ކައިރިން ލަޔާލް ގައިގައި އަތް ނުޖެހުމުން ސާހިލް ކުޑަކުޑަކޮށް ލޯ ހުޅުވާ ބަލާލިއެވެ. އެއާއެކު ފުންމައިގެން ތެދުވެ ކުއިލްޓް ނަގާ އުނަގަނޑާ ހިސާބުން ހިފަހައްޓާލަމުން އެނދުގެ މަގަތުގައި ކިރިޔާ ނުވެއްޓޭ ހިސާބުގައި އޮތް އަންހެން ކުއްޖާއަށް ބަލާލި އިރު ސާހިލްގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. ސާހިލް ތެދުވި ވަގުތު އަފްޒާއަށްވެސް ހޭލެވުނެވެ. ލޯ ހުޅުވާލާ އެނބުރިފައި ހޭލާ އިން ސާހިލްއަށް ބަލާލުމާއެކު ލައިގެން ހުރި ރޯބްގެ ދެފަރާތުގައި ހިފާ ކައިރި ކޮށްލަމުން އަފްޒާ އެނދުން ތެދުވި […]
“އައި ވޯންޓް އަ ބޭބީ.. އަހަންނާ ލަޔާގެ ލޯބި ލޯބި ބޭބީއެއް” ވަކި ހިސާބަކުން ސާހިލް އެދޭ ކަންތައް ލަޔާލް ގާތު ބުންޏެވެ. “ޔެސް ޔެސް..” ފަސްޖެހުމެއް ނެތި ލަޔާލްއަށް ބުނެވުނެވެ. އެއާއެކު ލަޔާލް ދެ އަތުން ސާހިލްގެ މޫނުގައި ހިފާލުމާއެކު ސާހިލްގެ ތުންފަތުގައި ބޮސްދިނެވެ. އެއީ ލަޔާލްގެ ހިތުގައިވެސް ވާ އެދުމެކެވެ. އެ ކަން ސާހިލްއަށް ބުނެނުދެވެނީސް އެއީ ސާހިލްވެސް އެދޭ ކަމެއް ކަން އެނގުމުން ލަޔާލްއަށް ލިބުނު އުފާ ބަޔާން ކޮށްދިނުމުގައި މުޅި އެރޭ […]
“ނޫން މަންމާ.. ތި ކަހަލަ ކަމެއް ނުކުރަން.. އެކަމަކު ލަޔާއަށް ހީވީ އެހެން.. އަހަރެން ބުނާ އެއްޗެއް އަޑުއަހާކަށްވެސް ލަޔާ މަޑެއް ނުކުރި، ގުޅީމަ ފޯނެއް ނުނަގާ، މެސެޖަކަށް ޖަވާބެއް ނުދޭ.. ދެން އަހަރެން ކިހިނެއް ކިޔާދޭނީ؟” ސާހިލް ބުންޏެވެ. “ތެދަށްތަ ތި ބުނީ؟” މާހިރާ އެހިއެވެ. “އަހަރެން ހުވާ ކުރަން ތައްޔާރަށް މިހުރީ. އެވަރުން މަންމައަށް ގަބޫލު ކުރެވޭތަ؟” ސާހިލް އަވަސްއަވަހަށް ބުންޏެވެ. “އެހެން ވިއްޔާ ހިނގާ ލަޔާލް ބަލާ” ބޯ ޖަހާލަމުން މާހިރާ ތެދުވީ […]
އެހެން ނަމަވެސް އެނގުނު ކަންތަކަށް ފަހު ލަޔާލްއަށް ސިއްރުކުރުން އެއީވެސް ރަނގަޅު ގޮތެއް ނޫން ކަމުގައި ލީޝާއަށް ގަބޫލު ކުރެވުނެވެ. އެހެން ކަމުން ލީޝާއަށް އެނގުނު ހުރިހާ ކަމެއް ލަޔާލްއަށް ކިޔާދިނެވެ. ދެ ދުވަސް ވަންދެން ލަޔާލް އިންތިޒާރު ކުރީ އެ ދަތުރު ނިންމާފައި ސާހިލް އަންނާނެ ވަގުތަކަށެވެ. ކޮންމެ ރެއަކު ސާހިލް ލަޔާލްއަށް ގުޅައެވެ. ނަމަވެސް ފޮޓޯތައް ފެނުނު ފަހުން ސާހިލްގެ ކޯލަށް ލަޔާލް ޖަވާބެއް ނުދެއެވެ. ލަޔާލް ފޯނަށް ޖަވާބު ނުދިނުމުން ސާހިލް މެސެޖްވެސް […]
