Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ނިމިދާނެ ޖާނާ ހިތާ 9

Marsha
March 2, 2016
8 Mins Read
56 Views
15 Comments

“އުހުނ… ޕާޓީ ބާއްވަން ވާނެ… ޔަގީނޭ ތިއުޅެނީ އަހަންނާ ހެދިކަން ޕާޓީ ނުބާއްވަން! އަހަރެން ބޭނުން ޕާޓީ ބާއްވަން… ނޫނެކޭ ބުނެގެން ނުވާނެ…” ނަޒްލާ އަވަސް އަވަހަށް ބުންޏެވެ.

“އެހެން ވެގެނެއް ނޫން…” ޔުމްނާ ބުނަން އުޅުނެވެ.

“ނޫނެއް ނޫން… ބާއްވަން ޖެހޭނީ… އަހަރެން ދޮންބެއާ ވާހަކަ ދައްކާނަން” ނަޒްލާ ބުންޏެވެ.

ނަދީމްއާ ޔުމްނާ ޕާޓީ ބާއްވަން ބޭނުން ނުވަނީ ނަޒްލާއާ ހެދިކަން ނަޒްލާއަށް އެނގެއެވެ. ނަޒްލާގެ ސަބަބުން އެމީހުން އެއްވެސް އުފަލަކަށް އެއްވެސް ހުރަހެއް އެޅޭކަށް ނަޒްލާ ބޭނުމެއް ނޫނެވެ. ނަދީމްއާ ވާހަކަ ދައްކައިގެން ނަޒްލާ އެދެމީހުން ވެސް އެއްބަސް ކުރުވިއެވެ.

ކައިވެނި ކުރަން ނިންމާފައި ނަދީމްއާ ޔުމްނާ އެވާހަކަ އަސްމާއާ ޝާއިރު ކައިރީ ދެއްކިއެވެ.

“ޝާއިރުމެންވެސް ދެން މެރީ ކުރަން ވީނު؟” ނަދީމް ބުންޏެވެ.

“ތެދެއް؟” ޔުމްނާވެސް އެހިޔާލަށް ތާއީދު ކުރިއެވެ.

“ނަދީމްއަށްވެސް އެނގޭނެ މިހާރު ތިކަން އެހާ ފަސޭހައެއް ނުވާނެކަން، ސިމީގެ ފެމިލީ ގަބޫލެއް ނުވާނެކަން” ޝާއިރު ބުންޏެވެ.

ތެދެކެވެ. އަސްމާގެ އާއިލާ ޝާއިރުއާ އަސްމާގެ ގުޅުމަށް ގަބޫލެއް ނޫނެވެ. ސަބަބަކީ އެމީހުން އާސިމްގެ ވާހަކަ ގަބޫލު ކުރާ ކަމެވެ. އެކަމުގައި ޝާއިރު ކުށްވެރި ކުރާ ކަމެވެ. އަސްމާ ކިތަންމެ ވަރަކަށް އެމީހުންނަށް ޝާއިރުއާ ނަޒްލާގެ ކުށެއް ނެތްކަން ވިސްނައިދޭން މަސައްކަތް ކުރި ނަމަވެސް އެކަކުވެސް އެކަމެއް ގަބޫލެއް ނުކުރެއެވެ.

އަސްމާއާ ޝާއިރު ދެވަނަ ފަހަރަށް ގުޅުމުން އެމީހުން އަސްމާއަށް ޝާއިރުއާ ވާހަކަ ދެއްކުން މަނާ ކުރިއެވެ. ނަމަވެސް އަސްމާ އެކަކުގެ ބަހެއްވެސް ނޭހިއެވެ. ޝާއިރުގެ ކުށެއް ނެތް ކަން އަސްމާއަށް ޔަގީން ވާކަމަށް ބުނެ އާއިލާގެ އެންމެންނާ ދެކޮޅަށް އަސްމާ އެގުޅުން ކުރިއަށް ގެންދިޔައެވެ. އެކަން އާސިމްއަށް އެނގުމުން އަސްމާއަށް ގުޅާ އެހެން ނުހެދުމަށް އާސިމް އަސްމާގެ ފަރާތުން އެދުނެވެ. އަސްމާ ގަބޫލު ނުކުރުމުން އާސިމް އަސްމާއާ ދިމާއަށް އެއްޗެހި ކިޔާ ޝާއިރުއާ ވާހަކަ ދައްކާހާ ދުވަހަކު އާސިމް އަސްމާއާ ވާހަކަ ނުދައްކާނެ ކަމަށް ބުންޏެވެ. ނަމަވެސް ދެންވެސް އަސްމާ ގޮތެއް ދުލެއް ނުކުރިއެވެ. އެހެން ވިޔަސް ހެޔޮ ކަމަށާ ޝާއިރުގެ ކުށެއް ނެތި އަސްމާ ޝާއިރުއާ ވަކި ނުވާނެ ކަމަށް އާސިމް ގާތު ބުންޏެވެ. އެދުވަހުގެ ފަހުން އާސިމް ކިތަންމެ ވަރަކަށް ގެޔަށް ފޯންކޮށް ގޭއެންމެންނާ ވާހަކަ ދެއްކި ނަމަވެސް އެއް ފަހަރުވެސް އަސްމާއަކާ ވާހަކައެއް ނުދައްކައެވެ.

ނަދީމްމެން އެވާހަކަ ފެށުމުން ނަޒްލާ ތެދުވެގެން ގޮސް ކޮޓަރިއަށް ވަނެވެ. އާސިމްއާ އާސިމްގެ ގޭމީހުންގެ ވާހަކަ ދައްކާކަށްވެސް އަދި އެމީހުންނާ ބެހޭ ގޮތުން ދައްކާ ވާހަކަ އަޑު އަހާކަށްވެސް ނަޒްލާ ބޭނުމެއް ނުވެއެވެ.

“އެކަމަކު ތިކަމަށް ކޮންމެސް ހައްލެއް އޮންނަން ޖެހޭނެއެއްނު؟” ނަޒްލާ ދިޔުމުން އިރުކޮޅަކު އެދިމާއަށް ބަލަން އިނދެފައި ނަދީމް އަނެއްކާވެސް ވާހަކަ ދެއްކީ ޝާއިރުއާއެވެ.

