މިހާރު.. އީނާޝް މާޒީއާއި މެދު ވިސްނަން އޮވެފައި ނިދީގެ ފުން ކަނޑަކަށް ގެނބިގެން ދިޔައީ ވެފައި ހުރި ވަރުބަލިކަމެއްގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ. އީނާޝްގެ މާޒީ އެނގޭ ކޮންމެ މީހެއްގެ ހިތުގައިވެސް އީނާޝް އާ މެދު ހަމްދަރުދީ އުފެދޭނެއެވެ. ******* ”ދަރިފުޅާ ކައި.. އާދޭ އަވަހަށް ކާން.. ސުކޫލުން އައި ގޮތަށް ނުވެސް ކާ އަދި ތިއުޅެނީ.. އަވަހަށް އާދޭ..” ޒިރާން ކައިޒީންގެ ކޮޓަރި ދޮރުގައި ތަޅަމުން ކައިޒީންއަށް ގޮވަމުން ދިޔައީ ކެއުމަށް އައުމަށެވެ. ”ބައްޕާ މިދަނީ..” […]
******* ދުވަސްތައް ހަލުވި ކަމާއިއެކު ފާއިތުވަމުން ދިޔައީ އެއްބަޔަކު ހިތްތަކަށް އުފާވެރިކަން ގެނެސްދީ އެނެއްބަޔެއްގެ ހިތްތަކަށް ހިތާމަވެރިކަން ގެނެސްދެމުންނެވެ. މިއީ އަބަދުވެސް ދުނިޔޭގެ އާދައެވެ. އީނާޝް އާދައިގެ ގޮތަކަށް އުޅެމުން ދިޔައިރު އާރިފާ އުޅެމުން ދިޔައީ ހިތާމައާ ވޭނުގައިއެވެ. އާރިފާގެ ހަގީގަތް ސޮބާހުއަށް އެނގުނު ދުވަހުން ފެށިގެން ސޮބާހު އާރިފާއަށް ނަފްރަތު ކުރަން ފެށީ އެޔެއް މިޔެއް ބަލާފައިއެއް ނޫނެވެ. އަދި އެދުވަހަށްފަހު ސޮބާހު އާރިފާއަށް އަނިޔާވެސް ކުރަން ފެށިއެވެ. ކޮންމެ ދުވަހަކުހެން އާރިފާ ގައިގެ ކޮންމެސް […]
ދެމީހުންގެ މަސައްކަތުން ވަރަށް ހާލުން ދޮރު ހުޅުވުނެވެ. ނަމަވެސް އޭރު ވަނީ ވަގުތު ފާއިތުވެފައިއެވެ. ވާ ކަމެއް ވަނީ ވެ ނިމިފައިއެވެ. ނަބާހުއަށް އީނާޝް އޮތް ގޮތް ފެނިފައި ދުވެފައި ގޮސް އީނާޝްގެ ގައިގައި ބައްދާލައިފައި އީނާޝް އަށް ގޮވަން ފެށިއެވެ. އީނާޝްގެ ބޯ ފަޅައިގެން ގޮސް ފައި ވާއިރު އަތާއި ފައިގެ އެކި ތަންތަން ވަނީ މަށައިގެން ގޮހެވެ. އީނާޝްއަށް ވެފައި ހުރި އަނިޔާ ފެނި ކޮންމެ މީހެއްގެ ހިތުގައި ޖެހޭނެކަން ގައިމެވެ. ނަބާޙުގެ އުގުގައި […]
ނަބާޙު ރިޕޯޓްފޮތް ހިފައިގެން އައުމުން އެންމެ ފުރަތަމަވެސް މަރުހަބާ ކީ އީނާޝްއެވެ. އީނާޝް އަބަދުވެސް ނަބާހުއަށްޓަކައި ފަހުރުވެރިވެއެވެ. ދުވަހަކުވެސް ނަބާހު އާއި މެދު ހަސަދަވެރިއެއް ނުވެއެވެ. ބޭރުން ކިތަންމެ ބޮޑަކަށްވެސް އީނާޝް އުފާވެރިކަމެއް ދައްކައިގެން ހުއްޓަސް އީނާޝް އެތެރެ ވަނީ އެއްކޮށް މަރުވެފައިއެވެ. އާރިފާ އީނާޝްއާއި ދިމާއަށް ފާޑަކަށް ބަލަން ހުރެފައި ދިޔައީ އީނާޝްއާ ދިމާއަށް ކުދި ކިޔަމުންނެވެ. އޭގެ ބަދަލުގައި އަބަދުވެސް އީނާޝް އާރިފާއަށް ހެޔޮވިސްނުން ދެއްވާތޯ ދުޢާ ކުރެއެވެ. އެންމެ މޮޅު ކުދިންނަށް ދޭ […]
