Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތަކުން ނުދާނޭ ފިލާ 11

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
October 28, 2025 6 Mins Read
2 Comments

ކައިރިން ލަޔާލް ގައިގައި އަތް ނުޖެހުމުން ސާހިލް ކުޑަކުޑަކޮށް ލޯ ހުޅުވާ ބަލާލިއެވެ. އެއާއެކު ފުންމައިގެން ތެދުވެ ކުއިލްޓް ނަގާ އުނަގަނޑާ ހިސާބުން ހިފަހައްޓާލަމުން އެނދުގެ މަގަތުގައި ކިރިޔާ ނުވެއްޓޭ ހިސާބުގައި އޮތް އަންހެން ކުއްޖާއަށް ބަލާލި އިރު ސާހިލްގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ.

ސާހިލް ތެދުވި ވަގުތު އަފްޒާއަށްވެސް ހޭލެވުނެވެ. ލޯ ހުޅުވާލާ އެނބުރިފައި ހޭލާ އިން ސާހިލްއަށް ބަލާލުމާއެކު ލައިގެން ހުރި ރޯބްގެ ދެފަރާތުގައި ހިފާ ކައިރި ކޮށްލަމުން އަފްޒާ އެނދުން ތެދުވި ގޮތަށް އެނދުގެ ފައިލާ ކޮޅުގައި ހުރި ދިގު ގޮނޑިމަތީ ހުރި ހެދުންތައް ހިފައިގެން ދުވެފައި ގޮސް ފާހާނާއަށް ވަނެވެ. ފަސް ވަރަކަށް މިނަޓް ފަހުން އަފްޒާ ނިކުތް އިރުވެސް ސާހިލް އެ އިން ގޮތަށް އިނެވެ.

“އަފްޒާ.. މިތާ.. މި ރޫމްގަ.. ކިހިނެއް..؟” ހުއްޓަމުން ސާހިލް އަހާލިއެވެ.

ކަންތައް ކުރެވުނު ގޮތާމެދު އަފްޒާއަށް ކުއްލިއަކަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. ނަމަވެސް ރޭގައި ސާހިލްއާ ލަޔާލް އެކުގައި ތިބި ގޮތް ހަނދާންވެ އެ ވަގުތު ކުރެވުނު އިހުސާސް ހިތުން ފޮހެލަމުން އަފްޒާ އިސްޖަހާލިއެވެ.

“އައިމް ސޮރީ!” އެހެން ބުނެފައި އަފްޒާ އެ ކޮޓަރިން ނިކުތީއެވެ. ސާހިލް ކުރި ސުވާލުން ރޭގެ އެއްވެސް ކަމެއް ސާހިލް ހަނދާން ނެތް ކަން އަފްޒާއަށް ޔަގީންވިއެވެ. އަފްޒާ އުންމީދު ކުރި ގޮތަށް ކަންތައް ވީކަން އެނގުމުން އަފްޒާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

“ލަޔާލް، އަހަރެން އަތުން ސާހިލް އަތުލީތީ އޭގެ ބަދަލު މީ. އަހަންނާ ސާހިލްގެ މެދުގަ ކަމެއް ނުވެ ތި ދެމީހުންގެ މެދަށް އަހަރެން މި ވަނީ، ލަޔާލްގެ އަތުން ސާހިލް އަތުލަން އަހަރެން އަދިވެސް މަސައްކަތް ކުރާނަން” ކޮޓަރިން ނިކުމެގެން ދިޔަ އިރު އަފްޒާގެ ހިތުގައި ވިއެވެ.

