Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިތުބާރު ގެއްލުވާ ނުލާ…7

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login
January 6, 2016 7 Mins Read
15 Comments

“އެހެން ކަމެއް އެބަ އޮތްތަ؟” ނީނާ އަހާލިއެވެ.

ރާއިފް ނީނާއަށް ބަލާލިއެވެ. އަދި ބޯ ހަލުވާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. ނީނާ އިތުރު އެއްޗެއް ނުބުނެ ނީނާގެ ގޮނޑީގައި އަޅުވާލާފައި އޮތް ދަބަސް ހިފައިގެން ދާން ހިނގައިގަތެވެ.

“ނީނާ…” އެވަގުތު ރާއިފް ގޮވާލިއެވެ.

ނީނާ އެނބުރިފައި ބަލާލިއެވެ. ނަމަވެސް ރާއިފް އިތުރު އެއްޗެއް ނުބުންޏެވެ.

“ކިހިނެއްވީ؟ ކަމެއް އޮތީތަ؟” ނީނާ އަހާލިއެވެ.

“ކަމެއް އޮތީކީ ނޫން… އެއްޗެއް އަހާލަން ވެގެން… ނީނާ އަދިވެސް ތިހިރީ އަހަރެން ދެކެ ރުޅި އައިއްސަތަ؟” ރާއިފް އަހާލިއެވެ.

ރާއިފް އެ ސުވާލު ކުރުމުން ނީނާ އިރުކޮޅަކު ރާއިފްއަށް ބަލަން ހުރެފައި ޖަވާބެއް ނުދީ ނިކުތެވެ. ރާއިފް ބޮލުގައި އަތް ހާކާލިއެވެ. އެގޮތް ދޫނުކުރާ އަންހެން ކުއްޖާގެ ހިތް ރާއިފްއާ ދިމާއަށް އަނބުރާލާނީ ކިހިނެއް ބާއޭ ރާއިފް ހިތަށް އެރިއެވެ.

އެހިތް ވަނީ މާ ކުރިން ފެށިގެން ރާއިފްއަށް ދެވިފައި ކަމެއް ރާއިފްއަށް އެނގޭނީ ކިހިނެއް ހެއްޔެވެ. އެހިތުގައި ވިންދު ޖަހަނީ ހަމަ އެކަނި ރާއިފްއަށް ޓަކާ ކަމެއް ރާއިފް އަށް އެނގޭނީވެސް ކިހިނެއް ހެއްޔެވެ.

 

ރާއިފް ބޭނުން ވީ ކޮންމެ ގޮތެއް ހަދާފަ ނަމަވެސް ހަތަރު މަސް ތެރޭ ނީނާ ރާއިފްއާ ކައިވެނި ކުރަން އެއްބަސް ކުރުވާށެވެ. ނަމަވެސް އެއީ އެހާ ފަސޭހަ ކަމެއް ނޫން ކަންވެސް ރާއިފްއަށް އެނގެއެވެ. އަދި އަމްދުން ނީނާ ކަހަލަ ކުއްޖަކު އެއްބަސް ކުރުވޭނީ ވަރަށް ވިސްނައިގެން ކަންވެސް ރާއިފްއަށް އެނގެއެވެ.

އެދުވަހުގެ ފަހުން ކޮންމެ ދުވަހަކުވެސް އެތައް ފަހަރަކު ރާއިފް ނީނާ ކައިރިން މާފަށް އެދެއެވެ. ރާއިފް ނީނާއާ މެދު ކަންތައް ކުރާ ގޮތްވެސް ބަދަލު ކުރިއެވެ. ކުރީގައިހެން އަބަދު ނީނާއަށް ޖެއްސުން ކޮށެއް ނަހަދައެވެ. ވާހަކަ ދައްކާ ހަދަނީވެސް ވަރަށް ގާތް ކޮށެވެ. އެހުރިހާ ކަމެއް ނީނާއަށްވެސް ފާހަގަ ކުރެވެއެވެ. ނަމަވެސް ރާއިފް އެހާ ބަދަލު ވާންވީ ސަބަބެއް ނީނާއަކަށް ނުވިސްނުނެވެ. ނީނާއަށް ވިސްނުނު ގޮތުގައި ރާއިފް އެހާ ވަރުން އެއުޅެނީ ނީނާ ރާއިފްއަށް މާފު ކުރޭތޯއެވެ.

މަޑުމަޑުން ނީނާ އެރޭގެ ކަންތައް ހަނދާން ނެތުނެވެ. ލޯބިވާ މީހާގެ ކުށަށް މާފު ނުކޮށް ހުރެވޭނީ ކިހާ ދުވަހެއް ވަންދެންތޯއެވެ. ނީނާގެ ހިތުގައި ރާއިފްއަށް ޓަކާވާ ލޯބި ރާއިފްއަށް މާފު ކުރުމަށް ނީނާއަށް މަޖުބޫރު ކުރިއެވެ.