ޝާއިރު އަސްމާގެ އަތުގައި ހިފާލިއެވެ.

“ކޮންމެސް ގޮތެއް އޮންނާނެ، ދޯ ސިމީ؟” ޝާއިރު އަސްމާއަށް ބަލާލާފައި އަހާލިއެވެ.

“މަޑު ކޮށްގެން މިތިބެނީ މަންމަމެންނަށް ވިސްނޭތޯ. އެކަމަކު… އެދުވަސް އަންނާނީ ކޮން އިރަކުން ކަމެއްވެސް ނޭނގެ…” ޝާއިރުގެ އަތްތިލައަށް ފިތާލަމުން އަސްމާ ބުންޏެވެ.

“ދެން…؟” ޔުމްނާ ސުވާލު ފުރިހަމަ ނުކޮށް ދޫކޮށްލިއެވެ.

“ކިތަންމެ ދުވަހެއް ވިޔަސް އަހަރެން މެރީ ކުރާނީ ޝާއިރުއާ… މަންމަމެންގެ ރުހުން ނުލިބުނިއްޔާ އެމީހުންނާ ދެކޮޅަށް ވިޔަސް…” އިސް ޖަހާލާފައި އަސްމާ ނިންމާފައިވާ ގޮތް ހާމަ ކޮށްލިއެވެ.

“ސިމީ…” ޝާއިރު އަސްމާ ގައިގައި ބައްދާލިއެވެ.

 

ތިން ދުވަސް ފަހުން ޔުމްނާއާ ނަދީމްގެ ކައިވެނި ކުރެވުނެވެ. ނަޒްލާ ބޭނުންވި ގޮތަށް ނަދީމް ޕާޓީވެސް ބޭއްވިއެވެ. ޔުމްނާވެސް ހުރީ އެކަމާ ވަރަށް އުފާވެފައެވެ.

ކަޅު ކުލަޔާ ރަތް ކުލައަށް ޚާއްސަ ކޮށްފައިވާ ޕާޓީގައި ރަތް ކުލައިގެ ވެޑިންގ ޑްރެސްގައި ހުރި ޔުމްނާއާ ރަތް ގަމީހާ ކަޅު ފަޓުލޫނު އަދި ރަތް ޓައީގައި ހުރި ނަދީމް ކައިރީ ހަމަ އެދެކުލައިގެ ހެދުމެއްގައި ހުރި ނަޒްލާ ފެނުމުން ނައީމާގެ ލޮލުން ކަރުނަ އައެވެ. ޔުމްނާއާ ނަދީމްއާ އެކު އެދެމީހުން ކައިރީގައި ނަޒްލާވެސް އާސިމްއާ އެކު ހުންނާނެ ކަމުގެ ހުވަފެން ދެކިދެކި ހުއްޓާ ކަންތައް ވީގޮތް ހަނދާން ވުމުން ނައީމާއަށް ކަރުނައެއް ނުހިފެހެއްޓުނެވެ.

“މަންމާ…!” ނައީމާގެ އަތުގައި ހިފާލީ ނިހާއެވެ.

ނައީމާ އަވަސް އަވަހަށް ލޯ ފޮހެލިއެވެ.

“އަހަންނަށް އެނގޭ މަންމަ ތިރޮނީ ކީށްވެ ކަން… އަހަރެންވެސް މިރޭ ވަރަށް ހިތަށް އަރާ… ދޮންތަގެ ވެޑިންގވެސް މިގޮތަށް ބޭއްވުނީހޭ…” ނިހާ ފުރިހަމަ ނުކޮށް ހުއްޓާލިއެވެ.

“އެހެން ހިތައް އެރިއަކަސް ވާނެ އެއް ކަމެއްވެސް ނޯންނާނެ… އެކުއްޖާގެ މޮޔަ ކަމުން…” ނައީމާ ނަޒްލާއަށް އިޝާރާތް ކޮށްފައި ބުންޏެވެ. އަދި ނިހާގެ އަތުގައި ހިފާލިއެވެ. “ދަރިފުޅާ، ކިތަންމެ ލޯބި ވިޔަސް އިތުބާރު ކުރަން ވާނީ ވަކި ވަރަކަށް ކަން ހަނދާން ކުރައްޗޭ… ދޮންތަ ހެދި ކަހަލަ ގޯހެއް ދަރިފުޅު ނުހަދައްޗޭ…” ނައީމާ ބުންޏެވެ.

“އިރާދަ ކުރެއްވިއްޔާ މަންމަ ދެރަ ވާނެ ކަހަލަ އެއްވެސް ކަމެއް އަހަރެން ނުކުރާނަން މަންމާ، ދޮންތަވެސް ދެން ނުކުރާނެ… ދޮންތައަށް އޭރު ނޭނގުނީ” ނިހާވެސް ނައީމާގެ އަތުގައި ހިފާލާފައި ބުންނެވެ.

“ދެން ހިނގާ ދޮންބެމެން ކައިރިއަށް” ނިހާ ނައީމާގެ އަތުގައި ހިފައިގެން ގޮސް ނަދީމްމެން ކައިރީގައި މަޑުކޮށްލިއެވެ.

 

ދުވަސްތައް ދަމުން ގޮސް ނަޒްލާގެ ބަނޑަށް އަށް މަސް ފުރުނު ދުވަހެވެ. ހެނދުނު ހޭލެވުނު އިރު ބޮލުގައި ރިއްސާތީ ނަޒްލާ ނުތެދުވެ އޮތެވެ. ނުވައެއް ޖަހަން އުޅެނިކޮށް ޔުމްނާ އައިސް ގޮވުމުން ނަޒްލާ ތެދުވި އިރުވެސް ބޮލުގައި ރިއްސައެވެ.

“ނުތެދުވާ ދުވަހެއްތަ؟” ނަޒްލާގެ އެނދުގައި އިށީނދެފައި ޔުމްނާ އެހިއެވެ.

“ނޫނޭ، ކުޑަކޮށް ބޮލުގަ ރިއްސާތީ ނުތެދުވެ އޮތީ. މަންމަ ކޮބާ؟ ޔުމް މިއަދު އޮފީހަކަށްވެސް ނުދަންތަ؟” ނަޒްލާ އެހިއެވެ.

