Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތަކުން ނުދާނޭ ފިލާ 9

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
October 21, 2025 6 Mins Read
6 Comments

“ނޫން މަންމާ.. ތި ކަހަލަ ކަމެއް ނުކުރަން.. އެކަމަކު ލަޔާއަށް ހީވީ އެހެން.. އަހަރެން ބުނާ އެއްޗެއް އަޑުއަހާކަށްވެސް ލަޔާ މަޑެއް ނުކުރި، ގުޅީމަ ފޯނެއް ނުނަގާ، މެސެޖަކަށް ޖަވާބެއް ނުދޭ.. ދެން އަހަރެން ކިހިނެއް ކިޔާދޭނީ؟” ސާހިލް ބުންޏެވެ.

“ތެދަށްތަ ތި ބުނީ؟” މާހިރާ އެހިއެވެ.

“އަހަރެން ހުވާ ކުރަން ތައްޔާރަށް މިހުރީ. އެވަރުން މަންމައަށް ގަބޫލު ކުރެވޭތަ؟” ސާހިލް އަވަސްއަވަހަށް ބުންޏެވެ.

“އެހެން ވިއްޔާ ހިނގާ ލަޔާލް ބަލާ” ބޯ ޖަހާލަމުން މާހިރާ ތެދުވީ ސާހިލްގެ އަތުގައި ހިފައިގެންނެވެ.

 

ނާފިޒްމެން ގެއަށް މާހިރާއާ ސާހިލް ދިޔައިރު ދިހައެއް ޖަހަނީއެވެ. މާހިރާ ގުޅާފައި ދާ ވާހަކަ ބުނުމުން ނާފިޒްއާ ނަސްމާ އެ މީހުންގެ އިންތިޒާރުގައި ސިޓިންގރޫމްގައި ތިއްބެވެ. ލަޔާލް ފެންނާކަށް ނެތެވެ.

“ކޮން ކަމަކާ ރުޅި ހަދައިގެން އައިސް އެ އިނީ؟” ސާހިލްއާ މާހިރާ އިށީނދެފައި ލަޔާލް ކޮބާތޯ މާހިރާ އަހާލުމުން ޖަވާބު ދިނުމުގެ ބަދަލުގައި ހިތްހަމަނުޖެހުމާއެކު ނާފިޒް ސުވާލު ކުރީ ސާހިލްއާއެވެ.

“ސާހިލް، ދޭ ލަޔާލްގެ ކޮޓަރިއަށް” ސާހިލްއަށް އެއްޗެއް ނުބުނެވެނީސް މާހިރާ ބުންޏެވެ. ސާހިލްގެ ކުރިމަތީގައި އިނދެ ލަޔާލްއޭ ކިޔާފައި ނާފިޒް އެއްޗެއް ބުނަން މާހިރާ ބޭނުން ނުވީއެވެ. ކުރިން ކޮންމެ ގޮތަކަށް ވިޔަސް މިހާރު އެއީ ލަޔާލްގެ ފިރިމީހާއެވެ.

“ނާފިޒް ދެން ތި ގޮތް ދޫކޮށްލަބަލަ. ކަމެއް ވާ އިރަށް ތި ގޮތަށް އެއްޗެހި ކިޔަން ލަޔާލްއަކީ މިހާރު ކުޑަ ކުއްޖެއް ނޫން، އަނެއްކާ ކޮންމެ ކަމަކީ ހަމައެކަނި ލަޔާލްގެ ކުށުން ވާ ކަމެއް ނޫން. އެހެން ނޫނަސް ސާހިލް ދެކެ ހިތްހަމަނުޖެހިގެން އޭނަ ގެއަށް އައީމަ ތިހެންނެއް ނޫން ނާފިޒް ކަންތައް ކުރަން ވާނީކީ. ފިރިމީހާގެ ފަރާތުން ކަމެއް ދިމާވީމަ މައިން ބަފައިން ކައިރިއަށް ދަރިން އަންނާނީ” މާހިރާ ހިތްހަމަނުޖެހިފައި އިނދެ ބުންޏެވެ.

