާނެ ކަމަށް އުންމީދު ކުރަން. އަދި ވެސް އެއއ އްފާހާރު ވަރަށް ބޮޑަށް މަޢާފަށް […]
ފޮޓޯ ނަގަމުން ދިޔައިރު އާރިފާ މަސައްކަތް ކުރަމުން ދިޔައީ އީނާޝް ފޮޓޯ ނަގަން ނޭރުވޭތޯއެވެ. އީނާޝްވެސް އެކަމާ މާ ގަޔާވާ ހެނެއް ހިޔެއްނުވެއެވެ. ނަމަވެސް ކައިޒީންއާއި ޒިރާންގެ އެދުމުގެ މަތިން އީނާޝްއަށް ޖެހުނީ ފޮޓޯ ނަގާށެވެ. އަދި އާރިފާއަށް ޖެހުނީ ހަތިޔާރު ބަހައްޓާގެން އެތާގައި ރީތިކޮށް ހުންނާށެވެ. އެންމެން އެކީ ފޮޓޯ ނަގާ ނިންމާފައި ޕާޓީ ނިންމާލީ ބާރަޖަހަން ކައިރިވެފައި ހުއްޓައެވެ. ޕާޓީ ނިމުމުން އެންމެވެސް އަވަސްވެގަނީ ވަރުބަލިވެފައި ހުރުމުން ނިދަން ދެވޭތޯއެވެ. ނަމަވެސް ކައިޒީން ހުރީ […]
”އެއޮށް ގަޑި ޖެހެނީ.. ހިނގާ ދާން..” އެކަކު އަނެކަކަށް ގެއްލިފައި ހުރި ދެމީހުންނަށް ހޭވެރިކަން ވީ ކައިޒީން ވާހަކަ ދައްކަން ފެށުމުންނެވެ. މާހިލް އަވަހަށް އެތަނުން ނުކުމެގެން ދިޔައިރު ކައިޒީން އަދި އީނާޝް ވެސް އެތަނުން ނުކުމެގެން އަވަހަށް ދިޔައީ ގަޑި ޖެހެން ކައިރިވެފައި ހުރުމުންނެވެ. ******* އީނާޝް އާއި ކައިޒީން ގެއަށްއައި އިރު އެދެ ކުދިންގެ އިންތިޒާރުގައި އާރިފާ އާއި ޒިރާން ހުއްޓެވެ. އީނާޝްގެ މޫނުމަތިން އުފާވެރިކަން ފެނިގެން ދިޔައިރު ކައިޒީންގެ މޫނުމަތި ވަނީ މިލައި […]