“ސާބަސް! މިއަދު ހުކުރޭ… މަންމަ ދިޔައީ ފިހާރައަށް” ޔުމްނާ ހީލާފައި ބުންޏެވެ.

“އެހެންދޯ؟ ހަފްތާ ދިޔަ ގޮތްވެސް ނޭނގުނު… މާދަން ޖެހޭނެ ޑޮކްޓަރަށް ދައްކަން ދާން، ޔުމްއަށް ދެވޭނެތަ؟” ނަޒްލާ އޮތް ގޮތުން އުނދަގޫ ވާތީ އެހެން ގޮތަކަށް އެނބުރިލިއެވެ.

“އާނ، ދެވޭނެ” ޔުމްނާ ބުންޏެވެ.

އެވަގުތު ނަޒްލާގެ ބަނޑުގައި އޮތް ދަރިފުޅު ތޮޅެލިއެވެ. އެތެރޭން ވިއްދާލި ގޮތުން ބަނޑުން ތަންގަނޑެއް އަރާފައި ހުއްޓެވެ.

“އައުޗް!” ނަޒްލާއަށް ބަނޑުގައި އަތް ޖައްސާލާފައި ބުނެވުނެވެ.

“ކިހިނެއްވީ؟” ޔުމްނާ އަވަސް އަވަހަށް އަހާލިއެވެ.

“ބަލާބަލަ…” ނަޒްލާ ޔުމްނާގެ އަތުގައި ހިފާފައި ގެނެސް ނަޒްލާގެ ބަނޑުގައި ޖައްސާލިއެވެ.

“ޔަގީނޭ މީ ފުޓްބޯލް ކުޅޭނެ ބޯއިއެއް ކަން…” ހީލާފައި ޔުމްނާ ބުންޏެވެ.

“ވެދާނެ ތިހެންވެސް” ނަޒްލާވެސް އެއްބަސް ވިއެވެ.

“ދެން ނެތްތަ ގަންނަން ޖެހޭ އެއްޗެއް؟” ޔުމްނާ އަހާލިއެވެ.

ވިހަންވާ އިރަށް ދަރިފުޅަށާ ނަޒްލާއަށް ބޭނުން ވާނެ އެއްޗެހި ގަންނަން ދެދުވަސް ކުރިން ނަޒްލާ ޔުމްނާއާ އެކު ދިޔައީ ނައީމާ އެވާހަކަ ދައްކާތާ އެތައް ދުވަހެއް ފަހުންނެވެ. ދެމަހެއްހާ ދުވަސް ވަންދެން ނައީމާ އެއްޗެހި ގަނެ ތައްޔާރު ކުރަން އުޅޭށޭ ކީ އިރުވެސް ނަޒްލާ މަޑުކޮށްގެން ހުރީ އަދި މާއަވަހޭ ކިޔާފައެވެ. ނަމަވެސް އެންމެ ފަހުން ނައީމާ ހުއްޓާ ނުލުމުން ނަޒްލާ އެކަންވެސް ކޮށް ނިންމާލީއެވެ.

“މިހާރު ނުގަނެވެނީ އެނދާ ކަބަޑަކާ އެކަނި” ނަޒްލާ ޔުމްނާގެ ސުވާލަށް ޖަވާބު ދިނެވެ.

“އެނދު ގަންނާނީ އަހަރުމެން… އެއީ ބެބީނަޒޫއަށް ދޮންބެއާ ދޮންބެދައްތަގެ ފަރާތުން ދޭ ހަދިޔާ” ޔުމްނާ ބުންޏެވެ.

“އަސްލު ޔުމް… އަހަރެން ވަރަށް ބިރުގަނޭ…” ހިމޭން ވަގުތު ކޮޅަކަށް ފަހު ނަޒްލާ ބުނެލިއެވެ.

“ކޮން ކަމަކާ؟” ޔުމްނާ އަހާލިއެވެ.

“ނޭނގެ… ދުވަސް ކައިރިވާ ވަރަކަށް ފާޑަކަށް ބިރު ގަންނަނީ…” ނަޒްލާ ބުންޏެވެ.

“ތީ އެންމެންނަށްވެސް ވާ ގޮތެއް ކަންނޭނގެ… އެކަމަކު ދެން ހާސް ނުވޭ، މާބޮޑަށް ނުވިސްނާ، އިރާދަ ކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅު ވާނެ…” ޔުމްނާ ނަޒްލާގެ ބޮލުގައި ފިރުމާލިއެވެ.

“ތޭންކްސް ޔުމް…” ނަޒްލާ ޔުމްނާގެ އަތުގައި ހިފާލާފަ ބުންޏެވެ.

ޔުމްނާ ނަދީމްއާ ކައިވެނި ކޮށްގެން އެގެޔަށް އައި ފަހުން ނަޒްލާގެ އެކަނިވެރިކަން ފިލާ، ޚިޔާލުތަކާ ދުރުވިއެވެ. ކުރިން އަބަދު ރޯ ރުއިމާ، ކުރާ ފިކުރާ ދުރުވީ ޔުމްނާގެ ސަބަބުންނެވެ. ނައީމާއާ ނިހާ ނަޒްލާއާ އަޅާ ނުލަނީކީ ނޫނެވެ. ހިތުގައިވާ ހުރިހާ ޝަކުވާއެއް ނަޒްލާއަށް އެމީހުންނާ ހިއްސާ ކުރަން ނުކެރެނީއެވެ. އެހުރިހާ ޝަކުވާއެއް ޔުމްނާ ގާތު ބަންޑުން ކޮށްލަން ނަޒްލާއަށް ފަސޭހައީއެވެ.

“އަންނާނަން ފެން ވަރައިގެން އިނގޭ” ނަޒްލާ ތެދުވަމުން ބުންޏެވެ.

ނަޒްލާ ފާހާނާއަށް ވަނުމުން ޔުމްނާ ނަޒްލާގެ އެނދުގައި ތަންމަތި ރަނގަޅު ކޮށްލާފައި މޭޒުމަތީ އޮތް ވާހަކަ ފޮތް ނަގައިގެން ކިޔަން ފެށިއެވެ.

