ހާސިލް ވުމަށް އެދި 12
ފޮޓޯ ނަގަމުން ދިޔައިރު އާރިފާ މަސައްކަތް ކުރަމުން ދިޔައީ އީނާޝް ފޮޓޯ ނަގަން ނޭރުވޭތޯއެވެ. އީނާޝްވެސް އެކަމާ މާ ގަޔާވާ ހެނެއް ހިޔެއްނުވެއެވެ. ނަމަވެސް ކައިޒީންއާއި ޒިރާންގެ އެދުމުގެ މަތިން އީނާޝްއަށް ޖެހުނީ ފޮޓޯ ނަގާށެވެ. އަދި އާރިފާއަށް ޖެހުނީ ހަތިޔާރު ބަހައްޓާގެން އެތާގައި ރީތިކޮށް ހުންނާށެވެ. އެންމެން އެކީ ފޮޓޯ ނަގާ ނިންމާފައި ޕާޓީ ނިންމާލީ ބާރަޖަހަން ކައިރިވެފައި ހުއްޓައެވެ. ޕާޓީ ނިމުމުން އެންމެވެސް އަވަސްވެގަނީ ވަރުބަލިވެފައި ހުރުމުން ނިދަން ދެވޭތޯއެވެ.
ނަމަވެސް ކައިޒީން ހުރީ ކައިޒީން އެންމެ ދެކެން ބޭނުންވާ ސޫރަ ނުފެނުމުން އެކަމާ ދެރަވެފައިއެވެ. ޕާޓީގައި ހުރި އިރުވެސް ކައިޒީންގެ ނަޒަރު އިރުކޮޅަކާ މުޅި މާހައުލަށް ހުއްޓޭކަން ކައިޒީން އަށް ރަނގަޅަށް ބަލައިލި މީހަކަށް ފެނިގެންދާނެއެވެ. އެންމެން ނިދަން ދިޔުމުންވެސް ކައިޒީން ބޭރުގައި މަޑުކޮށްލައިގެން ހުރީ އެޒުވާނާ ފެނޭތޯއެވެ. ފަނަރަ ވަރަކަށް މިނެޓް މަޑުކޮށްފައި ކައިޒީން އެންމެ ފަހުން އެތަނުން ދިޔައީ ވެފައި ހުރި ވަރުބަލި ކަމުގެ ސަބަބުންނާއި ނިދި އައިސްފާ ހުރިލެއް ބޮޑުކަމުންނެވެ.
********
އައު ދުވަހަކަށް އިރު އެރީ ކައި ޓްރޭޑާރސްގެ އެންމެން ހެލާ އުޅެނިކޮށެވެ. ގޭގައި ހިއްޕާފައި ހުރި ހުރިހާ އެއްޗެއް ނައްޓައި ކައްކާފައި ހުރި ތެލިތަށި ދޮވެސާފުކުރުމުގައި ގޭގެ އެންމެން ވެސް އަވަދިނެތި އުޅެނެވެ. ނަމަވެސް އެތަނުން ނުފެންނަނީ ކައިޒީންގެ މޫނެވެ. ކައިޒީން އަކީ އާންމުކޮށް ބަންދު ދުވަސްދުވަހު އަވަހަށް ހޭލާ އުޅޭ ކުއްޖަކަށް ނުވުމުން މިއަދުވެސް ކައިޒީން އޮތީ ނިދާފައިއެވެ. އާރިފާ އަދި ޖަންނަ ގޮސް ތިން ހަތަރުފަހަރަށް ކައިޒީންއަށް ގޮވުމުން ވެސް ނުހޭލިއެވެ.
އީނާޝް އެތަނުގައި އަވަދިނެތި އުޅެމުން ދިޔައީ ފާރުގައި ހިއްޕާފައި ހުރި މާތައް ނެއްޓޭތޯއެވެ. ނަމަވެސް މާހިލްގެ ނަޒަރު އިރުކޮޅަކާ އީނާޝްއަށް ހުއްޓޭތީ އީނާޝްއަށް ހުރީ އުނދަގޫވެފައިއެވެ. އީނާޝް އާއި މާހިލް އާއި އުޅުނީ އެއްކަމެއް ކުރުމުގައިއެވެ. އެއީ ޒިރާން ހަމަޖައްސާފައިވާ ގޮތްކަމުން އީނާޝްއަށް އެތަނުން ރެކިގަނެވޭނެ ގޮތެއްވެސް ނެތެވެ. އީނާޝް މާހިލް އާއި ދިމާ ބަލައިލާ ކޮންމެ ފަހަރަކު މާހިލް ހިނިތުންވެލައިއެވެ. އޭގެ ބަދަލުގައި އީނާޝް މާހިލްއާއި ދިމާލަށް ލޯ އަޅާލަނީއެވެ.