އަފްޒާ ނިކުމެގެން ދިޔުމުން ސާހިލް ތެދުވެގެން ގޮސް ދޮރު ތަޅުލިއެވެ. ރޭގައި ކަންތައް ވީ ގޮތެއް ސާހިލް އެއްވެސް ގޮތަކަށް ހަނދާނެއް ނެތެވެ. ކޮޓަރިއަށް އައި ހަނދާނެއްވެސް ނެތެވެ. ރެސްޓޯރެންޓުން ނިކުތީ ލަޔާލްއާ އެކުގައި ކަމެއް، ނޫނީ އަފްޒާއާ އެކުގައި ކަމެއްވެސް ޔަގީނެއް ނުވިއެވެ. ރޭގައި ހިނގާ ދިޔަ އެއްވެސް ކަމެއް ހަނދާންވޭތޯ މަސައްކަތް ކުރި ނަމަވެސް އެއްވެސް ކަމެއް ހަނދާނެއް ނުވިއެވެ.

ލަޔާލް ކޮބާބާއޭ ހިތަށް އަރާފައި ސާހިލް ފުރަތަމަ ފޯން ބަލާލިއެވެ. ލަޔާލްއާ މެދު ކަންބޮޑުވި ނަމަވެސް އެ ވަގުތަށް ހިތަށް ހަމަޖެހުމެއް ލިބުނީ އެ ކޮޓަރީގައި އަފްޒާ އޮތް ކަން ލަޔާލްއަށް ނޭނގޭ ކަން ޔަގީން ވުމުންނެވެ. ސާހިލް ފެންވަރާލަން ވަނުމުގެ ކުރިން ލަޔާލްއަށް ގުޅާލިއެވެ. ލަޔާލްއަށް ވީ ކިހިނެއްތޯ އަހާފައި ސާހިލް އަވަސް ކޮށްލީ ލަޔާލް ކައިރިއަށް ދިޔުމަށެވެ.

ސާހިލްއަށް ދެވުނު އިރު ޑޮކްޓަރ އުޅެނީ ލަޔާލްގެ އައިވީ ހުސްވުމުން ކެނިއުލާ ނައްޓާލާށެވެ. ލަޔާލް ގޮވައިގެން ކޮޓަރިއަށް އައިސްފައި ސާހިލް ފުރަތަމަ ލަޔާލްއަށް ކާ އެއްޗެއް ދެވޭތޯ ބެލިއެވެ. ދެ މީހުން އެކުގައި ސައި ބޮއެގެން ލަޔާލް އޮށޯތުމުން ސާހިލްވެސް ލަޔާލް ކައިރީ އޮށޯތެވެ. ގިނަ އިރެއް ނުވެ ލަޔާލްއަށް ނިދުނީއެވެ. ލަޔާލް ކައިރީ އޮތް ސާހިލްގެ ހިތާ ސިކުނޑިއަށް ރޭގެ ޚިޔާލުތައް އުނދަގޫ ކުރަމުން ދިޔައެވެ. ރޭގެ ވާހަކަ ލަޔާލް ގާތު އަހާލަން ބޭނުންވި ނަމަވެސް އެއީ ރަނގަޅު ގޮތެއް ނޫން ކަމުގައި ސާހިލް ނިންމިއެވެ.

އެރޭ ލަޔާލްއަށް ނިދުމުން ސާހިލް ބޭރަށް ނިކުމެ އަފްޒާއަށް ގުޅިއެވެ. އެ ދުވަހުގެ މެންދުރު އަފްޒާއާ އެހެން އެންމެންވެސް މާލެ ދިޔައެވެ. ސާހިލް ސުވާލު ކުރުމުން އަފްޒާ ކިޔާދިނީ އަފްޒާ ބޭނުންވި ގޮތަށެވެ. ގިނައ އިރު ނުކޮށް ސާހިލް އެ ކޯލް ކަނޑާލިއެވެ. އެރޭ ހަނދާން ހުރި ހިސާބުން ކަންތައް ވީ ގޮތް ސާހިލްއަށް ނަގައިގަނެވުނެވެ. އަރުހަމްއަށް ގުޅީ ޔަގީން ކުރާށެވެ. އެއީ ނާއިމްގެ ކަމެއް ކަން އަރުހަމް ޔަގީން ކޮށްދިނުމުން އައިސްފައި ހުރި ރުޅި ސާހިލްއަށް ބޭލުނީ އަރުހަމްއަށެވެ. ކަންތައް ވީ ގޮތް ކިޔާނުދިން ނަމަވެސް ވީ ގޮތުން ސާހިލްއަށް އެ ރުޅި ހިފަހައްޓައިގެން ނުހުރެވުނީއެވެ.

