Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނިމިދާނެ ޖާނާ ހިތާ 7

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
February 29, 2016 8 Mins Read
18 Comments

އާސިމް އެހެން ބުނުމާ އެކީ ނަޒްލާ އަތުގައި ހުރި ބާރެއް ލާފައި އާސިމްގެ ކޯމަތީ ޖެހިއެވެ. އާސިމްއަށް އެފަދަ އެއްޗެއް ހިތަށް އަރުވަން ކެރުނީތީވެސް ނަޒްލާ ހުރީ ހައިރާން ވެފައެވެ. އެއީ އާސިމް ނަޒްލާއާ މެދު ދެކޭ ގޮތް ކަމާ މެދު ޔަގީން ނުވެފައެވެ. އަދި އަމްދުން އާސިމްގެ އެންމެ ގާތް އެކުވެރިޔާއާ ނަޒްލާއާ މެދު އެފަދަ ގުޅުމެއް ހިނގާފާނެ ކަމަށް އާސިމް ގަބޫލު ކޮށްފާނެކަން ޔަގީން ނުކުރެވިފައެވެ. ނަޒްލާއާ މެދު އާސިމް ދެކޭ ގޮތް މިއަދު ނަޒްލާއަށް އެނގިއްޖެއެވެ.

ނަޒްލާ ޖެހުމުން އާސިމް އައި ރުޅީގައި ނަޒްލާގެ އަތުގައި ހިފައިގެން ދިޔަ ގޮތަށް ގޮސް ސިޓިންގރޫމް ދޮރުން ބޭރަށް ނަޒްލާ ކޮއްޕާލިއެވެ. ނަޒްލާ ވެއްޓުނީ އެވަގުތު އެތަނަށް އައިސް ހުއްޓުނު ނަދީމްގެ ފައި ދަށަށެވެ.

ނަދީމް ގުދުވެފައި ނަޒްލާ ނެގިއެވެ. އޭރުވެސް އާސިމް ބަލަން ހުއްޓެވެ. ނަދީމް ދިޔަ ގޮތަށް ގޮސް އާސިމްގެ ނޭފަތް މަތީ ގޮށްމުށުން ޖެހިއެވެ. ވަގުތުން އާސިމްގެ ނޭފަތުން ލޭ އަންނަން ފެށިއެވެ.

އާސިމްގެ ފަހަތުން ނިކުތް އަސްމާއަށާ ޝާއިރުއަށްވެސް އެމަންޒަރު ފެނުނެވެ.

“ތުއްތުބޭ…” އާސިމްގެ ނެފަތުން ލޭ އަންނަ ތަން ފެނުމުން އަސްމާއަށް ގޮވާލެވުނެވެ.

ނަދީމް ރުޅި އައިސްފައި ހުރި ވަރުން ދެވަނަ ފަހަރަށްވެސް އާސިމް ގައިގައި ޖަހަން އުޅުނެވެ. ނަމަވެސް އެއަށް ވުރެ ކުރިން ޝާއިރު ނަދީމް ހިފެހެއްޓިއެވެ.

“އަހަރެން ހިއެއް ނުކުރަން އާސިމް ތީ ތިކަހަލަ މީހެއް ކަމަކަށް” ނަދީމް އާސިމްއާ ދިމާއަށް ބުންޏެވެ.

“އަހަރެންވެސް ހިއެއް ނުކުރަމޭ ނަޒޫއަކީ އެކަހަލަ ކުއްޖެއް ކަމަކަށް، ނަޒޫ އެހެން ހަދާފާނެ ކަމަކަށް” އާސިމްވެސް ބުންޏެވެ.

“ނަޒޫތަ ގޮތެއް ހެދީ؟ އަދިވެސް ނަޒޫތަ ގޯހީ؟ ޒިންމާ ނަގަން ނުކެރޭ ވަރުގެ ކަންތައް ކީށްކުރަންތަ ކުރީ؟” އާސިމްމެން ގޭގައި ހިނގި ޒުވާބާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ނަދީމްއަކަށް ނޭނގެއެވެ.

“އަހަރެން ކުރި ކަމަކަށް ވިއްޔާ އަހަރެން ޒިންމާވެސް ނެގިން، ނުކުރާ ކަމެއް ބޮލަކު ނޭޅޭނެ” އާސިމް ބުންޏެވެ.

ނަދީމް ޝާއިރުގެ އަތް ފޮޅުވާލަން އުޅުނެވެ. ނަމަވެސް ޝާއިރު ދުލެއް ނުކުރިއެވެ.

“އަހަރެން ހިއެއް ނުކުރަން އަހަރެންގެ ބެސްޓް ފްރެންޑަކީ ތިވަރުގެ މީހެއް ކަމަކަށް. ނަޒޫއަށް ތިވަރުގެ ބޮޑު ލަނޑެއް އާސިމް ދީފާނެއެކޭ އަހަރެން ހިތަށްވެސް ނާރާ…” ނަދީމް ދެރަ ވެފައި ބުނެލިއެވެ.

ޔުމްނާ އައިސް ނަދީމްގެ އަތުގައި ހިފާލިއެވެ.

“ހިނގާ ދާން…” ޔުމްނާ މަޑުމަޑުން ބުންޏެވެ.

ނަދީމް އިތުރު އެއްޗެއް ނުބުނެ އެއްއަތުން ޔުމްނާގެ އަތުގައި، އަނެއް އަތުން ނަޒްލާގެ އަތުގައި ހިފައިގެން އެގޭން ނިކުތެވެ.