ރާއިފް އެގޮތަށް ނީނާ ކައިރިން މާފަށް އެދޭތާ ތިން ހަފްތާ ފަހެވެ. އެދުވަހުވެސް އެހެން ދުވަސް ދުވަހު ހެން ނީނާ މެއިލް ޗެކް ކޮށްލިއިރު ރާއިފް މާފަށް އެދި ފޮނުވާފައި އިން މެއިލްއެއް އިނެވެ. އެދުވަހު ފުރަތަމަ ފަހަރަށް ނީނާ ރާއިފްގެ މެއިލްއަށް ޖަވާބު ފޮނުވިއެވެ. ނީނާ ލިޔެލީ ހަމަ އެކަނި “މާފު ކޮށްފިން…” މިހެންނެވެ.

މެއިލް ފެނުމާ އެކު ރާއިފް ނީނާއަށް ބަލާލިއެވެ. އަދި ޝުކުރިއްޔާއޭ ލިޔެލާފައި ޖަވާބެއް ފޮނުވާލިއެވެ. ނީނާ އިތުރު އެއްޗެއް ނުބުނެއެވެ. ފަސް ވަރަކަށް މިނަޓް ފަހުން ރާއިފް ނީނާގެ ފޯނަށް މެސެޖެއް ކޮށްލިއެވެ.

“ހަމަ މާފު ކޮށްފަތަ ތިހެން ތިބުނީ؟ ނޫނީ އުނދަގޫ ވެގެން އެހެން ބުނީތަ؟” ރާއިފްގެ މެސެޖްގައި އިނީ އެހެންނެވެ.

“އަހަރެން ބުނީމެއްނު ހިތުން މާފު ކުރެވުނު ދުވަހަކުންނޭ އެހެން ދުލުން ބުނާނީ…؟” ނީނާ ޖަވާބެއް ފޮނުވާލިއެވެ.

“ނީނާ…” މެސެޖް ލިބުމުން ރާއިފް ގޮވާލިއެވެ. ނީނާ ރާއިފްއަށް ބަލާލިއެވެ.

“ތޭންކްސް…” ރާއިފް ބުނެލިއެވެ. ނީނާ ހީލާފައި އަނެއްކާވެސް މަސައްކަތާއިގެން ކުރިއަށް ދިޔައެވެ.

ނީނާ ހީލުމުން ރާއިފްއަށް ބަލަން އިނދެވުނެވެ. އެ ހިނިތުންވުން ކިހާ ރީތި ހެއްޔެވެ. ހިތާ ހިތުން ރާއިފްއަށް ބުނެވުނެވެ. ނީނާއަށް އޮޅުވާލުން އެއީ އެންމެ ރަނގަޅު ގޮތް ބާއޭ ރާއިފްގެ ހިތަށް އެވަގުތު އެރިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އެ ހިޔާލު ހިތުން ފޮހެލިއެވެ. ނީނާއަށް ފިލާވަޅެއް ނުދީ ރާއިފް މިފަހަރު ހުއްޓައެއް ނުލާނެއެވެ.

ރާއިފްގެ އެ ބަދަލު ވަމުންދާ މިޒާޖާމެދު ވިސްނަން އިންދާ ނީނާގެ ފޯނަށް އަނެއްކާވެސް މެސެޖެއް އައެވެ.

“ނީނާ އަހަންނަށް މާފު ކުރީތީ އެކަން ފާހަގަ ކުރަން މިރޭ ޑިނަރ އަކަށް ދެވިދާނެތަ؟” ނީނާ މެސެޖް ކިޔާލިއެވެ. ކުރިމަތީ އިނދެގެން ދައްކަން ބޭނުން ވާހަކަ އެސްއެމްއެސް މެދުވެރިކޮށް ރާއިފް އެ ދައްކަނީ ކީއްވެ ބާ އޭ ނީނާ ހިތަށް އެރިއެވެ. ނަމަވެސް ނީނާވެސް ޖަވާބު ފޮނުވީ ރާއިފް ސުވާލުވެސް ކުރި ގޮތަށެވެ.

“އެއީވެސް މީހުން ފާހަގަ ކުރާ ކަމެއްތަ؟” ނީނާ މެސެޖެއް ފޮނުވާލިއެވެ.

“މާފު ލިބޭތޯ މަސައްކަތް ކުރަމުން ގޮސް ހިތްވެސް ބަދަލު ވެއްޖެ….” ރާއިފް ޖަވާބު ފޮނުވިއެވެ.

ނީނާ ރާއިފްގެ ޖަވާބު ފެނުމުން ޔަގީން ނުވެފައި އިނދެ ރާއިފްއަށް ބަލާލިއެވެ.

ނީނާ ބުނާނީ ކީކޭބާއޭ ރާއިފް ހިތަށް އެރިއެވެ. ނީނާ ދެކޮޅު ހަދައިފިއްޔާ ދެން ހަދާނީ ކިހިނެއް ހެއްޔެވެ. ދެންވެސް ކަންތައް ކުރާނެ އެކި ގޮތްގޮތާ މެދު ރާއިފް ވިސްނަން އިނދާ ނީނާ ތެދުވެގެން ކެބިންއިން ނިކުންނަން ދިޔައެވެ.

