Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނިމިދާނެ ޖާނަ ހިތާ 10

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
March 3, 2016 8 Mins Read
22 Comments

“މިގޭ އެންމެންގެ ދުލުގަ އެވާހަކަ އޮންނަންޏާ އެނގޭނެއެއްނު؟ އެނޫން ވާހަކައެއް މިގޭ ތެރޭގަ ނުދެކެވޭ ވިއްޔަ…” އާސިމް އެނދުން ތެދުވަމުން ބުނެލިއެވެ.

“އާސިމް… އިހަށް މަންމަ ބުނަން މި އުޅޭ އެއްޗެއް އަޑު އަހާލަބަލަ…” ވަސީމާ އާސިމްގެ ފަހަތުން ދަމުން ބުންޏެވެ.

“ބުނަންތަ މަންމާ؟ މަންމަމެން ތިވާހަކަ ދައްކަންޏާ ދެއްކިޔަސް މަށަށް ހެޔޮ… އެކަމަކު އަހަރެން ކައިރީ ތި ވާހަކަ ދައްކައިގެން ނުވާނެ، އަހަރެން އަޑު އަހާކަށް ނޫޅެން…” ރުޅި އައިސްގެން ވަސީމާއާ ދިމާއަށް އެނބުރިފައި އާސިމް ބުނެލިއެވެ. އަދި ވަސީމާ ބުނާނެ އެއްޗަކަށް ނުބަލާ ކޮޓަރިން ނިކުމެގެން ދިޔައެވެ.

އެއީ އަސްމާވެސް ކޮޓަރިން ނިކުތް ވަގުތެވެ.

“ތުއްތުބޭ…” އާސިމް ފެނުމުން އަސްމާ ގޮވާލިއެވެ.

“އަހަރެން ބުނީމެއްނު ސިމީއާ ވާހަކަ ދައްކާކަށް ބޭނުމެއް ނޫނޭ؟ ސިމީ ވާހަކަ ދައްކަން ބޭނުން މީހުންނާ ސިމީ ވާހަކަ ދައްކަމެއްނު؟” އަސްމާއާ ދިމާއަށް ބަލާވެސް ނުލާ އާސިމް ބުންޏެވެ. އަދި ސިޑިން ފައިބައިގެން ދިޔައެވެ. އާސިމް ދިޔަތަން ބަލަން އަސްމާ ރޮވިފައި ހުއްޓެވެ.

 

ދެދުވަސް ފަހުން އާސިމް އަނެއްކާވެސް ފުރިއެވެ. ގޭ މީހުންނާ މެދު ހިތްހަމަ ނުޖެހިފަ ހުރިވަރުން ދަބަސް ހިފައިގެން ގޭން ނިކުންނަމުން ދަނީއޭ ބުނެލިކަން ފިޔަވާ ގޭ އެއްވެސް މިހެއް ގާތު އާސިމް އެކައްޗެއްވެސް ނުބުނެއެވެ.

“ކިހިނެއްތަ އަހަރެން ދެން ހަދާނީ؟” އާސިމް ދިޔަތަން ބަލަން ހުރެފައި ވަސީމާ ސުވާލު ކޮށްލީ ވަކި މީހަކާ ނޫނެވެ.

“އޭނަ އަޑުވެސް އަހާނަމައެއްނު އެއްޗެއް ބުނެވޭނީވެސް… އަނެއްކާ މާލޭގަ ހުރެގެންނެއްނު އޭނައަށް އެއްޗެއް އެނގޭނީ…؟ ދެން މަންމަ ނުރޮއެ… އާސިމްއަށް އަދި ވިސްނޭނެ” ރޮވިފައި ހުރި ވަސީމާގެ އަތުގައި ފިރުމާލަމުން އާޒިމާ ބުންޏެވެ.

 

އަށްމަސް ފަހެވެ. ނަޒްލާ އިނީ ޒައިން ރީތި ކުރާށެވެ. އެހެން އިންދާ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނީ ޝާއިރުގެ ކޮއްކޮ ޝިޔާނާއެވެ.

“ނަޒޫ، ތާކަށް ދާންތަ ތިއުޅެނީ؟” ޝިޔާނާ އެހިއެވެ.

“ނޫނޭ… ތާކަށް ދާކަށް ނޫން… މަންމިގެ ސްވީޓްހާޓް ހަމަ ތިއްތި ވެލީ ދޯ؟” ޒައިންގެ މޫނަށް ދޮނެއް ދެމުން ނަޒްލާ ބުންޏެވެ. “ކިހިނެއްވީ؟ ކަމަކުތަ؟” ނަޒްލާ ޝިޔާނާއަށް ބަލާލާފައި އެހިއެވެ.

“އާނ، ކަމަކު… ދޮންތަ ވެއްޖެ މަންމަ ގޮވައިގެން ޑޮކްޓަރަށް ދައްކަން ގޮސް… އަދިވެސް ނުނިމޭތީ ދެންމެ ގުޅާފަ ބުނީ ޝަފާ ގެނެސްދެއްޗޭ… އަހަރެން އެކަނި ދާން ޖެހޭތީ… ނަޒޫ ދާނަން ދޯ އަހަންނާ އެކީ؟” ޝިޔާނާ އަހާލިއެވެ.

“އާނ، މައްސަލައެއް ނެތް… ދޯ ދޫނީ؟” ނަޒްލާ ބުންޏެވެ. އަދިޝިޔާނާ އަތަށް ޒައިން ދީފައި ނަޒްލާ ތައްޔާރު ވެލިއެވެ.

ޝިޔާނާއާ އެކީ މަޑު މަޑުން ހިނގާލާފައި ގޮސް ނަޒްލާ މަޑުކޮށްލީ ސްކޫލް ގޭޓާ ތަންކޮޅެއް ދުރުގައެވެ.

