Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިތުބާރު ގެއްލުވާ ނުލާ…8

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login
January 7, 2016 7 Mins Read
11 Comments

“އަހަރެންގެ ޓައިޕްއެއް ނޫން… އެކަމަކުވެސް އޭނަޔާ އިންނަން މިއުޅެނީ” ރާއިފް ބުންޏެވެ.

“ކީކޭ؟” ނަސްރުއަށް ގަބޫލު ނުކުރެވިގެން އަހާލެވުނެވެ.

“ރިވެންޖް…” ރާއިފް ބުނެލިއެވެ. އަދި ރާއިފްގެ ޕްލޭން ނަސްރުއަށް ކިޔާދިނެވެ.

“ތީ ކަމުދާ ޕްލޭންއެއް ނޫން… އެންމެ ފަހުން ރާއިފް އޭނަ ދެކެ ލޯބި ކަންނޭނގެ ވާނީ…” ރާއިފްގެ ވާހަކަ އަޑު އަހާފައި ނަސްރު ބުނެލިއެވެ.

“ތީ ނަސްރުއަށް ހީވާ ގޮތް، އަހަރެން އޭނަ ދެކެ ލޯބި ވުން އެއީ ނުވާނެ ކަމެއް. ލޯބި ވާނެ ކުދިން ހުސް ވެގެންތަ މިއުޅެނީ؟” ރާއިފް ބުނެލިއެވެ.

“އިންނާނެ ކުދިން ހުސް ވެގެން އުޅޭ ހެން އެކަމަކު އެބަ ހީވޭ… އެހެން ވީމަތާ ތިހާ ލައިކް ނުވާ ކުއްޖަކާ އިންނަން ތި އުޅެނީ” ނަސްރު ބުނެލިއެވެ.

“މަގޭ ބޭނުން ފުދެން ދެން… އޭނައަށް އަހަންނަކީ ކާކު ކަން އަންގާލަން އަހަރެން ބޭނުމީ، މިހާރު ބައްޕަ ހުރިހާ ކަމެއްގަ އޭނައާ އެއްކޮޅަށް ހުންނާތީ އަހަރެން ކޮންމެ ކަމެއްގަ ގޮތް ދޫކުރަން މި ޖެހެނީ. އަމިއްލަ މިނިވަން ކަމަކީ ކޮބާކަން އަދި އޭނައަށް ނޭނގެނީ…” ރާއިފް ބުންޏެވެ.

“އެކަމަކު ތީ ތިފިލާވަޅު ދަސްކޮށްދޭން އެންމެ ރަނގަޅު ގޮތެއް ނޫން ކަންނޭނގެ. އޭނައަށް އެނގިއްޖެއްޔާ…” ނަސްރު ބުންޏެވެ.

“ނަސްރު ކޮން އިރަކުތަ އަންހެން ކުދިންގެ ފީލިންގްސްއާ މެދު ތިވަރަށް ވިސްނަން ފެށީ؟ އަހަރެންގެ މި ނިންމުމުގަ ނަސްރުގެ އަތެއްވެސް ވޭ އިނގޭ!” ޖީބުން ސައިކަލުގެ ތަޅުދަނޑި ނަގާ މައްޗަށް އެއްލާފައި ހިފާލަމުން ރާއިފް ބުނެލިއެވެ.

 

އެރޭވެސް ރާއިފް ނީނާއަށް ގުޅިއެވެ.

“މިރޭވެސް ދޮރުމަތީ ހުރެފަތަ ތިގުޅީ؟” ފޯން ނެގި ގޮތަށް ނީނާ އަހާލިއެވެ.

“ކިހިނެއްވީ؟ ނުވައްދާނަންތަ މިރެއަކު؟” ރާއިފް ވެސް ކޮށްލީ ސުވާލެކެވެ.

“ރޭގަވެސް ދޮރުމަތީ ހުރެފަ ވިއްޔަ ގުޅީ. އެހެންވެ އަހާލީ. އެހެން ނޫނަސް މިރެއަކު ވަންނާކަށް ނުވެސް ބުނެވޭނެ. ބޭރަށް ދާން މިއުޅެނީ” ނީނާ ބުންޏެވެ.

“އެހެންތަ؟ ނަސީބެއް ދޯ އެހެން ވިއްޔާ ތިގެޔަށް ނުގޮސް ގުޅާލެވުނުކަން… އަސްލު މިގުޅީ އެއްޗެއް އަހާލަން ވެގެން” ރާއިފް ބުންޏެވެ.

“ކީކޭ؟” ކޮނޑުގެ އެހީގައި ކަންފަތުގައި ފޯން ޖައްސާލާފައި ފޯނުން އަތް ދޫކޮށްލަމުން ނީނާ އަހާލިއެވެ. އަދި ދެއަތުން އަލަމާރި ހާވަން ފެށިއެވެ.

“ނީނާ ބުނެބަލަ! އަހަރެން މީ ނީނާގެ ރައްޓެއްސެއް ކަމަށް މިހާރު ދެކެންތަ؟” ރާއިފް އަހާލިއެވެ.