“ނީނާ…” ރާއިފް ގޮވާލިއެވެ. ނަމަވެސް އެއަޑު އިވުނު ކަމަށްވެސް ނަހަދާ ނީނާ ނިކުމެގެން ދިޔައީއެވެ.

ނީނާ އެހެން ހެދުމުން ރާއިފް މާޔޫސް ވިއެވެ. ބުނެދޭން ނޭނގޭ ކަހަލަ ގޮތެއް ރާއިފްގެ ހިތަށް ވިއެވެ. ނަމަވެސް ރާއިފް އެކަން މާބޮޑު ކަމަކަށް ނަހަދާ ރާއިފްގެ ޕްލޭން ކާމިޔާބު ކުރާނެ ގޮތަކާމެދު ވިސްނަން ފެށިއެވެ.

ފަނަރަ ވަރަކަށް މިނަޓް ފަހުން ނީނާ އައިސް އިށީނދެ މަސައްކަތް ފެށިއެވެ. ރާއިފް ތެދުވެގެން ގޮސް ނީނާގެ މޭޒު ކައިރީ ހުރި ގޮނޑީގައި އިށިނެވެ. ނީނާ ހައިރާން ވެފައި ރާއިފްއަށް ބަލާލިއެވެ.

“އަހަރެންނަށް ނީނާގެ ފްރެންޑަކަށްވެސް ނުވެވޭނެތަ؟” ރާއިފް އަހާލިއެވެ.

“ރާއިފް ކަހަލަ މީހެއްގެ ފްރެންޑަކަށް ވާހާ ހާއްސަ މީހެއް ނޫން އަހަންނަކީ” ނީނާ ބުނެލިއެވެ.

“އަހަންނަކަށް ހިއެއް ނުވޭ ނީނާ އަހަންނަށް ހަމަ އަސްލުވެސް މާފު ކުރި ހެނެއް… އަހަންނަށް ހަމަ ހީވަނީ އުނދަގޫ ވެގެން އެހެން ބުނީހެން…” ރާއިފް ބުނެލިއެވެ.

“ހިތުގަ އެހެން އެއްޗެއް ބާއްވާފަ އަހަރެން އެހެން އެއްޗެއް ނުބުނާނަން، އެއީ އަހަރެންގެ ގޮތެއް ނޫން. އަސްލުވެސް މާފު ކޮށްފަ އެހެން ބުނީ. ގަބޫލު ކުރޭ” ނީނާ ބުންޏެވެ.

ނީނާ އެހެން ބުނުމުން ރާއިފްއަށް އިސް ޖަހާލެވުނެވެ. ކުރަން އުޅޭ ކަންތައް ހިތަށް އަރާފައެވެ. ނަމަވެސް މަގްސަދު ހަނދާން ކޮށްލާފައި އަނެއްކާވެސް ނީނާއާ ދިމާއަށް ބަލާލިއެވެ.
“އަހަންނަކީވެސް މާ ހާއްސަ މީހެއް ނޫނޭ، ދެން ކީއްވެތަ ނީނާއަށް އަހަރެންގެ ފްރެންޑަކަށް ނުވެވޭނީ؟” ރާއިފް އަހާލިއެވެ.

ނީނާ ޖަވާބެއް ނުދީ މޭޒުމަތީ އޮތް ހީރަސް ދައްޗާ ކުޅެލަ ކުޅެލާ އިނެވެ.

“ކީއްވެތަ ޑިނަރއަށް ދާން ބުނީމަ އާންސަރ އެއް ނުދިނީ؟” އިރުކޮޅެއް ފަހުން ރާއިފް އަހާލިއެވެ.

“އަހަރެން ތެދަށް ބުނެފިއްޔާ ރާއިފް ހިތްހަމައެއް ނުޖެހޭނެ…” ނީނާ ބުނެލިއެވެ.

“އެއީ ކީއްވެ؟ ކީކޭ ބުނަން ތިއުޅެނީ؟” ރާއިފް އަހާލިއެވެ. ނަމަވެސް ނީނާ އެއްޗެއް ނުބުނެއެވެ. “ބުނެބަލަ…!” ރާއިފް އެދުނެވެ.

“އަހަންނަކަށް ގަބޫލެއް ނުކުރެވޭ ރާއިފް އަހަންނާ މެދު ދެކޭ ގޮތް ބަދަލު ވެދާނެ ކަމަކަށް” ނީނާ ބުންޏެވެ.

ނީނާ އެހެން ބުނުމުން ރާއިފް ބުނާނެ އެއްޗެއް ނުވިސްނިފައި ނީނާއާ ދިމާއަށް ބަލަހައްޓައިގެން އިނެވެ. ނީނާއަށް ހަމަ އެހާ ރަނގަޅަށް ރާއިފް އެނގެނީ ހެއްޔެވެ.

“އަހަރެން ކިހިނެއް ހެދިއްޔާ ނީނާއަށް ގަބޫލު ކުރެވޭނީ؟” ރާއިފް އަހާލިއެވެ.

“ތިހެން ބުނާކަށް ނޭނގެ. ތީ ތެދަކަށް ވަންޏާ ވަގުތު ބޭނުން ވާނެ” ނީނާ ބުންޏެވެ.