ނަޒްލާ ފެންވަރައިގެން ކުޑަކޮށް ގުދުވެލާފައި އިސްތަށިގަނޑުގައި ތުވާލި އޮޅާލައިގެން ތެދުވިއެވެ. އެވަގުތު ކުއްލިއަކަށް ނަޒްލާގެ ބޮލުގެ ރިހުން ގަދަވިއެވެ. މޫނު މައްޗަށް އަނދިރި ވިއެވެ. ނަޒްލާ ސިންކުގައި ހިފަހައްޓަން އަތް ދިއްކޮށްލިއެވެ. ނަމަވެސް އެއްވެސް ތާކު އަތް ނުޖެހި ނަޒްލާ އަރި އަޅާލިއެވެ. މުޅިތަން އެކީ އަނދިރި ވުމުގެ ކުރިން، އެންމެ ފަހުން ނަޒްލާއަށް ވިސްނާލެވުނީ ބަނޑުގައި އޮތް ދަރިފުޅާ މެދުގައެވެ.

ފާހާނާ ތެރޭން އަޑެއް އިވުމާއެކު ޔުމްނާ ސިއްސައިގެން ދިޔައެވެ.

“ނަޒޫ…؟” ޔުމްނާ ތެދުވެގެން ގޮސް ފާހާނާ ދޮރުކައިރީ މަޑުކޮށްލާފައި ގޮވާލިއެވެ. ނަމަވެސް ޖަވާބެއް ނުލިބުނެވެ.

“ނަޒޫ…” އަނެއްކާވެސް ޔުމްނާ ގޮވާލިއެވެ. ދެންވެސް ނަޒްލާ އެއްޗެއް ނުބުންޏެވެ.

“އަނެއްކާ ނަޒޫ ވެއްޓުނު އަޑުތަ އެއީ…؟” ޔުމްނާ ހިތައް އެރި ހިޔާލު ދުލުން ބުނެވުނެވެ. އެއާއެކު ބާރުބާރަށް ދެތިން ފަހަރު ޔުމްނާ ނަޒްލާއަށް ގޮވާލަމުން ދޮރުގަ ޖަހާލިއެވެ. މިފަހަރުވެސް ނަޒްލާގެ ހަބަރެއް ނުވުމުން ޔުމްނާ ބިރުގަތެވެ. ދުވެފައި ކޮޓަރިން ނިކުމެގެން ގޮސް ސިޓިންގރޫމްގައި ހުރި ކަބަޑުގެ ވަތްގަނޑު ހުޅުވާލީ އެވަތްގަނޑުގައި ގޭގެ ހުރިހާ ތަޅެއްގެ ދަބަލް ތަޅުދަނޑި ހުންނާނެތީއެވެ.

“މަންމާ!… މަންމާ!… ނިނީ!… ނަދީމް…!” ތަޅުދަނޑިފަތި ހިފައިގެން ނަޒްލާގެ ކޮޓަރިއާ ދިމާއަށް ދަމުން ޔުމްނާ އަޑުގެ ކޮޅަށް އެންމެންމަށް ގޮވާލިއެވެ.

“ޔުމް… ކިހިނެއްވީ؟” ނައީމާ ނަޒްލާގެ ކޮޓަރިއަށް ވަންނަމުން އެހިއެވެ. ނިހާވެސް ނައީމާގެ ފަހަތުން ވަނެވެ.

“މަށަށް ހީވަނީ ނަޒޫ ފާހާނާ ތެރެއަށް ވެއްޓުނީހެން… އަޑެއް އިވުނު، އަހަރެން ގޮވީމަވެސް ނަޒޫ އަނގަޔަކުން ނުބުނޭ…” ފަހަރަކު ތަޅުދަނޑިއެއް ތަޅަށް ޖަހަމުން ޔުމްނާ ދޮރު ހުޅުވޭތޯ މަސައްކަތް ކުރަމުން ބުންޏެވެ.

ދޮރު ހުޅުވުނީ ހަވަނަ ތަޅުދަނޑިންނެވެ.

“ނަޒޫ…” ދޮރު ހުޅުވުމާއެކު ޔުމްނާއާ ނައީމާއަށް ހަޅޭލަވައިގަނެވުނެވެ. ނަޒްލާ އޮތީ ފާހާނާ ތެރެއަށް ވެއްޓިފައެވެ. ނިތްކުރިމަތިން ފަޅައިގެން ގޮސްފައި ހުރިތަނުން އަންނަމުން ދިޔަ ލޭތައް ހުދުމުށިތައް މަތީ ފެތުރެމުން ދިޔައެވެ.

ޔުމްނާއާ ނައީމާ ނަޒްލާ ނަގައިގެން ގެނެސް އެނދުގައި ބޭއްވިއެވެ.

“ނިހާ، ދޭބަލަ ދޮންބެއަށް ގޮވަން… އަވަސް ކުރައްޗޭ…” ނައީމާ ނަޒްލާގެ ނިތްކުރީގައި ތުވާލި ޖައްސާލަމުން ބުންޏެވެ.

އެއްވެސް އެއްޗެއް ނުބުނެ ދުވެފައި ނިހާ ނިކުތްތާ މިނަޓެއް ނުވަނީސް އަނެއްކާވެސް ނިހާ އައިސް ވަނެވެ. ނިހާގެ ފަހަތުން ނަދީމްވެސް ކޮޓަރިއަށް ވަނެވެ.

“ނަދީމް… ނަޒޫ ހޮސްޕިޓަލަށް ގެންދަން ހިނގާ އަވަހަށް…” ނަދީމް ފެނުމާ އެކީ ނައީމާ ބުންޏެވެ.

