“އަހަރެން ގަބޫލެއް ނުކުރަން. އޭރު ލަޔާލްއަށް ޓްރަސްޓް ނުކުރެވުނަސް އެހާ ދުވަސް ވަންދެން ލަޔާލް އެއްބަސް ނުވާނީ ލަޔާލް އޭރުވެސް ބުނީ ތެދަކަށް ވާތީ ކަން މިހާރު އަހަންނަށް ވިސްނޭ” ރަމްޝާ ބުންޏެވެ. “ރަމްޝާ ގަބޫލު ކުރިޔަސް އެހެން އެކަކުވެސް ނުކުރާނެ. ބޮޑުއްތައަށް ގަބޫލު ނުކުރެވޭ އިރު ބައްޕަމެން ގަބޫލު ކުރާނެ ހެން ހީވޭތަ؟ އަދި ސާހިލް..” ސާހިލްގެ ނަން ބުނުމާއެކު ލަޔާލްއަށް ރޮވުނީއެވެ. “ލަޔާލް.. އަހަންނަށް ހުރިހާ އެއްޗެއް ކިޔާދެވިދާނެތަ؟ އައި ވިލް ޓްރައި ޓު […]
އެގާރަ އަހަރު ފަހުން މާލެއަށް އައިސް މާލޭގައި އުޅުމަކީ ލަޔާލްއަށް ފަސޭހަ ކަމަކަށް ނުވިއެވެ. ފަތިހު ފަހެއް ޖެހި އިރު ހޭލި ނަމަވެސް ހަތްގަޑި ބައި ވީ އިރު ގެއިން ނިކުމެވޭ ވަރު ވީ ކިރިޔާއެވެ. ލަސްވީ ކިޔާން ތައްޔާރު ކުރުމުގައެވެ. ކިޔާން ތައްޔާރު ވުމުން ސައި ބޮއެގެން ނިކުމެ ލީޝާމެން ގެއަށް ކިޔާން ލާފައި އޮފީހަށް ގަޑި ނުޖެހި ދެވުނީ ކިރިޔާއެވެ. އޮފީހަށް ވަދެ ސިޑިއާ ހަމައަށް ގޮސްފައި ލަޔާލްއަށް ހުއްޓިފައި ބަލާލެވުނެވެ. ރިސެޕްޝަންގައި ދެ […]
ބައްދަލުވުން ފެށުމާއެކު ފުރަތަމަ އޮތީ ލަޔާލްގެ ތަޢާރަފެއް ދިނުމެވެ. އަމިއްލައަށް ތަޢާރަފް ވީތީ ލަޔާލް ބުނެދިނީ އޯޝަންލައިންގައި ލަޔާލްގެ މަގާމް އެކަންޏެވެ. އޯޝަންވިލާ އާއިލާއާ ލަޔާލްއާ އޮތް ގުޅުމުގެ ވާހަކައެއް ލަޔާލް ނުބުނެއެވެ. އެކަން އެނގެނީ އެ ތަނުގައި ތިބި އާއިލާގެ މެމްބަރުންނަށް އެކަންޏެވެ. އެއަށް ފަހު އެކިއެކި ޑިޕާޓްމެންޓްތަކުން ފާއިތުވި ހަފްތާގެ ކުރު ރިޕޯޓްއެއް ދިނެވެ. ގަޑިއެއްހާ އިރަށް ދެމިގެން ދިޔަ ބައްދަލުވުން ނިންމާލުމުން އާއިލާ މީހުން ނޫން އެހެން އެންމެން ނިކުތެވެ. “ލަޔާލް، ދެން […]
އާދައިގެ މަތިން ނުވަގަޑި ބައި ހާއިރު ރައުދް ހޭލިއެވެ. ދަރިފުޅަށް އެ ވަގުތު ބުއްފުޅިއެއް ދީފައި އަލުން ނިންދަވާފައި ރީވާ ފާހާނާއަށް ވަނީ ތައްޔާރު ވެލުމަށެވެ. އޭރު އާރިޝް ވީ ޕޫލް ކައިރީގައި ކަން ރީވާއަށް އެނގެއެވެ. އަޅި ކުލައިގެ ޓީޝާޓްއަކާ ކަޅު ޓައިޓްއެއް ލައިގެން ނިކުމެ ކަޅު ކުލައިގެ ކުޑަ ވަށް ބުރުގާއެއް އަޅައިގެން ބޭބީ މޮނިޓަރ ހިފައިގެން ރީވާ ކޮޓަރިން ނިކުތެވެ. ޕޫލް ކައިރީ އިން އާރިޝް ރީވާ ފެނުމުން ތެދުވެގެން އައިސް ރީވާގެ […]