މާހިލް ހުރީ އީނާޝްގެ ހުންނަ މިޒާޖުގެ ސަބަބުން މަޖާވެފައިއެވެ. އެނާއާ ދިމާ ބަލައިލާފައި ލޯއަޅައިލާ ގޮތުންވެސް މާހިލް ހުރީ ބަޑަށް ހީހީ ހަލާކުވެފައިއެވެ. ނަމަވެސް އީނާޝްއަކަށް އެކަމެއް ނޭނގެއެވެ. މާހިލްގެ ހިތުގައި އީނާޝްގެ ސޫރަ މިހާރުވަނީ ކުރުހާލާފައިއެވެ. ދުވަހަކުވެސް ފުހެނުލެވޭނެ ވަރަށެވެ.
މާހިލް ބައެއް ފަަހަރަށް އެތާ ހުރެގެން ދިޔައީ މަޖާ ވާހަކަތައް އީނާޝްއަށް ކިޔައިދެމުންނެވެ. ނަމަވެސް ގިނަފަހަރަށް އިނާޝްއަށް އެ އަޑު އިވޭ ހެންވެސް ހީނެވެއެވެ. އެނެއްބައި ފަހަރު ތީގަ މަޖާ ކަމަކީ ކޮބައި ހޭ ބުނެފައި މާހިލްގެ އަނގަ ބަންދު ކޮށްލައިއެވެ. މިފަދަ އެކި ގޮތްގޮތަށް ކަންތައް ކުރަމުން ގޮސް އެންމެ ފަހުން އީނާޝްމެންގެ މަސައްކަތް ނިންމާލިއެވެ. އެންމެ ފުރަތަމަ އީނާޝް މެންނަށް ކުރަން ދިން މަސައްކަތް ނިންމާލުމުން އިނާޝް އާއި މާހިލްއަށް ޖެހުނީ އެންމެނަށް ހަމަ ވާވަރަށް ފިހާރައަށް ގޮސް ކާ އެއްޗެހި ގެންނާށެވެ. ނަަމަވެސް އިނާޝް ހުރީ މާހިލް އާއި އެކީ ނުދާށެވެ. އެންމެފަހުން މާހިލް ކުރުނުކޮށް ކިޔަން ފެށުމުން އިނާޝްއަށް އުނދަގޫވެގެން އެތަނުން ނުކުމެގެން ފިހާރައަށް ދިޔައެވެ. މާހިލްވެސް ފަހަތުން ދިޔައެވެ.
މާހިލް ފިހާރައަށް ވަންއިރު އިނާޝް ފެންނަން ނެތުމުން ހުރީ ހައިރާންވެފައިއެވެ. ”ފިހާަރައަށް ވަނެފައި އަނެއްކާ އެދިޔައީ ކޮންތަނަކަށް ބާއެވެ. ގައިމު އަހަރެން މިއައީ ހަމަ އިނާޝްގެ ފަހަތުންނެއް ނޫން ހެއްޔެވެ؟” މާހިލް ހުރީ އިނާޝް ނުފެނުމުން ހަދާނެ ގޮތެއް ނޭނގިފައިއެވެ. އެންމެފަހުން ފިހާރަ ވަށައި ދުވަންފެށިއެވެ. ފިހާރައިގެ ވަކި ހިސާބަކަށް ދެވުނުއިރަށް އިީނާޝް އައިސްއަލަމާރި ކައިރީ އަތަށް މޮގުމޮގު ފުޅިތަކެއް ލައިގެން ހުރިތަން ފެނުމުން މާހިލް ބާރަށް ދުވެފައި ގޮސް އީނާޝް ކައިރީ މަޑުކޮށްލިއެވެ. ”އަޅެ ހަމަ މަށާ އެކީ ނުދެވުނީތަ؟ މިހާރު ހޯދާ ހޯދާ ވަރުބަލިވެއްޖެ.. އީނާޝްއަށް ޖެހޭނީ ތިގަންނަ ހުރިހާ އެއްޗެއް ގެންދަން.. އަހަރެން ނުގެންދާނަން..” މާހިލް އެހެން ބުނުމާއިއެކު އީނާޝް ލޯ އަޅާލައިފައި މާހިލާއާ ދިމާލަށް ބަލައިލިއެވެ. ނަމަވެސް މާހިލް އީނާޝްއާއި ދިމާއަށް ބަލައިލާފައި ކާނެ އެއްޗެހި ނަގަން ދިޔައެވެ. އީނާޝް ދިހަ ވަރަކަށް މޮގުމޮގުފުޅި ކޮތަޅަކަށް ލައިގެން ހިފައިގެން މާހިލް ކައިރިއަށް ދިޔައެވެ. އަދި މާހިލް ނަގަނީ ކޯއްޗެއްތޯ ބަލައިލާފައި އެތަނުން ދާން ހިނގައިގެނިއެވެ. ”އޭ.. ތިހެންނެއް