“އާސިމް، ކޮބާތަ މައްސަލައަކީ؟ ކިހިނެއްތަ ވެގެން ތިއުޅެނީ؟” ޝާއިރު އެހިއެވެ. ޝާއިރު ހުރީ އެމައްސަލައިގެ މެދަށް އާސިމް ޝާއިރުގެ ނަން ގެނައުމުން އެކަމާ ހިތް ހަމަ ނުޖެހިފައެވެ.

“އަދިވެސް ނޭނގޭތަ މައްސަލައަކީ ކޮބާ ކަމެއް؟” ނޭފަތުން އައި ލޭތައް ފޮހެމުން އާސިމް އަހާލިއެވެ.

“އަހަރެންވެސް ހިއެއް ނުކުރަން ތީ ތިކަހަލަ މީހެއް ކަމަކަށް” ޝާއިރުވެސް ނަދީމް ބުނިހެން ބުނެލިއެވެ.

“އަހަރެންވެސް ހިއެއް ނުކުރަމޭ ޝާއިރުވެސް ތީ ތިވަރުގެ މީހެއް ކަމަކަށް” އާސިމް ޝާއިރުއަށް ބަލާލާފައި ބުންޏެވެ.

“ކީށްވެތަ ތިދެމީހުންގެ މެދަށް އަހަރެން ތި ވައްދަނީ؟ އާސިމްއަށް އެނގޭތަ އަހަރެންގެ ބޮލުގަ ތި އެޅުވީ ކިހާ ވަރެއްގެ ކަމެއް ކަން؟” ޝާއިރު އެހިއެވެ.

“އަހަންނާ ތި ސުވާލު ކުރާކަށް ޝާއިރު ލަދެއް ނުގަނޭތަ؟” އާސިމް ރުޅި އައިސްގެން ޝާއިރުގެ ކޮނޑުގައި އަތް އަޅާ ފަހަތަށް ކޮއްޕާލިއެވެ.

“ކޮން ކަމަކާތަ އަހަރެން ލަދު ގަންނަންވީ؟ ލަދު ގަންނަން ޖެހޭ ވަރުގެ މީހަކު މިތާ ހުރިއްޔާ އަހަންނަށް ހީވަނީ އެމީހަކީ އާސިމްހެން” ޝާއިރުވެސް ރުޅިއައެވެ.

“ކަމެއް ސިއްރު ކުރަން ތިހާ ވަރަށް ދެން މަސައްކަތް ކުރެވޭނީ… އަދިވެސް އެއްބަސް ވާކަށް ނުވޭތަ؟” ދެފަރާތަށް ބޯ ހަލުވާލާފައި އަސްމާ އަހާލިއެވެ.

“ސިމީވެސް ގަބޫލު ކުރީތަ؟” ޝާއިރުއަށް އަސްމާއާ ދިމާއަށް ބަލާލާފައި އަހާލެވުނެވެ.

“އަހަންނަށް އެނގޭ އެއްވެސް ކަމެއް ނުވެ ތުއްތުބޭ އެހެނެއް ނުބުނާނެކަން” އަސްމާ ބުންޏެވެ.

“ކީށްވެގެންހޭ ތިވަރުގެ ކަމެއް އަހަރެންގެ ބޮލުގަ ތިއަޅުވަނީ؟” ޝާއިރު އާސިމްއަށް ބަލާލިއެވެ.

“ކީށްވެތަ ޝާއިރު ކުރިން ނަޒޫއާ ރައްޓެހިވިކަން އަހަންނަށާ ސިމީއަށް ނޭންގީ؟ ކީށްވެތަ ދެމީހުންވެސް އެކަން ސިއްރު ކުރީ؟ ކަމެއް ނުވާ ނަމަ އެކަން ސިއްރު ކުރުމުގެ ބޭނުމަކީ ކޮބާ؟” އާސިމް ވެސް ކުރީ ސުވާލެކެވެ.

އެއަޑު އިވުމުން އަސްމާ ޝާއިރުއަށް ބަލާލިއެވެ.

“އަހަރެން ނަޒޫއަކާ ރައްޓެއްސެއް ނުވަން… އެކަމަކު ކުރިން—” ޝާއިރު ބުނަން އުޅުނު އެއްޗެއް ފުރިހަމަ ވިޔަނުދީ އާސިމް ވާހަކަ ދައްކަން ފެށިއެވެ.

“އޭގެ ހެއްކެއް ނަޒޫ ބަނޑުގަ އެއޮތީ” އާސިމް ބުނެލިއެވެ.

ޝާއިރުއަށް އިތުރަށް ރުޅި މައިތިރިއެއް ނުކުރެވުނެވެ.

“ބުނަންތަ؟ އާސިމް އަކަސް އަހަންނާ ދިމާލަށް ފާޑުފާޑުގެ އެއްޗެއްސެއް ނުކިޔޭނެ އިނގޭ. އާސިމް ނަޒޫއާ އެކީ ގޮތް ގޮތަށް އުޅެފަ އޭނަ ބަލިވެ އިނީމަ އެކަމުން ސަލާމަތް ވާން ވެގެން މަނޫން މީހަކު ނުފެނުނީތަ ތިކަން ބޮލުގަ އަޅުވަން؟ ކޮބާތަ ތި ދޭތެރެއަށް މަ ވެއްދުމުގެ ބޭނުމެއް؟” ޝާއިރު އަހާލިއެވެ.

