“އައިލީން!!!!…..” މުޅި ކެބިންގައި އެއްއަޑަކުން ގުގުމާލައިގެން ދިޔައީ އައިޝަމްގެ ރުޅިވެރި ހަޅޭކުގެ އަޑެވެ. * * * * * * * * * * * * * * * * * މަގޭ ގަމީހަށޭ ތި ކޮފީތަށި ވަރާލީ…” އައިޝަމް އޭނާ ލައިގެންހުރި ހުދުކުލައިގެ ގަމީހަށް ބަލާލުމަށްފަހު އައިލީންއާ ދިމާލަށް ރުޅިވެރި ނަޒަރަކުން ބަލާލިއެވެ. އައިލީންހުރީ ދެލޯބޮޑުކޮއްލައިގެން އަނގަމަތީގައި އެއްއަތް އަޅާލައިގެން އައިޝަމްއާ ދިމާލަށް ބަލާލަންވެސް ނުކެރިފައެވެ. ކުރިމަތީގައި ދެންމެ ހިނގާދިޔަ […]
އިސްއުފުލާލަމުން ކުރިމަތި ބަލާލި ވަގުތު ލޫންގެ މޫނު އެއްކޮށް ހުދުވިއިރު ދެލޯވަނީ ބޮޑުކޮއްލެވިފައެވެ. ************************* އެ އަޅިކުލައިގެ ދެލޮލާ އެ މޫނުމަތީގައިވާ ހިތްހެޔޮ ހިނިތުންވުން ލޫންއަށް ދުވަހަކުވެސް ނޯޅޭނެއެވެ. އެއީ އިތުރު ދެވަނަ މީހެއްނޫނެވެ. ދާނިޝްއެވެ. “ސޮރީ..ސޮރީ….ވަރަށް ތަދުވިތަ؟…” އެހެން ބުނަމުން ދާނިޝް ލޫންއާ ދިމާލަށް ބަލާލަން އުޅުމާއެކު ލޫން އަވަސް ހަރަކާތަކާއެކު އިސްދަށަށް ޖަހާލަމުން ކުރިއަށް ހިނގައިގަތީ އަވަސް ފިޔަވަޅުތަކެއްގައެވެ. ދާނިޝް ލޫން ދިޔަދިމާލަށް ބަލަން ހުރުމަށްފަހު ދެކޮނޑު އަރުވާލަމުން ކުރިޔަށް ހިނގައިގަތީ ފުންނޭވާއެއް ލަމުންނެވެ. […]
“ލޫން…” އިވުނީ އަންހެނެއްގެ އަޑެވެ. “އަދިވެސް އެކަމާތަ ތި ވިސްނަނީ…” ލޫންގެ އެންމެ ގާތްއެކުވެރިޔާ ހައިފާ ބުނެލިއެވެ. ލޫން އެއްޗެކޭބުނަން އަނގަހުޅުވާލުމާއެކުވެސް ނިކުތީ މަޑު ގިސްލުމެއްގެ އަޑެވެ. ލޫންއަށް ހައިފާ ގައިގައި ބައްދައިގަނެވުނީ އެކުވެރިޔާއަށް އެ ކަރުނަތައް ދައްކަން ބޭނުންނުވުމުންނެވެ. “ދެން ނުރޮއެ ލޫން…..އޭރު ލޫންއަށްވެސް ވިސްނުނީ އެހެން ގޮތަކައްކަން ލޫން ގަބޫލު ކުރަމެއްނުން…..އެކަމް މިހާރު އިހުސާސްވެއްޖެދޯ ހުރިހާ އެންމެނަށް އެއްގޮތެއްނުވާނެކަން…..މިހާރު ދެއަހަރު ވީ….ލޫން ތިހުންނަނީ އެގޮތަށް ކަންތައް ކުރެވުމުން އަމިއްލަ ނަފްސު ކުއްވެރި ކުރެވިފައިކަން އިފްއަށްވެސް […]