“ގަޑި ޖެހެން ކައިރިވީމަ ޝިޔާ ގޮސް ޝަފާ ގޮވައިގެން އާދޭ އިނގޭ… އަހަރެން މިތާ މަޑު ކޮށްލާނަން” ނަޒްލާ ބުންޏެވެ.

 

އާސިމް މާލެ އައީ އެދުވަހު ހެނދުނުއެވެ. އާސިމް އައީއްސުރެ އާޒިމާގެ ދަރިފުޅު އިވާން ސްކޫލަށް ދާނީ އާސިމްއާ އެކީގައޭ ކިޔާ ބޮޑާ ހާކަން ފެށުމުން އެންމެ ފަހުން ބަލާ ދާނަން ކަމަށް ބުނެ އާސިމް އިވާން ރުއްސީ އޭރު ވަރުބަލި ވެފައި ހުރި ވަރުންނެވެ.

އާސިމް އައުމުން ގޭ އެކަކުވެސް ނަޒްލާގެ ވާހަކައެއް އާސިމް ކައިރިއަކު ނުދައްކައެވެ. އާސިމް ރުޅި އަންނާނެތީއެވެ. އެވާހަކަ ދައްކައިގެން މިފަހަރުވެސް އާސިމް ރުޅި އައިސްގެން ދާކަށް ވަސީމާ ނޭދެއެވެ.

ހަވީރު އިވާން ބަލާގޮސް އާސިމްވެސް ސްކޫލް ގޭޓާ ތަންކޮޅެއް ދުރުގައި ސައިކަލު ޕާކް ކޮށްލާފައި ފާރު ކައިރި މަޑުކޮށްލިއެވެ.

އާސިމްއަށް ހުއްޓިލައިގެން ހުރެވުނީ ނަޒްލާމެންނާ ދިހަ ވަރަކަށް ފޫޓު ދުރުގައެވެ. އާސިމްއަށް ފުރަތަމަ ފެނުނީ ޒައިންއެވެ. ސްކޫލް ފާރުން އެތެރޭގައި ހެދިފައި ހުރި ކަނީރުމާގަހެއްގައި އިން މާކޯޅިއަކާ ދިމާއަށް އެކުޑަ ކުއްޖާ އަތް ދިއްކުރާތަން ބަލަން ހެވިފައި އާސިމް ހުއްޓެވެ. އިރުކޮޅެއް ވީއިރުވެސް އެމަލުގައި އެކުއްޖާގެ އަތް ނުޖެހުމުން އާސިމް ކައިރިއަށް ގޮސް އެމާކޯޅި ބިނދެލާފައި ޒައިން އަތަށް ދިނެވެ.

ޒައިން މާކޯޅީގައި ހިފީ އާސިމްގެ އިނގިއްޔާ އެކީގައެވެ. އާސިމް ޒައިންގެ އަތު ތެރޭން އިނގިލި ނަގަން އުޅުނެވެ. ނަމަވެސް ޒައިން ދުލެއް ނުކުރިއެވެ. ޒައިން އާސިމްއާ ދިމާއަށް ބަލަން އިނެވެ. އެދެމެދުގައި ޚާއްސަ ގުޅުމެއް ވާކަން އެކުޑަ ކުއްޖާއަށްވެސް އިހުސާސް ކުރެވުނީ ކަންނޭނގެއެވެ.

ޒައިންގެ ލޯ އާސިމްއަށް ފާހަގަ ކުރެވުނީ އެވަގުތުއެވެ. އާސިމްއަށް ހައިރާން ވެފައި އެކުއްޖާގެ ލޮލަށް ބަލަން ހުރެވުނެވެ. ހީވީ ލޯގަނޑެއް ކުރިމަތީ ހުރެ އަމިއްލަ ލޮލަށް ބަލާލެވުނު ހެންނެވެ. އާސިމްގެ ލޮލާ އެކުއްޖާގެ ލޮލާ އެއްވެސް ތަފާތެއް ނެތެވެ. ހަމަ އެ މަޑުއަޅި ކުލައިގެ ކަޅިއެވެ.

ޒައިން ފަހަތުން އެއްޗަކަށް ދަމާތީ އުނދަގޫ ވެގެން ނަޒްލާ އެނބުރިލީ ޒައިން ހިފަހައްޓައިގެން އިނީ ކޯޗެއްގަތޯ ބަލާށެވެ.

ނަޒްލާއަށާ އާސިމްއަށް އެކަކު އަނެކަކު ފެނުމުން ދެމީހުންނަށްވެސް ބަލަހައްޓައިގެން ތިބެވުނެވެ. ދޮޅު އަހަރެއްހާ ދުވަސް ވަންދެން އާސިމް ދޮގު ކުރި ހަގީގަތް މިއަދު އެހެރީ ކުރިމަތީގައި ފެންނާށެވެ. ހެއްކާވެސް އެކީގައެވެ. ޝައްކެއް ކުރާނެ އެއްވެސް ޖާގައެއް ނެތިއެވެ. ނަޒްލާ ބުނިހެން އާސިމްއަށް ކޮންމެވެސް ދުވަހަކުން ހަގީގަތް އެނގޭނެއެވެ. އެދުވަސްވެސް އައީއެވެ.

އާސިމް ފެނުމުން ނަޒްލާގެ ލޮލުން ކަރުނަ ހިލުމާއެކު ނަޒްލާ ތުންފަތުގައި ދަތް އަޅާލީ ނުރޯން ވެގެންނެވެ. އެކަރުނަ ނުހިފެހެއްޓޭނެކަން ޔަގީން ވުމާއެކު ނަޒްލާ ހިނގައިގަތީ ދުރަށެވެ. އެންމެ އިރުކޮޅަކަށްވެސް އާސިމްގެ ކުރިމަތީ ހުންނަން ބޭނުން ނުވާތީއެވެ. އާސިމް ފެނުމުން ނަޒްލާއަށް މިއަދުވެސް ވަމުންދާ ގޮތް އާސިމްއަށް ދައްކާކަށް ނަޒްލާ ބޭނުމެއް ނޫނެވެ.