“ތުއްތުބޭތަ އެހެން މީހެއްގެ ބޮލުގަ އެކަން އަޅުވަން އެއުޅެނީ؟ ޝާއިރު ވަރަށް ރީއްޗޭ ތިހެން ބުނަން. ނަޒޫއާ ދެމީހުން ވެގެން ތިއުޅެނީ ތުއްތުބޭ ބޮލަށް ތިކަން ޖަހަން… އެކަމަކު ދެމީހުންގެ ބަހުންވެސް ގޯސް މިވީ ތުއްތުބޭ. އަހަރެން ހިތަށްވެސް ނާރާ ނަޒޫ މިހާ ވަރުގެ އޮޅުވާލުމެއް އޮޅުވާލަފާނެއެކޭ. ކީށްވެތަ ފުރަތަމަވެސް އެންމެން ކައިރީ ރީއްޗަށް ނުބުނީ؟ ކޮންމެހެން އޮޅުވާލަން ޖެހޭތަ؟” އަސްމާވެސް ރުޅި އައީ ޝާއިރު ދެކެއެވެ.

“ބުނަން އެއްޗެއް އޮތް ނަމައެއްނު ބުނާނީ؟ ސިމީ ޕްލީޒް، ގަބޫލު ކޮށްބަލަ! ތީ ތެދެއް ނޫނޭ. އަޅެ ނަޒޫއަށް ވާނެ ގޮތަކާ މެދު ވިސްނާލަބަލަ… އާސިމް މިހާރު އެހެން އޭނަ ދޫކޮށްލީމަ އޭނައަށް ކިހިނެއް ވާނީ؟” ޝާއިރު އަސްމާއަށް ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ.

“ނަޒޫއާ މެދު ވިސްނަން ޝާއިރު ތިހިރީނު؟ ދެން އަހަރުމެން ކީށްކުރަން އޭނައާ މެދު ވިސްނަންވީ؟” އާސިމް މަލާމާތުގެ ރާގަކަށް ބުނެލިއެވެ.

“އޭނަޔާ ނީންނަންޏާ އެވަރުގެ ދެރައެއް އޭނައަށް ދިނީ ކީށްކުރަންތަ؟ އަހަރެން ހިއެއް ނުކުރަން އާސިމް ތީ ކުރާ ކަމެއްގެ ޒިންމާ ނަގަންވެސް ނުކެރޭ މީހެއް ކަމަކަށް” ޝާއިރު އާސިމްއަށް ބުންޏެވެ.

“ޝާއިރު ރަނގަޅޭ މަށާ ދިމާލަށް ތިހެން ބުނަން… އަހަރެން ކުރި ކަމަކަށް ވިއްޔާ އެއްބަސް ވީން… ނާހަންތަ އަހަރެން އެއްބަސް ވީ އަޑެއް؟ ނުކުރާ ކަމެއް ބޮލަކު ނޭޅޭނެ. ޝާއިރުއަށް ނުކެރުނު އެއްބަސް ވާންވެސް… ބުނެބަލަ ނަޒޫއާ އެކީ—”

“ދެން ހެޔޮ! އާސިމް މޮޔަ ވެފަތަ ތިހިރީ؟ ކާކު ދައްކައިގެން އުޅޭ ވާހަކައެއްތަ ތީ؟ ކިތައް ފަހަރުތަ ބުނަންވީ ތީ ދޮގެކޭ؟” ޝާއިރު އާސިމްގެ ވާހަކަ ހުއްޓުވާފައި ސުވާލު ކޮށްލީ ރުޅި މަޑު ކުރަން މަސައްކަތް ކުރަމުންނެވެ.

“އެހެން ހީކޮށްގެނެއްނު ތިދެމީހުން ތިއުޅުނީ؟ ހީކުރީ ދޯ ދައްކާ ހުރިހާ ވާހަކައެއް ގަބޫލު ކުރާނެޔޭ؟” އަސްމާ އަހާލިއެވެ. އަދި ޝާއިރުގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި އެތެރެއަށް ވަންނަން އުޅުނެވެ.

“ސިމީ ޕްލީޒް، އަޑު އަހާބަލަ…” ޝާއިރު އަސްމާގެ އަތުގައި ހިފެހެއްޓިއެވެ.

“އަތް ނުލާތި! އަޑު އަހާކަށް ބޭނުމެއް ނޫން” އަތް ފޮޅުވާލަމުން އަސްމާ ބުންޏެވެ.

“ސިމީ، ޕްލީޒް… އަޑު އަހާބަލަ! އެއީ ދޮގެކޭ… އަހަރެން ދުވަހަކުވެސް ސިމީއަށް ދޮގެއް ނަހަދަމޭ…” ޝާއިރު އަނެއްކާވެސް އަސްމާގެ އަތުގައި ހިފެހެއްޓިއެވެ. ނަމަވެސް އާސިމް ޝާއިރުގެ އަތުތެރޭން އަސްމާގެ އަތް ދަމައިގަތެވެ.

“އަޑެއް ނީވޭތަ؟ ސިމީ އެބުނީ އަޑު އަހާކަށް ބޭނުމެއް ނޫނޭ” އާސިމް ބުންޏެވެ.

“ސިމީ…” ޝާއިރު ގޮވާލިއެވެ.

“ހުރިހާ ކަމެއް އެނގިއްޖެ މިރޭ. ދެން އިތުރަށް އަޑު އަހަން އޮތީ ކޯޗެއްތަ ޝާއިރު؟ ތި ހުރިހާ ކަމެއްގެ ތަފްސީލުތަ ދެން ކިޔާދޭން ތިއުޅެނީ؟” އަސްމާ ޝާއިރުއަށް ބަލާލާފައި އެހިއެވެ.

“ސިމީ… ފަހު ފަހަރަށް މި ބުނަނީ. ތީ ތެދެއް ނޫނޭ، ގަބޫލު ކޮށްބަލަ!” ޝާއިރު ބުންޏެވެ.