 

އޭގެ ފަހުންވެސް ކޮންމެ ދުވަހަކުވެސް މަދު ވެގެން އެއް ފަހަރު ރާއިފް ނީނާއަށް މެސެޖް ކޮށްލައެވެ. ނުގުޅަނީ ނީނާ ރާއިފްގެ ފޯން ނުނަގާތީއެވެ. ރާއިފްގެ މެސެޖަށްވެސް ނީނާ ޖަވާބު ފޮނުވާ ފަހަރަށް ވުރެ ގިނަ ވާނީ ނުފޮނުވާ ފަހަރެވެ. ނަމަވެސް އަދިވެސް ރާއިފް ގޮތް ދޫކުރާކަށް ގަސްދެއް ނުކުރެއެވެ.

ހަފްތާއެއްހާ ދުވަސް ފަހެވެ. އޮފީހުގައި މަސައްކަތް ގިނަ ކަމުން ނީނާއަށް އެރޭ ގެޔަށް ދެވުނީ އަށެއް ޖަހަން އުޅެނިކޮށެވެ. އެންމެ ފަހުން އޮފީހުން ނިކުތް މީހުންގެ ތެރޭ ނީނާއާ ޝަހުދާ ހިމެނެއެވެ. ގެޔަށް އައިސް ފެންވަރާލައިގެން ނީނާ ސިޓިންގ ރޫމްގައި އިށީންތަނާ ފޯނެއް އައެވެ. ނަމްބަރު ބަލާލާފައި ނީނާ ފޯނަށް ބަލަން އިނީ ނަގާނީތޯ ނުނަގާނީތޯ ވިސްނާށެވެ.

“ސާބަސް… ތިހެން ނީނދެ ތި ފޯނު ނަގާބަލަ…!” ނީނާގެ ފޯނަށް ބަލާލާފައި ލަމްޔާ ބުންޏެވެ.

ނީނާ ލަމްޔާއަށް ބަލާލާފައި ފޯން ނަގާ ކަންފަތުގައި ޖައްސާލިއެވެ.

“ހަލޯ؟” ނީނާ ގޮވާލިއެވެ.

“އަހަރެން ހީކުރީ މިފަހަރުވެސް ފޯނެއް ނުނަގާނެ ކަމަށް” އެ ކޮޅުން ރާއިފް ބުންޏެވެ.

“ކީއްކުރަން ތި ގުޅީ؟” ނީނާ އަހާލިއެވެ.

“ހަމަ ނޭނގޭތަ؟” ރާއިފްވެސް ސުވާލެއް ކޮށްލިއެވެ.

“ބުނެބަލަ ދެން… ކިހިނެއްވީ؟ އަނެއްކާ އޮފީހަށް ދާންވީތަ؟” ނީނާ އަހާލިއެވެ.

“ނޫނޭ… އަހަރެން މިހިރީ ތިގޭ ތިރީގަ. މައްޗައް އެރިއްޔާ ވައްދާނަންތަ؟” ރާއިފް އަހާލިއެވެ.

ނީނާ ލަމްޔާއަށް ބަލާލިއެވެ. އަދި އިޝާރާތުން ރާއިފް ބުނި އެއްޗެއް ލަމްޔާ ގާތު ބުންޏެވެ.

“އާނއެކޭ ބުނޭ…” ލަމްޔާ މަޑުމަޑުން ބުންޏެވެ.

“ގޭ ދޮރުމަތީގަ ހުއްޓާ ނުވައްދާ ފޮނުވާލާކަށް ނުވާނެ ދޯ؟ އަރާ އަވަހަށް މައްޗަށް” ސަމާސާ ރާގަކަށް ނީނާ ބުންޏެވެ.

ރާއިފް ފޯން ބޭއްވުމާއެކު ނީނާ ދުވެފައި ކޮޓަރިއަށް ވަންނަން ދިޔައެވެ.

“ކޮންތާކަށް؟” ލަމްޔާ އަހާލިއެވެ.

ނީނާ ލައިގެން ހުރި ޓީޝާޓުގައި ހިފާ ދަމާލާފައި ލަމްޔާއަށް ދައްކާލިއެވެ.

“ގެޔަށް މީހަކު އަންނަ އިރު މި ލައިގެން ހުރެވޭތަ؟ އަންނާނަން އެއްޗެހި ބަދަލު ކޮށްގެން” ނީނާ ބުންނެވެ. އަދި އަވަހަށް ކޮޓަރިއަށް ވަނެވެ.

“މީހަކު އަންނާތީތަ؟ ނޫނީ ރާއިފް އަންނާތީތަ؟” ލަމްޔާ ނީނާއާ ދިމާ ކޮށްލިއެވެ.

“ސާބަސް ލަމްއަށް…” އެތެރޭން ނީނާ ބުނި އަޑު އިވުނެވެ.

އިރުކޮޅެއް ނުވެ ދޮރުގައި ޓަކި ޖަހާލި އިރަށް ލަމްޔާ ދޮރު ހުޅުވިއެވެ. ރާއިފް އެތެރެއަށް ވަނެވެ.

“ކޮބާ ނީނާ؟” އިށީނދެފައި ރާއިފް އަހާލިއެވެ.