“ހިތްހަމަނުޖެހޭ ކަމެއް ވިއްޔާވެސް ދޮންތަ ކައިރީ ބުނެވޭނެއެއްނު؟ ތީ ހަމައެކަނި ލަޔާލްގެ މައިދައިތައެއް ނޫން ވިއްޔަ، ބޮޑުދައިތައަކީވެސް ތީ ވިއްޔަ” ނާފިޒް ބުންޏެވެ.

“ތި ބުނަނީ ލަޔާލް ދެން މި ގެއަށް ނާންނާށޭތަ؟” ހިތްހަމަނުޖެހުނު ވަރުން މާހިރާގެ އަޑުންވެސް އެކަން ފާހަގަވިއެވެ.

“އެހެންނެއް ނޫނޭ. ލަޔާލްއަކީ އަހަރެންގެ ދަރިއެއް ވީމަ އަބަދުވެސް މި ގެއަށް އާދެވޭނެ. އެކަމަކު އެހެން ރުޅި ހަދާފަ ކޮންމެ ފަހަރަކު ގެއިން ނިކުމެގެން އަންނާކަށް ނުވާނެއޭ މި ބުނަނީ” ނާފިޒް ވިސްނާލާފައި ބުންޏެވެ.

“އަހަރެން މީ ބޮޑުދައިތައްއަށް ވީތީ ކުރިންވެސް ބުނިން އަހަންނާ އެކީ ލަޔާލް ފޮނުވާށޭ، އެކަމަކު އޭރު ނާފިޒް އެއްބަހެއް ނުވީމެއްނު؟ ދެން އެހެންނޫނަސް ސާހިލްއާ މައްސަލައެއް ޖެހުނޭ ކިޔާފަ އަހަރެން ކައިރީގަ ޝަކުވާ ކުރަން ލަޔާލްއަށް ކެރޭނެތަ؟ ނާފިޒް ތި ހީކުރާހާ ނުވިސްނޭ ކުއްޖެއް ނޫން ލަޔާލްއަކީ. ނާފިޒްއަށް އެ ކުއްޖާގެ އެއްވެސް ކަމެއް އެނގޭތަ؟ މިއަދު މި ގެއަށް އައިސްގެން އޭނައާ ދިމާއަށް އެއްޗެހި ކީމަ، ބޮޑު ކަމެއް ދިމާވާ ދުވަހު ކާކު ކައިރިއަށް އޭނަ ދާނީ؟

ލަޔާލްގެ ހުރި ނޭދެވޭ ސިފައެއް ވިއްޔާ މުޅިންވެސް ފެންނަނީ ނަސްމާއާ ނާފިޒްއަށް. އަހަންނަކަށް ތި ބުނާ ގޮތްދޫނުކުރުމާ، އަވަސްއަވަހަށް ރުޅިއައުމާ އަދި ނާފިޒްއާ ނަސްމާ ބުނާ އެހެން ކަންތައްތަކެއްވެސް ނުފެނޭ. އަހަރެންވެސް މީ ދޮންމަންމައެއް، އެކަމަކު ސާހިލް ދުވަހަކުވެސް އަހަންނާ ދޭތެރޭ އެހެންނެއް ނުދެކޭ، އަހަރެންވެސް ދުވަހަކުވެސް ނުވިސްނަން ސާހިލްއަކީ އަހަރެންގެ ދަރިއެއް ނޫނެކޭ. ނަސްމާއަށް ދަރިއެއް ގޮތަށް ލަޔާލް ބަލައިގަނެވުނު ނަމަ މިއަދު ނާފިޒްއާ ލަޔާލް ތިހާ ދުރެއް ނުވީސް. އާޔާއާ ލަޔާލްއަކީ ނާފިޒްގެ ކުދިންނަށް ވީ އިރު ދެ ދަރިންނާ މެދު ކުރެވޭ ތަފާތު އަދިވެސް ނުވިސްނޭތަ؟” އެއީ އެހާ ފާޅުކޮށް އެ މައުޟޫއަށް މާހިރާ ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ.