އަސްމާ އަނެއް ފަރާތަށް އެނބުރުނެވެ. ޝާއިރުގެ ވާހަކަ ގަބޫލު ކުރަން ކިތަންމެ ބޭނުންވި ނަމަވެސް އަސްމާއަށް ގަބޫލު ކުރެވުނީ އާސިމްގެ ވާހަކައެވެ.

“ޖަވާބު އެނގިއްޖެތަ؟” އާސިމް އަހާލިއެވެ.

“އެންމެ ރަނގަޅު… މައްސަލައެއް ނެތް. އަސްމާ ގަބޫލު ކޮށްގެން ހުރޭ… އަހަރެން ނޫޅެން އާދޭސް ކުރާކަށް” ޝާއިރު ބުންޏެވެ. އަދި އެގޭން ނިކުމެގެން ދިޔައެވެ.

 

ނަޒްލާ ގެޔަށް ދިޔަ ގޮތަށް ކޮޓަރިއަށް ވަދެ ދޮރު ތަޅުލިއެވެ. އަދި އެނދު މައްޗަށް ވެއްޓިގަތް ގޮތަށް ރޯން ފެށިއެވެ. ނަޒްލާގެ ހިތް ވަނީ ކުދިކުދި ވެފައެވެ. އެންމެ ޅައިރުއްސުރެ ލޯބިވީ ހަމައެކަނި މީހާގެ ބޭވަފާތެރިކަން ނަޒްލާއަށް ހާމަ ވީ ހީވެސް ކޮށްފައި ނުވާ ގޮތަކަށެވެ. އެފަދަ އިލްޒާމެއް ނަޒްލާގެ ބޮލުގައި އަޅުވާފައި އާސިމް އެގޮތަށް ނަޒްލާ ބޭޒާރު ކޮށްލަފާނެ ކަމަކަށް ނަޒްލާ ހުވަފެނުގަވެސް ދެކެފައެއް ނުވެއެވެ. އެލޯތްބަށް ނަޒްލާ އިތުބާރު ކުރީ އަމިއްލަ ނަފްސަށް ވުރެވެސް ބޮޑަށެވެ. މުޅި ދުނިޔެ މަތިން ހަނދާން ނައްތާލާފައި އާސިމްގެ ބަހަށް ނަޒްލާ އިތުބާރު ކުރީ އެލޯތްބާ މެދު ޔަގީންކަން އޮތްލެއް ބޮޑު ކަމުންނެވެ. ނަމަވެސް އެއިތުބާރާ ލޯބީގެ ނަތީޖާ ނަޒްލާއަށް ފެނުނީ އެންމެ ހިތިކޮށެވެ.

ހުރިހާ ކަމަކީވެސް ހަމަ ނަޒްލާގެ މޮޔަ ކަމުން ވީ ކަންތައް ކަމުގައި ނަޒްލާ އެވަގުތު އެއްބަސްވިއެވެ. ކިތަންމެ ލޯބި ވިޔަސް، އަދި ކިތަންމެ އިތުބާރު ކުރި ނަމަވެސް އެލޯތްބާ އިތުބާރު އޮންނަން ވާނީ ވަކި ހައްދެއްގައިކަން ނަޒްލާއަށް މިއަދު ގަބޫލު ކުރެވިއްޖެއެވެ. ކައިވެނީގެ ކުރިޔާ ކައިވެނީގެ ފަސް މިއަދު ނަޒްލާއަށް ވިސްނިއްޖެއެވެ.

ނަމަވެސް ދެން ކުރާނެ ފައިދާއެއް ނެތެވެ. މިއަދު މިވަނީ ނަޒްލާ ވީލޯބީގެ ނަތީޖާ ނަޒްލާ އެކަނި އުފުލަން ޖެހިފައެވެ. ނަޒްލާ ތެދުވެ ލޯ ފޮހެލިއެވެ. އަމިއްލައަށް ކުރެވުނު މޮޔަކަމާ މެދު ދެން ރުއިމުގެ ބޭނުމެއް ނެތެވެ. ނަމަވެސް އަނެއްކާވެސް ނަޒްލާގެ ލޮލުން ކަރުނަ އައީ މަންމަ މަތިން ހަނދާން ވުމުންނެވެ. ނަޒްލާ ކުރި ކުށުގެ ސަބަބުން މަންމައަށް ވެދާނެ ގޮތަކާމެދު ވިސްނާލެވުމުން ނަޒްލާއަށް އަނެއްކާވެސް ގިސް ލެވުނެވެ.

ޔުމްނާއާ ނަދީމް ކޮޓަރީ ދޮރު ކައިރީ ތިބެ ގޮވާގޮވާވެސް ނަޒްލާ ދޮރެއް ނުހުޅުވިއެވެ. ގަޑިއެއްހާ އިރު ފަހުން ނައީމާއާ ނިހާ ގެޔަށް އައި އިރުވެސް އެދެމީހުން ނަޒްލާގެ ކޮޓަރީ ދޮރު ކައިރީ ތިއްބެވެ.

“ކިހިނެއްތަވީ؟” ޔުމްނާއާ ނަދީމް ތިބި ގޮތުން ނައީމާއަށް އަހާލެވުނެވެ. ނަމަވެސް އެކަކުވެސް ޖަވާބެއް ނުދިނެވެ.

ނައީމާގެ ހިތް ބިރުގަންނަން ފެށިއެވެ. ނަޒްލާއަށް ކޮންމެވެސް ކަމެއް ވެއްޖެހެން ހީވިއެވެ. ނައީމާ ދޮރުގައި ޓަކި ޖަހާލިއެވެ.

“ނަޒޫ؟ ދަރިފުޅާ، ދޮރު ހުޅުވަބަލަ…” ނައީމާ ގޮވާލިއެވެ.