ރާއިފްގެ އެސުވާލު އަޑު އިވުމުން ނީނާ ކުރަން އުޅުނު ކަންތައް އިރުކޮޅަކަށް ހުއްޓާލިއެވެ.

“ތިވަރު ނުވިޔަސް މިހާރު ތިކަން ރާއިފްއަށް ވެސް އެނގޭނެ. ތީ ރައްޓެއްސެއް ކަމަށް ދެކޭތީ ނުން ރޭގަ ގެޔަށް ވެއްދީވެސް” ނީނާ ބުންނެވެ. އަދި އަނެއްކާވެސް އަލަމާރިން ނީނާގެ ބެލް ފެނޭތޯ ހާވަން ފެށިއެވެ.

“އަހަރެން މިވަރު މިވަނީ ކޮންކަމަކާ ކަންވެސް ނީނާއަށް އެނގޭނެ” ރާއިފް ބުނެލިއެވެ.

ނީނާ އަލަމާރި ކައިރިން ދުރަށް ޖެހިލާފައި ފޯން އަތުން ހިފަހައްޓާލިއެވެ.

“މިވަގުތު ވާހަކަ ދައްކަން ހުރެވޭކަށް ނެތޭ… ދާން ވެއްޖެ މިހާރު” ނީނާ ބުންޏެވެ. ކިތަންމެ ހިތް އެދުނު ނަމަވެސް ރާއިފްއާ އެ ކަހަލަ ވާހަކަ ދައްކާކަށް ނީނާ ބޭނުމެއް ނޫނެވެ.

“ކޮންމެސް އެއްޗެއް ބުނެފަ ފޯން ކަނޑާލާ” ރާއިފް އެދުނެވެ.

“އަސްލުވެސް ދެން ދާން ވެއްޖެ…” ނީނާ ބުންޏެވެ.

“ކޮންމެސް ޖަވާބެއް ދީބަލަ ނީނާ…” ރާއިފް ބުންޏެވެ.

“ރާއިފް ކުރަން ތިއުޅޭ ކަމަކާ މެދު އަދި ވިސްނާލާ… ތި ސީރިއަސްކޮށް ބުނާ އެއްޗެއް ކަން އަހަންނަށް ޔަގީން ވީ ދުވަހަކުން އަހަރެން ތިކަމާ ވިސްނާނަން” ނީނާ ބުންޏެވެ. އަދި ރާއިފްއަށް އިތުރު އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ ފޯން ކަނޑާލިއެވެ.

އިރުކޮޅަކު ފޯނަށް ބަލަން ހުރެފައި ނީނާ އެނބުރިލި އިރު ލަމްޔާ ނީނާއާ ދިމާއަށް ބަލަން ހުއްޓެވެ.

“ރާއިފްތަ؟” ލަމްޔާ އަހާލިއެވެ. ނީނާ ބޯ ޖަހާލިއެވެ. “ކީކޭ ބުނީ؟” ލަމްޔާ އެހިއެވެ.

“އޭނަ ދައްކާނީ ކޮން ވާހަކައެއްތަ؟ އަޅާނުލާ… ދާންވީތަ؟” ނީނާ އެވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ.

“އާނ… އަހަރެން ހަމަ ރެޑީ” ލަމްޔާ ބުންޏެވެ. ގިނަ އިރެއް ނުވެ ދެމީހުން އެކީ ނިކުތެވެ.

 

ނީނާ ފޯން ކަނޑާލުމުން ރާއިފް ފޯނަށް ބަލާލާފައި އެނދު މައްޗަށް ފޯން އެއްލާލިއެވެ. އެއީ ކޮން ކަހަލަ އަންހެން ކުއްޖެއް ހެއްޔެވެ؟ ރާއިފް ދައްކާ ވާހަކަ އޭނައަށް ގަބޫލު ނުކުރެވެނީ ކީއްވެ ހެއްޔެވެ؟ އެހެން އަންހެން ކުއްޖެއް ނަމަ މިހާރު ރާއިފްގެ ހުށަހެޅުން ގަބޫލު ކޮށްފީހެވެ. ނީނާ ޖަވާބެއް ނުދޭން ވެގެން އެއުޅެނީ ކީއްވެ ހެއްޔެވެ؟

ރާއިފްއަށް އެވަގުތު އަމިއްލަ ނަފްސާ އެހެން ސުވާލެއް ކޮށްލެވުނެވެ. ނީނާގެ ޖަވާބު ރާއިފްއަށް އެހާ މުހިންމު ވެގެން އުޅެނީ ކީއްވެ ހެއްޔެވެ. މިއަދު ނޫނީ މާދަން ރާއިފް އެދޭ ޖަވާބު ނީނާގެ ފަރާތުން ލިބޭނެކަން ރާއިފްއަށް ޔަގީން ވެއެވެ. އެހެން ވީ އިރު އެޖަވާބު ނުލިބިގެން ރާއިފް ކެތް މަދުވަނީ ކީއްވެ ހެއްޔެވެ.