“އެބަ ނިކުމޭ” ލަމްޔާ ބުންޏެވެ.

އެވަގުތު ނީނާ މަޑުނޫކުލައިގެ ކުރުތާއަކާ ކަޅު ޖީންސެއް ލައިގެން ނިކުތެވެ. ހަރުވާޅު ހެދުމެއްގައި ނޫނީ ރާއިފްއަށް ނީނާ ފެނުނު މީ ފުރަތަމަ ފަހަރެވެ. އޮފިހުގައި ނީނާ ފެންނަ ގޮތާ ތަފާތު ކަމުން ރާއިފްއަށް ނީނާއާ ދިމާއަށް ބަލަން އިނދެވުނެވެ.  

“ކަމަކުތަ؟” ނީނާ އަހާލިއެވެ. ނޫނެކޭ ބުނުމުގެ ގޮތުން ރާއިފް ބޯ ހަލުވާލިއެވެ.

“އެބަ އަންނަން އިނގޭ” އެވަގުތު ލަމްޔާ އެހެން ބުނެފައި ކޮޓަރިއަށް ވަނެވެ.

“އިށީނދެބަލަ!” ނީނާ ކޮޅަށް ހުރުމުން ރާއިފް ބުންޏެވެ.

“އަސްލު ކީއްކުރަން ރާއިފް މިގެޔަށް ތިއައީ؟” އިށީނދެފައި ނީނާ އަހާލިއެވެ.

“އަހަރެން އައީ ކީއްކުރަން ކަމެއް ނީނާއަކަށް ނޭނގޭތަ؟” ރާއިފް އަހާލިއެވެ.

“އަހަންނަށް ކިހިނެއް އެނގޭނީ؟” ނީނާ އެހިއެވެ.

“އަހަރެން ބުނިއްޔާ ނީނާ ގަބޫލު ކުރާނަންތަ؟” ރާއިފް އަހާލިއެވެ.

“ކުރެވެންޏާ ކުރާނަން… ނުކުރެވެންޏާ ދެން ކުރާނެ ކަމެއް ނެތް…” ނީނާ ބުންޏެވެ.

“އަހަރެން ކަންތައް ކުރި ގޮތުން ނީނާއަށް އަހަރެން ދައްކާ ވާހަކަ ގަބޫލު ކުރަން އުނދަގޫ ވާނެކަން އެނގޭ… އެކަމަކު އެފޮޓޯ… އެދުވަހުން ފެށިގެން އަހަރެންގެ ލައިފް ބަދަލު ވެއްޖެ… އޭގެ ކުރިން އަހަރެން ކުރަން ހިތަށްވެސް ނާރާ ކަމެއް މިހާރު ކޮންމެ ގޮތެއް ހަދާފަވެސް އަހަރެން ބޭނުން ކުރަން” ރާއިފް ބުންޏެވެ. އެ ވާހަކައިގައި ދެމާނަ ވާކަން ނީނާއަށް ނޭނގުނަސް އެކަން ރާއިފްއަށް އެނގެއެވެ.

ނީނާ އެއްޗެއް ނުބުނެ އިނެވެ.

“ނީނާ… އެއްޗެއް ބުނެބަލަ…” ރާއިފް ބުންޏެވެ.

“އަހަރެން ކީކޭތަ ބުނަންވީ؟” ނީނާ ކޮށްލީ ސުވާލެކެވެ.

“އަހަރެން މިބުނާ އެއްޗެއް ނީނާއަށް ނުވިސްނެނީތަ؟” ރާއިފް އަހާލިއެވެ.

ދެންވެސް ނީނާ އެއްޗެއް ނުބުންޏެވެ.

“ނީނާ…” ރާއިފް އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް އެވަގުތު ދޮރުގައި ޓަކި ޖަހާލި އަޑު އިވުނެވެ.

ނީނާ ތެދުވެގެން ގޮސް ދޮރު ހުޅުވާލިއެވެ. ބޭރުގައި ހުރީ އާޒިމްއެވެ.

“ލަމް ނޫޅެނީތަ؟” އެތެރެއަށް ވަންނަމުން އާޒިމް އަހާލިއެވެ.

“ނޫން، އެބަ އުޅޭ… އަންނާނަން ގޮވާލާފަ” ނީނާ ބުންޏެވެ. އަދި ލަމްޔާއަށް ގޮވަން ދިޔައެވެ.

“ރާއިފް…؟” ރާއިފް ފެނުމުން އާޒިމް ގޮވާލިއެވެ.

“އާޒިމް…!” ރާއިފްވެސް އާޒިމް ފެނުމުން ގޮވާލިއެވެ.

“ރާއިފް މިގޭގަ ކީއް ކުރަނީ؟”

“އާޒިމް ދަންނަންތަ ނީނާ؟” ރާއިފްއަށާ އާޒިމްއަށް އެއްފަހަރާ އެކަކު އަނެކަކާ ސުވާލު ކޮށްލެވުނެވެ.