“ނަޒޫ…” ނަޒްލާ ދާން ފެށުމުން ޝިޔާނާ ގޮވާލިއެވެ. ނަމަވެސް ނަޒްލާ މަޑެއް ނުކުރިއެވެ. ކީށްވެގެންކަން އެނގޭތީ ޝިޔާނާ އަޅާނުލާ އާސިމްއަށް ބަލާލާފައި ސްކޫލް ކައިރިއަށް ދިޔައެވެ.

ނަޒްލާ ގެޔަށް ވަން އިރު ސިޓިންގރޫމްގައި ނަދީމްއާ ޔުމްނާ ތިއްބެވެ. ނަޒްލާ މަޑުވެސް ކޮށްނުލާ ދިޔަ ގޮތަށް ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާފައި ކައިރީގައި ޒައިން ބައިންދާފައި އެނދުގައި އޮށޯވެ ރޯން ފެށިއެވެ.

ނަޒްލާ ވަދެގެން ދިޔަތަން ފެނުމުން ނަދީމްއާ ޔުމްނާ އެކަކު އަނެކަކަށް ބަލާލިއެވެ.

“އަންނާނަން ވީގޮތެއް އަހާލާފަ… ” ޔުމްނާ ތެދުވިއެވެ.

ދޮރު ހުޅުވާލާފަ އެތެރެއަށް ވަދެ ޔުމްނާ ނަޒްލާގެ އެނދުގެ މަގަތުން އިށީނެވެ.

“ނަޒޫ…” ޔުމްނާ ގޮވާލިއެވެ.

“ޔުމް… އޭނަ އައިއްސި…” ބޯހިއްލާލާފައި ލޯފޮހެލަމުން ނަޒްލާ ބުންޏެވެ. އެވަރުން ޔުމްނާއަށް ވީގޮތް އެނގުނެވެ.

“ޒައިން ފެނުނުތަ؟” ޔުމްނާ އަހާލިއެވެ. ޖަވާބުގައި ނަޒްލާ ބޯޖަހާލިއެވެ.

 

ނަޒްލާ ދިޔަތަން ބަލަން އާސިމްއަށް ހުރެވުނީއެވެ. އެވަގުތު އާސިމްގެ ހިތާ ސިނކުނޑީގައި އެނބުރެމުން ދިޔައީ އެންމެ ހިޔާލެކެވެ. އެއީ އާސިމްގެ ދަރިއެކެވެ… އެއީ އާސިމްގެ ދަރިއެކެވެ… އެއީ އާސިމްގެ ދަރިއެކެވެ. އެތައް ފަހަރަކު އާސިމްގެ ސިކުނޑީގައި އެ ހިޔާލު ތަކުރާރު ވަމުން ދިޔައެވެ. އާސިމް ސިހުނީ ސްކޫލްގެ ބެލް ޖެހި އަޑަށެވެ.

އިވާން ގޮވައިގެން ގެޔަށް ވަން ގޮތަށް އާސިމް އަސްމާއަށް ގޮވަން ފެށިއެވެ.

“ސިމީ ނެތޭ ގެޔަކު… ކިހިނެއްތަ ވީ؟” އާސިމްގެ އަޑަށް ވަސީމާ ނިކުމެ އަހާލިއެވެ.

އާސިމް ޖަވާބެއް ނުދީ ދުވެފަ ސިޑިން އަރާ އަސްމާގެ ކޮޓަރިއަށް ވަދެފައި އިރުކޮޅަކު އާސިމްއަށް ހުއްޓި ހުރެވުނީ ހަދާނެ ގޮތެއް ނުވިސްނިފައެވެ.

އެދުވަހު އާސިމްއަށް ނަޒްލާ ނޭނގުނީ ނަޒްލާ ކުރިޔާ ތަފާތު ކަމުންނެވެ. އޭރު އަބަދުވެސް ކިރޔާ އައްސާލެވޭ ވަރަށް ކޮށާލާފަ އޮންނަ އިސްތަށިގަނޑު މިހާރު އޮތީ އުނަގަނޑާ ހަމައަށް ދިގުކޮށްފައެވެ. ނަޒްލާ ލައިގެން ހުރީ އޭނަ ލާން އެންމެ ފޫހިވާ، އަދި އޭރު އެއްގޮތަކަށްވެސް ނުލާ ހަރުވާޅު ހެދުމެވެ. އެހެން ނޫން ނަމަ ފަހަތުން ފެނުނަސް އާސިމްއަށް ނަޒްލާ އެނގުނީހެވެ.

އާސިމް ގޮސް އަސްމާގެ އަލަމާރި ހާވަން ފެށިއެވެ. މިހޯދެނީ ކޯޗެއް ކަމެއް އާސިމްއަކަށްވެސް ނޭނގެއެވެ. އަލަމާރި ތެރޭގަ އޮތް ބޮޑު ތިން ފޮޓޯ އަލްބަމް ފެނުމުން އާސިމް އެއަލްބަމްތައް ހިފައިގެން އައިސް މުށިތައް މަތީ އިށީނދެ ފަހަރަކު އަލްބަމްއެއް ހުޅުވާ ބަލަން ފެށިއެވެ.

އެއް އަލްބަމްގައި ހުރީ އަސްމާއާ ޝާއިރުއާ ނަޒްލާއާ ޔުމްނާއާ ނަދީމްއާ އަދި އާސިމްގެ ފޮޓޯތަކެވެ. ކޮންމެ ފޮޓޯއަކުންވެސް އެތައް ހަނދާނެއް އާވެގެން ދިޔައެވެ.

