އައްސަލާމް ޢަލައިކުމް. އަޅުގަނޑުގެ ޓެސްޓްތައް ފެށޭތީ ”ހާސިލް ވުމަށް އެދި” މިވާހަކައިގެ ތިން ވަނަ އެޕިސޯޑް އަޅުގަނޑަށް ދެން ގެނެސްދެވޭނީ 10 ޖުލައިގައިއެވެ. މި ވާހަކަ ކިޔާ ހުރިހާ ކިޔުންތެރިންވެސް ކެތްތެރިކަމާއިއެކު ތިން ވަނަ އެޕިސޯޑަށް އިންތިޒާރު ކުރައްވާނެ ކަމަށް އުންމީދު ކުރަމެވެ. އަދި ވާހަކަ ދުވަސްކޮޅަކަށް މެދު ކަނޑާލަން ޖެހޭތީ އެކަމާ ނިހާޔަތަށް މަޢާފަށް އެދެމެވެ. ޓެސްޓް ނިމުމުން ބަރާބަރަށް ވާހަކަ ގެނެސްދޭނަމެވެ. އިންޝާ ﷲ. ކިޔުންތެރިން އަޅުގަނޑަށް ތިދޭ ސަޕޯޓަށް ފަށްފަށުން ޝުކުރުއަދާ ކުރަމެވެ. […]
މޭރީ ބްރައުން އިން ކައިޒީން ނުކުމީ ނުހަނު ބާރަށް ހިނގަމުންނެވެ. ސަބަބަކީ ޒިރާން ގުޅާފައި ގެއަށް އައުމަށް ބުނުމުންނެވެ. ސުކޫލް ނިންމާލާފައި ގެއަށްވެސް ނުގޮސް ކައިޒީން ދިޔައީ އޭނާގެ އެކުވެރި ދެ ކުދިން ގޮވައިގެން މޭރީ ބްރައުންއަށެވެ. ފޯނަށް ބަލަމުން ދިޔަ ކައިޒީން މީހެއްގެ ގައިގައި އަޅާގަނެފައި އޭނަގެ އަތުގައި ހުރި ފޮތްތަކާއި ފޯން ވެސް ބިތްމައްޗަށް ވެރުނެވެ. އަދި އެމީހާގެ އަތުގައި ހުރި އެއްޗެހިވެސް ބިންމައްޗަށް ވެރުނެވެ. ކާރުން ނުކުމެގެން އާރިފާގެ އަތުގައި ހިފައިގެން އިނާޝް ދިޔައީ ނުހަނު ބާރަށް ހިނގަމުންނެވެ. އީނާޝް ހުރީ ހުޅުމާލެއަށް ނުދެވިގެން ކެތް މަދު ވެފައިއެވެ. އެހެންކަމުން އީނާޝް ބާރަށް ހިނގަމުން ދިޔައީ މީހަކަށްވެސް ބަލާނުލައިއެވެ. އާރިފާ މިހާރު އެތަށް ބުރަކު މަޑުން ހިނގަން […]
ހެނދުނުގެ ހިތްގައިމު ވަގުތުގައި މަގުމަތީގައި ހިނގަމުން ދިޔަ އަންހެން ކުއްޖާގެ އެއްވެސް މިސްރާބެއް ނެތެވެ. ރަތް ކުލައިގެ ކަކުލާއި ހަމައަށް އަންނަ ވަށްތިރި ހެދުމެއް ލާފައި ހުރިއިރު އެ ދޮން ހަށިގަނޑާއި އެހެދުން ނުހަނު ގުޅެއެވެ. އުނަގަނޑާއި ހަމައަށް އަރާ ރާޅުބާނީ ދިގު އިސްތަށިގަނޑު ވަނީ ވަށްޓާލާފައިއެވެ. ފިޔާތޮށި ކުލައިގެ ފިނިމެންމަލެއް ފަދަ ތުންފަތެއް ލިބިފައިވާ އެކުއްޖާގެ ލޯވަނީ ބޯ ދިގު އެސްފިޔަ ތަކުގެ ނިވަލުގައި ރައްކާކުރެވިފައިއެވެ. ރޫޅާފަތި ހަށިގަނޑެއް ލިބިފައިވާ އެ އަންހެން ކުއްޖާ ބަލާބެލުމަށް […]