“ރާއިފް… އާޒިމްއަކީ ލަމްގެ ބޯއިފްރެންޑް” ނީނާ ރާއިފްއަށް އާޒިމް ތައާރަފް ކޮށްދިނެވެ. “ރާއިފް އަކީ—”

“ވީ އާރ ފްރެންޑްސް… ދޯ ނީނާ؟” ނީނާ ބުނަން އުޅުނު އެއްޗެއް މެދު ކަނޑާލަމުން ރާއިފް ބުންނެވެ. ނީނާ ރާއިފްއަށް ބަލާލާފައި ބޯ ޖަހާލާފައި ލަމްޔާއަށް ގޮވަން ދިޔައެވެ.

ނީނާއާ ލަމްޔާ ނިކުތް އިރު އާޒިމްއާ ރާއިފް ތިބީ ވާހަކަ ދައްކާށެވެ.

“އާޒިމް ކިހިނެއް ރާއިފް ދަންނަނީ؟” ލަމްޔާ އަހާލިއެވެ.

“އަހަރުމެން އެކީގަ ސްކޫލްގަ އުޅުނީ” އާޒިމް ޖަވާބު ދިނެވެ.

އެރޭ ބާރަ ޖަހަން ދެން ރާއިފް އެގޭގައި އިނެވެ. ނަމަވެސް ގިނަ ވަގުތު ހޭދަވީ އާޒިމްއާ ވާހަކަ ދައްކާށެވެ. ދެމީހުން ކައިރީގައި ނީނާއާ ލަމްޔާވެސް ތިއްބެވެ. ބާރަ ޖެހިތަނާ ފުރަތަމަ ދާން ތެދުވީ އާޒިމްއެވެ. ލަމްޔާ އާޒިމްއާ އެކީ ނިކުތެވެ.

“ދާންވީ ދޯ ދެން؟” ރާއިފް އަހާލިއެވެ.

“ދާން ޖެހޭނެއެއްނު؟” ނީނާ ބުންޏެވެ.

ރާއިފް ތެދުވިއެވެ. ނީނާވެސް ރާއިފްއާ އެކީ ތެދުވިއެވެ. ރާއިފް ދެ ފިޔަވަޅެއް އަޅާލާފައި އެނބުރުނެވެ.

“ނީނާ…” ރާއިފް ގޮވާލިއެވެ.

ނީނާ ރާއިފްއަށް ބަލާލިއެވެ.

“އަހަންނަށް އެނގޭ އަހަރެން ބުނަން މިއުޅޭ އެއްޗެއް ނީނާއަށް އެނގޭ ކަން… އަހަރެން ހީކުރަން އެކަމާ ނީނާ ވިސްނާނެ ކަމަށް” ރާއިފް ބުންޏެވެ.

ނީނާއަށް ޖަވާބުގައި އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ލަމްޔާ އެތެރެއަށް ވަނެވެ.

“ރާއިފް، ދަނީތަ؟” ލަމްޔާ އަހާލިއެވެ.

“އާނ… ދެން ދަނީ” ރާއިފް ބުންޏެވެ. އަދިވެސް އެއްފަހަރު ނީނާއަށް ބަލާލާފައި ރާއިފް އެގޭން ނިކުތެވެ.

“ކީކޭތަ ބުނީ؟” ރާއިފް ނިކުތުމުން ދޮރު ލައްޕާލާފަ އައިސް ލަމްޔާ އަހާލިއެވެ.

ނީނާ ރާއިފް ދެއްކި ވާހަކަ ލަމްޔާއަށް ކިޔާދިނެވެ.

“އޭނަ އެބުނަނީ އޭނަ ނީނާ ދެކެ—” ލަމްޔާ އެއްޗެއް ބުނަން އުޅުނެވެ.

“ލަމް… ނުބުނާތި… ތި ވާހަކަ ނުދައްކާ، ހިނގާ ނިދަން ދާން” ނީނާ ބުންޏެވެ.

“ކީއްވެތަ؟” ލަމްޔާ އަހާލިއެވެ.

“އަހަންނަށް ގަބޫލު ނުކުރެވެނީ…” ނީނާ ކޮޓަރިއަށް ވަންނަމުން ބުންޏެވެ.

“އެކަމަކު…”

“ހެޔޮ ލަމް… އަހަރެން ބޭނުމެއް ނޫން ތި ވާހަކަ ދައްކާކަށް” މިފަހަރުވެސް ނީނާ ލަމްޔާ ބުނަން އުޅުނު އެއްޗެއް ފުރިހަމަ ވިޔަ ނުދިނެވެ.

 

އަނެއް ދުވަހު ނީނާ އޮފީހަށް ދިޔަ އިރު އެހެންނާ ނުވާ ކަމެއް ވިއެވެ. ގަޑި ޖެހުނު އިރުވެސް ރާއިފް އޮފީހަށް ނާދެއެވެ. ނީނާ ކުރަން ހުރި މަސައްކަތް ކުރަން ފެށިއެވެ. ނަމަވެސް ދިހައެއް ޖެހި އިރުވެސް ރާއިފް ނާދެއެވެ. މުހިންމު އެތަށް ފޯންކޯލެއް އައެވެ. އެގާރަ ޖަހާ އިރަށް މީޓިންގ އެއްވެސް އޮތެވެ. ނަމަވެސް ދިހަގަޑި ބައިވީއިރު ވެސް ރާއިފް އޮފީހަކަށް ނާދެއެވެ.

