އެ މީހުންނަށް ކިޔާން ފެނުމުން އެކަކުގެ ހިތުގައިވެސް ޝައްކެއް ނުވާނެ ކަން ލަޔާލްއަށް އެނގެއެވެ. ކިޔާންއަކީ ސާހިލްއާ އިރުފާން ސިފަތައް އެކުވެފައި ވާ އެ ދެބަފައިންގެ ކޮޕީއެކެވެ. ލަޔާލްގެ ފަރާތުން ކިޔާންއަށް ވާރުތަވެފައި ވަނީ ހަމައެކަނީ އެ ބުޅި އިސްތަށިގަނޑެވެ. ކިޔާންގެ މޫނަށް ބަލާލި ކޮންމެ މީހަކަށް ސާހިލް ކުޑަ އިރުގެ ތަސްވީރެއް ފެންނާނެއެވެ. ސާހިލްއަށް ލިބިފައި ވަނީ ސާހިލްގެ މަންމަގެ ލޯ ނަމަވެސް، ކިޔާންއަށް ލިބިފައި ވަނީ އިރުފާންގެ ލޮލެވެ. އެ މޫނުގެ އެހެން ކޮންމެ […]
މުހައިމިންއާ އާޔާ އިށީނުމުން ލަޔާލް ކޮޓަރިއަށް ވަދެފައި އިރުކޮޅެއް ނުވެ ނިކުތީ ކިޔާންގެ އަތުގައި ހިފައިގެންނެވެ. “މީ ކިޔާން” ލަޔާލް ބުންޏެވެ. ހިނިތުންވުމަކާއެކު މުހައިމިން ކިޔާންއާ ދިމާއަށް އަތް ދިއްކޮށްލިއެވެ. ކިޔާން ހުއްދައަށް އެދި ލަޔާލްއަށް ބަލާލިއެވެ. ލަޔާލް ބޯ ޖަހާލުމުން ކިޔާން ގޮސް މުހައިމިންގެ ކުރިމަތީ ހުއްޓުނެވެ. މުހައިމިން ކިޔާންގެ ދެ އަތްތިލައިގައި ހިފާ ގެނެސް ތުންފަތުގައި ޖައްސާލިއެވެ. “މީ ކާކު ކަން ދަރިފުޅަށް އެނގޭތަ؟” މުހައިމިން އަހާލިއެވެ. “ބޮޑު ކާފަ” ބޯ ޖަހާލަމުން ކިޔާން […]
ހުރިހާ ވާހަކައެއް ކިޔާދީ ނިމުމުން ދެންވެސް ހިމޭން ވަގުތުކޮޅަކަށް ފަހު ލަޔާލް މާހިރާއާ ދިމާއަށް ބަލާލިއެވެ. “ބޮޑުއްތައަށް މާފު ކޮށްދީ ލަޔާލް.. ސާހިލް އެ ވަރުގެ ކަމަކަށް އެއްބަސް ވީމަ ސާހިލް ބުނި ކޮންމެ ބަހަކީ ތެދު ކަމުގަ ހީކުރެވުނީ.. އެކަމަކު ސާހިލް ކުށެއް ނުކުރާ ކަން ސާހިލްއަށްވެސް ނޭނގި ލަޔާލް ބުނީމަވެސް އޭނަ ގަބޫލު ނުކުރީ އެ އަންހެން ކުއްޖާގެ ވާހަކައަށް އިތުބާރު ކޮށްފަ.. އެހެން މީހެއްގެ ބަހަށް ވުރެ ސާހިލްއަށް އިތުބާރު ކުރެވެން ވާނީ […]
“އެއްވެސް ކަމަކާ ޝަކުވާ ކުރާކަށް ބޭނުމެއް ނޫން. އެއްވެސް މީހަކާ ދޭތެރޭ ހިތްބުރަ ކުރާކަށްވެސް ބޭނުމެއް ނޫން. އެކަމަކު އަހަރެންގެ އާއިލާ މީހުން އަހަންނާ ދޭތެރޭ ކަންތައް ކުރި ގޮތް ދުވަހަކުވެސް ހިތުން ފިލައިގެންނެއް ނުދާނެ.. ބޮޑުއްތާ، އިރާދަ ކުރެއްވިއްޔާ އަދި ދިމާވާނެ.. ދެން ބާއްވަނީ..” މާހިރާގެ ޖަވާބަކަށް މަޑު ކުރުމެއް ނެތި ލަޔާލް ފޯން ކަނޑާލި ގޮތަށް އެ ފޯން މޭގައި ޖައްސާލަމުން ލަޔާލްއަށް ރޮވުނީއެވެ. އެ ދުވަހުގެ ފަހުން މާހިރާ ދޭތެރެއަކުން ލަޔާލްއަށް ގުޅާލައެވެ. […]