“ވެގެން އުޅޭ ގޮތެއް ބުނެބަލަ ނަދީމް…” ނައީމާ ދެވަނަ ފަހަރަށް ނަދީމްއާ ސުވާލު ކުރިއެވެ. ނަމަވެސް ދެންވެސް ނަދީމް ޖަވާބެއް ނުދިނެވެ.

“ނަދީމް ކައިރީގައޭ މިއަހަނީ. ބުނެބަލަ! ނަޒޫއަށް ކިހިނެއްތަވީ؟” ނައީމާ ނަދީމްގެ ދެއަތުގައި ހިފާ ތަޅުވައިގަތެވެ. އެވަރުންވެސް ނަދީމްއަށް އެއްޗެއް ބުނާކަށް ނުކެރުނެވެ.

“ޔުމް ބުނެބަލަ… ކިހިނެއްތަވީ؟ މިހާރު އަހަރެން ބިރުގަންނަން ފަށައިފި… ބުނެބަލަ!” ނަދީމް ޖަވާބެއް ނުދިނުމުން ނައީމާ ޔުމްނާއާ ސުވާލު ކުރިއެވެ.

ޔުމްނާ ނަދީމްއަށް ބަލާލިއެވެ. ނަދީމް އިސް ޖަހައިގެން ހުރި ގޮތަށް ހުއްޓެވެ.

“ނަޒޫ މަންމާ… ނަޒޫ— ނަޒޫ ބަނޑުބޮޑު…” އިސް ޖަހާލާފައި ޔުމްނާ ނައީމާގެ ސުވާލަށް ޖަވާބު ދިނެވެ.

“ކީކޭ…؟” ނައީމާއަށް އަހާލެވުނެވެ.

އެކަކުވެސް އެއްޗެއް ނުބުނެ އިރުކޮޅެއް ދިޔައެވެ.

“ތެދެއްތަ ނަދީމް؟” ނައީމާ އަހާލިއެވެ. ނަދީމް ބޯޖަހާލިއެވެ. ނައީމާއަށް އަނގަމަތީ އެއް އަތް އަޅާލެވުނެވެ. ދެތިން ފިޔަވަޅު ފަހަތަށް އަޅާލެވުނެވެ. ނިހާއަށްވެސް ވީ އެކަހަލަ ގޮތެކެވެ.

“ނަޒްލާ… މިދޮރު ހުޅުވަބަލަ!” ނައީމާ ދޮރުގައި ތަޅައިގަތެވެ.

ނަޒްލާ ކޮޓަރީގައި އޮތް ނަމަވެސް ނައީމާ ގެޔަށް އައީއްސުރެ ކުރަމުން ދިޔަ ސުވާލު އަޑު އިވުނެވެ. އެވަގުތު ދޮރު ހުޅުވަން ފަސް ޖެހުނީ ނައީމާ ކޮށްފާނެ ކަމަކާމެދު ގަތް ބިރެއްގެ ސަބަބުންނެވެ.

ނަޒްލާ ދޮރު ނުހުޅުވުމުން ނައީމާ އަނެއްކާވެސް ނަދީމްއާ ކުރިމަތިލިއެވެ.

“އާސިމް ކޮބާތަ؟ އޭނައަކަށް ނޭނގޭތަ؟” ނައީމާ ހާސް ވެފައި އަހާލިއެވެ.

ނަދީމްއާ ޔުމްނާ އެކަކު އަނެކަކަށް ބަލާލިއެވެ.

“ކީށްވެތަ އެއްޗެއް ނުބުނެ ތިތިބެނީ؟ ކޮންމެ ސުވާލެއް އަހަރެން ފަސް ހަފަހަރު ކުރަން ޖެހޭތަ؟” ނައީމާ އެހިއެވެ.

“މަންމާ… އާސިމް ބުނީ… ނަޒޫއަކާ ނީންނާނަމޯ…” ނަދީމް ޖަވާބު ދިނެވެ.

“ކީށްވެގެން؟” ނައީމާއަށް އަހާލެވުނެވެ. ގަބޫލު ކުރަން ދަތި ވިއެވެ.

ނަދީމްއަށް އަނެއްކާވެސް ޔުމްނާއާ ދިމާއަށް ބަލާލެވުނެވެ.

“ކީށްވެގެންތަ ނަދީމް؟” ނައީމާ އަހާލިއެވެ.

ނަދީމްއަށް އެސުވާލުގެ ޖަވާބު ދޭކަށް ނުކެރުނެވެ. އެތަނުން ދުރަށް ގޮސް ނަދީމް ކާމެޒު ކައިރީ ހުރި ގޮނޑިއެއްގައި ހިފަހައްޓާލިއެވެ.

“ޔުމްނާ… ބުނެބަލަ…” ނަދީމްއަށް ބަލަން ހުރެ ނައީމާ ޔުމްނާ ގާތު އެހިއެވެ.

“ނަޒޫ މަންމާ… އާސިމް ގަބޫލެއް ނުކުރޭ އެއީ… އެއީ… އާސިމްގެ ކަމަކަށް” ޔުމްނާ ބުންޏެވެ.

ނައީމާއަށް ޔުމްނާއާ ދިމާއަށް ބަލަހައްޓައިގެން ހުރެވުނެވެ.

“އެއީތަ ނަދީމްގެ އެންމެ ގާތް ރަހުމަތްތެރިންގެ ގޮތަކީ؟ އެވަރުގެ މީހަކަށްތަ އަހަންނަށް އިތުބާރު މިކުރެވުނީ؟ އާސިމް… އާސިމް އެހެން ހަދާފާނެ ކަމަކަށް އަހަރެން ކުޑަކޮށްވެސް ހިއެއް ނުކުރަން…” ނައީމާ ވާހަކަ ދެއްކީ އަމިއްލަ ނަފްސާއެވެ. ނައީމާއަށްވެސް އާސިމް އެހެން ހަދާފާނެ ކަން ގަބޫލު ކުރަން ދަތި ވިއެވެ.

