“އަނޫޝާ…!” އަނޫޝާ ސިއްސައިގެން ދިޔައެވެ. އަވަސް އަވަހަށް ލޯ ފޮހެލިއެވެ. “ދާން ވެއްޖެ… ދޫކޮށްލާ…” އަނޫޝާ ބުންޏެވެ. ޒިހާން އެއްޗެއް ނުބުނެ އަނޫޝާގެ އަތުގައި ހިފަހައްޓައިގެން އިން ގޮތަށް ދިނެވެ. “ޒިހާން، ޕްލީޒް…” އަނޫޝާ ދޮރާ ދިމާއަށް ބަލާލިއެވެ. “ދުވަހަކުވެސް މިހެން ދެތިން މިނެޓަށް ވުރެ ގިނައިރު ވަންދެން އަހަންނަށް އަނޫއާ ވާހަކަ ދައްކާލަން ޗާންސެއް ލިބޭނެތަ؟” ޒިހާން އަހާލިއެވެ. “އަހަރެން ކީއް ކުރާނީ؟ ޒިހާންއަށް އެނގޭނެ—” “އަނޫޝާ!” ދޮރުގެ އަނެއް ފަރާތުން އަޑު އައެވެ. އަނޫޝާ […]
“ސޯ… ދެން ނަޒޫ، ވިލް ޔޫ މެރީ މީ؟” ނަދީމްމެން ނިކުތުމުން އާސިމް ނަޒްލާގެ އަތަށް ފިތާލަމުން އަހާލިއެވެ. “ޔެސް…” ނަޒްލާ ވަގުތުން ޖަވާބު ދިނެވެ. ނަޒްލާގެ އަތްތިލަ ގެނެސް ތުންފަތުގައި ޖައްސާލަމުން އާސިމް ލޯމަރާލިއެވެ. “އާސިމް… އަހަރެން ސުވާލެއް ކޮށްލަންތަ؟” ނަޒްލާ އަހާލިއެވެ. ނަޒްލާ ކުރަން އުޅެނީ ކޮން ސުވާލެއް ކަން އާސިމްއަށް އެނގުނެވެ. އާއެކެ ބުނުމުގެ ގޮތުން ބޯޖަހާލަމުން އެސުވާލުގެ ޖަވާބު ދޭން އާސިމް ތައްޔާރު ވިއެވެ. “އޭރު… ކީއްވެ؟” ނަޒްލާ އަހާލީ ހަމަ […]
“އަހަންނަށް ހީވާ ގޮތް ބުނަންތަ؟ ނަޒޫ ޒައިންއަށް ޓަކާ އާސިމްއަށް މާފު ކޮށްފީމޭ ބުންޏަސް، އަދި ހިތުގެ އަޑިން މާފު ނުކުރެވެނީ. އެހެން ނޫން ނަމަ އޭރުގެ ކަންތައް ނަޒޫގެ ހިތުގަ މިހާރަކު ނޯންނާނެ” ރީހާން ބުންޏެވެ. ނަޒްލާ އެއްވެސް އެއްޗެއް ނުބުނެ އިނީއެވެ. “ޔޫ ލަވް ހިމް ސޯ މަޗް… ޓޫ މަޗް… ދެޓްސް ވައި އިޓް އިޒް ސޯ ޑިފިކަލްޓް ފޯ ޔޫ ޓު ފޮގިވް ހިމް…” ނަޒްލާ އެއްޗެއް ނުބުނުމުން ދެންވެސް ވާހަކަ […]
ނަޒްލާ ރޯތަން ބަލާކަށް އާސިމްއަކަށް ނުހުރެވުނެވެ. އެހުރިހާ ދުވަސް ވަންދެން ނަޒްލާއާ ދުރުގައި ހުރުމަށް އަމިއްލަ ނަފްސަށް މަޖުބޫރު ކުރަމުން އެކަން ކާމިޔާބު ކުރަމުން ދިޔަ ނަމަވެސް އެވަގުތު އާސިމްއަކަށް ނަޒްލާއާ ދުރަކު ނުހުރެވުނެވެ. “ނަޒޫ…” އާސިމްއަށް ގޮވާލެވުނެވެ. ދެތިން ފިޔަވަޅު އަލާލަމުން ނަޒްލާ ކައިރިއަށް ހުއްޓި ނަޒްލާގެ މޫނުގައި ދެއަތުން ހިފާލިއެވެ. ނަޒްލާ އާސިމްއާ ދިމާއަށް ބަލާލިއެވެ. “ޝްޝްޝް…” އާސިމް މަޑުމަޑުން ބުންޏެވެ. ނަޒްލާއަށްވެސް އެވަގުތު އާސިމްއާ ދުރަކަށް ނުދެވުނެވެ. އިސް ޖަހާލައިގެން ރޮވިފައި ހުރީއެވެ. […]
