Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ހާސިލް ވުމަށް އެދި 11

Nafu Level 810 Stories100 Comments100 Login500 Comments100 Stories500 Login
August 9, 2019 5 Mins Read
37 Comments

”އެއޮށް ގަޑި ޖެހެނީ.. ހިނގާ ދާން..” އެކަކު އަނެކަކަށް ގެއްލިފައި ހުރި ދެމީހުންނަށް ހޭވެރިކަން ވީ ކައިޒީން ވާހަކަ ދައްކަން ފެށުމުންނެވެ. މާހިލް އަވަހަށް އެތަނުން ނުކުމެގެން ދިޔައިރު ކައިޒީން އަދި އީނާޝް ވެސް އެތަނުން ނުކުމެގެން  އަވަހަށް ދިޔައީ ގަޑި ޖެހެން ކައިރިވެފައި ހުރުމުންނެވެ.

*******

އީނާޝް އާއި ކައިޒީން ގެއަށްއައި އިރު އެދެ ކުދިންގެ އިންތިޒާރުގައި އާރިފާ އާއި ޒިރާން ހުއްޓެވެ. އީނާޝްގެ މޫނުމަތިން އުފާވެރިކަން ފެނިގެން ދިޔައިރު ކައިޒީންގެ މޫނުމަތި ވަނީ މިލައި މޯޅިވެފައިއެވެ. އާރިފާއަށް ކައިޒީން ފެނުމާއިއެކު އަވަހަށް ކައިޒީން ގޮވައިގެން ގޭތެރެއަށްވަނެވެ. ޒިރާން އީނާޝް ގޮވައިގެން ދިޔައެއްކަމަކު އީނާޝްގެ މޫނިމަތިން ކުރިން ފެންނަމުން ދިޔަ އުފާވެރިކަމެއް ނުފެނެއެވެ. ގޭތެރެއަށް ވަނެފައި އީނާޝްގެ ޕޭޕާރުތައް ޒިރާން އަތުލިއެވެ. އަދި ކޮންމެ ޕޭޕަރެއް ވެސް ވަކި ވަކިން ބެލިއެވެ.  ދެ މާއްދާއިން ސަތޭކަ ހޯދާފައި ވާއިރު ދެން ހުރި މާއްދާތަކުން ވަނީ ނުވަދިހައިން މަތި ހޯދާފައިއެވެ. އީނާޝް ހޯދި ކާމިޔާބީއަށް ޒިރާން ވަރަށް ފުރިހަމައަށް މަރުހަބާ ކިޔެވެ. ނަމަވެސް އޭގެ ބަދަލުގައި އީނާޝް ޒިރާން އަތުން ޕޭޕަރުތައް އަތުލާފައި ގޮސް ކޮޓަރިއަށް ވަނީއެވެ. ޒިރާން ދެފަރާތަށް ބޯހޫރުވާލައިފައި ދެން ދިޔައީ ކައިޒީން ކައިރިއަށެވެ.