އިތުރު ސުވާލެއްވެސް ނުކޮށް ނަދީމް ނަޒްލާ އަތް މައްޗަށް ނަގައިގެން ނިކުތެވެ. އަވަސް ކުރަން ހަދައިގެން އެކަކުވެސް ކާރަކަށް ގުޅާކަށްވެސް ހަނދާނެއް ނެތެވެ. އެއަށްވުރެ ބޮޑަށް އެންމެންވެސް ތިބީ ހާސް ވެފައެވެ. ނަސީބު ރަނގަޅު ކަމުން އެވަގުތު އެމީހުން ފެނިފައި އެމަގުން ދިޔަ ޓެކްސީއެއް މަޑު ކުރިއެވެ. ނަދީމް ފަހަތު ސީޓުގައި ނަޒްލާ ބޭއްވިއެވެ. ޔުމްނާއާ ނައީމާ ދެފަރާތުން އަރާ އިށީނދެ ނައީމާ ނަޒްލާގެ ބޯ ނައީމާގެ އުނގުގައި ބާއްވާލިއެވެ.

ޓެކްސީ ދުއްވާލުމުން ނަދީމް އަވަހަށް ސައިކަލަށް އެރިއެވެ.

“ދޮންބޭ… އަހަރެންވެސް ދާނަން…” އެވަގުތު ނިހާ އައިސް ނަދީމްގެ އަތުގައި ހިފާލިއެވެ.

ނަދީމް ރޮވިފަ ހުރި ނިހާއަށް ބަލާލިއެވެ.

“ދޭ ގެ ތަޅު ލާފަ އަންނަން… ދޮންބެ މަޑު ކުރާނަން” ނަދީމް ބުންޏެވެ.

 

ނަދީމްއާ ނިހާއަށް ހޮސްޕިޓަލަށް ދެވުނު އިރު ނަޒްލާ ތިއޭޓަރަށް ވައްދައިފިއެވެ. ދިހަ މިނެޓްވެސް ނުވެ ނަރުސް ކުއްޖަކު ނިކުމެ ނަދީމް އަތަށް ފޯމެއް ފިނެވެ. އަދި ވީ ގޮތް އޮޅުން ފިލުވައި ދިނެވެ. ދެމައިން ސަލާމަތް ކުރަން އެދޭ ނަމަ ވަގުތުން ޖެހެނީ ސިޒޭރިއަން ހަދާށެވެ.

ނަދީމް ނައީމާއަށް ބަލާލިއެވެ. ލޯ ފޮހެލާފައި ނައީމާ ބޯ ޖަހާލުމާ އެކު ނަދީމް އަވަހަށް ފޯމުގައި ސޮއި ކޮށްލާފައި ނަރުސް ކުއްޖާ އަތަށް ދިނެވެ.

އެންމެންވެސް ތިބީ ހާސްވެ ކަންބޮޑު ވެފައެވެ. އެވަގުތު އަސްމާވެސް އައެވެ.

ގިނަ އިރެއްނުވެ ދަރިފުޅު ނެރުނެވެ. ފުރަތަމަ ދަރިފުޅު އުރާލި ނައީމާއަށް އެކުއްޖާ ފެނުމުން ބަލަހައްޓައިގެން ހުރެވުނެވެ. ޔުމްނާއާ އަސްމާއާ ނަދީމްއަށްވެސް ވީ ހަމަ އެހެންނެވެ.

ފަހަރަކު މީހަކު ދަރިފުޅު އުރާލުމާ އެކު ނަރުސްކުއްޖާ އަނެއްކާވެސް ބޭބީ އެތެރެއަށް ވެއްދިއެވެ. ދުވަސް ނުފުރާ ވިހެއުމުން ބޭބީ ބޭއްވީ ނަރސަރީގައެވެ.

 

އަސްމާ ގެޔަށް ދިޔަ އިރު ފަހެއް ޖަހަނީއެވެ. އެތެރެއަށް ވަން އިރު ސިޓިންގރޫމްގައި އެންމެންވެސް ތިއްބެވެ. ހުކުރު ދުވަހެއް ކަމަށް ވުމުން އާސިމާގެ އާއިލާވެސް އައިސް ތިއްބެވެ.

“މަންމާ، ނަޒޫ ވިހައިފި… މިބުނީ ސިޒޭރިއަން ހެދި ވާހަކަ… މިއަދު ހެނދުނު—”

“ދެން އަހަރެން ކީށްކުރަންވީ؟” އަސްމާގެ ވާހަކަ ނުނިމެނީސް ވަސީމާ ހިތްހަމަ ނުޖެހިފައި އެހިއެވެ. އެއީ ވަސީމާ އެއްގޮތަކަށްވެސް ދައްކަން ބޭނުން ވާހަކައެއް ނޫނެވެ.

“އޭރުވެސް އާސިމް ބުންޏެއްނު އެއީ އާސިމްގެ ދަރިއެއް ނޫނޭ… އަދިވެސް ސިމީ ގަބޫލު ނުކުރަން ތިއުޅެނީ ކީށްވެގެންތަ؟” އާޒިމާ އަހާލިއެވެ.

“އަހަރެން ގަބޫލު ނުކުރަނީ އެއީ ތެދެއް ނޫން ވީމަ، ޝާއިރު އެކަހަލަ ކަމެއް ނުކުރާނެ ކަން އަހަންނަށް އެނގޭތީ” އަސްމާ ބުނެލިއެވެ.

“އެންމެ ރަނގަޅު، އަހަރެން ގަބޫލު ކޮށްފާނަން އެއީ ޝާއިރުގެ ދަރިއެއް ނޫން ކަމަށް. އެކަމަކު އެއީ އާސިމްގެ ދަރިއެއްވެސް ނޫން” ވަސީމާ ބުނެލިއެވެ.

“މަންމަ ގޮސް އެކުއްޖާއާ ދިމާލަށް ބަލާލާފަ އައިސް ތިހެން ބުނެބަލަ! އޭރުން އަހަރެންވެސް ގަބޫލު ކުރާނަން” އަސްމާވެސް ގޮތްދޫނުކުރާ ރާގަކަށް ބުނެލިއެވެ.

އެކަކުވެސް އެއްޗެއް ނުބުނެ އިރުކޮޅެއް ދިޔައެވެ.

“ސިމީ ކީކޭތަ ބުނަން ތިއުޅެނީ؟” އާސިމާ އަހާލިއެވެ.

“ތުއްތާ، ގޮސް އެކުއްޖާ ބަލާލަބަލަ! ތުއްތުބޭ ކުޑައިރުގެ ފޮޓޯއަކާ އެއްވެސް ތަފާތެއް ނެތް… އެވަރުންވެސް ގަބޫލު ނުކުރެވެންޏާ އޭނަގެ ލޯ ފެނުނީމަ ތިހުރިހާ ޝައްކެއް ފިލާނެ” އަސްމާ ބުންޏެވެ.

