“…..އާރިޝްއަށް އެހެން ހީވިޔަސް އަހަންނަކީ އެހާ ގޮތްކުޑަ މީހެއް ނޫން. މި ވަރުން ސާފު ވެއްޖެތަ؟ ނޫނީ އެހެން ބަހަކުންތަ ކިޔާދޭންވީ؟” ރިޔާން އެންމެ ފަހުން ތެދު ހާމަކުރިއެވެ. ރިޔާންގެ ވާހަކަ އަޑު އަހަން ހުރި އާރިޝްގެ މޫނު ހުދުވެގެން ދިޔައެވެ. ސިކުނޑީގައި ސުވާލުތައް ފުނި ޖެހިގެން އައި ނަމަވެސް އެއިން ސުވާލެއް ދުލާ ހަމައަށް ގެނައުމަށް ނުކުޅެދިފައި ހުރި އިރު ރިޔާންގެ ކޮންމެ ބަހެއް ސިކުނޑީގައި ތަކުރާރު ވަމުން ދިޔައެވެ. އެކަކަށްވެސް އެއްޗެއް ނުބުނެވިފައި ތިއްބާ […]
“އަހަންނަށް ހީވާ ގޮތްތަ؟ ނޫނީ ރީވާ..؟ އެކަމަކު..” ރިޔާންއަށް އެ ޖުމްލަ ފުރިހަމަ ކުރަންވެސް އުނދަގޫވިއެވެ. “ރިޔާންއަށް ހީވާ ގޮތެއް ނޫން” ރާނިޔާ ބުންޏެވެ. “މަންމާ، ރީވާ.. ރީވާ..” ރިޔާންގެ ހިތުގައި ވަނީ ކީކޭ ކަން ރާނިޔާއަށް އެނގޭ ނަމަ އެހެން ނުބުނާނެއޭ ހިތަށް އަރާފައި ހިތުގައި އޮތް އެއްޗެއް ހާމަ ކުރަން ބޭނުންވެ ރިޔާން ބުނަން އުޅުނެވެ. ނަމަވެސް ރާނިޔާ ކައިރީ އެހެން ބުނާކަށް ރިޔާންއަކަށް ނުކެރުނެވެ. “ރީވާ ބަނޑުބޮޑު ހެން ހީވަންޏާ ރިޔާންއަށް ތި […]
“މަންމާ، ދޮންބެއަށް މި ކަންތައް އެނގުނީމަ ކިހިނެއް ވާނީ؟ ދޮންބެ ކީކޭ ބުނާނީ؟” ރީވާ ދުރަށް ޖެހިލަމުން ރާނިޔާގެ އަތުގައި ހިފާލިއެވެ. ރީވާ ކައިވެނި ކުރި ކަން އަދި ރިޔާންއަށް ނޭނގޭ އިރު، ހުރިހާ ކަމެއް ރިޔާން ކައިރީ ބުނާނެ ގޮތެއް ރީވާގެ ވިސްނުމަކަށް ނާދެއެވެ. “އަދި ދޮންބެ ކައިރީ އެއްވެސް ވާހަކައެއް ބުނާކަށް ނުވޭ. ދަރިފުޅު މާ ބޮޑަށް ނުވިސްނާ. އެ ވަގުތު އައީމަ މަންމަ ބުނާނަން ދޮންބެ ކައިރީ” ރީވާ އަތުގައި ހިފާލަމުން ރާނިޔާ […]
“އެއްވެސް މީހަކު ކިޔާ އެއްޗަކަށް އަހަރެން ދެން ނުބަލާނަން. އަހަރެން މި ބުނަނީ ދެން އަހަރެން ރީވާ ވަރިއެއް ނުކުރާނަމޭ” އާރިޝް ބުންޏެވެ. ރީވާ ޖަވާބެއް ނުދީ ކޮޓަރިން ނިކުތެވެ. ރީވާ ސިޓިންގރޫމަށް ނިކުމެ ސޯފާގައި އިށީނދެފައި ލައިރާއަށް ގުޅިއެވެ. ރިޔާންއަށް ހޭލެވުނު ވާހަކަ ބުނުމާއެކު ލައިރާއަށްވެސް ރޮވުނީއެވެ. ވީހާވެސް އަވަހަކަށް ރިޔާން ކައިރިއަށް ދާން ބޭނުން ކަމަށް ލައިރާ ބުންޏެވެ. ރީވާ އެދުނީ ރާނިޔާ އެއްޗެއް ބުނަން ދެން މަޑު ކޮށްލުމަށެވެ. އެއަށް ފަހު ރީވާ […]