އެއަލްބަމްގެ މެދެއްހާ ހިސާބުގައި ނަޒްލާ ވިހައިގެން ކައިރީގައި ދަރިފުޅު ބާއްވައިގެން ނަގާފައިން ފޮޓޯގަނޑެއް އިނެވެ. އެ ފޮޓޯއިންވެސް ނަޒްލާ ރޮއެފަ ހުރިކަން އެނގެއެވެ. އާސިމްގެ މެއަށް ގޮތެއް ވެގެން ދިޔައެވެ.

އާސިމް ފަހަރަކު ފޮޓޯގަނޑެއް ބަލަމުން ދިޔައެވެ. އެންމެ ފަހު ގަނޑުގައި ގަސްތަކެއް ކައިރީ ނަޒްލާގެ ދަރިފުޅު އިށީނދެގެން އިންދާ ނަގާފަ އިން ފޮޓޯއެއް އިނެވެ. ކެމެރާއަށް ބަލަހައްޓައިގެން އިން އިރު ނަޒްލާއާ ވެސް ވަރަށް ވައްތަރެވެ. އެކުއްޖާގެ މަޑު އަޅި ކުލައިގެ ކަޅި އެރޭ ނަޒްލާ ދެއްކި ވާހަކައިގެ ތެދުކަން ސާބިތު ކޮށްދިނެވެ.

އާސިމް އެރޭ މަތިން ހަނދާން ވިއެވެ. ފިލްމެއްގެ މަންޒަރުތަކެއްހެން އެރޭ ވީ އެކިއެކި ކަންތައް ހިޔާލަށް ސިފަ ވަމުން ދިޔައެވެ. ފުރަތަމަވެސް ނަޒްލާއަކާ ނީނދެވޭނެޔޭ އާސިމް ބުނުމުން ނަޒްލާއަށް ވީގޮތެވެ. ނަޒްލާ ބަލިވެ އިނީ އެހެން މީހަކަށޭ، ނަޒްލާއާ އާސިމްއާ ދެމެދުގައި ގުޅުމެއް ހިނގި އިރުވެސް ނަޒްލާ އިނީ ބަލިވެޔޭ އާސިމް ބުނި ވަގުތު ނަޒްލާ އާސިމްއާ ދިމައަށް ބަލަން ހުރި ގޮތެވެ.

އެރޭ ނަޒްލާގެ ފަރާތުން އާސިމް އެދުނީ ކޮން ކަމެއްކަން ވިސްނުމުން ނަޒްލާ ކިހާ ވަރަކަށް ދެކޮޅު ހެދި ހެއްޔެވެ. ނަމަވެސް އާސިމްގެ އެދުމަށް ނަޒްލާގެ މުޅި ދިރިއުޅުން އާސިމްއަށް ހަދިޔާ ކުރީ ކިހާ ވަރެއްގެ އިތުބާރަކާ ޔަގީން ކަމާ އެކު ކަން އާސިމްއަށް ވިސްނާލެވުނު ނަމައެވެ.

އެރޭގެ ހަނދާން ވުމުން އާސިމްއަށް ލޯމަރާލެވުނެވެ. ނަޒްލާގެ ކުށެއް ނެތްކަމާ ތެދުވެރިކަން އާސިމްއަށް ވުރެ ބޮޑަށް އެނގޭނީ ކާކަށް ހެއްޔެވެ. ނަޒްލާގެ ބޮލުގައި އެވަރުގެ އިލްޒާމެއް އެޅުވި އިރު އާސިމްއަށް އެކަން ހަނދާން ނުވީ ކީއްވެ ހެއްޔެވެ. އެހުރިހާ އެއްޗެއް އެރޭ ނަޒްލާއާ ދިމާއަށް ކީއިރު އާސިމް އަތުގައި ނަޒްލާގެ ކުށެއް ނެތް ކަމުގެ ހެކި އޮތްކަންވެސް އާސިމް ހަނދާން ނުވީ ކީއްވެ ހެއްޔެވެ. ނަޒްލާއާ އާސިމްގެ މެދުގައި ވީކަމެއް ވީއިރު ނަޒްލާ އިނީ އެހެން މީހެއްގެ ދަރިއަކަށް ބަލިވެއޭ އާސިމްއަށް ބުނެވުނީ ކިހިނެއް ހެއްޔެވެ.

އާސިމްއަށް އެފަދަ ވާހަކައެއް ގަބޫލު ކުރެވުނީ ކީއްވެ ހެއްޔެވެ. ހުރިހާ ހެއްކެއް ހުރި އިރުވެސް އެހެން މީހެއްގެ ވާހަކަ ތަކަށް ހެއްލި ނަޒްލާއަށް އެވަރުގެ ދެރައެއް ދެވުނީ ކިހިނެއް ހެއްޔެވެ.

ނަޒްލާ އާދޭސް ކުރިއެވެ. އާސިމްގެ ދެފައިގައި ހިފިއެވެ. ނަޒްލާގެ ކުށެއް ނެތްކަން ހާމަކޮށްދޭން މަސައްކަތް ކުރިއެވެ. ނަމަވެސް އާސިމް ނަޒްލާ ދެއްކި ވާހަކަ އަޑު އަހާކަށްވެސް ބޭނުމެއް ނުވިއެވެ.

ނަޒްލާއަށް ދެރައެއް ނުދޭނަން ކަމަށް އާސިމް ކިތައް ފަހަރު ވަޢުދު ވީ ހެއްޔެވެ. ނަޒްލާގެ ބައްޕަ ކައިރީގައެވެ. ނަދީމް ކައިރީގައެވެ. އަދި ނަޒްލާ ކައިރީގައެވެ. ނަމަވެސް އާސިމް އެއެންމެންނަށް ވީ ވަޢުދާ ޚިލާފް ވީއެވެ. އެގޮތަށް ކަންތައް ކުރަން އާސިމްއަށް ކެރުނީ ކިހިނެއް ހެއްޔެވެ.