އެ ވަގުތު ރާއިފް އަމިއްލަ ނަފްސަށް މަލާމާތްކޮށް ހިނި އައެވެ. ސަބަބަކީ އެންމެ ސަބަބެކެވެ. ރާއިފްގެ ޕްލޭން ކުރިއަށް ގެންދެވޭނީ ނީނާގެ ޖަވާބު ލިބިގެންނެވެ. ލަސް ވެގެން ރާއިފް ތެޅިފޮޅޭ ސަބަބަކީ ހަމަ އެކަނި އެއީ އެވެ. އެހެން ދެން ކޮން ކަމެއް ހެއްޔެވެ؟

ދެން ދިޔަ މަހެއްހާ ދުވަސް ވެސް ދިޔައީ ރާއިފް އެކި ގޮތްގޮތަށް ނީނާއާ އެވާހަކަ ދެއްކުމުގައެވެ. އެތައް ފަހަރަކު ފޯންވެސް ކުރެއެވެ. ނަމަވެސް އަދިވެސް ނީނާ ރާއިފް ގުޅާ ކޮންމެ ފަހަރަކު ފޯނެއް ނުނަގައެވެ. ރާއިފްގެ ކޮންމެ މެސެޖަކަށް ޖަވާބެއް ވެސް ނުފޮނުވައެވެ. ރާއިފް އެދޭ ޖަވާބެއްވެސް އަދިވެސް ނީނާގެ ފަރާތަކުން ނުލިބެއެވެ. ނަމަވެސް ދެންވެސް ރާއިފް އެކަން ހުއްޓާލާކަށް ގަސްދެއް ނުކުރެއެވެ. ރާއިފްއަކީ ކުރަން ނިންމައިފި ކަމެއް ވިއްޔާ ނުކޮށް ހުއްޓާލާނެ މީހެއް ނޫނެވެ.

 

ނީނާ ލަމްޔާއާ އެކު އެޕާޓްމެންޓަށް ބަދަލު ވި ފަހުން ރިއުފާއާ ރިފާޝާ ވަރަށް ގިނައިން ނީނާއަށް ގުޅާ އެގެއަށް އައުމަށް ނީނާއަށް ދައުވަތު ދެއެވެ. ނަމަވެސް ނީނާ އޭގެ ފަހުން ފުރަތަމަވެސް އެގެޔަށް ދިޔައީ ރާއިފް ނީނާއާ މެދު ކަންތައް ކުރާ ގޮތް ބަދަލު ވީ ފަހުންނެވެ. އޭގެ ފަހުން މަދުމަދުން ނީނާ އެގެޔަށް ދެއެވެ. އެކަމާ ނިޒާރު ވަރަށް އުފާ ވެއެވެ. ރިފާޝާއާ ރިއުފާ، އަދި ނިޒާރުވެސް ނީނާމެން ގެޔަށް ކޮންމެ ހަފްތާއަކުވެސް މަދުވެގެން އެއްދުވަހު ދެއެވެ. ބާޒާރުން ގަންނަން ޖެހޭ އެއްޗެހި ގަނެގެން ނީނާމެން ގެޔަށް ގެންގޮސް ދެނީ ނިޒާރުއެވެ.

 

އެހެން ދުވަހެކެވެ. އޮފީހުގައި މާ ގިނަ މަސައްކަތެއް ނެތް ދުވަހެކެވެ. ނީނާ އިނީ ވަތްގަނޑު ސާފުކޮށްލާށެވެ. އެހެން އިންދާ ރާއިފް ތެދުވެގެން އައިސް ނީނާގެ މޭޒު ކައިރީ ހުރި ގޮނޑީގައި އިށީނެވެ. ނީނާ ރާއިފްއަށް ބަލާލިއެވެ.

“މިރޭ ކޮން ކަމެއް އޮތީ؟” ރާއިފް އަހާލިއެވެ.

“ރާއިފް ކީއްކުރަން އެއެއް ބަލަނީ؟” ނީނާ އަހާލިއެވެ.

“ތިގެޔަށް ދާން ކަމަށް” ރާއިފް ބުންޏެވެ.

“ކީއްކުރަން؟” ގަލަންތައް ތައްޓަށް އަޅާލަމުން ނީނާ އަހާލިއެވެ.

“ނީނާ… ދެން ޖަވާބެއް ދީބަލަ!” ރާއިފް ބުންޏެވެ.

“ސުވާލަކީ ކޮބާ؟” ނީނާ އެހިއެވެ.

“އަހަންނާ މެދު ދެކެނީ ކިހިނެއް؟” ރާއިފް އެހިއެވެ.

ނީނާ އެއްޗެއް ނުބުނެ އިނެވެ.

“ބުނެބަލަ…” ރާއިފް ބުންޏެވެ.

“ރާއިފްއާ މެދު އަހަރެން ވަކި ގޮތަކަށް ދެކެން ޖެހޭތަ؟” ނީނާ އަހާލިއެވެ.