“ދެން ލަސްލަހުން ކުރިއަށް ދާނެހާ ކެތްތެރިކަމެއް އަހަރެންގެ ނެތް.. ލަޔާ، އައި ކާންޓް ސްޓޭ އަވޭ އެނީމޯރ” ކިރިޔާ އަޑުއިވޭހާ މަޑުމަޑުން ސާހިލް ބުންޏެވެ. އަދި ލަޔާލްގެ ޖަވާބަކަށް މަޑު ކުރުމެއް ނެތި ލަޔާލްގެ ތުންފަތުގައި ބޮސްދިނެވެ. ލަޔާލްވެސް ފަހަށް ނުޖެހި ސާހިލްއާ ބައިވެރިވިއެވެ. ދުރަށް ޖެހިލެވުނު އިރު ދެމީހުންވެސް ތިބީ ނޭވާ ކުރުވެފައެވެ. ސާހިލް އަނެއްކާވެސް ކައިރިވެލަން އުޅުމުން ލަޔާލް ސާހިލްގެ މޭގައި އަތް ޖައްސާ ހުއްޓުވިއެވެ. “ވަރަށް ހޫނުވެފަ މިހުރީ.. ފެން ވަރާލަން ބޭނުން..” […]
“ސާހިލް، ކަމެއް ވީތަ؟” ސާހިލް އެއްޗެއް ނުބުނެ އިނުމުން ލަޔާލް ކަންބޮޑުވިއެވެ. ސާހިލް ކައިރިއަށް ޖެހިލަމުން ލަޔާލްގެ އަތްތިލައިގައި ހިފާލިއެވެ. އަދި އިސްޖަހައިގެން އިނދެ އެ ދުވަހު ވީ ކަންތައް ކިޔާދިނެވެ. ސާހިލްގެ ވާހަކަ އަޑު އަހާފައި ލަޔާލްގެ ހިތަށް އުނދަގޫވިއެވެ. ބުނެދޭން އުނދަގޫ ނުތަނަވަސްކަމެއް މުޅި ނަފްސަށް ވެރިވިއެވެ. އަފްޒާއާ މެދު ހިތުގައި ފާޑެއްގެ ފޫހި ކަމެއް އުފެދުނެވެ. އެފަދަ ކިތަންމެ އެއްޗެއް ހިތަށް އަރަމުން ދިޔަ ނަމަވެސް އެއްޗެއް ނުބުނެ އިސްޖަހައިގެން ލަޔާލް އިނީއެވެ. […]
ސާހިލް މިސްކިތުން އަންނަން ވާ އިރަށް ލަޔާލް ތެދުވެ ފެންވަރާ ތައްޔާރުވިއެވެ. ދެ މީހުން އެކުގައި ނިކުތީ ސާހިލް ގެއަށް އައުމުންނެވެ. އޭގެ ފަހުން ދެ މީހުންގެ ދިރިއުޅުން އޮތީ އެހެންނެވެ. އެ ކައިވެންޏަށް ހޭނެން ވަގުތު ބޭނުން ވާނެކަން ދެ މީހުންނަށްވެސް ވިސްނެއެވެ. މާހިރާއާ އިރުފާންވެސް ސާހިލްއާ ލަޔާލްގެ އެއްވެސް ކަމަކާ ސުވާލު ނުކުރަނީ އެ ކަން ވިސްނޭތީއެވެ. ސާހިލްއާ އަފްޒާގެވެސް އެކުވެރިއެއް ކަމަށްވާ ވާއިލްގެ ކައިވެނި ޕާޓީއަށް ސާހިލް ދިޔައީ ލަޔާލް ގޮވައިގެންނެވެ. […]
“އަހަރެން ވާހަކައެއް ބުނަން ބޭނުން. މެރީ ކުރަން އުޅޭ އިރު އެއްވެސް ކަމެއް ސިއްރު ކޮށްފަ ބާއްވާކަށް ބޭނުމެއް ނޫން” ސާހިލް ބުންޏެވެ. ލަޔާލް އެއްޗެއް ނުބުނެ އަޑު އަހަން ހުއްޓެވެ. “އަހަރެންގެ ލައިފްގަ އެހެން ކުއްޖަކު އެބަހުރި.. މެރީ ކުރާ ވާހަކަ އަދި ނުދެއްކިޔަސް އެ ވިސްނުން ހުރީ. އެހެން ވިޔަސް މަންމަ އެދޭ ގޮތަކާ ދެކޮޅެއް ނުހަދާނަން. ލަޔާލްއާ މެރީ ކުރިޔަސް އަހަރެން ދުވަސްކޮޅެއް ބޭނުން. އެ ގޮތް ލަޔާލްއަށް އޯކޭތަ؟” ސާހިލް ވާހަކަ […]
“އަހަންނަށް ލަސް ވޭ. އެހެން ނޫނަސް ދެން ސާހިލް ބުނަން އޮތީ ކީކޭ؟” ސާހިލް އެއްޗެއް ނުބުނެ ގިނަ އިރު ވާން ފެށުމުން ލަޔާލް ބުންޏެވެ. “ޓެސްޓް ކުރާކަށް ބޭނުމެއް ނޫން..” ސާހިލް ބުނެލި ޖުމްލައިން ލަޔާލް ހައިރާންވިއެވެ. “އެއީ ސާހިލްގެ ދަރިއެއް ނޫން ކަން އެހާ ޔަގީންތަ؟” ލަޔާލްއަށް އަހާލެވުނެވެ. “އައި ބިލީވް ޔޫ!” އެގާރަ އަހަރު ވަންދެން ސާހިލްގެ ދުލުން އަޑު އިވުމަށް އެދުނު ބަސް އެންމެ ފަހުން ސާހިލް ބުންޏެވެ. ލަޔާލްއަށް އެއްޗެއް […]