ކައިޒީންގެ ހާލަކީތޯއެވެ. އާރިފާގެ ކޮޑުގައި ބޯއަޅައިލައިގެން އޮވެ ހުއްޓާނުލައި ރޮނީއެވެ. ކައިޒީން ރޯތަންފެނި ޒިރާން އަވަހަށް ގޮސް ކައިޒީންގެ ޕޭޕަރުތައް ބެލިއެވެ. ފާސްވެފައި ވަނީ އެންމެ ދެ މާއްދާއިންނެވެ. ދެން ހުރި މާއްދާތަކުން ވަނީ ފެއިލް ވެފައިއެވެ. ”ދަރިފުޅާ.. ބައްޕަ ބުނީމެއްނު އޭރުވެސް ފޮތް ކިޔާށޭ.. އެކަމަކު ދަރިފުޅު ގޮތްދޫނުކުރީމަ ވީ ގޮތް ތީ.. ބަލައި އެންމެ ދެ މާއްދާއިން ފާސް ވެފަ.. އެންމެ މުހިންމު އަހަރެއްނު މީ.. މީ ނުލާހިކު ރަނގަޅަށް ކިޔަވަން ޖެހޭ އަހަރެއް.. ބަލާ އީނާޝް.. ހުރިހާ މާއްދާއަކުން ނުވަދިހައިން މަތި.. ދެ މާއްދާއިން ސަތޭކަ.. ދަރިފުޅު ޖެހޭބަ ދޯ އެވަރަށް މަސައްކަތް ކުރަން.. މޮކް އެގްޒާމްގަ ފާސް ނުވެއްޖާ ދަރިފުޅު ދެން މަސައްކަތް ކުރަން ޖެހޭނީ ބައްޕަގެ ފިހާރައިގަ.. ސުކޫލަކަށް ނުފޮނުވާނަން.. ނުކިޔަވާ ކުދިން ސުކޫލަށް ދިޔުމުގެ ބޭނުމެއް ނެތެންނު.. ” އާރިފާއަށް އީނާޝްއަށް ލިބުނު ނަތީޖާ އެނގުމުން ފާޑަކަށް އަނގައަށް ވައްތަރެއް ޖައްސާލިއެވެ. އަދި ހިތުން ދިޔައީ އީނާޝްއަށް ކުދި ކިޔަމުންނެވެ. ”ދެން ބައްޕާ… އަޅުގަނޑު ދެން ކިޔަވާނަމޭ.. އަޅެ އެހެން ނުހަދައްޗެ އިނގޭ ބައްޕާ.. އަޅުގަނޑު ކިޔަވައިގެން މޮޅުވެއްޖާ ބައްޕަ ޖެހޭނެ އަޅުގަނޑަށް ހަދިޔާއެއް ދޭން.. އޯކޭ..” ”އަދިވެސް ބައްޕަގެ ކައިޒީން ބޮޑެއް ނުވޭ ދޯ.. މައްސަލައެއް ނޯންނާނެ.. ބައްޕަ ދަރިފުޅަށް ދަރިފުޅު ބޭނުން އެއްޗެއް ދޭނަން އީނާޝް އެހޯދި ކަހަލަ ނަތީޖާއެއް ދެން ފަހަރަކުން ގެނެއްސިއްޔާ..” ކައިޒީންގެ ހުންނަ މައުސޫމް ކަމުން ޒިރާން  ކައިޒީން ދެކެ ނުހަނު ބޮޑަށް ލޯބިވެއެވެ. އާރިފާވެސް ކައިޒީންގެ ހުންނަ ޅަ ކަމުން މަޖާވެފައި ހުއްޓެވެ. ނަމަވެސް އާރިފާގެ ހަށިގަނޑުގައި އަދަމުން ދިޔަ އަލިފާންގަނޑު އެނގޭނީ ފަހެ ކާކަށް ހެއްޔެވެ. އެ ސިކުނޑީގައި ރާވަމުން ދާ މޮޅެތި ކަންތައްތައް އެނގޭނީ ކިހިނަކުން ހެއްޔެވެ.

އާރިފާ ކައިޒީންގެ ގާތުގައި ކުޑައިރުކޮޅަކު ހުރުމަށްފަހު ކައިޒީންގެ އެދުމުގެ މަތިން އީނާޝް ގާތަށް ދިޔައެވެ. އޭރު އީނާޝް ނަމާދުކޮށްގެން ފާބަނީއެވެ. އާރިފާ ދިޔަ ގޮތަށް ގޮސް އީނާޝްގެ ޕޭޕަރުތައް ބެލިއެވެ. ”ތެދެކެވެ. ޒިރާން އެބުނީ ތެދެކެވެ. އަހަރެންގެ ދަރިފުޅު ހާދަ މޮޅެވެ.” އާރިފާއަށް ޕޭޕަރުތައް ފެނުމުން ބަޔާން ކުރަން ދަތި އުފަލެއް ލިބިގެން ދިޔައެވެ. ނަމަވެސް އޭގެ ދެވަނަ ސިކުންތުގައި އާރިފާގެ ސިކުނޑި ޝައިތާނާގެ ނުބައި ވަސްވާސްތަކުން ވަނީ ފުރާލައިފައެވެ. ”ނޫން އާރިފާ.. އެއީ އަދި މޮޅުވީއެއް ނޫން.. އެއީ އަދި ދެއްކުން.. ކަލޭ ތިހާ ނަފްރަތު ކުރާ މީހެއް ކުރި މަސައްކަތުން ތިހާ އުފާ ތިވަނީ ކީއްވެ.؟. އެއީ ކަލޭ ނަފްރަތު ކުރާ އީނާޝް އޭ.. އީނާޝްއަށް ހައްގު ވާނީ ކަލޭގެ ނަފްރަތު.. ހަަމައެކަނި ނަފްރަތު.. އެ އީނާޝްއާ ހެދި އެއްނު ކަލޭއަށް ސޮބާހުގެ މުދާގަނޑުވެސް ނުލިބުނީ.. އެހެންވީމަ އީނާޝްއަކީ ހަމައެކަނި ނަފްރަތު ލިބުން ހައްގު މީހެއް..” އީނާޝް ހީކޮށްގެން ހުރީ އީނާޝްއަށް ލިބުނު ނަތީޖާ އިނގުމުން އާރިފާ އައިސް އޭނާއަށް މަރުހަބާ ކިޔާނެކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި އާރިފާ އީނާޝްއަށް ކަޅިއަޅާލައިފައި އެތަނުން ނުކުމެގެން ދިޔައީއެވެ. އީނާޝްއަށް ލިބުނީ ބަޔާން ކުރަންވެސް ދަތީ ހިތާމައެކެވެ. ވަގުތުން އެދެލޯ ފުރިގެން ދިޔައީ ކަރުނައިންނެވެ. އެ ހުދު ދެ ލޯ ވަގުތުން ރަތް ވެގެން ދިޔައެވެ.