ކަކުލުގައި އުޅަނބޮށި ޖައްސާލައިގެން ދެ އަތުން ބޮލުގައި ހިފަހައްޓައިގެން އިން ސާހިލް ސިހުނީ ލަޔާލް އައިސް ގޮވާލަމުން ސާހިލްގެ ބޮލުގައި އަތް ޖައްސާލުމުންނެވެ. ލަޔާލް އެދުމުން ސާހިލް ކޮޓަރިއަށް ވަނެވެ. ނަމަވެސް އެރޭ ލަޔާލްއާ ކައިރި ވާކަށް ސާހިލް ބޭނުމެއް ނުވިއެވެ. ކުރެވެމުން ދިޔަ ކުށްވެރި އިހުސާސްގެ ސަބަބުން ލަޔާލް އިސްވެ ކައިރި ވުމުންވެސް ނިދި އަންނަ ކަމުގެ ބަހަނާ ދައްކާފައި ސާހިލް އޮތީއެވެ.

ލަޔާލް ޝަކުވާއެއް ނުކުރެއެވެ. ކުރީރޭ ކަންތައް ވީ ގޮތުން އޭގެ އަސަރު އަދިވެސް ނުފިލަނީއޭ ހިތަށް އަރާ ލަޔާލްވެސް ނިދޭތޯ އޮތީއެވެ.

ރިޒޯޓަށް ދިޔައީ ހަފްތާއަކަށް ނަމަވެސް ކުއްލިއަކަށް އޮފީހުގެ ކަމެއް ދިމާ ވެގެން ދެ ދުވަސް ފަހުން ސާހިލްއާ ލަޔާލް މާލެއަށް އައި ގޮތަށް ސާހިލްއަށް ޖެހުނީ އަނެއްކާވެސް ސިންގަޕޯރއަށް ދާށެވެ. މާހިރާއާ އިރުފާން އެދުނީ ލަޔާލް ގޮވައިގެން ދިޔުމަށް ނަމަވެސް ސާހިލްއާ އެކު ދިޔުމަށް ޓިކެޓް ނުލިބުމުން ލަޔާލްއަށް ނުދެވުނީއެވެ. ފަހުން ދާން ބޭނުންވި ނަމަވެސް ސާހިލް ނުބުނާތީ ލަޔާލްއަށް އިސްވެ ބުނަން ނުކެރިފައި ސާހިލް އަންނަން ދެންވެސް ހުރީއެވެ.

ސާހިލްއަށް އާދެވުނީ ހަފްތާއެއް ފަހުންނެވެ. އެ ދުވަސްތަކުގައި ކޮންމެ ދުވަހަކުވެސް ދެ މީހުން ފޯނުން ވާހަކަ ދައްކައެވެ. ސާހިލް އުޅެނީ ބުރަކޮށް ކަން ލަޔާލްއަށް އެނގެއެވެ. މާހިރާ ބަލިވި ފަހުން އިރުފާން ގޭގައި ހުރި ނަމަވެސް ސާހިލް ދިޔުމުން އިރުފާން އޮފީހަށް ނިކުންނަން ފެށިއެވެ. އެހެންވެ މާހިރާއަށް އެހީ ވުމުގައި އުޅުނު ލަޔާލްއަށްވެސް ބޭކާރު ކަންކަމާ ވިސްނާނެ ވަގުތެއް ނުވެއެވެ.