ނުދެވޭނެ އިނގޭ.. އަން.. މީއްޗެހީގައި ހިފައި.. މަ ނުގެންދާނަން.. ” ކޮތަޅުގައި ހުރި ޗިޕްސްމޯރ ބިސްކޯދުތައް ތަޅުގަނޑުމަތީގައި ބަހައްޓާފައި މާހިލް ފިހާރައިން ނުކުމެގެން ދިޔައެވެ. އިނާޝްއަށް އެންމެ ފަހުން ޖެހުނީ އެއެއްޗެހިވެސް ގެންދާށެވެ. ދެކޮޅަށް ކިރެމުން އީނާޝް ގެއަށް ވަން އިރު މުޅި މީހާ ވަނީ އުދާސްވެފައިއެވެ. މާހިލް ހެވިލާފައި އިނާޝްއާއި ދިމާލަށް ބަލަން ހުރިއިރު އީނާޝް ދިޔައީ މާހިލް އާއި ދިމާލަށް ލޯ އަޅަމުންނެވެ. އީނާޝް ގޮސް ގެނައި އެއްޗެހި އެންމެނަށް ބަހަން ދިޔައެވެ. މާހިލްވެސް މެއެވެ. ކޮންމެ މީހަކަށް މޮގުމޮގު ފުޅިއެއް އީނާޝް ދެމުން ދިޔައިރު މާހިލް ދިޔައީ ކޮންމެ މީހަކަށް ބިސްކޯދު ބޮޑިއެއް ދެމުންނެވެ. ދެމީހުން އެއްޗެހިތައް ބަހައި ނިންމާފައި ގޮސް ދުރުގައި ހުރި ގޮޑިއެއްގައި އިށީނެދެލިއެވެ. ވެފައި ހުރި ވަރުބަލިންނެވެ. ”އީނާޝް.. މަށަށް ދަސްކޮށްދޭން ވީނުން ތިގޮތަށް ލޯއަޅަށް.. މަށަކަށް ނޭނގޭ ލޯ އަޅާކަށް..” މާހިލް ދިޔައީ މޫނަށް އެކި ވައްތަރު ޖައްސަމުންނެވެ. ލޯ އެޅޭތޯއެވެ. ބައެއްފަހަރު މާހިލް ޖައްސާ ވައްތަރުން އިނާޝް ހޭންވެސް ފަށައެވެ. މާހިލްއަށް އީނާޝް ހޭތަން މިވީހާ ދުވަސްތެރޭގައި އެފެނުނީ މުޅިން އަލަށެވެ. އެހެންކަމުން އީނާޝް ހޭތަން ބަލަން މާހިލް އިނީ އެސްފިޔަވެސް ޖަހައި ނުލައިއެވެ. މާޙިލް މާފާޑަކަށް ބަލަން އިނުމުން އީނާޝް އަނެއްކާވެސް ލޯއަޅާލައިފައި ގޮސް ކޮޓަރިއަށް ވަނެވެ.
**********
ފުަރަތަމަ ޓާމް ބަންދު ނިމި ސުކޫލް ހުޅުވުނީ ހީވެސް ނުކުރާހާ އަވަހަށެވެ. އީނާޝް މިފަހަރުވެސް ކުރިއެކޭ އެއްގޮތަށް މަސައްކަތް ކުރަމުން ދިޔައީ ހުރިހާ މާއްދާއަކުން އޭ ސްޓާރ ހޯދުމުގެ ބޭނުމުގައިއެވެ. ކައިޒީންއަށް ހީވަނީ މިފަހަރު ހުވަފެނެއް ފެނިގެން އުޅޭ ހެންނެވެ. ސުކޫލުން އަންނަ ގޮތަށް ދީފައި ހުރި ހުރިހާ ފިލާވަޅުތަކެއް ނިންމާ ފޮތް ދަސްކުރުމުގައި އަވަދިނެތި ކައިޒީން އުޅެމުން ދިޔައިރު ދޭތެރެ ދޭތެރެއިން އާރިފާ ކައިޒީންއަށް ޖޫސްތައްޓެއް ނޫނީ ކޮންމެވެސް ކާއެއްޗެއް ހިފައިގެން އާދެއެވެ. ނަމަވެސް އެންމެ ފަހަރަކުވެސް އީޏާޝްއަށް އެއްޗެއް ހިފައިގެން ނުދެއެވެ. މުޅިންވެސް އީނާޝްއަށް ކާ އެއްޗެއް ހިފައިގެން އެދަނީ ޖަންނަ ނޫނީ ނަޝްވާއެވެ. އެދެމީހުން ކިތަންމެ ވަރަކަށްވެސް އީނާޝްއާ ވާހަކަ ދައްކަން މަސައްކަތް ކުރެއެވެ. ނަމަވެސް އީނާޝް ވާހަކަ ނުދައްކާތީ އެކަންތައް ވަނީ ބޭކާރެވެ.