*******

މާޔޫސްކަމާއި އެކު ޕޭޕަރުތައް ހިފައިގެން އައި ނަބާހުފެނި ސޮބާހުގެ ހިތް ދިޔައީ ނުތަނަވަސްވަމުންނެވެ. ނަބާހު އައި ގޮތަށް އައިސް ސޮބާހުގެ ގައިގައި ބައްދާއިގަނީއެވެ. އަދި ސޮބާހު ނަބާހު ދުރުކުރުމުން ސޮބާހުގެ އަތަށް ޕޭޕަރުތައް ދިނެވެ. ވަކިވަކިން ޕޭޕަރުތައް ބަލަމުން ދިޔަ ސޮބާހުގެ މޫނުމަތިން ކުރިން ފެންނަމުން ދިޔަ ނުތަނަވަސްކަމެއް މިހާރު ފެންނާކަށް ނެތެވެ. ”ނަބާހޫ.. ކިރިޔާނުން ހިތް ނުހުއްޓުނީ.. ބަލާބަލަ ހުރިހާ މާއްދާއަކުން ފާސްވެފަ.. އަދިއެވެސް ނުވަދިހައިން މަތި.. ބަލާބަލަ އެކްޓް ކުރަންވެސް މޮޅޭ ދޯ.. ފިލްމު ކުޅެން ގެންދަންވީ.. ބައްޕަ ވަރަށް އުފާވޭ ދަރިފުޅު އަބަދުވެސް ބައްޕަ އުފާވާނޭ ކަހަލަ ނަތީޖާއެއް ހޯދާތީ.. ބައްޕަ ދަރިފުޅުގެ ކިޔެވުމަށް އެހައި އަޅާނުލިޔަސް އަބަދުވެސް ދަރިފުޅު ކިޔަވައިގެން މޮޅު ކުއްޖަކަށް ވޭތޯ ދުއާ ކުރަން.. ދަރިފުޅާ މެދު ވަރަށް ގިނަ ފޮނި އުންމީދު ތަކެއް ކުރަން.. މިއަދު ދަރިފުޅު ތިދަނީ ބައްޕަގެ އުންމީދުތައް ހާސިލް ކޮށްދެމުން.. ދަރިފުޅާ މަރުހަބާ..” ނަބާހުއަށް ހުރީ އުފަލުން ގޮސް ރޮވެން ކައިރިވެފައިއެވެ. ބުނާނެ އެއްޗެއް ވެސް ނަބާހުއަކަށް ނޭނގުނެވެ.