“ހަމަ ރަނގަޅަށްތަ؟” ވަސީމާއަށް އަހާލެވުނީ އިރުކޮޅެއް ފަހުންނެވެ.

“ނަޒޫ ދެއްކީ ތެދު ވާހަކައޭ މަންމާ، އޭނަ ދޮގެއް ނުހަދައޭ. އަހަންނަކަށް ނޭނގެ ތުއްތުބޭ އެކަހަލަ އެއްޗެއް ހިތަށް އެރީ ކީށްވެ ކަމެއް… އެއީ ހަމަ ތުއްތުބޭގެ ކުއްޖެކޭ މަންމާ” އަސްމާ ބުންޏެވެ.

“ދުވަސްވެސް ނުފުރާ އަށްމަހުގަ ނަޒޫ ސިޒޭރިއަން ހަދަން ޖެހުނީ މިއަދު ހެނދުނު އޭނަ ފާހާނާ ތެރެއަށް ވެއްޓިގެން… ދަރިފުޅު ސަލާމަތް ވާނެކަން ޔަގީނެއްވެސް ނޫން އޭރަކު…” އަސްމާ އިތުރަށް ކިޔާދިނެވެ.

އެކަކަށްވެސް ބުނާނެ އެއްޗެއް ނުވިސްނުނެވެ. އަސްމާ އިރުކޮޅަކު އެންމެނަށް ބަލަން ހުރެފައި ދުވެފައި ސިޑިން މައްޗަށް އަރާ ކޮޓަރިއަށް ވަނެވެ.

 

“މަންމަ އަންނާނަން ދެން އިޝާ ނަމާދުވެސް ކޮށްލައިގެން. ނިހާ ދޮންބެދައްތައާ އެކީ މަޑުކުރޭ އިނގޭ. މަންމަ އައިމަ ނިހާ ދޮންބެއާ އެކީ ގެޔަށް ދާނީ” ހަގަޑި ބައި ވުމުން ނައީމާ ބުންޏެވެ. ނިހާ ބޯ ޖަހާލިއެވެ.

“ދަރިފުޅާ، މަންމަ އަންނާނަން އިނގޭ” ނަޒްލާގެ ބޮލުގައި ފިރުމާލަމުން ނައީމާ ބުންޏެވެ.

އެވަގުތު އެކޮޓަރީގެ ދޮރު ހުޅުވާލި އަޑަށް އެންމެން އެދިމާއަށް ބަލާލިއެވެ. ނަޒްލާ އޮތް ގޮތުން ނަޒްލާއަށް އެތެރެއަށް ވަން މީހުންނެއް ނުފެނެއެވެ.

“ވަސީމާ ހާދަ ރަނގަޅޭ… ދަރިއަކަށް މިހާ ވަރަށް އޮޅުވާލި އަންހެން ކުއްޖަކުވެސް ވިހޭމަ ގޮވާލަން ވިއްޔަ ތިއައީ…” ނައީމާ ވަސީމާއަށް ބަލާލާފައި މަލާމާތުގެ ރާގަކަށް ބުނެލިއެވެ.

އައީ ކޮން ބައެއްކަން ނަޒްލާއަށް އެނގުނީ އެވަގުތުއެވެ. ނަޒްލާ ޔުމްނާގެ އަތުގައި ހިފާލިއެވެ.

“ނައީމާ ކިތަންމެ އެއްޗެއްސެއް ކިޔަސް އަޑު އަހަން މިހިރީ…” ވަސީމާ އެތެރެއަށް ވަދެފައި ބުންޏެވެ. ނަޒްލާއަށް ވަސީމާއާ އާޒިމާ، އާސިމާ، އަދި އަޒްމާއާ އަސްމާ ފެނުނީ އެވަގުތުއެވެ.

ވަސީމާ ނަޒްލާއަށް ބަލާލާފައި އެނދު ކައިރިއަށް ދިޔައެވެ. ނައީމާ ފަހަތަށް ޖެހިލިއެވެ.

ނަޒްލާ އަނެއް ފަރާތަށް މޫނު އަނބުރާލީ ރޮވެން ފެށުމުންނެވެ. އެމީހުންނާ ކުރިމަތި ލާން ބޭނުން ނުވާތީއެވެ.

“މަންމައަށް މާފު ކުރޭ ނަޒޫ… ނޭނގުނީ… އޭރު ނަޒޫ ދެއްކި ވާހަކަ ގަބޫލު ނުކުރެވުނީ…” ނަޒްލާގެ ބޮލުގައި ފިރުމާލާފައި ވަސީމާ ބުންޏެވެ. ނަޒްލާ އެއްޗެއް ނުބުނެ އޮތެވެ.

“ގަބޫލު ކުރެވުނުލެއް ތަންކޮޅެއް ލަހީ… ހަތް މަސް ކުރިން އައިސް ތިހެން ބުނި ނަމަ ކަމެއް ވީސް ކަންނޭނގެ… މިއަދު އެނގިގެން އަޔަސް ކޮންކަމެއްތަ ވާނީ؟” އައި ރުޅި ފޮރުވަން ނަދީމް އެއްވެސް މަސައްކަތެއް ނުކުރެއެވެ.

“ހަގީގަތަކީ ކޮބާ ކަން ވިސްނުނީމަ މާފަށް އެދެން މިއައީ…” އެވަގުތު ރަޝްފާއާ އެކީ ވަދެފައި އާޒިމް ބުންޏެވެ.

ނަދީމް އާޒިމްއާ ދިމާއަށް ބަލާލިއެވެ. މިއަދު އެމީހުން ކޮންމެ އެއްޗެއް ކީނަމަވެސް، މާފަށް އެދިގެން އައި ނަމަވެސް ނަދީމް އޭގެން އެއްވެސް ވާހަކައެއް އަޑު އަހާކަށް ބޭނުމެއް ނުވިއެވެ. އާސިމްމެންގޭ މީހުން އެތާ ތިބުމުން އިތުރަށް އެތާ މަޑު ކުރާކަށްވެސް ނަދީމް ބޭނުމެއް ނުވިއެވެ.

