”އާން މަންމަމެން މި ތިބީ ދަރިފުޅުމެންނާއެކީ ދާން ތައްޔާރަށް.” މުފީދާވެސް ހުރީ މާއީ މެންނާއިއެކު ދާން ތައްޔާރަށެވެ. ”ނަމަނަމަ މި ތިއްތަ އާ ކައިރި ނުވާތި ދާ މަގުމަތީގަ. ވަރަށް ޖެއްސުން ކުރާނެ.” މައިޝް މާއީއަށް އަވަސް ނަޒަރެއް ދެމުން އިކާލް، ފާއިޒް އަދި ރާކިންއަށް ބުނެލިއެވެ. އެއާއިއެކު މާއީގެ އަތުގެ ހަމަލާއެއް މައިޝްގެ ފައިގެ ފަލަމަސްގަނޑަށް އަރައިގެން ދިޔައެވެ. ”އެހެންޏާ މިޖެހުނީ ވަރަށް ހުށިޔާރު ވެގެންތާ ދޯ އުޅެންވެސް.” އިކާލް މާއީއަށް ދިމާލަށް ބަލާލައިފައި އެއްލޯ […]
ތަށިތައް ދޮވުމުގައި ހުރި އިރާދާ އަށް އޭނާ ކުރަމުން ދިޔަ މަސައްކަތަށް ސަމާލުކަން ދެވޭ ގޮތެއް ނުވިއެވެ. ވިސްނެމުން ދިޔައީ އިކާލް އާ މެދުއެވެ. އެހެން ކަމަކާއިމެދު ވިސްނަން ކިތަންމެ މަސައްކަތެއް އިރާދާ ކުރި ނަމަވެސް އެކަން ވަނީ ނާކާމިޔާބެވެ. އެންމެ ފަހުން އިރާދާގެ ސިކުނޑި ފުނި ޖެހިފައިވި ހިޔާލުތައް އޭނާގެ ސިކުނޑިން ދިޔައީ ތައްޓެއް ވެއްޓި ތެޅުމުންނެވެ. ”މަންމާ ބަލައިގެން..” ނަމާދަށް ދިޔުމަށް ތައްޔާރުވެގެން ނުކުތް ރާކިން އަށް ތަށި ތެޅުނު އަޑު އިވިފައި އިރާދާއަށް […]
ދެމީހުންވެސް އެއްވަރަކަށް މަގުގެ އެއްފަރާތުގައި ހިނގާފައި ދިޔައިރު މާއީ ހުރީ މަގުގެ އެންމެ ދުއްވާ ތަކެއްޗާ ކައިރީގައިއެވެ. ގެޔާއި ނުހަނު ކައިރިވެފައި ވަނިކޮށް މާއީގެ ކުރިމަތިން ނުހަނު ބާރަށް ސައިކަލެއް އައުމުން މާއީ ހުރީ ހަދާނެ ގޮތެއް ނޭނގިފައިއެވެ. ބިރުގަނެފައި ހުރުމުން ވާނީވެސް އެހެން ނޫން ހެއްޔެވެ. އެންމެ ބާރު ދުވެލީގައި އެ ސައިކަލު އާއިރު މާއީ ހުރީ ދެން ސަލާމަތް ނުވާނެކަން އެނގި ހުރެ އޭނާގެ ދެލޯ މަރާލައިގެންނެވެ. **** ”ދަރިފުޅު ދެން މީހަކާ ކައިވެނި […]
”މާއީވެސް ދާނަން ދޯ..” ފާއިޒް އޭނާގެ ފޯނަށް ބަލަން އިނެ ބުނެލިއެވެ. ”ނޫން… މިއަދު މެންދުރުފަހު އެބޮތް ޑިއުޓީ.. އެހެންވެ ނުދެވޭނެ… މާދަމާއިން ފެށިގެން އަހަރެންނަށް އަދި ޗުއްޓީވާނީ…” މާއީ އެހެން ބުނެފަައި ގެނައި ތަށިތައް ހިފައިގެން އޭނާގެ ބަޔަށް ދިޔުމަށް ތައްޔާރުވެލިއެވެ. އިކާލް އާއި ފާއިޒް އެމީހުންގެ އަމިއްލަ ވާހަކައިގައި އެތައް އިރަކު ތިއްބައި ފާއިޒްއަށް ވެސް މީހަކު ގުޅުމުން ދިޔައީއެވެ. އިކާލް ގޭގައި އެކަނި ވުމާއިއެކު ކުރާނި ކަމެއް ނޭނގިފައި މުޅި ގޭގައި ހިނގަން […]
މާއީ އޭނާގެ ކޮޓަރިއަށް ވަނެފައި ނަމާދުކޮށްލައިގެން އައިސް އަނެއްކާވެސް އޮށޯވެލީ ނިދާލުމަށެވެ. އެދުވަހަކީ މާއީއަށް މެންދުރުފަހު ޑިއުޓީ އޮތް ދުވަހަކަށް ވުމުންނެވެ. އެނދުގައި އޮށޯތުމާއިއެކު މާއީއަށް ފުން ނިދީގެ އަރާމު ކަނޑުގައި ފީނާގަނެވުނީ ހިނދުކޮޅެއްގެ ތެރޭގައިއެވެ. ނަމަވެސް މާއީއަށް ސިއްސައިގެން ގޮސް ހޭލެވުނީ ކަމެއް ހަނދާންވި ފަދައަކުންނެވެ. އާއެކެވެ. މިއަދު އޭނާއަށް އިކާލްއަށް ކައްކަން އެބަ ޖެހެއެވެ. މިއަދު އިކާލް ކާން ދާނެ ގެޔެއްވެސް ނެތެވެ. އެހެންޏާ ފާއިޒްމެންގެ ގެޔަށް ކާން ދިޔަ ކަމުގައި ވިޔަސް މިއަދު […]
