އީނާޝްއަށް އާރިފާމެން ތިބި ހިސާބަށް ދެވުނު އިރު އެތަނުގައި ކައިޒީން އާއި މާހިލްގެ ކައިރީގައި ހުރި މީހާ ފެނުމުން ހުއްޓުން އަރާފައި ބަލަން ހުރުން ނޫން ކަމެއް އީނާޝްއަކަށް ނުކުރެވުނެވެ. އާރިފާވެސް އިނީ ހަމަ އެ ހައިރާންކަމުގައި އެ ޒުވާނާއާއި ދިމާލަށް ބަލާށެވެ. ******* ”ކޮބާ ތޯ ކައިޒީން އަކީ؟ ޕޭޝިއެންޓް އެބަ ގޮވާ ކައިޒީން އަށް.. މިތަނުގައި މިވަގުތު ކައިޒީން ހުރިނަމަ އަޅުގަނޑާއި އެކު ދުރުވަން ވީ ނޫންތޯ…” ޑޮކްޓަރު އެހެން ބުނުމާއިއެކު ކައިޒީން ގޮސް […]
މިއަދު އަހަރެންގެ މުޅި ހަޔާތް މިވަނީ ފުނޑުފުނޑުވެފައިއެވެ. ހުންގާނެ ނެތް އޮޑިއެއްހެން އަހަރެންގެ ހަޔާތް މިދަނީ އޮޔާ ބެހެމުންނެވެ. ކުރާނީ ކީއްހެއްޔެވެ. މާޒީގައި ކުރެވުނެ އަދި ހެދުނު އެންމެ ކުޑަކުޑަ ކުށެއްގެ ސަބަބުން މިއަދު ، މުސްތަގުމަލުގައިވެސް އަހަރެންނަށް މިވަނީ ހިތާމަ ކުރަން ޖެހިފައިއެވެ. އަހަރެންގެ ގޯސް އުޅުމުގެ ވާހަކަ އަޑު އިވޭ ފުރަތަމަ ދުވަހީ މަންމަގެ ކަންފަތް ބުޑުގައި ހޮނު ގުގުރިއެއްގެ ސިފައިގައި އަޑު އިވިގެންދާނެ ވާހަކައެއްކަން ޔަގީނެވެ. ނަމަވެސް އަހަރެންނަށް މިކަން ނުވިސްނުނު ކަމީ […]
އިކާލް އާއި މާއީ އަކީ އެއް އުމުރެއްގެ އަދި އެއްކުލާހެއްގައި ތިބޭ ދެކުދިންނެވެ. އަދި މިދެ ކުދިންނަކީ އެންމެ ގާތް އެކުވެރިންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެ ދެކުދިންގެ ހިތުގައިވެސް އެކަކު އަނެއްކަކަށްޓަކައި އިހްސާސްތަކެއް އުފެދެމުން އަންނަ އިރު އެ އިހްސާސްއަށް ދޭނެ ނަމެއް އެއިން އެކަކަށްވެސް ނޭނގެއެވެ. ނަމަވެސް ދެމީހުންވެސް އެއްވެސް ދެގޮތެއް ނުވެ އެކަކު އަނެކަކަށް އެހީތެރި ވެދީ ހުރިހާ ސިއްރުތަކެއް ކިޔައިދެމުން ދިޔައެވެ. ރާކިން އާއި ފާއިޒް އަކީ ވެސް އިކާލްމެންނާއި އެއް […]
އާދައިގެ މަތިން ސުކޫލު ނިންމާލުމަށްފަހު އަހަރެން ގެޔަށް އައީމެވެ. ކޮޓަރިއަށް ވަނެ ފެންވަރައިލައިގެން އަހަރެން އެނދުގައި އިށީންދެލައިގެން އިނެލީ މިއަދު ކުލާހުގައި ވީ ކަންތަކާއި މެދު ވިސްނާލުމަށެވެ. ނަމަވެސް އަހަރެންނަށް ވިސްނެނީ މުޅިން އެހެން ކަމަކާއިއެވެ. ކުލާހުގައިވީ ކަންތަކާއި މެދު ވިސްނުމަށްވުރެ އަހަރެންގެ ސިކުނޑި ދިޔައީ އެހެން ކަމަކަށް ވިސްނުމަށް އަމުރު ކުރަމުންނެވެ. އެކަންތައްތަކަށް ވުރެ އަހަރެންގެ ވިސްނުން ދިޔައީ މާދުރަށް ދަތުރު ކުރަމުންނެވެ. އަހަރެންގެ މިދެލޯ އަބަދުވެސް ބޭގަރާރު ވަނީ އެ ސޫރަ ދެކިލުމަށެވެ. މިދެ […]