******
”އީނާޝް.. ހިނގާބަލަ އަހަންނާއެކީ ހިނގާލަން ދާން.. މިއަދު ވަރަށް ހިނގާލަން ދާހިތްވޭ އެބަ.. ޕްލީޒް ދާނަން ދޯ..” ”އަަހަރެން ނޫޅެން ކައިޒީން އާއި އެކީ ތަންތަނަށް ނުދެވިގެންނެއް.. އަމިއްލައަށް ދާން ވީނުން.. އަހަރެން ނޫޅެން ދާކަށް..” ކައިޒީން ހިނގާލަން އަންނާށޭ ބުނުމުން އީނާޝް އެކަމާ ވަގުތުން ދެކޮޅު ހެދިއެވެ. ނަމަވެސް އިތުރަކަށް އެއްޗެކޭ ބުނާކަށް ކައިޒީންއަކަށް ނުކެރެއެވެ. ކައިޒީން މިހާރު އީނާޝްއާއި ވާހަކަވެސް ދައްކަނީ ނުހަނު ބިރުން ހުރެއެވެ. ސަބަބަކީ އީނާޝް އަބަދު ކައިޒީން އާއި ދިމާއަށް ހަޅޭލަވައި ގަންނާތީއެވެ.
”އީނާޝް ދޭބަލަ ކައިޒީން އާއި އެކީ ކައިޒީން އެބުނާ ތަނަކަށް.. ތިހެން އަބަދު ގޭގަ އޮންނާކަށް ނުވާނޭ.. ބޭރަށްވެސް ގޮސްލަން ޖެހޭނުން.. އަވަހަށް ތައްޔާރުވޭ ދާން.. ބޭބެ މިދަނީ ކައިޒީން ކައިރީވެސް ބުނަން ތައްޔާރުވާށޭ..” އީނާޝްއަށް އެއްޗެކޭ ބުނެލަން ފުރުސަތުވެސް ނުދީ ޒިރާން ދިޔުމުން އީނާޝްއަށް ޖެހުނީ ކައިޒީންއާއި އެކީ ދާން ތައްޔާރުވާށެވެ.
ނޫކުލައިގެ ޖީންސް އަކާއިއެކު މުށިކުލައިގެ ކަކުލާ ހަމައަށް އަންނަ ވަރުގެ ”ޕޮންޗޯ” ހެނދުމެއް ލާފައި ހުރި އީނާޝް ނުހަނު ރީއްޗެވެ. ކަޅުކަންގަދަ ރާޅުބާނީ އިސްތަށިގަނޑު އެއްވެސް ގޮތެއް ނުހަދައި ދޫކޮށްލާފައި ވާއިރު އެރީތި ކަމަށް ތައުރީފުކޮށް ނިމޭހާ ނުވާނެއެވެ. އެއްވެސް މޭކަޕެއް އަދި ފުށްކޮޅެއްވެސް މޫނުގައި ޖަހާލާފަކާއެއް ނެތެވެ. ނަމަވެސް އެރީތިކަން ފަޑެއް ނުވެއެވެ. އީނާޝް އެއީ ގުދުރަތުގެ ލާމަސީލު މިސާލެކެވެ.