ހަ އަހަރު ކުރި. ”މަ މި ބުނީނު ސުކޫލަށް ދާނެ ކަމެއްނެތޭ.. އެހެން ބުނީމަވެސް ކީއްވެތަ ސުކޫލަށް ދާން ތިއުޅެނީ.. ދެން ހަމަ ޔުނީފޯމާ އެއްޗެހި އިރާލާނި..” އާރިފާ އީނާޝް އާ ދިމާއަށް އެއްޗެހި ގޮވަމުން ދިޔައިރު އާރިފާ ހުރީ ރުޅިއައިސް މުޅި މޫނުވެސް ރަތްވެފައިއެވެ. އީނާޝްގެ އެއްވެސް ކުށެއްނެތި އީނާޝް ސުކޫލަށް ނުފޮނުވައި އާރިފާ އެހިފަހައްޓަނީ އާރިފާގެ އަތުން ރުފިޔާ އެއް ގޮސްދާނެތީއެވެ. އީނާޝްއަށް އެންމެ ހަރަދެއް ކުރާކަށްވެސް އާރިފާ ބޭނުމެއްނުވެއެވެ. އާރިފާ އަބަދުވެސް ބޭނުންވަނީ […]
އީނާޝްއަަށް ސުކޫލް ފެނުމާއިއެކު ކުރެވުނީ އެހެން ކަހަލަ އިހްސާސެކެވެ. ހަނދާނަށް އައީ އޭގެ އެތަށް އަހަރެއް ކުރިން އީނާޝް ހަމަ އެސުކޫލަށް އައި ދުވަސް މަތިންނެވެ. އެއީ ދުވަހަކުވެސް އީނާޝް ހަނދާނުން ފިލާނެ ދުވަސްތަކެއް ނޫނެވެ. އެގޮތަށް ސުކޫލާ ދިމާއަށް ބަލަން ހުރެފައި އީނާޝް ސުކޫލަށް ވަންނަން ދިޔައީ އެހެން ކުދިންވެސް ސުކޫލަށް ވަންނަން ދިޔުމުންނެވެ. ނަމަވެސް އޭރުވެސް އީނާޝް ގެ ސިކުނޑީގައި ހަރުލާފައި ވަނީ ކުޑަ އިރު ސުކޫލަށް އައި ދުވަސްތަކެވެ. އެެހެން ކަމަކަށް ސަމާލުކަން […]
އޭގެ އެނެއް ދުވަހު އީނާޝް ތައްޔާތުވަމުން ދިޔައީ އެގެއިން ނިކުތުމަށެވެ. އެދުވަހަކީ ބަންދު ދުވަހަކަށް ވުމުން ސޮބާހު މާލޭގައި ނެތުމުން އިނާޝްއަށް އެގެއިން ނުކުތުން ވީ ވަރަށް ފަސޭހަ ކަމަކަށެވެ. އަދި އީނާޝްގެ ނަސީބު ރަނގަޅުކަމުން އެދުވަހަކީ ނަބާހުއަށް ވެސް ސުކޫލްގެ ކަމަކު ދާން ޖެހުނި ދުވަހެކެވެ. އެއްޗެހިތައް ދަބަހަށް އަޅައިގެން ނުކުތް އީނާޝްއަށް ހުއްޓެން މަޖުބޫރު ވީ ކުރިމަތިން ފެންނަން ތިބި މީހުންގެ ސަބަބުންނެވެ. ހުދު ކުލައިގެ ގަމީހަކާއި އެކު ކަޅު ކުލައިގެ ފަޓްލޫނުގައި ހުރި […]
އެމީހާގެ ސަބަބުން ކައިޒީން ގެއަށްގެނައި ސަބަބުވެސް ޒިރާން ހަނދާންނެތުނެވެ. ”ބައްޕާ މިއީ އާރިފާ ދައްތަ.. ދައްތާ މިއީ އަހަރެންގެ ބައްޕަ..” ކައިޒީން އެދެމީހުންނަށް ދެ މީހުން ތައާރަފު ކޮށްލަދިނެވެ. އަދި މިއަދު ވީ ކަންތައްތައް އަކުރުން އަކުރަށް ކިޔާދިނެވެ. ”ދަރިފުޅާ ދޭބަލަ ޖޫސްތައްޓެއް ބަލައި..” ޒިރާން ވަރަށް ލޯބިން ކައިޒީން ކައިރީ އާރިފާއަށް ޖޫސްތައްޓެއް ބަލައިދިޔުމަށް ބުންޏެވެ. ކައިޒީންވެސް ލަސްނުކޮށް އަވަހަށް ޖޫސްތައްޓެއް ބަލައި ދިޔައެވެ. ”ވަރަށް ބޮޑަށް މައާފު ކުރޭ ކައިޒީންގެ ފަރާތުން މިއަދު ވީ […]
މާލޭގެ ކޮންކުރިޓް އިމާރާތްތަކާއި ހަލަބޮލި މަގުތަށް އަދި އެކި ޒާތްޒާތުގެ މީހުން ފެނިފައި އަހަރެންގެ ހިތުގައި ބިރުވެރިކަން އުފެދުނީ ހީވެސް ނުކުރާހާ އަވަހަށެވެ. މިއީ އަހަރެން މާލެއައި ފުރަތަމަ ފަހަރު ކަމުން މާލެއަށާއި އަދި ތަންތަނަށް ވެސް އަހަރެން ވަރަށް އަލެވެ. މަންމައާއި ބައްޕަ ބަލަމުން އައި ފޮނި ހުވަފެންތައް ހަގީގަތަކަށް ހެދުމަށްޓަކައި އަހަރެން މާލެ މިއައީ މަންމައާއި ބައްޕަ އަދި އަހަރެންގެ އާއިލާ ވެސް ދޫކޮށްލާފައިއެވެ. އަދި އަހަރެންވެސް ބަލަމުން އައި ފޮނި ހުވަފެންތަށް […]