“އެންމެ ރަނގަޅު. ސީރިއަސްކޮށް އަހަރެން މީ މިހާރު ނީނާގެ ފްރެންޑެއްތަ؟” ރާއިފް އެހިއެވެ.

“ތި ސުވާލު ކިތައް ފަހަރު ކުރާނަންތަ؟ އަހަރެން ކިތައް ފަހަރު ޖަވާބު ދިނީމަ ރާއިފް ގަބޫލު ކުރާނީ؟” ނީނާ އަހާލިއެވެ.

“މީ ފަހު ފަހަރު، ބުނެބަލަ” ރާއިފް އދުނެވެ.

“އާނއެކޭ، އާނއެކޭ، އާނއެކޭ” ނީނާ ބުންޏެވެ.

“ދެން ބުނެބަލަ… ރައްޓެއްސަކަށް ވުރެ ގާތް ކޮށް އަހަންނާ މެދު ދެކެންތަ؟” ނީނާ ބުނި ގޮތުން ހިނި އައިސްފައި ރާއިފް އަހާލިއެވެ.

ނީނާ ޖަވާބެއް ނުދީ އިސް ޖަހާލިއެވެ. ނޭވާ ހިފަހައްޓާލައިގެން ނީނާ ދޭނެ ޖަވާބެއްގެ އިންތިޒާރުގައި ރާއިފް އިނެވެ.

ނީނާ އާނއެކޭ ބުނަން ބޭނުން ވިއެވެ. އެހާ ދުވަސް ވަންދެން ހިތުގައި ސިއްރު ކުރެވިފައި އޮތް ލޯބި ފާޅު ކުރަން ބޭނުން ވިއެވެ. ރާއިފް ދެކެ ލޯބި ވާކަން ރާއިފްއަށް އަންގަން ބޭނުން ވިއެވެ. ނަމަވެސް ހިތުގެ ކޮންމެވެސް ހިސާބަކުން އެކަން ރާއިފްއަށް ނާންގާށޭ ބުނަމުން ދިޔައެވެ.

“ނީނާ… ބުނެބަލަ…” ރާއިފް ބުންޏެވެ.

ނީނާ ދެފަރާތަށް ބޯ ހަލުވާލިއެވެ.

“ނުބުނާނަން؟” ހައިރާން ވެފައި ރާއިފް އަހާލިއެވެ.

“ނޫނެކޭ… އަހަރެންގެ ޖަވާބު އެއީ…” ނީނާ ބުންޏެވެ.

“އަހަންނަށް ގަބޫލެއް ނުކުރެވޭ ތީ ތެދެއް ކަމަކަށް” ރާއިފް ބުންޏެވެ.

“ރާއިފް ގަބޫލު ނުކުރިޔަސް އެއީ އަހަރެންގެ ޖަވާބަކީ… ދެން އެންމެ ރަނގަޅު ވާނީ ތިވާހަކަ ހުއްޓާލިއްޔާ” ނީނާ ބުންޏެވެ. އަދި ގަލަމެއް ނަގައިގެން ފޮތެއްގައި އެއްޗެއް ލިޔަން ފެށިއެވެ.

“ތި ޖަވާބުން އަހަރެން ހިތް ހަމައެއް ނުޖެހޭ” އިރުކޮޅެއް ފަހުން ރާއިފް ބުނެލިއެވެ.

“ބޭނުން ޖަވާބު ނޫން ޖަވާބެއް ނުލިބުނީމަ އެކަކުވެސް ހިތް ހަމައެއް ނުޖެހޭނެ، އެކަމަކު އޭގެ މާނައަކީ ކޮންމެ މީހަކަށް އެމީހަކު ބޭނުން ހާ ކަމެއް ފުރިހަމަ ކުރެވޭނެއެކޭ ނޫނެއްނު؟” ނީނާ ބުންޏެވެ.

“އެހެން ވެގެންނެއް ނޫން… ނީނާ ތިބުނީ ތެދެއް ހެން އަހަންނަށް ހީ ނުވަނީ” ރާއިފް ބުންޏެވެ.

ރާއިފް އެހެން ބުނުމުން ނީނާ ސިހިފައި ކަހަލަ ގޮތަކަށް ރާއިފްއަށް ބަލާލިއެވެ. އަނެއްކާ ރާއިފްއަށް ހުރިހާ އެއްޗެއް އެނގެނީ ހެއްޔެވެ؟

ނީނާއަށް ވީ ގޮތް ރާއިފްއަށް ފާހަގަ ކުރެވުނެވެ. ނީނާ އެ ބުނަނީ ދޮގެއް ހެން ރާއިފްއަށް ހީވިއެވެ. ރާއިފްގެ މަސައްކަތް ކާމިޔާބު ވެދާނެހެން އެވަގުތު ރާއިފްއަށް ހީވިއެވެ.