“ހަނދާން ނެތުނީތަ؟ އަހަރެން މީ މިހާރު އާރިޝްގެ އަނތްބެއް ނޫން. ދެން ކޮން ހައިސިއްޔަތަކުން އަހަންނާ އެކީ ގެއަށް ދާން ތި ބުނަނީ؟” އެންމެ ފަހުން ރުޅި ގަދަވެގެން ރީވާ ބުންޏެވެ. އެއާއެކު އިރުކޮޅަކަށް އާރިޝް ބަސް ހުއްޓިފައި ރީވާއާ ދިމާއަށް ބަލަން ހުއްޓެވެ. ނަމަވެސް ދެން އާރިޝް ބުނެލި ބަހާ އެކު ބަސް ހުއްޓުނީ ރީވާއެވެ. “މި ކައިވެނި ރުޖޫޢަ ކުރެވޭނެ، އެ ބަސް އަނބުރާ ގެނެސްފިން. އެހެން ވީމަ ތީ އަދިވެސް އަހަރެންގެ އަންހެނުން. […]
އަޑު އިވުނު އެއްޗަކުން ބަސް ހުއްޓިފައި ހުރި އާރިޝް، ޑޮކްޓަރ ދިޔަ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. ހިތުގެ ތެޅުން ބާރުވެގެން ދިޔަ އިރު ނާރުތަކުގައި ލޭ ހިނގާލެއް އަވަސްވެ އެ އަޑު ކަންފަތަށް އިވޭހެން އާރިޝްއަށް ހީވިއެވެ. ދެ އަތްތިލަ މުށްކެވި ހަންގަނޑަށް ނިޔަފަތިތައް ވަންނަ ވަރުވީ އިރު އެ ތަދުވެސް އާރިޝްއަށް އިހުސާސް ނުކުރެވެއެވެ. އެހެން ހުރެފައި މޭގައި ފިރުމަމުން އާރިޝް ދެކޮޅަށް ހިނގަން ފެށީ ނޭވާ ލާން ދަތިވާން ފެށުމުންނެވެ. ރީވާ ބަލިވެ އިނދެދާނެ […]
“ތި ނޫން އެއްޗެއް ކިޔަން ނޭނގެނީތަ؟ ތި މާނައެއް ނެތް ބަސްތައް އަޑު އަހާކަށް ބޭނުމެއް ނޫން. ދުވަހަކުވެސް އަހަރެން ކައިރިން މާފަށް އެދެން ނާންނާތި! ދޭ މި ތަނުން. އަހަރެން ދެން އާރިޝް ދެކޭކަށް ބޭނުމެއް ނޫން. ތި ހިތުގަ އަހަންނާ މެދު ކުޑަވެސް އިހުސާސެއް ވާނަމަ ދެން އަހަރެންގެ ކުރިމައްޗަށް ނާންނާތި! ޕްލީޒް… އަހަންނަށް ވާ ވަރު ވެއްޖެ. އާރިޝްއަށް ބަދަލު ހިފިއްޖެ. ދެން އިތުރަށް ވާން އޮތް ކަމަކީ އަހަރެން މަރުވުން” ރޮމުން […]
ރީވާ އެނބުރި ލިފްޓަށް އެރުމުގެ ބަދަލުގައި ސިޑިން ފައިބައިގެން އެޕާޓްމެންޓަށް ދިޔައެވެ. އެތެރެއަށް ވަދެ ދޮރު ލައްޕާލި ގޮތަށް ހުއްޓުން އަރާފައި ހުރިހެން ރީވާ އެތައް އިރަކު ކޮޅަށް ހުއްޓެވެ. އަތުގައި އޮތް ފޯން ރިންގް ވާން ފެށުމުން ސިހިގެން ދިޔަ ރީވާގެ އަތުން ފޯން ދޫވެގެން ވެއްޓުނެވެ. ރީވާއަށް ރޮވުނީ ދެނެވެ. އެރޭ އާރިޝް ހޯދަން އެ އެޕާޓްމެންޓަށް ދިޔައީ ކީއްވެ ކަން ހަނދާން ވުމުން ބަނޑުގައި އެއް އަތް ޖައްސާލައިގެން ހުރެ ރީވާ ކޮޓަރިއަށް […]
ގެއަށް ވަދެ ސޯފާ މައްޗަށް ފޯނާ ދަބަސް އެއްލާލާފައި ކޮޓަރިއަށް ވަން ގޮތަށް ޝޯލްވެސް ނުނަގާ ރީވާ ވަނީ ފާހާނާއަށެވެ. ފާމަސީއިން ގަތް ދެ ކިޓް އަތަށް ލައިގެން އިރުކޮޅަކު ރީވާއަށް ހުރެވުނެވެ. ޓެސްޓް ނުކުރިޔަސް ނަތީޖާ ރީވާއަށް ޔަގީންވެއެވެ. ފުން ނޭވައެއް ލަމުން ރީވާ ކިޓް ކަނޑާލިއެވެ. ރީވާ ނިކުތީ ބައިގަޑިއެއްހާ އިރު ފަހުންނެވެ. އޭރު ރުއިމުގެ ސަބަބުން ރީވާގެ ދެ ލޮލާ އެކު މޫނުވެސް ރަތްވެފައި ވިއެވެ. ރަތްކުލައިގެ ދެ ރޮނގު ފެންނާނެ […]