ކޮޓަރިން ބޭރަށް ނުކުތް ކައިޒީން ހުއްޓެން މަޖުބޫރުވީ އާރިފާ އައިސް ހާދަ ރީއްޗޭ ކިޔައި ތައުރީފުކުރަން ފެށުމުންނެވެ. ފަލަމަސްގަނޑާ ހަމައަށް އަންނަ މަޑު ފިޔާތޮށި ކުލައިގެ ”ލޯންގް ބްލޮއުޒް” އަކާއިއެކު ހުދު ކުލައިގެ ސްކުނީއެއް ލާފައި ހުރި ކައިޒީން ނުހަނު ޗާލެވެ. ކުރު އިސްތަށިތައް ނިންމައްޗަށް ވައްޓާލައިފައި ވާއިރު ދިގު އިސްތަށިތައް ފަހަތުން ވަނީ ބޮޑު ހުޅިއެއް ޖަހާލައިފައިއެވެ. ތުންފަތުގައި މަޑު ފިޔާތޮށި ކުލައިގެ ލިޕްސްޓިކެއް ޖައްސާފައި މޫނުގައި ލުއި މޭކަޕްއެއްވެސް ކޮށްފައި ހުރުމުން ކައިޒީން ނުހަނު ރީތިކަމަށް ދައްކައެވެ. ޒިރާންވެސް ކައިޒީން ފެނުމާއިއެކު ހާދަ ރިއްޗޭ ކިޔައި ކައިޒީންގެ ގައިގައި ބައްދާލިއެވެ. އީނާޝް ކޮޓަރިން ނުކުތުމުން ތައުރީފުގެ ބަސްތައް ދިޔައީ އީނާޝްއަށް ވެސް އަމާޒުވަމުންނެވެ. ނަމަވެސް އެންމެ ފަހަރަކުވެސް އާރިފާ އީނާޝްއަށް ބަލައި ނުލައިއެވެ. ”ހިނގާ ދާން..” ކައިޒީން ދާން ހިނގާށޭ ބުނުމުން އީނާޝްވެސް ކައިޒީންގެ ފަހަތުން ނުކުމެގެން ދިޔައެވެ.
ރަސްފަންނުގައި ހިނގަމުން ދިޔަ އީނާޝް އަށާއި ކައިޒީންއަށް ދިޔައީ ގިނަ މީހުންގެ ނަޒަރު ހުއްޓެމުންނެވެ. ނަމަވެސް އެއިން އެއްވެސް ކަމަކަށް އެދެކުދިން އަޅައި ނުލައިއެވެ. ކައިޒީން ހުއްޓާނުލައި ދައްކަމުން ދިޔަ ވާހަކައިގެ ސަބަބުން އީނާޝްއަށް ހުރީ އުނދަގޫވެފައިއެވެ. ގެއިން ނުކުމީންސުރެ ކައިޒީން އެދަނީ ވާހަކަ ދައްކަމުންނެވެ. އީނާޝް އެއްވެސް އެއްޗެކޭ ނުބުނާއިރުވެސް މެއެވެ. ހިނގާ ހިނގާ ވަރުބަލިވެގެން ދެ މީހުންވެސް ގޮސް ހުސް ޖޯލިފައްޗެއްގައި އިށީންދެލިއެވެ. ދެން ދިޔައީ ހިމޭންކަމުގެ ވަގުތުކޮޅެކެވެ. ”އިނާޝް.. ކިއްވެތަ އަހަަރެން މިއޮށްވަރަށް ވާހަކަ ދައްކާއިރުވެސް އެއްވެސް އެއްޗެކޭ ނުބުނެ ތިހުރީ.. އެޓްލީސްޓް ހުމް އޭ ވެސް ބުނެ ނުލާ.. ކީއްވެ އީނާޝް އަހަރެން ދެކެ އެހާ ފޫހިވަނީ؟..” އީނާޝް ވާހަކަ ނުދެއްކުމުން ކައިޒީން ހުރީ ނުހަނު ދެރަވެފައިއެވެ. އެތައް ސުވާލެއް ކުރުމުންވެސް އީނާޝް އަނގައިން ބުނާކަށް އެންމެ ފަހަރަކުވެސް ހިޔާލެއް ނުކުރެއެވެ. އެންމެފަހުން ކައިޒީން ތެދުވެގެންގޮސް އިނާޝްގެ ކުރިމަތީގައި އިށީންދެލިއެވެ. ”ހަމަ ފޫހިވަނީ.. އަަހަރެން ބޭނުމެއް ނޫން ކައިޒީން އާ ވާހަކަ ދައްކާކަށް.. ކައިޒީންގެ ކުރިމަތީގައި ހުންނާކަށްވެސް..” ”އެއީ ކީއްވެގެން ހޭ އީނާޝް؟ އަހަރެން ދެކެނީ މިހާރު ތީ އަހަރެންގެ ދައްތައެއް ގޮތަށް.. އެކަމު އިނާޝް އެގޮތަކަށް ނުދެކެން ދޯ އަހަރެންނާ ދޭތެރޭ.. އެއީ ކީއްވެ؟” ކައިޒީން ވަަރަށް ބާރަށް ވާހަކަ ދައްކަން ފެށިއެވެ. ކައިޒީން މާބާރަށް ވާހަކަދައްކަމުން ދާތީ އެތާ ތިބި ގިނަ މީހުން ދިޔައީ ކައިޒީން އާއި ދިމާއަށް ހުއްޓާނުލައި ބަލަމުންނެވެ. ”ބުނަންވީތަ ސަބަބު.. އެއީ އަހަރެންގެ މަންމަގެ ފަރާތުން އަހަރެންނަށް ނުލިބުނު ލޯބި.. އެ ލޯބި މަންމަ ކަލޭއަށް ދޭތީ.. އެންމެ ފުރަތަމަ ދުވަހު ވެސް މަންމަ ކަލޭއަށް ލޯބި ދީ އަޅާލާތީ އަހަރެން ކަލޭއަށް ނަފްރަތު ކުރިން.. އެމަންމަ އަހަރެން ބޮލުގައި ފިރުމާލީ ކޮންދުވަހަކު ތޯ އަހާބަލަ.. މަންމަ ހަނދާނެއް ނުހުންނާނެ.. އެކަމަކު ކޮންމެ ދުވަހަކު މަންމަ އެދަނީ ކަލޭ ގައިގަ ބައްދާ ބޮލުގައި ފިރުމަމުން.. ދެން އަހަރެން ވީ އެވަރުންވެސް ކަލޭ ދެކެ ލޯބި ވާންތަ؟ ކަލޭ އަހަރެންގެ ކޮއްކޮއެއް ގޮތަށް ދެކެންތަ؟ ތިއީ ދުވަހަކުވެސް ނުވާނެ ކަމެއް ކައިޒީން.. އަހަރެން ބޭނުމެއްނޫން ކަލޭ އަހަރެން ދެކެ ލޯބި ވާކަށް.. އަހަރެން ދައްތައެއް ގޮތަށްވެސް ދެކޭނެ ކަމެއް ނެތް..” އީނާޝް ބުނަމުން ދިޔަ ކޮންމެ ބަހެއް ދިޔައީ ކައިޒީންގެ ހިތަށް ތޫނު ހަންޖަރެއްހެން ވަންނަމުންނެވެ. އީނާޝް އާއި ކައިޒީން ރޯތަން ފެނުނު ކޮންމެ މީހެއްގެ ހިތުގައިވެސް ޖެހޭނެކަން ހަމަ ގައިމެވެ.
ކައިޒީންއަށް ދިޔައީ އިތުރަށް އަސަރު ކުރަމުންނެވެ. ސަބަބަކީ މަންމައަކާއި ދަރިއެއްގެ ދެމެދަށް ވަދެވުމުންނެވެ. ކައިޒީން ހީކޮށްގެން ހުރީ އާރިފާ އީނާޝް ދެކެވެސް އޭނާ ދެކެ ވާ ލޯބި ވާކަމަށެވެ. ނަމަވެސް ފަރުދާގެ އެނެއް ފަރާތުގައި ވާހަކަމެއް އެނގޭނީ ކިހިނެއް ހެއްޔެވެ؟ ކައިޒީން ގިސްލާފައި ރޮމުން ދިޔައިރު އެދެލޯ ވަނީ ރަތްވެ ދުޅަވެފައިއެވެ. އީނާޝްގެ ހާލަކީވެސް އެއީއެވެ. މީހުން ބަލަމުން ދިޔަލެއް ގިނަކަމުން އީނާޝް ރަސްފަންނުން ދުވެފައި ގޮސް ނުކުތެވެ. ނަމަވެސް އެވަރުންވެސް މީހުންގެ ނަޒަރު ހުއްޓޭ ގޮތެއް ނުވިއެވެ. އެންމެ ފަހުން ކާރެއް ހޯދާފައި އިނާޝް އެއަށް އެރިއެވެ. ކާރުގައި އިން އިރުވެސް އީނާޝްއަށް ދިޔައީ ގިސްލަ ގިސްލާފައި ރޮވެމުންނެވެ. ސިފަވަމުން ދިޔައީ އާރިފާ ކައިޒީންގެ ބޮލުގައި ފިރުމަން ހުންނަ ތެނެވެ. ގެޔަށް ދެވުމުން ވަރަށް ބާރަށް ދުވެފައި ގޮސް އީނާޝް ކޮޓަރިއަށް ވަނެ ކޮޓަރީގެ ދޮރު ތަޅުލިއެވެ.