އާސިމް އަމިއްލަ ނަފްސާ އެތައް ސުވާލެއް ކުރަމުން ދިޔައެވެ. އެކަންތަކާ ވިސްނި ވަރަކަށް އާސިމްއަށް އަމިއްލަ ކުށް އިހުސާސް ކުރެވުނެވެ. އެ އިހުސާސްގައި ގެނބެމުން ދިޔައެވެ.

މީހެއްގެ ވާހަކައެއް ގަބޫލު ކޮށްގެން އެންމެ ގާތް އެކުވެރިޔާއާ މެދު ޝައްކުކޮށް ރަހުމަތްތެރިކަމުގެ ގުޅުން ކަނޑާލެވުނީއެވެ. އެއްވެސް ކުށެއް ނެތް އަންހެން ކުއްޖެއްގެ ދިރިއުޅުން ބަރުބާދު ކޮށްލެވުނީއެވެ. އެއްބަނޑު އެއްބަފާ ކޮއްކޮއާވެސް ވާހަކަ ނުދައްކާ ދޮޅު އަހަރެއްހާ ދުވަހު ހުރެވުނީއެވެ.

ކުށުގެ އިހުސާސް ކުރެވުނު ވަރަކަށް އާސިމްއަށް ރުޅި އާދެވުނީ އަމިއްލަ ނަފްސު ދެކެއެވެ. އެކަމުގައި އިތުރު މީހެއްގެ ކުށް ދައްކާކަށް ނުޖެހެއެވެ. އެންމެ ކައިރީގައި އެންމެ ގާތްކޮށް އުޅުނު މީހުންނަށް އިތުބާރު ނުކުރެވުނު އިރު އެހެން މީހެއް ކުށްވެރި ކުރުމުގެ ބޭނުމެއް ނެތެވެ. ނަމަވެސް ރީޝާ އެގޮތައް ކަންތައް ކުރި ސަބަބު ހޯދަން އާސިމް ބޭނުމެވެ.

އަސްމާ ކޮޓަރިއަށް ވަން އިރުވެސް އާސިމް އެގޮތައް ޒައިންގެ ފޮޓޯއަށް ބަލަން އިނެވެ. އަސްމާ ވަދެ އާސިމްގެ ފަހަތުން މަޑުކޮށްލިއިރުވެސް އާސިމްއަކަށް ނޭނގުނެވެ. އާސިމް ޒައިންގެ ފޮޓޯއަށް ބަލަން އިން ތަން ފެނުމުން ވީގޮތް އަސްމާއަށް ވިސްނުނެވެ.

“ތުއްތުބޭ…” އާސިމްގެ ކޮނޑުގައި އަތް ޖައްސާލާފައި އަސްމާ ގޮވާލިއެވެ.

“ސިމީ، ނަޒޫ ވިހެއީ ދުވަސް ނުފުރާދޯ؟” އެކަމާމެދު ހިތުގައި އެއްވެސް ޝައްކެއް ނެތް ނަމަވެސް އާސިމް އެސުވާލު ކޮށްލިއެވެ.

“އާނ، އަށްމަސް ފުރުނު ދުވަހު…” އަސްމާ ޖަވާބު ދިނެވެ.

އެއަޑު އިވުމާއެކު އާސިމް ތެދުވުގެން ދިޔަ ގޮތަށް ގޮސް ފާރުގައި ގޮށްމުށުން ތަޅަން ފެށިއެވެ.

“ތުއްތުބޭ…” އަސްމާއަށް ގޮވާލެވުނެވެ. އަދި ދުވެފައި ގޮސް އާސިމް ހުއްޓުވަން މަސައްކަތް ކުރިއެވެ. ނަމަވެސް އަސްމާއަށް އާސިމްގެ އަތުގައި ހިފާ ދުރަށް ޖެއްސުނު އިރު އާސިމްގެ ދެއަތުން ލޭ އާދެއެވެ.

އާސިމް އެނދުގައި އިށީނދެ ދެއަތުން މޫނު ފޮރުވާލިއެވެ. ކިތަންމެ ހިތްވަރު ކުރި ނަމަވެސް އެވަގުތު އާސިމްއަށް ރޮވުނެވެ. މޫނުގައި އަތް އެޅީ އަސްމާއަށް އެމަންޒަރު ނުދައްކަން ވެގެން ކަންނޭނގެއެވެ. ނަމަވެސް އާސިމްގެ ލޮލުން ފޭބި ކަރުނަ ލެއާ އެކުވެގެން އިނގިލިތަކު ތެރޭން ފޭބިތަން އަސްމާއަށް ފެނުނެވެ.

އާސިމްއަށް ވީގޮތް ފެނުމުން އަސްމާއަށް ރޮވުނެވެ. ލޮލުން އައި ކަރުނަ ފޮހެމުން އަސްމާ ގޮސް އާސިމް ކައިރީގައި އިށީނެވެ.

އިރުކޮޅެއް ފަހުން އާސިމް މޫނުން އަތް ނަގާ ލޯފޮހެލިއެވެ. އަސްމާ ޑްރެސިންގ ޓޭބަލްގެ ވަތްގަނޑުން ޓިޝޫތަކެއް ނަގާ އާސިމް އަތަށް ދީފައި ކުޑަ ތުވާއްޔެއް ހިފައިގެން ފާހާނާއަށް ވަދެ ތެންމާލައިގެން އައިސް އާސިމްގެ އަތުގައި ހިފާ ލޭތައް ސާފު ކޮށްލިއެވެ.

“ކޮން ނަމެއް ކިޔަނީ؟” އާސިމް އަހާލިއެވެ.

“ޒައިން” އަސްމާ އާސިމްގެ ސުވާލަށް ޖަވާބު ދިނެވެ.

“ޒައިން…” އާސިމް ފުރަތަމަ ފަހަރަށް ދަރިފުޅުގެ ނަން ކިޔާލިއެވެ.

“ޒައިން އާސިމް” އަސްމާ ބުންޏެވެ. އަސްމާގެ މޫނަށް އާސިމް ބަލާލީ އަސްމާ ބުނި އެއްޗެއް ނުވިސްނިގެންނެވެ.