“ދޮންތައަށް ހީވާނީ ތިހެން. އަހަރެން ލަޔާލްއަށް ގޯސްކޮށް ކޮން ކަމެއް ކުރީ؟ ލަޔާލްތަ ތިހެން ބުނީ؟” މާހިރާ ދެއްކި ވާހަކައިން ނުރުހުންވެފައި އިނދެ ނަސްމާ އަހާލިއެވެ.

“އަހަރެން ކައިރީ ދުވަހަކުވެސް ލަޔާލް އެ ކަހަލަ އެއްޗެއް ނުބުނޭ. އޭނަ ކުޑަ އިރުވެސް އަމިއްލައަކަށް އެއް ފަހަރުވެސް ނުބުނާނެ، އަހަރެން އަހާލިއްޔާ އެ ކުރި ސުވާލަކަށް ޖަވާބު ދޭން ބުނާ އެއްޗެއް ބުނާނީ. އޭރުވެސް އޭނަ އެ ވާހަކަތައް ދައްކަން ބޭނުން ނުވާކަން އެނގޭތީ އަހަރެން ސުވާލު ކުރުން ހުއްޓާލީވެސް. ދެން ހެޔޮ، އެ ވާހަކަ ބާއްވާ. މިއަދު ލަޔާލް އައީ ސާހިލްއަށް ކުރެވުނު ކަމަކުން ހިތްހަމަނުޖެހިގެން. އަހަރެން މިއައީ ލަޔާލް ބަލާ. ސާހިލް ބުނެގެން ދާން އެއްބަސް ނުވިޔަސް އަހަރެންގެ ބަސް އަހާނެ ކަން އަހަންނަށް ޔަގީން. އަހަރެން ދާނީ ލަޔާލް ގޮވައިގެން” ނާފިޒްއާ ނަސްމާއާ ދިމާއަށް ބުނަން ބޭނުން ކިތަންމެ ވާހަކައެއް ހުރި ނަމަވެސް މާހިރާ އިތުރު އެއްޗެއް ނުބުންޏެވެ.

 

ސާހިލް ޓަކި ޖަހާލާފައި ވަން އިރު އެނދުގެ ބިއްދޮށަށް އަރާ ފާރުގައި ލެނގިލައިގެން ފޯނަށް ބަލަން ލަޔާލް އިނެވެ. ސާހިލް ވަނުމުން ބަލާލި ނަމަވެސް އަނެއްކާވެސް ކުރިން އިން ގޮތަށް ފޯނަށް ބަލަން އިނީއެވެ.

“ލަޔާ.. އަހަރެން ކުރި ހަމައެކަނި ކުށަކީ ލަޔާ ކައިރީ ނުބުނެ އަފްޒާ ގޮވައިގެން ދިޔުން.. އަހަންނާ އަފްޒާގެ މެދުގަ ލަޔާ ތި ހީކުރާ ކަހަލަ ކަމެއް ނުވޭ.. އެއީ އަފްޒާގެ ސިއްރެއް ވީމަ ލަޔާ ކައިރީ ނުބުނެވުނީ، އެކަމަކު މިހާރު ވިސްނިއްޖެ އަހަރެންގެ އެއްވެސް ކަމެއް ލަޔާއަށް ސިއްރު ކޮށްގެން ނުވާނެކަން..” އެނދުގެ މަގަތުން އިށީނދެފައި ސާހިލް ބުންޏެވެ.