ލަޔާލްއަށް ކިޔާން ގޮވައިގެން ލަންކާއަށް ދެވޭ ވަރުވީ ކިޔާންއަށް ދެ އަހަރުގައެވެ. އޮޕަރޭޝަން ކުރެވުނު ނަމަވެސް ލަޔާލް އުންމީދު ކުރި ނަތީޖާއެއް ނުލިބުނެވެ. ޑޮކްޓަރުން ހީކުރި ވަރަށް ވުރެ ކިޔާންގެ ޙާލަތު ގޯހެވެ. ޑޮކްޓަރުން ކިޔާދިން ގޮތުގައި އޮޕަރޭޝަންއަށް ފަހުވެސް ކިޔާންގެ ހިތުގައި ވާ ލޯވަޅު މުޅިން ބެދޭނެ ގޮތެއް ނެތެވެ. ދެވަނަ އޮޕަރޭޝަންއަކަށް ދާން ލަޔާލް އެދުނު ނަމަވެސް އެއީ ކިޔާންގެ ފުރާނައަށް ނުރައްކާ ވެދާނެ ކަމެއް ކަމުގައި ބުންޏެވެ. ކިޔާންއަށް އޮތް ހަމަ އެކަނި […]
“އަހަރެން ހުރި ތަނެއް ބަލަން ދެން ނޫޅޭ. އަހަރެންގެ ބަނޑުގަ އޮތް ދަރިފުޅު ނައްތާލަން ބުނި ހެން އަހަންނަކީވެސް ނެތް މީހެއް ކަމަށް ބަލާ. ކޮންމެވެސް ދުވަހަކުން ސާހިލްއާވެސް އަދި ދިމާވާނެ. އެ ދުވަހަކުން އެނގޭނެ އަހަރެން މިހެން ކަންތައް ކުރީ ކީއްވެ ކަން. އަހަންނަށް ކަމެއް ކޮށްދެންޏާ އަހަރެންގެ އާއިލާއާ އޮތް ގުޅުން ދުވަހަކުވެސް ކަނޑާނުލާ. ބާއި ސާހިލް!” ބުނަން ބޭނުންވި އެއްޗެއް ބުނެފައި ލަޔާލް ފޯން ކަނޑާލި އިރު ސާހިލް ގޮވާލި އަޑު އިވުނެވެ. […]
އެނދުގައި އޮވެ ގިސްލާ ރޮމުން ދިޔަ ލަޔާލްގެ ބުރަކަށީގައި ފިރުމާލަ ފިރުމާލާ އިން ނަސްމާއަށް އާޔާ ފެނުމުން ކޮންމެވެސް ވަރަކަށް ހަމަޖެހިލެވުނެވެ. “އާޔާ އަހާބަލަ، ފަހަރެއްގަ ވީ ގޮތެއް އާޔާ ކައިރީ ބުނެފާނެ..” އާޔާ އައިސް ސުވާލު ކޮށްލުމުން ނަސްމާ ބުންޏެވެ. ނަމަވެސް އާޔާއަކަށްވެސް ޖަވާބެއް ނުލިބުނެވެ. ލަޔާލް ހުއްޓާނުލާ ރޯތީ އެންމެ ފަހުން ނަސްމާ ނާފިޒްއަށް ގުޅީއެވެ. ބައިގަޑިއެއްހާ އިރު ތެރޭ ނާފިޒް އައެވެ. ނަމަވެސް ދެންވެސް ލަޔާލްގެ ފަރާތުން ޖަވާބެއް ނުލިބުމުން ނާފިޒް މާހިރާއަށް […]
“ލަޔާ، ސާހިލް ބުނި ގޮތަށް ދަރިފުޅު ކަންތައް ކުރޭ. އެންމެ ރަނގަޅު ގޮތަކީ އެއީ” ލަޔާލް ކައިރީ އިށީނދެފައި މާހިރާ ބުންޏެވެ. “ބޮޑުއްތައަށްވެސް އެހެންތަ ހީވަނީ؟ އަހަރެން އެހާ ވަރުގެ ކަމެއް ކޮށްފާނެ ކަމަށް ބޮޑުއްތައަށްވެސް ގަބޫލު ކުރެވޭތަ؟” ލަޔާލްއަށް އަހާލެވުނެވެ. “ސާހިލްއަށް ޔަގީން ނުވާ ނަމަ އެވަރުގެ ކަމަކަށް މަންމައާ ބައްޕަ ކުރިމަތީ އެއްބަހެއް ނުވާނެ.. ސާހިލް އެންމެން ކުރިމަތީ އެއްބަސް ވި ގޮތަށް ދަރިފުޅުވެސް އެއްބަސް ވޭ. އޭރުން ހުރިހާ ކަމެއްވެސް ރަނގަޅު ވާނީ. […]
“ކާން ނިކުމެފަ ބޮޑުއްތައާ ބޭބެ ކައިރީ ބުނަން ވާނެ އިނގޭ ސާހިލް” އަތުގައި އޮތް ފައިލްގައި އިން ކަޅާ ހުދުގެ ސްކޭން ފޮޓޯއަށް ބަލަން ސޯފާގައި އިން ލަޔާލް ބުންޏެވެ. “ނޫން..” ސާހިލް ވަގުތުން ބުންޏެވެ. “ކިހިނެއްވީ؟ އަދިވެސް ބުނަން އަވަހީތަ؟ އެކަމު ސާހިލްވެސް ބުނީމެއްނު ސްކޭން ކޮށްފަ ދެން ބުނާނީއޭ؟” ސާހިލްއާ ދިމާއަށް ބަލާލަމުން ލަޔާލް ބުންޏެވެ. ސާހިލް ޖަވާބެއް ނުދީ ބެލްކަންޏަށް ނިކުތެވެ. “ސާހިލް.. ކިހިނެއްވީ؟ ކޮން ކަމަކާ ތިހާ ވަރަށް ތި ވިސްނަނީ؟” […]