ސާހިލް އައީ ބުރާސްފަތި ދުވަހެއްގެ މެންދުރުއެވެ. ގެއަށް އައި ގޮތަށް އޮފީހަށް ދާން ޖެހޭތީ ފުރަތަމަ ފެންވަރާލަން ބޭނުންވެފައި ހުރުމުން ސާހިލް ކޮޓަރިއަށް ވަނުމުން ލަޔާލްވެސް ދިޔައެވެ.

“އައި މިސްޑް ޔޫ ސޯ މަޗް!” ލަޔާލް ކޮޓަރިއަށް ވަނުމާއެކު ލަޔާލް ގައިގައި ސާހިލް ބައްދާލިއެވެ.

“އަހަރެންވެސް..” ލަޔާލް ބުންޏެވެ.

ސާހިލް ދެ އަތުން ލަޔާލްގެ މޫނުގައި ހިފާލަމުން އެ ތުންފަތުގައި ބޮސްދިނެވެ. ލަޔާލްވެސް ސާހިލްއާ ބައިވެރިވިއެވެ.

“އާހ.. މި ގަޑީގަ އޮފީހަށް ނުގޮސް ނުވާނެ..” ލަޔާލްގެ ނިތްކުރީގައި ބޮސްދީފައި ސާހިލް ބުނެލީ ހިތާ ދެކޮޅަށެވެ.

“ގޮއްސަ އާދޭ..” ލަޔާލްވެސް ދުރަށް ދާން ބޭނުން ނުވެފައި ހުރެ ބުންޏެވެ.

ބޯ ޖަހާލި ނަމަވެސް ދުރަށް ދިޔުމުގެ ބަދަލުގައި ސާހިލް އަނެއްކާވެސް ލަޔާލްއާ ކައިރިވީއެވެ. ދެ މީހުންވެސް ސިހުނީ ސާހިލްގެ ފޯން ރިންގްވީ އަޑަށެވެ.

“ހެލޯ، މި ދަނީ ބައްޕާ.. އިރުކޮޅެއް ވާނީ.. އޯކޭ..” އިރުފާންގެ ކޯލަށް ޖަވާބު ދީފައި ސާހިލް އަނެއްކާވެސް އޮށޯންނަމުން ލޯމަތީ އަތް އަޅާލިއެވެ.

“މި ވަގުތު ދޭ ދެން..” ސާހިލްގެ މޭގައި ފިރުމާލަމުން ލަޔާލް އެހެން ބުނެފައި ތެދުވެ ސާހިލްގެ އަތުގައި ހިފާ ދަމާލިއެވެ.

އެރޭ ކެއުމަށް ފަހު ލަޔާލްއާ ސާހިލް ގަޑިއެއްހާ އިރު މާހިރާއާ އިރުފާންއާ އެކީ ހޭދަ ކުރިއެވެ. ވަރުބަލި ކަމުގެ ބަހަނާގައި ދިހަގަޑި ބައި ވުމުން ސާހިލް ކޮޓަރިއަށް ވަނުމުން ލަޔާލްވެސް ސާހިލްއާ އެކު ދިޔައެވެ.

ދަންވަރު ދޭއް ޖެހި އިރު ސާހިލް އިނީ އެ ކޮޓަރީގެ ބެލްކަނީގައި ހުރި ގޮނޑީގައެވެ. މަހެއްހާ ދުވަސް ފަހުން ލަޔާލްއާ އެކު ހޭދަވި ވަގުތުގެ ސަބަބުންވެސް އެރޭގެ ހަނދާނެއް އައިސްދާނެ ކަމުގައި ސާހިލް އުންމީދު ކުރިއެވެ. އެހެން ނަމަވެސް ސާހިލްގެ ސިކުނޑިން އެރޭ މުޅިން ފޮހެވިފައިވާ ފަދައެވެ. އެއްވެސް ކަމެއް ލަޔާލްއަށް ސިއްރު ކުރަން ބޭނުން ނުވި ނަމަވެސް ލަޔާލް ރުޅި ނާންނާނެ ގޮތަކަށް އެރޭގެ ވާހަކަ ބުނާނެ ގޮތެއް ސާހިލްގެ ވިސްނުމަކަށް ނާދެއެވެ.