ކައިޒީން އެކަނިމާ އެކަނި ރަސްފަންނުގައި ރޮމުން ދިޔައިރު އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނެ ހަމަ އެކަކުވެސް އެތާ ނެތީ ބާއެވެ. ކޮންމެ މީހަކުވެސް އެދަނީ ކައިޒީން ރޯތަން ފެނުމުން ބަލަން ހުރެފައިއެވެ. ”އީނާޝް.. އަހަރެންނަށް މަޢާފު ކުރޭ.. މަޢާފު ކުރޭ..” ކައިޒީންގެ ހިތުގައި ވަނީ ސުވާލެއް އުފެދިފައިއެވެ. ”އީނާޝް އޭނާއަށް މަޢާފު ކުރާނެ ހެއްޔެވެ؟” މިހެންނެވެ.
ކައިޒީން އެތާ އިނެފައި ގެއަށް ދާން ހިނގައިގަނީ ދިހައެއް ޖަހަން ކައިރިވެފައި ހުރުމުންނެވެ. އޭރު ކަައިޒީންގެ ފޯނަށް ދިޔައީ ހުއްޓާނުލައި ޒިރާން ގުޅަމުންނެވެ. ނަމަވެސް ކައިޒީން ފޯނު ނަގާކަށް ހިޔާލެއް ނުކުރެއެވެ. ވަރަށް އުނދަގުލުން ކާރެއް ހޯދާފައި ކައިޒީން ގެއަށް ދިޔައެވެ. ކައިޒީން ގެއަށް ވަން އިރު ޒިރާން ސޯފާގައި އިށީންދެލައިގެން ނުތަނަވަސްވެފައި އިނެވެ. ކައިޒީންފެނުމާއިއެކު ދުވެފައި އައިސް ފޯނު ނުނެގީ ކީއްވެހޭ އަހައި ކައިޒީންގެ ފަރާތުން ހުރިހާ ކަމެއް އޮޅުފިިލުވަން އުލެނެވެ. އީނާޝް ކައިޒީންއާއި އެކީ ނައީ ކީއްވެ ހޭ ވެސް އެހިއެވެ. ” ބައްޕާ އަޅުގަނޑަކަށް ކަމެއް ނުވެއޭ.. ފޯނު ސައިލެންސްއަށް ލެވިފައި އޮތުމުން ނޭނގުނީ ބައްޕަ ގުޅިކަން.. ދެން ކުލާސް ކުދިންތަކަކާއި ދިމާވީމަ ނާދެވުނީ އަވަހަށް.. އީނާޝްވެސް އެތާ ހުރެފައި އައީ ފިލާވަޅުތައް ނުހަދައި ހުރުމުން..” ކައިޒީން ވަގުތުން ދޮގެއް ހަދާލިއެވެ. ނަމަވެސް އެކަން ކުރުމަކަށް ކައިޒީންއަށް އެހައި ފަސޭހައެއް ނުވިއެވެ. ސަބަބަކީ އެއީ ކައިޒީންގެ ލޯބިވާ ބައްޕައަށް ވީމައެވެ. ނަމަވެސް ހިތްވަރުކޮށްލާފައި ބުނެލީ ހަގީގަތް ޒިރާންއަށް ނުކިޔާދެވޭނެތީއެވެ. ”އެންމެ ރަނގަޅު.. ދެން ދޭ އަވަހަށް ނިދަން.. މާދަން ސުކޫލަށްވެސް ދާން ޖެހޭނުން..” ޒިރާން އެހެން ބުނެލުމާއިއެކީ ކައިޒީން އަވަހަށް ގޮސް ކޮޓަރިއަށް ވަނެވެ.
ކައިޒީން ދިޔުމުން ޒިރާން އަނެއްކާވެސް ގޮސް އިށީންދެލީ ހަމަ ސޯފާގައިއެވެ. ކައިޒީން އެބުނީ ތެދެއް ނޫން ކަމުގައި ޒިރާންގެ ހިތް ބުނަނީއެވެ. އަދި ކައިޒީންއަށް ކަމެއް ވެއްޖެކަމަށްވެސް ޒިރާންގެ ހިތް ދިޔައީ ހުއްޓާ ނުލައި ބުނަމުންނެވެ. ނަމަވެސް ޒިރާންގެ ހިތްހަމަޖައްސާލީ ކައިޒީން އެއީ ދުވަހަކުވެސް އޭނާއަށް ދޮގު ހެދި ކުއްޖަކަށް ނުވާތީ އެކަން ހަނދާންކޮށްލަމުންނެވެ. އަދި އެތާ ނީދެ ޒިރާންވެސް ނިދަން ދިޔައީ ނިދިއައިސްފައި ހުރިލެއް ބޮޑުކަމުންނެވެ.
~ ނުނިމޭ ~
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
40 Comments!
Comments are closed.