“ނަޒޫ… މިދޮރު ހުޅުވާ… ދޮރު ތަޅުލައިގެން އޮތީމަ ތީ ނުވާ ކަމަކަށް ވާނެތަ؟ އުޅޭނެހާ ވައްތަރަކަށް އުޅެއުޅެފަ ފިލައެއް ނޯވެވޭނެ… ހުޅުވާ…” ނައީމާ ދޮރުގައި ތަޅައިގަތެވެ.

ނަޒްލާ ރޮމުން އައިސް ދޮރު ހުޅުވިއެވެ. ނަޒްލާ ފެނުމާއެކު ނައީމާ ދެތިން ފަހަރު ނަޒްލާގެ ކޯމަތީ ޖެހިއެވެ.

“މަންމާ…” ނަދީމް އައިސް ނައީމާގެ އަތުގައި ހިފަހައްޓަން އުޅުނެވެ. ނަމަވެސް ނައީމާ ހުރީ އިތުރު ވާހަކައެއް އަޑު އަހާ ވަރަށް ވުރެ ރުޅި އައިސްފައެވެ.

“ދުރުގަ ހުރޭ” ނަދީމްގެ އަތުގައި ޖަހާފައި ނައީމާ ބުންޏެވެ.

ނަޒްލާ ރޯން ހުއްޓެވެ.

“ލަދެއް ވެސް ނުގަނޭތަ؟ ތިވަރުގެ ހަޑި ކަމެއް ކޮށްފަ އައިސް އަދި އެބަ ރޮއެއްނު؟ މިއަދުތަ ރޯން އެނގުނީ؟ މިއަދުތަ އެނގުނީ ކުރީ ގޯސް ކަމެއް ކަން؟ ތީތަ އަހަރެން ނަޒްލާއަށް ދަސް ކޮށްދިން ގޮތަކީ؟ މީތަ އަހަންނަށް ދެވުނު ތަރުބިއްޔަތަކީ؟ އަހަރެން ހިއެއް ނުކުރަން ލޯބިން ގެންގުޅެ ބޮޑު ކުރީމަ މިކަހަލަ ހަދިޔާއެއް ކަމަކަށް ނަޒްލާ އަހަރުމެންނަށް ދޭނީކީ…” ނައީމާ ހަޅޭ ލަވަމުން ގޮސް ސޯފާގައި އިށީނދެ މޫނުގައި އަތް އަޅާފައި ރޯން ފެށިއެވެ.

ނަޒްލާ ރޮމުން ނައީމާގެ ފަހަތުން ގޮސް ހުއްޓުނެވެ.

“މިއަދުގެ ފަހުން ނަޒްލާ ތީ އަހަރެންގެ ދަރިއެއް ކަމަކަށްވެސް ނުބަލާނަން…” ނައީމާ ބުނެލިއެވެ.

“ނޫން މަންމާ… ތިހެން ނުބުނޭ…” ނަޒްލާ ރޮމުން ނައީމާގެ ފައި ކައިރީގައި އިށީނެވެ.

“ދުރަށް ޖެހޭ…” ނައީމާ ނަޒްލާ ދުރަށް ކޮއްޕާލިއެވެ. “އަހަރެންގެ ދަރިއެއް ތިކަހަލަ ކަމެއް ނުކުރާނެ… މިދުވަސް ނުފެންނަން ނެގެން ކަންނޭނގެ ނަޒްލާގެ ބައްޕަވެސް މަރުވީ. އަހަރެން ހިތަށް އަރާ އެދުވަހު އަހަރެންވެސް މަރުވި ނަމައޭ… ގައިމުވެސް ނަޒްލާ ތިވަރުގެ ކަމެއް ކުރި ތަން އަހަންނަށް ނުފެނުނީހެއްނު؟” ނައީމާ ނަޒްލާއާ ދިމާއަށް ހަޅޭ ލަވަމުން ދިޔައެވެ. ނިހާއާ ޔުމްނާވެސް ތިބީ ރޯށެވެ.

“ނޫން މަންމާ… ތިހެން ނުބުނެބަލަ… އަހަރެން ގަސްތަކު ނޫނޭ…” ނަޒްލާ އަނެއްކާވެސް ނައީމާގެ ފައިގައި ހިފިއެވެ.

“ބުނެފީމެއްނު ތީ އަހަރެންގެ ދަރިއެއް ނޫނޭ… މަށަށް މަންމަ ނުކިޔާތި!” ނައީމާ ނަޒްލާގެ ކޯމަތީ ޖެހިއެވެ. އަދި ތެދުވެ ނަޒްލާގެ އަތުގަ ހިފާ ދަމާފައި ގެންގޮސް ކޮޓަރިއަށް ވެއްދިއެވެ.

“ހަނދާން ކުރާތި! މިތަނުން ދެން ނިކުމެގެން ނުވާނެ” ނަޒްލާއާ ދިމާއަށް އިނގިލި ދިއްކޮއްލާފައި ނައީމާ ބުނެލިއެވެ. އަދި ނިކުމެ ދޮރު ލެއްޕިއެވެ. ނަޒްލާ ރޮމުން އެނދު މައްޗަށް ވެއްޓިގަތެވެ.

ނައީމާ ނިކުތުމުން ނިހާ އެކޮޓަރިއަށް ވަންނަން އުޅުނެވެ. ނައީމާ ނިހާގެ އަތުގައި ހިފެހެއްޓިއެވެ.