“އެއީ ނަޒޫ ޒައިންއަށް ނަން ކީ ގޮތް، ޒައިން އާސިމް” އަސްމާ ބުނެދިނެވެ.

“ނަޒޫ… ވަރަށް ރުޅި އާދޭ ދޯ އަހަރެން ދެކެ؟” އިރުކޮޅެއް ފަހުން އާސިމް އަހާލިއެވެ.

“އެރޭގެ ފަހުން ނަޒޫ ނުބުނޭ ތުއްތުބޭގެ ނަންވެސް…” އަސްމާއަށް ޖަވާބު ދެވުނީވެސް އިރުކޮޅެއް ފަހުންނެވެ.

“ނަދީމް… ޝާއިރު… އެދެމީހުންވެސް… ދުވަހަކުވެސް އަހަންނަށް މާފެއް ނުކުރާނެ” އާސިމް މަޑުމަޑުން ބުނެލިއެވެ. އަސްމާ އެއްޗެއް ނުބުނެއެވެ. އާސިމް ދެރަ ވާނެ އެއްޗެއް ނޫނީ ބުނެވެން ނެތީމައެވެ.

“ސިމީ… ވިލް ޔޫ ފޮގިވް މީ؟ ޕްލީޒް…؟” އަސްމާއަށް ބަލާލާފައި އަސްމާގެ ދެއަތުގައި ހިފާލަމުން އާސިމް ބުންޏެވެ.

އެވަގުތު ލޮލުން އައި ކަރުނަ ފޮހެލާފައި އަސްމާ ބޯޖަހާލިއެވެ.

 

އެރެއެވެ. ގޭ އެންމެން ކާން އެރި އިރުވެސް އާސިމް ކާން ނާންނާތީ ޖަމީލުވެސް މަޑުކޮށްލައިގެން އިނީ އެހާ ދުވަސް ފަހުން އާސިމް އައުމުން އާސިމްއާ އެކުގަ ނޫނީ ނުކާށެވެ.

“ސިމީ، ދޭބަލަ ތުއްތުބޭ ކޮބާތޯ ބަލާލަން” ވަސީމާ ބުންނެވެ.

އަސްމާ ތެދުވެގެން ދިޔައެވެ.

“މިއަދު ނަޒޫ ނުގުޅާތަ؟” އާޒިމާ އަހާލިއެވެ.

“ހެނދުނު މަންމަ ގުޅާލިން، އޭރު އިވޭ ޒައިން ރޯއަޑު، ކީށްވެގެންހޭ ރޮނީ އެހީމަ ބުނީ ފޯނު ނުދީގެންނޯ…” ހީލާފައި ވަސީމާ ބުންޏެވެ.

“އިއްޔެ ހަވީރު މަށާ ދިމާވި، ޒައިން އަހަންނަށް ގޮވާލީވެސް ތިއްތާއޭ ކިޔާފަ… ވަރަށް ލޯބި މިހާރު…” އަޒްމާ ބުންޏެވެ.

“އެއީ ހަމަ ކުޑަ ކުޑަ އާސިމްއެއް…” ވަސީމާ ބުންޏެވެ.

އާސިމްއާ ނަޒްލާ އެދުވަހު ދިމާވި ކަމެއް އެގޭ އެކަކަށްވެސް ނޭނގެއެވެ. އަދި އާސިމްއަށް ހުރިހާ ކަމެއް އެނގުނު ވާހަކައެއްވެސް އޭރު އަދި އަސްމާ އެކަކު ކައިރިއަކުވެސް ނުބުނެއެވެ.

“މަންމާ، އާސިމް ކައިރިއަކު ނުބުނާނަންތަ؟” އާޒިމާ އަހާލިއެވެ.

“ކިހިނެއްތަ ބުނާނީ؟ ނަޒޫއޭ ބުނާ އަޑު އިވުނަސް އާސިމް އަނެއް ދުވަހު ފުރާނެ… އަހަރެންނަށް މިހާރު ހަދާނެ ގޮތް ހުސް ވެއްޖެ. އާސިމް ރުޅި އަޔަސް ކިހިނެއްތަ ނަޒޫއާ ޒައިންއާ އަޅާނުލާ ހުންނާނީ؟ އަނެއް ކޮޅުން އާސިމް ކޮންމެ ފަހަރަކު އައިއްސަ އެދަނީ ހިތްފުރެންދެން އޭނައަށް ބަލާވެސް ނުލެވެނީސް… އޭނަވެސް ގޮތް ދޫކޮށްފަ އެއްފަހަރު ނަމަވެސް ޒައިން ދެކެލަން އެއްބަސް ވާނަމަ…! އެކަމަކު މާގަދަ ރުޅިއެއް ވިއްޔަ އެއަންނަނީ، މަށަށް ނުކެރޭ އެނަ ކައިރީގަ ނަޒޫގެ ނަން ބުނަންވެސް…” ވާހަކަ ދައްކަ ދައްކާ ހުރެފައި ވަސީމާ ކުއްލިއަކަށް ހުއްޓާލީ އާސިމް ފެނުމުންނެވެ. އެމީހުން ދެއްކި ވާހަކަ އަޑު އިވޭ ހިސާބުގައި އާސިމް ހުއްޓެވެ.