********

”ދައްތާ.. ދައްތާ..” ކައިޒީން ޖަންނައަށް ނުހަނު ބާރަށް ގޮވަމުން ދިޔައެވެ. ގޭތެރޭގައި މީހުން ގިނަ ކަމުން ކައިޒީންއަށް ޖަަންނަ ނުވެސް ފެނުނެވެ. އެދުވަހަކީ އީނާޝްގެ އުފަންދުވަސް ކަމުން އެންމެންވެސް އެއްވެސް ވަރުބަލި ކަމެއްނެތި އުޅެމުން އެދަނީ ކައިޒީންގެ އުފަންދުވަސް ވަރަށް ކުލަގަދަކޮށް ބޭއްވޭތޯއެއްވެ. އެކަމުގައި އެންމެ ކުރީގައި ހުރީ އާރިފާއެވެ. އާރިފާދޭ އިރުޝާދާ އެއްގޮތަށް ހުރިހާ ކަމެއްވެސް ދިޔައީ ބަރާބަރަށް ކުރެވެމުންނެވެ. ”ނަޝްވާއްތާ.. ކޮބާތަ ދައްތަ.. މިހާރު ހޯދާ ހޯދާ ވަރުބަލި ވެއްޖެ..” ކައިޒީން ނަޝްވާއާ ވާހަކަ ދައްކަމުން ދިޔައިރު މާ ނޭވާ ލެވެއެވެ. މުޅި މީހަވެސް ވަނީ އުދާސްވެފައިއެވެ. ”ދަރިފުޅާ.. އެހެރީނޫންތަ ދައްތަ.. ލޮލެއްތަ ތީނީ.. އެހެންޏާ ފެހެ.. ކައިރީގަ ހުރިއިރުވެސް ހޯދާބަ ވިޔަ..” ތެދެކެވެ. ކައިޒީން ޖަންނަ އެހޯދަނީ ކޮޑު އޮތް ފުރޯ ވަލުން ހޯދާގޮތަށެވެ. ގަތް ލަދުން ކައިޒީން އަވަހަށް މޫނުގައި އަތް އަޅައިލިއެވެ. އޭރު ކައިޒީންގެ ދެ ކޮލަށް ވަނީ ޖަންބު ކުލަ އަރާފައިއެވެ. ”ސާބަހޭ ދަރިފުޅާ.. ދައްތަ ހަމަ މިހުންނަނީ ދަރިފުޅަށް ދައްތަ ފެނޭތޯ ހަމަ ނުގޮވަން.. އަޖައިބެއް ފަހެ ނުވާނެތަ މީހަކު.. ދަރިފުޅު ކައިރީގަ ދައްތަ ހުރިއިރުވެސް… ހެހެހެ…” ޖަންނައަށް ހިންޏާ ހެދި ވާހަކަވެސް ދެއްކުން ވީ އުނދާގޫ ކަމަކަށެވެ. ނަޝްވާވެސް ބަނޑުގައި އަތް އަޅައިގެން އިނެ ހަމަ ހެނީއެވެ. ”އެޔެއް ނޫނޭ.. ކީއްކުރަންތަ ތި ވަރަކަށް ތި ހޯދަނީ؟.. ތަނެއްގާ ރޯވީތަ؟” ”ތަނެއްގައި ރޯނުވިއްޔާ ދެރައެއްނު.. ދައްތަ މި ހޯދަނީ އަޅުގަނޑު ހެދުން އިސްތިރި ކުރަން.. އެހެދުން ގަނޑު ބޮޑުކަމުން އިސްތިރިއެއް ނުކުރެވުން.. ދައްތަމެން ކަހަލަ މޮޅެތި މީހުންނަށް އެކަހަލަ ހެދުން އެއްޗެހި އިސްތިރި ކުރެވޭނީ.. ދެން ވެސް ހިނގާ ބަލަ.. އެހެދުން ފެނި އަނެއްކާ ނުވެއްޓެއްޗޭ އިނގޭ ދައްތާ…” ކައިޒީން ވާހަކަދައްކަމުން ދިޔައިރު ޖަންނަ އާއި ނަޝްވާ ހުރީ ބަނޑަށް ހީހީ ވަރުބަލިވެފައިއެވެ. ނަމަވެސް އެކަމެއް ކައިޒީންއަކަށް ނޭނގެއެވެ. ”އެކަމު ދަރިފުޅާ.. ދައްތަ އިސްތިރި ކޮށްދީފިކަން އިނގިއްޖާ ބައްޕަ ރުޅި އަންނާނޫން ދަރިފުޅު ދެކެ.. ތި މިހާރު ސޯޅަ އަހަރު ވިއްޔޭ.. އަމިއްލައަށް އިސްތިރި ކުރަން ދަސްކުރަން ޖެހޭނުން.. ޒިރާންވެސް އަބަދު އެކިޔަނީ ދަރިފުޅު ކައިރީ ކަންކަން ކުރަން ދަސްކުރަން.. ތިހެން އުޅެންޏާ އިންނާނެ މީހެއްވެސް ނުލިބިދާނެ އިނގޭ.. ހިނގާދާން… އެކަމު ދައްތަ އިސްތިރި އެއް ނުކޮށްދޭނަން.. އަމިއްލައަށް ޖެހޭނީ އިސްތިރި ކުރަން..” ޖަންނަ އެހެން ބުނުމާއިއެކު ކައިޒީން އަޅޭ އޭ ކިޔައި ޖަންނަ ގެ އަތުގައި ހިފައިގެން އާދޭސްކުރަން ފެށިއެވެ. ”ކޮން އަޅޭއެއް ކިޔާކަށް.. މިއަދަކު ދައްތަ އެއް އިސްތިރިއެއް ނުކޮށްދޭނަން.. އަވަސްކުރޭ އާދޭ..” ޖަންނަ ގޮތް ދޫ ނުކުރުމުން ކައިޒީންއަށް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ. އިސްތިރިކުރަން ހުރެފައި އިރުކޮޅަކާ ކައިޒީން ރޯން ފަށައެވެ. އެވަރުންވެސް ޖަންނަ އިސްތިރި ކޮށްދޭކަށް ނޫޅެއެވެ.