 

މަހެއްހާ ދުވަސް ފަހުން ލަޔާލްއަށް ލިބުނީ ހީވެސް ކޮށްފައި ނުވާ ފަދަ އުފާވެރި ޚަބަރެކެވެ. ބޯ އަނބުރާތާ ތިން ދުވަސް ވަރު ވީ ފަހުން، ސާހިލް ބުރަކޮށް އުޅޭތީ އުނދަގޫ ނުކުރަން ވެގެން ލަޔާލް އެ ވާހަކަ ހިއްސާ ކުރީ ލީޝާއާއެވެ. ޓެސްޓް ކުރަން ޚިޔާލު ދިނީ ލީޝާއެވެ. ލަޔާލްގެ ހިތަށް ފުރަތަމަ ފަހަރަށް އެ ޚިޔާލު އައީ ލީޝާ އެހެން ބުނުމުންނެވެ. ވަގުތުން ޔަގީން ކުރަން ބޭނުންވި ނަމަވެސް ބޯ އަނބުރާތީ ލަޔާލްއަށް އެކަނި ބޭރަށް ނުނިކުމެވޭނެކަން ވިސްނި، ލަޔާލް އެދުނީ ލީޝާގެ އެހީއަށެވެ. ބައިގަޑިއެއްހާ އިރު ވީ އިރު ލީޝާ ހުރީ ލަޔާލް ކައިރީގައެވެ.

ލީޝާ ދިޔުމުން ލަސްނުކޮށް ލަޔާލް ޓެސްޓް ކުރިއެވެ. ތިން ފަހަރުންވެސް ދެއްކީ އެއް ނަތީޖާއެކެވެ. ލަޔާލް ފާހާނާއިން ނިކުމެ އެނދުމަތީ އިރުކޮޅަކު އިނދެފައި ސާހިލްއަށް ގުޅާލިއެވެ.

“ލަޔާ، ކިހިނެއްވީ؟” ދެވަނަ ރިންގުން ފޯން ނެގުމާއެކު ސާހިލް އަހާލިއެވެ. ދެތިން ދުވަސް ވަންދެން ލަޔާލް ކުޑަކޮށް ބަލިވެ އުޅޭތީއާއެކު، ސާހިލް އޮފިހުގައި އުޅޭ ވަގުތު ލަޔާލް ނުގުޅާތީ ލަޔާލްއަށް ކަމެއް ވީހެން ހީވެ ސާހިލް ކަންބޮޑުވިއެވެ.

“ވަރަށް ބިޒީތަ؟” ލަޔާލް އަހާލިއެވެ.

“ނޫން.. ކަމެއް ވީތަ؟” ސާހިލް އިނީ މުހިންމު މަސައްކަތެއްގައި ނަމަވެސް ލަޔާލް ގާތު އެހެން ބުނާކަށް ސާހިލް ބޭނުމެއް ނުވިއެވެ.

“އާދެވިދާނެތަ؟” ލަޔާލް ބޭނުން ވީ ވަގުތުން އެ ޚަބަރު ސާހިލްއަށް ދޭށެވެ.

“މި ދަނީ.. ލަޔާ، މާ ބޮޑަށް ބޯ އަނބުރަނީތަ؟ ނޫނީ އެހެން ކަމެއް ވީތަ؟” ސާހިލް ލެޕްޓޮޕް ލައްޕާލާފައި ތެދުވިއެވެ. ކަމެއް ނުވަނީސް ގެއަށް އަންނަން ލަޔާލް ނުބުނާނެ ކަން ސާހިލްއަށް އެނގެއެވެ.