އެހެން ފަހަރުތަކާ ޚިލާފަށް މިފަހަރު އެވާހަކަތައް އަޑު އިވުމުން ރުޅި އައުމުގެ ބަދަލުގައި އާސިމް ވީދެރައެވެ. އެވަގުތު އެތާ އާސިމް ހުރިކަން އެނގުމާއެކު ވަސީމާވެސް އަދި އެހެން އެންމެންވެސް ވާހަކަ ދެއްކުން ހުއްޓާލީ ކީށްވެކަން އާސިމްއަށް އެނގެއެވެ. އެންމެން އާސިމްއާ ދިމާއަށް ބަލަން ތިބި ތަން ފެނުމުން އާސިމްއަށް އެތާ ހުންނަން އުނދަގޫ ވިއެވެ. އާސިމް އެތާ މަޑު ކޮށްފިނަމަ ވަސީމާ ސުވާލު ކޮށްފާނެހެން ހީވާތީ އާސިމް އަވަހަށް އެނބުރިފައި މައްޗަށް އެރީ އެވަގުތު އެއްވެސް މީހެއްގެ ސުވާލުތަކަކާ ކުރިމަތި ލާނެ ހިތްވަރެއް ނެތީމައެވެ.

“ކީށްވެތަ އެދިޔައީ؟ އަނެއްކާ…” އާޒިމް ކުރަން އުޅުނު ސުވާލު ނުކޮށް ދޫކޮށްލިއެވެ.

“އާނ، އަޑު އިވިގެން އެދިޔައީ. ނަޒޫގެ ނަން އަޑު އިވުނަސް އެނަ އަންނާނީ ރުޅިއެއްނު؟” ގޮނޑީގައި އިށީނދެފައި ވަސީމާ ބޮލުގައި އަތް ހާކާލިއެވެ.

“މަންމާ، ތުއްތުބެއަށް އެގިއްޖެ…” އާސިމްއާ އެކީ ތިރިއަށް ފޭބި އަސްމާ ބުންޏެވެ.

“ކީކޭ…؟” ވަސީމާއަށް އަހާލެވުނެވެ.

“މިއަދު އަހަރެން ގެޔަށް އައި އިރު…” އަސްމާ އެދުވަހު ވީ ކަންތައް އެންމެނަށް ކިޔާދިނެވެ.

“ނަސީބެއް ކަންނޭނގެ އަމިއްލައަށް އެނގުނު ކަންވެސް… މިހާރު ގަބޫލު ކުރާނެއެއްނު؟” ވަސީމާ ބުންޏެވެ.

“ދެން އޭގެ މާނައަކީ ނުކައި ނުބޮއެ ހުންނާށޭތަ؟ ދެންވެސް އާސިމްއަކަށް ނުވިސްނޭނެ ހަދަންވީ ގޮތެއް… އަންހެން ކުއްޖެއްގެ ދިރި އުޅުން ނަގާލާފަ ދެންވެސް އެކަން ރަނގަޅު ކުރަން މަސައްކަތެއް ނޫންތަ ކުރަންވީ؟” ޖަމީލު ބުންޏެވެ.

އެކަކުވެސް އެއްޗެއް ނުބުނެ ތިއްބެވެ.

“ސިމީ، ގޮސް ބުނޭ ކާން އަންނާށޭ…” ޖަމީލު ބުންޏެވެ. އަސްމާ އަނެއްކާވެސް ސިޑިއާ ދިމާއަށް ދިޔައެވެ.

“ސިމީ، މަޑު ކުރޭ. މަންމަ އަންނާނަން ގޮވާފަ” ވަސީމާ ތެދުވަމުން ބުންޏެވެ.

ވަސީމާ ކޮޓަރިއަށް ވަން އިރު ކުޑަދޮރު ކައިރީގައި އާސިމް ހުއްޓެވެ.

“އާސިމް، ހިނގާ ކާން… ބައްޕަވެސް އެބައިން އާސިމް ނައިސްގެން ކާން ނުފަށާ” އާސިމް ކައިރީގައި މަޑު ކޮށްލާފައި ވަސީމާ ބުންޏެވެ.

“ކާހިތެއް ނެތް މަންމާ…” ހުރި ގޮތަށް ހުރެ އާސިމް ބުންޏެވެ.

“ނުކައި ހުއްޓަސް އެއްވެސް ކަމެއް ހައްލެއް ނުވާނެ ދަރިފުޅާ” އާސިމްގެ އަތުގައި ފިރުމާލަމުން ވަސީމާ ބުންޏެވެ.

އާސިމް ވަސީމާއަށް ބަލާލިއެވެ.

“އަހަރެންގެ ސިކުނޑި ފަޅައިގެން ދާވަރު އެބަވޭ މިހާރު… ކަންތައް ކުރެވުނު ގޮތުން އަހަރެން… މިވަގުތު އަހަރެން ހިތަށް އަރާ އެއްޗެއްސެއް ބުނެދޭކަށް ނޭނގެ… މިހެން ހުރެ އަހަރެން ކިހިނެއް ކާނީ މަންމާ؟” އާސިމް އަހާލިއެވެ.

“ކުށެއް ކުރެވުނު ކަން ގަބޫލު ކުރެވިއްޖެއެއްނު މިހާރު؟ ދެން މާފަށް އެދޭ ދަރިފުޅާ، އޭރުން ހިތަށް ލުއި ވެދާނެ… މަންމަމެންނަށްވެސް ސިމީއަށްވެސް އަދި ދަރިފުޅަށްވެސް ކުރެވުނީ ކުށެއް. ސިމީއަށާ މަންމަމެންނަށް މާފު ކުރިހެން ނަޒޫ އާސިމްއަށްވެސް މާފު ކުރާނެ” ވަސީމާ ބުންޏެވެ.

“ނުކުރާނެ މަންމާ، ނުކުރާނެ. އަހަރެން ކުރި ކުށަށް ނަޒޫ މާފެއް ނުކުރާނެ… އަހަރެން ނަޒޫއާ ދިމާއަށް ކީ އެއްޗެހި މަންމަވެސް އަޑު އެހީމެއްނު؟ މަންމަ ނަމަ އެވަރުގެ ކަމަކަށް މާފު ކުރާނަންތަ؟” އާސިމް އަހާލިއެވެ. އަދި ކުރިންވެސް ހުރި ގޮތަށް ކުޑަދޮރު ކައިރިއަށް ޖެހިލިއެވެ.