އީނާޝްވެސް ވަރުބަލި ކަމެއްނެތި އުޅެމުން ދިޔައީ ކެއްކުމުގަ އާއި އެކި އެކި ކަންކަމުގައިއެވެ. އާރިފާވެސް އެކަންކަމުގައި އުޅެމުން ދިޔައެވެ. ނަމަވެސް އެންމެ ފަހަރަކުވެސް އީނާޝްއާ ވާހަކައެއް ނުދައްކައެވެ.

ފިރިހެންވެރިންވެސް ހަލަބޮލި ކަމާއި އެކީ އުޅެމުން ދިޔައީ ތަން ޒީނަތްތެރި ކުރުމުގައިއެވެ. މާހިލް އާއި ޒިރާންވެސް ދިޔައީ އެކަމުގައި އެންމެ ފުރިހަމައަށް ބައިވެރިވަމުންނެވެ.

*******

ބަރާބަރު އަށެއް ޖެހިއިރު ކައި ޓްރޭޑާރސްގެ ގޯތި ތެރެ ވަނީ އެއްކޮށް ފުރިފައެވެ. މުޅި ގޭތެރެ ދަނބު ކުލައިގެ އެކި ކަހަލަ މާ ތަކުން ޖަރީކޮށްފައި ވާއިރު ތަނުގައި ދިއްލާފައި ވަނީ ވެސް ދަނބު ކުލައިގެ ބޮތްކެކެވެ. ކައިޒީންއަށް ހުންނަން ވަކިން ތަންކޮޅެއް ހާއްސަކޮށްފައި ވާއިރު އެތަން ވެސް ވަނީ ނުހަނު ޗާލުކޮށްލާފައިއެވެ.  ފާރުގައި ވަނީ ހަމަ އެކުލައިން ”ކައިޒީން އިޒް ސިކްސްޓީން” ޖަހާލައިފައެވެ. އަދި ފާރުގައި ރީތި ޑިޒައިނަކަށް މާތަށް ތަތްކޮށްފައި ވާއިރު ދެފަރާތުގައިވެސް ވަނީ ބޮޑު ދެގަސް ބަހައްޓާފައިއެވެ. އެތަން ފެންނަ ކޮންމެ މީހެއްވެސް ދިޔައީ އެމަންޒަރު ފޯނުގައި ރައްކާކުރަމުންނެވެ.