މެންދުރުފަހު ދޭއް ޖަހާއިރަށް އިކާލްމެންގެ ޑިއުޓީ ނިމުމުން އެމީހުން އަވަސްވެގަނީ އަވަހަށް ގެޔަށް ދިޔުމަށެވެ. ވެފައި ހުރި ވަރުބަލިން ކަމަށް ވެސް ވެދާނެއެވެ. މާއީ އާއި އިކާލް އެކުގައި ދިޔައިރު ފަހަތުގައި ރާޔާ ހުރީ އެދެމީހުންނާ ދިމާލަށް ލޯ އަޅައިގެން ބަލާށެވެ. ނަމަވެސް އެކަމެއް އިކާލްމެންނަކަށް ނޭނގެއެވެ. ****** އިކާލް އަށް ގެޔަށް ވަނެފައި ފުރަތަމަވެސް ޖެހިގަނެވުނީ ސޯފާއަށެވެ. ވެފައި ހުރި ވަރުބަލިން އަރާމު ކޮށްލުމުގެ ނިޔަތުގައިއެވެ. ނަމަވެސް މާ ގިނައިރަކު އިކާލްއަކަށް އެހެންނެއް ނޯވެވުނެވެ. ފާއިޒް […]
(ނޯޓް: ވަމޭ ގާތުގައި ޓްރެއިލާރގައި އިން ގޮތަށްވުރެ މިހާރު އިންނާނީ ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިއެވެ. ހަމައެކަނި ބަދަލުވެފައި ވަނީ އެހަ ކުދިން ވަޒީފާއަދާކުރާ ތަނެވެ. ޓްރެއިލާގައި އިންނާނީ ހަ ކުދިންވެސް ސުކޫލުގައި އުޅޭ ވާހަކައެވެ. އުންމީދު ކުރަން ހުރިހާ ކިޔުންތެރިންނަށްވެސް އަންޑަސްޓޭންޑްވި ކަމަށް.. އަދި ކަމުދާނެ ކަމަށް އުންމީދު ކުރަން..) # ”ނިހާން.. އަހަރެންދެކެ ރުޅިއަޔަސް އަހަރެން ގޮވައިގެން ދެވިދާނުން..” މަލަކާ ނިހާންގެ ފަހަތުން ދުވަމުން ބުނެލިއެވެ. ގެއިން ނުކުމީން ސުރެ ނިހާން ހުންނަނީ މަލަކާއަށްވުރެ […]
އެއްގަޑިއިރުގެ އޮޕްރޭޝަނަށްފަހު ޑޮކްޓަރު ތިއޭޓާރުން ނުކުތުމުން އެންމެންގެ ހިތް ނުހަނު ބާރަށް ތެޅެން ފެށިއެވެ. ވީ ކަމެއް އެންމެންވެސް ތިބީ ބަލައިލަން ކެތްމަދުވެފައިއެވެ. ޑޮކްޓަރުގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅުވާން ނެތް އިރު ކައިޒީން ކުރި ސުވާލަށް ޖަވާބު ދެންވެސް ޑޮކްޓަރު ނޫޅުނެވެ. ”ސާރޖަރީ ވަރަށް ކާމިޔާބު.. ހާސްނުވޭ ދެން.. އިންޝާﷲ ޕޭޝިއެންޓަށް ހިނގޭނެ..” ޑޮކްޓަރުގެ ޖަވާބު އިނގިފައި އެންމެންނަށްވެސް ދޫކޮށްލެވުނީ ވަރަށް ފުން ނޭވާއެކެވެ. ހީވަނީ އެހުރިހާ އިރު ހުރީ ނޭވާ ނުލައި ހެންނެވެ. އަދި އެއެންމެންގެ ދުލުންވެސް ބޭރުވި ބަހަކީ އަލްހަމްދުލިއްލާއެވެ. ޒިރާންގެ ފައިގެ ފާރުގަނޑު އެއްކޮށް ފަސޭހަ ވުމުން ޑޮކްޓަރުގެ އިރުޝާދާ އެއްގޮތަށް ތިން ހަފްތާއަށް ޒިރާންއަށް ފިޒިއޮތެރަޕީ ދޭން ފެށިއެވެ. ކޮންމެ ދުވަހަކު ޒިރާން ގޮވައިގެން […]
ހީވާ ގޮތުން އެއީ އެކަމުގައި އަބަދުވެސް އުޅޭ މީހެކެވެ. އާރިފާ އެމީހާއަށް ކުރަން ވީ ކަންތައް ހަވާލު ކޮށްފައި ދިޔައީ ދެން ވާން އޮތްގޮތް ނޭނގޭ ހާލުއެވެ. އެމީހާއަށްވެސް އާރިފާ އެތަނުން ދިޔުމުން ނުހަނު އުފާވެލާފައި އެތަނުން ދިޔައެވެ. ****** ”އީނާޝް.. އަހަރެންނަށް ހީވަނީ ނަބާހު އެބުނީ ތެދުހެން.. އީނާޝް ފަސްއެބުރި ދިޔުމުންވެސް ހުރީ ވަރަށް ދެރަވެފަ.. އަހަރެންނަށް ފެންނަނި ނަބާހުއަށް މަޢާފު ކޮށްފަ ނަބާހުއާއި ފްރެންޑް ވާން.. އޭރުން އީނާޝްއަށް ވެސް ރަނގަޅުވާނެ..” ކައިޒީން އީނާޝްގެ […]