“ނަޒޫ އުޅެނީ ރީހާންއާ އިންނަން… އޭނަ އާއެކޭ ބުނެފި” ނަދީމް އިތުރަށް މަޑު ކުރަން ނަހަދާ ސީދަލަށް ބުންޏެވެ. އާސިމްއަށް އެއްޗެއް ނުބުނެވުނެވެ. އިސްޖަހައިގެން ހުރި ގޮތަށް ހުރީއެވެ. އެއަޑު އަހާފައި މެއަށް ވީތަދުން ކޮޅަށް ހުރެވެނީ ކިހިނެއް ބާއޭ އާސިމް ހިތަށް އެރިއެވެ. ދެންމެ ދެންމެ ހިތް ފަޅައިގެން ހިނގާއިދާނެޔޭ އާސިމްއަށް ހީވިއެވެ. އަޑުގެ ކޮޅަށް ހަޅޭ ލަވާފައި އެކަން ދޮގު ކުރަން ބޭނުން ވިއެވެ. ނަޒްލާ ކައިރިއަށް ގޮސް އެހެން ނަހަދާށޭ ބުނެ އާދޭސް […]
އަސްމާ ޝާއިރުއަށް ބަލާލީ އެސުވާލަށް ޖަވާބު ދޭން އަސްމާ ބޭނުން ނުވާތީއެވެ. ޝާއިރު އަސްމާއާ ދިމާއަށް ބުމަ އަރުވާލިއެވެ. “އެއީ ނަޒޫމެން އޮފީސް މީހެއް، ރީހާން” އަސްމާ ޖަވާބުގައި އެހެން ބުނެފައި އެބަ އަންނަމޭ ބުނަމުން ދަބަސް ހާވަމުން އެތެރެއަށް ވަނީ އާސިމް އިތުރު ސުވާލެއް ކޮށްފާނެތީއެވެ. އަދި އެސުވާލަށް ޖަވާބު ދޭން އަސްމާ ޖެހިލުން ވާތީއެވެ. “އޮފީސް މީހެއް… ނަދީމްވެސް ބުނީ އެހެން… އެދެމީހުން… އެދެމީހުންގެ މެދުގަ ކޮންމެސް ގުޅުމެއް އެބަ އޮތް ދޯ؟” ސުވާލެއް […]
“މިއަދުގެ ފަހުން މަގޭ ކުރިމައްޗަށް ނާރައްޗޭ!” ރީޝާއާ ދިމާއަށް އިނގިލި ދިއްކޮށްލަމުން އާސިމް ބުނެލިއެވެ. އަދި އާޒިމްގެ އަތް ފޮޅުވާލާފައި ސިޑިން އަރާ ކޮޓަރިއަށް ވަދެ ބާރަކަށް ދޮރު ޖެހިއެވެ. ކާން ހަދާފައި ޔުމްނާ ކޮޓަރިއަށް ވަނީ ނަދީމްއަށް ކާން ގޮވާށެވެ. އޭރު ނަދީމް ޓީވީ ހުޅުވައިގެން އެނދުގައި އޮތެވެ. “ހިނގާ ކާން” އެނދުގައި އިށީނދެފައި ޔުމްނާ ބުންޏެވެ. “ނުކާނަން” ޔުމްނާއާ ދިމާއަށް ބަލާވެސް ނުލާ ނަދީމް ބުނެލިއެވެ. “އަހަރެން ދެކެ ރުޅި އައިއްސަތަ؟” ޔުމްނާ […]
“ދެން ހެޔޮ!” އަސްމާ ކީ ހުރިހާ އެއްޗެއް އަޑު އަހަން އާސިމް އިން ނަމަވެސް އަސްމާ އެހިސާބަށް ބުނުމުން އާސިމްއަށް އިތުރަށް އަޑު ނޭހިގެން ބުނެލިއެވެ. އަސްމާ ވަގުތުން ހުއްޓާލިއެވެ. “އިތުރު މީހަކު ތިހުރިހާ ކަމެއް އަހަންނަށް ހަނދާން ކޮށްދޭކަށް ނުޖެހޭ. އަހަންނަށް އެނގޭ… ހަނދާން އެބަ ހުރި މީހަކު ކިޔާ ނުދިނަސް… ސިމީއަށް ހީވަނީތަ އަހަރެން މިހެން އުޅޭތީ މިއުޅެނީ ހިތްހަމަ ޖެހިގެންނޭ؟ އަހަންނަށްވެސް އިހުސާސް ކުރެވޭ ނަޒޫއަށް ވާނެ ގޮތް… އެނގޭ އެކަން. ގަބޫލު […]
ރީހާންއާ އާސިމް ތިބީ އެކަކު އަނެކަކުގެ ކުރިމަތީގައެވެ. އާސިމްގެ މޫނު ނަޒްލާއަށް ފެނުނު ނަމަވެސް ރީހާން ހުރީ ނަޒްލާއަށް ފުރަގަސް ދީގެންނެވެ. ރީހާންއާ ދިމާއަށް ބަލަން އާސިމް ހުރި އިރު އެ މޫނުމަތިން ނުރުހުމުގެ އަސަރު ނަޒްލާއަށް ފާހަގަ ކުރެވުނެވެ. ކުރިމަތިން އާސިމް ފެނުމުން ކާކުކަން ނޭނގުނު ނަމަވެސް ހީލާފައި ކުރިއަށް ދާން އުޅެފައިވެސް ދެވަނަ ފަހަރަށް ރީހާން އާސިމްގެ މޫނަށް ބަލާލީ އާސިމްގެ ލޮލުގެ ކުލަ ރީހާންއަށް ފާހަގަ ކުރެވުމުންނެވެ. އެއާއެކު އެއީ އާސިމް ކަމާ، […]