ކައިޒީން ތޯއެވެ. ފައި ފޮރުވޭ ވަރުގެ ބޮޑު ދަނބުކުލައިގެ ހެދުމެއް ލާފައި ވާއިރު ކައިޒީންގެ ރީތިކަން ދެގުނައެވެ. ހެދުމުގެ މޭމަތީގައި ހުދުކުލައިގެ އެސްތަކަކުން ޖަރީކޮށްފައި ވާއިރު އަތްވަނީ ހަމަ އެކުލައިގެ ލޭސްފޮތި ބޭނުންކޮށްގެން ހެދުން ފުރިހަމަ ކޮށްލާފައިއެވެ. ހެދުމުގެ ބަޑުން ތިރިވަނީ ވައްތިރިއެއް ގޮތަށް ނުހަނު ބޮޑަށް ފުޅާކޮށްފައިއެވެ. ފަސްބާއިގައި އެސްތައްވަނީ އުކާލެވިފައިވާ ގޮތަކަށް ތަތްކޮށްފައިއެވެ. ކައިޒީންގެ ފަން އިސްތަށިގަނޑު ވަނީ މައްޗަށް ވާ ގޮތަށް ބޮޑު ހުޅިއެއް ޖަހާލައިފައި ކުރު އިސްތަށިތައް ނިތްކުރިމައްޗަށް ވައްޓާލައިފައިއެވެ. އެހެންކަމުން ކައިޒީންގެ ރީތިކަމަށް ތަޢުރީފުކޮށް ނިމޭހާ ނުވާނެވެ. ފިރިހެން ކުދިން ހިތްތައް ހަމަގާމުވެސް ކައިޒީން އަތުލާނެކަން ހަމަ ގައިމެވެ. މޫނުގައި ކުޑަ މޭކަޕެއް ކޮށްފައި ވީ ނަމަވެސް އެ ދޮން މޫނު ދަނީ ދަނބު ކުލައިގެ އަލީގައި ވިދަމުންނެވެ.

ކޮންމެ މީހަކުވެސް އައިސް ދަނީ ކައިޒީންއަށް ތައުރީފުގެ ބަސްތައް އޮއްސަމުންނެވެ. އެއްބައިމީހުން ކައިޒީން އާއި އެކީ ނަފްސީ ނަގާއިރު އެނެއްބައި މީހުން ދިޔައީ ކައިޒީން އާއި އެކީ ފޮޓޯ ނަގަމުންނެވެ. އެންމެން ދިޔުމުން ކައިޒީންމެން ދެން އުޅުނީ ކޭކު ފެޅުމުގައި އާއި އާއިލާ ފޮޓޯ ނެގުމުގައިއެވެ. ހުރިހާ އަންހެނުން ވަނީ ދަނބު ކުލައިގެ ހެދުމެއް ލާފައިއެވެ. އަދި ހުދު ކުލައިގެ ސްކިނީ އެއް ލާފައިއެވެ. އިސްތަށިގަނޑުވަނީ އެންމެން ވެސް އެއްގޮތަކަށް ރީތިކޮށްލާފައިއެވެ. ފިރިހެނުން ވަނީ ދަނބު ކުލައިގެ ގަމީހެއް ލާފައި ހުދު ކުލައިގެ ޖިންސެއް ލާފައިއެވެ. އެންމެން ވެސް ނުހަނު ރީއްޗެވެ. ކޭކް ފެޅި ގަޑީ ކައިޒީން ހުރީ އުފަލުން ގޮސް ހަލާކުވާ ވަރުވެފައިއެވެ. އިރުކޮޅަކާ އެތާ ހުރެ ފުންމާލައެވެ.

ފޮޓޯ ނަގަމުން ދިޔައިރު އާރިފާ މަސައްކަތް ކުރަމުން ދިޔައީ އީނާޝް ފޮޓޯ ނަގަން ނޭރުވޭތޯއެވެ. އީނާޝްވެސް އެކަމާ މާ ގަޔާވާ ހެނެއް ހިޔެއްނުވެއެވެ. ނަމަވެސް ކައިޒީންއާއި ޒިރާންގެ އެދުމުގެ މަތިން އީނާޝްއަށް ޖެހުނީ ފޮޓޯ ނަގާށެވެ. އަދި އާރިފާއަށް ޖެހުނީ ހަތިޔާރު ބަހައްޓާގެން އެތާގައި ރީތިކޮށް ހުންނާށެވެ. އެންމެން އެކީ ފޮޓޯ ނަގާ ނިންމާފައި ޕާޓީ ނިންމާލީ ބާރަޖަހަން ކައިރިވެފައި ހުއްޓައެވެ. ޕާޓީ ނިމުމުން އެންމެވެސް އަވަސްވެގަނީ ވަރުބަލިވެފައި ހުރުމުން ނިދަން ދެވޭތޯއެވެ.