ލަޔާލް އެއްޗެއް ނުބުނެ އިނެވެ. ސާހިލް ވާހަކަ ދެއްކުން ހުއްޓުވާކަށްވެސް ނޫޅެއެވެ. އެއީ ކުރިއަށް ދިޔުމަށް ލިބުނު އިޝާރާތެއް ކަމަށް ނިންމަމުން ސާހިލް ކިޔާދޭން ފެށިއެވެ. ސާހިލް ވާހަކަ ދެއްކުން ހުއްޓާލުމުންވެސް ލަޔާލް އެއްޗެއް ނުބުންޏެވެ. އެ ގޮތުގައި ވަގުތު ދިގުވާން ފެށުމުން ސާހިލްއަށް އެ ހިމޭންކަމުން އުނދަގޫ ވެގެން ކައިރިއަށް ޖެހިލާ ލަޔާލްގެ އަތްތިލައިގައި ހިފާލިއެވެ.

“އައިމް ސޮރީ..! ދެން ދުވަހަކުވެސް ކަމެއް ސިއްރެއް ނުކުރާނަން، މި ފަހަރު މާފް ކޮށްދީ” ލަޔާލްގެ އަތްތިލަ ގެނެސް ތުންފަތުގައި ޖައްސާލަމުން ސާހިލް މާފަށް އެދުނެވެ.

އެ ވަގުތު އިސްޖަހާލި ލަޔާލްއަށް ރޮވެން ފެށުނެވެ. ސާހިލް އެނދު މައްޗަށް އަރާ ލަޔާލް ގެނެސް އަތުތެރެއަށް ލާ މޭގައި ޖައްސާލިއެވެ. ނުރޮއެ ހުއްޓާލުމަށް އެދެމުން ލަޔާލްގެ ބުރަކަށީގައާއި ބޮލުގައި ފިރުމަމުން ދިޔަ އިރު ސާހިލް އިރުއިރުކޮޅާ މާފަށް އެދެމުން ދިޔައެވެ.

“ހަމަ ތެދަށްތަ ތި ބުނީ؟ ޔޫ ޑޯންޓް ހޭވް ފީލިންގްސް ފޯރ ހަރ؟ އަހަންނާ ހެދިއެއްނު އޭނަ ދޫކޮށްލަން ޖެހުނީ؟ ސާހިލްގެ ހިތުގަ ވަނީ އޭނައެއްނު؟” ރުއިން ހުއްޓާލާ ހަމަޖެހިލެވުމުން ލަޔާލް ދުރަށް ޖެހިލާ ސާހިލްގެ މޫނަށް ބަލާލަމުން އަހާލިއެވެ.

“އެއްވެސް ދޮގެއް ނުހަދަން. މެރީ ކުރި ފަހުން ލަޔާ ނޫން ކުއްޖަކު ބޭނުމެއް ނުވޭ.. ލަޔާއާ ހެދިއެއް ނޫން އަފްޒާ ދޫކޮށްލީ، ކުރިންވެސް އޭނަ ދެކެ ލޯތްބެއް ނުވޭ. އަދި އަމްދުން މިހާރު.. ކިހިނެއް ދެ މީހުން ދެކެ އެއްފަހަރާ ލޯބި ވާނީ؟ ކިހިނެއް އަހަރެންގެ ހިތުގަ ދެ މީހުން ގެންގުޅޭނީ؟” ސާހިލް ދެ އަތުން ލަޔާލްގެ މޫނުގައި ހިފާލައިގެން އިނދެ އެހިއެވެ.

“ސާހިލްގެ ހިތުގަ.. ކާކު..؟” ސާހިލް އެ ބުނި އެއްޗެއް ޔަގީން ކުރަން ބޭނުންވެފައި އިނދެ ލަޔާލް އަހާލިއެވެ.

“ޔޫ! އައި ލަވް ޔޫ!” ސާހިލް ލަޔާލްގެ ކުރިމަތީ ހިތް ހުޅުވާލިއެވެ.

“ރިއަލީ..؟” ލަޔާލްއަށް އަހާލެވުނެވެ.