“ނިހާވެސް މަށަށް މަންމަ ކިޔަންޏާ ވަދެގެން ނުވާނެ… ނަޒްލާއާ ވާހަކަވެސް ދައްކައިގެން ނުވާނެ. ނަދީމްވެސް ނުވަންނާތި. ޔުމްނާވެސް ނަދީމްއާ އިނދެގެން ހުރި ނަމަ އަހަރެން ޔުމްނާ ކައިރީވެސް މިހެން ބުނީމުސް…” ނައީމާ ނިހާގެ އަތުގައި ހިފައިގެން ގޮސް ކޮޓަރިއަށް ވަނެވެ.

ޔުމްނާވެސް ރޮވިފައި ހުރެ ނަދީމްއަށް ބަލާލިއެވެ. ނަމަވެސް ނަދީމް އެވަގުތު ހުރީ އެހެން މީހަކާ މެދު ވިސްނާ ވަރަށް ވުރެ ފިކުރު ބޮޑުވެފައެވެ. އިސް ޖަހައިގެން ހުރި އިރު ނަދީމްގެ ލޮލުންވެސް ކަރުނަ އާދެއެވެ. އާސިމް ނަޒްލާއާ މެދު އެހެން ކަންތައް ކުރިކަން އަދިވެސް ނަދީމްއަށް ގަބޫލު ކުރަން ދައްޗެވެ. އަމިއްލަ ލޮލަށް ނުފެނުނު ނަމަ ނަދީމްއަށް ގަބޫލެއްވެސް ނުކުރެވުނީހެވެ. އެގޭގައި ނަޒްލާއާ އާސިމްއާ ދެމެދު ކަންތައްވީ ގޮތެއް އަދި ކިޔުނު އެއްޗެއްސެއްވެސް ނަދީމްއަކަށް އަދި ނޭނގެއެވެ.

ގިނަ އިރެއް ނުވެ ނަދީމް ޔުމްނާ ގެޔަށް ލާން ދިޔައެވެ. އެގޭގައި މަޑުވެސް ކޮށްނުލާ ނަދީމް ގެޔަށް އައި ގޮތަށް ކޮޓަރިއަށް ވަދެ އޮށޯތެވެ. ނަމަވެސް ނިންޖެއް ނައެވެ.

އެރޭ އެގޭ އެކަކުވެސް ނުނިދައެވެ. ނިހާވެސް އިރު އަރަންދެން އޮތީ ހޭލައެވެ. ނަޒްލާ މަތިން ހަނދާން ވުމުން ރޮވޭ އިރަށް ނައީމާ ނިހާއާ ދިމާއަށް ހަޅޭ ލަވައިގަނެއެވެ. ނަމަވެސް ނައީމާވެސް އުޅުނީ އެފަދަ ހާލެއްގައެވެ. އެރޭ އެތައް އިރެއް ވަންދެން ނައީމާ ރުއި އަޑު ނިހާ އެހިއެވެ. ނަމަވެސް އެއްޗެއް ބުނަން ނުކެރުނީ ނައީމާ ހަޅޭ ލަވައިގެންފާނެތީއެވެ.

އަނެއް ދުވަހު ހެނދުނު ނަޒްލާއަށް ކާއެއްޗެހި ހިފައިގެން ނިހާ ކޮޓަރިއަށް ވަނީ ނައީމާ ބުނެގެންނެވެ. އޭރުވެސް ކުރީ ރެއިން ފެށިގެން އެނދުގައި ފާރުގައި ބުރަކަށި ޖައްސައިގެން ދެފައި ކުރު ކޮށްގެން ކަކޫމަތީ ދެއަތް ބާއްވާފައި އަތުގައި ބޯއަޅައިގެން ރޯން އިން ގޮތަށް ނަޒްލާ އިނެވެ. ނިހާ ވަނުމުން އިސް އުފުލާ ބަލާލާފައި އަނެއްކާވެސް ނަޒްލާ ފެށީ ރޯށެވެ. ނިހާވެސް ތަބައް އެނދުމަތީ ބަހައްޓާފައި ނިކުތީ ރޮމުންނެވެ.

ހަވީރު ޔުމްނާ އެގެޔަށް ދާން ވެގެން ނަދީމްއަށް ގުޅުމުން ނަދީމް ފޯނެއް ނުނެގިއެވެ. ހެނދުނުވެސް ޔުމްނާ އެތައް ފަހަރަކު ގުޅި އިރުވެސް ނަދީމް ފޯނެއް ނުނަގައެވެ. އެންމެ ފަހުން ޓެކްސީއެއްގައި ޔުމްނާ އެގެޔަށް އައިސް ނަޒްލާގެ ކޮޓަރިއަށް ވަން އިރުވެސް ނަޒްލާ އެނދުމަތީގައި ރޯން އޮތެވެ. އޭރުވެސް ނަޒްލާ އެއްވެސް އެއްޗެއް ނުކައެވެ. މެންދުރު ނިހާ ގެނައި ތަބައް ކާއެއްޗެއްސާ އެކީ އެނދުމަތީ ހުއްޓެވެ.