~ ނުނިމޭ ~

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nafu

Level 810 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ޝަކުވާ ހިތަށް ކުރެވޭ ރޮމުން… 2

Next

ވާނަން އުމުރަށް – 15 –

Next
August 9, 2019

ވާނަން އުމުރަށް – 15 –

Previews
August 9, 2019

ޝަކުވާ ހިތަށް ކުރެވޭ ރޮމުން… 2

37 Comments!

  1. Rai says:
    August 9, 2019 at 9:12 am

    alhey nafu.Miah vure dhigeh nukureveynetha.Ekam vaahaka varah salhi

    1. ?Nafu? says:
      August 9, 2019 at 1:13 pm

      Alhey Rai.. vr bodah maafah edhen kurukoh genes dheveythy.. but next part miah vure dhigukohlaanan Inge .???❤️❤️❤️ Nd thanks a lot????

  2. Friend eh? says:
    August 9, 2019 at 9:52 am

    Masha allah ?varah salhi mi part vx ? whn is n3xt part ???????????….

    1. ?Nafu? says:
      August 9, 2019 at 1:15 pm

      Awwnn???? thank u soo much dear..????? next part tomorrow Insha Allah..❤️❤️❤️❤️❤️

  3. ?Nafu? says:
    August 9, 2019 at 9:56 am

    Assalam alaikum..
    Miothy 11 vana Bai Vs up vefai.. alhamdulillah..??? ekam vr vr vr bodah maafah edhen bunaa dhuvahah nugenes dheveythy.. mi part Vs nafu vaany Wednesday gai submit kohfa.. ekam fridayga up mi v..????
    Mi part Vs hurihaa kiyuntherinnah kamudhaane kamah hykuran.. Nd mistakes huriyyaa bunela dhinun Vs edhen..??? eyrun rangalhu kohleveyny…??????
    Fahah 7 vana paragraph ga innaane massala eh.. eenaash ge ufan dhuvaheh noon ingey aslu.. kaizeen ge ufan dhuvas eyyi.. Ava’s kuran vegen rangalhah check nukohlevi..????
    Jummah Mubarak.. have a nice day..lysm?❤️????
    Next part Insha Allah tomorrow..❤️❤️❤️???

  4. jiji says:
    August 9, 2019 at 10:09 am

    Wow v v rythi ingey mi part vec❤❤❤..
    Next part dhigukollahchey ingey…waiting

    1. ?Nafu? says:
      August 9, 2019 at 1:16 pm

      Awwnn???? thank u soo much jiji dear…???? Yea next part miah vure dhigu kohlaanan.. Insha Allah???? ?♥️??❤️?♥️♥️

  5. shh... says:
    August 9, 2019 at 1:41 pm

    vvvv reethi
    thnkx for writing this stry???

    1. ?Nafu? says:
      August 9, 2019 at 5:59 pm

      Awwnn???? thank u soo much dear???? Nd ur most welcom??❤️?❤️❤️?❤️❤️❤️

  6. Shahu says:
    August 9, 2019 at 3:27 pm

    Woooooww ? ❤️ ? ? varah reethi ? ❤️ ❤️

    1. ?Nafu? says:
      August 9, 2019 at 6:00 pm

      Awwn???? thank u soo much dear..?????❤️❤️❤️❤️❤️❤️❤️

  7. Draxx says:
    August 9, 2019 at 4:39 pm

    Mi thaaga eba inn masala eyh nafsee eyh jahaafa eba inn ethanuga innaaney selfy eyh nun thr?

    1. ?Nafu? says:
      August 9, 2019 at 6:01 pm

      Nafsee eyyi selfie ah dhivehin kiyaa name.. selfie and nafsee eyyi ekahcheh…?

  8. friend eh ? says:
    August 9, 2019 at 8:14 pm

    ❤️❤️❤️Hama thy fisaari kabalah masha Allah ?????
    ???Insha Allah in futher u Will be à good story wirrter❤️❤️❤️?????
    Story vr Reethi masha Allah ❤️❤️❤️❤️
    ????Adhi miyavure dhigu kohlaafiya maa furihama vaane ????