“ތެދަކަސް ދޮގަކަސް އަހަރެން ޖަވާބު ދީފިން” ނީނާ ބުންޏެވެ.

“ތިބުނީ، ނީނާ ތިދިން ޖަވާބަކީ ތެދަކަށްވެސް ދޮގަކަށްވެސް ވެދާނެޔޭ ދޯ؟” ރާއިފް ގޮނޑީގައި ހަމަ ޖެހިލަމުން އަހާލިއެވެ.

ނީނާއަށް ބުނެވުނު ބަސް ނީނާއަށް ވިސްނުނީ އެވަގުތުއެވެ. ބުނާނެ އެއްޗެއް ނޭނގިފައި ނީނާ އިރުކޮޅަކު އިނެވެ.

“އެހެން ދޯ ބުނީ؟” ރާއިފް އަހާލިއެވެ.

“ދެން ތިވާހަކަ ނުދެއްކިއްޔާ އަހަންނަށް ރަނގަޅީ” ނީނާ ބުންޏެވެ.

“އަހަންނަށް ހީވީ ރަނގަޅަށް ދޯ؟ ނީނާ ހެދީ ދޮގެއް ދޯ؟” ރާއިފް ނީނާގެ އަތުގައި އޮތް ގަލަން އަތުލާފައި އެހިއެވެ.

ނީނާ ރާއިފްއަށް ބަލާލާފައި ޖަވާބެއް ނުދީ އެހެން ގަލަމެއް ނަގައިގެން އަނެއްކާވެސް ލިޔަން ފެށިއެވެ.

ކުއްލިއަކަށް ރާއިފް ނީނާގެ އަތުން ގަލަން އަތުލާފައި ނީނާގެ އަތުގައި ހިފެހެއްޓިއެވެ.

“ކިހިނެއް ވެގެންތަ ރާއިފް ތިއުޅެނީ؟” ރާއިފްގެ އަތު ތެރޭން އަތް ދަމައިގަންނަން މަސައްކަތް ކުރަމުން ނީނާ އަހާލިއެވެ.

“ނީނާ ކީއްވެތަ ދޮގު ހަދަނީ؟” ރާއިފް އަހާލިއެވެ.

“އަހަންނަކަށް ގަބޫލެއް ނުކުރެވޭ ރާއިފް ތި ދައްކާ ވާހަކައެއް، އަހަންނަށް ހީވަނީ ރާއިފް ބުނަން ތި އުޅެނީ އަހަރެންދެކެ ލޯބި ވާ ވާހަކަ ހެން. އެކަމަކު ކުރިން އަހަރެން ދެކެ އެހާ ރުޅި އައިއްސަ މިހާރު ރާއިފް އަހަރެން ދެކެ ލޯބި ވެދާނެ ކަމަކަށް އަހަންނަކަށް ގަބޫލެއް ނުކުރެވޭ” އަދިވެސް އަތް މިނިވަން ކުރަން މަސައްކަތް ކުރަމުން ނީނާ ބުންޏެވެ.

“އެހެން ވިޔަސް ނީނާ އަހަރެން ދެކެ—” ރާއިފް އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް ނީނާ ރާއިފްގެ އެ ޖުމްލަ ފުރިހަމަ ވިޔަކަ ނުދިނެވެ.

“ދޫކޮށްބަލަ…! ތަދުވޭ އެބަ…” ނީނާ ބުންޏެވެ.

ރާއިފް ނީނާގެ އަތުން ދޫކޮށްލިއެވެ.

“ޕްލީޒް… ތެދަށް ބުނެބަލަ” ރާއިފް އެދުނެވެ.

ނީނާ ރާއިފްއާ ދިމާއަށް ބަލަން އިނީ އެ ސުވާލުގެ ޖަވާބު ނުދީ ސަލާމަތް ވާނެ ގޮތެއް އޮތް ތޯ ވިސްނާށެވެ.

“ކޮބާތަ އެދުވަހު މިތާ ރާއިފްއާ އެކީ ހުރި އަންހެން ކުއްޖާ؟” އިރުކޮޅެއް ފަހުން ނީނާ އަހާލިއެވެ.

“ޝައުނާ؟” ރާއިފް އަހާލިއެވެ.

“ނޭނގެ އަހަންނަކަށް” ފަރުވާ ކުޑަ ގޮތަކަށް ކޮނޑު އަރުވާލަމުން ނީނާ ބުންޏެވެ.

“އެއީ ދޯ މައްސަލައަކީ؟ އެއީ މާ ކުރިއެއްނު؟ އެކަން ނިމުނުތާ މިހާރު ކޮން ދުވަހެއް؟” ގޮނޑީގައި ލެނގިލަމުން ރާއިފް ބުންޏެވެ.

“މިއަދު ބްރޭކްގެ ފަހުން އަހަރެން ނަޔަސް ހެޔޮތަ؟” ނީނާ އަހާލިއެވެ.