އެގާރަ ޖަހަން ފަނަރަ މިނެޓަށް ވުމުން ނީނާ ނިކުމެ ބޭރު ބަލާލިއެވެ. ރާއިފް އާދޭތޯއެވެ. އަނެއްކާވެސް އެތެރެއަށް ވަދެ ފޯން ނަގާ ރާއިފްގެ ނަމްބަރު ޖަހާފައި ފޯނަށް ބަލަން ހުރީ ހަމަ ގުޅަން ވީތޯ ހިތާހިތާ ސުވާލު ކުރާށެވެ.

ނީނާއަށް ގޮތެއް ނުނިންމިގެން އުޅެނިކޮށް ރާއިފް އައިސް ވަނެވެ.

“ހޭ ނުލެވުނީ… ދެންމެ ރިއު ގޮވީމަ ހޭލެވުނީ” ނީނާ ބަލާލުމުން ރާއިފް ބުންޏެވެ.

“އެގާރަ ޖަހާއިރު—” ނީނާ ބުނަން އުޅުނެވެ.

“އެނގޭ… ހަނދާން އެބަހުރި… އެކަމަކު މިއަދު ކިހިނެއް ދެން ދާނީ؟ ގުޅާލާފަ ބުނޭ މާދަމައަށް ފަސް ކޮށްދޭށޭ” ރާއިފް ބުންޏެވެ.

ނީނާ ރާއިފް ބުނި ގޮތަށް ކަންތައް ކުރިއެވެ.

“ނީނާ ގުޅާލިނަމަ…” ގޮނޑީގައި އިށީނދެ ލެޕްޓޮޕް ހުޅުވާލާފައި ރާއިފް ބުނެލިއެވެ.

“އަހަންނަށް ކިހިނެއް އެނގޭނީ ރާއިފްއަށް ހޭ ނުލެވުނީ ކަމެއް؟ ފަހަރެއްގަ މުހިންމު ކަމެއް ޖެހިގެންވެސް ނާދެވިދާނެއެއްނު؟” ނީނާ އަހާލިއެވެ.

އެރޭވެސް އޮފީސް ނިމުނީ އަށެއް ޖަހަން އުޅެނިކޮށެވެ. ނީނާ ދަބަސް ހިފައިގެން ނިކުތުމުން ރާއިފްވެސް ނީނާއާ އެކީ ނިކުތެވެ.

“އެކަނިތަ ދަނީ؟ އަހަރެން ގެންގޮސްދެންތަ؟” ބޭރަށް ނިކުމެފައި ރާއިފް އަހާލިއެވެ.

“ނޫން… އާޒިމް އެބައާދޭ ބަލާ” ނީނާ ބުންޏެވެ.

އާޒިމް އަންނަން ދެން ރާއިފް ނީނާއާ ވާހަކަ ދައްކަން މަޑު ކުރިއެވެ. އާޒިމްއަށް ނާދެވެނީސް އެތަނަށް ނަސްރު އައިސް މަޑު ކޮށްލިއެވެ.

“މިރޭ ގެޔަށް ނުދާ ރެއެއްތަ؟” ސައިކަލު މަޑުކޮށްލާފައި ނަސްރު އަހާލިއެވެ.

“ނޫނޭ… ނީނާ ބަލާ އަންނަން ދެން މަޑުކޮށްލީ” ރާއިފް ބުންޏެވެ.

ނަސްރު ރާއިފްއާ ދިމާއަށް ބަލާލާފައި ބުމަ އަރުވާލިއެވެ. ކޮން ކަމެއްހޭ އަހާލާ ފަދަ ގޮތަކަށެވެ. ރާއިފް އެވަގުތު ދެފަރާތަށް ބޯ ހަލުވާލިއެވެ.

“ނީނާ…” ނަސްރު ގޮވާލިއެވެ. ނީނާ ނަސްރުއަށް ބަލާލިއެވެ.

“އަސްލު އެދުވަހު އެ ފޮޓޯ… ސޮރީ އިނގޭ! އަހަރެން ހަމަ މަޖަލަކަށް ކޮށްލި ކަމެއް އެއީ… ނަތިންގ ޕަރޒަނަލް، އެއްޗެއް ހީ ނުކުރައްޗޭ” ނަސްރު ބުންޏެވެ. ނީނާ އެއްޗެއް ނުބުނެ ރާއިފްއަށް ބަލާލިއެވެ. އެވަގުތު އާޒިމް އައިސް މަޑު ކޮށްލިއެވެ.

“އޭ އާޒިމް؟” އާޒިމް ފެނުމުން ނަސްރު ގޮވާލިއެވެ.

“ނަސްރު… ހާދަ ޒަމާނެއް ވެއްޖެއޭ ދޯ ނުފެންނަތާ؟ ކިހިނެއްތަ؟” ސްކޫލް ދައުރުގެ ރައްޓެއްސެއް ފެނުމުން އާޒިމްވެސް ސުވާލެއް ކޮށްލިއެވެ.