Assalam alaikum.. alhamdulillah.. miothy dhuvas thakakah fahu 12 vana part Vs up vefai.. ❤️❤️❤️unmeedhu kuran mi Bai Vs hurihaa readers ah kamudhaane kamah.. adhi mistakes huriyyaa bunela dhehchey..❤️❤️❤️
Have a nice day..???
Lysm❤️❤️❤️
Me first dhw. Hehehe . Alhugandakah mistake eh nufenunu. Mi part ves himi ah v. Reethi ingey nafu .nafu ah midhaairaain ithurah kuriyah dheveyne goiy minvaru kohdhehvaandheyve .aameen love you and lots of love from me
Yes u r first himi dear.. ??congrats ?? thank u sooo much dear..???? it means a lot..??? ya love u more..❤️❤️❤️❤️
mivahaka vara reethi, thankolhe vahaka genesdhele kuru ,heekuran miyavuren dhigu kohlane kama
Thanks a lot Maary.. ???? ya..13 vana part miah vure dhigu kohla dhevey thr try kuraanan..?❤️❤️❤️❤️❤️
Masha allah?? mi part ves hama super ?varah salhi …. ? lysm. ?
awwnn.. 🙂 🙂 thank u so much dear.. 🙂 🙂 🙂 love u more.. 🙂
??V v rythi mi part vec dear ..keep it up
awwn.. 🙂 🙂 🙂 thank u soo much dear.. 🙂 🙂 🙂
…..Hama mi ahem best story’s therey himanan jehey varu story ah
♥️♥️♥️♥️❤️Nafu thikuraa hiyvarah Hama saabas????????☺️☺️
awwnn… dear.. thank u soo much.. 🙂 🙂 it means a lot.. 🙂 🙂
Woooooww varah salhi story ? ? ? ? love you nafu❤️❤️❤️
Awwn.. ❤️❤️❤️❤️thank u soo much dear.. it means a lot..???? love u more?❤️?❤️?❤️?
??? molhey vaahaka liyan… i love you and all you storys❤️???❤️..masha allah thy vrh molhu kuhjeh
Awwnn..???? thank u soo much dear.. ???? it means a lot.. ❤️❤️ love u more❤️❤️❤️
Wooooooooooow varah reethi
Thank u soo much Ibsha..❤️❤️❤️❤️
This is amazing??
Thanks a lot layaa..❤️❤️❤️
Haudha hae reeti vaauhaka eh keye mi i superly i love it …
Awwn..??? thanks a lot sparkle..???
ti ihavandhu kuhjje dhw …
super man.. mi e vaahaka aa behey gothun comment kuran in thaneh.. ehnveema vaahaka aa gulhey comment kurehvun edhen.. 🙂
Hae. Do y know me
nop.. dear u too.. vaahaka aa gulhey comment kurehvun edhen.. 🙂 🙂
Anyways did u use instagram
Nafu..Hagee gee kuru vaahaka eh dhenn kiyaalan libeynee kon dhuvahakun …. i really love real story you have written
insha allah soon.. 🙂 🙂 awn.. 🙂 🙂 thanks a lot dear.. 🙂 🙂 🙂
I love the story … and how old are you where you from and r u s*ngle
awwn.. thanks a lot love.. 🙂 🙂 🙂
mi prt vrh vrh reethi
thank u soo much.. 🙂 🙂
mi vaahaka vrh habeys?…vrh molhu vaahaka liyan masha allah❤️..and i love it??
Thank u soo much dear..❤️❤️❤️ it means a lot..?????
Varah fahkaa vauhaka eh … kon iraku hey up kuraani dhenn oyy bai….
Thanks..???? dhn oii Bai alhugandu ge test nimumun 30 August vaa hukuru dhuvahu up kohla dheynan.. ??
Ti mariyam nafuha kiyaa kuhjje dw and ihavandhoo dw …dhahta akaa beibe akaa two koakko hurey dhw …if yes hama ragalah heekurevuny … vaahaka varah salhi and waiting for next part and a yes or no for the question
For your information mi suvaalu kuran aailaa hoadhan haadhafa onna site eh noon and comment kuran vaany vaahaka r gulhey gothun kanneyge …
No.. thi hykurevuny rangalhah kah noon. I’m not that nafuha.. btw thanks❤️
Thanks friend eh?.. ekam nafu ge vr bodu edhumeh eyyi ehgothah kuraa comment thakah ehves reader eh reply nukurun.. nafu beynumeh noon readers ehgothah rahdhu dheykah.. nd friend eh? thibuny dhogu vaahaka eh noon.. mie vaahaka aa gulhey gothun comment kuran in thaneh.. Nd vaahaka aa gulhey gothun comment kuran vaany..???