“އުނދަގޫ ވީތަ؟” ރާއިފް އެހިއެވެ. ނީނާ އެއްޗެއް ނުބުނެއެވެ. “ހެވެއް ނޫން… އެކަމަކުވެސް އެންމެ ރަނގަޅު” ރާއިފް ބުންޏެވެ.

 

އެދުވަހު މެންދުރު ގެޔަށް ގޮސް ނީނާ ރާއިފްއާ މެދު ވަރަށް ވިސްނިއެވެ. ފުރަތަމަވެސް ރައްޓެއްސަކަށްވުރެ ގާތުން ރާއިފް ދެކެންތޯ ރާއިފް ސުވާލު ކުރުމުން އާނއެކޭ ބުނަން ނީނާ ބޭނުން ވިއެވެ. ނަމަވެސް އެހާ ވަރަށް ރާއިފް ބަދަލުވެދާނެ ބާއޭ ނީނާ ހިތަށް އެރިއެވެ.

ކުރިއާ ބަލާފައި ރާއިފް ވަރަށް ބޮޑަށް ބަދަލު ވެފައި ވާކަން ނީނާއަށް އެނގެއެވެ. އަދި އެ ބަދަލު އައީ އޮފީހުގެ އަހަރީ ދުވަހުގެ ޕާޓީގެ ފަހުން ކަންވެސް ނީނާ ގަބޫލު ކުރެއެވެ. ނީނާއާ މެދު ތަފާތު ނަޒަރަކުން ދެކޭ ކަން ރާއިފް ނީނާއަށް އަންގަން ފެށީވެސް އޭގެ ފަހުންނެވެ.

ކިތަންމެ ވަރަކަށްވެސް ރާއިފްގެ ހުށަހެޅުން ގަބޫލު ކުރަން ނީނާ ބޭނުމެވެ. ރާއިފްގެ ލޯބި ނީނާ ބޭނުމެވެ. ނަމަވެސް ނީނާގެ ހިތް އެކަމަށް އިންކާރު ކުރަނީ ކީއްވެ ކަމެއް ނީނާއަކަށް ނުވިސްނުނެވެ.

އެކަމާ ނީނާ ވިސްނަން އިންދާ މީހަކު ދޮރުގައި ޓަކި ޖަހާލިއެވެ. ނީނާ ގަޑި ބަލާލީ ލަމްޔާ އައީ ކަމަށް ހީކޮށެވެ. ނަމަވެސް އޭރު އަދި ތިނެއްވެސް ނުޖަހައެވެ. މިގަޑީގައި އެއައީ ކާކު ބާއޭ ހިތާހިތާ ވިސްނަމުން ނީނާ ދޮރު ހުޅުވާލިއެވެ.

ނިޒާރު އެތެރެއަށް ވަނެވެ. ނިޒާރުއާ އެކީ ރިފާޝާގެ ދަރިފުޅު ނާއިޝްވެސް ވަދެ އިށީނެވެ.

“ކީއްވެ މިއަދު މާ އަވަހަށް ގެޔަށް އައީ؟ އަނެއްކާ ރާއިފް އެއްޗެއް ބުނީތަ؟” އިށީނދެފައި ނިޒާރު އެހިއެވެ.

“ނޫން… ކަމެއް ނުވޭ، މިއަދު މަސައްކަތެއް ނެތީމަ ހަމަ އައީ” ނީނާ ބުންޏެވެ.

“ނިޒާރުބޭ އޮފީހަށް ދިޔަ އިރު ނީނާ ގެޔަށް ދިޔަ ވާހަކަ ރާއިފް ބުނީމަ ނިޒާރުބޭ ހީކުރީ ރާއިފް އެއްޗެއް ބުނީ ކަމަށް” ނިޒާރު ބުންޏެވެ.

“ނޫން… ރާއިފް އެއްޗެއް ނުބުނޭ” ނީނާ ބުންޏެވެ. އަދި ގޮސް ނިޒާރުއަށް ކޮފީ ތައްޓަކާ ނާއިޝްއަށް ރޯޒްސިރަޕް ތައްޓެއް ގެނެސް ދިނެވެ.

“ރާއިފް ރަނގަޅުތަ މިހާރު؟” ނީނާ އިށީނުމުން ނިޒާރު އަހާލިއެވެ. ނީނާ ބޯ ޖަހާލިއެވެ. “ނިޒާރުބޭއަށް ވެސް ފާހަގަ ކުރެވޭ ރާއިފް ކުރިޔާ ވަރަށް ތަފާތު ކަން” ނިޒާރު ބުންޏެވެ.

ރާއިފް އެހާ ބަދަލު ވީ ކޮން ކަމަކާ ހެދިގެން ކަންވެސް ނިޒާރުއަށް އެނގޭ ބާއޭ ނީނާ ހިތަށް އެރިއެވެ.

“އެއްވެސް އެއްޗެއް ބޭނުން ވޭތަ؟” ހުސް ތަށި ދިއްކޮށްލަމުން ނިޒާރު އަހާލިއެވެ.

“ނޫން…” ނީނާ ތަށީގައި ހިފަމުން ބުންޏެވެ.