ގިނަ އިރެއް ނުވެ ދޮރު ހުޅުވާލާފައި ނިކުތް ނަރުސް ކުއްޖާ ރީވާގެ އެހީތެރިއަކަށް ގޮވާލުމުން ރިޔާންއަށް ވުރެ ކުރިން އާރިޝް އެ ހިސާބަށް ދިޔައެވެ. އެއީ ރީވާގެ ފިރިމީހާ ކަން އެނގުމުން ނަރުސް ކުއްޖާ އެދުނީ އާރިޝް އެތެރެއަށް ވަނުމަށެވެ. އިތުރު ވިސްނުމަކާ ނުލާ ވަންނަން އުޅުނު އާރިޝް ހުއްޓުނީ ރިޔާން އައިސް އާރިޝްގެ އަތުގައި ހިފެހެއްޓުމުންނެވެ. “ރިޔާން ޕްލީޒް.. އަހަރެން މާފަށް އެދެންވީ ކިހާ ވަރަކަށް؟ ޑޯންޓް ޑޫ ދިސް.. ޕްލީޒް ޕްލީޒް.. ރީވާއަށް މި […]
އެއްޗެއް ބުނަން އުޅެފި ނަމަ ރޮވޭނީ ކަން އެނގޭތީ އެނބުރި ހިނގައިގަތް ރީވާއަށް ކުރިއަށް ނުދެވުނީ އާރިޝް ގޮވާލުމުންނެވެ. “ރީވާ.. ޕްލީޒް ފޮރގިވް މީ.. ޕްލީޒް ރީވާ..” ފަހަތުން އައިސް ރީވާ ގައިގައި ބައްދާލަމުން އާރިޝް އެދުނެވެ. “ކީއް ކުރަން މި ތަނަށް އާރިޝް ތި އައީ؟ އަހަންނަށް އާރިޝްއާ ދުރުގަ ހުރެވޭނީ އާރިޝްވެސް ދުރުގަ ހުރެގެން.. އަހަންނަށް އާރިޝްއަށް މާފް ކުރެވޭނީ ދޮންބެ އާރިޝްއަށް މާފް ކޮށްގެން..” ރޮމުން ރީވާ ބުންޏެވެ. “ހީ އިޒް މައި […]
އާރިޝްގެ މޫނުން ފެނުނު ހިތާމައާ ހިތްދަތިކަމުން ރިޔާންގެ ހިތަށް ވާންވެލިއެވެ. އާރިޝްއާ މެދު ހިތުގައި ހަމްދަރުދީގެ އޮއެވަރެއް ދައުރުވެލި ނަމަވެސް ރީވާއަށް އާރިޝް ހެދި ގޮތް ހަނދާން ކުރަމުން ރިޔާން އެ އިހުސާސް ހިތުން ނެރެލިއެވެ. އާރިޝްއަކީ ރިޔާންގެ ޙަޔާތުގެ ކިތަންމެ މުހިންމު މީހެއް ކަމުގައި ވި ނަމަވެސް ރިޔާންގެ ހިތުން އާރިޝްއަށް ދެވިފައިވާ މަގާމު ގެއްލުވާލީ އާރިޝް އަމިއްލައަށެވެ. ރިޔާންގެ ހިތުން ދެ ވަނަ ފަހަރަށް އެ މަގާމު އާރިޝްއަށް ދެވިދާނެ ކަމަކަށް ރިޔާންއަކަށް ގަބޫލެއް […]
އާރިޝްގެ ހިތުގައި ވި އުދާސްތަކުން ބައެއް ދުލުން ބޭރު ކުރި ނަމަވެސް އެ ހިތަށް ކުޑަވެސް ހަމަޖެހުމެއް ނުލިބުނެވެ. އާރިޝްގެ ހިތް އެދި ގޮވަމުން ދިޔައީ ރީވާ ކައިރިއަށް ދިޔުމަށެވެ. ރީވާގެ ފައިދަށަށް ވެއްޓި މަޢާފަށް އެދި އާދޭސް ކުރާށެވެ. އާރިޝްގެ އާދޭހުން ރީވާގެ ހިތް މަޑުވަން ދެން އެ ގޮތުގައި ހުންނާށެވެ. ދެ އަތުން މޫނު ފޮހެމުން އާރިޝް ޓެރެސްއިން ނިކުންނަން ދިޔައެވެ. ސަލަފްގެ އަޑަށް އާރިޝް މަޑު ނުކުރުމުން އާރިޝްގެ ފަހަތުން ސަލަފް ދިޔައެވެ. […]
“ކޮން ސިއްރެއް؟ ކީކޭ ރިޔާން ތި ކިޔަނީ؟” އަޒްހަރުއަށް އަހާލެވުނެވެ. “އަލްޔާ ބަލިވެ އިނީ އަހަރެންގެ ދަރިއަކަށް ނޫން. އާއިލާއަށް ސިއްރުން ރައްޓެހިވެގެން އުޅެފަ އަލްޔާ ބަލިވެ އިނީމަ ކައިވެނި ކުރަން ދެކޮޅު ހަދާފަ އަލްޔާ ދޫކޮށްލި މީހަކީ އިމާޒް. އަލްޔާ ބަލިވެ އިނީ އިމާޒްގެ ދަރިއަކަށް” ހިތާހިތުން އަލްޔާގެ ކިބައިން މާފަށް އެދެމުން ރިޔާން ބުންޏެވެ. ރިޔާން ބުނެލި ބަސްތަކަށް ފަހު ތަނަށް ވެރިވެގެން ދިޔަ ހިމޭން ކަމުން ހީވީ އިރުކޮޅަކަށް އެންމެން އެއްފަހަރާ ނޭވާ […]