ކާރުގައި އިނެގެން ކައިޒީން ދިޔައީ ގޭ އެންމެނަށް އެހަބަރު ދެމުންނެވެ. ކައިޒީން އެހެން ބުނުމާއިއެކު އެމީހުންވެސް ވަރަށް ހާސްވެފައި ތިބިކަން އެނގުނީ ވާހަކަދައްކަމުން ދިޔަ ގޮތުންނެވެ. އަދި ފަޒީލްއަށް ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭނގެއެވެ. ކައިޒީންވެސް ހުރީ އޭނާ އެކަނި ހުއްޓާ އެކަހަލަ ކަމެއް ވުމުން ބިރުގަނެފައިއެވެ. މީހާ ދިޔައީ ތުރުތުރު އަޅަމުންނެވެ. ކާރު ހުޅުމާލޭގެ އެންމެ މަޝްހޫރު ހޮސްޕިޓަލް ކަމުގައިވާ ޓްރީ ޓޮޕް ހޮސްޕިޓަލަށް ވަން އިރު ޒިރާން އިނީ ހުއްޓުން އަރާފައިއެވެ. އެސްފިޔަވެސް ޖަހައި […]
އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހު ހާސިލް ވުމަށް އެދީގެ 22 ވަނަ ބައި ގެނެސްދޭނެކަމުގައި ނަފޫ ވާނި ބުނެފައި… ނަމަވެސް ޓެސްޓްތައް ނުނިމި ހުރުމުގެ ސަބަބުން ވާހަކައިގެ ދެން އޮތް ބައި ނުގެނެސްދެވުނު.. ނަފޫގެ ޓެސްޓްތައް ނިމުނީ މިދިޔަ ބުރާސްފަތި ދުވަހު.. ނަމަވެސް އެނެއްކާވެސް މިވަނީ ނަފޫގެ އެނެއް ޓެސްޓްތައް ފެށެން ކައިރިވެފައި.. މި ހަފްތާ ނިމުމުން ދެން ފެށޭނީ ވެސް ޓެސްޓް.. އެހެންކަމުން ނަފޫ އަށް ދެން ވާހަކައިގެ 22ވަނަ ބައި ގެނެސްދެވޭނީ ނޮވެންބަރު […]
”އެންމެން އަޑު އަހާބަ.. އީނާޝް ބުނީ ކައްކާނަމޯ.. މިރޭ ހިނގާ ދޯ މޭރީ ބްރައުންއަށް ދިޔުން ކެންސަލް ކޮށްލަން.. އީނާޝް ކައްކާ އެއްޗެއްގަ ރަހަ ބަލާލަން ވާނުން..” ކައިޒީން ގޮސް އެންމެން ކައިރީ އިނާޝް ކައްކާ ވާހަކަ ބުނެލިއެވެ. އަދި އެއާއިއެކު އެންމެންވެސް އެކަމަސް އެއްބަސް ވެލިއެވެ. ”އަނެއްކާ އީނާޝް އާއި ކައިޒީން އެކުވެރިވީބާ.. ކައިޒީން ވާހަކަ ދެއްކި ގޮތުން… އެހެންވީމާ..” އާރިފާ ހުރީ އީނާޝް އާއި ކައިޒީން މާ އެކުވެރިކޮށް އުޅުމުން އެކަމާ ރުޅި އައިސް […]
އެންމެ ފަހުން އީނާޝް އެކަމާ ނުވިސްނާ ކުޑަވަގުތުކޮޅަކަށް ނިދާލަން ވަނެވެ. އޭރު މެންދަމުން އަލިވެ ފަހެއް ޖަހަނީއެވެ. ޗެކިން ހަމަޖެހިފައި އިނީ ހެނދުނު ހަތެއް ޖަހާއިރުއެވެ. ****** މާލޭގެ އުސް އިމާރާތްތަކާއި ފެހިކަން ގަދަ ގަހެއް ނެތް އެ މާހައުލު ފެނިފައި އަނެއްކާވެސް ކައިޒީންގެ ގާތަށް އައީ އަމަށަކު ފޫއްސެއް ނޫނެވެ. އުފަން ބިން ދެކެވެސް ކައިޒީން އެއަންނަ ރުޅިއެއް ބުނެދޭންވެސް ނޭނގޭ ކަހަލައެވެ. ފެރީގައި އިން އިރުވެސް މޫނުމަތީގައި އަތް އަޅައިގެން އިން ގޮތުން ހީވަނީ […]
އެންމެންވެސް ތައްޔާރު ވެގެން ނުކުތުމާއިއެކު ދެން މިސްރަބު ޖެހީ ޕެޓްރޯނަސް ޓަވާރ އަށް ދިޔުމަށެވެ. ޒިރާންވެސް ހުރި އެތަނަށް ދާހިތުން ކެތް މަދުވެފައިއެވެ. އެތަނަށް ގޮސްފައި ކައިޒީން ހުއްޓާނުލައި ނަގަމުން ދިޔަ އެއްޗަކީ ފޮޓޯއެވެ. އާއިލާ ފޮޓޯއާއި ވަކި ވަކިން ފޮޓޯއެވެ. ތަނުގެ ރީތި ކަމުން އެހެން މީހުންނަށް ތަނެއް ގުޑުވާލަން ނުކެރުނު އިރު ކައިޒީން އެތާ ހުރެގެން ތެޅި ފޮޅެނީއެވެ. އަލަށް އެކަހަލަ ބޮޑު ރީތި ތަނެއް ފެނުމުން ވާނީ އެހެން ނޫން ހެއްޔެވެ. އޭގެ […]