“ބޭނުން ވިޔަސް ނީނާ ނުބުނާނެ… ކިތައް ފަހަރު ނިޒާރުބޭ ބުނެފިންތަ އެއްޗެއް ބޭނުން ވަންޏާ ބުނާށޭ…” ނިޒާރު ބުންޏެވެ.

“ބުނާނަމޭ… މިހާރު ދެން އެއްވެސް އެއްޗެއް ބޭނުމެއް ނުވޭ، ކުރީ ދުވަހު ގެނެސްދިން މަސްވެސް އަދި ހުސް ނުވޭ” ހީލާފައި ނީނާ ބުންޏެވެ.

“ރިފާ އެބަ ކިޔާ މިހާރު ނީނާ ނުވެސް އާދެޔޭ…” ނިޒާރު ބުންޏެވެ.

“އެހެންތަ؟ ދުވަސް ކޮޅެއް ވެއްޖެ ދޯ ނުދެވެތާ…! ދޮންތަ ކައިރީ ބުނޭ ހުކުރު ދުވަހުން ދާނަމޭ” ނީނާ ބުންޏެވެ.

އިރު ކޮޅެއް ފަހުން ނިޒާރުއާ ނާއިޝް ދިޔަތާ މާ ގިނަ އިރެއް ނުވެ ލަމްޔާ އައެވެ.

“ނީނާ، ހިނގާ މިރޭ ބޭރަށް ދާން…” އެއްޗެހި ބަދަލު ކޮށްލައިގެން އައިސް އިށީންނަމުން ލަމްޔާ ބުންޏެވެ.

“ކޮން ތާކަށް؟” ނީނާ އަހާލިއެވެ.

“އާޒިމް މެންގެޔަށް. އާޒިމްގެ މަންމަ މިއަދު ގުޅާފަ މިރޭ އައިސްދެއްޗޭ ބުނީމަ…” ލަމްޔާ ބުންޏެވެ.

“ދެން އާޒިމްއާ އެކީ ލަމް ދޭބަލަ، އަހަރެން ކީއްކުރަން ދަނީ؟” ނީނާ އަހާލިއެވެ.

“ދެން ފުރަތަމަ އާޒިމްގެ މަންމައަށް ފެންނަން ދާއިރު އެކަނި ދާން ކެރޭތަ؟ ޕްލީޒް… ހިނގާބަލަ!” ލަމްޔާ އެދުނެވެ.

“އެހެންނޭ ވާނީ ރައްޓެހި ވެގެން އަހަރަކަށް ވުރެ ގިނަ ދުވަސް ވީއިރުވެސް އާޒިމްގެ މަންމައަށް ސިއްރު ކޮށްގެން އުޅުނީމަ” ނީނާ ބުންޏެވެ.

“ދެން ތި ހުރިހާ އެއްޗެއް ނުކިޔާ ދާނަމޭ ބުނެބަލަ…” އަތުގައި އޮތް ބާލީސް ނީނާއާ ދިމާއަށް އެއްލާފައި ލަމްޔާ ބުންޏެވެ.

“އާނ… ދެން ލަމް ވިއްޔަ، ދާކަށްނު ޖެހޭނީ…” ނީނާ ހެމުން ބުންޏެވެ.

“ނީނާ… ވާހަކައެއް ބުނަންތަ؟” އެނދުގައި އޮށޯންނަމުން ލަމްޔާ ބުންނެވެ.

“އާނ، ބުނެބަލަ…” ނިނާ ބުންޏެވެ.

“މިއުޅެނީ މެރީ ކުރަން ވެގެން” ލަމްޔާ ނީނާއަށް ބަލާލާފައި ބުންޏެވެ.

“އަސްލުތަ؟” ނީނާ އަހާލިއެވެ. ލަމްޔާ ބޯ ޖަހާލިއެވެ. “ކޮން އިރަކުން؟” ނީނާ އެހެން ސުވާލެއް ކޮށްލިއެވެ.

“ތިން މަސް ފަހުން…” ލަމްޔާ ޖަވާބު ދިނެވެ.

“އެހެންވެ ދޯ އާޒިމްގެ މަންމައާ ބައްދަލު ކުރަން ދާން ތިއުޅެނީ؟” ނީނާ އަހާލިއެވެ.

“ހްމްމްމް…” ލަމްޔާ އާނއެކޭ ބުނުމުގެ ގޮތުން އަޑެއް ލައްވާލިއެވެ.

“މަންމަމެން ކައިރީ ބުނެފިންތަ؟” ނީނާ އެހިއެވެ.

“އަދި ނުބުނަން… އެކަމު ބުނާނަން…” ލަމްޔާ ބުންޏެވެ.