“މަންމާ، އަހަރެން ބޭރުގަ އެބަހުރިން… މަންމަ ދާން ވީމަ އާދޭ އިނގޭ…” ނަދީމް ނައީމާއަށް ބުންޏެވެ. އަދި ނައީމާ ބޯޖަހާލުމުން ނިކުތެވެ.

“ނައީމާ، އަހަންނަށް މާފު ކޮށްދީ… ހަމަ ތެދެއް މިބުނީ، އޭރު އާސިމް ދެއްކި ވާހަކަ އަހަންނަށް ގަބޫލު ކުރެވުނީތީ ވަރަށް ދެރަ ވެއްޖެ” ވަސީމާ ނައީމާއަށް ބަލާލާފައި ބުންޏެވެ.

“އަހަންނަށްވެސް އެނގޭ އަމިއްލަ ދަރިއެއްގެ ވާހަކަ ދޮގުކޮށްފަ އެއްވެސް މަޔަކު ހިލޭ އަންހެން ކުއްޖެއްގެ ވާހަކައެއް ގަބޫލެއް ނުކުރާނެކަން. ދެން އެވާހަކަ ދައްކާނެ ކަމެއް ނެތް… ދެން ވާނެ ކަމެއް ނޯންނާނެ…” އިތުއަށް އެވާހަކަ ދައްކާކަށް ނައީމާ ބޭނުމެއް ނޫނެވެ.

މިއަދު ވަސީމާ މާފަށް އެދުނަސް މިހުރިހާ ދުވަހު އެކި މީހުންގެ ފަރާތުން ނަޒްލާއަށް އަމާޒުވި ބަސްތަކާ، ނަޒްލާ ރުއި ރުއިން އަނބުރާ ގެންދެވޭނެ ގޮތެއް ނޯންނާނެއެވެ. އަދި އެއްވެސް ކަމެއް ނުވާ ކަމަކަށްވެސް ނުހެދޭނެއެވެ.

ވަސީމާ އަނެއްކާވެސް ނަޒްލާއަށް ބަލާލިއެވެ. އޭރުވެސް ނަޒްލާ އޮތީ އަނެއް ފަރާތަށް މޫނު އަނބުރާލައިގެންނެވެ.

“ނަޒޫ…؟” ވަސީމާ ގޮވާލިއެވެ.

“ނަޒޫ، އެނގޭ އަހަރުމެން ކިތަންމެ ވަރަކަށް މާފަށް އެދުނަސް ދެން އެއްކަމެއްވެސް ބަދަލެއް ނުވާނެކަން… މާފު ކުރާކަށް ފަސޭހައެއްވެސް ނުވާނެ… އެކަމަކު އަސްލުވެސް ވަރަށް ދެރަ ވެއްޖެ ނަޒޫގެ ކުށެއް ނެތި ނަޒޫއާ ދޭތެރޭ ކަންތައް ކުރެވުނު ގޮތުން…” އާޒިމާ އައިސް ނަޒްލާގެ އަތުގައި ހިފާލާފައި ބުންޏެވެ.

“މާފެއް ނުކުރާނަންތަ ނަޒޫ…؟” ވަސީމާ ނަޒްލާގެ ލޮލުން އައި ކަރުނަ ފޮހެދިނެވެ. ނަމަވެސް ނަޒްލާއަށް ހަމަ ރޮވެނީއެވެ. ނަޒްލާ ރޯތަން ފެނުމުން ނިހާއާ ޔުމްނާއާ އަސްމާއަށްވެސް ރޮވުނެވެ.

“ނަޒޫ ނުރޮއެ… މަންމަމެން އައިމަ ހިތްހަމަ ނުޖެހެންޏާ މަންމަމެން ދެން މިދަނީ…” ވަސީމާ އަނެއްކާވެސް ނަޒްލާގެ ބޮލުގައި ފިރުމާލިއެވެ. އަދި ދާން އުޅުނެވެ. ނަމަވެސް އެވަގުތު ނަޒްލާ ވަސީމާގެ އަތުގައި ހިފެހެއްޓިއެވެ.

“މަންމައަށް މާފު ކޮށްފިން… އެންމެންނަށްވެސް…” ނަޒްލާ އާސިމްމެންގޭ އެންމެންނަށް މާފު ކުރިއެވެ.

“އިރާދަ ކުރެއްވިއްޔާ އަދި އާސިމްއަށްވެސް ވިސްނޭނެ…” އާޒިމް ބުންޏެވެ.

“ނޫން… އެންމެންނަށް މާފު ކުރިޔަސް އަހަރެން އޭނައަކަށް ދުވަހަކުވެސް މާފެއް ނުކުރާނަން” އާޒިމް އެހެން ބުނުމާއެކު ނަޒްލާ ބުނެލިއެވެ.

 

ހަތަރު ދުވަސް ފަހުން ނަޒްލާ ދޫކޮށްލިއެވެ. ނަމަވެސް ބޭބީ ދޫކޮށްނުލާތީ ނަޒްލާ މަޑު ކޮށްފައި ބޭބީއާ އެކު ގެޔަށް ދެވުނީ ހަފްތާއެއް ފަހުން ބޭބީގެ ހާލު ރަނގަޅު ކަމަށް ޑޮކްޓަރ ބުނުމުންނެވެ.

ނަޒްލާ ވިހޭތާ ދެހަފްތާ ފަހުން އާސިމް މާލެ އައެވެ. ގޭތެރޭގައި ނަޒްލާ ވިހޭ ވާހަކަ ދެކެވޭ ކަން ފުރަތަމަ ދުވަހުވެސް އާސިމްއަށް އެނގުނެވެ. އެއްވެސް މީހަކު ސީދާ އާސިމް ގާތު އެވާހަކަ ނުބުނި ނަމަވެސް ނަޒްލާ ވިހޭތާ ވީ ދެހަފްތާ ކަންވެސް އާސިމްއަށް އެނގެއެވެ.

އެކަމުގެ ސަބަބުން އާސިމްގެ ޔަގީންކަން ވީ އިތުރެވެ. ނަޒްލާގެ ބޭވަފާތެރިކަމާމެދު ސުވާލެއް އުފެދޭނެ ޖާގައެއްވެސް ދެން ނެތެވެ.