    1. ?Nafu? says:
      August 9, 2019 at 8:26 pm

      Awwn???? thank u sooo soo much dear..❤️❤️❤️❤️❤️ it means a lot????
      Ya next part miah vure dhigu kohla dheynan???… Once again thanks a lot❤️❤️❤️❤️

  9. saint maximum says:
    August 9, 2019 at 8:16 pm

    aww.. i love u and your storys so much❤️???….masha Allah vrh molhu vaahala liyan??

    1. ?Nafu? says:
      August 15, 2019 at 3:40 pm

      Awwnn..???? thank u soooo much ??❤️❤️❤️❤️ love u more????

  10. Butterfly says:
    August 9, 2019 at 8:52 pm

    SALHI ey… nafu thi kon rashu kujjeh?

    1. ?Nafu? says:
      August 15, 2019 at 3:38 pm

      Thanks a lot dear ??❤️?♥️?

  11. the legend says:
    August 9, 2019 at 9:14 pm

    you are awesome?…i love u and u r stories so much????..masha Allah vrh molhu vaahaka liyan??

    1. ?Nafu? says:
      August 15, 2019 at 3:38 pm

      Awwn?? thank u soo much dear..???? it means a lot??? love u more?????

  12. the legend says:
    August 9, 2019 at 9:15 pm

    you are awesome?…i love u and u r stories so much????..

    1. ?Nafu? says:
      August 15, 2019 at 3:36 pm

      Awwn..??? thank u sooo much dear..❤️❤️❤️❤️❤️❤️ love u more?????

  13. Ibsha says:
    August 10, 2019 at 8:10 am

    Varah reethi

    1. ?Nafu? says:
      August 10, 2019 at 8:26 am

      Thanks a lot dear..???

  14. Sparkle writer says:
    August 10, 2019 at 10:48 pm

    SALHI

    1. ?Nafu? says:
      August 15, 2019 at 3:35 pm

      Thanks a lot dear..?????❤️❤️❤️

  15. lone king says:
    August 11, 2019 at 12:08 pm

    aww.. Haadha molhey vaahaka liyan??…I love u and your stories so much❤️❤️??..masha allah vrh molhu

    1. ?Nafu? says:
      August 15, 2019 at 3:34 pm

      Awwn???? thank u soo much dear..????it means a lot..???❤️❤️❤️❤️❤️ love u more..???

  16. ?Nafu? says:
    August 11, 2019 at 5:08 pm

    Hurihaa readers ah Vs mi harakaaii theri Eid ge thahuniyaa aai mubaarak baadhy aris kuran… ???عيد مبارك ???
    Nd nafu iyye vaany 12 vana part submit kohfa.. ekam adhivs up nuvegen miulheny.. hope readers will understand..???
    Have a nice days ahead.. lysm❤️❤️❤️❤️

    1. ?Nafu? says:
      August 11, 2019 at 5:09 pm

      Barakaaii theri*

  17. Friend eh? says:
    August 11, 2019 at 11:34 pm

    “?Nafu?” ah and enmehaa lobuvethi Muslim ahunnaai uhthunnah ves ?31|) /\/\uβ@®@|<?

    1. ?Nafu? says:
      August 12, 2019 at 12:16 pm

      Ya dear ah Vs ❤️Eid Mubarak?

  18. Shakuvaa says:
    August 12, 2019 at 6:42 pm

    Haadha lahey up vaaleh ehn story thah up veyba mi vaahaka submit kohfa ves up eh nuvey ?

    1. ?Nafu? says:
      August 12, 2019 at 7:31 pm

      alhe.. vr bodah maafah edhen.. nafu hama saturday gai 12 vana part submit kurin.. edhuvahu hendhunu liye ninmaafa.. but adhives up nuvegen miulheny.. 🙁 🙁 admin kairy vs mihaaru nafu bunefin.. but adhivs…. 🙁

  19. ®¥N says:
    August 18, 2019 at 8:48 am

    V. Reethi ???

    1. ?Nafu? says:
      August 18, 2019 at 8:47 pm

      ??Thank u soo much ®¥N..????

Comments are closed.

Next Episodeހާސިލް ވުމަށް އެދި 12←


All Right Reserved!