ލަޔާލް ގޮވައިގެން ރާއިދާ ބޭރަށް ނިކުތުމުން ނަސްމާއާ އާޔާ އައިސް ލަޔާލް ގޮވައިގެން ގޮނޑިބަރީގައި އިށީން އިރުވެސް ލަޔާލް އެއްޗެއް ނުބުނެއެވެ. އިރުކޮޅަކު އިނދެފައި އިރުފާން ގައިގައި ބައްދާލައިގެން ހުރެ ރޮމުން ދިޔަ ސާހިލްއަށް ބަލާލާފައި ލަޔާލް ތެދުވިއެވެ. ލަޔާލް ތެދުވުމާއެކު ލަޔާލް ވެއްޓިދާނެތީ ސަމާލުވެ އާޔާ ތެދުވެ ލަޔާލް ގައިގައި ހިފަހައްޓާލަން އުޅުނެވެ. ނަމަވެސް އާޔާގެ އަތް ފޮޅުވާލަމުން ލަޔާލް ގޮސް ސާހިލް ކައިރީ ހުއްޓިފައި ސާހިލްގެ ބުރަކަށީގައި އަތް ޖައްސާލިއެވެ. އިރުފާން ގައިން ދޫކޮށްލަމުން […]
“ތި ބުނީ ލަޔާ ކައިރިއަށް އަހަރެން ޗޭންޖް ވާށޭތަ؟” ލަޔާލްގެ ކޮޓަރިއަށް އިޝާރާތް ކޮށްލަމުން ސާހިލް އަހާލީ ސަމާސާ ގޮތަކަށެވެ. “އަހަންނާ ކިޔާން” އެ ދުވަހު ދެ މީހުން އެކުގައި ހޭދަ ކުރެވުނު ވަގުތުގެ ހަނދާންވެ ލަޔާލްގެ މޫނަށް ރަތްކުލަ އަރައިގެން ދިޔުމުން، އިސްޖަހާލަމުން ލަޔާލް ބުންޏެވެ. “ޔެސް!” ސާހިލް އެހެން ބުނުމާއެކު އައިސް ދެއަތް މައްޗަށް ލަޔާލް ނަގައިގެން ކޮޓަރިއަށް ވަނެވެ. ދެން އައި ހަތަރު މަހެއްހާ ދުވަސް އެއީ ކިޔާންއާ އެކު ސާހިލްއާ ލަޔާލްއަށް […]
“އަހަރެން މިތާ ހުންނަން ބޭނުން ނޫނިއްޔާ މިހާރު ބުނޭ ލަޔާ.. ލަޔާ ދާށޭ ބުނެފިއްޔާ އަހަރެން މަޑެއް ނުކުރާނަން.. އެކަމަކު އިރުކޮޅަކުވެސް އަހަރެން މަޑު ކޮށްފިއްޔާ ދެން ނުދެވޭނެ.. ސޯ، ޓެލް މީ ޓު ލީވް ލަޔާ!” ސާހިލް ބުންޏެވެ. ސާހިލް އެ ބުނި އެއްޗެއް ލަޔާލްއަށް ވިސްނުނެވެ. ދުލުކުރީގައި އޮތް ޖަވާބު ނުދެވި ފަސްޖެހިފައި ލަޔާލްއަށް ހުރެވުނީ ހިތް އެދެމުން ދިޔަ ގޮތާ ދެކޮޅަށް ސިކުނޑިން އިންޒާރު ދޭން ފެށުމުންނެވެ. އެހެން ނަމަވެސް ހިތުން އަންނަމުން […]
ކިޔާން ގޮވައިގެން ގެއަށް ދެވުނީ އެ ދުވަހުގެ މެންދުރުއެވެ. ފާއިތުވި މަހެއްހާ ދުވަހު ސާހިލް އޮފީހަށް ދިޔައީ ސާހިލް ގޮސްގެން ނޫނީ ނުނިންމޭނެ ކަންތަކާ އެކަންޏެވެ. އޮފީހުގެ ކަންތައްތައް ބެލެހެއްޓީ އިރުފާންއާ ނާފިޒްއެވެ. ކިޔާން އެޑްމިޓް ކުރި ދުވަހުން ފެށިގެން ލީވްގައި ހުރި ލަޔާލް ދެން އިތުރަށް އޮފީހަށް ނިކުންނާކަށް ގަސްތެއް ނުކުރިއެވެ. ލަޔާލް ވަޒީފާއިން ވަކިވާން އެދުމުން ނާފިޒްއެކޭ އެއްގޮތަށް މާހިރާއާ އިރުފާންވެސް ލަޔާލް ބޭނުން ދުވަހެއް ވަންދެން ލީވް އިތުރު ކުރުމަށް އެއްބަސްވިއެވެ. […]