“ޔެސް، ރިއަލީ! އަހަރެން ވަރަށް ލޯބިވޭ ލަޔާ ދެކެ. ލަޔާއާ ވަކިވާން ޖެހޭ ކަހަލަ ކަމެއް އަހަރެން ނުކުރާނަން. ދެން ލަޔާ ބުނެބަލަ!” ސާހިލް އެދުނެވެ.

“ކީކޭ އަހަރެން ބުނަންވީ؟” އިސްޖަހާލަމުން ލަޔާލް ސާހިލް ބުނި އެއްޗެއް ނުވިސްނޭ ކަމަށް ހަދާލިއެވެ.

“ބުނަން ވީ އެއްޗެއް ނޭނގެންޏާ ދެން އަޅާނުލާ. އެކަމަކު ހިނގާ ގެއަށް ދާން” ލަޔާލްގެ ފަރާތުން އަޑުއަހާލުމަށް ހިތް އެދުނު ބަސްތައް ނީވުމުން ސާހިލް މާޔޫސްވިއެވެ. ނަމަވެސް އެކަން ނުދައްކާ ލަޔާލްއާ ދުރަށް ޖެހިލަމުން ލަޔާލްގެ އަތުގައި ހިފައިގެން ސާހިލް ތެދުވަން އުޅުނެވެ.

“ވެއިޓް..” ސާހިލްގެ އަތަށް ދަމާލަމުން ލަޔާލް ބުނުމުން ސާހިލް މަޑުކޮށްލިއެވެ.

“އައި ލަވް ޔޫ..” ސާހިލްގެ ގައިގައި ބައްދާލަމުން ކަންފަތް ކައިރީ ލަޔާލް މަޑުމަޑުން ބުނެލިއެވެ. ސާހިލްއަށް ލިބުނު އުފަލާއެކު ހެމުން އެނދުމައްޗަށް ވެއްޓިގަތް ގޮތަށް ފުރޮޅިލަމުން ލަޔާލްއަށް ބަރު ނުވާނެހެން އެއްއަތް މައްޗަށް ތެދުވެލިއެވެ. ލަޔާލް ދެ އަތުން ސާހިލްގެ ބޮލުގައި ހިފާ ކައިރިއަށް ދަމާލުމާއެކު ސާހިލް ލަޔާލްގެ ތުންފަތުގައި ބޮސްދިނެވެ.

ކުރެވެމުން ދިޔަ އިހުސާސްތަކުގައި ބެހިގެން ދާކަށް ސާހިލްއާ ލަޔާލްއަށް ގިނަ ވަގުތެއް ނުނެގިއެވެ. އެހެން ނަމަވެސް ވަކި ހިސާބަކުން ލަޔާލް ސާހިލްގެ ނަމުން ގޮވާލަމުން ސާހިލް ހުއްޓުވިއެވެ.

“ފަހުން..” ސާހިލްގެ ބަލާލުމުގައިވި ސުވާލުގެ ޖަވާބެއްގެ ގޮތުން ލަޔާލް ބުނެލިއެވެ.

“މަންމައާ އެކީ އައީ، ބޭރުގަ އެބަ ތިބި މަންމައާ ލަޔާގެ ބައްޕަމެން.. އަހަންނާ އެކީ ގެއަށް ދާނަން ދޯ؟” ފުންވެފައިވި ނޭވާ ހަމައަކަށް އެޅުމުން ސާހިލް ބުންޏެވެ.

ލަޔާލް ބޯ ޖަހާލިއެވެ. އަދި އަވަހަށް ތެދުވެ ލޯގަނޑު ކުރިމަތީ ހުއްޓި އިސްތަށިގަނޑާ މޫނު ރީތިކޮށްލާފައި އަވަހަށް ޝޯލް އަޅާލިއެވެ.

“ހިނގާ” ހަތަރު ވަރަކަށް މިނަޓް ތެރޭ ލަޔާލް ތައްޔާރުވެލިއެވެ.

ދެ މީހުން އެކުގައި ނިކުތް އިރު މާހިރާއާ ނާފިޒްއާ ނަސްމާއާ އެކު އިރުފާންއާ މުހައިމިންވެސް ބޭރުގައި އިނެވެ.