“މަންމަ ކާންދޭ… މިރޭ އަހަރެން ބަނޑުހައެއް ނުވޭ” އާސިމް ބުންޏެވެ.

ވަސީމާ އިރުކޮޅަކު އާސިމްއަށް ބަލަން ހުރެފައި ނިކުތެވެ.

 

ނުވައެއް ޖެހި އިރުވެސް ނަޒްލާ ކޮޓަރިން ނުނިކުންނާތީ ޔުމްނާ އެކޮޓަރިއަށް ވަނީ ނަޒްލާ ކޮބާތޯ ބަލާލާށެވެ.

“ނަޒޫ… ކިހިނެއްވީ؟” އެނދުމަތީ ރޯން އޮތް ނަޒްލާ ފެނުމުން ޔުމްނާ އެނދުގައި އިށީނދެފައި އަހާލިއެވެ.

“ކަމެއް ނުވޭ…” ތެދުވެ ލޯފޮހެލާފައި ނަޒްލާ ޖަވާބު ދިނެވެ.

އެއީ ތެދެއް ނޫން ކަން ޔުމްނާއަށް އެނގެއެވެ. ނަމަވެސް ނަޒްލާއަށް ބަލާލާފައި ސުވާލެއް ނުކުރީ ނަޒްލާގެ ފަރާތުން އެވަގުތު ޖަވާބެއް ނުލިބޭނެކަން އެނގޭތީއެވެ.

“ކާން ގޮވަން ވެގެން މިއައީ… ހިނގާ ކާން” ޔުމްނާ ބުންޏެވެ.

“ހިނގާ” ނަޒްލާވެސް ތެދުވިއެވެ.

 

އެރޭ ދޭއް ޖެހި އިރުވެސް ނަޒްލާއަކަށް ނުނިދެއެވެ. ކުރީގެ ހަނދާންތައް ނިންޖަށް ހުރަސް އަޅަނީއެވެ. އެހަނދާންތަކާ ދުރުވާން މަސައްކަތް ކުރި ނަމަވެސް ކާމިޔާބެއް ނުވިއެވެ. އެންމެ ފަހުން ނަޒްލާއަށް ނިދުނު އިރު ތިނެއް ޖަހައިފިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

އެދެނީ މަޢާފް

Next

ފުންއަސަރު 07

Next
March 3, 2016

ފުންއަސަރު 07

Previews
March 3, 2016

އެދެނީ މަޢާފް

22 Comments!

  1. saadhu says:
    March 3, 2016 at 5:23 pm

    Nice

  2. saadhu says:
    March 3, 2016 at 5:23 pm

    Nice

  3. Ily says:
    March 3, 2016 at 5:25 pm

    Wowwwwwww v reethi?????

  4. Liusha says:
    March 3, 2016 at 5:28 pm

    Mi part vxxxxxx vvvvvvvvv reeeeeeethi.. Huvaa mibuny… I loved this story a lot…????????????????????????????????????????????????????❤❤❤❤???????????????

  5. sidd says:
    March 3, 2016 at 5:29 pm

    Keeep it up???

  6. laimaan says:
    March 3, 2016 at 6:43 pm

    V v v v v v v reethi. Next part kiyaa hithun kehvanihyeh nuun.

  7. Aish says:
    March 3, 2016 at 10:07 pm

    Waiting for next part……i love this story. ..

  8. xee says:
    March 3, 2016 at 10:47 pm

    Hurihaa prt thahvx kiyamun mi aee.. bt commenteh nukuran…. bt nukoh nei vaakah… this story is superb… love this story…. keep it up ♡♡♡♡♡♡♡♡♡♡

  9. naaji says:
    March 4, 2016 at 2:14 am

    v sali…waiting for 11th

  10. Appy says:
    March 4, 2016 at 7:04 am

    V salhi. …v rythi marsha ge storyx. …u r da good writer

  11. naax says:
    March 4, 2016 at 8:49 am

    .wow varah reethi waiting for.next part

  12. Nis says:
    March 4, 2016 at 4:44 pm

    Alhe next part kon irakun up kuranee.plx.v reethi vaahaka e meee

  13. Saee says:
    March 4, 2016 at 8:36 pm

    Kn irakunthr next part up kurany..? V nice mi story

  14. avas says:
    March 4, 2016 at 10:47 pm

    alhe kobatha aneh bai???

  15. raaz says:
    March 4, 2016 at 11:28 pm

    alhey… aneh part kobaaaa…… kiyaa hithun mioh maru vanyyy…. plx avahah up koh dhyba…. thi varah inthizaaru nukuruvaaba….

  16. xaakko says:
    March 5, 2016 at 1:02 am

    Maashaa Allah!! Varah reethi. Waiting for the Next part.

  17. Sithi says:
    March 5, 2016 at 10:05 am

    Alhe next part avahah up khdheeba. V.nice story. I LUV this story

    1. haadha lahey says:
      March 5, 2016 at 2:23 pm

      kohbaa aneh part???

  18. Nunnu says:
    March 5, 2016 at 2:36 pm

    Whn nxt prt up kurany…?
    Mi prt vrh salhi
    Kyp it up:-D

  19. Mar Sha Marsha says:
    March 5, 2016 at 3:36 pm

    Next part miadhu up vaane. Insha Allah… thnx all for reading.. adhi kuda inthizaareh kolladhy ingey.. will up soonnn.. thnx again.

  20. Impatient says:
    March 5, 2016 at 4:41 pm

    Inthixaaru koh koh varubalivejje….. avahah up kohba plz

  21. ur fan says:
    March 5, 2016 at 5:10 pm

    marsha u r one of my fav stry writer.. love ur stories alot … mi part ves varah reethi … kn iraku aneh part up kurany … avaha up kohdhybaa …… tc marsha …. keep up the gud work … 🙂 🙂 🙂

Comments are closed.

Next Episodeނިމިދާނެ ޖާނާ ހިތާ 11←


All Right Reserved!