އަހަރެންނަކީ ވަރަށް މަޑުމައިތިރި އެހެނަސް މީހުންނާއި ގުޅޭ ހިތްހެޔޮ މީހެކެވެ. މީހަކު ކޮންމެފަދަ އެއްޗެއް އަހަރެންނާއި ދިމާއަށް ބުނިކަމުގައިވި ނަމަވެސް އަހަރެން އެކަމަކަށް އަޅައެއް ނުލަމެވެ. އުމުރުން ހަތް އަހަރުން ފެށިގެން އަހަރެންގެ އެންމެ ގާތް އަދި އެންމެ ލޯބިވާ ދެ އެކުވެރިންނަކީ ޝަހާ އާއި މުނާއެވެ. މުނާ އަކީ ވަރަށް މަޖާ މިޒާޖެއްގެ އަނގަ ގަދަ ކުއްޖެކެވެ. ޝަހާއަކީ ވެސް ހަމަ އެފަދަ މިިޒާޖެއްގެ ކުއްޖެކެވެ. އަހަރެންގެ ހުރިހާ ވާހަކަތަކެއް އެދެ ކުދިންނާ ހިއްސާ ކުރީ […]
އެގޮތަށް ތިއްބާ އަސްރު ނަމާދު ބަންގިގޮވުމުން ނަމާދު ކުރަން ދަނީ އޭ ބުނެފައި އިޔާނާ އެ ކޮޓަރިން ނުކުމެގެން ދިޔައެވެ. އަދި ދިޔައީ ރޯޝީން ގާތުވެސް ނަމާދުކޮށް ކޮއްކޮ އަށް ހެޔޮ ވިސްނުން ދެއްވާތޯ ދުޢާކުރާށޭ ބުނެފައިއެވެ. ރޯޝީންއަށް ވިސްނައިލެވުނީ އިޔާނާގެ ހުރި ރަނގަޅު ސިފަތަކާއި މެދުއެވެ. އިޔާން އަށާއި އިޔާނާއަށް އެއްގޮތަކަށް ކަންތައް ކުރެވުމުންވެސް އިޔާންއަށް ވުރެ އިޔާނާ ހާދަ ތަފާތެވެ. އެގޮތަށް އިޔާނާ އާއި އިޔާން އާއި މެދު ވިސްނަން އޮވެފައި ރޯޝީން ވެސް […]
ފަރުހާނާ ދިޔުމުން ރޯޝީން ނައީމު ގާތު މިއަދު އޭނާއާއި ފަރުހާނާ ދެއްކި ވާހަކަތައް ކިޔާ ދިނެވެ. އަދި އެއީ އޭނާ ވަރަށް ބޮޑަށް ބޭނުންވާ ކަމެއްކަމާއި އެދަރިފުޅު ގާތުން މަޢާފަށް އެދެން ބޭނުންކަމުގައިވެސް ރޯޝީން ބުނީ ގިސްލެވޭ ހާލުގައިއެވެ. ނައީމު ދޭނެ ޖަވާބަކަށް އިންތިޒާރު ކޮށްލައިގެން ރޯޝީންއަށް އިނދެވުނީ ނޭވާ ހިފައްޓައިލާގެންނެވެ. އަދި އޭނާގެ ހިތް ދިޔައީ ނުހަނު ބާރަށް ތެޅެމުންނެވެ. ނައީމުވެސް ފުންނޭވާއެއް ދޫކޮށްލާފައި އޭނާގެ ޖަވާބު ރޯޝީންއަށް އިއްވާލިއެވެ. ”ރޯޝީން.. އަހަރެމެންގެ ކައިވެންޏަށް ނަވާރަ […]