“ތެދެއް ދަރިފުޅު، މިއަދު ސާހިލް ދެކެ ރުޅި ހަދާލައިގެންތަ އައީ؟” ސަމާސާ ރާގަކަށް ސުވާލު ކޮށްލި އިރު މުހައިމިންގެ ތުންފަތުގައި ހިނިތުންވުމެއް ވިއެވެ.

“ރަނގަޅަށޭ ލަޔާލް ހެދީ. ލަޔާލް ރުޅި އަންނަ ކަހަލަ ކަންތައް ސާހިލްވެސް ކޮށްގެން ނުވާނެ ދޯ؟” އިރުފާންވެސް މުހައިމިންގެ ސަމާސާގައި ބައިވެރިވިއެވެ.

“މާހިރާ ބުނެގެން ކުރެވުނީ ހަމަ ރަނގަޅު ކަމެއް، ދޯ ނާފިޒް؟” މުހައިމިންގެ އެދުމަށް މުހައިމިންގެ ދެ ފަރާތުގައި ސާހިލްއާ ލަޔާލް އިށީނުމުން ދެ ދަރިންގެ ކޮނޑުގައި ހިފާ ކައިރި ކޮށްލަމުން ބުންޏެވެ.

“އާނ، ސާހިލް ކަހަލަ ސަން އިން ލޯއެއް ލިބުނީތީ ޝުކުރު ކުރަން” ބޯޖަހާލަމުން ނާފިޒް އެއްބަސްވިއެވެ.

“ލަޔާލް ކަހަލަ ޑޯޓަރ އިން ލޯއެއް ލިބުނީތީ އަހަރެންވެސް ޝުކުރު ކުރަން” ނާފިޒްގެ ފަހަތުން އިރުފާންވެސް ބުނެލިއެވެ. އެއާއެކު އެންމެންގެ ހުނުމުގެ އަޑު އިވުނެވެ.

“އަހަންނަށް އެނގެޔޭ އެ ކަން ރަނގަޅު ވާނެކަން” ލަޔާލްގެ ބޮލުގައި ފިރުމާލަމުން މާހިރާ ބުންޏެވެ.

އެ މީހުން ތެރޭ ވާހަކައިގައި ތިބި އިރު ސާހިލްއާ ލަޔާލް ތިބީ ގެއަށް ނުދެވި ލަސްވެފައެވެ. ކާފަގެ ދެފަރާތުގައި ދެ މީހުން ތިބެ މެސެޖްއިން ވާހަކަ ދައްކަމުން ދިޔައެވެ. އެކަން ފާހަގަ ވީ ލަޔާލްއާ ޖެހިގެން ހުރި ސޯފާގައި އިން މާހިރާއަށެވެ.

“ސާހިލް، ލަޔާ ގޮވައިގެން ދާން ވީނު؟ ބައްޕައާ އެކީ ތަންކޮޅެއް ފަހުން މަންމަ ދާނަން” މާހިރާ އައީ ސާހިލްއާ އެކުގައި ނަމަވެސް ފަހުން އިރުފާން އައުމުން ދެ ކުދިން އެކުގައި ފޮނުވާލުމަށް މާހިރާ ބުންޏެވެ.

ވަގުތުން ލަޔާލް ތެދުވިއެވެ. ހަމައެކަނި މުހައިމިން ގާތު ދަނީއޭ ބުނެފައި ނާފިޒްއަށް ބަލާލާފައި އެއްޗެއް ނުބުނެ ލަޔާލް ނިކުތެވެ. ސާހިލްއަށް ނިކުމެވުނީ މިނަޓެއްހާ އިރު ފަހުންނެވެ. ދޮރުން ނިކުމެވުމާއެކު ސާހިލް ލަޔާލްގެ އުނަގަނޑުގައި ހިފާ ކައިރި ކޮށްލައިގެން ހުރެ ލިފްޓަށް ވަދެ ދޮރު ލެއްޕުމުން ލަޔާލް ގައިގައި ބައްދާލިއެވެ.