އައިޝަމްގެ އަލިފާންކަނި ބުރަމުންދިޔަ ދެލޮލުން ހައިރާންކަން ފެނިލީ ކުއްލިއަކަށެވެ. *************************** ކުރިމަތީ އެހުރީ ދެވަނަ މީހެއްނޫނެވެ. ރޭގައި އޭނާ ސަލާމަތްކުރި އަންހެން ކުއްޖާއެވެ. “ޔޫ…” އައިޝަމްއަށް ބުނެވުނީ ހައިރާންކަން އެކުލެވިފައިވާ އަޑަކުންނެވެ. “ކީކޭ….” އައިލީންއަށް އައިޝަމް ބުނިއެއްޗެއް ފަހުމެއްނުވިއެވެ. “ތީ ރޭގަ އަހަރެން ސަލާމަތްކުރި ކުއްޖާއެއްނުން….ދެން މިތަނަށް ތިއައީ ކީކުރަން….ތެންކްސް އޭ ބުނަން..” ހަމަޖެހުލަމުން އައިޝަމްގޮސް އައިލީނައާ ފަސްވަރަކަށް ފޫޓު ދުރުގައި ހުއްޓިލަމުން އަހާލީ ލާނެތްފާޑަކަށް ހިނިތުންވެލަމުން އެއްބުމަ ހިއްލާލަމުންނެވެ. “ކީކޭތަ ތިކިޔަނީ ސަރ….މީ އަޅުގަނޑޭ…ރޭގަ ސަރއެއްނުން […]
ނޯޓް:ސޮރީ……މި ޕާރޓް ވަރަށް ކުރުވާނެ………..އެކަމު 23 ވަނަ ބައި ދިގު ކޮއްލާނަން….. ************************** “ވަޓް….ބެން……އެނގެއެއްނުން އަހަރެން ގާރލްސްދެކެ އެހާ ލައިކް ނުވާކަން….ރީތި ފިރިހެނަކު ފެނެއްޖެއްޔާ ހުންނާނީ ކާލަން ތައްޔާރަށް….” އަނގައަށް ވައްތަރެއް ޖައްސާލަމުން އައިޝަމް ބުނެލިއެވެ. *************************** އައިޝަމް އެހެން ބުނުމުން އިއްބާން ހީލާފައި އެއްޗެކޭބުނަން އަނގަހުޅުވާލުމާއެކު އިވުނީ ފިރިހެންވަންތަ ހުނުމެއްގެ އަޑެވެ. ދެމީހުން އެކުއެކީހެން ފަހަތްބަލާލުމާއެކު ފެނުނީ ރީތިކަން ހުސްކޮއްލާފައިވާ ތިން ޒުވާން ފިރިހެނުންނެވެ. “ކީކޭ…ޝޭން….ހަމަ ގާރލްސްދެކެ އެހާ ފޫހިވަންތަ….” ކިޔާން ބުނެލިއެވެ. ހަމުގެ ކުލަ […]
“ބެ…ބެ..ބެން…ޝޭ..ޝޭން…..އަވަ….އަވަސް…” ދާނިޝްއާ އިއްބާން ގެ ގައިންވެސް ހީބިހިހިލުވީ އައިރީން ދުވެފައިކަހަލަ ގޮތަކަށް އައިސް ތުރުތުރު އަޅާ އަޑަކުން ބުނެލި ގޮތަކުންނެވެ. ****************** މާނޭވާ ލަމުންދިޔަ އައިރީންއަށް ބަލާލަމުން އިއްބާން ހަލުވި ފިޔަވަޅުތަކެއް ނަގަމުން އައިޝަމް އޮތް ކޮޓަރިއަށް ވަދެވުނު ގޮތެއްވެސް ނޭނގުނެވެ. ފެނުނު މަންޒަރަކުން އިއްބާންގެ ހިތަށް ފިނިފެން އެއްޗެއް އޮއްސާލެވުނު ފަދަ އިހްސާސެއްކުރެވުނެވެ. އޭނާއަށް ފެނުނީ އެނދުމަތީގައި އޮތް އައިޝަމްގެ ތުރުތުރު އަޅާ އަތް ހަރަކާތް ކުރަނިކޮށެވެ. އެވަގުތު ކޮޓަރީގައިވާ ހަމަހިމޭންކަން ނައްތާލީ މެޝިންތައް އެލާރޓް […]