ޔުމްނާ އެކޮޓަރިއަށް ވަން ތަން ބަލަން ނައީމާ އިނެވެ. ނަމަވެސް އެއްޗެއް ނުބުނެއެވެ. ޔުމްނާ އައީތީ ނައީމާ ހިތްހަމަވެސް ޖެހުނެވެ. ނަޒްލާ އިނީ ކުރީ ރެއިން ފެށިގެން ނުކައި ކަން އެނގޭތީ ނައީމާއަކަށްވެސް ކާއެއްޗެއް ނުކެވުނެވެ. ހަޅޭލަވައިގެން ނިހާއާ ނަދީމް ކޭ ނަމަވެސް އެދެމީހުންވެސް ރަނގަޅަކަށް ނުކައެވެ. ޔުމްނާ އައިސް ނަޒްލާއަށް ކާން ދޭނެ ކަމަށް ނައީމާ އުންމީދު ކުރިއެވެ. ރުޅިއައިސްގެން ނަޒްލާއާ އަނގައިން ނުބުނި ނަމަވެސް ނަޒްލާ އެހާލުގައި ވާކަން އެނގުމުން ނައީމާވެސް ރޮއެވެ. ނަޒްލާއަށް ދެރަ ގޮތެއް ވާކަށް ނައީމާއަކަށް ނޭދެވޭނެއެވެ.

ނަމަވެސް ނަޒްލާ ކުރި ކަންތަކަށް ނައީމާއަށް އެހާ ފަސޭހައިން މާފެއް ނުކުރެވޭނެއެވެ. އަދި އެކަމުގައި އާސިމް އެކަނި ކުށްވެރި ނުކުރެވޭނެކަން ނައީމާއަށް އެނގެއެވެ. އާސިމް ހެދި ގޯހަކީ ފަހުން އެކަމާ އެއްބަސް ނުވި ކަމެވެ. އެހެން އެންމެނެކޭ އެއްގޮތަށް ނައީމާއަށްވެސް އާސިމް އެއީ އެކަހަލަ މީހެއް ކަމަށް ހީކުރެވިފައެއް ނެތެވެ.

ޔުމްނާ ތަބައް ހިފައިގެން ބަދިގެއަށް ގޮސް އަލުން ކާއެއްޗެހި ހަދައިގެން ކޮޓަރިއަށް ވަންނަން ދިޔައެވެ. އެއްޗެއް ބުނަން އުޅެފަވެސް ނައީމާ އިނީއެވެ.

ޔުމްނާ އެތައް އާދޭހެއް ކޮށްގެންވެސް ނަޒްލާ އެއްޗެއް ކާކަށް އެއްބަހެއް ނުވިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ހާދަ ލޯބިންނޭ (18)

Next

ކުރަމުން ތިދާހާ ގޯނާ 19..

Next
February 29, 2016

ކުރަމުން ތިދާހާ ގޯނާ 19..

Previews
February 29, 2016

ހާދަ ލޯބިންނޭ (18)

18 Comments!

  1. twnkl str says:
    February 29, 2016 at 8:35 pm

    Woww nyc….

  2. twnkl str says:
    February 29, 2016 at 8:36 pm

    Woww nyc….???

  3. afu says:
    February 29, 2016 at 8:42 pm

    alheyyy asim haudha goaheyy dhw .. stry habbu ingey

  4. Ninni says:
    February 29, 2016 at 8:43 pm

    Alhey..
    Dhn aasim vx jehey thr meehaku dhahkaahr vaahakayeh adu ahan.. v foohivey..
    Bt story v reethi.. knirakun next part?

  5. Fary says:
    February 29, 2016 at 8:43 pm

    Next part when avaha up kolati vvvvv nice

  6. Zeena says:
    February 29, 2016 at 9:04 pm

    Alhey dho nazlaa ah ehen hadhan heyo vaaneyy tha.. Innyyyyy roavije

  7. Zaanaa says:
    February 29, 2016 at 9:07 pm

    V reethi vaahaka avahah up kohdeeba next part

  8. maayaa says:
    February 29, 2016 at 9:11 pm

    alhey… hama rovenyyy…

  9. Aisha says:
    February 29, 2016 at 9:56 pm

    Hama rangalhah vx rovijje ?? v ginna vaahaka kiyaa fin nd kiyamun mi gendhany bt v madhu vaahaka ehga mi gotah rovifa hunnaany….. Varah vx reethi mi partvx…. Inthizaaru mi kurany next part ah mihaaru❤️❤️❤️❤️Whn aneh bai?????

  10. reef says:
    February 29, 2016 at 10:11 pm

    Mi story ga dhen innany kithah part tha?

  11. Mar Sha Marsha says:
    February 29, 2016 at 10:38 pm

    Thnx all… vv happy to c these comments… vaahakaiga adhi miah vure bodu bai othy.. hope u all will be with me till the end… n sorry for not replying to every comment separately… ☺☺

    1. Mar Sha Marsha says:
      February 29, 2016 at 10:39 pm

      Oh.. n part 8 tomorrow night ga up kohdheynan.. insha allah

  12. Aimsithu says:
    February 29, 2016 at 10:59 pm

    Thanx. . Varah dhera vejje mi part kiyaafa.. but nice

  13. sidd says:
    March 1, 2016 at 2:00 am

    Marsha.Naxu ee virgin eh nootha???

  14. beauty queen says:
    March 1, 2016 at 11:44 am

    Ahannah ves dhimaavee mikahala gotheh.miulhey firihenun nuvaane ehbaheh.hurihaakameh ufulan jeheynee anhen kujja.story varah touching…

  15. naaji says:
    March 1, 2016 at 2:02 pm

    next part dhyba… v sali vhrk eh mii

  16. naax says:
    March 1, 2016 at 3:15 pm

    Wow varah reethi mipart ves

  17. elsa says:
    March 11, 2016 at 4:05 pm

    asim ah engeyne dho nazla aky virgin eh kan. ehenviyya kyhve egothah gaboolu kury. ehen noony nazla aky kurinves egothah ulhunu kuhjehthaa. logicaly hama nujegey thaneh e

Comments are closed.

Next Episodeނިމިދާނެ ޖާނާ ހިތާ 8←


All Right Reserved!