 

އަނެއް ދުވަހު ރާއިފް އޮފީހަކަށް ނާދެއެވެ. މެންދުރު ވީއިރުވެސް ރާއިފް ނާންނާތީ ނީނާ ރާއިފްއަށް ގުޅަން ވެގެން ފޯން ނަގާ ރާއިފްގެ ނަންބަރު ޖަހާލިއެވެ. ނަމަވެސް އެވަގުތު ހިޔާލު ބަދަލު ވިއެވެ. ރާއިފްއަށް ގުޅުމުގެ ބަދަލުގައި ނީނާ ގުޅީ ރާއިފްމެން ގެޔަށެވެ. ފޯން ނެގީ ރިފާޝާއެވެ.

“ދޮންތާ، ރާއިފް އެބަ އުޅޭތަ؟” ނީނާ އެހިއެވެ.

“ގެޔަކު ނެތް. އޮފީހަކަށް ނުދޭތަ؟” ރިފާޝާ އަހާލިއެވެ.

ނުނިމޭ

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ދޭނަން ހިތާ ޖާނާ..!

Next

ތީ ފުރާނައިގެ ދިރުމޭ މަގޭ (7)

Next
January 8, 2016

ތީ ފުރާނައިގެ ދިރުމޭ މަގޭ (7)

Previews
January 7, 2016

ދޭނަން ހިތާ ޖާނާ..!

11 Comments!

  1. Mar Sha Marsha says:
    January 7, 2016 at 10:33 pm

    އަށްވަނަ ބައިވެސް ކިޔުންތެރިންނަށް ކަމުދާނެ ކަމަށް ހީކުރަން، ނުވަވަނަ ބައި ހޮނިހިރު ދުވަހުން ގެނެސްދޭނަން، މާދަމާ ހުކުރު ވީމަ ކުޑަކޮށް ބިޒި ވާނެތީ… ހުރިހާ ކުދިންގެ ކޮމެންޓްސްއަށް ވަރަށް މަރުޙަބާ… ބާއްޖަވެރި ހުކުރު ދުވަހަކަށް އެދެން.

  2. Rau says:
    January 7, 2016 at 10:35 pm

    This part is also very nice ??

  3. Rau says:
    January 7, 2016 at 10:36 pm

    N mi first do

  4. Niz says:
    January 7, 2016 at 10:37 pm

    Hama mi vaahaka reethi kamun niz kiyaafa othas anekka vex kiyeny…vvv reethi igey mi story whn next part..keep it up…

  5. Shyhaa says:
    January 7, 2016 at 10:47 pm

    Mi prt vex varah reethi….Nxt prt haadha lahun…Ekam vex owwk….Stry Writer buny ma jeheyny gaboolu kuraakahnu….Waitin 4 nxt prt….Mi prt kiyaa hithun vex iry iru kolhun esfiya sitah vadhefa balaa levey up kohfitho….Hehehe

  6. shine says:
    January 7, 2016 at 10:49 pm

    Masha Allah… v v v v rythi… mi story hama rythyeyy… Marsha, u r so talented… I love this story.., Criously, v rythi… nxt part avahah up kohdhehchey ingey,. ,plxxxx………

  7. misty says:
    January 7, 2016 at 11:14 pm

    Varah salhi.. Saturday ah sure avahah up kurevee tho balaadhechey.. Plx plx plx

  8. nihaa says:
    January 8, 2016 at 12:01 am

    V reethi hingey……. Avahah up kohdhehchey…plxxx plxxxx v kiyaa hithun mihury……nice hingey….keep it up…;-);-*

  9. Marie ❤ says:
    January 8, 2016 at 2:50 am

    Cant wait for the next.
    V v reethi mi vaahaka.

  10. Mizzy says:
    January 8, 2016 at 10:37 pm

    Alhe maashaa ge vaahaka thah kiyaa kiyaa foosseh nuvey. Mivaahaka ves kiyunu adhadheh neynge. Adhi onnaane nazla kiyaa kujjaku ulhey vaahaka akaa amir kiyaa meehaku ulhey vaahaka eh ves. E dhe story ves varah loabi. Ethah faharaku keen. Ummeedhu kuran e dhe vaahaka ves gennaane kamah. Varah kiyaalaa hiy vey. Adhi emme haassa thankolhaky e story thakuga ulhey kudhin deke loabi vevifa hunnany vaahaka kiyaa nimey iru. Romantic kamun. ♥♥♥♥♥

  11. Mar Sha Marsha says:
    January 9, 2016 at 6:28 am

    ޝުކުރިއްޔާ ހުރިހާ ކުދިން، ވަރަށް އުފާވޭ މާޝާގެ ވާހަކަތަކަށް ތިހާ ޝައުގުވެރި ވާތީ، މިޒީ؛ އިރާދަ ކުރެއްވިއްޔާ އެ ވާހަކަތައްވެސް ގެނެސްދޭނަން މި ސައިޓްގަވެސް، އަދި އާ ވާހަކަވެސް ގެނެސްދޭނަމޭ މާޝާގެ ހިތުގަ އެބަ އޮތް، އަދިވެސް އެއްފަހަރު ހުރިހާ ކުދިންނަށްވެސް ޝުކުރިއްޔާ.

Comments are closed.


All Right Reserved!