 

ދެދުވަސް ވީއިރުވެސް އާސިމް އަސްމާއާ ވާހަކައެއް ނުދައްކައެވެ. އަސްމާ ގޮވާލުމުން އަޑުވެސް އިވޭ ކަމަކަށް އާސިމް ނުހަދައެވެ.

އާސިމް އައިތާ ދެވަނައަށް ވީ ދުވަހު އާސިމް ކޮޓަރީގައި އޮއްވާ ވަސީމާ އެތެރެއަށް ވަނެވެ.

“މިފަހަރުވެސް މަޑެއް ނުކުރާނަންތަ؟” އެނދުގައި އިށީނދެފައި ވަސީމާ އަހާލިއެވެ.

“އަދި މަޑެއް ނުކުރެވޭނެއެއްނު މަންމާ… އަދި އެބައޮތް ދޮޅު އަހަރު…” ތެދުވެ އިށީންނަމުން އާސިމް ބުންޏެވެ.

“ކީށްކުރަންތަ އަނެއްކާ އެހެން ކޯހެއް ހަދަން ފެށީ؟ އާސިމްއަށް ދުވަހަކުވެސް މަންމަމެން ކައިރީ ހުރެވޭނެ ގޮތެއް ނުވާނެތަ؟” ވަސީމާ ޝަކުވާ ކޮށްލިއެވެ.

“މަންމަ ދެން ތިކަހަލަ ޝަކުވާ ނުކޮށްބަލަ…” ހީލާފައި އާސިމް ބުންޏެވެ.

“އާސިމް… ނަޒޫ ވިހޭކަން އެނގޭ ދޯ؟” އިރުކޮޅަކު ހިމޭނުން އިނދެފައި ވަސީމާ އަހާލިއެވެ.

ވަސީމާ އެހެން ބުނުމާއެކު އާސިމް ރުޅި އައެވެ. ގޭ އެންމެންގެ ހިތް ނަޒްލާއާ އެއްކޮޅަށް އަނބުރާލަން ނަޒްލާ ކުރީ ކޮންކަމެއްބާއޭ އާސިމް ހިތަށް އެރިއެވެ.

“މިގޭ އެންމެންގެ ދުލުގަ އެވާހަކަ އޮންނަންޏާ އެނގޭނެއެއްނު؟ އެނޫން ވާހަކައެއް މިގޭ ތެރޭގަ ނުދެކެވޭ ވިއްޔަ…” އާސިމް އެނދުން ތެދުވަމުން ބުނެލިއެވެ.

ނުނިމޭ

37
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Marsha

I love to read stories and that led to writing stories. I hope readers like my stories and I would love any ideas from readers that would improve my writing. Thank you.

Other Articles

Previous

ރަހުމެތް ނެތް ހިތް… (ފަހުބައި)

Next

ކުރަމުން ތިދާހާ ގޯނާ 20..

Next
March 2, 2016

ކުރަމުން ތިދާހާ ގޯނާ 20..

Previews
March 2, 2016

ރަހުމެތް ނެތް ހިތް… (ފަހުބައި)

15 Comments

  1. Marsha says:
    March 2, 2016 at 7:07 pm

    ނުވަވަނަ ބައި އަވަހަށް ކިޔާލާ… ހީކުރަން ކަމުދާނެ ކަމަށް.. މިބައި ތަންކޮޅެއް ދިގުވާނެ.. ދިހަވަނަ ބައި މާދަމާ ގެނެސްދޭނަން އިންޝާﷲ

  2. Aisha says:
    March 2, 2016 at 7:32 pm

    V reethi bt ehn bai bayah vuren vx kuru hn hyvany mibai… Vedhaane maa bodah interestin v ma kamah vx dhw???? ❤️❤️????

  3. Eliisha says:
    March 2, 2016 at 7:33 pm

    Vvvvvvv salhi…. keep up the gud work…

  4. ShaAnu says:
    March 2, 2016 at 7:35 pm

    Story v nice……………..!

  5. Nicky says:
    March 2, 2016 at 7:53 pm

    V nyc….dhn asim vey thr ehn kanthah kuran…so sad….eyna ah visneynee kn dhuvahakun thr???eii thr 3 yrs vandhn lwbi vegn vee varaky….

  6. Misty says:
    March 2, 2016 at 8:30 pm

    Nyc

  7. neem says:
    March 2, 2016 at 9:03 pm

    v v reethi ekam asim ah nazla use kuri iru aa kuhjjeh lan neygunyma e ee mistake eh reesha ah filaavalheh dheythi

  8. roassy says:
    March 2, 2016 at 9:18 pm

    emeehun merry kurinama ekaiveni gabooleh nukureveyne.hus faafa kureveynee. ehen v ma kanthah e vee ragalhah

  9. raki says:
    March 2, 2016 at 9:43 pm

    varah foohivey dhen mi asim dheke

  10. Yum says:
    March 2, 2016 at 10:22 pm

    V nice story.ekam dhn asim aa naxoo nuglhuvahche .asim dheke v foohivey

  11. Xee says:
    March 2, 2016 at 11:39 pm

    I love this story so much?????❤️❤️ Wetting for next part,?????

  12. aleena says:
    March 2, 2016 at 11:41 pm

    Evee rangalhah aslu vs. Nazoo vs loabin dheevaanaanvgen kuriyas ziney vaani hama ziney ah. Ekam mihaaru mujuthamauga onna gothakee ladhah filan ithuru faafa thakeh kurun. E goi mihaaru maa ok vefa onnanee. Anywax waiting for nxt part.

    1. roassy says:
      March 3, 2016 at 7:42 pm

      u r rite aleena.

  13. Aliyah Mikael says:
    March 3, 2016 at 2:41 am

    Nazu don’t give asim a second chance even if he comes crawling on his knees. I really hope there’s a new guy in this story.
    Anyways, amazing story and can’t wait for the next part. X

  14. Nunnu says:
    March 4, 2016 at 8:04 am

    Mi prt vs vrh habeyz
    Rysha bust kolla iru bon alhaalaathi

Comments are closed.

All Right Reserved!