“އަހަރެން ހަމަ ރަނގަޅު… ތީތަ ނީނާގެ…” ނަސްރު ކުރަން އުޅުނު ސުވާލު ފުރިހަމަ ނުކޮށް ހުއްޓާލިއެވެ.

“ނޫނޭ… ނީނާ އެއީ އަހަރެންގެ ވާންއުޅޭގެ ފްރެންޑެއް” ނަސްރުގެ ސުވާލު ވިސްނުމުން ހީލާފައި އާޒިމް ބުންޏެވެ.

ނީނާ އާޒިމްގެ ފަހަތުގައި އިށީނެވެ.

“ދިޔައީޔޭ” އާޒިމް ބުންޏެވެ.

 

“ކޮން ކަމެއް ރާއިފް؟ އަހަންނަށް ހީވި ރާއިފް ބުނިހެން އެއީ ރާއިފްގެ ޓައިޕްއެއް ނޫނޭ… އެކަމަކު އެނަ ބަލާ އަންނަން ދެން އެނަ ކައިރީ މަޑު ކޮށްފަ، ކޮން ކަމެއް މީ؟” ނީނާއާ އާޒިމް ދިޔުމުން ނަސްރު އަހާލިއެވެ.

“އަހަރެންގެ ޓައިޕްއެއް ނޫން… އެކަމަކުވެސް އޭނަޔާ އިންނަން މިއުޅެނީ” ރާއިފް ބުންޏެވެ.

“ކީކޭ؟” ނަސްރުއަށް ގަބޫލު ނުކުރެވިގެން އަހާލެވުނެވެ.

ނުނިމޭ

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ދަރިފުޅު (8)

Next

އަނިޔާ… 29 ވަނަ ބައި

Next
January 7, 2016

އަނިޔާ… 29 ވަނަ ބައި

Previews
January 6, 2016

ދަރިފުޅު (8)

15 Comments!

  1. Mar Sha Marsha says:
    January 6, 2016 at 11:30 pm

    ލަސްވީތީ ފުރަތަމަވެސް މާފަށް އެދެން، ހަމަ ވަގުތު ވީ އިރަށް އަޕްކޮށްލީ މި… ހީކުރަން ކިޔުންތެރިންނަށް އަށް ވަނަ ބައި މާދަމާ ގެނެސްދޭނަން.. މިބައިވެސް ކަމުދާނެ ކަމަށް.

  2. Shyhaa says:
    January 6, 2016 at 11:41 pm

    Yay….Mi faharuvex 1st dhw….
    BTW Mi prt vex varah salhi….Keep it up….Kn irakun nxt prt???Avahah up kohla dhehchey…

  3. shine says:
    January 7, 2016 at 12:07 am

    wowww… haadha ryhcheyyy… avahah up kohdhehchey…. Waiting waiting….. nxt prt ah….

  4. lidhoo says:
    January 7, 2016 at 12:40 am

    Varah furihama

  5. yaana says:
    January 7, 2016 at 12:51 am

    its v nice

  6. Nukko says:
    January 7, 2016 at 8:21 am

    Mi story haadha hadiey. Emmen scene ehvex nunimaa part that kurukohlaafa hunnany. Komme dhuvahaku part eh ehaa kuru koh! Nikko ah vex miahvureh ramngalhah vaahaka liyeveyne

  7. Niz says:
    January 7, 2016 at 8:34 am

    Niz keen mivahaka fothakun…mee copy eh dhw……aslu mivaahaka v reethi….

    1. Think says:
      January 7, 2016 at 10:12 pm

      Niz Marshaa mi stry ge 6 vana prt gaa buni mi stry ohnaane a publish koh fa e e marshaa ey.So mauloomaathah takaa bunelan.

  8. zaa says:
    January 7, 2016 at 8:36 am

    V salhi.next part ah inthizaarukuran….

  9. mj vc says:
    January 7, 2016 at 8:41 am

    Hehe… rythi v matha hadiey thibuny.. nd v majaa vey kudhin thi gothah hadiey kiya kiyaafavx story kiyaathy… hadiyya kyhkuran kiyaa story eh.. hama eh gothakahvx understand eh nuvey kyhve kameh….. nd kurey kiyaa varakah pary thah kureh noon… by the way, nikko kyhvetha story eh nuliyany… alhe liyelaba… eyrah mi story ah vure maa perfct vaane ehnun:)… i hope i can read a story written by u, soon:)..

  10. Luyoona says:
    January 7, 2016 at 9:17 am

    vvvv reethi when is the next part

  11. Rau says:
    January 7, 2016 at 5:59 pm

    Vvv ryti

  12. Maree says:
    January 7, 2016 at 7:14 pm

    Hey Marsha Varah nice story 🙂

  13. Firoo says:
    January 7, 2016 at 8:57 pm

    Mi vaahaka nulhaahiku reethi.

  14. Mar Sha Marsha says:
    January 7, 2016 at 10:25 pm

    thnx hurihaa kudhin.. mihaaru 8 vana bai up kollany mi

Comments are closed.


All Right Reserved!