އެރޭ ދެ މީހުންނަށްވެސް އެކަކު އަނެކަކާ ދުރުގައި ހުންނަން އުނދަގޫ ވެފައިވިއެވެ. ސައިކަލުގައި ގޮސް ގެއާ ހަމައިން ފައިބާފައި ގޭ ދޮރުން ވަދެވުމާއެކު ސާހިލް ލަޔާލްގެ އަތުގައި ހިފާލަމުން ގެނެސް ގައިގައި ޖައްސާލިއެވެ. ގޭގައި މާހިރާމެން ނޫޅޭކަން އެނގޭތީ ގޭ ދޮރުން ވަދެވެން ދެންވެސް ސާހިލް މަޑެއް ނުކުރިއެވެ. ލިފްޓުން ނިކުތީ ދެއަތް މައްޗަށް ލަޔާލް ނަގައިގެންނެވެ. ކޮޓަރިއަށް ވަދެވުނު އިރު ދެ މީހުންވެސް ތިބީ ހިތް އަވަސް ވެފައެވެ. ނަމަވެސް ސާހިލް ދުރަށް ޖެހިލީ ލަޔާލްގެ ބަނޑުން އަޑު ކިޔާލުމުންނެވެ.

“ކޮން އިރަކު ކެއީ؟” ހިނިއައިސްފައި ސާހިލް އެހިއެވެ.

“އިރު އޮއްސުނު އިރު ޖޫސް ތައްޓެއް ބުއިން” އެ ވަގުތަށް ހުރަހެއް އެޅެން ބޭނުން ނުވި ނަމަވެސް އިހުސާސް ކުރެވެމުން ދިޔަ ބަނޑުހައިކަމަށް ދެކޮޅު ނުހެދިގެން ލަޔާލް ދުރަށް ޖެހިލިއެވެ.

“މިއަދު އެއްޗެއް ކެއިންތަ؟” ސާހިލްގެ އަޑުގައި ކަންބޮޑުވުން އެކުލެވިގެން ދިޔައެވެ.

ނުބުނަން ހުރެފައިވެސް ލަޔާލް ދެފަރާތަށް ބޯ ހަލުވާލިއެވެ.

“ހިނގާ” ލަޔާލްގެ އަތުގައި ހިފާ ދަމާލަމުން ސާހިލް ބުންޏެވެ. ދެ މީހުން އެކުގައި ނިކުމެ ލަޔާލްއާ އެކީ ސާހިލްވެސް ކާން އިށީނެވެ. ދެ މީހުންވެސް ބެލީ އަވަސް ކޮށްގެން ކޮޓަރިއަށް ދެވޭތޯއެވެ.

“ހާދަ އަވަހޭ ދުވަސްތައް ދާލެއް.. އަހަރުމެން މެރީ ކުރިތާ އަހަރެއް ވަނީ ވިއްޔަ” އަތުތެރެއަށް ލަޔާލް ގެނެސް ހަމަޖެހިލަމުން ސާހިލް ބުންޏެވެ.

“ހީވެސް ނުވޭ ދޯ؟” ލަޔާލްވެސް ސާހިލްއާ އެއްބަސްވިއެވެ.

“ހްމްމ.. ކޯޗެއް އެނިވަރސަރީ ގިފްޓްއަކަށް ލަޔާ ބޭނުމީ؟” ސާހިލް އަހާލިއެވެ.

“އަހަރެން ބުނި ކޮންމެ އެއްޗެއް ލިބޭނެތަ؟” ލަޔާލް އެހިއެވެ.

“އަހަންނަށް ދެވޭ ވަރުގެ އެއްޗެއް ވިއްޔާ އިޓްސް ޔޯރސް” ސާހިލް ޔަގީންކަން ދިނެވެ.