ލޮލަށް ޖަމާވަމުން އައި ކަރުނަތައް ހިފަހައްޓައިގެން އިން އިރު ބިރުވެރި ޚިޔާލުތައް އައިސް ހިތާ ސިކުނޑިއަށް ގަދަވެގަންނަން މަސައްކަތް ކުރި ނަމަވެސް އެ ޚިޔާލުތައް ހިތުން ނެރެލުމަށް ލަޔާލް ހިތްވަރު ކުރަމުން ދިޔައެވެ. ބޯ ޖަހާލަމުން ސާހިލް ވަގުތުން އެކަމާ އުޅުނެވެ. ފަސް މިނަޓް ތެރޭ ޓެކްސީ ލިބުނެވެ. ލަޔާލް ބުނެދެމުން ދިޔަ ގޮތަށް ސާހިލް ކަންތައް ކުރިއެވެ. އެފަދަ ކަމަކަށް ތައްޔާރު ވެގެން ލަޔާލް ހުރީތީ ހޮސްޕިޓަލަށް ދާން ގިނަ ވަގުތެއް ނުނަގައެވެ. އިމަރޖެންސީގައި ކިޔާންއަށް […]
ފެންނަމުން ދިޔަ މަންޒަރުން ކަންބޮޑުވަމުން ދިޔަ ކިޔާންއަށް ސާހިލްގެ އަތުގައި ބާރަށް ހިފާލެވުނެވެ. “ހޭ، އިޓްސް އޯކޭ.. މަންމައަށް އެއްވެސް ކަމެއް ނުވޭ.. ޝީ އިޒް އޯލްރައިޓް..” ކިޔާން ކައިރިއަށް ތިރިވެލާ ދަރިފުޅުގެ ދެ ކޮނޑުގައި ހިފާލަމުން ސާހިލް ބުންޏެވެ. އަދި ކިޔާން ގައިގައި ބައްދާލިއެވެ. ލަޔާލްއަށް ހަމަޖެހިލެވުނު އިރު އެ ތަނުގައި ތިބި އެންމެންނަށްވެސް ތިބީ ރޮވިފައެވެ. “މީ ދަރިފުޅުގެ ގެ.. ދެން ގޮސްގެން ނުވާނެ” ލަޔާލްގެ މޫނުގައި ދެ އަތުން ހިފާލަމުން ނަސްމާވެސް އެދުނެވެ. […]
“ވަންސް ވޯޒް އިނަފް!” ދެފަރާތަށް ބޯ ހަލުވާލަމުން މަޑުމަޑުން ލަޔާލް ބުނެލިއެވެ. “ލަޔާ.. އަހަރުމެން މެރީ ކުރީ ފެމިލީ އިން އެރޭންޖް ކޮށްގެން. އެއް އަހަރު ދުވަހު އެކީގަ އުޅުނު އިރު ހަގީގީ ކައިވެންޏެއް ގޮތުގަ އުޅެވުނީ ފަސް މަހެއްހާ ދުވަހު. އެހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ ތިހެން ބުނަން އެނގޭނީ ކިހިނެއް؟” މަޑުމައިތިރި ކަމާއެކު ސާހިލް އަހާލިއެވެ. “ލޯބިވާ މީހާއާ އިނދެގެން ކަންތައް ވީ ގޮތް އެއީ. އެއްވެސް މީހަކަށް ދެވަނަ ފަހަރަށް އަހަރެންގެ ދިރިއުޅުމުން […]
“މިހާރު ދެން އެ ވާހަކަތައް ދައްކާނެ ކަމެއް ނެތް. އެއްވެސް ކަމެއް ބަދަލެއް ނުވާނެ. ކިޔާން އެދޭ ކޮންމެ ކަމެއް ފުރިހަމަ ކޮށްދޭން އަހަރެން ބޭނުން. ކިޔާން ފެނުނީމަ ސާހިލްއަށްވެސް ގަބޫލު ކުރެވޭނެ އަހަރެން އެ ދުވަހު ބުނީ ތެދެއް ކަން. އޭނަ ބޭނުން ވަނީ އާއިލާ އެންމެންނާ އެކީ ވަގުތު ހޭދަ ކުރަން. ސާހިލްއަށް އުނދަގޫ ނުވަންޏާ ކޮންމެ ދުވަހަކުވެސް ކިޔާންއަށް ވަގުތުކޮޅެއް ހުސްކޮށްލަދީ. އެ ނޫން ކަމެއް އެކަކުގެ ފަރާތުންވެސް ބޭނުމެއް ނޫން” ލަޔާލް […]
“އައި ހޭވް ޓު ޓޯކް ޓު ޔޫ.. ސާހިލްއަށް އެނގެން ޖެހޭ ކަންތައް އަދި އެބަހުރި” ލަޔާލް ބުންޏެވެ. “މިރޭ.. މިރޭ ނައިން ހާއިރު އަންނާނަން” އިރުކޮޅަކު ވިސްނާލާފައި ސާހިލް ބުންޏެވެ. ލަޔާލް އިތުރަށް އެއްޗެއް ނުބުނުމުން ސާހިލް ނިކުމެ ދޮރު ލައްޕާލިއެވެ. ސާހިލް ދިޔުމުން ކިޔާން އައިސް ލަޔާލް ގައިގައި ބައްދާލިއެވެ. “މަންމާ، ވައި ވޯޒް ހީ ސޯ ސޭޑް؟” ކިޔާން އަހާލިއެވެ. “އެއީ ވަރަށް ގިނަ ދުވަހު ކިޔާން ނުފެނި ހުރީމަ.. އެކަމަކު ދެން […]