ދުނިޔެއަކީ އެކި ދުވަހު އަރާ އިރާއެކު އެކި މީހިންގެ ހަޔާތުގައި އެކި ކުލަ ޖައްސަމުންދާ ތަނެކެވެ. ބައެއް މީހުންގެ ހަޔާތަށް އުފަވެރިކަން ގެނެސްދޭއިރު އަނެއް ބައި މީހުންގެ ދިރިއުޅުން އެފުން މިފުށަށް ޖަހާލައެވެ. އެކި ގޮތްގޮތަށެވެ. ލޯބީގައެވެ. ނޫނީ އެހެންމީހުން ކުރާ އަނިޔާތައް ތަހަންމަލު ކުރުމުގައެވެ. ނޫނީ ކޮންމެވެސް އެހެން ދުނިޔެވީ ބޭނުމެއްގައެވެ. އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް އުޅެމުން އަންނަ އައިރާ ގެ ހަޔާތްވެސް އެފުއްމިފުށަށް ޖަހާލިތާ އަދި ވީ ކުޑަ ވަގުތުކޮޅެކެވެ. ލިބުނު ހަބަރަކުން ސިކުންތުކޮޅެއްގެ […]
އިއްބާންގެ ސޫރައާ އެނދުމަތީގައި މެޝިންތަކާ ގުޅުވާފައިއޮތް ސޫރައާ ތަފާތެއްނެތެވެ. “އައިޝަމް…..” އެ ކޮޓަރީގެ ދޮރުހުޅުވާލަމުން އިއްބާން ކައިރީ މަޑުކޮއްލި އައިރީން އެނދުމަތީގައި އޮތް ޒުވާނާއަށް ބަލާލަމުން ބުނެލީ ކަރުނުން ދެލޯ ފުރި ބަންޑުންވާ ހާލުގައެވެ. *************************** ހަމުގެ ކުލަ އަލިއިރު އައިރީންއަށް ލިބިފައިވަނީ ގަލަމަކުން ބަޔާން ނުކުރެވޭ ފަދަ ފުރިހަމަ ރީތިކަމެކެވެ. ބޯއެސްފިޔަތަކުގެ ހިޔަނިން އެ ނޫކުލައިގެ ބޮޑު ލޮލަށް ހިޔަނި އެޅިފައިވާއިރު ނުހަނު ރީއްޗެވެ. އައިރީންއާ ދިމާލަށް ބަލާލާފައި އޭނައަކީ ހަތަރު ކުދިންގެ މަންމައެކޭވެސް މީހަކު […]
“މަންމަ ބުނީ ޝޭން……….ޝޭން މިހާރު މަސްދުވަސް ވެއްޖެއޯ ކޯމާއެއްގަ އޮންނަތާ……..” ލޮލަށް ބޮނޑިވެފައިވާ ކަރުނަތަށް އޮހިގަތްއިރު އިއްބާން ބުނެލީ މަރުވެފައިވާ އަޑަކުންނެވެ. ޒިލްވާއަށް އެއަޑު އިވުނީ ހޮނުގުގުރިއެއްގެ އަޑަށް ވުރެވެސް ބިރުވެރިކޮށެވެ. ******************** އިއްބާން އިނީ އައިލީންގެ ފައިލް ބަލާންށެވެ. އިއްބާން އައިލީންއާ މެދު ހިތްހަމަޖެހުނެވެ. އިއްބާންއަށް ހުރިހާވެސް މައްސަލައަކީ އެއީ “އައިލީން”އަށް ވީމައެވެ. އައިލީންގެ ސިފައާ ލޫންގެ ސިފަ ވައްތަރުވުމުންނެވެ. އައިލީންގެ ފައިލް ބަލަން އިންދާ އިރުކޮޅެއް ނުވަނީސް ފޯން ރިންގް ވާންފެށުމުން އިއްބާން ހަލޯއޭ […]