“އައީމަ ބުނާނަން.. ތި އަންނަނީތަ؟” ލަޔާލް ބުންޏެވެ. އާނއެކޭ ބުނެފައި ސާހިލް ނިކުތުމުގެ ކުރިން މާހިރާ ކައިރިއަށް ދިޔައެވެ. އޭރު އިރުފާންވެސް އިނީ މާހިރާ ކައިރީގައެވެ.

“މަންމާ، ލަޔާ ގުޅާފަ ބުނީމަ ގެއަށް މި ދަނީ” ސާހިލް ބުންޏެވެ.

“ކަމެއް ނުވެ ސާހިލް ކައިރީ އަންނާކަށް ލަޔާ ނުބުނާނެ، މާ ބޮޑަށް ބަލިވީތަ؟” އެ ދުވަސްކޮޅު ލަޔާލް ބަލި ކަން މާހިރާއަށްވެސް އެނގެއެވެ. ސަރޖަރީއަށް ފަހު އޮފީހުގެ މަސައްކަތް ގޭގައި ކުރަމުން އައި ނަމަވެސް އެ ދުވަހު މާހިރާ އޮފީހަށް އައީ މުހިންމު ބައްދަލުވުމެއް އޮތުމުންނެވެ. އައުމުގެ ކުރިން ލަޔާލްއަށް ބެލުމަށް ރޫބީ ގާތު މާހިރާ ބުންޏެވެ.

“ލަޔާ ނުބުނޭ. ގޯހިއްޔާ ޑޮކްޓަރަށް ދައްކާލަން ދާނީ” ސާހިލް ބުންޏެވެ.

“އާނ، ގޮއްސަ މަންމައަށް ގުޅާލައްޗޭ” މާހިރާ އެދުނެވެ.

ސާހިލް ދިޔަ އިރު ލަޔާލް އެނދުގައި އޮށޯވެލައިގެން އޮތެވެ.

“ހޭ، އޯކޭތަ؟ ޑޮކްޓަރއަށް ދައްކާލަން ދާން ވީތަ؟” ލަޔާލް ކައިރީ އިށީނދެ ލަޔާލްގެ ކަރުދޮށުގައި އަތް ޖައްސާލަމުން ސާހިލް އަހާލިއެވެ.

“ހްމްމް..” ލަޔާލްވެސް ބޭނުން ވަނީ އެ ގޮތެވެ.

“މި އަންނަނީ.. ލަޔާވެސް ރެޑީ ވެލަން ވީނު” ލަޔާލްގެ ނިތްކުރީގައި ބޮސްދީފައި ސާހިލް ތެދުވަން އުޅުނުވެ.

“އަދި އިރުކޮޅަކުން..” ސާހިލްގެ އަތުގައި ހިފާ ދުރަށް ދިޔަނުދީ ހުއްޓުވަމުން ލަޔާލް ބުންޏެވެ.

“މާ ބޮޑަށް ބޯ އަނބުރަނީތަ؟” ލަޔާލް ކައިރީ އޮށޯވެލަމުން ސާހިލް އެހިއެވެ.

ލަޔާލް ޖަވާބެއް ނުދީ ސާހިލް ގައިގައި ބައްދާލިއެވެ. ސާހިލް އިތުރަށް ސުވާލު ކުރަން ފެށުމުން ސާހިލްގެ ތުންފަތުގައި އިނގިލިތައް ޖައްސާލަމުން ކަންބޮޑު ނުވުމަށް ލަޔާލް އެދުނެވެ. ދެންވެސް ސުވާލު ކުރަން އުޅުމުން ސާހިލް ހުއްޓުވުމަށް ލަޔާލް އެހެން ގޮތެއް ޚިޔާރު ކުރިއެވެ.

“ލަޔާ.. ޑޮކްޓަރަށް ދައްކާލަން ދާނަން ދޯ؟” އެކުގައި ހޭދަވި ވަގުތުކޮޅަށް ފަހު ސާހިލްގެ މޭގައި ބޯ އަޅާލައިގެން އޮތް ލަޔާލްގެ ބުރަކަށީގައި ފިރުމަމުން ސާހިލް ބުންޏެވެ.