“ސާހިލް.. އައި ކާންޓް ޝެއަރ ޔޫ.. އެހެން މީހަކު ސާހިލްގެ ލައިފްއަށް ނާންނާނެ ކަމަށް ޕްރޮމިސް ކުރޭ.. އެހެން އެއްޗެއް ބޭނުމެއް ނޫން” އެއް އަތުން ސާހިލްގެ މޫނުގެ އެއް ފަރާތުން ހިފާލަމުން ލަޔާލް އެދުނެވެ.

“އައިމް ޔޯރސް ފޯރއެވަރ! އަފްޒާ އެއީ އަހަރެންގެ ޕާސްޓް. އިރާދަކުރެއްވިއްޔާ ލަޔާ ނޫން އަންހެން ކުއްޖެއް ދެން އަހަރެންގެ ލައިފްއަކަށް ނާންނާނެ. އައި ޕްރޮމިސް!” ލަޔާލްގެ އެދުމަށް ސާހިލް ވަގުތުން އެ ހުވާ ކުރިއެވެ.

ލަޔާލް އުފަލުން ސާހިލް ގައިގައި ބައްދާލިއެވެ.

“ދެން އަހަންނަށް ކޯޗެއް ލިބޭނީ؟” ސާހިލް އަހާލިއެވެ.

“ސާހިލް ބުނެބަލަ، ކޯޗެއް ބޭނުމީ؟” ލަޔާލްވެސް ހުރީ ސާހިލް ބުނި ކޮންމެ އެއްޗެއް ދޭން ތައްޔާރަށެވެ.

ސާހިލް ޖަވާބު ދިނުމުގެ ބަދަލުގައި ލަޔާލްގެ ތުންފަތުގައި ބޮސްދިނެވެ.

“އައި ވޯންޓް އަ ބޭބީ.. އަހަންނާ ލަޔާގެ ލޯބި ލޯބި ބޭބީއެއް” ވަކި ހިސާބަކުން ސާހިލް އެދޭ ކަންތައް ލަޔާލް ގާތު ބުންޏެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

މާސްކު (ޕާޓް 24)

Next

ވަފާތެރިމަވީމޭ 8-13

Next
October 21, 2025

ވަފާތެރިމަވީމޭ 8-13

Previews
October 21, 2025

މާސްކު (ޕާޓް 24)

6 Comments!

  1. kokila modi says:
    October 21, 2025 at 2:34 pm

    wow! hama vara reethi mi vaahaka up veytho belunu adha adhehves neygey. mihaaru mi site in emme kiyaa hithun kiyaa vaahaka mi. finally lobi vaa varuves dhemeehun buni. dhen nibai meehehge hiyani neylheyne kamah umeedhu kuran

    1. Mar Sha Mar Sha says:
      October 22, 2025 at 4:09 pm

      vaa gotheh balama dho, hiyanyeh elhey tho, elhenta kaakuge hiyanyeh tho.. adhi kuriah othy e bai, Marsha ge vaahaka Kokila ah thihaa kamudhiyaeethy varah ufaa vejje, thank u so much

  2. Aisha says:
    October 21, 2025 at 3:12 pm

    Masha Allah vrh reethi ♥️… Sahil baby eh beynumy kiyaafa abort kohlaashee bunee keehveba 🤔 next part vrh inthizaru kuran

    1. Mar Sha Mar Sha says:
      October 22, 2025 at 4:10 pm

      lets see dho Saahil ah vaa gotheh, e hisaabu maa dhureh noon dhen, InshaAllah ep 10 on Saturday. thanks inge dear

  3. Eelam.. says:
    October 23, 2025 at 9:52 am

    Vrh curious 🤨 and yesss siss Masha Allah ur Soo talented and one of the respected author 💞 lysm tc ❤️🥹

    1. Mar Sha Mar Sha says:
      October 24, 2025 at 12:11 am

      thank u Eelam

Comments are closed.

Next Episodeހިތަކުން ނުދާނޭ ފިލާ 10←


All Right Reserved!