ލަމްހާވެސް އަދި ރުހުޒީވެސް ހުރީ އައްޒައާއި އެއްބައިވެލައިގެންނެވެ. ރޯޝީންއަށް ކުރެވުނުހާވެސް ކަމަކީ އެތާ ހުރެގެން ރުއިމެވެ. އަދި ދިޔައީ އައްޒަ މެން ގާތު މަޢާފު ކުރާށޭ ކިޔަމުނެވެ. އެހިތަށް ވަނީ ނުހަނު ބޮޑު ފުންއަސަރު ތަކެއް ކޮށްފައިއެވެ. ރޯޝީންއަށް ހަމައެކަނި ހިތްވަރު ލައިދޭން ހުރީ ނައީމު އާއި ފަރުހާނާއެވެ. ޕޮލިހުން އެމައްސަލަ ބަލާފައި އިޔާންމެން ހަތަރު އަހަރަށް ޖަލަށްލީއެވެ. ޝިބާންގެ ކޮއްކޮ ޝިނާންގެ ލޮލުންވެސް ކަރުނަ ނުހިކެއެވެ. ލަމްހާވެސް ދިޔައީ ރޮމުންނެވެ. އިރުކޮޅަކުން ޕޮލިސް ސްޓޭޝަންގައި ހުރި […]
ރޯޝީންއާއި ނައީމު ގެއަށް އައިސް ވަން އިރު ގޭގެ ދޮރު މަތީގައި ހުރި ފައިވާނުން އިޔާން އައިއްސި ކަން އެނގުނެވެ. އަތުގައި ހުރި ކޮތަޅުތަށް ބެހެއްޓުމަށްފަހު އިޔާން ކައިރިއަށް ދާން އުޅުނު ރޯޝީން ހުއްޓުވީ ނައީމުއެވެ. ރޯޝީން އާއި ނައީމުއަށް އެމީހުންގެ ހަޔާތަށް އަންނަން އުޅޭ ކޮޅިގަނޑުގެ ހިލަމެއްވެސް ނުވެއެވެ. މެންދަމުގެ ހަމަ ހިމޭން ވަގުތުގައި އިޔާންއަށް ހޭލެވުނީ އޭނާގެ ފޯނު ރިންގުވާ އަޑަށެވެ. ”ހަލޯ.. އަދިވެސް ނިދަނީތަ؟ އާދެބަލަ ރުފިޔާކޮޅެއް ހިފައިގެން.. އަހަރެމެންގެ ގުރޫޕަށް މިހާރު އެހެން ދެ މީހަކު އިތުރު ވެއްޖެ.. ދެންވެސް އާދެބަލަ.. ވަރަށް ފޯރި މިތަން..” ފޯނު ނެގުމާއިއެކު ލޫޝާން ވާހަކަދައްކަން ފެށިއެވެ. މެންދުރު ނިދި ގޮތަށް އިޔާންގެ ދެލޯ ހުޅުވާލީ ފޯނު ރިންގުވި އަޑަށެވެ. […]
”ނޫން ނައީމް.. އެއްފަހަރު ވެސް ގުޅާބަލަ.. ފޯނު ނަގަދާނެއްނު.. ހެނދުނު ދިޔަ މީހަ ވިޔަ.. މިހާއިރު ވާއިރު އެދިޔަތަނަކުން އަންނަން ޖެހޭނުން.. އެހެންޏާ އެހާ ގިނަ އިރެއްނުވޭ ތަނަކަށް ދިޔަޔަސް..” ރޯޝީން ދިޔައީ ނައީމް ގާތުން އާދޭސްކުރަމުންނެވެ. އެންމެފަހުން ނައީމުއަށްވެސް ކެތްނުކުރެވިގެން ފޯނު ނަގައިފައި ފިއްތަކަށް އޮބައިލައިފައި ކަންފަތުގައި ފޯނުޖައްސާލިއެވެ. އެތަށް އިރަކު ރިންގް ވުމަށްފަހު ފޯނު ކެނޑުނީއެވެ. ފޯނަކަށް ޖަވާބެއެއް ނުލިބެއެވެ. ރޯޝީންގެ މޫނުމަތިން ފެންނަމުން ދިޔައީ މާޔޫސްކަމާއި އެއްވަރަށް ހިތާމަވެރިކަންވެސް މެއެވެ. ”ކޮބާ އަހަރެންގެ ދަރިފުޅު އާއިޒް؟ އަހަރެން ކިތައް ފަހަރު އައީމަތަ އެކުއްޖާ ވީ ތަނެއް ބުނާނި؟ ކަލޭމެންގެ ދަރިއާއި ހެދި އަަހަރެންނަށް […]