“ހްމްމް.. އެޕޮއިންޓްމެންޓް ހައްދާފަ އިންނާނީ، މިރޭ އަށެއް ޖަހާ އިރަށް ދާން ޖެހެނީ” ލަޔާލް ބުންޏެވެ.

“ލަޔާ.. ބީ އޯކޭ އިނގޭ..” ސާހިލް ބުނެލިއެވެ.

“އަހަރެން ބައްޔެއް ނޫނޭ” ސާހިލް ކަންބޮޑުވެފައި ހުރި ކަން އެނގޭތީ ވީ ގޮތް ލަޔާލް ބުނަން ބޭނުންވިއެވެ.

“ދެން ކީއްވެ އަބަދު ބޯ އަނބުރާތީ ލަޔާ އުޅެނީ؟ ބަލި ނޫނަސް ޑޮކްޓަރަށް ދައްކާލީމަ ޔަގީން ވާނެއެއްނު؟” ސާހިލް ކަންބޮޑުވާކަން ހާމަ ކުރިއެވެ.

“އައިމް ނޮޓް ސިކް.. އައިމް ޕްރެގްނަންޓް” އާދައިގެ ގޮތަކަށް ބުނި ނަމަވެސް ލަޔާލް އޮތީ ހިތްއަވަސް ވެފައެވެ.

ލަޔާލް އެހެން ބުނުމާއެކު ލަޔާލްގެ ބުރަކަށީގައި ފިރުމަމުން ދިޔަ ސާހިލްގެ އަތް ހުއްޓުނެވެ. ސާހިލްގެ ހިތުގެ ތެޅުން އަވަސްވެގެން ދިޔަކަން ލަޔާލްއަށް އިހުސާސް ކުރެވުނެވެ. ތުންފަތަށް ވެރިވި ހިނިތުންވުމާއެކު ލަޔާލް ބޯ ހިއްލާ ސާހިލްގެ މޫނަށް ބަލާލިއެވެ.

“އަސްލުވެސްތަ؟” ސާހިލް އަހާލިއެވެ.

ލަޔާލް ބޯ ޖަހާލިއެވެ. އެއާއެކު ސާހިލް ބާރަށް ހެމުން ލަޔާލް ގައިގައި ބައްދާލިއެވެ.

ބަލިވެ އިން ކަން ލަޔާލްއަށް ޔަގީންވި ނަމަވެސް އަދި އެއްވެސް މީހެއް ކައިރި ބުނަން ލަޔާލް ބޭނުމެއް ނުވިއެވެ. ޑޮކްޓަރަށް ދައްކާ، ޓެސްޓްތައް ހަދާލުމަށް ފަހު ނޫނީ މާހިރާ ގާތުވެސް ނުބުނުމަށް ލަޔާލް އެދުމުން ސާހިލް ދެކޮޅެއް ނުހަދައެވެ. އެރޭ ޑޮކްޓަރަށް ދައްކާފައި ޓެސްޓްތައް ހެދިއެވެ. ނަތީޖާއާއެކު އަނެއް ދުވަހު ދައްކާލުމަށް ޑޮކްޓަރ ބުންޏެވެ. އަދި ދެ ހަފްތާއެއްހާ ދުވަސް ފަހުން ފުރަތަމަ ސްކޭން ހަދަން ވާނެ ކަމަށް ބުންޏެވެ.

އެރޭ ގެއަށް އައި ފަހުން ސާހިލްގެ ފަރާތުން އާދަޔާ ޚިލާފް ހިމޭންކަމެއް ލަޔާލްއަށް ފާހަގަ ކުރެވުނެވެ. އެރެއާ އަނެއް ދުވަހުވެސް ސާހިލް ބޮޑު ފިކުރެއްގައި ހުރި ކަހަލައެވެ. އަނެއް ދުވަހުގެ ރޭ ޑޮކްޓަރަށް ގޮސްފައި ލަޔާލްއަށް ވުރެ ސާހިލްގެ ސުވާލު ގިނަވިއެވެ.

ދެ ހަފްތާ ފަހުން ސްކޭން ކުރަން އޮތް ދުވަހު ލަޔާލްއާ އެކު ސާހިލް ދިޔައެވެ. އެ ދެ ހަފްތާގައި ލަޔާލްގެ ކޮންމެ ކަމަކަށް ސާހިލް ފަރުވާތެރި ވިއެވެ. ޑޮކްޓަރ ދިން ބޭސްތައް ކައިތޯ ބަލައެވެ. އޮފީހުގައި ހުރި ނަމަވެސް ލަޔާލްއަށް ގުޅައިގެން ގަޑިން ގަޑިއަށް ކައިގެންތޯ ހުރީ ބަލައެވެ. އޭގެ އިތުރުންވެސް ލަޔާލް ބޭނުންވާ ކަމެއް އޮތްތޯ ބަލައެވެ.

އަބަދުވެސް ލަޔާލްގެ ގާތް ކަމަށް އެދޭ ސާހިލް، އެ ދެ ހަފްތާގައި ލަޔާލް އިސް ނަގައިގެން ނޫނީ ލަޔާލްއާ ކައިރިއެއް ނުވެއެވެ. އެއީ ބަލިވެ އިނުމުން ލަޔާލްއާ ދަރިފުޅާ މެދު ސާހިލް ވިސްނާތީ ކަމުގައި ލަޔާލް ހީކުރިއެވެ. ނަމަވެސް ލަޔާލް ބަލިވެ އިން ފަހުން ސާހިލްގެ މިޒާޖަށް އައި ބަދަލުގެ އަސްލު ސަބަބު ލަޔާލްއަށް ވިސްނުނީ ސްކޭން ކޮށްފައި ގެއަށް އައި ފަހުންނެވެ.

އެރޭ ސްކޭން ކުރަން ގޮސް މަޑުކޮށްލައިގެން އިން ވަގުތު، ގެއަށް ގޮސްފައި މާހިރާއާ އިރުފާންއަށް އެރޭ އެ ޚަބަރު ދިނުމަށް ލަޔާލް އެދުނެވެ. އެ ވަގުތު ސާހިލް ވަކި ޖަވާބެއް ނުދިން ނަމަވެސް ގެއަށް އައިސް ކޮޓަރިއަށް ވަދެފައި ލަޔާލް އަނެއްކާވެސް އެހެން ބުނުމުން ސާހިލް ވަގުތުން ދެކޮޅު ހެދިއެވެ.

“ކާން ނިކުމެފަ ބޮޑުއްތައާ ބޭބެ ކައިރީ ބުނަން ވާނެ އިނގޭ ސާހިލް” އަތުގައި އޮތް ފައިލްގައި އިން ކަޅާ ހުދުގެ ސްކޭން ފޮޓޯއަށް ބަލަން ސޯފާގައި އިން ލަޔާލް ބުންޏެވެ.

“ނޫން..” ސާހިލް ވަގުތުން ބުންޏެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

އެދިގެން ކަލާ ލިބޭތޯ 18

Next

ހަނދަކީ ކަލާ ކަމުގާވިޔަސް 12

Next
October 28, 2025

ހަނދަކީ ކަލާ ކަމުގާވިޔަސް 12

Previews
October 28, 2025

އެދިގެން ކަލާ ލިބޭތޯ 18

2 Comments!

  1. 🎀 says:
    October 28, 2025 at 8:58 am

    MI VHK VES VRH REETHI
    MASHA ALLAH 💗💗❤️

    1. Mar Sha Mar Sha says:
      October 29, 2025 at 11:11 pm

      thank u butterfly

Comments are closed.

Next Episodeހިތަކުން ނުދާނޭ ފިލާ 12←


All Right Reserved!